ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/223 ޤަޟިއްޔާގެ ޙުކުމް
1
2{{39/HC-A/223
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ރަތް ކަން
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 223/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލް: އ. ޕަބްލިކް ޕްރޮސިކިއުޓަރ އޖ. ޖިހާދާ އަނީސް
xo
2 ތ 0
2
0 ތ 2
0
• އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: ޙަސަން ޢާޠިފް
ދާއިމީ އެޑްރެސް: މއ. ސެވަން
މިހާރުގެ އެޑްރެސް: މއ. ސެވަންއެންޑްހައުސް
އައި.ޑީ.ކާޑު ނަންބަރު: A317289
• ރަޖިސްޓްރީކުރި ތާރީޚް: 11 ޝަޢުބާން 1430
08 އޯގަސްޓް 2009
ނިމުނު ތާރީޚް: 17 ރަބީޢުލްއައްވަލް 1439
ޖަނަވަރީ
30
2012
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2009/JC/367
ނިންމެވިކޯޓު: ޖިނާއީ ކޯޓު
• ޤަޟިއްޔާގެބާވަތް: އަމުރަށްނުކިޔަމަންތެރިވުން
ހުށަހެޅުނުތާރީޚް: 18 ފެބްރުއަރީ 2009 ނިމުނު ތާރީޚް: 21 އޭޕްރިލް 2009
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2{{39/HC-A/223
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓްގެ ނަންބަރު 2009/JC/367 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤާޟިއްޔާގައި
މައްސަލަ ރައްދުވާ ފަރާތަކީ މއ. ސެވަންއެންޑްހައުސް ޙަސަން ޢާޠިފްއެވެ.
ފާހަގަކުރެވުނު ނުކުތާތައް
ox
ޖިނާއީ
ކޯޓްގެ ނަންބަރު 2009/JC/367 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތް ނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުންއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/367 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ މއ. ސެވަންއެންޑްހައުސް ޙަސަން ޢާޠިފް 01 މެއި 2005 ދުވަހުގެ ރޭ ދަންވަރު
01:30 ހާއިރު މާލެ/ ގ. ކުޑަފަރީގެ ޢަލީ މުޞްޠަފާގެ ފައިސާތަކަކާއި، މޯބައިލްފޯނު ފޭރިގަތްކަމަށް ތުހުމަތު
ކުރެވުނު މައްސަލައެއްގައި މީނާގެ
ބަލާފާސްކުރުމަށް މީނާގޮވައިގެން ފުލުހުންގެ ވެހިކަލުގައި އައިސް
އެވެހިކަލް މަޑުކޮށްލިވަގުތު މީން އެވެހިކަލުން ފުންމާލައިގެން ފިލާފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ
މާއްދާގެ (ހ) ގެދަށުން ޙަސަން ޢާޠިފްގެ މައްޗަށް އަމުރަށްނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާ ދައުލަތުން
ކުރުމުން، އެކޯޓުން ބައްލަވާ ނިންމަވާފައިވާ މައްސަލައެއްކަން އެނގެން
3. މިމައްސަލައާ ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު 2009;JC!367 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. "ދެންފަހެ، މާލެ
ސެވަންއެންޑްހައުސް ޙަސަން ޢާޠިފްގެ މައްޗަށް ދައުލަތުން ދަޢުވާކުރި، އަމުރަށްނުކިޔަމަންތެރި ވުމުގެ
މައްސަލަ ޝަރީޢަތުން ބެލިބެލުމުން، ޙަސަން ޢާޠިފް ކޮށްފައިވާ ޢަމަލަކީ އޭރު ކުށެއްކަން އަންގައިދޭ ޤާނޫނެއް
އަދި ޤަވާޢިދެއް ނެތުމުން ޙަސަން ޢާތިފްގެ މައްޗަށް ދައުލަތުން ކުރި އަމުރަށްނުކިޔަމަންތެރިވުމުގެ ކުށް ޙަސަން
ޢާޠިފްގެ މައްޗަށް މައްޗަށް ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ
ނިންމީއެވެ." މިފަދައިންނެވެ.
0
2xޑ
ނއވއވެ
|
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWw.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2{{39}HC-A/223
0x82
کرمی
4 ޖިނާއީކޯޓުގެ ނަންބަރު 2009/JC;367 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅައި
އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: މއ. ސެވަންއެންޑްހައުސް ޙަސަން ޢާޠިފްގެ މައްޗަށް ދައުލަތުން ދަޢުވާކުރި
އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މައްސަލަ ޝަރީޢަތުން ބެލި ބެލުމުން، ޙަސަން އާޠިފު ކޮށްފައިވާ ޢަމަލަކީ
އޭރު ކުށެއްކަން އަންގައިދޭ ޤާނޫނެއް އަދި ޤަވާޢިދެއް ނެތުމުން ޙަސަން ޢާޠިފުގެ މައްޗަށް ދައުލަތުން
ދަޢުވާކުރި އަމުރަށްނުކިޔަމަންތެރިވުމުގެ ކުށް ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވާއިރު މިކަމަކީ
01 މެއި 2005 ގައި ހިނގާފައިވާ ޙާދިސާއެއް ކަމަށްވެފައި، މިފަދަ އެހެން މައްސަލަތަކުގައި ކުށް ސާބިތުވެ
ނިމިފައިވާތީ، އޭރު ކޯޓުން ޢަމަލުކުރައްވަމުންދިޔަ އުސޫލާ ޚިލާފަށް މިމައްސަލަ ނިންމަވާފައިވާކަމަށާއި،
އުވިދިޔަ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާއަށް ރިޢާޔަތް ކުރުމުން ސަރުކާރުން ޢަމަލު ކުރަމުންދިޔަ
އުޞޫލުތަކަކީވެސް ޤާނޫނުކަމަށް މާނަކުރެވޭ ހިނދު އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
ހ) ދެވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
5. މިމައްސަލައާއިގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކަށާއި އަދި ޖިނާއީކޯޓުގެ ނަންބަރު 2009/JC/367 ޤަޟިއްޔާ
ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު، މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މުންކަރާތަކަށް ނުވަތަ ނުބައިކަމަކަށް ނުވާ ކޮންމެ ކަމެއްގައި ވެރިންގެ އަމުރަށް
ކިޔަމަންގަތުމަކީ ޤާނޫނެއް ނުވަތަ ޤަވާއިދެއްގައި އެހެންގޮތަކަށް ކަނޑައެޅިފައިނުވާނަމަ އަދާކުރަންޖެހޭ
ޒިންމާއެއްކަމާއި، ތަޙުޤީޤުކުރާ ފަރާތުގެ ވާޖިބު އަދާކުރުމަށް އެހީތެރިވެދިނުމާއި އެފަރާތަށް އެއްބާރުލުންދިނުމަކީ
ވެރިންގެ އަމުރަށް ކިޔަމަންގަތުމުގެ ތެރޭގައި ހިމެނޭކަމެއްކަމާއި، ޝަރުޢީގޮތުންކުރާ އަމުރަށް
ނުކިޔަމަންތެރިވުމަކީ ކުށެއް ކަމުގައި މިހާތަނަށް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ބެލެވި އަދަބު
ދެވިފައިވާކަމާއި ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުންކުރާ އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަން
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގައި ކަޑައެޅިފައިވާކަމާއި، އެހެންކަ
ންކަމުން އެމާއްދާގައި ކަނޑައެޅިފައިޠާމްޖޭގެ
49
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2{{39}HC-A/223
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
މަފުހޫމަށް ބަދަލެއް އައިސްފައި ނުވާކަން އެނގެން އޮތްކަން ފާހަގަކުރެވޭކަމެވެ.
(ށ) ދެވަނަ ކަމަކީ، ތަޙުޤީޤުކުރާ ފަރާތުގެ ބެލުމުގެ ދަށުގައި ވަނިކޮށް ފިލުންފަދަ ތަޙުޤީޤަށް ހުރަސް
އެޅޭފަދަ ޢަމަލުތަކަކީ ކުށް ކަމުގައި ޤާނޫނުގެ ރައްސެއްގައި ކަނޑައެޅިފައިނެތްނަމަވެސް، އިސްލާމީ
ޝަރީޢަތުގައި މަނާ ކަންތައްތަކެއްކަމަށް ބެލެވެންޖެހޭ އެފަދަ އެންމެ
އިންމެހާ ޢަމަލުތަކަކީ، ޤާނޫނެއް ނުވަތަ
ޤަވާއިދެއްގައި އެހެންގޮތަކަށް ކަނޑައެޅިފައިނުވާނަމަ، ކުށުގެ ޢަމަލުތަކެއްކަމަށް ބެލުމަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 59 ވަނަ
މާއްދާއަށް ރިޢާޔަތްކޮށް ބަލާއިރު ލާޒިމުކަމެއްކަމާއި، އަދި ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް
ކަނޑައެޅިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް
ފަނޑިޔާރުން ރިޢާޔަތްކުރަންވާނެކަމަށް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ޞަރީޙަ ޢިބާރާތުން
ބުނެފައިވާތީއާއި، މިފަދަ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 310/HC
-
A/2009 ޤަޟިއްޔާގައި ކަނޑައެޅި ނިމިފައިވާކަން އެނގެން އޮންނަކަމާއި،
އަދި ކުށެއްގެ ތުހުމަތުގައި ތަޙުޤީޤުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ތުހުމަތުކު
ޤަތުކުރެވުނު
ފަރާތް ފިލި މިފަދަ އެހެން މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 120/HC
-
A/2009
ޤަޟިއްޔާގައި ވެސް ބައްލަވައި އެފަދަ މައްސަލަތަކުގައި ޢަމަލުކުރާނެ އުސޫލު ކަނޑައަޅުއްވާފައިވާކަން ފާހަގަ
ކުރެވޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޖިނާއީކޯޓުގެ ނަންބަރު JC2009:367 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގެ
މިޤަޟިއްޔާގައި އިސްތިއުނާފުކުރެވުމުން، ޙަސަން ޢާޠިފް ޙާޟިރުކޮށް މައްސަލައިގެ ޝަރީޢަތް ޙަސަން ޢާޠިފްގެ
ޙާޟިރުގައި ހިންގިފައިވަނިކޮށް، އޭގެފަހުން ޙަސަން ޢާޠިފް ޙާޟިރުކުރަން ބެލިއިރު، ދީފައިވާ އެޑުރެހުގައި
ޙަސަން ޢާޠިފް ނޫޅުމުގެ ސަބަބުންނާއި އަދި ދައުލަތުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ކުރެވުނު
މަސައްކަތުންވެސް ޙަސަން ޢާޠިފް އުޅޭ ތަނެއް އެނގޭގޮތް ނުވުމުގެ ސަބަބުން، ކޯޓަށް ޙާޟިރުވުމުގެ އަމުރު
ޙަސަން ޢާޢިފަށް ރައްދުކުރެވޭގޮތް ނުވުމުން، މިކޯޓަށް ޙާޟިރުވުމަށާއި ޙާޟިރުނުވިނަމަ، ޙަސަން ޢާޠިފްގެ
ޣައިރު ޙާޟިރުގައި މިމައްސަލަ ނިންމާނެކަން މިކޯޓުގެ ނަންބަރު IUL
)
95
-
B1
/
165
/
2012
/
1)
(12 ޖަނަވަރީ 2012) އިޢުލާނު މެދުވެރިކޮށް ޙަސަން ޢާޠިފްއަށް އަންގައި އިޢުލާނުކުރެވި
ދތު 2
/
<< O
2 20
ވިފައިވުމާއެކުވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ން 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2{{39}HC-A/223
ޙަސަން ޢާޠިފް ޙާޟިރުވެފައިނުވާތީ، ހައިކޯޓުގެ ޤަވާޢިދުގެ ޖަދުވަލު 1 ގެ 17 ވަނަ މާއްދާގެ (ށ) އާ
ޙަވާލާދީ، ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން،
މިމައްސައިގެ ޙުކުމްކުރެވެނީ ޙަސަން ޢާޠިފްގެ ޣައިރު ޙާޟިރުގައެވެ.
އެހެންކަމުން، މިމައްސަލަ ބެލި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ޖިނާއީކޯޓުގެ
ނަންބަރު 2009/JC/367 ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާގައި ބަޔާންކޮށްފައިވާފަދަ ޢަމަލުތަކަކީ ކުށުގެ
ޢަމަލުތަކެއްކަން ބަޔާންކުރެވިދިޔަ ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން އެނގެން އޮތުމުންނާއި، މިފަދަ
މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009
ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 120/HC
-
A/2009 ޤަޟިއްޔާގައި ކަނޑައެޅިފައިވުމުން،
މިމައްސަލައަކީ ދައުލަތުގެ ފަރާތުން އަލުން ހުށަހަޅައިފިނަމަ، މިފަދަ ޢަމަލުތައް ތަޖުރީމުކުރުމުގައި
ޢަމަލުކުރަންޖެހޭ، ބަޔާންކުރެވިދިޔަ ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ އަލީގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 310/HC
-
A/2009 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 120/HC
-
A/2009
ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ދަށު ކޯޓުން އަލުން ބައްލަވައި ހުށަހެޅޭ
ހެކިތަކާއި ޤަރީނާތަކުގެ އަލީގައި އެދަޢުވާގެ މައުޟޫޢާމެދު ފައިޞަލާ ކުރަނިވި ޙުކުމެއް ކުރައްވަން ޖެހޭނެ
މައްސަލައެއް ކަމަށެވެ.
އެންމެ-
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، މާލެ/ މއ. ސެވަންއެންޑްހައުސް
ޙަސަން ޢާޠިފުގެ މައްޗަށް ދައުލަތުން ދަޢުވާކުރި، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މައްސަލަ ޝަރީޢަތުން
ބެލިބެލުމުން، ޙަސަން ޢާޠިފު ކޮށްފައިވާ ޢަމަލަކީ އޭރު ކުށެއްކަން އަންގައިދޭ ޤާނޫނެއް އަދި ޤަވާޢިދެއް
ނެތުމުންކަމަށް ވިދާޅުވެ، ޙަސަން ޢާޠިފްގެ މައްޗަށް ދައުލަތުން ކުރި އަމުރަށްނުކިޔަމަންތެރިވުމުގެ ކުށް ޙަސަން
ޢާޠިފުގެ މައްޗަށް ސާބިތު ނުވާކަމަށް ކަނޑައަޅުއްވައި، ޖިނާއީކޯޓުގެ ނަންބަރު 2009/JC/367 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމުގައި ކަނޑައަޅައި، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/367
ޤަޟިއްޔާގައި ހުށަހެޅިފައިވާ ދަޢުވާއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަލުން ހުށަހަޅައިފިނަމަ
އެދަޢުވާގައި ބަޔާންކޮށްފައިވާފަދަ ޢަމަލުތައް ތަޖުރީމުކުރުމުގައި ޢަމަލުކުރަންޖެހޭ، ބަޔާންކުރެވިދިޔަ ޤާނޫނީ
ދިވެހި
ދިވެހިޔާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2{{39/HC-A/223
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ޝަރުޢީ ހަމަތަކުގެ އަލީގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009 ޤަޟިއްޔާއާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 120/HC
-
A/2009 ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި
އެއްގޮތްވާގޮތުގެ މަތިން ދަށުކޯޓުން އަލުން ބައްލަވައި ހުށަހެޅޭ ހެކިތަކާއި ޤަރީނާތަކުގެ އަލީގައި އެދަޢުވާގެ
މައުޟޫޢާމެދު ފައިޞަލާ ކުރަނިވި ޙުކުމެއް ކުރައްވަން ޖެހޭ މައްސަލައެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއް
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙަސަން ޢާޠިފްގެ ޣައިރު ޙާޟިރުގައި ޙުކުމް ކޮށްފީމެވެ.
4 22
مرتے کہ
މިޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީގެ
ޢަބްދުﷲ ޙަމީދު
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއް
ހުއިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ( ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWw.highcourt.gov.mv