ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/328 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/328
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
99
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 328/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އިސްމާޢީލް ވަސީމް
އައިޑީ ކާޑު ނަންބަރ: 064469
A
ދާއިމީ އެޑްރެސް: ހ.އެވަރޗާންސް/މާލެ
މިހާރުގެ އެޑްރެސް: ..އެވަރޗާންސް މާލެ
:
، އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
* އައިޑީކާޑް ނަންބަރު.
* ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
6
، ރަޖިސްޓްރީ ކުރެވުނުތާރީޚް: 28 ޛުލްޤައިދާ 1430
ނިމުނު ތާރީޚް: 12 މުޙައްރަމް 1430
29 ޑިސެމްބަރ 2009
15 ނޮވެމްބަރ 2009
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2009/JC/1770 ނިންމެވިކޯޓް: ޖިނާއީކޯޓް
ޤަޟިއްޔާގެ ބާވަތް: އެކައުންޓްގައި ފައިސާނެތި ޗެކްދޫކޮށް އެޗެކްގައިވާ ޢަދަދަށް ފައިސާނުދެއްކުން
ހުށަހެޅުނުތާރީޚް: 29 ޖުލައި 2009
ނިމުނު ތާރީޚް: 22 އޮކްޓޯބަރ 2009
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
2
2009/HC-A/328
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
މިއީ ޖިނާއީކޯޓުގެ ނަންބަރު 2009/JC/1770 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް
ރަނގަޅުނޫން ކަމަށް ދެކިގެން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް .އެވަރޗާންސް އިސްމާޢީލް ވަސީމް
އިސްތިއުނާފްކުރުމަށް ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ.
މިމައްސަލާގައި އިސްތިއުނާފް ދަޢުވާ ރައްދުވާފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
1770/JC/2009
• ފާހަގަކުރެވުނު ނުކުތާތައް:
ޖިނާއީކޯޓްގެ ނަންބަރު
ޤަޟިއްޔާގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިމިފައިވާގޮތް
ރަނގަޅުނޫންކަމަށް އިސްމާޢީލް ވަސީމުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، މަސްއަލައާއި ގުޅުން ހުރި
ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.
1
(ހ) ޤާނޫނުނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭގޮތުގައި ގެންގުޅޭ ލިޔުމާއިބެހޭ
ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) ގައިވަނީ "މިޤާނޫނުގައިވާގޮތުގެމަތިން ޗެކަކަށް ފައިސާނެގުމަށް
އެތެކެއްގައިވާ ތާރީޚުން ފެށިގެން 06 މަސްދުވަހުގެތެރޭގަ ބޭންކަށް ހުށަހެޅުމުން، ޗެކްދޫކުރި އެކައުންޓްގައި
ފައިސާނެތުމުގެ ސަބަބުން ނުވަތަ އެޗެކްގައިވާ ޢަދަދަށް ފައިސާލިބޭނެގޮތް ހަމަޖައްސާދީފައިނުވުމުގެ ސަބަބުން
ނުވަތަ އެޗެކްގައިވާ ޢަދަދަށް ފައިސާދެވެންނެތްކަން އެޗެކް ހުށަހެޅި ފަރާތަށް ބޭންކުން އަންގާދުވަހުންފެށިގެން
01 މަސްދުވަހުގެތެރޭގައި ޗެކަށް ފައިސާލިބެންވީ ފަރާތުން އެޗެކްގައިވާ ޢަދަދަށް ފައިސާދިނުމަށް އެޗެކްދޫކުރި
ފަރާތަށް
ތަށް ލިޔުމަކުން އެންގުމުން އެއެންގުން އަންގާ ދުވަހުން ފެށިގެން 07 ދުވަހުގެތެރޭގައި އެޗެކްގައިވާ
ޢަދަދަށް ފައިސާނުދީފިނަމަ އެޗެކްދޫކުރިފަރާތް ކުށްވެރިވާނެއެވެ" މިފަދައިންކަން އެނގެއެވެ.
(ނ) އިސްމާޢީލް ވަސީމްގެ މައްޗަށް ދައުލަތުންކޮށްފައިވާ އެކައުންޓްގައި ފައިސާނެތި
ޗެކްދޫކޮށް އެޗެކްގައިވާ ޢަދަދަށް ފައިސާނުދެއްކުމުގެ ކުށްފުރިހަމަވުމަށް ޤާނޫނު ލާޒިމުކުރާ ހުރިހާ އުންސުރެއް
ފުރިހަމަވެފައިވާކަން އިސްމާޢީލް ވަސީމް ތަޙްޤީޤާއި ދަށުކޯޓްގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގެ އިތުރުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުން އެނގެން އޮންނަކަން.
(ނ) ޗެކް ބައުންސްވާ މަސްއަލަތަކުގައި ކޯޓަށް މަސްއަލަ ހުށަހަޅާއިރު ނުވަތަ ޝަރީޢަތުގެ
ޗެކްގައިވާ ފައިސާދައްކައިފިނަމަ ކޯޓުން މަސްއަލާގައި ޙުކުމްނުކުރާން ނުވަތަ މަސްއަލަ އަނބުރާ
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2009/HC-A/328
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
* 2 / މ ގތ
(2ނeއ
ވާލުމަށް ކޯޓަށް ލާޒިމުކުރާ ޤަވާޢިދު ނުވަތަ އުޞޫލެއްނެތްކަން ދެފަރާތުގެ ބަހުން އެނގެންއޮވެފައި
ޤާނޫނުނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭގޮތުގައި ގެންގުޅޭ ލިޔުމާއިބެހޭ ޤާނޫނު) ގެ 39 ވަނަ
މާއްދާގެ (ހ) ގެ ދަށުން ކުށް ފުރިހަމަވުމަށްޓަކައި ބޭނުންވާ ހުރިހާ އެލަމެ ފުރިހަމަވެފައިވާކަން އެނގެން
އޮތްއިރު ޗެކްގައިވާ ފައިސާ ލިބެންވާ ފަރާތުން ފައިސާދެއްކުމަށް ލުޔެއްދިނުމަކީ ނުވަތަ ފައިސާދެއްކުމަށް ކޯޓުން
ފުރުޞަތެއްދިނުމާއި ނުދިނުމަކީ ޗެކްދޫކޮށް އެޗެކުގައިވާ ޢަދަދަށް ފައިސާނުދެއްކުމުގެ ކުށުން ޗެކްދޫކުރި ފަރާތް
ބަރީއަވާންޖެހޭ ސަބަބެއްކަ
ބެލެވޭނެ ޤާނޫނީ އެއްވެސް ހަމައެއްނެތްކަން.
04)
8އެކަމަށް
ޙުކުމް:
ވީމާ، ހ.އެވަރޗާންސް އިސްމާޢީލް ވަސީމްގެ އެކައުންޓްގައި ފައިސާނެތި ޗެކްދޫކޮށް
އެޗެކުގައިވާ ޢަދަދަށް ފައިސާނުދެއްކުމުގެ ކުށުން އިސްމާޢީލް ވަސީމް ކުށްވެރިވެއްޖެކަމަށް ޖިނާއީކޯޓްގެ
ނަންބަރު 2009/JC/1770 ޤަޟިއްޔާގައި ކަނޑައަޅުއްވާ އިސްމާޢީލް ވަސީމް 06 މަސްދުވަހުގެ މުއްދަތަށް
އަރުވާލުމަށް ޙުކުމްކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް މިމަސްއަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓްގެ އެއްވެސް ފަނޑިޔާރަކަށް ބުރަނުވެވޭތީ ޖިނާއީކޯޓްގެ ނަންބަރު
2009/JC/1770 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނާނެ ހަމައެއްނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލާ ޙުކުމްކުރީ:
Mwand
އާދަމް މުޙައްމަދު ޢަބްދު
އަޙްމަދު ޝަރީފު ޢަލީ
ފަނޑިޔާރު
ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު
ފަނޑިޔާރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv