ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/167 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/167
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 167/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޙަސަން ނަޞީރު
އައިޑީ ކާޑުނަން
ނަންބަރު: A138262
ދާއިމީ އެޑްރެސް: މ.ބްރައިޓްފްލާވަރ(މާލެ
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީ ތާރީޚް: 16 ޖުމާދަލްއާޚިރާ 1439
10 ޖޫން 2009
ނިމުނު ތާރީޚް: 22 ޞަފަރު 1433
16 ޖެނުއަރީ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ޖިނާއީ ކޯޓުގެ ނަންބަރު: 2009/JC/223
ނިންމެވި ފަރާތް: ޖިނާއީ ކޯޓު
• މައްސަލައިގެ ބާވަތް: މަކަރާއި ޙީލަތްހެދުން
ހުށަހެޅި ތާރީޚް: 25.01.2009
ނިމުނު ތާރީޚް: 24.02.2009
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
އްޖޭގެ މި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
އިސްފަނޑިޔާރު އަޙްމަދު ޝަރީފް ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
2
2009/HC-A/167
ޤަޟިއްޔާ ނިމުނު ގޮތުގެ މުލަސް
• ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/223 ޤަޟިއްޔާ، އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލައިގައި އިސްތިއުނާފު ރައްދުވީ މ.ބްރައިޓްފްލާވަރ(މާލެ ޙަސަން ނަޞީރުއަށެވެ.
ރެވުނު
(l
އިސްތިއުނާފުކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/223 ޤަޟިއްޔާގައި
އއ.ހަލަވެލިގެ ޢަބްދުލް ޣަނީއާއި، މ.ބްރައިޓްފްލާވަރ ޙަސަން ނަޞީރު މަކަރާއި ޙީލަތުން ފައިސާ ހޯދުމުގެ
ގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިންވޮއިސް ކޮމިޓީގެ އިސްވެރިޔާ ޢަބްދުﷲ ވަޙީދުގެ ނަމުގައި
ލިޔެ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތައްގަނޑު ޖަހާފައިވާ ސިޓީތަކެއް އެކިފަރާތްތަކަށް ޙަސަން
ނަޞީރު ރައްދުކޮށްދީފައިވާތީއާއި، އެކި ފަރާތްތަކުންދޭ ފައިސާއާއި ޙަސަން ނަޞީރު ހަވާލުވެ، އެ ފައިސާ
ޢަބްދުލް ޣަނީއަށް ރައްދުކޮށްފައިވާތީ ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއަށް ހަވާލާދީ
131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން ޙަސަން ނަޞީރުގެ މައްޗަށް މަކަރާއި ޙީލަތް
ހެދުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ދަޢުލަތުން ކުރައްވާފައިވާތީ ޖިނާއީ ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "...ޙަސަން ނަޞީރު، ޢަބްދުލްޣަނީ މަކަރާއި
ޙީލަތުން ފައިސާ ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިންވޮއިސް ކޮމިޓީގެ އިސްވެރިޔާ ޢަބްދު
ވަޙީދުގެ ނަމުގައި ލިޔެ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތައްގަނޑު ޖަހާފައިވާ ސިޓީތައް އެކިފަރާތްތަކަށް
ރައްދުކޮށްދީފައިނުވާ ކަމަށާއި، އެފަރާތްތަކުންދޭ ފައިސާއާއި ޙަސަން ނަޞީރު ޙަވާލުވެ، އެ ފައިސާ
ޢަބްދުލްޣަނީއަށް ރައްދުކޮށްދީފައިނުވާކަމަށް ބުނެ ޝަރީޢަތުގެ މަޖިލިހުގައި އިންކާރުކޮށްފައިވުމާއި، މީނާގެ
މައްޗަށް މި ދަޢުވާ ސާބިތުކުރެވޭނެ ވަރުގެ ކާފީ ހެކި ލިބިފައިނުވުމާއި، އަދި އަމުދުން މިއިން އެއްވެސް ކަމެއް
ޙަސަން ނަޞިރަށް ނޭނގޭކަމަށާއި، މިއިން އެއްވެސް ކަމެއް ޙަސަން ނަޞީރު މެދުވެރިކޮށް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2009/HC-A/167
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ކޮށްފައިނުވާނެކަމަށް ޝަރީޢަތުގެ މަޖިލިހުގައި ޢަބްދުލްޣަނީ ބުނެފައިވާތީ، ޙަސަން ނަޞީރުގެ މައްޗަށް މަކަރާއި
ޙީލަތް ހެދުމުގައި ބައިވެރިވުމުގެ ކުށް ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށް..." މިގޮތުގެމަތިންކަން އެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/223 ޤަޟިއްޔާ، އެކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ހުށަހެޅި މައިގަނޑު ނުކުތާއަކީ ޙަސަން ނަޞީރު، ޢަބްދުލްޣަނީ މަކަރާއި
ޙީލަތުން ފައިސާ ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިންވޮއިސް ކޮމިޓީގެ އިސްވެރިޔާ ޢަބްދު
ވަޙީދުގެ ނަމުގައި ލިޔެ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތައްގަނޑު ޖަހާފައިވާ ސިޓީތައް އެކިފަރާތްތަކަށް
ރައްދުކޮށްފައިވާކަމަށާއި، ފަރާތްތަކުން ދޭ ފައިސާއާއި ޙަސަން ނަޞީރު ޙަވާލުވެ، އެ ފައިސާ
ޢަބްދުލްޣަނީއަށް ރައްދުކޮށްފައިވާކަމަށް މީނާ ތަހުޤީޤުގައި އިޢުތިރާފުވެފައިވާއިރު، މި އިޢުތިރާފަކީ މިހާރު ޢަމަލު
ކުރަމުންދާ ޤާނޫނުއަސާސީ ތަޞްދީޤުވުމުގެ ކުރިން ވެފައިވާ އިޢުތިރާފެއް ކަމަށްވާއިރު، މިކަމަށް ރިޢާޔަތް
ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
0 0
<< O
(3
ހު
މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/223 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ
ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
މި މައްސަލައިގައި ޙަސަން ނަޞީރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ތަޙުޤީޤަށް ބަޔާން ދީފައިވަނީ 6 މާރޗް 2007 ގައިކަން އެ ބަޔާނުން އެނގެން އޮންނަކަމާއި،
ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/223 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބަލާއިރު، މި މައްސަލަ ޖިނާއީ ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅުނީ 25 ޖެނުއަރީ 2009
22
0 ކހ2 2
އެހެންނަމަވެސް
ދިވެހިރާއްޖޭގެހައިކޯޓް، އާބު
ޓ، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2009/HC-A/167
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
-201294
ގައިކަން އެނގެން އޮތުމުން، ޙަސަން ނަޞީރުގެ ޝަރީޢަތް ހިންގާފައިވަނީ 7 އޯގަސްޓް 2008 ގައި
ތަޞްދީޤުކުރި ޤާނޫނުއަސާސީގެ ދަށުންކަން އެނގޭކަމާއި، މިގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި މި ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއް ނުވަތަ ޤާނޫނެއްގެ
ބައެއްގެ ބާރެއް ނުހިނގާނެކަމާއި އަދި މި ޤާނޫނުއަސާސީއާ ޚިލާފަށް ކުރެވޭ ކޮންމެ ކަމަކީ
ބާޠިލުކަމެއްކަމަށް ބަޔާންކުރެވިފައިވާ ކަމާއި، އަދި ޤާނޫނުއަސާސީގެ ދެވަނަ ބާބުން ކޮންމެ ދިވެހި
ރައްޔިތަކަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކާއި މިނިވަންކަން ހަނިކުރެވޭނީ ޤާނޫނުއަސާސީގެ 16
ވަނަ މާއްދާގެ (ހ) އާއި (ށ) އިން ހުއްދަކުރާ މިންވަރަކަށްކަން ބަޔާންކޮށްފައި އޮންނަކަމާއި،
ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ހިމެނޭ 52 ވަނަ މާއްދާގައި ތުހުމަތު ކުރެވޭ މީހާ ބުއްދި
ސަލާމަތުންހުރި ޝަރީޢަތުގެ މަޖިލިހުގައިވާ އިޢުތިރާފު ފިޔަވައި، އެހެން އިޢުތިރާފުތަކަކީ
ހެއްކެއްކަމުގައި ބެލެވޭނެ އިޢުތިރާފުތަކެއްނޫންކަން ބަޔާންކުރެވިފައިވާކަމާއި، އަދި 66 ވަނަ މާއްދާގައި
ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ހިނގަމުން އަންނަ އެންމެހައި ޤާނޫނުތަކާއި
ޤަވާޢިދުތަކާއި ޤަރާރުތަކާއި އިޢުލާނުތަކުގައި ބަޔާންވެފައިވާ ކަންތައްތަކުގެ ތެރެއިން، ޤާނޫނުއަސާސީގެ
އަސާސީ ޙައްޤުތަކާބެހޭ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަމާ ތަޢާރުޒުވާ އެންމެހައި
ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު ބާޠިލުވީކަމަށް ބަޔާންކޮށްފައި އޮންނަކަން
ފާހަގަކުރެވެއެވެ.
##
ދ ތ ކތ ދވ
ކަންތައްތައް،
ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރާ ހުރިހާ ޙައްޤުތަކަކާއި
މިނިވަންކަމަކީ އެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާފަހުން ކޮންމެ ދިވެހި ރައްޔިތަކަށްމެ
ކަށަވަރުކޮށްދޭންޖެހޭ ޙައްޤުތަކެއްކަމާއި، އެގޮތުން، ޤާނޫނުއަސާސީގެ ދަށުން ތަޢާރުފުކުރެވުނު
ރެވުނު ތަހުޤީޤު
މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާއާބެހޭ ހުރިހާ އުސޫލުތަކެއް، ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށި
ވަގުތުން ތަތުބީޤުކުރަން ފަށާފައިވާކަން އެނގޭކަމާއި، އަދި ކޯޓުތަކަށް ހުށަހެޅި ނުނިމިހުރި
މައްސަލަތައްވެސް އިސްވެބުނެވުނު ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށި ފަހުން ހިންގާފައިވަނީ
އްޖޭގެ ޤަކީ އެޤާނޫނުއަސާސީގައިވާގޮތުގެ މަތިންކަން އެނގޭކަމާއި، އަދި ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި އެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުގެ
ޑ، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
2009/HC-A/167
ޤަޟިއްޔާ ނިމުނު ގޮތުގެ މުލަސް
މައްސަލައިގެ ޝަރީޢަތް ހިނގަމުން ދަނިކޮށް ޤާނޫނަކަށް ގެނެވޭ އިސްލާހެއްގެ ސަބަބުން ނުވަތަ
ޤާނޫނެއް އުވާލުމުގެ ސަބަބުން މީހަކު ކޮށްފައިވާ ޢަމަލަކީ ކުށެއްނޫން ކަމަށް ކަނޑައަޅައިފިނަމަ، ނުވަތަ
މީހަކުކޮށްފައިވާ ކުށެއްގެ އަދަބު ލުއިކޮށްފައިވާނަމަ، "ތުހުމަތު ކުރެވޭ މީހާއަށް އެންމެ ފައިދާހުރި
ޤާނޫނު" ގެ މަބްދަޢު އަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގެ ދަށުންވެސް
ޤަބޫލުކުރާ މަފްހޫމެއްކަން އެނގެއެވެ.
21
ތ 4330 32ތ
މިންއައި ޤާނޫނުތަކަށްކަމާ
ކުށްކު9އ،
c 024
ޙަސަން ނަޞީރުގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/223
ޤަޟިއްޔާގައި ދަޢުވާކޮށްފައިވަނީ 25 ޖެނުއަރީ 2009 ގައިކަމުން، އިސްވެ ބަޔާންކުރެވުނު ދަޢުވާއަށް
ރިޢާޔަތް ކުރުމުގައި ބަލަންޖެހޭނީ އެ މައްސަލައެއް ޝަރީޢަތަށް ހުށަހެޅުނު ތާރީޚުގައި އިޖުރާއީގޮތުން
މިގޮތުން، 7 އޯގަސްޓް 2008 ގައި ޢަމަލުކުރަންފެށި
ޤާނޫނުއަސާސީގެ ދަށުން ލިބިދެވޭ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓޭނީ އެ ޙައްޤެއް
ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމަށް ޤާނޫނުއަސާސީ ހުއްދަކުރާ މިންވަރަކަށްކަމާއި، ޤާނޫނުއަސާސީގެ
52 ވަނަ މާއްދާއިން ލިބިދެވޭ ޙައްޤު ޙަސަން ނަޞީރަށް ލިބިނުދީ ހިފެހެއްޓުންވާނީ ޤާނޫނުއަސާސީއިން
ކަށަވަރުކޮށްދޭ ޙައްޤެއް ނިގުޅައިގަތުންކަމަށްވެފައި، އަދި މިކަމަކީ ޤާނޫނުއަސާސީގެ 66 ވަނަ މާއްދާއާއި
268 ވަނަ މާއްދާއާ ޚިލާފުކަމެއްކަމާއި، އަދި 52 ވަނަ މައްދާގައި ލިބިދެވޭ ޙައްޤު މި މައްސަލައިގައި
ނިކުންނަ ފަދަ ޙާލަތަކަށް، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި ޚިލާފުނުވާގޮތަށް، އެއްވެސް
ޤާނޫނެއް ނުވަތަ ޤާނޫނީ ބާރު ލިބިގެންވާ ގަވާއިދެއްގެ ދަށުން ތަންޒީމުކޮށްފައި ނެތުމުން، މި
މައްސަލައިގައި، ޙަސަން ނަޞީރު ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ދީފައިވާ ބަޔާނާއިމެދު އިންކާރުކުރުމުގެ ސަބަބުން، ޖިނާއީ ކޯޓުން ޤާނޫނުއަސާސީގެ 52
ވަނަ މާއްދާއަށް ރިޢާޔަތް ކުރެއްވުމަށްފަހު ޙަސަން ނަޞީރުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް އެކޯޓުން
ނިންމަވާފައިވާ ނިންމެވުން ސައްޙަނޫންކަމަށް
ބަލާނެ ޤާނޫނީ ނުވަތަ ޝަރުޢީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދެއްކިފައިނުވާކަން މި މައްސަލަ ބެލި ފަނޑިޔާރުންނަށް
2
8 އކ ބޑތ
متر صیصی ما
ދީ2229 224
4
ޤަބޫލުކުރެވެއެވެ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
2009/HC-A/167
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޙުކުމް:
ދެންފަހެ އިސްވެ ބަޔާންކުރެވުނު ޤާނޫނީ އަދި ޝަރުޢީ ސަބަބުތައް އެހެން
ހުރުމާއިއެކު، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/223 ޤަޟިއްޔާ އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން
ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް، އެޙުކުމަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ ޚިލާފަށްކޮށްފައިވާ
ކަމެއްކަމަށް ބަލާނެތަނެއް ނެތްކަމަށް މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުމުން، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާޢީދުކޮށްފީމެވެ.
/
)
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv