ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/222 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/222
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
e
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
، ޤަޟިއްޔާ ނަންބަރު: 222/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އިސްމާޢީލް އަޙްމަދު
ދާއިމީ އެޑްރެސް: މއ. ސައުތުލޫމް
އައިޑީ ކާޑު ނަންބަރު: A024383
މިހާރުގެ އެޑްރެސް:
* ވަކީލު: އޖ. އިބްރާހީމް ޝަކީބާ ޅ. ނައިންހައުސް
022294
މއ. އެމް
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު * ދާއިމީ އެޑްރެސް: ދުންތަރި/ ކ. ހުރާ
ކާޑު ނަންބަރު: A071263 މިހާރުގެ އެޑްރެސް: މއ. ރެސްޓިންހައުސް
: ވަކީލު: އގ.
އޏ. އިބްރާހީމް ރިޝާ
އާއިޑީ
ހުށަހެޅުނު ތާރީޚް: 02 އޯގަސްޓް 2009
= ނިމުނު ތާރީޚް: 23 މެއި 2010
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2008/MC/1704
• ނިންމެވިކޯޓް: މަދަނީކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 17 ސެޕްޓެމްބަރ 2008 * ނިމުނު ތާރީޚް: 30 ޖޫން 2009
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
ވެބް ސައިޓް: www.lhighcourt.gov.mv
[email protected]
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/222
.
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/1704 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން، މއ. ސައުތުލޫމް އިސްމާޢީލް އަޙްމަދު އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
އިސްމާޢީލް އަޙްމަދު ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ކ. ހުރާ ދުންތަރި
ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީ ކޯޓުގެ ނަންބަރު 2008/MC/1704 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށް ބުނެ އިސްމާޢީލް އަޙްމަދުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ
ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
.
(ހ) މއ. ސައުތުލުމް އެވެކިޔާ ގޯތީގައި ހަދާފައިވާ ދެބުރި ޢިމާރާތުގެ ތިރީ ބުރީގައިވާ ދެ
ކޮޓަރީގެ އެޕާރޓްމަންޓް ދިރިއުޅުމަށް ކުއްޔަށް ދިނުމަށް މއ. ސައުތުލޫމް އިސްމާޢީލް އަޙްމަދު އާއި،
ހުރާ ދުންތަރި ޢަބްދުއް ޝަކޫރު ޢަބްދުއްރަޝީދު އާއި ދެމެދު 2006 އޯގަސްޓް
01 ގައި
އެގްރީމެންޓެއްގައި ސޮއިކުރެވިފައިވާކަން އެނގެން އޮވެއެވެ.
(ދ) އިޝާރާތް ކުރެވުނު އެގްރީމެންޓުގެ 01 ވަނަ މާއްދާގައި އެގްރީމެންޓުގެ މުއްދަތަކީ، ކުއްޔަށް
ހިފާ ފަރާތާއި ޢިމާރާތް ޙަވާލުކުރާ ދުވަހުން ފެށިގެން މީލާދީ 13 އަހަރު ކަމަށް ބަޔާންވެފައި އޮތުމަށް ފަހު،
03 ވަނަ މާއްދާގައި އެގްރީމެންޓްގައި ސޮއި ކުރާ ދުވަހު ނުވަތަ އެދުވަހުގެ ކުރިން ކުއްޔަށްހިފާ ފަރާތުން
-/
210,000ރ. (ދެލައްކަ ދިހަހާސް ރުފިޔާ) ސޭފް ޑިޕޮޒިޓެއްގެ ގޮތުގައި ޢިމާރާތުގެ ވެރިފަރާތާއި ޙަވާލު
ކުރަންވާނެ ކަމަށް ބަޔާން ކުރެވިފައިވާއިރު، އެފައިސާ ލިބިފައިވާކަން އިސްމާޢީލް އަޙްމަދުގެ އަމިއްލަ
އިޢްތިރާފުން ޝަރީޢަތަށް ސާބިތުވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
3
2009/HC-A/222
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 2 0 22
އަމުއޤާ
s ލީތުގެ 4 ވަނަ
(ނ) އެގްރީމެންޓްގެ 03 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސޭފް ޑިޕޮޒިޓުގެ ފައިސާއަކީ،
ޢިމާރާތުގެ ނުނިމިހުރި އެންމެހައި މަސައްކަތެއް 08 ޖުލައި 2006 ދުވަހުން ފެށިގެން 40 (ސާޅީސް)
ދުވަހުގެ ތެރޭގައި ނިންމައި، ކުއްޔަށް ހިފާފަރާތާއި ޢިމާރާތް ޙަވާލު ކުރުން ޝަރުތުކޮށްގެންނާއި،
އެގްރީމެންޓްގެ އެއްވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތަށް އެގްރީމެންޓް ދެމެހެއްޓުން ޝަރުތުކޮށް
ޙަވާލު ކުރެވޭ ފައިސާއެއް ކަމަށް އެގްރީމެންޓް 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވާއިރު،
(ހ) ގައި ބަޔާންކޮށްފައިވާ 40 (ސާޅީސް) ދުވަހުގެ ތެރޭގައި ކުއްޔަށްހިފާ ފަރާތާއި ޢިމާރާތް ޙަވާލު
ނުކުރެވިއްޖެ ނަމަ ޢިމާރާތް ޙަވާލުކުރާ ދުވަހުން ފެށިގެން ޕެނަލްޓީއެއްގެ ގޮތުގައި ކުލި ދައްކަން ނުޖެހޭ
ގޮތަށް 24 (ސައުވީސް) މަސް ދުވަސް އެގްރީމެންޓްގެ އެއްވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ
ތެރެއަށް އިތުރު ކުރުމަށް ޢިމާރާތުގެ ވެރިފަރާތުން އެއްބަސްވެ ޔަގީންކަން ދޭކަމަށް އެގްރީމެން
މާއްދާގެ (ށ) ގައި ބަޔާން ކޮށްފައި އޮތްއިރު، އަދި އެގްރީމެންޓްގެ 04 ވަނަ މާއްދާގެ (ހ) ގައި
ބުނެފައިވާ ގޮތުގެ މަތީން ޢިމާރާތް ނިންމާ ޢަބްދުއް ޝަކޫރު ޢަބްދުއްރަޝީދު އާއި ޙަވާލު ކޮށްފައި ނުވާކަމަށް
ޢަބްދުއް ޝަކޫރު ޢަބްދުއްރަޝީދު މަދަނީކޯޓުގެ ޝަރީޢަތަށް ހުށަހަޅާފައިވާ ދަޢުވާ ފޯމުގެ 2 ވަނަ
ނަންބަރުގައި މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްޞީލު މިސުރުޚީގެ ދަށުގައިވާ 6 ވަނަ
ނަންބަރުގައި ބަޔާން ކޮށްފައިވާއިރު، އެވާހަކަ އާއި މެދު މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްމާޢީލް
ފަރާތުން އެއްވެސް ވަރަކަށް އިންކާރު ކޮށްފައިވާކަން އެނގެން ނެތުމުގެ އިތުރުން،
އެގްރީމެންޓުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން ކުއްޔަށް ދޫކުރި ޢިމާރާތް ޢަބްދުއްޝުކޫރު
ޢަބްދުއްރަޝީދު އާއި ޙަވާލުކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާ ފަދަ ހެއްކެއް ހުށަހަޅާފައި ނުވުމުން،
ޢަބްދުއްޝުކޫރު ޢަބްދުއްރަޝީދު ޢިމާރާތް ބޭނުން ކޮށްފައިވަނީ އެގްރީމެންޓްގެ 4 ވަނަ މާއްދާގެ (ށ)
ގައިވާ ގޮތުގެ މަތީން ކަމަށް ބެލެވުމުގެ އިތުރުން، ތަނުގެ ކުއްޔާ ބެހޭގޮތުން އިސްމާޢީލް އަޙްމަދުގެ
ފަރާތުން މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ނުވުމާއިއެކު، ކުލީގެ ގޮތުގައި
އިސްމާޢީލް އަޙްމަދަށް ޢަބްދުއް ޝަކޫރު
.ޝުކޫރު ޢަބްދުއްރަޝީދުގެ އަތުން ލިބެންޖެހޭ ފައިސާ ހޯއްދަވާ ދެއްވުމަކާއި
ނުލައި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުގެ
ނުކުތާއެއްގެ ގޮތުގައި ދައްކާފައިވާ ވާހަކަތަކަކީ ވަކި މައްސަލައެއް ކަމާއި، އެކަމަކީ އިސްތިއުނާފުގެ
އުޞޫލު ނިޔާކުރާ ގޮތުން ހައިކޯޓުގެ އިސްތިއުނާފުގެ މަރުޙަލާގައި އެމައްޗަށް ރިޢާޔަތް ކުރެވޭނެ ވާހަކަ
ތަކެއް ނޫންކަން އެ-
އެނގެއެވެ.
އއ ވ2 4
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
4
2009/HC-A/222
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ރ) ސޭފް ޑިޕޮޒިޓުގެ ގޮތުގައި ޙަވާލު ކުރެވިފައިވާ ފައިސާއަކީ، ޢިމާރާތުގެ ނުނިމިހުރި އެންމެހައި
މަސައްކަތެއް 08 ޖުލައި 2006 ދުވަހުން ފެށިގެން 40 (ސާޅީސް) ދުވަހުގެ ތެރޭގައި ނިންމައި، ކުއްޔަށް
ހިފާފަރާތާއި ޢިމާރާތް ޙަވާލު ކުރުމަށާއި، އެގްރީމެންޓްގެ އެއްވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތަށް
އެގްރީމެންޓް ދެމެހެއްޓުން ޝަރުތުކޮށް ޙަވާލު ކުރެވިފައިވާ ފައިސާއެއް ކަން އެގްރީމެންޓް 4 ވަނަ މާއްދާގެ
(ހ) އިން އެނގޭކަމާއި، މިމާއްދާގައި ބަޔާން ކުރެވިފައިވާ ފުރަތަމަ ޝަރުތާއި އިސްމާޢީލް އަޙްމަދުގެ
ފަރާތުން ޚިލާފު ވެފައިވާކަން އެނގެން އޮވެފައި، އެގްރީމެންޓުގެ އެއްވަނަ މާއްދާގައި ބުނެފައިވާ މުއްދަތު
ހަމަ ވުމުގެ މާކުރިން އިސްމާޢީލް އަޙްމަދުގެ ފަރާތުން ޢިމާރާތުގެ ތަޅު އަޅުވައި، ޢަބްދުއްޝުކޫރު
ޢަބްދުއްރަޝީދު ޢިމާރާތް ބޭނުން ކުރުމަށް ހުރަސް އަޅާފައިވާކަން ޝަރީޢަތަށް ސާބިތު ވުމުން،
އެގްރީމެންޓްގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާ ޝަރުތުތަކާއި އިސްމާޢީލް އަޙްމަދުގެ
ފަރާތުން ޚިލާފު ވުމުން ނުވަތަ އެ ޝަރުތުތަކާއި އެއްގޮތަށް ޢަމަލު ނުކުރުމުން، ބުނެވުނު ޝަރުތު ތަކުގެ
މަތީން އިސްމާޢީލް އަޙްމަދަށް ދީފައިވާ ސޭފް ޑިޕޮޒިޓް ފައިސާއަކީ، އަނބުރާ ދައްކަން ޖެހޭނެ ފައިސާއެއް
ކަން ޤާނޫނީ ޝަރުޢީ ހަމަ ތަކުން ޝަރީޢަތަށް ސާބިތުވާއިރު، އެފައިސާ އިސްމާޢީލް އަޙްމަދަށް
ދެވިފައިވަނީ މަސްތަކަކަށް ބަހާލައިގެން ކަމަށް ނުވެފައި، ޙައްޤުގެ ވެރިފަރާތުން އެޙައްޤުއާއި މެދު ލުޔެއް
ނުދޭހާ ހިނދެއްގައި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތައް ނިޔާކުރަނީ ޙައްޤުގެ ވެރިފަރާތަށް އެޙައްޤެއް
ލިބިދެވެން އޮތް އެންމެ އަވަސް މުއްދަތެއްގައި ލިބިދިނުމުގެ މައްޗަށް ކަމަށްވުމާއިއެކު
އިއެކު، ފައިސާ ދެއްކުމަށް
މަދަނީކޯޓުގެ ޝަރީޢަތުން ކަނޑައަޅުއްވާފައިވާ މުއްދަތަށް ބަދަލެއް ގެންނާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް
ނެތް ކަން އެނގެއެވެ.
ވީމާ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަން އެގޮތަށް ހުރުމާއިއެކު،
މަދަނީކޯޓުގެ ނަންބަރު 2008/MC/1704 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ
އުސޫލު ތަކާއި ޚިލާފު ޙުކުމެއް ކަމަކަށް މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް
3
cޓރު
4 2 2 4 2
"
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
5
2009/HC-A/222
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަން އެގޮތަށް ހުރުމުން،
މަދަނީކޯޓުގެ ނަންބަރު 2008/MC/1704 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލު ތަކާއި އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއް ކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
މަޖިލީހުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދު
ކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ޢަބްދުލް ޙަމީދު
ޢަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
ޢަލީ ޙަމީދު މުޙައްރަފް
(ފަނޑިޔާރު)
(ފަނޑިޔާރު)
އެޢިބާޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes