ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/162 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/162
بماند التمر الاسیم
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 162/HC-A/2015
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: ޕީ.ޓީ އޮފީސް | މާވެ
th
މިހާރުގެ އެޑްރެސް
އޮފީސް | މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން. ޝައުކަތު އަބްދު
، ދާއިމީ އެޑްރެސް: އާބާދު / ހއ.ކެލާ
* އައިޑީކާޑު ނަންބަރު: A111620
* މިހާރުގެ އެޑްރެސް: މ.ފަލްކަން / މާލެ
ނިމުނު ތާރީޚް: 12 މެއި 2015
ރަޖިސްޓްރީކުރެވުނު ތާރީޚް: 03 މެއި 2015
އިސްތިއުނާފު ކުރެވުނު ކޯޓު އަމުރުގެ
* ނަންބަރު:2015
/
2934/J
(
MD-145
* ކޯޓު: ކްރިމިނަލް ކޯޓު
*ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
ނިންމެވި ތާރީޚް: 21 އޭޕްރިލް 2015
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢައްބާސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/162
ދަޢުވާގެ ޚުލާޞާ:
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
2934/J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ކެލާ | އާބާދު، ޝައުކަތު ޢަބްދުﷲ އެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
-01
ކްރިމިނަލް ކޯޓުގެ ނަންބަރު 2015/2934(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
އެކޯޓު އަމުރަކީ
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2015/2934(J
(
MD-145 ކޯޓު އަމުރަށް ބަލާއިރު،
ހއ. ކެލާ އާބާދު، ޝައުކަތު ޢަބްދުﷲގެ މައްޗަށް ތުހުމަތު ކުރެވުނު ރަހީނުކުރުން/ މާރާމާރީ
ހިންގުމުގެ ކުށުގެ މައްސަލައިގައި، ޝައުކަތު ޢަބްދުﷲ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭފަދަ
ބަޔާންކުރައްވައި، 2015 އޭޕްރީލް 21 ވަނަ ދުވަހުގެ 15:07 ގައި އޭނާ ދޫކޮށްލުމަށް
ސަބަބެއްނެތްކަމަށް
ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2015/2934(J(MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅައި، އެ ނުކުތާތަކާގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:
ވީހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/162
می برد
(ހ) ފުރަތަމަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2015/2934(J
(
MD-145
އަމުރަކީ ދިވެހިރައްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި
ންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7
ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރެއްވުމަކާނުލައި
ނެރުއްވާފައިވާ
ހުށަހެޅި ނުކުތާ.
* 8 ،2
އަޚުރައކމނކން
(ނ) ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ
(ށ) ގައި ބުނާ ޙާލަތު ވުޖޫދުގައި އޮތްއިރު، އެމާއްދާގައި ބުނާކަންކަމަށާއި، މައްސަލާގައި ކަންހިނގާފައިވާގޮތަށް
ރިޢާޔަތް ނުކުރައްވައި ޝައުކަތު ޢަބްދުﷲ ބަންދުން ދޫކޮށްލަން އަމުރު ކުރައްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
-04
ކްރިމިނަލް ކޯޓުގެ ނަންބަރު 2015/2934(J
(
MD-145
އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ
ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ހއ. ކެލާ އާބާދު،
ޝައުކަތު ޢަބްދުﷲގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/2934(J(MD-145 ކޯޓު
އަމުރަކީ، 2015 އޭޕްރީލް 20 ވަނަ ދުވަހުގެ 18:00 ހާއިރު ބަންދުލަދޭޝް ގެ ރައްޔިތެއްކަމަށްވާ ނޫރުއާމްޓީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/162
އިތުރު ދެ ދިވެހިންވެގެން ބަންގުލަދޭޝްގެ ދެ ރައްޔިތުން ކަމުގައިވާ ޝަހުބުއްދީން އާއި ސުމަން
ކިޑްނެޕްކޮށްގެން ފެހިހިރިގޭގެ 2 ވަނަ ފަންގިފިލާގައި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި،
ކެލާ އާބާދު، ޝައުކަތު ޢަބްދުﷲ ބައިވެރިވާކަމަށް ތުހުމަތުކުރެވިގެން އޭނާ ދޫކޮށްލާފައި ބަހައްޓައިފިނަމަ
ހެކިންނަން ނުފޫޒު ފޯރުވައި ހެކި ނައްތާލާފާނެކަމަށް ބެލެވޭތީއާއި މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި
2015 އޭޕްރީލް 21 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ޝައުކަތު ޢަބްދުﷲ ބަންދުކޮށްފައި
ބެހެއްޓުމުގެ މުއްދަތު އިތުރުކޮށް ދެއްވުމަށްއެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD078316
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމް"އިން ހުށަހެޅުމުން، ޝައުކަތު ޢަބްދުﷲ އިތުރަށް ބަންދުގައި
ބަހައްޓަންޖެހޭފަދަ ސަބަބެއް ނެތް ކަމަށް ބަޔާންކުރައްވައި، 2015 އޭޕްރީލް 21 ވަނަ ދުވަހުގެ 15:07 ގައި
ދޫކޮށްލުމަށް ނެރުއްވާފައިވާ އަމުރެއްކަން އެނގޭކަމާއި، އަދި އެއަމުރުގެ އިތުރު ބަޔާނުގައި،
ގ.ފެހިހިރިގޭގެ 2 ވަނަ ފަންގިފިލާގައި އެކަން ހިނގިކަމަށްބުނާ ޢިމާރަތަށް ފުލުހުން ވަދެފައިވަނީ ކޯޓު އަމުރެއް
ނެތިކަމަށް މުއްދަތު މަޖިލީހުގައި ތަޙްޤީޤުކުރާ ފަރާތުން ބުނެފައިވާކަމަށް ލިޔުއްވާފައިވާކަން އެނގެން
etc
coc
44
= 2 ހ $ &
އަންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި،
ހައްޔަރުކުރާ މީހާއަށް ހައްޔަރުކުރުމުގެ ޤާނޫނީ އިޚްތިޔާރު ލިބޭ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، އެހާލަތްތައް
ތަޠުބީޤުކުރެވޭނެ އުސޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަ
ކުރެވުނު ނުކުތާތަކުގެ 10 ވަނަ ނަންބަރުގައި ބަޔާންކުރައްވާފައިވާ ގޮތަށް ބަލާއިރު، ހައްޔަރުކުރެވޭނީ؟
1- ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި ނުވަތަ؛
2- ކުށެއް ކޮށްފިކަމަށް ނުވަތަ؛
މިހިރާއްޖޭގެ މިކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/162
ގެ 44
3
2 ހއ ހދ
ކެނެފއކ
3- އެވަގުތު އެއުޅެނީ ކުށެއް ކުރާންކަން ބުއްދި ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް
ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަލިބިގެންކަން އެނގޭކަމާއި،
އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައިވެސް ފާހަގަ ކުރައްވާފައިވާ
ފަދައިން އޭގެ ތެރެއިން ފުރަތަމަ ބުނެފައި އެވާ ދެހާލަތަކީވެސް ކުށުގެ ޢަމަލު ހިނގަ ހިނގާ ހުންނަ ނުވަތަ
ހިނގުމަށްފަހު ހެކިތައް ފާޅު ގޮތުގައި ފެންނަން ހުންނަ އަދި ހައްޔަރުކުރާ މީހާއަށް ކުށުގެ ޢަމަލު
ހިންގައިފިކަމާމެދު ޝައްކެއް އޮޅުމެއް އެރުމުގެ އިހްތިމާލެއް ނެތް ދެ ހާލަތުކަމާއި އެހާލަތުގައި ފަނޑިޔާރުގެ
އިޒުނަ ލިބެންދެން ލަސްކޮށްފިނަމަ ޙަޤީޤަތަށް ވާސިލުވުމަށް ހުރަހެއް އެޅިދާނެ އިސްތިޘްނާ ދެހާލަތުކަމާއި،
އެއްވެސް އިސްތިސްނާ ހާލަތެއް އޭގެ މިންވަރަށްވުރެ ފުޅާ ނުކުރެވޭނެ
ރެވޭނެކަމާއި އަދި ތިންވަނަ ހާލަތަކީ
އެކުރުމަށްޓަކައި ތައްޔާރީއެއް ނުވަތަ ތައްޔާރީތަކެއް ވަމުން އަންނަކަމަށް ބުއްދީގެ ހަމަތަކުން ބަލާއިރު
އެކަށީގެންވާ ހެކިތަކެއް ނުވަތަ ސަބަބުތަކެއް ހުރިކަމަށް ބުއްދިއަށް ޤަބޫލުކުރެވޭ ޙާލަތުކަމަށް ކަން އެނގެން
ތުމުން ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްވެ ބުނެވުނު ހާލަތްތަކަކީ ކޯޓު
އަމުރެއްނެތި މީހަކު ހައްޔަރުކުރުމުގެ އިޚްތިޔާރު ހައްޔަރުކުރާ މީހާއަށް ލިބިދޭ އިސްތިސްނާ ހާލަތްތަކެއްކަން
އެނގޭކަމާއި،
މި މައްސަލައިގެ ހާދިސާ ހިނގާދިޔަ ގޮތަށް ބަލާއިރު، ބަންގްލަދޭޝްގެ ދެ ރައްޔަތުންކަމަށްވާ
މުޙައްމަދު ޝަހާބުއްދީންއާއި ސުމަން، ރަހީނުކޮށްގެން ގެންގުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިގެން، 1
ފެހިހިރިގެ ހުންނަ ސަރަހައްދަށް ފުލުހުން ދިޔައިރު، އެޢިމާރާތުގެ ތެރެއިން ހުޅުވިފައިވާ ކުޑަދޮރެއް ކައިރިން
ބަޔަކު ރޯއަޑު އިވޭތީ، އެޢިމާރާތުގެ 2 ވަނަ ފަންގިފިލާގައި ހުރި ބްރެސޯ ޕްރައިވެޓް ލިމިޓެޑް އާއި ބިނާޑޯ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ޢިމާރާތުގެ ދޮރު ހުޅުވުމަށް
ފުމަށް ފުލުހުން އެންގުމުން ދޮރު ނުހުޅުވުމުން،
ދޮރު ހަލާކުކޮށްލައިގެން ފުލުހުން ވަންއިރު، ރަހީނުކޮށްފައިވާކަމަށް ބެލެވޭ ބަންގްލަދޭޝް ދެމީހުން ތިބިކަމާއި
އެމީހުންގެ ގަމީސް ވީދައިގެންގޮސް އެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމާއި، އެމީހުންނަށް ޝައުކަތު
އްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/162
ޢަބްދުﷲ އަނިޔާކުރިކަމަށް އެމީހުން ބުނާއިރު، އެ އިމާރާތުގެ ތެރޭގައި އެވަގުތު ޝައުކަތު ޢަބްދުﷲ އުޅުނު
ކަމާއި، މި މައްސަލައިގައި ފުލުހުން ޝައުކަތު ޢަބްދުﷲ ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިން 2015 އޭޕްރީލް
21 ވަނަ ދުވަހު 02:42 ގައި ކަމާއި، ވަގުތުން ފިޔަވަޅެއް ނާޅައިފިނަމަ މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް
ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެމުދަލެއް ނުވަތަ އެމީހަކު ސަލާމަތް ކުރުމަށްޓަކައި، މީހަކު ދިރިއުޅޭ
ތަނަކަށް އެމީހެއްގެ ރުހުމެއްނެތި ވަދެވިދާނެކަމާއި، މިހާލަތުގައި ކޯޓު އަމުރެއް އޮތުން ކޮންމެހެން ލާޒިމްނޫން
ކަން ޤާނޫނުއަސާސީގެ 47 ވަނަމާއްދާގެ (ށ) އަށް ބެލުމުން އެނގޭއިރު، މިމައްސަލާގައިކަން ހިނގާފައިވާ
ގޮތާއި ވަގުތާއި ހާލަތާއި މައްސަލައިގެ ބާވަތަށް ބަލާއިރު، އެއިމާރާތަށް ވަނުމަށާއި އަދި ޝައުކަތު ޢަބްދު
ހައްޔަރުކުރުމުގެ ކޯޓު އަމުރެއް އޮތުން ލާޒިމްނޫންކަން އެނގެން އޮންނަކަމެވެ.
COX
(ނ) ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަކީ ކުށެއްގެ ތުހުމަތުގައި ވާ މީހާ ހައްޔަރުގައި ނުވަތަ ބަންދުގައި
ބެހެއްޓުމުގެ އަމުރު ނެރުއްވުމުގައި ފަނޑިޔާރު ބައްލަވަންޖެހޭނެ ކަންކަން ބަޔާންކޮށްފައިވާ މާއްދާތަށްކަމާއި،
މިގޮތުން އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް
ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް،
ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެ ހިނދެއްގައި އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމާއި،
އަދި އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ
ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)އަށް ބެލުމުން
އެނގެން އޮންނައިރު،
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/162
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު
ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެޙާދިސާ ތަޙްޤީޤުކުރުމުގައި
ހުރީ ކިހާމިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ
ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ
ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، ހެކިތަކުގެ ހެކިތައް
ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް
ބަޔާންކުރައްވާފައިވާކަން
އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ކެލާ އާބާދު، ޝައުކަތު ޢަބްދުﷲގެ މައްޗަށް
ތުހުމަތުކުރެވިފައިވަނީ ރަހީނުކުރުން މާރާމާރީ ހިންގުމުގެ ކުށް ކަމަށްވެފައި، 2015 އޭޕްރީލް 20 ވަނަ
ދުވަހުގެ ރޭ ގެ ދަންވަރުގެ ވަގުތެއްގައި ފެހިހިރިގެ ހުންނަ ސަރަހައްދަށް ފުލުހުން ދިޔައިރު، އެޢިމާރާތުގެ
ތެރެއިން ހުޅުވިފައިވާ ކުޑަދޮރެއް ކައިރިން ބަޔަކު ރޯއަޑު އިވޭތީ، އެޢިމާރާތުގެ 2 ވަނަ ފަންގިފިލާގައި ހުރި
ބްރެކްސޯ ޕްރައިވެޓް ލިމިޓެޑް އާއި ބިސްޑޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ޢިމާރާތުގެ ދޮރު
ހަލާކުކޮށްލައިގެން އެތަނަށް ވަންއިރު، އެއޮފީސް ތެރޭގައި އެކިވަރުގެ އަނިޔާލިބި، ގަމީސް ވީދައިގެން
ގޮސްފައިތިބި ބަނގުލަދޭޝްގެ ދެ ރައްޔިތުން ތިބިކަމާއި، ޝައުކަތު ޢަބްދުﷲ އެމީހުންނަށް އަނިޔާކުރިކަމަށް
އެމީހުން ބުނެފައިވާކަން އެނގޭއިރު، އަދި އެތަނުގެ ތެރޭގައި ޝައުކަތު ޢަބްދުﷲ އިންކަން އެނގޭއިރު، މި
މައްސަލައިގެ ކަން ހިނގާފައިވާ ގޮތާއި ބާވަތާއި ވަގުތާއި ހާލަތަށް ބަލާއިރު، ޝައުކަތު ޢަބްދުﷲ މިވަގުތު
ދޫކޮށްލާފައި ބެހެއްޓުން ރައްކާތެރިކަމެއްކަމަށް ނުބެލެވޭކަމާއި އަދި އޭނާ ދޫކޮށްލައިފިނަމަ، ހެކިންނަށް
ނުފޫޒުފޯރުވުމާއި ހެކިނައްތާލުމުގެ އިހްތިމާލުވެސް އޮތްކަމަށް ޤަބޫލުކުރެވޭ ކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
2015/HC-A/162
4
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހެންކަމުން،
ހު ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ކްރިމިނަލް
ކޯޓުގެ ނަންބަރު 2015
/
2934
J
(
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭކަމަށެވެ
އެވެ
ހއ.
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި
ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/2934(J(MD-145 ކޯޓު އަމުރުގައި ކެލާ{
ޝައުކަތު ޢަބްދުﷲ (ދ.ރ.ކާޑު ނަންބަރު A111620) ބަންދުން ދޫކޮށްލުމަށް ނިންމަވާފައިވާ
ނިންމެވުން ބާޠިލްކޮށް، މިއަދު 12 މެއި 2015 ގެ 13:55 އިން ފެށިގެން 27 މެއި 2015 ގެ 13:54
އަށް 15 (ފަނަރަ) ދުވަހުގެ މުއްދަތަށް، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ހއ. ކެލާ
އާބާދު، ޝައުކަތު ޢަބްދުﷲ ބަންދުކޮށްފައި ބެހެއްޓުމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން އަމުރުކޮށްފީމެވެ.
cc.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv