ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/68 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/68
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 68/HC
-
A/2011
*
ދިވެތި މާލެ
އިސްތިއުނާފުކުރި ފަރާތް:
* ނަން: ފަހުމީ ރަޝާދު
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 1625 | މާލެ
* އައި.ޑީ.ކާޑު ނަންބަރު: A038251 * މިހާރުގެ އެޑްރެސް: ފ.
* ވަކީލް: އދ. ޢަރީފް އަޙްމަދު ނަޞީރު، ނަސްފަރު ދަރަވަންދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)
* ރަޖިސްޓްރީ ނަންބަރު: C51
/
2009
* ވަކީލް: އދ. އިސްމާޢީލް ވިޝާމް، މ. ހަންޑިއު
އދ. މުޙައްމަދު ޝަހުދީ އަންވަރު، މ. ކުޅިދޮށިގެ
• ރަޖިސްޓްރީކުރި ތާރީޚް: 09 ރަބީޢުލްއާޚިރު 1432 * ނިމުނު ތާރީޚް: 17 ޛުލްޤަޢިދާ 1434
14 މާރޗް
23 ސެޕްޓެމްބަރ 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/VTR/243
ނިންމެވިކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ޤަޟިއްޔާގެބާވަތް: ވަޒީފާއާ
ހުށަހެޅުނުތާރީޚް: 21 އޮކްޓޯބަރ 2010 ނިމުނު ތާރީޚް: 17 ޖެނުއަރީ 2011
0
2011
0
ޖެހޭ
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުން ޢަބްދުއްރައޫފް އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/68
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2010/VTR/243 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުން އެދި މާލެ
ދަފްތަރު ނަންބަރު 1625، ފަހުމީ ރަޝާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ބެލެވިފައިވާ
9ދ29
ހުށަހެޅެމުން
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
(އެމް.އެން.ބީ.ސީ) އެވެ.
12 540
އގަކްތވެه
އިވުނު ނުކުތާތައް:
1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2010/VTR/243 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުން އެދި މާލެ ދަފްތަރު
ނަންބަރު 1625, ފަހުމީ ރަޝާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2010/VTR/243 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެމައްސަލައަކީ، މާލެ މުނިސިޕަލްޓީ ޚާއްޞަ ދަފްތަރު ނަންބަރު 1625، ފަހުމީ ރަޝާދު
މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) ގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމުގައި
ހުއްޓާ، 18 އޮކްޓޯބަރު 2010 ގައި އެއްވެސް ނޯޓިސްއެއް ދިނުމަކާނުލާ، އަދި ދިފާޢުގައި އެއްވެސް އެއްޗެއް
ބުނުމުގެ ފުރުޞަތެއް ދިނުމަކާއިނުލާ ވަޒީފާއިން ވަކިކޮށްފައިވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި، ފަހުމީ ރަޝާދުއާއި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން
ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) އާއި ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާއި ޚިލާފަށްކަމަށްބުނެ، ފަހުމީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2011/HC-A/68
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ރަޝާދު އޭނާގެ ވަޒީފާ އަލުން އަނބުރާ ހޯދައިދިނުމަށް އެދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން
ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) އަށް ދަޢުވާ ރައްދުވާގޮތަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން
ބެލެވިފައިވާ މައްސަލައެއްކަން އެނގޭކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލަ ނިންމަވާފައިވަނީ "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި،
މައްސަލަ ރައްދުވާ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު،
ފަހުމީ ރަޝާދު، މާލޭ މުނިސިޕަލްޓީ ޚާއްޞަ ދަފްތަރު ނަންބަރު 1625 (ދިވެހި ރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު A038251)، މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޑެޕިޔުޓީ ޑިރެކްޓަރުގެ
މަޤާމުން އެއްވެސް ނޯޓިހެއް ދިނުމަކާއިނުލާ 18 އޮކްޓޫބަރު 2010 ގައި ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ)ގެ (1)ގެ ދަށުން، އޭނާ އިތުރަށް ވަޒީފާގައި
ބަހައްޓައިފިނަމަ އެ ކުންފުންޏަށް ގެއްލުންތަކެއް ލިބިދާނެތީކަމަށް މައްސަލަ ރައްދުވާ ކުންފުނިން ބުނެ، އެކަން
ސާބިތުކޮށްދީފައިވާތީ، ފަހުމީ ރަޝާދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ
ޤާނޫނު) ގެ 23 ވަނަ މާއްދާގައި ބަޔާންކުރާފަދަ ޙާލަތެއް މެދުވެރިވެގެންކަމަށް މައްސަލަ ބެލި މަޖިލީހުގެ
މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަހުމީ ރަޝާދު ހުރި މަޤާމަށް ރުޖޫޢަކުރުމަށް
މައްސަލަ ރައްދުވާ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންއަށް އަންގާނޭ ޖާގައެއް
ކަނޑައަޅައި، މިމައްސަލަ ނިންމަމެވެ" މިފަދައިންކަން އެނގެއެވެ.
4
2 ހދ8
ނ.eކށް
3. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2010/VTR/243 މައްސަލަ ނިމިފައިވާ ގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ މާލެ ދަފްތަރު ނަންބަރު 1625 ފަހުމީ ރަޝާދުގެ ފަރާތުން 03
(ތިނެއް)
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
02 253
ހުށަހަޅައި އެނުކުތާތަކާ
23=~ ~
ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/68
ފުރަތަމަ ނުކުތާއަކީ: މިމައްސަލައިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ
މާއްދާއާއި، 24 ވަނަ މާއްދާއާއި، އަދި 52 ވަނަ މާއްދާގައި ރައްކާތެރިކޮށްދީފައިވާ އަސާސީ ޙައްޤެއް
ނިގުޅައިގަނެފައިވާ ނުވަތަ ހަނިކުރެވިފައިވާއިރު، މިމައްސަލައިގައި ބޭނުންކޮށްފައިވާ ޤާނޫނީ އޮނިގަނޑަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ ޤާނޫނީ އޮނިގަނޑެއް
އޮތްކަމުގައި ސާބިތުކުރެވިފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8 އޗ އ އދ
އެއްގޮތަށްކަމަށް
44
2
8 *ހއ ހތ
ދެވަނަ ނުކުތާއަކީ: ފަހުމީ ރަޝާދު ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ
ނިންމަވާފައިވަނީ، އެޤާނޫނުގެ
23 ވަނަ މާއްދާގައިވާ ގޮތަށް ވަކިކުރެއްވިކަމަށް ބައްލަވައިގެންކަމުގައި
ވިދާޅުވެފައިވާއިރު، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 23 ވަނަ މާއްދާގައިވާ ޓެސްޓަކީ
ނުވަތަ މިންގަނޑަކީ ބޯޑުމެންބަރުންގެ ނުވަތަ ވަޒީފާދޭ ފަރާތުގެ ފުރިހަމަ އިޚްތިޔާރެއް ނޫންކަމާއި، އެއީ
ބާރެއްކަމާއި، ބާރެއްގެ ބޭނުން
ނުންކުރެވޭނީ ޤާނޫނާ
އެއްގޮތަށްކަމާއި، އަދި މިޙާލަތުގައި އެއްވެސް ހެއްކެއް
ޤަރީނާއެއް ނެތި، ހަމައެކަނި ހީވާއެއްޗެއްގެ މައްޗަށް އެފަދަ ބާރެއްގެ ބޭނުން ނުކުރެވޭނޭކަމާއި، އަދި އެފަދަ
ހެއްކާއި ޤަރީނާ ހުރިނަމަވެސް އެ ހެއްކާއި ޤަރީނާއަކީ ޤާނޫނާ އެއްގޮތަށް ނެގޭ ތަކެއްޗަށް ވާންޖެހޭނެކަމާއި،
އަދި ފަހުމީ ރަޝާދުގެ މައްސަލައިގައި އެމް.އެން.ބީ.ސީ ބޯޑުގެ ނިންމެވުން ނިންމަވާފައިވަނީ
ގޮތަށްކަމުގައިނުވާއިރު، އެނިންމެވުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ އިންތަކުގެ ތެރެއަށް
ފެށޭނެކަމަށް ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
އެޤީeށް
ތިންވަނަ ނުކުތާއަކީ: ފަހުމީ ރަޝާދު ވަޒީފާއިން ވަކިކުރެވިފައިވަނީ އެމް.އެން.ބީ.ސީއާ ދެމެދު
ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 6.1 ވަނަ މާއްދާއާއި 6.2 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނެ ހުށަހެޅި
499 ސ ޑ
ނޫސްބައފ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/68
4. މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/243 މައްސަލަ
އިސްތިއުނާފުކުރުމަށް މާލެ ދަފްތަރު ނަންބަރު 1625، ފަހުމީ ރަޝާދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި،
ގުޅޭގޮތުން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ
ހއ
އެންކުތަތްކު
ccc?
(ހ) ފުރަތަމަ ކަމަކީ، ވަޒީފާއާބެހޭ އަސާސީ އުޞޫލުތައް ކަނޑައަޅާފައިވާ ޤާނޫނަކީ،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ކަމާއި، އެޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ
މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނީ ހަމައެކަނި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމާއި،
މިގޮތުން ބަލާއިރު، މުވައްޒަފަކު ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާއިން ވަކިކުރެވޭނީ،
އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ
ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައިކަމަށް އެމާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް
ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ޝަރުތެއް ފުރިހަމަވެގެންކަމާއި، އެއީ:
1. އެމުވައްޒަފެއްގެ މަސައްކަތެއްގެ އަޚްލާޤު އެކަށީގެން ނުވުން، އަދި
2. އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
ކުރެވޭނޭކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުން
މިދެ ޝަރުތުކަން އެނގެން އޮންނަކަމާއި،
ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ،
އިސްވެ ދެންނެވިފައިވާ ދެ ޝަރުޠު ފުރިހަމަވޭތޯ ބެލުމުގައި، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު
އެކަށީގެން ނުވާކަމަށް ކަނޑައެޅޭނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ
4 4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/68
އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު
ޚިޔާނާތްތެރި ވެފައިވާ ޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) އަށް
ބެލުމުން އެނގެންއޮންނަކަމާއި،
މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލައި، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު
ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން
ތަޠުބީޤުކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެކަމަށާއި، އެކަށީގެންވާ ހަމައެއްނެތި، ވަޒީފާދޭ
ފަރާތަށް ހަމަ ފެންނަ ފެނުމެއްގެ މައްޗަށް އެކަނި ބިނާކޮށް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެކަމަށް،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC
-
A/2010 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަން އެނގެން
އޮންނަކަމާއި،
އަދި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަވާންޖެހޭ ދެވަނަ
ޝަރުޠުކަމަށްވާ، "އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
ވަޒީފާދޭ ފަރާތަށް ނުފެނުން" ވެސް ފުރިހަމަވާނީ އެމުވައްޒަފަކު ވަޒީފާގައި އިތުރަށް
ކުރެވޭނެކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުނު ހަމައަކީވެސް އެކަށީގެންވާ ހަމައަކަށް
ވެގެންކަން އެމާއްދާއަށް ބެލުމުން އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް
ތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލައި، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު
ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51
ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ޖިނާއީ މިންގަޑުން އެކަން ސާބިތުވުމަކީ ލާޒިމުކަމެއް ނޫންކަމަށާއި،
މިޙާލަތުގައިވެސް ވަޒީފާދޭ ފަރާތުން ބަލަންޖެހޭނީ، އެމުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަކާ
ގުޅިގެން ވަޒީފާދޭ ފަރާތުން ކުރާ ތަޙްޤީޤަށް މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި އެކަމެއް
މި 2 هل6
2 ހދ2
ތެރެވޭނޭކަމެއްކުމަށް
1 3 84
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/68
ސާބިތުކުރަން އޮންނަ މިންގަނޑުތަކުން އެކަމެއް ސާބިތުވޭތޯކަމާއި، އެމިންގަނޑަކީ އެމައްސަލައަކާ ގުޅިގެން
ފެންނަންހުރި ހަޤީޤަތްތަކުގެ މައްޗަށް ބަލައި އެކަންކަން ވަޒަންކުރާއިރު ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް
ބިނާކުރުން (balance of probabilities) ކަމަށް އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 24/HC-A/2010 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން އެނގެން އޮތުމުގެ އިތުރަށް،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަކުރަންޖެހޭ ދެ ޝަރުޠު ފުރިހަމަކުރުމުގައި
ވަޒީފާދޭ ފަރާތުން ތަޠުބީޤުކޮށްފައިވާ ހަމައަކީ އެކަށީގެންވާ ހަމައެއްކަން ސާބިތުކުރުމަކީ ވަޒީފާދޭ ފަރާތުގެ
ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ޤާއިމުކޮށްފައިވާ އުޞޫލަށާއި، މުޅި ޤާނޫނުގެ
ރޫޙަށް ބެލުމުން އެނގެންއޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
24/HC-A/2010 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ
ޢަދުލުވެރިކަމާއެކު ކުރެވޭ ކަމެއްކަން ކަށަވަރުކުރުމަށްޓަކައި އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން
ވަޒީފާ ދިން ފަރާތުން ބަލައި ޢަމަލުކުރަންޖެހޭ ގޮތްތަކެއް ހުންނަކަމާއި، އެގޮތުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި،
އިޖްރާއީ ޢަދުލުވެރިކަން ޤާއިމްކުރުމަށްފަހުގައިކަމާއި، މިކަންކަން ހުޅުވިގެންވާ ދިމިޤްރާޠީ މުޖުތަމަޢުތަކުގެ
ޤާނޫނުތަކުގައި ހިމެނިފައިވާ ބަލާއިރުވެސް އެނގެން އޮންނަކަމާއި، އަދި ދިވެހިރާއްޖޭގެ
ވަޒީފާއާބެހޭ ޤާނޫނަށް ބަލާއިރުވެސް، ބަޔާންކުރެވިދިޔަ އުޞޫލު އެޤާނޫނުގައިވެސް އެކުލެވިފައިވާކަން
އެނގޭކަމާއި،
މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމަށާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތުތަކަކީ ޢަދުލުވެރި
3b ހދ8
އުޞޫލުތަކަށް
ދިވެހިރާއްޖޭގެ
ސައީކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/68
އިޖްރާއާތުތަކަކަށް ވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
މިގޮތުންބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދިން ފަރާތުން ނިންމުމުގައި، އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ، ވަޒީފާދޭ ފަރާތުން، އެންމެ ކުޑަމިނުން
އަންނަނިވި ގޮތުގެމަތިން ޢަމަލުކޮށްފައިވާނަމަކަމާއި، އެއީ
1. އެމުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަކާބެހޭ މަޢުލޫމާތު (އޭރަކު ދެވެން
ހުންނަ ހުރިހާ ތަފްސީލަކާއެކު) އެމުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދިނުން
2. އެ ތުހުމަތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު އެމުވައްޒަފަކަށް ދިނުން.
3. އެމައްސަލައެއް އިދާރީގޮތުން ތަޙްޤީޤުކުރުން.
4. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޠު
ފުރިހަމަވާކަމަށް، އެކުރެވޭ ތަޙްޤީޤަކަށް ފެނިގެން، އެމުވައްޒަފަކު ވަކިކުރަން
ނިންމައިފިނަމަ، އެމުވައްޒަފަކު ވަކިކޮށްފައިވާކަން، ވަކިކުރި
)24/
އެމުވައްޒަފަކަށް އަންގާފައިވުން.
ކަން އެނގޭކަމާއި،
އަދި ޖަވާބުދާރީވުމަށް އެމުވައްޒަފަކަށް ފުރުޞަތު ދެވޭއިރު، އެމުވައްޒަފަކު
ބޭނުންވެއްޖެނަމަ، އެމުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އެމީހަކަށް
4
s 4 seފ4
کر سرسرامک
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާނަމަ،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި ވަކިކުރުން ބެލެވޭނީ އަންފެއަރ ޑިސްމިސަލް (unfair dismissal)
އެއްގެ ގޮތުގައިކަމާއި، މިޙާލަތުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވީނަމަވެސް، ވަޒީފާއިން
ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލު އެމުވައްޒަފަކަށް (damages) ނަގައިދެވޭގޮތަށް އޮންނަކަމާއި،
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2011/HC-A/68
އެޤީ6
ގޮތުން ނަގައިދެވޭ ބަދަލުގެ މިންވަރު ކަނޑައަޅަނީ، މައްސަލައިގެ ބާވަތަށާއި، އެ މުވައްޒަފަކު
ވަކިކުރުމުގައި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ މިންވަރަށް ބަލައިގެންކަން އެނގޭކަމާއި،
މިއުޞޫލުތަކަކީ ބަޔާންކުރެވިދިޔަފަދައިން ހުޅުވިގެންވާ ދީމިޤްރާޠީ ގިނަ މުޖްތަމާއުތަކެއްގައި ބަލައިގަނެފައިވާ
އުޞޫލުތަކެއްކަން އެނގޭކަމެވެ.
އެންގުމުގެގޮތުން
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
2010/VTR/243 މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން
ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) ގައި ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމުގައި ފަހުމީ ރަޝާދު ވަޒީފާ އަދާކުރަމުން
ދަނިކޮށް، 18 އޮކްޓޯބަރ 2010 ގައި އެއްވެސް ނޯޓިހެއް ދިނުމަކާނުލައި އޭނާ ވަޒީފާއިން ވަކިކުރިކަން
ލިޔެ ފަހުމީ ރަޝާދަށް މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
(އެމް.އެން.ބީ.ސީ) އިން ފޮނުވާފައިވާ ލިއުމަށް ބަލާއިރު، ފަހުމީ ރަޝާދު ވަޒީފާއިން ވަކިކުރެވިފައިވަނީ،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) ގައިވާ
ގޮތުގެމަތިން ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާ ދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް
ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުމާއި، ޚިޔާނާތްތެރިވުންކަން ހިމެނޭކަން ފާހަގަކޮށް އެސަބަބުގެ މައްޗަށް
ބިނާކޮށްގެންކަން އެނގެން އޮންނަކަމާއި،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާގައިވާ ގޮތުން،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެމުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އެ
މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ، އުޞޫލެއްގެގޮތުން
ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމާއި، އެމުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއް
ކަމުގައި ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް
ނެތިކަމުގައި ބެލެވޭނެކަން އެނގޭއިރު،
ދިވެހިރާއްޖޭގެ
ރައީކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/68
3438
ޑރ
2ތލަމުން އޭނައަ
ހދ59
ނޯޓިސް ދިނުމަކާނުލައި، ފަހުމީ ރަޝާދު ވަޒީފާއިން ވަކިކުރި ސަބަބު ބަޔާންކުރުމުގެ
ގޮތުން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)ގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅި ޖަވާބު ފޯމުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ކުންފުނީގެ ލިޔެކިއުންތައް ކުންފުނިން ބޭރުގެ ބަޔަކާ ޙިއްސާކުރުމާބެހޭ މައްސަލައެއް
ބެލުމަށްޓަކައި ފަހުމީ ރަޝާދު 12 އޮކްޓޯބަރު 2010 ގައި ގެއަށް ފޮނުވާލެނު ކަމާއި، ނަމަވެސް ފަހުމީ
ރަޝާދު ގެއަށް ފޮނުވާލީ ބަލަމުން ގެންދާ މައްސަލައިގެ ތަފްޞީލު ފަހުމީ ރަޝާދަށް ނުދީ އަދި އެކަމުގެ
ޙިއްސާ ނުކޮށްކަމާއި،
ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާދަމް ޝަރީފް އެމައްސަލަ ތަފްޞީލުކޮށް
ބެލުމަށްފަހު ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅުމުން، ނޯޓިސް ދިނުމަކާނުލައި ފަހުމީ ރަޝާދު ވަޒީފާއިން
ވަކިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމި ކަމަށާއި، ފަހުމީ ރަޝާދާ މެދު އެގޮތަށް ލުކުރުމަށް
ނިންމާފައިވަނީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގެ (1)
ގައިވާ ގޮތުގެ މަތީން ފަހުމީ ރަޝާދު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާ ދޭ ފަރާތަށް ނުވަތަ ވަޒީފާ
އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެންނާތީ ކަމާއި، ފަހުމީ ރަޝާދުގެ ފޯނު ލޮގްތަކަށް ބަލާއިރު،
އެކުންފުންޏާއި ކޮންފްލިކްޓް އޮފް އިންޓަރެސްޓެއް އޮތް އަދި އެކުންފުނީގެ މުދަލާއި މުވައްޒަފުންނާ ދެކޮޅަށް
ދަޢުވާކޮށްފައިވާ އަދި ކޯޓު މަރުހަލާގައި މައްސަލަ އޮތް ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ބްރޯޑްކާސްޓިންގް
ކޯޕަރޭޝަން (އެމް.ބީ.ސީ) ގެ ޗެއަރމަން، އަލްފާޟިލް އިބްރާހީމް ޢުމަރު މަނިކާ އާދަޔާ ޚިލާފަށް ގިނައިން
ގުޅުން
ގެންދާތީ ކަމަށާއި، މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
(އެމް.އެން.ބީ.ސީ)ގައި އްވޭ ކޮންމެ ބައްދަލުވުމަކަށްފަހު، އަދި ގާތްގަނޑަކަށް ކޮންމެދުވަހަކު މަދުވެގެން
އެއްފަހަރު ހަމައެކަނި އޮފީސް ފޯނުން ފަހުމީ ރަޝާދު ގުޅަމުން ގެންދާތީ، މެނޭޖްމަންޓަށް އަދި ކުންފުންޏަށް
ފަހުމީ ރަޝާދުގެ ފަރާތުން ގެއްލުމެއް ލިބިދާނެކަމަށް ފެންނާތީކަމަށާއި،
234ނ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/68
އަދި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގެ
(2) ގައިވާ ގޮތުގެ މަތީން ފަހުމީ ރަޝާދު އެ ކުންފުންޏަށް ޚިޔާނާތްތެރިވެފައިވާކަމަށް އޭނާގެ ފޯނުކޯލެއްގައި
ބުނެފައިވާތީކަން އެނގެން އޮތްއިރު،
ފަހުމީ ރަޝާދު، އަލްފާޟިލް އިބްރާހީމް ޢުމަރު މަނިކަށް ގުޅި ގުޅުމުގައި ދެކެވިފައިވާނީ
ޒާތީ ވާހަކަތަކެއްކަމަށް ފަހުމީ ރަޝާދު ބުނެފައިވާކަން އެނގޭއިރު، ފަހުމީ ރަޝާދު، އަލްފާޟިލް އިބްރާހީމް
ޢުމަރު މަނިކަށް ގުޅިކަން އެނގެންއޮތުން ފިޔަވައި، އެ ގުޅިގުޅުމުގެ ސަބަބުން، ވަޒީފާ ދިން ފަރާތަށް ނުވަތަ
ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ބެލެވި، ނޯޓިހެއް ދިނުމަކާނުލައި ވަޒީފާއިން
ވަކިކުރުމަށް ޤަބޫލުކުރެވޭ މިންވަރުގެ ކަންތައްތަކެއް ދެއްކިފައިނުވާކަމާއި،
އަދި ފަހުމީ ރަޝާދު އެ ކުންފުންޏަށް (މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން
ކޯޕަރޭޝަނަށް) ޚިޔާނާތްތެރިވެފައިވާކަމަށް އޭނާގެ ފޯނުކޯލެއްގައި ބުނެފައިވާތީކަމަށް މޯލްޑިވްސް ނެޝަނަލް
ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)ގެ ފަރާތުން ބުނެފައިވާއިރު،
ފަހުމީ ރަޝާދު އެފަދައިން ބުނެފައިވާކަމެއް އެނގެންނެތްކަމާއި، އަދި އޭނާގެ
ފޯނުކޯލެއްގައި "މިކޮޅުން އެއްޗެއް އަތު ނުޖެހިގެން ކަމަށް" ބުނެފައިވާކަމަށް އާދަމް ޝަރީފް
މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅި
"ކުންފުނިން ލިޔެ ކިޔުންތައް ނުވަތަ މައުލޫމާތު ކުންފުނިން ބޭރު އެކި ފަރާތްތަކަށް ފޯރުކޮށްދޭކަމަށް ބަލައި
އެމް.އެން.ބީ.ސީގައި ބެލުނު މައްސަލައިގެ ރިޕޯރޓް" ގައި ބުނެފައިވުމުންނާއި، ފަހުމީ ރަޝާދަށް ނޯޓިސް
ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުމަށް މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
(އެމް.އެން.ބީ.ސީ) އިން ނިންމި މައިގަނޑު އެއް އަސާސަކީ ފަހުމީ ރަޝާދުގެ ފޯނުކޯލެއްގައި އެފަދައިން
ބުނެފައިވާކަމަށް ބަޔާންކުރެވިދިޔަ ރިޕޯޓުގައި ބަޔާންކުރެވިފައިވުމުން އެކަމަށް ބެލެވިގެންކަން
މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)ގެ ފަރާތުން
ހުށަހެޅި އެފޯނުކޯލުގެ ރެކޯޑިންއަށް ބެލިއިރު، ފަހުމީ ރަޝާދު މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން
ހ2 34=2
އޔާރުކޮށް
އެނގެންއޮތުމުން،
ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/68
ޚިޔާނަތެތެރިވެފައި
ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)
ތެރިވެފައިވާކަމަށް ބަލަންޖެހޭފަދަ އެކަށޭނަ ވާހަކަތަކެއް، ފަހުމީ
ރަޝާދުގެ ވާހަކާގައި ހިމެނިފައި ނެތްކަން އެނގޭކަމާއި،
އަދި ފަހުމީ ރަޝާދު މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމް.ބީ.ސީ)ގެ
ޗެއަރމަން އަލްފާޟިލް އިބްރާހީމް ޢުމަރު މަނިކަށް ގުޅާކަން ފޯނު ލޮގްތަކަށް ބެލުމުން އެނގެން
އޮތްނަމަވެސް، އެފޯނު ކޯލްތަކުގައި ދެކެވިފައިވަނީ ޒާތީ ވާހަކަ ކަމަށް ފަހުމީ ރަޝާދުގެ ފަރާތުން
ބުނެފައިވާއިރު، މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)އަށް ގެއްލުން
ދިނުމުގެ ވާހަކައެއް، އަދި ޚިޔާނާތްތެރިވުމުގެ ވާހަކައެއް ފަހުމީ ރަޝާދު އަލްފާޟިލް އިބްރާހީމް ޢުމަރު
މަނިކަށް ކުރި ފޯނު ކޯލެއްގައި ބުނެފައިވާކަން އެނގެން ނެތުމުން، ފަހު ރަޝާދު އަލްފާޟިލް އިބްރާހީމް
ޢުމަރު މަނިކަށް ފޯނުކުރި ކުރުމަކީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް ނަސޭހަތެއް، އިންޒާރެއް އަދި ނޯޓިހެއް
ދިނުމަކާނުލައި ވަޒީފާއިން ކަނޑާލުމަށް އެކަށީގެންވާ ސަބަބެއްކަމުގައި ނުބެލެވޭނެކަމާއި، އެހެނީ ދެކުންފުޏެއް
ނުވަތަ ދެއިދާރާއެއްގެ ދެމެދުގައި ވާދަވެރިކަމެއް ނުވަތަ ދެބަސްވުމާއި މައްސަލަތަކެއް އޮތުމަކީ އެދެ
ކުންފުނީގެ ނުވަތަ ދެ އިދާރާގެ މުވައްޒަފުން އެކަކު އަނެކަކާ ވާހަކަ ދައްކައި މުޢާމަލާތުކުރުން ހުއްޓާލަންޖެހޭ
ސަބަބެއްނޫންކަމާއި، އެހެންނަމަވެސް އެދެ ފަރާތެއްގެ ދެމެދުގައި އޮތް ގުޅުމެއްގެ މައްޗަށް ބިނާކޮށް، އަދި
ކުންފުނީގެ ސިއްރުތައް ހާމަވެ، ކުންފުނީގެ މަސްލަޙަތުތަކަށް އުނިކަން ނާންނާނެ ގޮތުގެ މަތީން ޒާތީ
ކުރުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު ނުކުރެވޭނެކަމެއްކަމަށް
ނޯންނާނެކަން އެނގޭކަމެވެ.
މުޢާމަރ
OC cucc
ޑ ވ
ބެލެވޭ ތަނެއް
(ރ) ހަތަރުވަނަ ކަމަކީ، ފަހުމީ ރަޝާދުގެ ވަޒީފާގެ އެއްބަސްވުމުގެ 6.1 އާއި 6.2 ގައި
ފަހުމީ ރަޝާދާއި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)އާ ދެމެދު
އެއެއްބަސްވުމުގެ މުއްދަތުގައި އުފެދޭ މައްސަލަތައް ހައްލުކުރާނެގޮތް ބަޔާންކޮށްފައިވާކަމާއި، އެގޮތުން،
އެއެއްބަސްވުމުގެ މުއްދަތުގައި، އެއެއްބަސްވުމުގެ ސަބަބުން ނުވަތަ އެއެއްބަސްވުމާ ގުޅިގެން ނުވަތަ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/68
e c ތ 38
82
އެއެއްބަސްވުމަށް
ޢަމަލުކުރުމުގައި ނުކުންނަ އެއްމެހައި މައްސަލަތައް ޙައްލުކުރާނީ ދެފަރާތުންމެ
ސުލްހަވެރިކަމާއެކު ވާހަކަ ދައްކައިގެންކަމަށާއި، އެފަދައިން ވާހަކަ ދެއްކުމުގައި އަދި ގޮތެއް ނިންމުމުގައި
ދެފަރާތުންމެ ޢައްޔަންކުރާ ފަރާތެއް ނުވަތަ ފަރާތްތަކެއް ބައިވެރިކުރެވިދާނެކަމަށް ވަޒީފާގެ އެއްބަސްވުމުގެ
6.1 ގައި ބަޔާންކުރެވިފައިވާއިރު، ފަހުމީ ރަޝާދާއި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
(އެމް.އެން.ބީ.ސީ)އާ ދެމެދު ޖެހުނު މައްސަލައާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި، މިމާއްދާގައިވާ ގޮތުގެމަތީން
ވާހަކަދެކެވިފައި ނުވާކަމާއި، އަދި އެމައްސަލާގައި ޖަވާބުދާރީވުމަށްވެސް ފަހުމީ ރަޝާދަށް މޯލްޑިވްސް
ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) އިން ފުރުޞަތު ދީފައިނުވާކަން އެނގޭކަމާއި،
އެހެންކަމުން، ވަޒީފާގެ އެއްބަސްވުމުގެ 6.1 ގައި ބަޔާންކުރެވިފައިވާގޮތަށް، އަދި އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކުރެވިފައިވާކަމަށް، ކަނޑައެޅުމުގައި، ވަޒީފާދޭ ފަރާތުން، އެންމެ ކުޑަމިނުން ޢަމަލުކުރަންޖެހޭ ގޮތްތައް
ކަމުގައި ފާހަގަކުރެވުނު ނުކުތާތަކުގެ ތެރެއިން 4 ގެ (ށ) ގައި ބަޔާންކުރެވިދިޔަ ކަންކަން ފުރިހަމަކުރެވިފައި
ނުވާކަމާއި، ފަހުމީ ރަޝާދާމެދު ކުރެވިފައިވާ ތުހުމަތާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު ފަހުމީ ރަޝާދަށް
ދީފައިނުވާކަމާއި، އަދި ފަހުމީ ރަޝާދު ގެއަށް ފޮނުވާލީ ބަލަމުން ގެންދާ މައްސަލައިގެ ތަފްޞީލް
ހިއްސާނުކޮށްކަން އެނގޭކަމާއި، އެކަން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
(އެމް.އެން.ބީ.ސީ އިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ޖަވާބު ފޯމުގައި "12 އޮކްޓޯބަރ 2010_
ގެއަށް ފޮނުވާލެވުނު” މިސުރުޚީގެ ދަށުން ދައްކާފައިވާ ވާހަކަތަކުގައި ބަޔާންކޮށް އެއްބަސްވެފައިވާކަމާއި، އަދި
އެކަން އެގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުންވެސް ފާހަގަކުރައްވާފައިވާކަން އެނގޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެކުރިން މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ
ޢަދުލުވެރިކަން ޤާއިމުކުރަންޖެހޭ ކަމާއި،
ދިވެހިރާއްsa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
2011/HC-A/68
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
މިގޮތުން މިމައްސަލާގައި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
(އެމް.އެން.ބީ.ސީ)ގެ ވަޒީފާއިން ފަހުމީ ރަޝާދު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަށް
ޤާއިމުވެފައިވޭތޯ ބަލާއިރު،
އިސްވެދިޔަ ނުކުތާތަކުގައި ބަޔާންކުރެވިފައިވާފަދައިން ފަހުމީ ރަޝާދު ވަޒީފާއިން ވަކިކުރި
ސަބަބަށް ބަލާއިރު އެސަބަބަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) ގައި
ބަޔާންކޮށްފައިވާފަދަ، ފަހުމީ ރަޝާދު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ
ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ބެލެވިދާނެ އެކަށޭނަ ސަބަބެއްކަމަށް ޝަރީޢަތަށް
ޤަބޫލުނުކުރެވޭކަމާއި، އަދި އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނޭކަމެއްކަމަށް ވަޒީފާދޭ ފަރާތަށް
ނުފެންނަކަމަށް އެފަރާތުން ނިންމުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވިދާނެކަމެއްކަމަށްވެސް
ޝަރީޢަތަށް ޤަބޫލުނުކުރެވޭކަމާއި،
މިޙާލަތުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މަޢުޟޫޢީ ޢަދުލުވެރިކަން ފުރިހަމަވެފައިނުވާކަމަށް
.ހ 8
6
ބޮލަންޖެހޭކަމެވެ.
(ލ) ހަވަނަ ކަމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން، ފަހުމީ ރަޝާދު ވަޒީފާއިން
ވަކިކުރުމުގައި ޤާއިމުވެފައިވޭތޯ ބަލާއިރު، އިސްވެދެންނެވިފައިވާ ފަދައިން ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް
ބެލެވޭނީ، ފަހުމީ ރަޝާދު ވަޒީފާއިން ވަކިކުރުމުގެ ކުރިން، ފަހުމީ ރަޝާދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ
ކަމުގެ މަޢުލޫމާތު ފަހުމީ ރަޝާދަށް ދީފައިވުމުގެ އިތުރުން އެތުހުމަތުތަކާމެދު ޖަވާބުދާރީ ވުމުގެ ފުރުޞަތު
ދިނުމަށްފަހު، އެމައްސަލައެއް ތަޙްޤީޤުކުރުމަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
24 1ތ
އޭނައަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވެ
ދިޘާހީޓެޑްގެ
އެނޫންވެސް
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/68
44
ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުތު ފުރިހަމަވާކަމަށް، އެކުރެވޭ ތަޙްޤީޤަކަށް ފެނިފައިވާނަމަކަން އެނގޭކަމާއި،
އަދި މީގެ އިތުރުން ފަހުމީ ރަޝާދަށް ޖަވާބުދާރީވުމަށް ދެވުނު ފުރުޞަތުގައި، އޭނާ އެދިފައިވާނަމަ،
ކަނޑައެޅި މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އޭނާއަށް ދެވިފައިވާނަމަކަމާއި،
މިގޮތުން، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ފަހުމީ ރަޝާދު ގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކަންތަކާ ބެހޭ
މަޢުލޫމާތު ފަހުމީ ރަޝާދަށް ދީ އެކަމާބެހޭގޮތުން ޖަވާބުދާރީ ވުމުގެ ފުރުޞަތު ވަޒީފާއިން ވަކިކުރުމުގެ ކުރިން
އޭނާއަށް ދީފައިވާކަން އެނގޭ ލިޔެކިޔުން ފެންނަންނެތްކަމާއި، ފަހުމީ ރަޝާދުގެ ފަރާތުން ހުށަހެޅި
މިމައްސަލައިގެ ޖަވާބު ދިނުމުގެ ގޮތުން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
(އެމް.އެން.ބީ.ސީ) އިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ފޯމަށް ބަލާއިރުވެސް ފަހުމީ ރަޝާދު ގެއަށް
ފޮނުވާލީ ބަލަމުން ގެންދާ މައްސަލައިގެ ތަފްޞީލު ހިއްސާ މޯލްޑިވްސް ނެޝަނަލް
ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) ގެ ފަރާތުން ބުނެފައިވާކަން އެގޭކަމާއި، އަދި ފަހުމީ ރަޝާދު
ގެއަށް ފޮނުވާލުމަށްފަހުވެސް، ފަހުމީ ރަޝާދަށް ޖަވާބުދާރީ ވުމަށް ފުރުޞަތު ދެވިފައިނުވާކަން އެނގޭކަމާއި،
މުން، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެކުރިން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން
ފުރިހަމައަށް ޤާއިމުވެފައިނުވާކަން އެނގޭކަމެވެ.
0a3 ހދ8
ނާކޮށްކަމަށް
2
6
2 ހ2 8
އެހެންކަމުން،
(ކ) ހަތްވަނަ ކަމަކީ، 14 ފެބްރުއަރީ 2012 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް
ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)ގެ މުދަލާއި ވަސީލަތްތަކާއި،
އެކުންފުނީގެ އެންމެހައި ތަކެތި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމް.ބީ.ސީ)އަށް
ބަދަލުވެފައިވާކަމުގައި، މިމައްސަލަ މިކޯޓުގައި ހިނގަމުން ދަނިކޮށް، މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން
ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)ގެ ފަރާތުން ބުނެފައިވުމުން، އެކަންކަން ސާފުކުރުމުގެ ގޮތުން މޯލްޑިވްސް
ދިވެހިރާއްޖޭގެ
އައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/68
ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމް.ބީ.ސީ) އިން ކަނޑައެޅި ފަރާތެއް ޙާޟިރުކޮށް އެކަންކަމާބެހޭގޮތުން ކަން
ހިނގާފައިވާގޮތް ސާފުކުރެވުނުކަމާއި،
އެގޮތުން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)ގެ
ފަރާތުންނާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމް.ބީ.ސީ) ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށާއި، އަދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
(އެމް.އެން.ބީ.ސީ)ގެ ފަރާތުން މިކޯޓަށް ހުށަހެޅި، އެކުންފުނީގެ ފަރާތުން 14 ފެބްރުއަރީ 2012 ގައި ބޭއްވި
ޖަލްސާގައި ނިންމި ނިންމުން ހިމެނޭ ކޮމްޕެނީގެ ބޯޑް ރެސޮލިއުޝަން" އާއި، ރައީސުލްޖުމްހޫރިއްޔާގެ
ޤަރާރު ނަންބަރު 2012/1 އަށް ބަލާއިރު،
ޤާނޫނު ނަންބަރު 6/2010 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ
ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަކީ،
ދިވެހި ދައުލަތުގެ ފައިސާއާއި މުދާ ހޭދަކޮށްގެން ހިންގާނޭ ދިވެހި ދައުލަތުގެ ޕަބްލިކް ބްރޯޑް ކާސްޓަރކަމަށް
ރައީސުލްޖުމްހޫރިއްޔާގެ ބަޔާންކުރެވިދިޔަ ޤަރާރުން ކަނޑައަޅާފައިވާކަމާއި، އަދި ސިވިލް ކޯޓުގެ ނަންބަރު
2010/MC
/
2010
)
1374
/
Cv
-
C/2405) ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށްޓަކައި، ޤާނޫނު ނަންބަރު
6/2010 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުނުއިރު
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑުގެ ދަށުގައި އޮތް ޓެލެވިޜަން މޯލްޑިވްސްއާއި
ދިވެހިރާއްޖޭގެ އަޑަކީ، އެޤާނޫނަށް ޢަމަލުކުރަން ފެށި ދުވަހުން ފެށިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ
ކޯޕަރޭޝަން (އެމް.ބީ.ސީ)ގެ ދެ ޗެނަލްގެ ގޮތުގައި ބަލަންޖެހޭ ތަންތަން ކަމުގައާއި، ޤާނޫނު ނަންބަރު
6/2010 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާއެކީ
އެޤާނޫނުގެ 44 ވަނަ މާއްދާއާއި، 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލާއި ވަސީލަތްތައް، ޓެލެވި ރަން
މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑު ހިންގުމަށް ދޫކޮށްފައިވާ ބިމާއި، އެތަންތަނަށް ދޫކޮށްފައިވާ
ފްރިކުއެންސީތަކާއި، ހުރިހާ ވެހިކަލްތަކާއި، ފަރުނީޗަރާއި، އާލާތްތަކާއި، ދައުލަތުގެ ބަޖެޓުން ދީފައިވާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/68
ފައިސާއާއި، އެތަންތަނުގެ އަރުޝީފް ހިމެނޭގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމް.ބީ.ސީ)
އާ ޙަވާލުކުރުމަށް އެއްބަސްވެ އިޤްރާރުވެ،
އަދި 14 ފެބްރުއަރީ 2012 އިން ފެށިގެން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން
ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) އުވާލުމާ ހަމައަށް، ކުންފުނީގެ މެނޭޖްމަންޓާއި އެވަގުތު ކުންފުނީގެ އެންމެހައި
ކަންތައްތަކާއި، އެންމެހައި މުދަލާއި، އެންމެހައި އާލާތްތަކާއި، އެންމެހައި މުވައްޒަފުންނާއި އެންމެހައި ފިކުރީ
މުދާ ޤާނޫނު ނަންބަރު 6/2010 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގައި
ބަޔާންކޮށްފައިވާ ގޮތުގެމަތިން، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމް.ބީ.ސީ)އަށް ބަދަލުކޮށް
ޙަވާލުކުރުމަށް އެއްބަސްވެ، އެގޮތުގެމަތީން ޢަމަލުކުރެވިފައިވާކަން އެނގޭކަމެވެ.
Uch
(ކ) ހަތްވަނަ ކަމަކީ، މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
(އެމް.އެން.ބީ.ސީ)އަށް ރައްދުވާގޮތަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2010/VTR/243 މައްސަލަ
އިސްތިއުނާފްކުރުމަށް ފަހުމީ ރަޝާދު ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ
ނަންބަރު 2010/VTR/243 މައްސަލައިގެ ނިންމެވުން ބާޠިލްކޮށް، ފަހުމީ ރަޝާދު ވަޒީފާއިން
ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ
ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ފަހުމީ ރަޝާދު އޭނާ ކުރިން ހުރި ވަޒީފާގައި
އަލުން ބެހެއްޓުމަށާއި، އޭނާ އަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް
އަމުރުކޮށްދެއްވައި، އަދި 29 ވަނަ މާއްދާގެ (ހ) ގެ (3) ގެ ދަށުން ފަހުމީ ރަޝާދަށް ބަދަލު ދިނުމަށް
މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)ގެ މައްޗަށް އަމުރުކޮށްދެއްވުމަށް
ކަމުގައިވާއިރު،
1 އޭޕްރީލް 2013 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ފަހުމީ ރަޝާދުގެ ފަރާތުން
ބުނެފައިވަނީ، މިމައްސަލަ ހައިކޯޓަށް ހުށަހެޅުނުފަހުން، ފަހުމީ ރަޝާދަކީ 11 ޑިސެމްބަރު 2011 އިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/68
ފެށިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމް.ބީ.ސީ)ގެ ދާއިމީ ވަޒީފާއެއް ހަމަޖެހި އެވަޒީފާ
އަދާކުރަމުން އަންނަ ފަރާތެއްކަމަށާއި، އެހެންކަމުން، ފަހުމީ ރަޝާދުގެ ފަރާތުން އެދެނީ ފަހުމީ ރަޝާދު
ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ
މަތީންކަމަށް ކަނޑައަޅުއްވައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމަވާފައިވާ ނިންމެވުމެއް ނޫންކަމުގައި ކަނޑައަޅައިދިނުމަށް ކަމަށެވެ.
2
2x
34
eJ1ފ303
(އ) އަށްވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
(އެމް.އެން.ބީ.ސީ)ގެ ވަޒީފާއިން ފަހުމީ ރަޝާދު ވަކިކޮށްފައިވާ ސަބަބަކީ ނޯޓިސް ދިނުމަކާއި ނުލައި
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމަށް އެކަށޭނަ ސަބަބެއް ނޫންކަމަށާ ،
އަދި ފަހުމީ ރަޝާދު ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާއަށް ކުރެވުނު ތުހުމަތުގެ ތަފްޞީލު ދިނުމަކާއި ނުލައި
އަދި ދިފާޢުގައިވެސް އެއްޗެއް ބުނުމުގެ ފުރުޞަތު ދިނުމަކާ ނުލައިކަމާއި، ވުމާއެކު، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ފަހުމީ ރަޝާދު
ވަޒީފާއިން ވަކިކުރުމުގައި ޤާއިމްވެފައި ނުވާކަމަށާއި، އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/243 މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެންނަންޖެހޭކަމުގައެވެ.
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމާއެކު،
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2010/VTR/243 މައްސަލާގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/68
ނިންމެވުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/243 މައްސަލާގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުން ބާޠިލުކޮށް، މޯލްޑިވްސް
ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)ގެ ވަޒީފާއިން ފަހުމީ ރަޝާދު ވަކިކޮށްފައިވާ
ސަބަބަކީ ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމަށް
އެކަށޭނަ ސަބަބެއް ނޫންކަމަށާއި، ފަހުމީ ރަޝާދު ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާއަށް ކުރެވުނު ތުހުމަތުގެ
ތަފުޞީލު ދިނުމަކާއި ނުލައި އަދި ދިފާޢުގައިވެސް އެއްޗެއް ބުނުމުގެ ފުރުޞަތު ދިނުމަކާ ނުލައި، އަދި
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުނުކޮށް، ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް ނެތިކަމުގައި ކަނޑައަޅައި އެގޮތުގެމަތިން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv