ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/14 ޤަޟިއްޔާގެ ޙުކުމް
1
2008/HC-DM/14
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ee
.ހިޒާއްޖެ
47
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
:
i
ވެ
ޤަޟިއްޔާ ނަންބަރ: 14/HC
-
DM/2008
ދައުވާކުރި ފަރާތް:
ފުރިހަމަ ނަން: ޢަލީ ޝާހް
* އައިޑީ ކާޑު ނަންބަރ: 092898
A
ގއ. ވިލިލި
ދާއިމީ އެޑްރެސް: ބީޗްހައުސް،
މިހާރުގެ އެޑްރެސް:ހ. ވެއްޕިލާގެ، ކ. މާލެ
ދަޢުވާލިބުނު ފަރާތް: ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 05 ޛުލްޙިއްޖާ 1429
03 ޑިސެމްބަރު 2008
* ނިމުނު ތާރީޚް: 17 ރަބީޢުލް އާޚިރު 1430
09 އޭޕްރީލް
2009
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިޖާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2008/HC-DM/14
2
I,
03-08 :
08-09:
01- ދަޢުވާގެ ޚުލާޞާ
ޞަފްޙާ ނަންބަރ 03
02- ފާހަގަކުރެވުނު ނުކުތާތައް:
03- ޙުކުމް:
04- މަޙްޝަރު ބަޔާންތައް:
04.1 ދަޢުވާކުރި ފަރާތުގެ މަޙްޝަރު ބަޔާންތައް:
ވިލިގިލި! ބީޗްހައުސް
ގެ ވާހަކަތައް:
މަޙްޝަރު ނަންބަރ: 05-01 :HC
-
DM-
14 Mpg-2008
އަލީޝާށް
{
04.2 ދަޢުވާލިބުނު ފަރާތުގެ މަޙްޝަރު ބަޔާންތައް:
އެޓަރނީޖެނެރަލްގެ އޮފީހުގެ ފަރާތުން
އެސިސްޓެންޓް ސްޓޭޓް އެޓަރނީ އގ. ހާތިފު ޙިލްމީ ގެވާހަކަތައް:
މަޙްޝަރު ނަންބަރ: 07-06 :HC
-
DM
-
14 Mpg-2008
05-މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
-05.1
ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު:16
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2008/HC-DM/14
ދަޢުވާގެ ޚުލާޞާ:
މިއީ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ
ޤަވާޢިދު ތަކުގެ ތެރެއިން ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާއިދުގެ
7 ވަނަ މާއްދާގައި ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން އެމުދާ ހުރި ބިން
ބައިކުރުމުގައި ބިމުން ލިބިދެވޭނީ ތަރިކަ ދޫކުރި މީހާގެ އުފަންދުރިންނާއި، އަނބިންނާއި، ފިރިންނަށް
ކަމަށާއި، ނަމަވެސް ތަރިކަ ދޫކުރި މީހާއަށް ޚަރަދުކޮށް އޭނާ ބެލީ ބުނެވިދިޔަ މީހުންގެ ތެރެއިން މީހަކު
ކަމުގައި ނުވާ ތަރިކައިން ލިބޭ ވަކި މީހަކު ނުވަތަ ވަކި ބަޔަކު ކަމުގައިވާނަމަ، އެމީހަކަށް ނުވަތަ
އެބަޔަކަށް އެ ގޯއްޗަކުން ލިބިދިނުމަށް މި ޤަވާޢިދު ހުރަހެއް ނާޅާ ކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނު
ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 15 ވަނަ މާއްދާގައި ބަންޑާރަ ގޯތި ދޫކުރެވިފައިވާ
މީހަކު މަރުވުމުން، އެ ގޯއްޗަކާމެދު ޢަމަލު ކުރެވިދާނެ ގޮތްތައް ބަޔާންކޮށްފައިވާކަމާއި، މިގޮތުން ބަންޑާރަ
ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ ގޯއްޗެއްގައިވާ ޢިމާރާތްތަކާއި، ނުއުފުލޭ މުދާ ތަރިކައިގެ
އުޞޫލުން ލިބެންޖެހޭ ފަރާތްތަކަށް ލިބިދިނުމަށް އެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ލާޒިމް ކުރާތީއާއި،
ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ ފަރުޟުވެރިންނަށް އެ ގޯއްޗަކުން ލިބިދިނުމަށް އެ
ޤާނޫނުގެ އެއްވެސް މާއްދާއެއް ހުރަސް އަޅާފައިނުވާތީ، އިސްވެ ދެންނެވުނު ނުއުފުލޭ މުދާ ތަރިކައިން
ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާއަކީ ޤާނޫނު ނަންބަރު 1/2002
(ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ 15 ވަނަ މާއްދާއާ މުޅިން ޚިލާފު މާއްދާއެއް
ކަމަށްބުނެ، ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ 7 ވަނަ
މާއްދާއަކީ ޢަމަލުކުރަން ނުޖެހޭ މާއްދާއެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދި
ބީޗްހައުސް، ޢަލީ ޝާހް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓު ޤަވާޢިދު 8 ވަނަ މާއްދާގެ (ނ)ގެ
ދަށުން ބަލައިގަނެ، ބަލާފައިވާ ޤަޟިއްޔާއެކެވެ.
440 4
( .
ފާހަގަކުރެވުނު ނުކުތާތައް:
01- ޢަލީ ޝާހުގެ ދަޢުވާ ބިނާކުރީ ދެ ސަބަބެއް ފާހަގަކޮށް އެސަބަބުތަކުގެ މައްޗަށް
ޝަރީޢަތުގެ މަޖްލިހުގައި ވާހަކަދައްކާފައިވެއެވެ. އޭގެ ތެރެއިން:-
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.Imy
4
2008/HC-DM/14
ޤަގޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ފުރަތަމަ ސަބަބަކީ: ޤާނޫނު އަސާސީއާއި ޚިލާފަށް ރައްޔިތުންގެ މަޖުލީހުން އެއްވެސް ޤާނޫނެއް
ހެދުމުގެ ބާރު އެ މަޖުލީހަށް ލިބިގެން ނުވާއިރު އެ މަޖުލީހުން ހަދާ އެއްވެސް ޤާނޫނަކާއި ތަޢާރަޟް
ވާގޮތަށް ކަމާބެހޭ އެއްވެސް މުއައްސަސާއަކުން އެއްވެސް ޤަވާޢިދެއްހެދުމަކީ ދުސްތޫރީ ނިޒާމާއި
މުޅިންޚިލާފު އަދި އެ ޤަވާޢިދުތަކަށް ކަމާބެހޭ އެއްވެސް ފަރާތަކުން ޢަމަލުކުރަންނުޖެހޭ އެއްޗަކަށްވާއިރު،
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާ ޚިލާފަށް ނުވަތަ އެ ޤާނޫނު ގެ މާއްދާއަކާ
ޚިލާފަށް އެ ޤާނޫނުގެ ދަށުން އެއްވެސް ޤާވާޢިދެއް ހެދުމުގެ ބާރު އެ ޤާނޫނު ތަންފީޛުކުރާފަރާތްތަކަށް
ލިބިގެން ނުވާކަމަށް ބުނެ ފާހަގަ ކުރި ސަބަބެވެ.
• ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީ 2008 ގެ 271 ވަނަ
މާއްދާގައި ރައްޔިތުންގެ މަޖުލީހުން ފާސްކުރާ ޤާނޫނަކުން ބާރު ލިބިގެން ހަދާ ޤަވާއިދަކީ ޤާނޫނުން ބާރު
ލިބިފައިވާ އަދި ޤާނޫނީ ބާރާއެކު ތަންފީޛުކުރެވޭނެ އެއްޗެއްކަމަށް ބަޔާންވެގެންދާއިރު، ނުއުފުލޭ މުދާ
ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާއަކީ ޤާނޫނު ނަންބަރު
1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާއާއި ޚިލާފަށް އެއަށް ޢަމަލުކުރަމުން
އަންނަ މާއްދާއެއް ކަމަށް ބުނެ ފާހަގަކުރި ސަބަބެވެ.
ރީ
( •
02- ޢަލީ ޝާހް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މިމައްސަލައިގާ ފަރާތުން އެދޭގޮތަކީ،
ނުއުފުލޭމުދާ ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބިދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާއަކީ
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ 15 ވަނަ މާއްދާއާއި
މުޅިން ޚިލާފު މާއްދާއަކަށްވާތީ، ނުއުފުލޭމުދާ ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބުމާ ބެހޭ
ޤަވާޢިދުގެ 7 ވަނަ މާއްދާ އަކީ ޢަމަލުކުރަން ނުޖެހޭ މާއްދާއެއްކަމުގައި ކަނޑައަޅައި ދިނުންކަން،
މިމައްސަލައިގާ އެފަރާތުން ހުށަހަޅާފައިވާ ދަޢުވާ ފޯމުން އެގެއެވެ.
03- ޢަލީ ޝާހް ހުށަހެޅި ދަޢުވާއަށް ޖަވާބުދާރީ ވުމުގެ ގޮތުން ދައުލަތުގެ ފަރާތުން
ބުނެފައިވަނީ، ކަނޑައެޅިގެން ތަޢާރަޟުވުމެއްވާ ކަމަށް ދައުލަތަށް ފާހަގަ ކުރެވިފައި ނުވާކަމަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2008/HC-DM/14
ހިމުނު ގޮތުގެ ރިޕޯޓް
ދަތިވާކރައެވެ
ބެއްލެވުމަށްފަހު ޝަރީޢަތުން ގޮތެއް
ފަރާތުން ހުށަހަޅުއްވާފައިވާ ނުކުތާތަކަށް
ކަނޑައަޅުއްވައިދެއްވުން އެދޭކަމަށެވެ.
04- މިމައްސަލައާ ގުޅިގެން ދަޢުވާކުރި ފަރާތުންނާއި ދަޢުވާލިބުނު ފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ދެއްކި ވާހަކަ ތަކަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ
ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި، ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައި ވެއެވެ.
(ހ) ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާއަށް
ބަލާއިރު އެމާއްދާއަކީ ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެ ނަމަ އެގޯއްޗާއި މެދު ޢަމަލު
ކުރެވޭނެ ގޮތާއި އުޞޫލު ބަޔާން ކޮށްފައިވާ މާއްދާ ކަމާއި، އެގޮތުން އެމާއްދާގެ (ހ) ގައި ބުނެފައިވަނީ،
"ބަނޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެގޯއްޗެ
އެއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ،
ތަރިކައިގެ އުޞޫލުން ލިބޭ ބަޔެއްގެ މެދުގައި، އެގޯއްޗެއް ވަކި ގޯތި ތަކަކަށް ބައިކޮށް ވަކިކޮށްދެވޭނީ،
ތިރީގައި ބުނެފައިމިވާ ގޮތުގެ މަތީންނެވެ.
(1) ބައިކުރެވޭ އެއްވެސް ބަޔެއް 600 އަކަފޫޓަށްވުރެ ކުޑަވެގެން ނުވާނެއެވެ.
(2) ގޯއްޗެއްގައިވާ ޢިމާރާތާއި ނުފުލޭ މުދާ، ތަރިކައިގެ އުޞޫލުން ލިބޭ މީހުންގެ މެދުގައި
ގޯއްޗެއް ބައިކުރެވޭއިރު އޭގެތެރެއިން، ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބަޔެއް ލިބިފައިވާ މީހަކަށް
ޖެހޭބައި 600 އަކަފޫޓަށްވުރެ ކުޑަވެއްޖެނަމަ ބައިކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް ނުލިބޭނެއެވެ.
އަދި އެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގައި ވަނީ: "ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު
ޖެނަމަ، އެގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުޞޫލުން ލިބޭ އެންމެންގެ ނަމުގައި
އެ ބަޔަކު އެދޭނަމަ އެ ގޯއްޗެއް ރަޖިސްޓްރީކޮށް އެގޯއްޗެއްގައިވާ ޢިމާރާތް، މި ޤާނޫނުގެ 31 ވަނަ
މާއްދާގައިވާ ގޮތުގެ މަތިން އެއްމެދު ޢިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެވިދާނެއެވެ.” މިފަދައިންނެވެ.
އަދި ބިމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ
ބިމުން ލިބުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ ނަންބަރުގައި ވަނީ: ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދާ
|4 04
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6
2008/HC-DM/14
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ތަރިކައިން ލިބިގެން އެމުދާ ހުރި ބިން ބައިކުރުމުގައި ބިމުން ލިބިދެވޭނީ ތަރިކަދޫކުރި މީހާގެ އުފަން
ދަރިންނާއި، އަބިންނާއި ފިރިންނަށެވެ. ނަމަވެސް ތަރިކަ ދޫކުރިމީހާއަށް ޚަރަދުކޮށް އޭނާ ބެލީ ބުނެވިދިޔަ
މީހުންގެ ތެރެއިން މީހަކު ކަމުގައިނުވާ ތަރިކައިން ލިބޭ ވަކި މީހަކު ނުވަތަ ވަކި ބަޔަކު ކަމުގައިވާނަމަ،
އެމީހަކަށް ނުވަތަ އެބަޔަކަށް، އެގޯއްޗަކުން ލިބިދިނުމަކަށް މިޤަވާޢިދު ހުރަހެއްނާޅައެވެ. މިފަދައިންނެވެ.
LO
(ޅ) ޤާނޫނަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤްކޮށްފައިވާ
ޤާނޫނުތަކާއި، އެ ޤާނޫނުތަކުން ބާރު ލިބިގެން، އެ ޤާނޫނުތަކުގެ އިމުގެ ތެރޭގައި ހަދާ ޤަވާޢިދުތައް ކަމަށް
ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) އިން އެނގެން އޮވެފައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
ޤާނޫނަކުން ބާރުލިބިގެން ހަދާ ޤަވާޢިދަކީ ޤާނޫނުން ބާރު ލިބިފައިވާ، އަދި ޤާނޫނީ ބާރާއެކު ތަންފީޛު
ކުރެވޭނޭ އެއްޗެއްކަމަށް ޤާނޫނުއަސާސީގެ 271 މާއްދާގައި ބުނެފައިވާއިރު، ޤާނޫނުއަސާސީއާ ޚިލާފުވާ
ގޮތަށް ހަދާ ކޮން ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލް އެއްޗެއްކަމަށާއި، އެފަދަ
ޤާނޫނެއްގެ ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ސޭނީ(
(ނ) ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާއަށް
ބަލާއިރު ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ އެގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ
ހުރި ބިން ވާރިސުންގެ މެދުގައި ބައިކުރުމުގައި، ވާރިސުންގެ ތެރެއިން ވަކި ބަޔަކަށް ބިމުން ލިބިދިނުމަށް
ކަނޑައަޅާ ބަޔާން ކުރުމެއްނެތި އެމާއްދާގައި ބުނެފައިވާ ކަންކަން ފުރިހަމަވާ ހުރިހާ ވާރިސުންނަށްވެސް
މުޢްލަޤް ގޮތެއްގައި ތަރިކައިގައި ހިމެނޭ ބިމުން ލިބުމުގެ ހައްޤު އިސްވެ އިޝާރާތް ކުރެވުނު ބިމާބެހޭ
ޤާނޫނުގެ 15 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން ލިބިދީފައިވާކަން އެނގެންއޮވެފައިގެ
ބިމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ”ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން
ލިބުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ ނަންބަރުގައި އެ ނަންބަރުގެ ދަށުން ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ
މުދާ ތަރިކައިން ލިބިގެން އެމުދާ ހުރި ބިން ބައިކުރުމުގައި ބިމުން ލިބިދެވޭނީ ތަރިކައިގެ ވާރިސުން ކުރެ
ވަކި ބަޔަކަށް ކަމާއި އެއީ ތަރިކަދޫކުރި މީހާގެ އުފަން ދަރިންނާއި، އަބިންނާއި ފިރިންނަށް ކަމާއި، އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ފެކްސް: 3316471
އީމެއިލް: info{@highcourt.gov.riv ވެބް ސައިޓް: www.highcourt.gov.mv
2008/HC-l14
1 ލޯޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
2
އޭގެ އިތުރުން ތަރިކަ ދޫކުރި މީހާއަށް ޚަރަދުކޮށް ބެލީ ބުނެވިދިޔަ ވާރިސުން ނޫން ވާރިސަކު ނުވަތަ
ވާރިސުން ތަކެއް ކަމުގައިވާ ނަމަ އެމީހަކަށް ނުވަތަ އެބަޔަކަށް ބިމުން ލިބިދެވިދާނެކަމަށް ބަޔާން ކުރެވިފައި
އޮންނަ އޮތުމުގެ މައްޗަށް ޤާނޫނީ ނަޒަރަކުން ވިސްނާއިރު، އިސްވެ އިޝާރާތް ކުރެވުނު ބިމާ ބެހޭ ޤާނޫނުގެ
އިޝާރާތް ކުރެވުނު މާއްދާގައި ކަނޑައެޅިފައިވާ މިންގަނޑުގެ ދަށުން، އެމިންގަނޑަށް ފެތޭ ވާރިސުންކުރެ
އެކަކަށްވެސް ތަރިކައިގައި ހިމެނޭ ބިމުން ލިބިދިނުމަށް ހުރަސް އަޅާފައިނުވާއިރު، އަދި ވާރިސުންކުރެ ވަކި
ބަޔަކު ނަން ކަނޑައަޅައި އެބަޔަކަށް ބިމުން ލިބިދިނުމަށް އިސްކަންދީފައިނުވާއިރު، ބިމާބެހޭ ޤާނޫނުގެ
ދަށުން ހެދިފައިވާ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު ގެ 7
ވަނަ ނަންބަރުގައި ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން އެމުދާ ހުރި ބިން
ބައިކުރުމުގައި ބިމުން ލިބިދެވޭނީ ތަރިކައިގެ ވާރިސުން ކުރެ ވަކި ބަޔަކަށް ކަމަށް ނަން ކަނޑައަޅައި،
ބިމާބެހޭ ޤާނޫނުގައި ތަނަވަސް ގޮތެއްގައި ހުރިހާ ވާރިސުންވެސް ބިމުން ލިބިދިނުމުގައި ޝާމިލުވާ ގޮތަށް
އޮތް އޮތުން ހަނިކޮށް، ވާރިސުންކުރެ ވަކި ބައެއްގެ ނަން ކަނޑުގައި، ބިމުން ލިބިދިނުމަށް ތަހްދީދުކޮށް
ލިމިޓް ކުރެވިފައި އޮތުމަކީ ތަދައްރުޖުލް ޤަވާނީންގެ މަބްދައާ ޚިލާފް އަދި ޢުމޫމް ޚުޞޫޞްގެ ރޫޙާވެސް
ޚިލާފުކަމެއް ކަމާއިޑް
ޤާނޫނުތައް ދަރަޖަ ކުރެވިފައިވާ ގޮތަށް ބަލާއިރު، އެންމެ އިސް އެއްޗަކީ ޤާނޫނު އަސާސީ ކަމާއި،
އެއަށްފަހު ދަރަޖައިގެ ގޮތުން އިސްކަން ލިބިފައިވަނީ ޤާނޫނުތަކަށް ކަމާއި، ޤާނޫނަށްފަހު އަންނަނީ
ޤަވާޢިދުތައް ކަމީ ޤާނޫނީ ޢިލްމުވެރިންގެ މެދުގައި ޚިލާފުވުމެއް ނުވާކަމަކަށް ވާއިރު، އިސްވެ ބަޔާންކުރެވުނު
ތަރުތީބުގެ ދަށުން ޤާނޫނެއް ވިޔަސް އަދި ޤަވާއިދެއްވިޔަސް ހަދަންވާނީ އޭގެ ދަރަޖައިގެ ގޮތުން މަތީގައިވާ
އެއްޗަކާ ތަޢާރުޟު ނުވާގޮތެއްގެ މަތީންކަން ޤާނޫނީ މަޞްދަރުތަކުން ނާއި ޤާނޫނީ ޢިލްމުވެރިންގެ ބަހުން
އެނގި ސާބިތުވާތީ، ޤާނޫނެއްގެ ދަށުން ހެދިފައިވާ ޤަވާޢިދެއް، އެޤަވާޢިދު ހެދުމަށް ބާރު ލިބިދިން ޤާނޫނާއި
ނުވަތަ އެހެންވެސް ޤާނޫނަކާއި ޚިލާފުވާ ގޮތަށް ނުވަތަ ތަޢާރުޟުވާ ގޮތަށް އޮތުމަކީ ޤާނޫނީ އުޞޫލުތަކާއި
ޚިލާފު، އަދި އެތަޢާރުޟުވާ މިންވަރެއް ބާތިލުވާނެކަން އެނގެން އޮތުމާއެކު؟
ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު“ އަކީ ޤާނޫނު
ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ން ބާރު ލިބިގެން އެޤާނޫނުގެ ދަށުން ހެދިފައިވާ
ޤަވާޢިދަކަށް ވާއިރު، އެ ޤަވާޢިދުގެ 7 ވަނަ ނަންބަރަކީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 15 ވަނަ
(
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޔޫމެޓްކުޓާވެ.
2008/HC-DM/14
8
ނިމުނު ގޮތުގެ ރިޕޯޓް
މާއްދާއާއި ޚިލާފަށް އެމާއްދާއާއި ތަޢާރުޟުވާ ގޮތަށް އޮތް ނަންބަރެއްކަން އެގޭ ހިނދު، އެނަންބަރުގެ
ޣައިރު ދުސްތޫރިއްޔަތާމެދު ޝައްކެއް ނެތް ކަމާއި، އެނަންބަރުގެ ޢިބާރާތް އެގޮތުގައި އޮވެގެން
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ތަޢާރުޟުވާ ހިނދު، އެނަންބަރު އެގޮތުގައި އޮތުމުގެ ޤާނޫނީ
ހައިސިއްޔަތެއް ނެތް ކަމަށް މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ ފަނޑިޔާރުންނަށްވެސް
ޙުކުމް:
¢ ¢
ދެންފަހެ، "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ 7
ވަނަ ނަންބަރުގައި، ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން އެމުދާ ހުރި ބިން
ބައިކުރުމުގައި ބިމުން ލިބިދެވޭނީ ތަރިކު ދޫކުރި މީހާގެ އުފަން ދަރިންނާއި، އަބިންނާއި ފިރިންނަށް
ކަމަށާއި، ނަމަވެސް ތަރިކަ ދޫކުރިމީހާއަށް ޚަރަދުކޮށް އޭނާ ބެލީ ބުނެވިދިޔަ މީހުންގެ ތެރެއިން މީހަކު
ކަމުގައިނުވާ ތަރިކައިން ލިބޭ ވަކި މީހަކު ނުވަތަ ވަކި ބަޔަކު ކަމުގައިވާނަމަ، އެމީހަކަށް ނުވަތަ އެބަޔަކަށް،
އެގޯއްޗަކުން ލިބިދިނުމަކަށް ހުރަސްނުއަޅާ ކަމަށް ބަޔާންކޮށް، ތަރިކައިގައި ހިމެނޭ ބިމުން ވާރިސުން ކުރެ
ވަކި ބަޔަކަށް ލިބިދިނުމަށް ކަނޑައަޅައި ބަޔާންކޮށްފައި އޮންނަ އޮތުމުގެ މައްޗަށް ނަޒަރު ކުރި ހިނދު،
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 15 ވަނަ މާއްދާގެ ދަށުން، ބަންޑާރަ
ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ
އުޞޫލުން ލިބޭ ބަޔެއްގެ މެދުގައި، އެގޯއްޗެއް ވަކި ގޯތި ތަކަކަށް، އެމާއްދާގައި ބުނެފައިވާ މިންގަނޑަށް ފެތޭ
ހުރިހާ ވާރިސުންގެ މެދުގައި ބައިކޮށް ވަކިކޮށްދެވިދާނެ ކަން އެނގެން އޮތްއިރު، އަދި އެމާއްދާގައި ހިމެނޭ
އުޞޫލާއި މިންގަޑަށް ފެތޭ އެއްވެސް ވާރިސަކަށް ތަރިކައިގައި ހިމެނޭ ބިމުން ލިބިދިނުމަށް ހުރަސް
އަޅާފައިނުވާއިރު، އިސްވެ އިޝާރާތްކުރެވުނު ޤަވާޢިދުގެ ދަށުން ތަރިކައިގައި ހިމެނޭ ބިމުން ލިބިދިނުމަށް
ވަކި ވާރިސުން ތަކެއްގެ ނަން ކަނޑައަޅައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 15 ވަނަ
މާއްދާއާއި ޚިލާފަށް އެމާއްދާއާއި ތަޢާރުޟުވާ ގޮތަށް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ހުރިހާ ފަނޑިޔާރުން އިއްތިފާޤުވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ
މާއްދާއަށާއި، 271 ވަނަ މާއްދާ އަދި 268 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުދާ ތަރިކައިން
225ޑه
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2008/HC-DM/14
ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާއިދު ގެ 7 ވަނަ ނަންބަރަކީ ބާޠިލު ނަންބަރެއް ކަމަށް
ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
Cuno
ޢަބްދުﷲ ޙަމީދު
(ފަނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
ޢަލީ ޙަމީދު މުޙަ
(ފަނޑިޔާރު)
i
ޓައިޕްކުރީ: މަރީނާމުޙައްމަދު
ޗެކުކުރީ: ޝަކީބާ ސަލީމް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv