ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/99 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/99
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 99/HC
-
A/2010
އިސްތިއުނާފުކުރި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު: -
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް: .
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙައްސާނު ޢަލިފުޅު
ދާއިމީ އެޑްރެސް: ހަވީރީހިޔާ ޅ.ނައިފަރު
އައިޑީ ކާޑުނަންބަރު: A123801
، މިހާރުގެ އެޑްރެސް: އަލިމަސްގެ ޅ.ނައިފަރު
ރަޖިސްޓްރީ ތާރީޚް: 17 ޖުމާދަލްއޫލާ 1431
ނިމުނު ތާރީޚް: 09 ރަޖަބު 1433
30 މެއި 2012
02
2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/610
ނިންމެވި ފަރާތް: ޖިނާއީ ކޯޓު
މައްސަލައިގެ ބާވަތް: ޚިޔާނާތްތެރިވުން
ހުށަހެޅި ތާރީޚް: 01.03.2009
ނިމުނު ތާރީޚް: 06.01.2010
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;
'2
2010/HC-A/99
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/10 ޤަޟިއްޔާ، އެކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި
އިސްތިއުނާފު ރައްދުވާ ފަރާތަކީ ޅ.ނައިފަރު ހަވީރީހިޔާ ޙައްސާނު ޢަލިފުޅެވެ.
(l
ޔޫސުފް"
COCO
• ފާހަގަކުރެވުނު ނުކުތާތައް:
އިސްތިއުނާފު ކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/610 ޤަޟިއްޔާގައި
ޅ.ނައިފަރުހަވީރީހިޔާ ޙައްސާނު ޢަލިފުޅު ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން އުފެއްދި ދިވެހި ފިލްމް
ޅ.އަތޮޅުގައި ދެއްކުމަށްޓަކައި، އެކުންފުންޏާއި، ޙައްސާނު ޢަލިފުޅުއާއި ދެމެދު ވެފައިވާ
އެއްބަސްވުމެއްގެ ދަށުން އެފިލްމް 31 ޖުލައި 2008 ދުވަހު މީނާއާ އެކުންފުނިން ޙަވާލުކުރުމުން އެފިލްމުގެ
ވަގުކޮޕީ ހަދައިގެން ވިއްކާފައިނުވާނެކަމަށް ބުނިނަމަވެސް، 14 އޯގަސްޓް 2008 ދުވަހުގެ ޢަޞްރު ނަމާދުގެ
ފަހުގެ ވަގުތެއްގައި ކ.ގުޅި ނީލޯފަރުގެ މުޙައްމަދު ސިރާޖުއާއި، ތ.ގުރައިދޫބީޗްހެޕީ އިރުޝާދު ޖަލީލްއާ
ދެމީހުންނަށް -/400ރ. (ހަތަރުސަތޭކަ ރުފިޔާ) އަށް ފިލްމެއްކަމަށް ދިވެހި ފިލްމް ޔޫސުފްގެ ދެ ސީޑީ
ވިއްކިކަމަށް އިރުޝާދު ޖަލީލުއާއި މުޙައްމަދު ސިރާޖު ބުނާތީއާއި، 14 އޯގަސްޓް 2008 ދުވަހު ނިއުޓްރޯން
ފިހާރައިގެ ސޭލްސްމަންއަކަށް އުޅޭ ވ.ކެޔޮދޫ(ހިޔާ އިބްރާހީމް ނަބީލް ނިޒާރު، ޙައްސާނު ޢަލިފުޅުގެ އަތުން
އެފިލްމުގެ ކޮޕީއެއް -/100ރ. (އެއްސަތޭކަ ރުފިޔާ) ދީފައި ގަތްކަމަށް ތ.ތިމަރަފުށި/ފަތިސްއަލިވާގެ ޙުސައިން
އިސްމާޢީލް ބުނާތީއާއި، ޙައްސާނު ޢަލިފުޅުގެ ގެކަމަށްވާ ޅ.ނައިފަރު ހަވީރީހިޔާގައި ބޭނުންކުރަން ގެންގުޅޭ
ކޮމްޕިއުޓަރ ސިސްޓަމްގެ ދެހާރޑް ޑިސްކް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބަލައި ޗެކްކުރެއްވިއިރު އެ
ދެހާރޑް ޑިސްކުގެ ތެރެއިން 250 ޖީ.ބީ.ގެ ހާރޑް ޑިސްކުގައި ދިވެހި ފިލްމް ޔޫސުފްގެ ކޮޕީއެއް އިންކަމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޅ.ނައިފަރުހަވީރީހިޔާ މުޙައްމަދު ނިޒާމް ފިކުރީއަށް
އަންގަވާފައިވާކަމަށް އޭނާ ބުނާތީއާއި، މި ފިލްމް ދަ ކްރިސްޓަލް ކޮމްޕެނީގެ ފަރާތުން ޙައްސާނު ޢަލިފުޅުއާއި
ޙަވާލުކުރިއިރު އެފިލްމް ދައްކަމުންދާއިރު އެފިލްމް ދޫކޮށްފައިވާ ފަރާތުގެ ނަމާއި އައި.ޑީ.ކާޑުގެ ނަންބަރާއި، ރަށުގެ
ރެދޭތެރެއި
ހަދާފައިވާނެކަމަށް ފާތިމަތު ނަހުލާ ބުނާތީއާއި، އަދި އެ ފިލްމުގެ ޑިޖިޓަލް
cc ecc ec
ނަން ދޭތެރެދޭތެރެއި
އދޤާށް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/99
އެވިޑެންސް އެނަލިސިސް ރިޕޯޓުގައި އެ ފިލްމުގައި ހައްސާނު ޢަލިފުޅުގެ ނަމާއި އައި.ޑީ.ކާޑު ނަންބަރު
ލިޔެފައިވާކަމަށް އެރިޕޯޓުގައި ބަޔާންކޮށްފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ
މާއްދާގެ ދަށުން ޙައްސާނު ޢަލިފުޅުގެ މައްޗަށް ދިހަހާސް ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ އަގުހުރި މުދަލަކުން
ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއާއި، މިކަމާ ގުޅިގެން ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަށް ލިބުނު
ގެއްލުމުގެ ބަދަލު ޙައްސާނު ޢަލިފުޅުގެ އަތުން ހޯދުމުގެ ދަޢުވާ ދަޢުލަތުން ކޮށްފައިވާތީ، ޖިނާއީ ކޯޓުން ބެއްލެވި
މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ޅ.ނައިފަރުހަވީރީހިޔާ ޙައްސާނު ޢަލިފުޅުގެ
މައްޗަށް ދައުލަތުން ދަޢުވާކުރި، ދިހަހާސް ރުފިޔާ އަށްވުރެ ގިނަ އަގުހުރި މުދަލަކުން ޚިޔާނާތްތެރިވުމުގެ ކުށުގެ
މައްސަލަ ޝަރީޢަތުން ބެލިބެލުމުން، ޙައްސާނު ޢަލިފުޅުގެ މައްޗަށް މިދަޢުވާކުރެވިފައިވަނީ ޙައްސާނު
ޢަލިފުޅުއާއި، ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު ވެފައިވާ އެއްބަސްވުމަކާ ޙައްސާނު ޢަލިފުޅު
ޚިލާފުވުމުގެ ސަބަބުންކަން އެނގެން އޮންނާތީއާއި، މަދަނީ އެއްބަސްވުމަކާއި ޚިލާފުވުމުގެ ސަބަބުން އެ
އެއްބަސްވުމާއި ޚިލާފުވި ފަރާތުގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާ އުފުލިދާނެ ތަނެއް އޮތްކަމަކަށް ޝަރީޢަތަށް
ނުފެންނާތީ، ޙައްސާނު ޢަލިފުޅުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ކުރެވިދާނެތަނެއް ނެތްކަމަށް
ކަނޑައަޅައި" ޙުކުމްކުރައްވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
(2
ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/610 ޤަޟިއްޔާ، އެކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ދިވެހި ފިލްމް "ޔޫސުފް" ޅ.އަތޮޅުގައި ދެއްކުމަށްޓަކައި
ޙައްސާނު ޢަލިފުޅުއާއި ޙަވާލުކުރެވުނީ، ޙައްސާނު ޢަލިފުޅުއާއި ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމުގައިވީނަމަވެސް، ޙައްސާނު ޢަލިފުޅުގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-Agg
ޢަމަލުތަކުން، ޤާނޫނުލް އުޤޫބާތުގެ 149 ވަނަ މާއްދާގެ (ނ) ގައި ވާފަދައިން ޚިޔާނާތުގެ ކުށް
ފުރިހަމަވާކަމަށް ބުނެ ހުށަހެޅި ނުކުތާ
މއޤާއ
ދެވަނަ ނުކުތާއަކީ، މަދަނީ އެއްބަސްވުމެއް ހިމެނޭ ކަމަކާ ގުޅިގެންވެސް
ޖިނާއީ
ކުރެވިދާނެކަމަށްވާއިރު އެކަމަށް
އެކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ކުށެއް
0
ތިންވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/610 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/610 ޤަޟިއްޔާގައި
ޙައްސާން ޢަލިފުޅުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ
ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ
ދަޢުވާކަން އެނގެންއޮންނަކަމާއި، ބުނެވުނު ޤަޟިއްޔާގައި އެ ދަޢުވާކޮށްފައިވަނީ ޙައްސާން ޢަލިފުޅުއާއި ދަ
ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު ވެވިފައިވާ އެއްބަސްވުމަށް ޙައްސާން ޢަލިފުޅު
ޚިލާފުވެފައިވާތީކަމާއި، މަދަނީ އެއްބަސްވުމަކާއި ޚިލާފުވުމުގެ ސަބަބުން އެ އެއްބަސްވުމާއި ޚިލާފުވި
ފަރާތުގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާ އުފުލިދާނެ އޮތްކަމަށް ޝަރީޢަތަށް
ފެނިވަޑައިނުގަންނަވާތީ، ޙައްސާނު ޢަލިފުޅުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ
ނެތްކަމަށް ޖިނާއީ ކޯޓުން ނިންމަވާފައިވާކަމާއި،
ﷲ ޑ0
22 / 2 4 2 3
ކލފާނަeއ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;
5
2013/HC-A/99
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
އދ
ހެންނަމަވެސް، ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ނ) ގައި ޚިޔާނާތުގެ މާނަކަމަށް
ބުނެފައިވަނީ "ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ޙަވާލުގައިވާ އެހެން ފަރާތެއްގެ އެއްޗެއް ނުބައި
ނިޔަތެއްގައި އޭގެ ވެރިފަރާތުގެ އިޒުނަޔާނުލައި ބޭނުންކުރުން، ނުވަތަ އެއެއްޗަކަށް ބަދަލު ގެނައުން،
ނުވަތަ ނައްތާލުން ނުވަތަ އެ ފަރާތުން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ގެންގުޅުން" ކަމާއި، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 41/HC-A/2010 ޤަޟިއްޔާގައިވެސް ފާހަގަކުރެވިފައިވާފަދައިން، ޚިޔާނާތުގެ ކުށް
ސާބިތުކުރުމަށްޓަކައި މައިގަނޑު ހަތަރު އުންސުރު ވާކަމާއި، ޚިޔާނާތުގެ ކުށް މީހެއްގެ މައްޗަށް
ސާބިތުވުމަށްޓަކައި މި ހަތަރު ކަންތައްތައްވެސް ފުރިހަމަވާންޖެހޭކަމާއި، މި އުންސުރުތަކަކީ، ފުރަތަމަ
ކަމަކަށް، އެ މުދަލަކީ ޚިޔާނާތްތެރިވީކަމަށް ތުހުމަތުކުރެވޭ މީހާގެ ބެލުމުގެ ދަށުގައި ނުވަތަ ޙަވާލުގައިވާ
ތަކެއްޗަށް ވާންޖެހުންކަމާއި، ދެވަނަކަމަކަށް ނުބައި ނިޔަތެއް އޮތުންކަމާއި، ތިންވަނަ ކަމަކަށް، ވެރިފަރާތުގެ
އިޒުނަނެތުންކަމާއި އަދި ހަތަރުވަނަ ކަމަކަށް އެއްޗަކަށް ބަދަލު ގެނައުން ނުވަތަ ނައްތާލުން ނުވަތަ
ކަނޑައަޅާފައިވާގޮތާ ޚިލާފަށް ގެންގުޅުންކަން އެނގޭކަމާއި،
އަދި ޚިޔާނާ މީހެއްގެ މައްޗަށް ސާބިތުކުރުމަށްޓަކައި އިސްވެ ބުނެވުނު ހަތަރު
އުންސުރުވެސް ފުރިހަމަވާންޖެހޭނެކަމެވެ.
ދީ ދު 3
ޛުނeޤީ
ކުށް
ޒ 2
1
0
3 ތތ
އެއްބަސްވުމަކާއި
ދެވަނަ ކަމަކީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/610 ޤަޟިއްޔާގައި މަދަނީ
ޚިލާފުވުމުގެ ސަބަބުން އެ އެއްބަސްވުމާއި ޚިލާފުވި ފަރާތުގެ މައްޗަށް ޖިނާއީ ކުށެއްގެ
ދަޢުވާ އުފުލިދާނެ ތަނެއް އޮތްކަމަކަށް ޝަރީޢަތަށް ފެނިވަޑައިނުގަންނަކަމަށާއި ޙިއްސާނު ޢަލިފުޅުގެ
މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ކުރެވިދާނެތަނެއް ނެތްކަމަށް ބަޔާންކުރައްވާފައިވީނަމަވެސް،
ހުށަހެޅިފައިމިވާ މައްސަލައިގައި، ޚިޔާނާތުގެ ދަޢުވާ އުފުލިފައިވަނީ ދަ
ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި ޙައްސާނު ޢަލިފުޅުއާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ
މާއްދާއަކާ ޚިލާފުވެގެން ނޫންކަން އެނގެންއޮންނަކަމާއި، އެހެންނަމަވެސް، ބުނެވުނު އެއްބަސްވުމަކީ ދަ
ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން އުފެއްދި ދިވެހި ފިލްމު "ޔޫސުފް" ޅ.އަތޮޅުގައި
ދެއްކުމަށްޓަކައި،
ޙައްސާނު ޢަލިފުޅުއާއި
ޙަވާލުކުރެވުނުކަން ދަލީލުކޮށްދޭ ކިތާބީ
މުސްތަނަދެއްކަމާއި،
ފިލްމު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/99
ޚިޔާނާތުގެ ދަޢުވާއެއް މަދަނީ މުޢާމަލާތަކާއި ގުޅުވައިގެން ނުކުރެވޭނެކަމަށް
ބަލައިފިނަމަ، މުވައްޒަފުންގެ މައްޗަށް ވަޒީފާ އަދާކުރާތަންތަނުގައި ޚިޔާނާތްތެރިވުމުގެ ސަބަބުންވެސް
ދަޢުވާ ނުއުފުލޭނެކަން ފާހަގަކުރެވޭކަމާއި، އެހެނީ، އެފަދަ ޙާލަތްތަކުގައިވެސް މުވައްޒަފަކަށް އެއްޗެއް
ޙަވާލުކުރެވެނީ އޭނާގެ ވަޒީފާގެ ޒިންމާގެ ގޮތުންކަމާއި، އަދި މި ޒިންމާތަކުގެ އަޞްލަކީ ވަޒީފާ ދޭ
ފަރާތާއި މުވައްޒަފާއި ދެމެދު ވެވިފައި އޮންނަ އެއްބަސްވުންކަން އެނގެންއޮންނަކަމާއި، އަދި މިނޫންވެސް
ކަންކަމުގައި މަދަނީ މުޢާމަލާތްތަކުގައި ޖިނާއީ ދަޢުވާ އުފުލުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް އައު
ކަންތައްތަކެއް ނޫންކަން ފާހަގަކުރެވޭކަމުން،
ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/610 ޤަޟިއްޔާގައި، ޙައްސާން އަލިފުޅުގެ
މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ކުރެވިދާނެތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތަށް ނޫންކަން ފާހަގަކުރެވޭކަމެ
ގާކުރެވޭކަމެވެ.
ބަޔަނެއް
ތިންވަނަ ކަމަކީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/610 ޤަޟިއްޔާގެ
ޝަރީޢަތުގެ މަޖިލިހަށް ކ.ގުޅީ|ނީލޯފަރުގެ މުޙައްމަދު ސިރާޖުއާއި، ވ.ކެޔޮދޫ/ހިޔާ އިބްރާހީމް ނަބީލް
ނިޒާރުއާއި، އަދި ތ.ތިމަރަފުށިފަތިސްއަލިވާގެ ޙުސައިން އިސްމާޢީލް ހެކިންގެ ގޮތުގައި
ޝިރުކުރެވުނުކަމާއި، އެތަނުން މުޙައްމަދު ސިރާޖު ޙައްސާން ޢަލިފުޅު އަތުން ދިވެހި ފިލްމު "ޔޫސުފް"
ސީޑީ ގަތްކަމަށާއި، އަދި މުޙައްމަދު ސިރާޖު މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ދީފައިވާނެކަމަށް ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/610 ޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
މުޙައްމަދު ސިރާޖު 15 އޯގަސްޓް 2008 ގައި މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ދީފައިވާ ބަޔާނަށް ބެލުމުން، މުޙައްމަދު ސިރާޖާއަށް ދިވެހި ފިލްމު "ޔޫސުފް" ގެ ވަގު
ކޮޕީއެއް ވިއްކީ މުޙައްމަދު ސިރާޖުއާއި އޭނާގެ ރައްޓެއްސެއް ބާޒާރުމަތީގައި ވާހަކަ ދައްކަން ތިއްބާ،
ކާކުކަން ނޭނގޭ މީހަކު ބުނެވުނު ފިލްމު އޮތް ސީޑީއެއް ވިއްކަން އައުމުން، އެ ފިލްމު ގަންނާނީ
ޗެކްކުރުމަށްފަހުގައި ކަމަށް މުޙައްމަދު ސިރާޖު ބުނުމުން، އެ ފިލްމު ވިއްކަން އުޅުނު މީހާ މުޙައްމަދު
ސިރާޖުއާއި އޭނާގެ ރައްޓެހި މީހާ ގޮވައިގެން ޓީވީ ވިއްކާ ފިހާރައަކަށް ގެންގޮސް އެ ފިލްމު ޗެކްކުރަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;
2010/HC-A/99
އެޅުވު.
3
2 އދ 31
ފުވުމުން، އެ ފިލްމު މަސައްކަތް ނުކުރީމަ އެހެން ޓީ.ވީ ވިއްކާ ފިހާރައަކަށްގޮސް އެ ފިލްމު އެޅުވުމުން
އެ ފިލްމު މަސައްކަތްކުރިކަމަށާއި، އަދި އެއީ ދިވެހި ފިލްމު "ޔޫސުފް" ކަން އެނގުމުން، ސީޑީ ވިއްކި
މީހާ އަތަށް -/500 ރުފިޔާގެ ނޫޓެއް ދިނުމުން ބާކީ -/100 ރުފިޔާ އަނބުރާ މުޙައްމަދު ސިރާޖާއަށް
ލިބުނުކަމަށާއި، މި ސީޑީ ގަތްއިރު އެއީ ދިވެހި ފިލްމް "ޔޫސުފް" ގެ ވަގު ކޮޕީއެއްކަމެއް މުޙައްމަދު
ސިރާޖާއަށް ނޭނގޭކަމަށާއި، އަދި މުޙައްމަދު ސިރާޖާއަށް ސީޑީ ވިއްކި މީހާގެ ފޮޓޯއެއް ފުލުހުން
ދެއްކުމުން، ފަހުން އެނގިފައިވަނީ އެ ފޮޓޯގައިވާ މީހާއަކީ ޙައްސާން ޢަލިފުޅުކަމަށް ބުނެފައިވާކަމާއި،
އިބްރާހީމް ނަބީލް ނިޒާރުވެސް ޙައްސާން ޢަލިފުޅުގެ އަތުން ދިވެހި ފިލްމު
"ޔޫސުފް" ގެ ކޮޕީއެއް ގަތްކަމަށް ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/610 ޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވާކަމާއި، އިބްރާހީމް ނަބީލް ނިޒާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ
ބަޔާނަށް ބެލުމުން، އިބްރާހީމް ނަބީލް ނިޒާރުއަކީ ނިއުޓްރޯންސް ފިހާރައިގެ ސޭލްސްމަނަކަށް އުޅޭ
މީހެއްކަމަށާއި، 14 އޯގަސްޓް 2008 ގެ ހަވީރުގެ ވަގުތެއްގައި ފިހާރައިގެ ކަމެއްގައި ބޭރުގައި
މަށްފަހު ފިހާރައަށް ދިޔައިރު 3 (ތިނެއް) މީހަކު އެ ފިހާރަތެރޭގައި ފިލްމެއް ޓެސްޓުކުރަން
ތިބިކަމަށާއި، އެތަނުން އެކަކު ދެން ތިބި ދެ މީހުންނަށް 1 (އެކެއް) ސީޑި ވިއްކަން އިބްރާހީމް ނަބީލް
ނިޒާރުއަށް އެނގޭކަމަށާއި، އަދި ސީޑީ ވިއްކި މީހާ އިބްރާހީމް ނަބީލް ނިޒާރު ގާތު އޭނާ ޓެސްޓު ކުރި
ފިލްމަކީ ދިވެހި ފިލްމު "ޔޫސުފް" ކަމަށް ބުނެފައިވާކަމަށާއި، އަދި މިހެން އޭނާ ބުނުމުން އެފިހާރައިގައި
ދެންތިބި މީހުން އެ ފިލްމު ގަންނަން ބޭނުންވާތީ އިބްރާހީމް ނަބީލް ނިޒާރުގެ އަތުގައި އެވަގުތު ފައިސާ
ހުރުމުން، ސީޑީ ވިއްކި މީހާއަށް -/100 ރުފިޔާ ދިނުމަށްފަހު 1 (އެކެއް) ސީޑީ ގަތްކަމަށާއި، އަދި
ފަހުން ފުލުހުން ސީޑީ ވިއްކި މީހާގެ ފޮޓޯއެއް ދެއްކުމުން އެއީ ޙައްސާން ޢަލިފުޅުކަން އެނގުނުކަމަށް
އިބްރާހީމް ނަބީލް ނިޒާރު ތަހުޤީޤަށް ދީފައިވާ ބަޔާނުން އެނގެން އޮންނަކަމާއި، އަދި އެ ބަޔާނަށް
އިބްރާހީމް ނަބީލް ނިޒާރު ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/610 ޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލިހުގައި އިންކާރުކޮށްފައިނުވާކަމާއި،
ޙުސައިން އިސްމާޢީލްގެ ހެކިބަހަށް ރިޢާޔަތްކުރާއިރު، ޙުސައިން
އިސްމާޢީލްއަކީވެސް ނިއުޓްރޯންސް ފިހާރައިގައި ވަޒީފާ އަދާކުރާ މީހެއްކަމަށާއި، އަދި ޙައްސާން ޢަލިފުޅު
ދިވެހި ފިލްމު "ޔޫސުފް" ގެ ކޮޕީއެއް އިބްރާހީމް ނަބީލް ނިޒާރުއަށް ވިއްކިތަން ދުށްކަމަށް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/99
ބުނެފައިވާކަމާއި، އަދި ޙުސައިން އިސްމާޢީލް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުގައި،
އިބްރާހީމް ނަބީލް ނިޒާރުގެ އަތުން އެ ސީޑީ އިން އިތުރު ކޮޕީއެއް ޑީވީޑީ ރައިޓަރަކުން ހެއްދުމަށްފަހު އެ
ފިލްމު ބެލިކަމަށް ބުނެފައިވާކަމާއި، އަދި ޙުސައިން އިސްމާޢީލް ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/610
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި އޭނާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނަށް
އިންކާރުކޮށްފައި ނެތުމުން،
ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން ޙައްސާން ޢަލިފުޅުއާއި
ޙަވާލުކުރި ދިވެހި ފިލްމު "ޔޫސުފް" ގެ ކޮޕީ ހައްދާފައި ޙައްސާން އަލިފުޅު އެކި މީސްމީހުންނަށް އެ
ފިލްމުގެ ކޮޕީ ވިއްކިކަން ޝަރީޢަތަށް ސާބިތުވާކަމެވެ.
OUCOU
ކުރުމަށްފަހ
ހަތަރުވަނަ ކަމަކީ، ދިވެހި ފިލްމު "ޔޫސުފް" ޙައްސާން ޢަލިފުޅުއާއި ޙަވާލުކުރީ ދަ
ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންކަން މިދެ ފަރާތުން 31 ޖުލައި 2008 ގައި ސޮއިކޮށްފައިވާ
އެއްބަސްވުމަށް ބެލުމުން އެނގޭކަމާއި، އަދި މިކަމަށް ޙައްސާން ޢަލިފުޅުވެސް އިންކާރު ނުކުރާކަމާއި،
ބުނެވުނު ފިލްމު ވަކި ގޮތަކަށް ގެންގުޅެން އެ އެއްބަސްވުމުގެ ދަށުން ޝަރުތުކުރެވިފައިވާކަން
ފާހަގަކުރެވޭކަމާއި، އަދި އެ އެއްބަސްވުމުގެ ދަށުން ޙައްސާން ޢަލިފުޅުގެ އިލްތިޒާމްތައް ފުރިހަމަ
އެ ފިލްމު އަނބުރާ ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ދޭންޖެހޭކަމަށް
އެއެއްބަސްވުމުގައި ބަޔާންކުރެވިފައިވާކަމާއި،
މިހެންކަމުން، ފުރަތަމަ ކަމަކަށް، ދިވެހި ފިލްމު "ޔޫސުފް" ގެ ޑީވީޑީއެއް
ޙައްސާން ޢަލިފުޅާއި ޙަވާލުކުރެވިފައިވާކަން ސާބިތުވާކަމާއި، ދެވަނަކަމަކަށް، އެ
ޙައްސާން
ޢަލިފުޅުގެ ބެލުމުގެ ދަށުގައިވާއިރު، އެ ޑީވީޑީ ގެންގުޅެންވީގޮތް ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްއާއި ޙައްސާން ޢަލިފުޅާއި ދެމެދު 31 ޖުލައި 2008 ގައި ވެވުނު އެއްބަސްވުމުގައި
ބަޔާންކުރެވިފައިވާކަމާއި، އެގޮތުން އެ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި އެ ފިލްމު އެއްވެސް ގޮތަކަށް
އެއްވެސް ފަރާތަކުން ކޮޕީކޮށް ފިނަމަ، އެކަމަށް ޒިންމާ އުފުލަން ޖެހޭނީ އެ ފިލްމަށް ނަން އަޅާފައިވާ
ފިލްމު ދައްކާ ފަރާތް ކަމަށާއި، އަދި އެ ފިލްމު ޙައްސާން ޢަލިފުޅަށް ދޫކުރެވިފައިވަނީ ހަމައެކަނި ޓިކެޓް
ވިއްކައިގެން ތިއޭޓަރު އުޞޫލުން، އެ އެއްބަސްވުމުގައި ބުނެފައިވާ ތަނުގައާއި ރަށުގައި އެ ފިލްމު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;
9
2010/HC-A/99
އ
ދެއްކުމަށްކަމަށް އެ އެއްބަސްވުމުން އެނގެން އޮންނަކަމާއި، އެހެންކަމުން، ޙައްސާން ޢަލިފުޅު އެ ފިލްމުގެ
ކޮޕީ ހަދާފައި އެކި ފަރާތްތަކަށް
ތަކަށް ވިއްކުމުން، އެ ފިލްމު ގެންގުޅެފައިވަނީ އެ ފިލްމު
ގެންގުޅެންވީގޮތަށް ނޫންކަން ސާބިތުވާކަމާއި، ތިންވަނަ ކަމަކަށް އެ ފިލްމުގެ ވެރިފަރާތުގެ އިޒުނަޔާ ނުލައި
ޙައްސާން ޢަލިފުޅު އެ ފިލްމުގެ ކޮޕީތަކެއް ހައްދައި، ވިއްކާފައިވާކަން، ކ.ގުޅީނީލޯފަރުގެ މުޙައްމަދު
ސިރާޖުއާއި، ވ.ކެޔޮދޫ/ހިޔާ އިބްރާހީމް ނަބީލް ނިޒާރުއާއި، އަދި ތ.ތިމަރަފުށި/ފަތިސްއަލިވާގެ ޙުސައިން
އިސްމާޢީލްގެ ހެކިބަހުން ސާބިތުވާކަމާއި، އަދި ހަތަރު ވަނަ ކަމަކަށް، ޙައްސާން ޢަލިފުޅު އެ ފިލްމު އެކި
ފަރާތްތަކަށް ވިއްކުމުން، ޙައްސާން ޢަލިފުޅު އެކަންކޮށްފައިވަނީ އޭނާގެ އަމިއްލަ ފައިދާއަށްކަން
އެނގޭކަމާއި، އަދި ޙައްސާން ޢަލިފުޅުގެ އެ ޢަމަލުތަކުން އޭނާގެ ނުބައި ނިޔަތް ސާބިތުވާތީ،
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 149 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ
ޚިޔާނާތުގެ ހަތަރު އުންސުރުވެސް ޙައްސާން ޢަލިފުޅުގެ މައްސަލައިގައި ފުރިހަމަވާކަމާއި، ޙައްސާން
ޢަލިފުޅުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވާކަމެވެ.
6 24
404
132
014
(ނ) ފަސްވަނަ ކަމަކީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/610 ޤަޟިއްޔާގައި،
ޙައްސާން ޢަލިފުޅުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި،
ވަނަ މާއްދާގެ ދަށުން ދިހަހާސް ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ އަގުހުރި މުދަލަކުން
ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއާއި، މިކަމާ ގުޅިގެން ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް
ލިބުނު ގެއްލުމުގެ ބަދަލު ޙައްސާނު ޢަލިފުޅުގެ އަތުން ހޯދުމުގެ ދަޢުވާކަން ފާހަގަކުރެވޭކަމާއި،
ޤާނޫނުލްޢުޤޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ދައުލަތުން ދަޢުވާކޮށްފައިވަނީ
ދިވެހި ފިލްމު "ޔޫސުފް" އުފެއްދުމަށާއި ހިނގި ޚަރަދަށްކަމަށާއި އަދި މި ހުރިހާ ކަމަކަށް -/
800,000ރ.
(އަށް ލައްކަ ރުފިޔާ) އަށްވުރެ ގިނައިން ޚަރަދުވެފައިވާކަމަށާއި އަދި މި އަދަދު ކަނޑައެޅީ މި ފިލްމުގެ
ޕްރޮޑިއުސަރު ބުނެފައިވާ ބުނުމެއްގެ މައްޗަށް ބިނާކޮށްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެސިސްޓަންޓް ޕަބްލިކް ޕްރޮސިކިއުޓަރ އިޙްސާނާ މުޙައްމަދު ވަޙީދު 19 ޖުލައި 2010 ގައި ޖިނާއީ
ކޯޓަށް ދީފައިވާ ބަޔާނަށް ބެލުމުން އެނގެން އޮތުމުން،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;
އެހެން$ން،
10
2010/HC-A/99
އިތުރުން، އެ
ޙައްސާން ޢަލިފުޅާ ޙަވާލުކުރެވުނު ދިވެހި ފިލްމް "ޔޫސުފް" ގެ ޑީވީޑީގެ އަގު
ކަނޑައެޅިގެން އެނގެން ނެތްކަމާއި، އަދި ޤާނޫނުލްޢުޤޫބާތުގެ 132 ވަނަ މާއްދާގެ ދަށުން މީހަކަށް
އަދަބެއް ކަނޑައަޅާނަމަ، ޚިޔާނާތްތެރިވި މުދަލުގެ އަގު ސާފުކޮށް އެނގެން އޮތުމުގެ
މުދަލުގެ އަގު ޝަރީޢަތަށް ދަޢުވާކުރާ ފަރާތުން ސާބިތުކޮށްދޭންޖެހޭނެކަމާއި،
މި މައްސަލައާ ގުޅިގެން ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ލިބުނު
ގެއްލުންކަމަށް ބަޔާންކޮށްފައިވަނީވެސް ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޙިއްސާދާރެއްކަމަށްވާ
ފާޠިމަތު ނަހުލާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނެއްގެ މައްޗަށް ބިނާކޮށްކަމަށް
އެސިސްޓަންޓް ޕަބްލިކް ޕްރޮސިކިއުޓަރ މަރިޔަމް ޝަހުލާ 23 ސެޕްޓެމްބަރ 2009 ގައި މި މައްސަލައާ
ގުޅިގެން ޖިނާއީ ކޯޓަށް ދީފައިވާ ބަޔާނަށް ބެލުމުން އެނގެންއޮންނަކަމާއި، ފާޠިމަތު ނަހުލާ މޯލްޑިވްސް
ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުގައި ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަށް
-/
800,000ރ. (އަށް ލައްކަ ރުފިޔާ) ގެ ގެއްލުންވާނެ ކަމަށް ބުނެފައިވަނީ ލަފައެއްގެ މައްޗަށް
ބިނާކޮށްކަން އެނގެން އޮންނަކަމާއި،
މި މައްސަލައިގައި
ޙައްސާން އަލިފުޅުގެ
ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން އަދަބު ކަނޑައަޅަންޖެހޭނެކަމާއި، އެހެންނަމަވެސް
132 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައަޅާނެ ތަނެއް ނެތް ކަމާއި، އަދި ދަ ކްރިސްޓަލް ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑްއަށް ލިބުނު ގެއްލުމުގެ މިންވަރު ސާފުވާންނެތުމުން އެބަދަލު މިޤަޟިއްޔާގެ ތެރެއިން
ނަގައިދެވޭނެ ތަނެއްނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ފެންނަކަމެވެ.
މައްޗަށް
ދޗ 24 ޑ 3
3
ބަޔާންކުރެވުން
ކަންކަން
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/610 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ޅ.ނައިފަރު/ހަވީރީހިޔާ ޙައްސާނު ޢަލިފުޅުގެ މައްޗަށް ކުރައްވާފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް މިމައްސަލަބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން
ޅ.ނައިފަރު ހަވީރީހިޔާ ޙައްސާނު ޢަލިފުޅުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށް އެކަށީގެންވާ
·
މިންވަރެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް
2010/HC-A/99
ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި، އަދި މިއީ މިފަދަ ކުށެއް ޅ.ނައިފަރު ހަވީރީހިޔާ ޙައްސާނު ޢަލިފުޅުގެ މައްޗަށް ސާބިތުވާ ފުރަތަމަ
ފަހަރުކަމުން، އެ ކުށުގެ އަދަބެއްގެ ގޮތުގައި ޅ.ނައިފަރު/ހަވީރީހިޔާ ޙައްސާނު ޢަލިފުޅު 6 (ހައެއް) މަސް
ދުވަހުގެ މުއްދަތަކަށް އަރުވާލުމަށް ޙުކުމްކޮށް، އަދި ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް
-/
800,000ރ. (އަށް ލައްކަ ރުފިޔާ) ގެ ގެއްލުންވާނެ ކަމަށް ބުނެފައިވަނީ ލަފައެއްގެ މައްޗަށް ބިނާކޮށްކަން
އެނގެން އޮތުމުން، ޤާނޫނުލްޢުޤޫބާތުގެ 132 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައަޅާނެ ތަނެއް ނެތް ކަމާއި،
އަދި ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ލިބުނު ގެއްލުމުގެ މިންވަރު ސާފުވާންނެތުމުން
މިބަދަލުވެސް މިޤަޟިއްޔާގެ ތެރެއިން ނަގައިދެވޭނެ ކަމަށް ކަނޑައަޅައި، އެގޮތުގެމަތިން
ޙުކުމްކޮށްފީމެވެ.
ސ 1
· 4
ދ ގތ ކތ ދވ
ނޭ އެންމެ"
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
;