ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/88 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/38
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
i
.ޑީ
• ޤަޟިއްޔާ ނަންބަރ: 88/HC-A/2012
• އިސްތިއުނާފުކުރި ފަރާތް:
(1) * ނަން: އައިޝަތު ލިއުޝާ * ދާއިމީ އެޑްރެސް: ވ. ރައްސާމް
އައިޑީ ކާޑު ނަންބަރ: A153504 މިހާރުގެ އެޑްރެސް: ބ. ހިލާލު
ވަކީލު:
އަރީފު އަޙްމަދު ނަޞީރު
(2) * ނަން: ފާޠިމަތު ލިއުޝާ
ދާއިމީ އެޑްރެސް: ވ. ރައްސާމް
އައިޑީ ކާޑު ނަންބަރ: A127909 މިހާރުގެ އެޑްރެސް: މއ. މެންޝަން ހައުސް
ވަކީލު: އަރީފު އަޙްމަދު ނަޞީރު
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ވަޙީދު
ދާއިމީ އެޑްރެސް: ރ. ރަސްގެތީމު ރައްސާމް
އައިޑީ ކާޑު ނަންބަރ: A042342 މިހާރުގެ އެޑްރެސް: ރ. ރަސްގެތީމު ރައްސާމް
ބަދަލުގައި: މޒ. ޢަބޫބަކުރު މުޙައްމަދު، އައިކާޑު ނަންބަރު A076502
• ހުށަހެޅުނު ތާރީޚް: 19 މާރޗް 2012
ނިމުނު ތާރީޚް:
ޚް: 30 ސެޕްޓެމްބަރ 2012
0
މައްސަލައިގެ ބާވަތް: ބިން ނުވަތަ ގޯތިވިއްކުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު
އަޒްމިރާލްދާ
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/88
ދަޢުވާގެ ޚުލާޞާ:
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1463 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
މަށް ވ. ރައްސާމް ޢައިޝަތު ލިއުޝާ
އާއި ފާޠިމަތު ލިއުޝާ ހުށަހެޅުމުން ބެލި ޤަޟިއްޔާ
ޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ ރަސްގެތީމުގެ ރައްސާމް މުޙައްމަދު ވަޙީދު އަށެވެ.
CCC.
.
0
ފާހަގަކުރެވުނު ނުކުތާތައް
ol- ސިވިލް ކޯޓުގެ ނަންބަރު2011/Cv
-
C/1463 ޤަޟިއްޔާ އަކީ، ރަސްގެތީމު ރައްސާމް
މުޙައްމަދު ވަޙީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވ. ރައްސާމް އެވެ ކިޔާ 600 (ހަސަތޭކަ) އަކަފޫޓްގެ
އަމިއްލަ ގޯއްޗާއި އެގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ވ. ދާރުލްއަމަން އަނީސާ ޢަލީއަށް -/150,000
(އެއްލައްކަ ފަންސާސްހާސް) ގެ އަގަށް ވިއްކުމުން އެ އަގަށް އަނީސާ ޢަލީ ގަނެ މިވިޔަފާރި ޢަޤުދުކޮށް،
މިވިޔަފާރީގެ އަގު ޚަލާޞްކޮށްފައިވާތީ، މިވިޔަފާރީގެ މުޢާމަލާތް ޞައްޙަކަމަށް ކަނޑައަޅައި ދިނުމަށް އެދި
މުޙައްމަދު ވަޙީދު ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއިގެ
އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ: [ދެންފަހެ، ރަސްގެތީމު ރައްސާމް
(މ.ވެސްޓްއެންޑް ލޮޖް) މުޙައްމަދު ވަޙީދު (ދ.ރ.ކާޑު
ނަންބަރު A042342) ގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ ވ. ރައްސާމް އެވެ ކިޔާ 600 (ހަސަތޭކަ) އަކަފޫޓްގެ އަމިއްލަ ގޯއްޗާއި އެގޯތީގައިވާ
ޢިމާރާތްތަކާއި ނުއުފުލޭ މުދާ -/150,000 ރ. (އެއްލައްކަ ފަންސާސްހާސް) ގެ އަގަށް ދާރުލްއަމަން
އަނީސާ ޢަލީ (ދ.ރ.ކާޑު ނަންބަރު A12792) އަށް ވިއްކުމުން މިއަގަށް ވ. ރައްސާމް އެވެ ކިޔާ ގޯއްޗާއި
އެގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ އަނީސާ ޢަލީގެ ފަރާތުން ގަނެ، މިވިޔަފާރި ޢަޤުދުކޮށް، މިވިޔަފާރީގެ
އަގު ދައްކާ ޚަލާޞްކޮށްފައިވާތީ، މިވިޔަފާރީގެ ޞައްޙަކަމަށާއި، މިވިޔަފާރީގެ ސަބަބުން މުޙައްމަދު ވަޙީދުގެ
ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވ. ރައްސާމް އެވެ ކިޔާ އެވެ ކިޔާ 600 (ހަސަތޭކަ) އަކަފޫޓްގެ އަމިއްލަ
ގޯއްޗާއި އެގޯތީގައިވާ ޢިމާރާތްތަކާ ނުއުފުލޭ މުދަލުގެ މިހާރުގެ މިލްކުވެރިފަރާތަކީ ވ. ދާރުލްއަމަން އަނީސާ
ޢަލީ ކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.“ މިފަދައިން ކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެންއޮވެ
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/38
02- އިސްވެ
م ورسرا مرسی
ccc
0
ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1463
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން
އައިޝަތު ލިއުޝާ އާއި ފާޠިމަތު ލިއުޝާގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ދޭއް ނުކުތާ ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. އޭގެ ތެރެއިން:-
ފުރަތަމަ ނުކުތާއަކީ: ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18 ވަނަ
މާއްދާގައި ގޯއްޗެއް ވިއްކޭނީ ގޯތި ވިއްކަން އެދޭ މީހާ އާއި އެމީހަކު ޝަރުޢީ ގޮތުން ބަލަންޖެހޭ
މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވާ ޙާލަތުގައި އެކަނިކަމަށް ބަޔާންކޮށްފައިވީނަމަވެސް
ޝަރުތު ފުރިހަމަވެފައިވޭތޯ ޝަރީޢަތުން ބައްލަވާފައިނުވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ލިބިދޭ ޙައްޤުތައް
ނިގުޅައިގަނެވޭ ގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1463 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢައިޝަތު ލިއުޝާ އާއި ފާޠިމަތު ލިއުޝާގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ޖުރަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ހ) ރަސްގެތީމު ރައްސާމް މުޙައްމަދު ވަޙީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
ވ. ރައްސާމް
އެވެ ކިޔާ 600 (ހަސަތޭކަ އަކަފޫޓްގެ އަމިއްލަ ގޯއްޗާއި އެގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ވ.
ދާރުލްއަމަން އަނީސާ ޢަލީއަށް -/
150,000ރ. (އެއްލައްކަ ފަންސާސްހާސް) ގެ އަގަށް ވިއްކުމުން އެ އަގަށް
އަނީސާ ޢަލީ ގަނެ އެވިޔަފާރި ޢަޤުދުކޮށް، އެވިޔަފާރީގެ އަގު ޚަލާޞްކޮށްފައިވާތީ، އެވިޔަފާރީގެ މުޢާމަލާތް
ޞައްޙަކަމަށް ކަނޑައަޅައި ދިނުމަށް މުޙައްމަދު ވަޙީދުގެ ފަރާތުން އެދިފައިވާކަން ސިވިލް ކޯޓުގެ
ނަންބަރު 2011/Cv
-
C/1463 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/88
ގޮތުގެ މަތީންކަމަށް
cu.
46
(ހ) ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި
ދިވެހިރާއްޖޭގެ ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި
ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ
ކަނޑައެޅި ބަޔާންވެފައިވާކަން އެނގެން އޮވެއެވެ.
(ނ) 2004 މެއި 03 ވަނަ ދުވަހުން ފެށިގެން ޢަމަލު ކުރަމުން އައިސްފައިވަނީ، ދިވެހިރާއްޖޭގެ
ބިމާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ ހިމެނިގެން އެޤާނޫނަށް އެއްވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު ކަމުގައިވާ،
ޤާނޫނު ނަންބަރު 01/2004 (ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 1 ވަނަ
އިސްލާޙް ގެނައުމުގެ ޤާނޫނު) ގެ 1 ވަނަ ނަންބަރުގައި އެމާއްދާ އިޞްލާޙް ކުރެވިފައިވާގޮތުގެ މަތިންކަން
އެނގެން އޮވެފައި، އެމާއްދާއަށް ބަލާއިރު،
ބަންޑާރަގޯތި ދޫކުރެވިފައިވާ ފަރާތަކަށް، އެއްފަހަރާ އަގުދެއްކުމަށްފަހު، ނުވަތަ އެކިފަހަރު މަތީން
ފައިސާ ދައްކާ އަގުއަދާކުރާ އުޞޫލުން، މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތީން
އަގުދައްކާ ނިންމުމަށްފަހު އެގޯއްޗެއް ގަނެވިދާނެ ކަމަށާއި، އެގޮތުން ގަނެވޭ ގޯތީގެ އަގު ކަނޑައަޅާނީ އެ
ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތީންކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާކަން
އެނގެން އޮވެއެވެ.
(ރ) ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު -Cv/1463
2011/C ގެ ޤަޟިއްޔާ އެކޯޓަށް ހުށަހެޅިފައިވަނީ 2011 ޖުލައި 12 ވަނަ ދުވަހުގެ ތާރީޚުގައި ކަމާއި، އަދި
އެޤަޟިއްޔާ ނިމިފައިވަނީ 2011 އޮކްޓޯބަރ 31 ވަނަ ދުވަހުގެ ތާރީޚުގައި ކަން އެނގެން އޮންނައިރުގެ
2008 ޖުލައި 23 ވަނަ ދުވަހުން ފެށިގެން ޢަމަލު ކުރަމުން އައިސްފައިވަނީ، ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނުގެ 18 ވަނަ މާއްދާ ހިމެނިގެން އެޤާނޫނަށް ދެވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު ކަމުގައިވާ، ޤާނޫނު
ނަންބަރު 4/2008 (ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 2 ވަނަ އިސްލާޙް
ގެނައުމުގެ ޤާނޫނު) ގެ 4 ވަނަ ނަންބަރުގައި އެމާއްދާ އިޞްލާޙް ކުރެވިފައިވާގޮތުގެ މަތިންކަން އެނގެން
އޮވެފައި،
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/38
632
31
އެމާއްދާއަށް ނަޒަރުކުރާއިރުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، އެގޯއްޗެއް ދޫކޮށްފައިވާ
ފަރާތަކުން މިޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ގޯއްޗެއްގެ ބިން ގަތުމަށްފަހު އެހެން ފަރާތަކަށް
ވިއްކަންވާނީ އެ (18 ވަނަ) މާއްދާ ގެ (ހ)، (ނ)، (ނ)، އަދި (ރ) މިއަކުރުތަކުގައި ބުނެފައިވާ ގޮތުގެ
މަތިންކަން އެނގޭކަމާއި، އެގޮތުން؟
(ހ) ގައި ގޯތި ވިއްކަން އެދޭ މީހާއާއި އެމީހަކު ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ
އެހެންތަނެއް ހަމަޖެހިފައިވުމާއި،
(ށ) ގައި ގޯތި ގަންނަ ފަރާތަކީ ދިވެހި ރައްޔިތެއްކަމުގައިވުން ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ
ކޮށްފައިވާ އެކުންފުންޏެއްގެ ސަތޭކަ އިންސައްތަ ހިއްސާދާރުންނަކީ ދިވެހިން ކަމުގައި ހިމެނޭ ކުންފުންޏަކަށް
ނުވަތަ ކޯފަރޭޓިވް ސޮއައިޓީ އަކަށްވުން ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސަތޭކަ އިންސައްތަ
ދިވެހިންގެ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތެއް ކަމުގައިވުމާއި،
(ނ) ގައި ގޯއްޗެއް ނުވަތަ ބިމެއް ގަނެފައިވާ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސަތޭކަ
އިންސައްތަ ދިވެހިން ހިއްސާވާ ކުންފުންޏެއްގެ ހިއްސާގެ އެއްވެސް މިންވަރެއް ބޭރުގެ ފަރާތަކަށް ނުވިއްކޭނެ
COCOO >
COC
ކަމާއި،
(ރ) ގައި އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާނަމަ، އެގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15
ޓެކްސްގެ ގޮތުގައި އެގޯއްޗެއް
ނުވަތަ ބިމެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭނެކަމާއި މިކަންކަން
އެމާއްދާއިން އެނގެން އޮވެއެވެ.
44
06 2
cu
(ބ) ގޯތި ވިއްކަން އެދޭ މީހާއާއި އެމީހަކު ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނޭ އެހެން
ހަމަޖެހިފައިވުން. މިއީ ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ދޫކޮށްފައިވާ އެއްވެސް ގޯއްޗެއް ނުވަތަ
ވިއްކާނަމަ، ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 18 ވަނަ
މާއްދާގެ ދަށުންނާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ގޯތި އަމިއްލަކުރުމާއި، ގަނެ
ވިއްކުމާބެހޭ ޤަވާޢިދު“ ގެ 9 ވަނަ މާއްދާގެ (ށ) ދަށުން ފުރިހަމަވެފައި އޮންނަންޖެހޭ އެއްޝަރުޠުކަމާއި،
އ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/88
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކުގެ ދަށުން ފުރިހަމަވާން
ޖެހޭނެ ކަމަށް ކަނޑައެޅިފައިވާ ޝަރުތުތަކާއި ކަންތައްތަކުގެ ތެރެއިން މިއިސްތިއުނާފުކުރެވޭ ސިވިލް ކޯޓު
ނަންބަރު 2011/Cv-C/1463 ޤަޟިއްޔާގެ ދަށުން ”ވ. ރައްސާމް، ގެ މައްސަލަ ނިންމެވި އިރު، ގޯތި
ވިއްކަން އެދޭ މީހާއާއި އެމީހަކު ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނޭ އެހެން ތަނެއް
ހަމަޖެހިފައިވުމުގެ ޝަރުތު ފިޔަވައި އެހެން ހުރިހާ ޝަރުތަކާއި ކަންތަކެއް ފުރިހަމަ ވެފައިވާ ކަމާ މެދު
މިމައްސަލައިގެ ޚަޞްމުންގެ މެދުގައި އެއްވެސް ޚިލާފެއް ނެތްކަން އެނގޭކަމާއި
އިޝާރާތްކުރެވުނު ޝަރުތާމެދު ޝަރީޢަތުން ނަޒަރުކުރާއިރުގައި، ގޯތި އަމިއްލަކުރުމާއި،
ވިއްކުމާބެހޭ ޤަވާޢިދު" ގެ 17 ވަނަ މާއްދާގައި، އެ ޤަވާޢިދުގެ ބޭނުމަށްޓަކައި، ގޯތި ވިއްކަން އެދޭ މީހާއާއި،
އެމީހަކު ޝަރުޢީ ގޮތުން ބަލަން ޖެހިފައިވާ މީހުން ދިރިއުޅޭނެ އެހެންތަނެއް ހުރިކަމަށް ނުވަތަ
ހަމަޖެހިފައިވާކަމަށް ކަނޑައަޅާނީ، ކޮންމެ މައްސަލައަކަށް ވަކިން، އެމައްސަލައަކާއި ގުޅުން ހުރި އެހެނިހެން
ކަންތައްތަކަށް ބެލުމަށްފަހު ޝަރީޢަތުންކަމަށާއި، އެގޮތުން ބަލާނެ ކަންތައްތަކަކީ:
01- އެމީހެއްގެ ނުވަތަ އެމީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި އެ ޤަވާޢިދުގެ 9 ވަނަ
މާއްދާގެ (ށ) ގައިވާފަދަ ތަނެއް ރަޖިސްޓްރީ ކޮށްފައި އޮތުމާއި،
02- އެމީހެއްގެ ދަރިއެއްގެ ނަމުގައި އެފަދަ ތަނެއްދޮވެ، އެތަނެއްގައި އެމީހަކު ދިރިއުޅުމުގެ
ކަންތައްތައް ހަމަޖެހިފައިވުމާއި،
03- އެމީހެއްގެ އަތުގައި ދިރިއުޅޭނެ ނެ އެހެން ތަނެއް ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ހުރުމާއި،
04- ރާއްޖެއިން ބޭރުގެ އެހެން ޤައުމެއްގައި އެމީހެއްގެ ނަމުގައި ބިމެއް ނުވަތަ ޢިމާރާތެއް ނުވަތަ
ފްލެޓެއް ހުރުމާއި، މިހަތަރު ކަންތައް ކަން އެނގެން އޮވެއެވެ.
(ވ) މުޙައްމަދު ވަޙީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވ. ރައްސާމް އެވެ ކިޔާ 600 (ހަސަތޭކަ)
އަކަފޫޓްގެ އަމިއްލަ ގޯއްޗާއި އެގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ވިއްކި ކަމުގައިވީނަމަވެސް މުޙައްމަދު
ވަޙީދުގެ ނަމުގައި މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުގައި ”ރައްސާމު“ ގެ ނަން ދެވިފައިވާ 5000 އަކަފޫޓްގެ
އަމިއްލަ ގޯއްޗެއް އޮންނަކަން އެގޯއްޗަށް މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލް އިދާރާއިން
ހަދައިދީފައިވާ ނަންބަރު E
/
R2
/
2011
/
04-3 ”ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ“ އިން ޝަރީޢަތަށް
A+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/88
K
4 22
eyނ
ސާބިތުވާކަމާއި، މުޙައްމަދު ވަޙީދު އާއި އޭނަ ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ބަލަންޖެހިފައިވާ މީހުނަށް
ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ރަސްގެތީމު ރައްސާ އެވެ ކިޔުނު އަމިއްލަ ގޯތި ބޭނުން ކުރެވެން
އޮތްކަން އެނގޭކަމާއި؛
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް ދެވަނަ އިޞްލާޙް ގެނައުމުގެ
ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ "ގޯތި
އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު” ގެ 9 ވަނަ މާއްދާގެ (ށ) ގައި، ގޯތި ވިއްކަން އެދޭ މީހާއާއި
އެމީހަކު ޝަރުއީ ގޮތުން ބަލަންޖެހިފައިވާ މީހުންނަށް ދިރިއުޅޭނޭ އެހެން ތަނެއް ހަމަޖެހިފައި ވާންޖެހޭނެކަމަށް
ބަޔާންކޮށްފައި އޮވެފައި، އަދި އެޤަވާޢިދުގެ 17 ވަނަ މާއްދާގައި، ގޯތި ވިއްކަން އެދޭ މީހާއާއި އެމީހާ ޝަރުޢީ
ބަލަންޖެހިފައިވާ މީހުން ދިރިއުޅޭނެ އެހެން ތަނެއް ހުރިކަމަށް ބަލާނެ މިންގަޑުތައް ކަނޑައަޅާފައިވާއިރު،
މިއިސްތިއުނާފުކުރެވޭ ސިވިލް ކޯޓު ނަންބަރު 2011/Cv-C/1463 ޤަޟިއްޔާގައި މުޙައްމަދު ވަޙީދު އާއި
އޭނާ ޝަރުޢީ ގޮތުން ބަލަންޖެހިފައިވާ މީހުން ދިރިއުޅޭނޭ އެހެން ތަނެއް ހަމަޖެހިފައިވާކަމަށް ބައްލަވާފައިވަނީ،
އެމިންގަޑުތަކާއި ޚިލާފަށް ކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބެލެވެން ނެތްކަން އެނގެއެވެ.
(ކ) ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން މުދަލުން ތަޞައްރަފު ކުރުން މަނާ ކުރެވިފައިނުވާނަމަ،
އެމީހެއްގެ އަމިއްލަ މުދަލުން ތަޞައްރަފު ކުރުމަކީ ކޮންމެ މީހަކަށްވެސް ލިނބިގެންވާ ޙައްޤެއްކަން
އެނގޭކަމާއި، ލޭގެ ގޮތުން ނުވަތަ އަނބި ފިރި ކަމުގެ ގޮތުން ގުޅުން އޮންނަ ބަޔަކާއި އެކު ވިޔަފާރީގެ
މުޢާމަލާތު ކުރުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އެއްވެސް ނައްސަކުން މަނާކުރެވިފައިވާ ކަމެއް ކަމެއްކަން
އެނގެން ނެތްކަމާއި، ހަމަ އެހެންމެ އެފަދަ ގުޅުމެއް އޮންނަ ވަކި ބަޔަކާ އެކު ވިޔަފާރީގެ މުޢާމަލާތެއް
ކުރުންވެސް މަނާކުރާ ނައްސެއް އޮތްކަން އެނގެން ނެތްކަމާއި،
ތިމާގެ ދަރިންނަށް ތަކެތިދޭއިރު އެހުރިހާ ކުދިންނަށް ހަމަހަމަވާ ގޮތަށް ތަކެތި ދިނުމުގެ މައްޗަށް ކީރިތި
ރަސޫލާ ބާރު އަޅުއްވާފައިކަން އެކަމާ ގުޅިގެން އެކަލޭގެފާނު ވިދާޅުވެފައިވާ ބަސްފުޅު ތަކުން އެނގެން
އޮތްކަމުގައި ވިޔަސް އެގޮތަށް އެކަލޭގެފާނު ބާރު އަޅުއްވާފައިވާ ބަސްފުޅުތަކުން ތިމާގެ ދަރިންނަށް ތަކެތި ދޭއިރު
ހަމަހަމަ ކުރުން ވާޖިބު ވުމުގެ މާނަ ނުނެގޭ ކަމަށް އިސްލާމީ ފިޤުހު ޢިލްމުވެރިންގެ ޖުމްހޫރުން (ގިނަ
ޢިލްމުވެރިން) ފާހަގަކުރައްވާފައިވާކަން އެނގެން އޮތުމުގެ އިތުރުން، މިއިސްތިއުނާފުކުރެވޭ މައްސަލައަކީ ދަރި
1 2
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/88
އޭ43 3
އ@2
އަކަށް ނުވަތަ އަނބިފިރިކަމުގެ ގުޅުން އޮތް މީހަކަށް އެއްޗެއް ދިނުމުގެ މައްސަލައެއް ނޫންކަން އެނގެން
އެފަދަ ފަރާތްތަކަށް ތަކެތި ދިނުމާ ބެހޭ ގޮތުން އިސްލާމީ ޝަރީޢަތުގައި ކަން ކުރަންޖެހޭ ގޮތާއި
ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަކީ މިމައްސަލައިގާ އިޢުތިބާރެއްދީ އެމައްޗަށް ޝަރީޢަތުން ރިޢާޔަތް ކުރެވޭނެ ވާހަކަ ތަކެއް ނޫންކަން
އެނގެއެވެ.
0
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތީން
ހުރުމާއެކު، ސިވިލް ކޯޓު ނަންބަރު 2011/Cv-C/1463 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
SE
،
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv