ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/267 ޤަޟިއްޔާގެ ޙުކުމް
1
2jj3/HC-A/267
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 267/HC
-
A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު އިރުފާނު ރަޝީދު
އައިޑީ ކާޑު ނަންބަރ: A302222
، ދާއިމީ އެޑްރެސް: ހ.ފެންބާނި،މާލެ
މިހާރުގެ އެޑްރެސް: ހ.ފެންބާ،މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައި
އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
5
މ 24
ރެވުނު ތާރީޚް: 25 ޝައްވާލް 1434
01 ސެޕްޓެމްބަރު 2013
ނިމުނު ތާރީޚް:04 ޛުލްޤައިދާ 1434
10 ސެޕްޓެމްބަރު 2013
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2013/6333(J(MD-145
ނިންމެވިކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 2017-07-17 ނިމުނު ތާރީޚް: 2017-07-17
ދިވެހިރާއްޖޭގެ
ހައިކޯޓް
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޔޫސުފު ޙުސައިން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ނޫން
2
2013/HC-A/261
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ:
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/6333(J(MD-145 ކޯޓު އަމުރު
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ހ.ފެންބާނި، އަޙްމަދު އިރުފާނު
ރަޝީދު ގެ ފަރާތުން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
އިރުފާނު ރަޝީދު ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހެއެވެ.
ހއ 32
ހަގަކުރެވުނު ނުކުތާތައް
OX
01- ކްރިމިނަލް ކޯޓުގެ ނަންބަރު:2013/6333(J
(
MD-145 ކޯޓު އަމުރު ގެ ފަރާތުން
އިސްތިއުނާފު ކުރުމަށް އެދި އަޙްމަދު އިރުފާނު ރަޝީދު ގެ ފަރާތުން ހުށަހަޅާފައިވާ ފޯމުގައި މައިގަނޑު 02
ނުކުތާ ފާހަގަކޮށް އެ ދެ ނުކުތާއާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ.
* ފުރަތަމަ ނުކުތާއަކީ: 16 ޖުލައި 2013 ވަނަ ދުވަހު ފުލުހުން ހާޟިރުވެ، ފުލުހުން ކޯޓު
އަމުރެއްނެތި ޤާނޫނު އަސާސީގެ 46 ވަނަ މާއްދާއާ ޚިލާފަށް އަޙްމަދު އިރުފާން ރަޝީދު ހައްޔަރުކޮށްފައިވާއިރު،
އެކަމަށް ކޯޓުން ރިޢާޔަތް ނުކުރައްވާ މުއްދަތު އިތުރު ކޮށްދެއްވާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ހެއްކެއް އަދި ޤަރީނާ އެއް ނެތި، ލިބިދާނެކަމަށް ފުލުހުންނަށް ހީވާ
ހެއްކާއި ޤަރީނާ އަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭ ކަމަށް ބައްލަވައި، ޤާނޫނު އަސާސީގެ 49 ވަނަ
މާއްދާގައިވާ ޙާލަތު އައިސްފައި ނުވަނީސް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ
32
2 ޑ ޒ
ނުކުތާއެވެ
02 ކްރިމިނަލް ކޯޓުގެ
2013
/
6333/J
(
MD-145 ކޯޓު އަމުރަށާއި،
އިސްތިއުނާފު ކުރުމަށް އަޙްމަދު އިރުފާން ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2013/HC-A/261
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އަޙްމަދު އިރުފާނު ރަޝީދުގެ ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށް
އެދި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ އެ ސަރވިސް ނަންބަރު:
TD054884 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމް" އަށް ބަލާއިރު، އަޙްމަދު އިރުފާނު ރަޝީދު
ބަންދުކުރެވިފައިވަނީ 16 ޖުލައި 2013 ވަނަ ދުވަހުގެ 13:35 ގައި ހޮޓެލް ރިލެކްސް އިން" ގެ
ވެރިފަރާތުން ހުށަހަޅާފައިވާ، އެތަނުގެ ތިޖޫރީގައިހުރި ގިނަ ޢަދަދެއްގެ ޑޮލަރު ތަކެއް ގެއްލިފައިވާ މައްސަލައާއި
ގުޅިގެން ފުލުހުން އެސީނަށް ގޮސް ބެލި ބެލުމުން އަޙްމަދު އިރުފާނު ރަޝީދު އަކީ އެ ތިޖޫރީހުރި ކޮޓަރީގެ
ތަޅުދަނޑި އޮންނަ މީހެއް ކަމަށްވެފައި، ތިޖޫރީން ފައިސާ މަދުވެފައިވަނީ އެކޮޓަރިއަށްވެސް އަދި ތިޖޫރީއަށްވެސް
އެއްވެސް ގެއްލުމެއް ނުދީ ކަމުގައިވާތީ، އަޙްމަދު އިރުފާނު ރަޝީދު ގެ މައްޗަށް މިކަމުގައި ތުހުމަތު ކުރެވޭތީ
ކަމަށާއި،
މީނާ ގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ބޭނުންވަނީ އެހާތަނަށް ތިޖޫރީންނާއި އެހެނިހެން
ތަންތަނުން ފުލުހުން ނަގާފައިވާ ލޭޓަންޓްސް ޕްރިންޓާއި މީނާގެ ފިންގާރ ޕްރިންޓާއި ދިމާވޭތޯ ބެލުމަށްޓަކައި
ހުށަހެޅިފައިވާއިރު، އެތަކެތީގެ ނަތީޖާ ލިބިފައި ނުވާތީއާއި، އެ ޙާލަތުގައި މީނާ ދޫކޮށްލައިފިނަމަ މިމައްސަލާގެ
ހެކި ޤަރީނާ ގެއްލިގެން ހިނގައިދާނެކަމަށް ބެލެވޭތީ ކަމަށް އެފޯމުގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު
މިކުރެވޭ އަމުރުގެ ދަށުން އަޙްމަދު އިރުފާނު ރަޝީދު ގެ ބަންދުގެ މުއްދަތު 07 ދުވަހަށް އިތުރު
ޤުށްދެއްވާފައިވަނީ އެވަޤުތު އޭނާ ދޫކޮށްލައިފިނަމަ ހެކި ޤަރީނާ ނައްތާލުމަށް މަސައްކަތް ކޮށްފާނެ ކަމަށްޓަކައި
ކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
(ށ) ދެވަނަ ކަމަކީ: އިސްވެ މިބަޔާންކުރެވުނު ކްރިމިނަލް ކޯޓުގެ
ނަންބަރު:
2013/6333(J
(
MD-145 ކޯޓު އަމުރުގެ ދަށުން އަޙްމަދު އިރުފާނު ރަޝީދު ގެ ބަންދުގެ މުއްދަ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2013/HC-A/261
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
cu o
ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް އޭނާގެ ފަރާތުން ދެކޭ އެއް ސަބަބަކީ، "ހޮޓެލް
ރިލެކްސް އިން" ގެ ވެރިފަރާތުން ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުންގެ ފަރާތުން އެ ޙާދިސާގެ ސީނަށް ގޮސް
އަޙްމަދު އިރުފާނު ރަޝީދު އެވަގުތު އެތަނުން ހައްޔަރުކޮށްފައިވަނީ، އޭނާ ބަންދުކުރުމަށް ކޯޓުން ނެރެފައިވާ
ކޯޓު އަމުރެއްނެތި ޤާނޫނު އަސާސީގެ 46 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވާއިރު، އަޙްމަދު އިރުފާން ރަޝީދު ގެ
ބަންދުގެ މުއްދަތު އިތުރުކޮށް ދެއްވުމުގައި ޝަރީޢަތުން އެކަމަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެފައިވާ
ބުނުންކަމާއި،
އެ ނުކުތާއަށް އަމާޒުކޮށް ޝަރީޢަތުން ބެލި ބެލުމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީ ގެ 46 ވަނަ މާއްދާގައިވަނީ، "ހައްޔަރު ކުރާ މީހާއަށް ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި،
ނުވަތަ މީހަކު ކުރެއްކޮށްފިކަމަށް، ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ
އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެން މެނުވީ،
އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެނެއް ނުވާނެއެވެ." މިފަދައިންކަމާއި، މިބަޔާންކުރެވުނު
ނައް ޞަށް ބަލާއިރު، މީހަކު ކުށެއްކޮށްފިކަމަށް، ހައްޔަރުކުރާ މީހާގެ ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ
ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެއްޖެނަމަ އެމީހަކު ކޯޓު އަމުރެއް ހޯދުމަކާ ނުލައި ބަންދުކުރެވިދާނެކަން
ސާފުކޮށް އެނގެން އޮންނަކަމާއި،
ޙާދިސާ ރިޕޯޓު ކުރި ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ރިޕޯޓުކޮށްފައިވަނީ 2013
ޖުލައި 16 ވަނަ ދުވަހުގެ 13:35 ހާއިރު ކަމާއި، އެ ރިޕޯޓާއި ގުޅިގެން ފުލުހުން އެސީނަށް ގޮސް، ރިޕޯޓު
ކުރި ފަރާތުން ދީފައިވާ މައުލޫމާތުގެ އަލީ ގައާއި، ޙާދިސާ ހިނގިތަނަށް ދިޔަ ފުލުހުން އެތަނުގައި ތިބި
މީހުންނާ ސުވާލުކޮށް ހަދަން ފެށުމުން އަޙްމަދު އިރުފާނު ރަޝީދުގެ ޢަމަލުތައް ހުރި ގޮތަށާއި، އޭނާއާއި
ފުލުހުން ލުކުރުމުން އެއްވެސް ކަމެއް ހަނދާން ނެތްކަމަށް ބުނެ ޖަވާބު ދިނުމާއި، މިފަދަ ކަންތައްތަކަށް
ބަލާއިރު، އެކަންތައްތަކަކީ ރިޕޯޓު ކުރި ފަރާތުން ދީފައިވާ މަޢުލޫމާތުގެ އަލީގައި ޙާދިސާއެއްގެ ސީނަށް ގޮސް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
" ދިވެހިރާއްޖެ
5
2013/HC-A/261
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެހަނނަށް
އެކަމާއި ގުޅޭ އެންމެހައި ކަންކަމަށް ވިސްނާ ބަލާ ހަދާ މީހެއްގެ ބުއްދިއަށް މީހަކު ކުށެއް ކޮށްފިކަމަށް
ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއްކަމަށް ޤާނޫނީ ގޮތުން ބެލެވިދާނެ ކަންތައްތަކެއްކަން ފާހަގަކުރެވެއެވެ
(ނ) ތިންވަނަ ކަމަކީ، އިސްވެ މިބަޔާން ކުރެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު:
2013/6333(J(MD-145 ކޯޓު އަމުރުގެ ދަށުން އަޙްމަދު އިރުފާނު ރަޝީދު ގެ ބަންދުގެ މުއްދަތު އިތުރު
ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް އޭނާގެ ފަރާތުން ދެކޭ ދެވަނަ ސަބަބަކީ،
އަޙްމަދު އިރުފާނު ރަޝީދު ކުށެއް ކުރިކަމުގެ ހެއްކެއް އަދި ޤަރީނާއެއް ފުލުހުންނަށް
ލިބިފައިނެތަސް، ލިބިދާނެކަމަށް ފުލުހުންނަށް ހީވާ ހެއްކާއި ޤަރީނާއަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭކަމަށް
ބައްލަވައި، ޤާނޫނު އަސާސީ ގެ 49 ވަނަ މާއްދާގައިވާ ޙާލަތު އައިސްފައި ނުވަނީސް އޭނާގެ ބަންދުގެ މުއްދަތު
އިތުރުކޮށްފައިވާ ކަމަށް އޭނާގެ ފަރާތުން ދެކޭ ދެކުންކަމާއި،
މިނުކުތާއާއި ގުޅިގެން ހައިކޯޓުން ބެލި ބެލުމުން، އަޙްމަދު އިރުފާނު ރަޝީދު ގެ މައްޗަށް
މަތުކުރެވޭ ވައްކަމުގެ ހާދިސާ ރިޕޯޓު ކުރި ފަރާތުން ދީފައިވާ މަޢުލޫމާތުގައި، ވަގަށް ނަގާފައިވާ ޑޮލަރުތައް
ރައްކާކުރެވިފައިވާ ތިޖޫރި ހުރި ކޮޓަރީގެ ތަޅުދަނޑި އޮންނަ މީހުންގެ ތެރޭގައި އަޙްމަދު އިރުފާނު ރަޝީދު
ހިމެނޭކަމަށް ބުނެފައިވާ ބުނުމާއި، އަދި އަޙްމަދު އިރުފާނު ރަޝީދު އާއި ރިޕޯޓުކުރި ޙުސައިން ވަޙީދު ދީފައިވާ
ބަޔާނުގައި އެ ތިޖޫރީގެ ތަޅުދަނޑި ބާއްވާތަން އަޙްމަދު އިރުފާނު ރަޝީދަށް އެނގޭކަމަށް ބުނެފައިވާ ބުނުމާއި،
އަދި އެ ތިޖޫރީ ހުޅުވާ ލައްޕާގޮތްވެސް އަޙްމަދު އިރުފާނު ރަޝީދަށް އެނގޭކަމަށް އޭނާ ބުނެފައިވާ ބުނުމާއި،
ފުޓޭޓް ތަކުން ފުލުހުން ހޯދާފައިވާ ހޯދުމާއި، އަޙްމަދު އިރުފާނު ރަޝީދު ގެ ފޯނު ކޯލް
ޑީޓޭލްސް އިން ހޯދާފައިވާ ހޯދުމާއި، މިއެންމެހައި ކަންތައްތަކުގެ މައްޗަށް ބިނާކޮށް އަޙްމަދު އިރުފާނު ރަޝީދު
ދޫކޮށްލައިފިނަމަ ހެކި ނައްތާލުމަށް މަސައްކަތްކުރުމުގެ އިހުތިމާލު އޮތްކަމަށް ބެލުމުގެ ފުރުސަތު
ނެތްކަމަށް ބެލެވެން ނެތްކަމާއި، އެހެނީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދުގެ މައްސަލަތަކުގައި
ކޯޓަށް ހެކި ހުށައަޅަން ޖެހޭނީ ކުށެއްކުރިކަން ސާބިތުވާ މިންވަރުގެ ހެކި ޤަރީނާނޫންކަމަށާއި، އެފަދަ
މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަންނަންޖެހެނީ ކުށެއް ކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަ
ގެ
އެފަ#
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ،99
6
2013/HC-A/261
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
24 2
ޤަރީނާކަމަށް މީގެ ކުރިން ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ތަކުގައި ކަނޑައަޅާފައިވާކަމާއި،
އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 340/HC-A/2012 ޤަޟިއްޔާ ހިމެނޭކަމާއި، ޤާނޫނު
އަސާސީ ގެ 49 ވަނަ މާއްދާއަށް ބަލާއިރު، އެ މީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި
ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއްފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި ބަންދުގައި
ބެހެއްޓިދާނެ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެފަދައިން ހުރުމާއެކު ކްރިމިނަލް ކޯޓުގެ ނަންބަރު:
2013/6333(J
(
MD-145 ކޯޓު އަމުރުން 17 ޖުލައި 2013 ވަނަ ދުވަހުގެ 14:29 އިން ފެށިގެން
07 ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި އަޙްމަދު އިރުފާނު ރަޝީދު
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ
މާއްދާއާއި 49 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ބުނެ އިސްތިއުނާފުކުރި ފަރާތުން ފާހަގަކޮށްފައިވާ ސަބަބުތަކުގެ
މައްޗަށް ބިނާކޮށް އެ އަމުރުން ކަނޑައަޅާފައިވާ ކަނޑައެޅުން ބާޠިލްކުރެވޭނެ ތަނެއް އޮތްކަމަކަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ މިޤަޟިއްޔާ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ދެންފަހެ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/6333(J(MD-145 ކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް ހ.ފެންބާނި)މާލެ، އަޙްމަދު އިރުފާނު ރަޝީދު (ދރ.ކާޑް ނަންބަރު:A302222) ގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ އަމުރު ކްރިމިނަލް ކޯޓުން ނެރުއްވާފައިވަނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 46 ވަނަ މާއްދާއާއި 49 ވަނަ މާއްދާއާއި ޚިލާފަށްކަމަށް
މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަމަށް ކަނޑައަޅައި، އެގޮތުގެ
މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 352029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv