ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/181 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{013/HC-A/181
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 181/HC-A/2013
• އިސްތިއުނާފުކުރި ފަރާތް: ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމް (ޕަވަރ އޮފް އެޓަރނީގެ
ދަށުން ސުއޫދާ އެންޑް އަންވަރު، އެލް.އެލް.ޕީ) ދާއިމީ އެޑްރެސް: ހ. އޯކިޑްމާގެ
މިހާރުގެ އެޑްރެސް: ފ. އޯކިޑްމާގެ
ރެޖިސްޓްރީ ނަންބަރު: 0178
/
2002-P
* ވަކީލު: އގ. ހުސްނު ސުއޫދު، އައިޑީ ކާޑު ނަންބަރު A053050
0
**
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑް ދާއިމީ އެޑްރެސް: ގ. ޕެންޒީއާގެ
މިހާރުގެ އެޑްރެސް: ފ. ޕެންޒީއާގެ
ރެޖިސްޓްރީ ނަންބަރު: 237
/
99-C
ބަދަލުގައި: އގ. ޢަލީ ޢާމިރު، އައިޑީ ކާޑު ނަންބަރު A001986
މައްސަލައިގައި ތަދައްޚުލްވި ފަރާތް: ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
0
:
• ހުށަހެޅުނު ތާރީޚް: 29 މެއި 2013
ނިމުނު ތާރީޚް: 19 އޯގަސްޓް 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/1477
ނިންމެވިކޯޓު: ސިވިލް ކޯޓު
• ހުށަހެޅުނު ތާރީޚް: 03 ސެޕްޓެމްބަރު 2012 * ނިމުނު ތާރީޚް: 26 ޑިސެމްބަރު 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2{013/HC-A/181
ދަޢުވާގެ ޚުލާޞާ:
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1477 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން
ސިސްޓަމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިޢުނާޕީ ދަޢުވާ ރައްދުވަނީ ފެއަރލައިން ޑިޒައިންސް ޕްރައިވެޓް
ލިމިޓެޑްއަށެވެ. އަދި މިޤަޟިއްޔާއަށް ދިވެހި ދައުލަތުގެ ފަރާތުން ތަދައްޚުލް ވެފައިވެއެވެ.
0
އެ
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1477 ޤަޟިއްޔާއަކީ، މަދަނީ ކޯޓުގެ ނަންބަރު
2008/MC/281 ޤަޟިއްޔާއިން ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޘާބިތުވެފައިވާ
ދަރަންޏަށް ޙުކުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/281
ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމަށް ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމްގެ ފަރާތުން
ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއިގެ
ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ: ”ދެންފަހެ، މަދަނީ ކޯޓުގެ ނަންބަރު
2008/MC/281 ޤަޟިއްޔާއިން ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޘާބިތުވެފައިވާ
ދަރަންޏަށް ޙުކުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/281
ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމަށް ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމްގެ ފަރާތުން
ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުށަހެޅި ޙުކުމް ތަންފީޛުކުރުމުގެ މިދަޢުވާއަށް
ބެލިއިރު،
މަދަނީ ކޯޓުގެ ނަންބަރު 2008/MC/281 ޤަޟިއްޔާއިން ޖަޕާން އިންޓަރނޭޝަނަލް
ކޯޕަރޭޝަން ސިސްޓަމަށް ދެއްކުމަށް ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރައްވާފައިވާ
ޙުކުމުގައި ކަނޑައަޅުއްވާފައިވާ 564,133.75$US (ފަސްލައްކަ ފަސްދޮޅަސް ހަތަރުހާސް އެއްސަތޭކަ
ތެއްތިރީސް ޕޮއިންޓް ހަތެއް ފަހެއް އެމެރިކާ ޑޮލަރު) ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ޖަޕާން
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{013/HC-A/181
އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމަށް ދައްކާ ޚަލާޞްކޮށްފައިކަން ޚުދު ޖަޕާން އިންޓަރނޭޝަނަލް
ކޯޕަރޭޝަން ސިސްޓަމްގެ ބަހުންނާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު:
2012
/
856/N3
/
PRIV-13 (12 ނޮވެމްބަރ 2012) ސިޓީއަށް ބެލުމުން އެނގެން އޮތުމުން، މަދަނީ
ކޯޓުގެ ނަންބަރު 2008/MC/281 ޤަޟިއްޔާއިން ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާ ދިވެހި ސަރުކާރުގެ
ފަރާތުން ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމަށް ދީ މަދަނީ ކޯޓުގެ ނަންބަރު 2008/MC/281
ޤަޟިއްޔާއިން ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޘާބިތުވެފައިވާ ދަރަނި
ޚަލާޞްކޮށްފައިވާކަން އެނގެން އޮތަތީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/281 ޤަޟިއްޔާގެ ޙުކުމް
ތަންފީޛުވެ ނިމިފައިވާ ކަމުގައި ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.” މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
02- ސިވިލް ކޯޓުގެ ނަންބަރު: 2012/Cv-C/1477 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމް
ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާ މެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއީ
މަދަނީ ކޯޓުގެ ނަންބަރު 2008/MC/281 ޤަޟިއްޔާއާއި ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކާއި،
ދައްކާފައިވާ ވާހަކަތަކުން މައްސަލަ ބެއްލެވި މަޖިލީހަށް ފާހަގަކުރެވުނު ނުކުތާތަކުގެ ތެރެއިން ދެވަނަ
ނުކުތާގައި، ބަޔާންކޮށްފައިވާ ވާހަކަތަކަށް ބިނާކޮށް މައްސަލައިގައި ގޮތެއް ކަނޑައަޅުއްވާފައިވާއިރު، ޖަޕާން
އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމްގެ ފަރާތުން 29 ނޮވެމްބަރ 2012 ގައި ހުށަހަޅާފައިވާ ބަޔާނާއެކު
ހުށަހަޅާފައިވާ ޔައުމިއްޔާއަށް ރިޢާޔަތްކޮށްފައި ނުވާކަމާއި، މަދަނީ ކޯޓުގެ ނަންބަރު 2008/MC/281
ޤަޟިއްޔާއިން ދަރަނި ޘާބިތުވި ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ޘާބިތުވި ދަރަނި
ޚަލާޞްކޮށްފައި ނުވާކަން ސާބިތުވާ ޙާލުގައި އެދަރަނި ޚަލާޞްކޮށްފައިވާކަމަށް ޙުކުމް ކުރެއްވުން ކަމަށްބުނެ
ފާހަގަކުރި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{013/HC-A/181
03- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1477 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާ ގުޅިގެން ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައިގައި މަސްލަޙަތު އޮތް ފަރާތެއްގެ
ޙައިސިއްޔަތުން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހަށް
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1477 ޤަޟިއްޔާއަކީ، މަދަނީ ކޯޓުގެ ނަންބަރު
2008/MC/281 ޤަޟިއްޔާއިން ސާބިތުވެގެން ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމަށް،
ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ 564,133.75$US (ފަސްލައްކަ
ފަސްދޮޅަސް ހަތަރުހާސް އެއްސަތޭކަ ތެއްތިރީސް ޕޮއިންޓް ހަތެއް ފަހެއް އެމެރިކާ ޑޮލަރު) ޙުކުމާއި އެއްގޮތަށް
ދައްކާފައިނުވާތީ، ޙުކުމް ތަންފީޛު ކޮށްދިނުމަށް އެދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމުން
ކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން
ހ(993
E & $=
އފއވ.
(ށ) މަދަނީ ކޯޓުގެ ނަންބަރު 2008/MC/281 ޤަޟިއްޔާއިން ފެއަރލައިން ޑިޒައިންސް ޕްރައިވެޓް
ލިމިޓެޑްގެ މައްޗަށް ޘާބިތުވެފައިވާ ދަރަނި ޙުކުމާއެއްގޮތަށް ދައްކާ ޚަލާޞްކޮށްފައިވާތީ، މަދަނީ ކޯޓުގެ ނަންބަރު
2008/MC/281 ޤަޟިއްޔާގެ ޙުކުމް ތަންފީޛުވެ ނިމިފައިވާ ކަމުގައި ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1477 ޤަޟިއްޔާއިން ޙުކުމްކޮށްފައިވަނީ، މައިގަނޑު ދެކަމެއްގެ މައްޗަށް ބައްލަވައި
ރިޢާޔަތްކުރައްވައިގެން ކަމާއި، އެއީ،
ނޮވެމްބަރު 29 ވަނަ ދުވަހު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް، ޖަޕާން
އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމުގެ ފަރާތުން ދީފައިވާ ބަޔާނާއި،
2012
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/181
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު: 2012
/
856/N3
/
PRIV-13 (12
ނޮވެމްބަރ 2012) ސިޓީއަށްކަން، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1477 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
ބޮއެފެން
(ނ) 2012 ނޮވެމްބަރު 29 ވަނަ ދުވަހު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް، ޖަޕާން
އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމުގެ ފަރާތުން ދީފައިވާ ބަޔާނަށް ބަލާއިރު، ފެއަރލައިން ޑިޒައިންސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމަށް، މަދަނީ ކޯޓުގެ ނަންބަރު
2008/MC/281 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ދައްކަންޖެހޭ ދަރަނި، ޖަޕާން ސަރުކާރާއި ދިވެހި
ސަރުކާރާއި ދެމެދުގައިވާ އަންޑަސްޓޭންޑިން އެއްގެ ދަށުން ދިވެހި ސަރުކާރުންވަނީ މި ދަރަންޏަށްވާ ފައިސާ،
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމަށް ދައްކާފައިވާ ކަމުގައި ބުނެފައިވާއިރު، ޖަޕާން
އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމުގެ މިބަހުގެ މައްޗަށް ބަލައި ދިވެހި ސަރުކާރުގެ ބަހެއް ޝަރީޢަތުން
ހޯދާފައިނުވާކަމާއި؛
2014 މެއި 28 ވަނަ ދުވަހު މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ޝަރީޢަތުގެ މަޖިލީހުގައި، 29 ނޮވެމްބަރ 2012 ގައި ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް، ޖަޕާން
އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމުގެ ފަރާތުން ދީފައިވާ ބަޔާނަށް ދައުލަތުން އިންކާރު ކޮށްފައިވާކަމާއި،
މިގޮތުން ދިވެހި ސަރުކާރުން ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމަށް ދިން ފައިސާއަކީ، އެއްވެސް
ހާލެއްގައި މަދަނީ ކޯޓުގެ ނަންބަރު 2008/MC/281 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން
ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމަށް
ދައްކަންޖެހޭ ފައިސާ ދިވެހި ސަރުކާރުގެ ފަރާތުން ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމަށް ދެއްކީ
ނޫންކަމާއި،
ދިވެހި ސަރުކާރުން ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމަށް ދިން ފައިސާއަކީ، މަދަނީ
ކޯޓުގެ ނަންބަރު 2008/MC/281 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާ އެއްގޮތަށް ފެއަރލައިން ޑިޒައިންސް
ޕްރައިވެޓް ލިމިޓެޑުން ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމަށް ފައިސާ ދެއްކުން
ތ ދ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{013/HC-A/181
ބޮއއ
ލަސްވަ މުންދިއުމާއެކު، ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ސުނާމީ ކާރިސާގައި ގެއްލުން ލިބުނު
ދޯނިފަހަރު ބަނދެ ދިނުމުގެ މަޝްރޫޢު ނިމެންއޮތް ގޮތަކީ، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމަށް
ފައިސާލިބިގެން ކަމަށްވާތީއާއި އަދި ދިވެހިސަރުކާރާއި ޖަޕާނުސަރުކާރާއި ދެމެދު އޮތް ގާތްގުޅުމަށް ބުރުލެއް
އެރިޔަ ނުދިނުމުގެ ގޮތުން، ދިވެހި ސަރުކާރުން ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމަށް ދީފައިވާ
ފައިސާއެއްކަމަށް ދައުލަތުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެންއޮވެއެވެ.
CCCX.c.
44
(ށ) މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު: 2012
/
856/N3
/
PRIV-13 (12
ނޮވެމްބަރ 2012) ސިޓީއަށް ބަލާއިރު، އެސިޓީއަކީ، 31 އޮކްޓޯބަރ 2012 ގައި ފެއަރލައިން ޑިޒައިންސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުއްވި އެކުންފުނީގެ
ނަންބަރު: 001/MIS/2012 ސިޓީއާއި ގުޅިގެން އޭގެ ޖަވާބުގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެޜަރީއިން ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީއެއްކަން އެނގެން
އޮންނަކަމާއިގެ
ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު: 001/MIS/2012 ސިޓީއާއި
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު: 2012
/
856/N3
/
PRIV-13 (12 ނޮވެމްބަރ
2012) ސިޓީއަށް ބަލާއިރު އެއްވެސް ސިޓީއެއްގައި، މަދަނީ ކޯޓުގެ ނަންބަރު 2008/MC/281
ޤަޟިއްޔާއިން ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޘާބިތުވެފައިވާ ދަރަންޏާއި ގުޅޭ
އެއްވެސް ޢިބާރާތެއް ނުވަތަ ލަފްޒެއްވެސް ޒިކުރުވެފައިނުވާކަމާއިގެ
އިތުރުން،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު:
2012
/
856/N3
/
PRIV-13 (12 ނޮވެމްބަރ 2012) ސިޓީއަށް ބަލާއިރު، މިނިސްޓްރީ އޮފް ފިނޭންސް
އެންޑް ޓްރެޜަރީގެ ފަރާތުން ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމަށް 565,310.40$US
(ފަސްލައްކަ ފަސްދޮޅަސް ފަސްހާސް ތިންސަތޭކަ ދިހައެއް ޕޮއިންޓް ހަތަރެއް ސުމެއް އެމެރިކާ ޑޮލަރު)
ދީފައިވާކަން އެނގެން އޮންނައިރު، މަދަނީ ކޯޓުގެ ނަންބަރު 2008/MC/281 ޤަޟިއްޔާއިން ސާބިތުވެގެން
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމަށް، ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑުން ދޭންޖެހޭ
އޭގެ
ucou
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{013/HC-A/181
ފައިސާގެ ޖުމްލަ އަދަދަކީ، 564,133.75$US (ފަސްލައްކަ ފަސްދޮޅަސް ހަތަރުހާސް އެއްސަތޭކަ
ތެއްތިރީސް ޕޮއިންޓް ހަތެއް ފަހެއް އެމެރިކާ ޑޮލަރު) ކަން، މަދަނީ ކޯޓުގެ ނަންބަރު 2008/MC/281
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮތުމުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެޜަރީގެ ފަރާތުން ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމަށް ދީފައިވާ ފައިސާގެ މިންވަރާއި،
މަދަނީ ކޯޓުގެ ނަންބަރު 2008/MC/281 ޤަޟިއްޔާގެ ދަށުން ފެއަރލައިން ޑިޒައިންސް ޕްރައިވެޓް
ލިމިޓެޑުގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ މިންވަރު ތަފާތުކަން ސާބިތުވާކަމާއި؟
އެހެންކަމުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ޖަޕާން އިންޓަރނޭޝަނަލް
ކޯޕަރޭޝަން ސިސްޓަމަށް ދީފައިވާ ފައިސާއަކީ، އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު
2008/MC/281 ޤަޟިއްޔާއިން ސާބިތުވެގެން ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމަށް،
ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑުން ދޭންޖެހޭ ފައިސާކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން
ލެވެންނެތްކަން އެނގެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 2012/Cv
-
C/1477 ޤަޟިއްޔާގައި، އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނެވެ.
etcu
0
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
މަދަނީ ކޯޓުގެ ނަންބަރު 2008/MC/281 ޤަޟިއްޔާއިން ފެއަރލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑްގެ
މައްޗަށް ޘާބިތުވެފައިވާ ދަރަނި ޙުކުމާއެއްގޮތަށް ދައްކާ ޚަލާޞްކޮށްފައިވާކަމަށް ކަނޑައަޅުއްވާ ސިވިލް ކޯޓުގެ
ނަންބަރު 2012/Cv-C/1477 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ރަގަޅަށް ކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަސްވެވިފައިނުވާތީ، ސިވިލް ކޯޓުގެ
ނަންބަރު 2012/Cv-C/1477 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، މަދަނީ ކޯޓުގެ ނަންބަރު
2008/MC/281 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2013/HC-A/181
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސިސްޓަމުގެ ފަރާތުން ހުށަހަޅައިފިނަމަ، މިޤަޟިއްޔާގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ އަލީގައި އަލުން
އެމައްސަލަ ބެލުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
އަންގާ ޙުކުމްކޮށްފީމެވެ.
cc
ހައިކަ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv