ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/146 ޤަޟިއްޔާގެ ޙުކުމް
1
2{012/HC-A/146
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ہم تمام سیم
40 )
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރ: 146/HC-A/2012
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޙުސައިން ނާޤިމް
އެޑްރެސް: ތަރިވިދާގެ | ރ.އިނގުރައިދޫ
* އައިޑީކާޑު ނަންބަރު: 314767-A
* މިހާރުގެ އެޑްރެސް:
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް:
އައިޑީކާޑު ނަންބަރު.
* މިހާރުގެ އެޑްރެސް:
ހުށަހެޅުނު ތާރީޚް: 17 މެއި 2012
ނިމުނު ތާރީޚް: 27 މެއި 2012
• އިސްތިއުނާފުކުރެވުނު ކޯޓު އަމުރު.
4 ނަންބަރު:MD
/
2012
/
E7MC37
* ކޯޓު: މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓް ކޯޓު
* ނިންމެވި ތާރީޚް: 07 މެއި 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު އަޙްމަދު ޝަރީފް ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2{012/HC-A/146
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
ހއ
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު
މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު
37/MD
/
2012
/
E7MC ކޯޓު އަމުރު އެކޯޓުން ނެރުއްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް
އެކޯޓު އަމުރު އިސް
މިފުކުރުމަށް އިނގުރައިދޫ، ތަރިވިދާގެ ޙުސައިން ނާޝިމުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
ކަމަށްބުނެ
#
4
މިޤާޟީއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު
ދޭ ތަeއ
02c 0 0
-01
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު
ކޯޓުގެ ނަންބަރު
37/MD
/
2012
/
E7MC ކޯޓު އަމުރު އެކޯޓުން ނެރުއްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް
ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް ރ. އިނގުރައިދޫ، ތަރިވިދާގެ ޙުސައިން ނާޤިމުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
OU OO
-02
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު
ކޯޓުގެ
ނަންބަރު
37/MD
/
2012
/
E7MC ކޯޓު އަމުރަށް ބަލާއިރު، އެކޯޓު އަމުރަކީ 03 ޖެނުއަރީ 2012 ވަނަ ދުވަހުގެ
ވަގުތެއްގައި ޗާންދަނީމަގުން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ރަންހާރެއް ފޭރުނު މައްސަލައިގެ
ތުހުމަތުގައި
އިނގުރައިދޫ، ތަރިވިދާގެ ޙުސައިން ނާތިމް 07 މެއި 2012 ދުވަހު 12:25 އިން ފެށިގެން
22 މެއި 2012 ދުވަހު 12:25 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި
ބެހެއްޓުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަމާއި، އެއަމުރު ނެރުއްވި ސަބަބަކީ، ޙުސައިން ނާދިމް،
ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވޭތީއާއި މީނާގެ ފަރާތުން މިފަދަ
ޢަމަލެއް ތަކުރާރުކޮށް ފެނިދާނެ ކަމަށް ބެލޭތީ އާއި ހެކި ނައްތާލަން މަސައްކަތް ކޮށްފާނެކަމަށް ބެލެވޭތީ ކަމަށް
އެއަމުރުގައި ބަޔާންކޮށްފައި އޮންނަކަމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/146
ކޯޓުގެ
03- މާޅޮސްމަޑުލު އުތުރުބުރީ
އުނގޫފާރު މެޖިސްޓްރޭޓް
ނަންބަރު
37/MD
/
2012
/
E7MC ކޯޓު އަމުރު އެ ކޯޓުން ނެރުއްވާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމުން ރ. އިނގުރައިދޫ، ތަރިވިދާގޭ ޙުސައިން ނާޤިމުގެ ފަރާތުން
02 (ދޭއް) ނުކުތާއެއް ހުށަހަޅައި އެ ނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
04
04- މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ކޯޓު
އަމުރު އިސްތިއުނާފުކުރުމަށް އިނގުރައިދޫ، ތަރިވިދާގޭ ޙުސައިން ނާމުގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ ގޮތުން ޙުސައިން ނާޤިމުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ
ޕްރޮސިކިއުޓަރ ޖެނެރަލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބެލިއިރު، އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
މ 04
4
* 8 2
(ހ) ފުރަތަމަ ކަމަކީ: ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު"ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބަކަށްޓަކައި ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުގައި
ބެހެއްޓުމަށް އަމުރު ކުރުމުގެ ބާރު، ފަނޑިޔާރަށް ލިބިގެންވާކަން އެނގޭއިރު، މާޅޮސްމަޑުލު އުތުރުބުރީ
އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 37/MD
/
2012
/
E7MC ކޯޓު އަމުރު ނެރުއްވާފައިވަނީ،
ޙުސައިން ޙާތިމުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ފޭރުމުގެ ކުށުގެ ތުހުމަތުގައި، ޙުސައިން ނާޤިމް
ދޫކޮށްލައިފިނަމަ، މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ބެލެވޭތީއާއި އޭނާގެ ފަރާތުން މިފަދަ ޢަމަލެއް
ތަކުރާރުކޮށް ފެނިދާނެކަމަށް ބެލެވޭތީއާއި، ހެކި ނައްތާލަން މަސައްކަތް ކޮށްފާނެތީކަމަށް ބަޔާންކުރައްވައިކަން
އެނގެން އޮންނަކަމެވެ
.
2c
22 23 24
464
(ށ) ދެވަނަ ކަމަކީ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގައި އެކުށެއް
ކުރިކަން ސާބިތުވާ މިންވަރަށް ހެކި ހުށަހެޅުން ލާޒިމް ނޫންކަމާއި، އެފަދަ މަޖިލީހަކަށް ހެކި ހުށަހަޅަން
މިންވަރަކީ، އެމީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ނުވަތަ ބަންދުގައި ބެހެއްޓުމަށް އެދޭ ކުށުގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
ވެހިރާއްޖޭގެ ހައި
4
2{012/HC-A/146
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވަނަ މާއްދާއާއި،
#
އޭނާގެ މައްޗަށް ކުރެވޭފަދަ ހެކި ހުރިތޯކަމާއި، މިގޮތުން ބަލާއިރު، އެފަދަ ހެކި ހުރެ ޤާނޫނުއަސާސީގެ 49
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން
ސަބަބެއް އޮވެއްޖެނަމަ ބަންދުގެ މުއްދަތު ދެވިދާނެކަމާއި، މިމައްސަލާގައި ރ. އިނގުރައިދޫ، ތަރިވިދާގޭ
ޙުސައިން ނާޝިމުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގައި ބޭއްވުނު
ޝަރީޢަތުގެ މަޖިލީހުގައި، މޯލްޑިވްސް ޕޮލިސް ސަރވިސް ފަރާތުން ހެކި ހުށަހެޅިފައިވާ ކަމާއި، އެގޮތުން
ހުށަހެޅުނު ބަޔާނުގައި ޙުސައިން ނާޝިމް 03 ޖެނުއަރީ 2012 ވަނަ ދުވަހު ޗާންދަނީމަގުން ހިނގާފައި ދިޔަ
އަންހެނެއްގެ ކަރުގައި އޮތް ރަންހާރެއް ފޭރުނު ކަމުގެ ތުހުމަތު އޮތްކަމުގެ ހެކި ދައުލަތުގެ ފަރާތުން
ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާކަން އެނގެން އޮންނައިރު، އެހެކި ނަފީކުރެވޭވަރުގެ ހެއްކެއް
ޙުސައިން ނާޝިމުގެ ފަރާތުން ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައި ނުވާކަން ޙުސައިން ނާޤިމުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
04 0 0
ou oo
ހުކުމް
ދެންފަހެ، އިސްވެ ބަޔާން ކުރެވުނު ކަންތައް އެގޮތުގެ މަތިން ހުރުމުން މާޅޮސްމަޑުލު
އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 37/MD
/
2012
/
E7MC ކޯޓު އަމުރުގެ ދަށުން،
އިނގުރައިދޫ، ތަރިވިދާގޭ ޙުސައިން ނާދިމް 07 މެއި 2012 ދުވަހު 12:25 އިން ފެށިގެން 22 މެއި
2012 ދުވަހު 12:25 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް
އަމުރުކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއްނެތްކަމަށް މިޤަޟިއްޔާ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް
ކޮށްފީމެވެ.
99
ދިވެހިންޑްގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv