• ހޯމް
  • ޤާނޫނާއި ޤަވާއިދު
  • ލޯފާމްތައް
  • ލޯޔަރުން
  • ކޯޓުގެ ލިޔުންތައް
  • ލޮގްއިން

ކޯޓުގެ ލިޔެކިޔުންތައް

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2010/SC-C/25,26 ޤަޟިއްޔާ

ލިޔުމުގެ ނަންބަރު:
2010/SC-C/25,26
ޝާއިއުކުރި ތާރީޙު:
‫‫‫04 ސެޕްޓެމްބަރ 2020
ކޯޓުގެ ނަން:
ސުޕްރީމް ކޯޓު
ލިޔުމުގެ ބާވަތް:
ޙުކުމް
މި ލިޔުމެއް ޑައުންލޯޑް ކުރޭ
ޕީޑީއެފް ވިއު ޓެކްސްޓް ވިއު

ޞަފްޙާ 1 ރިވިއު ނުކޮސް

ސަފްޙާ 12
1
6
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
.ވެދިހަ ނޤުޤީ 2
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 25/SC
-
C
/
20
،
2010
/
SC
-
C/2010
ދަޢުވާކުރާ ފަރާތް: ޢަލީ ވަޙީދު ހދ. ކުޅުދުއްފުށި(ބަނދަރު ، ދިވެހި ޤައުމީ ޕާޓީ މ. މާހި މާލެ
• ދަޢުވާ ލިބޭ ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
• މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
• މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން.
• ހުށަހެޅުނު ތާރީޚް:8
28 ނޮވެމްބަރ 2010
ނިމުނު ތާރީޚް: 09 ޑިސެމްބަރ 2010
• މައްސަލަ ނިންމި ގަޑި: 22:55
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދު
ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު
އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
ޑްރަ*
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން،
ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެތެރެއިން، ވަޒީރުންގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ! ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 308554
960+ :Fax | ފޯން: 3009990
960+
" ދިވެހި
4

ޞަފްޙާ 2 ރިވިއު ނުކޮސް

ސަފްޙާ 12 ގެ 2
މަޖިލީހުގެ މެންބަރުން
5 0
ބަރުންގެ ގޮތުގައި ތިބުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތްކަމަށް އެމަޖިލީހުން
ނިންމާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، އެބޭފުޅުންގެ މަޤާމުގައި ދެމިތިބޭނެކަމަށް
ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވުމާއި، އަދި މަޤާމުގެ ވާޖިބު އަދާކުރުމުގައި އެބޭފުޅުން ދެމިތިއްބެވުމަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ތަންދޭކަމަކަށްނުވާތީ، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ
ގޮތުގައި ހުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތްކަމަށް އެމަޖިލީހުން ނިންމާފައިވާ މީހަކަށް ވަޒީރުންގެ
މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެ ކަމުގައި ކަނޑައަޅައިދިނުން އެދި ހ.ދ. ކުޅުދުއްފުށި
ބަނދަރު، ޢަލީ ވަޙީދު ހުށަހެޅި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު :25/SC
-
C/2013 ޤަޟިއްޔާ
J
ދެކެގެތެރެއިން
44 0
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ
މަތިން، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ބޭފުޅުންނަށް އެމާއްދާގެ (ރ)
ގައިވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި
ގެތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ރުހުންނުލިބުނު ބޭފުޅުން، އެބޭފުޅުން ޢައްޔަންކުރެވުނު
މަޤާމުތަކުގައި ދެމިތިއްބަވައި، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވުމަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ދުސްތޫރީ އުޞޫލުތަކާއި ހަމަތަކުގެ މަތިން
ނޫންކަމަށް ވާތީ، ރައީސުލްޖުމްހޫރިއްޔާ ވަޒީރުކަމަށް ޢައްޔަންކުރައްވާ ބޭފުޅުންނަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ވާގޮތުގެމަތިން ރައްޔިތުންގެ
މަޖިލީހުގެ ރުހުން ނުލިބިއްޖެނަމަ، ވަޒީރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކޮށް ނުހެއްދެވޭނެކަމަށް
ކަނޑައަޅައިދިނުން އެދި ދިވެހި ޤައުމީ ޕާޓީން ހުށަހެޅި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
:26/SC
-
C/2010 ޤަޟިއްޔާއާ ގުޅިގެން ބެލިފައިވާ މައްސަލައެކެވެ.
ކުރެވޭނެކަމެއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު ، މާލެ ދިވެހިރާއްޖެ
ދިވެހިން
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv| ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ ,Nel

ޞަފްޙާ 3 ރިވިއު ނުކޮސް

ސަފްޙާ 12 ގެ 3
2 ފާހަގަ ކުރެވުނު ނުކުތާތައް
މިމައްސަލާގައި މައްސަލަ ހުށަހެޅި ފަރާތްތަކުން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ލިއުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީ އަށާއި، ޤާނޫނުތަކަށާއި، މަޞްދައުލްފަޞްލި ބައިނައްސުލްޠާތި (ޕްރިންސިޕަލް އޮފް
ސެޕަރޭޝަން އޮފް ޕަވަރސް) ގެ ދުސްތޫރީ މަބްދަޢުގެ ދަށުން، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގަޔާއި،
މިޒަމާނުގެ އެހެނިހެން ދުސްތޫރީ ނިޒާމުތަކުގައި ދައުލަތުގެ ބާރުތައް ބެހިގެންވާގޮތަށާއި، އެމައްދައަށް
ޢަމަލުކުރުމުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ދައުލަތުގެ އެއްބާރު އަނެއްބާރާއި ދެމެދުގައި އޮންނަ
ގުޅުން ކަނޑައެޅިގެން ވާގޮތުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު،
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ 07 ފަނޑިޔާރުންގެ ތެރެއިން 06 ފަނޑިޔާރުންނަށް އަންނަނިވި ކަންތައް
ފާހަގަކުރެވިފައިވެއެވެ.
ހ- ފުރަތަމަ ކަމަކީ، އިސްވެދިޔަ ދެ މައްސަލައިގެ ދަޢުވާގެ ޞިޝާއަށް ބަލާއިރު މި ދެ
މައްސަލައަކީ ސުޕްރީމްކޯޓްގެ އަޞްލީ އިޚްތިޞާޞް ގެދަށުން ބެލުމުގެ ބާރު ސުޕްރީމްކޯޓަށް ލިބިގެންވާ ދެ
މައްސަލަކަން ޤާނޫނު ނަންބަރ 22/2010 (ދިވެހިރާއްޖޭގެ ކޯޓްތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާއިން
ސާފުކޮށް އެނގެން އޮތްކަމާއި އަދި މިދެ ޤަޟިއްޔާގެ ޞަޝާއަށް ބެލުމުން މިދެ ޤަޟިއްޔާގެ މައުޟޫޢަކީ
އެއް މައުޟޫއެއް ކަމާއި އަދި މިދެ ޤަޟިއްޔާގެ ދަޢުވާ ބިނާކުރެވިފައިވާ ސަބަބުތަކަކީ އެއް ބާވަތެއްގެ
ސަބަބުތަކެއްކަން އެނގެން އޮންނަ އޮތުމެވެ.
ދެވަނަ ކަމަކީ، މިޒަމާނުގެ ދުސްތޫރީ ނިޒާމްތަކެކޭ އެއްފަދައިން، ދިވެހިދައުލަތުގެ
ދުސްތޫރީ ނިޒާމުގައި 'މަރްދައުލްފަޞްލި ބައިނައްސުލްޠާތި (ޕްރިންސިޕަލް އޮފް ސެޕްރޭޝަން އޮފް
ޕަވަރިސް) ގެ މައްދައު ޤާއިމު ވެފައިވާކަމާއި، މަބްދަމު ގެ ދަށުން ދިވެހި ދައުލަތުގެ ބާރު ތިން
ބަޔަކަށް ބެހިގެންވާކަމާއި، ދިވެހިރާއްޖޭގެ ޤާނުނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu Male'ſ Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+

ޞަފްޙާ 4 ރިވިއު ނުކޮސް

ސަފްޙާ 12 ގެ 4
މަޖިލީހަށްކަމާއި، ވެރިކަންހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަންކަމާއި، ޢަދުލު އިންޞާފް
ޤާއިމުކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓްތަކަށް ކަމާއި، ދައުލަތުގެ ކޮންމެ ބާރަކަށްވެސް
އެބާރަކަށް ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮންނަ އިޚްތިޞާޞްތަކުގެ ޙުދޫދު ފަހަނަޅައި ނުދެވޭނެކަން،
ދިވެހިރާއްޖޭގެ ޖު
އްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، 7 ވަނަ
މާއްދާއާއި، 8 ވަނަ މާއްދާ އިން ރަނގަޅަށް އެނގެން އޮންނަ ކަމެވެ.
16 4
. ތިންވަނަ ކަމަކީ، ލޯކް' (Locke) އާއި މޮންޓެސްކިއޭ! (Montesquieu) ފަދަ
17 ވަނަ ޤަރުނާއި 18 ވަނަ ޤަރުނުގެ ސިޔާސީ ފައިލަސޫފުން ގޮވާލި ސެޕަރޭޝަން އޮފް ޕަވަރސް' ގެ
މަޤްޞަދު ބިނާވެގެންވަނީ ވެރިންގެ އަތްމަތީގައި ދައުލަތުގެ ހުރިހައިބާރެއް ޖަމާވުމުގެ ސަބަބުން އުފެދިދާނެ
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަމުން ރައްޔިތުން ޙިމާޔަތްކުރުން ކަމަށްވީހިނދު، މުތްލަޤް ގޮތަކަށް ދައުލަތުގެ
ބާރުތައް ވަކިވެފައި އޮތުމަކީ 18 ވަނަ ޤަރުނުގައި ފަރަންސޭސިވިލާތް ފަދަ ތަންތާގެ ދުސްތޫރުތަކުގައި
ތަޖުރިބާކުރެވި ނާކާމިޔާބުވެފައިވާ ޚިޔާލީ ކަމެއްކަމާއި، ސެޕަރޭޝަން އޮފް ޕަވަރސް' ގެ ޙަޤީޤީ މަފްހޫމަކީ
ދައުލަތުގެ އަސާސީ ތިން ވަޒީފާ (ފަންކްޝަން) ކަމުގައި ބެލެވޭ ޤާނޫނު ހެދުމުގެ ވަޒީފާއާއި، ވެރިކަން
ހިންގުމުގެ ވަޒީފާއާއި، ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ވަޒީފާ، ޢުޟުވީ (ފަންކްޝަނަލް) ގޮތުން ތަފާތު
ތިން ބާރުގެ މެދުގައި ބަހާލެވިފައި އޮތުންކަމާއި، މިގޮތަށް ބަހާލުމުގައި އެއްބާރު އަނެއްބާރުގެ މައްޗަށް
ނުފޫޒު ނުފޯރުވޭފަދަ ގޮތަކަށް ބާރުތަކުގެ މެދުގައި އެއްބާރުލުމާއި، އެއްބާރު އަނެއްބާރުގެ މައްޗަށް
ފާރަވެރިވުމާއި، އެއްބާރު އަނެއްކާރާ ދެމެދު އޮންނަ ގުޅުމަކީ ތަފާތު ސިޔާސީ ނިޒާމުތަކުގައި ތަފާތު
ދަރަޖައަށް އިންތިޒާމްކުރެވިފައިވާ ކަންތައްތަކެއްކަން އެނގެން އޮންނަ އޮތުމެވެ.
ރ. ހަތަރުވަނަ ކަމަކީ، ދައުލަތުގެ ބާރުތަކުގެ އިޚްތިޞާޞްތައް، ދުނިޔޭގެ ތަފާތު
ދުސްތޫރުތަކުގައި ބަހާލެވިފައިވާ ގޮތާއި، އެއްބާރު އަނެއްކާރާ ދެމެދުގައި އޮންނަ ގުޅުން ދުސްތޫރުތަކުގައި
ކަނޑައެޅިފައިވާގޮތަށް ބަލާއިރު ދައުލަތްތަކުން ތަބާވާ ތަފާތު ތިން ސިޔާސީ ނިޒާމެއް ވާކަމާއި، ތަޤްދީދީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
އެޕްރީލް 4
supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960 + :Fax | ފޯން: 3009990
960+ :T
ވާވެ.

ޞަފްޙާ 5 ރިވިއު ނުކޮސް

ސަފްޙާ 2[ ގެ 5
ގޮތުން އެއީ އިނގިރޭސި ވިލާތަށް ނިސްބަތްވާ ބަރުލަމާނީ ނިޒާމާއި، އެމެރިކާއަށް ނިސްބަތްވާ ރިޔާސީ
ނިޒާމާއި، ޔޫރަޕްގެ ބައެއް ޤައުމުތަކުގައި ތާރީޚީގޮތުން ޢަމަލުކުރެވި މިހާރު އެ ނިޒާމަށް ޢަމަލުކުރާ
ހަމައެކަނި ދައުލަތްކަމުގައި ބެލެވޭ ސްވިޒަރލޭންޑުގައި ޢަމަލުކުރެވޭ 'މަޖްލިސްގެ ސަރުކާރު' ( އެސެމްބްލީ
ގަވަރންމެންޓް) ގެ ނިޒާމު ކަމާއި، މިއިން ކޮންމެ ނިޒާމަކީ އޭގެޒާތުގައި ބަދަލުނުގެނެވޭފަދަ (ރިޖިޑް)
ގޮތަކަށް، ހުރިހައި ދައުލަތްތަކުގައި ޢަމަލުކުރެވޭ ނިޒާމްތަކެއް ނޫންކަމާއި، މި އިންކޮންމެ ނިޒާމެއް އަނެއް
ނިޒާމާ ތަފާތުކުރާ އަސާސީ ޚަޞާއިޞުތަކެއް ވާކަމާއި، އަދި ބައެއް ޚަޞާއިޞްތަކަކީ ވަކި ނިޒާމަކަށް
ޚާއްޞަވެގެންވާ ޚަޞާއިޞުތަކެއް ނޫންކަމާއި، ބަރުލަމާނީ ނިޒާމުގެ އަސާސީ ޚަޞާއިޞްތަކުގެ ތެރޭގައި
ވެރިކަން ހިންގުމުގެ ބާރު އެކުލެވިގެންވަނީ އިސް، ދެވެރިންގެ މައްޗަށް ކަމާއި، އެއީ ސިޔާސީ ގޮތުން
ޕާރލަމެންޓް ކުރިމަތީގައި ޖަވާބުދާރީވާން ނުޖެހޭ، ދައުލަތުގެ ރައީސާއި، ޕާރލަމެންޓް ކުރިމަތީގައި ސިޔާސީ
ގޮތުން ޖަވާބުދާރީވާން ޖެހޭ ވަޒީރުންގެ މަޖިލީހުގެ ރައީސް (ބޮޑުވަޒީރު) ކަމާއި، ވަޒީރުންގެ މަޖިލީހަކީ
ބަރުލަމާނީ ނިޒާމުގައި ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން ޕާރލަމެންޓްކުރިމަތީގައި ޖަވާބުދާރީވާން ޖެހޭ
މަޖިލިހެއް ކަމާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމާއި ޕާރލަމެންޓްގެ މެންބަރުކަމުގެ މަޤާމުގައި
އެކަކު ހުރުމަކީ ހުއްދަކަމެއް ކަމާއި، ކަނޑައެޅިފައިވާ ވަކި ޙާލަތްތަކެއްގައި ދައުލަތުގެ އެންމެ
އިސްވެރިޔާގެ ޙައިޘިއްޔަތުން ޕާރލަމެންޓް އުވާލާ އަވަސް އިންތިޚާބަކަށް ގޮވާލުމުގެ ބާރު، ބަރުލަމާނީ
ނިޒާމުގައި ދައުލަތުގެ ރައީސަށް ލިބިގެން ވާހިނދު، އިސްވެދިޔަ އެއްވެސް ސިފައަކީ ރިޔާސީ ނިޒާމުގެ
ސިފައެއް ނޫންކަމާއި، ރިޔާސީ ނިޒާމުގެ އަސާސީ ޤަޞާޞްތަކުގެ ތެރޭގައި، ދައުލަތުގެ ރައީސާއި
ސަރުކާރުގެ އެންމެ އިސްވެރިޔަކީ ރައްޔިތުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާ ކަމާއި، ރައީސުލް
ޖުމްހޫރިއްޔާ އަކީ ޕާރލަމެންޓް ކުރިމަތީގައި ސިޔާސީގޮތުން ޖަވާބުދާރީވާން ނުޖެހޭ މީހެއް ކަމާއި،
ރައީސުލް ޖުމްހޫރިއްޔާ އަށް އެހީތެރިވުމަށްޓަކާ އޭނާ ޢައްޔަންކުރާ ވަޒީރުންނަކީ ސިޔާސީގޮތުން
ޕާރލަމެންޓް ކުރިމަތީގައި ޖަވާބުދާރީވާން ނުޖެހޭ ބައެއްކަމާއި، ވަޒީރުކަމުގެ މަޤާމާއި ޕާރލަމެންޓުގެ
މެންބަރުކަމުގެ މަޤާމުގައި އެކަކަށް ނުހުރެވޭނެކަމާއި، ރައީސުލް ޖުމްހޫރިއްޔާއަށް ޕާރލަމެންޓް އުވާލުމުގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'] Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax ' ފޯން: 3009994
960+

ޞަފްޙާ 6 ރިވިއު ނުކޮސް

ސަފްޙާ 12ގެ 6
ބާރު ރިޔާސީ ނިޒާމުގައި ނޯންނަކަން ކަނޑައެޅިގެން އެނގެން އޮންނަ ހިނދު، މި އިން އެއްވެސް
ނިޒާމެއްގެ އަސާސީ ޚަޞާއިޞްތަކުގެ ތެރޭގައި ހިމެނޭ ސިފައެއް އަނެއް ނިޒާމެއްގެ ތެރެއަށް ވަދެއްޖެނަމަ،
އެނިޒާމަކީ ފުރިހަމަ ރިޔާސީ ނިޒާމެއްކަމުގައި ނުވަތަ ފުރިހަމަ ބަރުލަމާނީ ނިޒާމެއްކަމުގައި
ސިފަނުކުރެވޭނެކަމާއި، އެފަދަ ޙާލަތުގައި އެ ނިޒާމެއް ދުސްތޫރީ ފިޤްހުގައި ސިފަކުރެވެނީ 'ހައި ބްރިޑް'
(މައްސުނި ނިޒާމެއްގެ ގޮތުގައިކަން އެނގެން އޮންނަކަމެވެ.
ތ 6
8
632
އންއެބަ 3
ބ. ފަސްވަނަކަމަކީ، މަބްދަޢުލް ފަޞްލި ބައިނައް ސުލްޠާތި (ޕްރިންސިޕަލް އޮފް
ސެޕަރޭޝަން އޮފް ޕަވަރސް) ގެ ދަށުން، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހި
ދައުލަތުގެ ބާރުތައް ބެހިގެންވާގޮތުގެ މައްޗަށާއި، އެބާރުތަކަށް ލިބިގެންވާ އިޚްތިޞާޞްތަކާއި، އެއްބާރު
ގުޅުމާއި އެއްބާރުން އަނެއްބާރުގެ މައްޗަށް ފާރަވެރިވުމުގެ ޤަވާއިދުތައް ކަނޑައެޅިފައިވާގޮތުގެ
މައްޗަށް ނަޒަރު ހިންގާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 106 ވަނަ މާއްދާގެ (ށ)
ގައި "ދައުލަތުގެ އެންމެ މަތީވެރިޔަކީ، އަދި ސަރުކާރުގެ އެންމެ މަތީވެރިޔަކީ، އަދި ސިފައިންގެ އެންމެ
މަތީ ވެރިޔަކީ ރައީސުލް ޖުމްހޫރިއްޔާ އެވެ." މިހެން ބަޔާންވެފައި އޮތުމަކީ، ރިޔާސީ ނިޒާމެއްގެ އަސާސީ
ސިފައެއްކަން އެނގެން އޮތުމާއި އެކު، ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ
މެންބަރެއްގެ އިތުބާރުނެތްކަމަށް ފާސްކޮށް އެ މެންބަރަކު މަޤާމުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ
މަޖިލީހަށް ލިބިގެންވާކަމަށް ކަނޑައެޅިފައި އޮތުމަކީ، ބަރުލަމާނީ ނިޒާމުގެ އަސާސީ ސިފައެއްކަމަށް
ވީހިނދު، ދައުލަތުގެ ބާރުތައް ވަކިކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ތަބާވަނީ
ރިޔާސީ ނިޒާމުގެ ސިފަތަކާއި ބަރުލަމާނީ ނިޒާމުގެ ސިފަތަކާއި މައްސުނިވެފައިވާ ހައިބްރިޑް' ނިޒާމެއްގެ
މައްޗަށްކަން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ތިންވަނަ ބާބާއި، ހަތަރުވަނަ ބާބާއި، ފަސްވަނަ ބާބުގެ
މާއްދާތަކަށް ބަލާއިރު އެނގެން އޮންނާތީ، ދިވެހި ދައުލަތުގެ ބާރުތައް ބެހިގެންވަނީ ކޮން ސިޔާސީ
ނިޒާމެއްގެ މައްޗަށްތޯ ބެލުމަށްޓަކާ ރުޖޫޢަވާން ޖެހޭނީ ހަމައެކަނި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ
އަށްކަން އެނގޭ ކަމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު ، މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male's Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009998
960+ :

ޞަފްޙާ 7 ރިވިއު ނުކޮސް

ސަފްޙާ 12 ގެ 7
ހަވަނަކަމަކީ، ރިޔާސީ ނިޒާމްތަކުގައި ބާރުތައް ވަކިވެފައި އޮންނަ މިންވަރު ދުސްތޫރީ
ފިޤްހުވެރިން ސިފަކުރަނީ އެއީ ބާރުގަދަ، ވެރިކަން ހިންގާ ބާރެއް އޮތުމާއި އެކު، ވީހާވެސް ފާޅުގޮތަކަށް
ޤާނޫނު ހަދާ ބާރާއި ވެރިކަން ހިންގާ ބާރާ ދެމެދުގައި އިންފާރު ޤާއިމު ކުރެވިފައިވާ ނިޒާމެއްގެ ގޮތުގައި
ކަމަށް ވެފައި، ރިޔާސީ ނިޒާމެއްގައި ދައުލަތުގެ ރައީސަކީ ވެރިކަންހިންގުމުގެ ބާރުގެ
އެންމެ
އިސްވެރިޔާކަމަށްވެފައި، އެނިޒާމުގައި ވަޒީރުންނަކީ އޭގެޒާތުގައި ވެރިކަންހިންގުމުގައި
ރައީސުލްޖުމްހޫރިއްޔާއަށް އެހީވުމަށްޓަކައި ޢައްޔަންކުރެވޭ ސެކްރެޓަރީން' ކަމަށް ވީހިނދު، އަދި
އެބައިމީހުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި ސިޔާސީގޮތުން މަސްއޫލިއްޔަތު އުފުލައި ޖަވާބުދާރީވާ
ބަޔަކަށް ވީހިނދު، އެބައި މީހުން ޢައްޔަންކުރުމާއި ވަކިކުރުމަކީ ރިޔާސީ ނިޒާމްތަކުގައި ހަމައެކަނި
ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ޖަދަލުނުކުރެވޭނެ ބާރެއްކަމާއި، އެމެރިކާގެ ދުސްތޫރީ ނިޒާމުގައި އެތާގެ
ޕާރލަމެންޓް ( ކޮންގްރެސް) ގެ އެއް ހައުސް ކަމަށްވާ ސެނެޓް' އަށް، ފެޑެރަލް އިސް މަޤާމްތަކަށް މީހުން
ޢައްޔަންކުރުންފަދަ، ވެރިކަންހިންގުމުގެ ބާރުގެ ބައެއް އިޚްތިޞާޞްތަކުގައި، އިސްތިޘްނާއީ ގޮތަކަށް
ބައިވެރިވުމުގެ ބާރު ލިބިފައި އޮންނަ އޮތުމަކީ އޭގެޒާތުގައި އެމެރިކާގެ ރިޔާސީ ނިޒާމާ ގުޅިފައިވާ
ކަމަކަށްވުރެ ބޮޑަށް، އެތާގެ ފެޑެރަލް ނިޒާމާއި ގުޅިފައިވާކަމެއްކަމާއި، އެހެންކަމުން އެމެރިކާގެ ނިޒާމުގައި
ރައީސުލްޖުމްހޫރިއްޔާ ބައެއް ފެޑެރަލް އިސް މަޤާމްތަކަށް މީހުން ޢައްޔަންކުރުމުގެ ކުރިން ރުހުން ހޯދަން
ޖެހެނީ، މުޅި އެމެރިކާގެ ރައްޔިތުން ހަމަހަމައަށް ތަމްޘީލުކުރާ އެމެރިކާގެ ކޮންގްރެސްގެ ޕޮޕިއުލަރ!
ހައުސް ކަމަށްވާ 'ހައުސް އޮފް ރެޕްރެޒެންޓެޓިވްސް' އިން ނޫންކަމާއި، ސެޕަރޭޝަން އޮފް ޕަވަރސް' ގެ
މަބްދަޢުގެ ދަށުން އެމެރިކާގެ 'ހައުސް އޮފް ރެޕްރެޒެންޓެޓިވްސް' އަށް ވެރިކަންކުރުމުގެ ބާރުގެ
އިޚްތިޞާޞްތަކުގެ ތެރެއަށް ތަދައްޚުލު ނުވެވޭ ކަމާއި، އެމެރިކާގެ ދުސްތޫރުގައި ރައީސުލްޖުމްހޫރިއްޔާ
ޢައްޔަންކުރާ އިސް މަޤާމުތަކަށް ޢައްޔަންކުރުމުގެ ކުރިން ރުހުން ހޯދުން ލާޒިމްވެގެން ވަނީ އެމެރިކާގެ
ޔުނިއަންގައި ހިމެނޭ ސްޓޭޓްތައް އެއްހަމަޔަކަން، ކޮންމެ ސްޓޭޓަކުން ދެ މެންބަރުން އިންތިޚާބުކުރެވިގެން
ތަމްޘީލުކުރެވޭ ސެނެޓް' އަށް ކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމު | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން 3009990
960+ :Tel
#
ޖި

ޞަފްޙާ 8 ރިވިއު ނުކޮސް

ސަފްޙާ 12 ގެ 8
129 ވަނަމާއްދާގެ (ނ) ގައި ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަންކުރުމަށްފަ
ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންވާނެއޭ ބުނެފައި އޮންނަ އޮތުމަކީ އޭގެ ޒާތުގައި ރިޔާސީ ނިޒާމެއްގެ
ސިފައެއް ނޫންކަން ފާހަގަކުރެވޭކަމެވެ.
ކ- ހަތްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 129 ވަނަ
މާއްދާގެ (ހ) ގެ ޞަރީޙަ ޢިބާރާތުގައި "ރައީސުލް ޖުމްހޫރިއްޔާ ޙަވާލުކުރާ ކަންތަކާއި މި
ޤާނޫނުއަސާސީންނާއި ޤާނޫނުން ޙަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ
ވަޒީރުންގެ މަޖިލީހެއް
މިހެން އޮތުމަށްފަހު، ހަމަ އެމާއްދާގެ (ނ) ގައި
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ އެހެން މެންބަރުން އެ
މަޖިލީހަށް ޢައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާންވާނެއެވެ." މިފަދައިން ކަނޑައެޅިފައި
އޮތުމުން، ދިވެހި ދުސްތޫރީ ނިޒާމުގައި ވަޒީރުން ޢައްޔަންކުރުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ފުރިހަމަ
އިޚުތިޔާރުގައި ވާކަމެއްކަމާއި، ވަޒީރުން ޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ
އިޚްތިޞާޞްގެ ތެރެއަށް އެހެން ފަރާތަކަށް ތަދައްޚުލް ނުވެވޭނެކަމާއި، ރައީސުލްޖުމްހޫރިއްޔާ ވަޒީރުން
އައްޔަންކުރުން އެހެން އެއްވެސް ފަރާތެއްގެ ފާސްކުރުމުގެ މައްޗަށް ހުއްޓިފައި ނުވާކަމީ، އިސްވެދިޔަ
ދުސްތޫރީ ނައްޞުގެ ޞަރީޙަކަމާއި އެކު އިތުރު ތަފްސީރަކަށް ނުވަތަ ބަޔާނަކަށް ބޭނުންވާ ކަމެއް ނޫންކަން
އެނގެން އޮންނަ އޮތުމާ
އެ42
e.
t
އއ އަށްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ އެހެން
މެންބަރުން އެ މަޖިލީހަށް ޢައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާންވާނެއެވެ." މިހެން
ބަޔާންވެގެން ވުމުން، ދިވެހި ދުސްތޫރީ ނިޒާމުގައި، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މެންބަރުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު 1 މާވެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން:
9603009990+ :i

ޞަފްޙާ 9 ރިވިއު ނުކޮސް

ސަފްޙާ 12 ; $
ޢައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް
ލާޒިމްވެގެންވާ ކަމެއްކަން އެނގެން އޮންނަ އޮތުމެވެ.
-9
ނުވަވަނަކަމަކީ، ކޮންމެ ޤާނޫނީ ރޫލް (ޤާޢިދާ) އެއްގެ އެންމެ މުހިންމު އެއް
ޢުންޞުރަކީ، އެ ރޫލް އަކާ ޚިލާފުވުމުން ތަރައްތުބުވާ ޖަޒާ ( ސެންކްޝަން) އެއް އޮންނަ އޮތުން ކަމަށް
ވީހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގައި
ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ރުހުން ނުލިބިއްޖެނަމަ ހަދާނެގޮތެއް
ބަޔާންކޮށްފައި ނެތުމަކީ، އެ ދުސްތޫރީ ނައްޞު އިހްމާލުކުރެވިދާނެ ކަމެއް ނޫންކަމާއި، އެއްވެސް މާނައެއް
ނެތި ޢަމަލު ކުރަން ނުޖެހޭ ނައްސެއްގެ ގޮތުގައި އެފަދު ނައްސެއް އެކުލަވާލުމަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ފާސްކުރި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަޤްޞަދަކަށް ވުމަކީ
ތަޞައްވުރު ކުރެވޭނެ ކަމެއް ނޫންކަން އެނގެން އޮންނަހިނދު، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް
ޢައްޔަންކުރާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުންނުލިބުމުން ތަރައްތުބުވާ ނަތީޖާއަކީ، ރުހުން ނުލިބުނު
ވަޒީރުން މަޤާމުގައި ދެމިނުބުންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނުއަސާސީ ފާސްކުރި ޚާއްޞަ
މަޖިލީހުގެ ޔައުމިއްޔާތަކުން އިސްތިޚުލާޞް ކުރެވެން އޮންނަކަމެވެ.
މ. ދިހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ
(ނ) އާއި (ރ) ގެ ދަށުން، ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުވާ
ވަޒީރުންނަކީ، ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ކަނޑައެޅިގެންވާ ވަޒީރުންގެ ކިބައިގައި ހުރުން
ލާޒިމު ޝަރްޠުތައް ފުރިހަމަވެގެން ޞައްޙަ ގޮތުގައި މަޤާމަށް ޢައްޔަންކުރެވިފައިވާ ބަޔަކަށް ވީހިނދު، އެ
ރުހުން ނުލިބޭ ވަޒީރުން އެމީހުންގެ މަޤާމުން، އޮޓަމެޓިކުން (އިޕްސޯ ފެކްޓޯfacto
ވަކިނުވާނެކަމާއި، އެގޮތަށް ވަކިވާނީ އެމީހުން ޢައްޔަން ކުރެވިފައިވަނީ ޞައްޙަނޫން، މުޠުލަޤު ގޮތެއްގައި
ބާޠިލު ( ވޮއިޑް އެން އިނިޓީއޯvoid ab initio) ޤާނޫނީ ޢަމަލެއްގެ މައްޗަށް ބިނާވެގެން ކަމަށް
(ipso
(
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުޖެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ރީއިވަސީ
ވެބްސައިޓް: URL
:
WWW
,
Supremecourt.gov.mv | ފެކްސް: 3008554
960 +
:Fax | ފޯން: 3009990
960 + :AThi

ޞަފްޙާ 10 ރިވިއު ނުކޮސް

ސަފްޙާ 12 ގެ j4
ވާނަމަ ކަމާއި، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ޢައްޔަންކުރެވޭ ވަޒީރުންނަށް
ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުން ޤާނޫނީ ގޮތުން ލާޒިމްވުނީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް
ކަމަށްވީހިނދު، އެ ރުހުން ނުލިބުމުގެ، ޗެކް އެންޑް ބެލެންސް' ގެ ޤާނޫނީ ނަތީޖާ ތަޙައްމުލު ކުރަންޖެހޭނީ
ޚުދު ރައީސުލްޖުމްހޫރިއްޔާކަމާއި، ދައުލަތުގެ އެންމެހައި މުއައްސަސާތަކަކީ ދާއިމީގޮތަކަށް ހުއްޓުމެއްނެތި
އިންތިޒާމުކަމާއެކު، ރައްޔިތުންގެ ޚިދުމަތުގައި ދެމިހުންނަ މުއައްސަސާތަކަކަށް ވުމަކީ ތަހުޒީބުވެ
ކުރިއަރާފައިވާ އެންމެހައި މުޖްތަމަޢުތަކުގައި އިސްތިޤްރާރުވެފައިވާ ޤާނޫނީ އުޞޫލެއްކަމަށް ވީހިނދު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ރުހުން ނުލިބޭ
ވަޒީރުން، ރައީސުލްޖުމްހޫރިއްޔާ އެމީހުން މަޤާމުން ވަކިކުރަންދެން ތިބޭނީ 'ޑީ ފެކްޓޯde facto)
މުވައްޒަފުންގެ ގޮތުގައި ކަމެވެ.
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ކަންތައްތަކުގެ މައްޗަށް ވިސްނައި ބަލާއިރު، ދިވެހި ދައުލަތުގެ
ތިންބާރުކަމުގައިވާ ޤާނޫނުހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ
ބާރާއި، މިތިން ބާރުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ކަނޑައެޅި އެއްބާރު އަނެއްބާރުގެ މައްޗަށް ނުފޫޒު
ފޯރުވުމަކާ ނުލައި، ޤާނޫނުގެ އިމުގެ ތެރޭގައި ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި
ފާރަވެރިވެވޭނޭ ނިޒާމެއް ޤާއިމުކުރެވިފައިވާކަމާއި، ދައުލަތުގެ ތިންބާރުގެ ތެރެއިން ކޮންމެ ބާރަކަށްވެސް
ޙަރަކާތްތެރި ވެވޭނެ ދާއިރާތަށް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އޮޅުންނާރާފަދަ
ސާފުގޮތަކަށް ޔާންކުރެވިފައިވާއިރު ޤާނޫނުއަސާސީއިންނާއި ޤާނޫނުން
ކުރުމަށްޓަކައި ތަންފީޒީބާރުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ
ވަޒީރުންގެ މަޖިލީހެއް ޢައްޔަންކުރުމުގެ ޒިންމާއަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި
ހއ
ހ24 3
4
4
ޙަވާލުކުރެވޭ
ކަންތައްތައް
އިޤްހިރާއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: Fax
:
+960 3oog554 | ފޯން: 3009990
960+ :fel
އިތާރުގެ

ޞަފްޙާ 11 ރިވިއު ނުކޮސް

ހުނަރު ﷲ އެވެ,
ސަފްޙާ 12 ގެ [
ހިމެނޭކަމެއްކަމާއި، ވަޒީރުން ޢައްޔަންކުރުމުގައި އެއްވެސް އެހެން ފަރާތެއްގެ ދައުރެއް ޤާނޫނުއަސާސީ އިން
ދެވަނަ ފަރާތަކަށް ލިބިދީފައި ނުވާކަން ޤާނޫނު އަސާސީގެ 129 ވަނަ މާއްދާއިން އެނގެން އޮވެފައި،
ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ފިޔަވައި ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ އެހެންމީހުން އެމަޖިލީހަށް
ޢައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންވާނެކަމަށް ޤާނޫނު އަސާސީގެ 129 ވަނަ
މާއްދާގެ (ނ) ގައި ބުނުމަށްފަހު، އަދި "..އެމީހުން ޢައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ
ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެމަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ
މިފަދައިން ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައި ބުނެފައި އޮތުމުން،
ޤާނޫނުއަސާސީ އާއި ޤާނޫނުން ޙަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި އެމާއްދާގެ (ހ) ގެ ދަށުން
ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް އެމާއްދާގެ (ނ) ގައި ބުނާ
ރުހުން ނުލިބުނުކަމުގައި ވިއަސް، ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ
ޙައިޘިއްޔަތުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޤާނޫނީގޮތުން ލިބިފައިވާ ޤާނޫނުއަސާސީގެ
ބެލެނިވެރިކަމުގެ މަސްއޫލިއްޔަތުގެ މައްޗަށް ބަލައި ވިސްނުމަށްފަހު، ދިވެހި ދައުލަތް ޤާނޫނީ ހުސްކަމަކަށް
އަޔަނުދީ ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ޢާންމުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެއްވެސް
މެދުކެނޑުމަކާ ނުލައި ފޯރުކޮށްދިނުން ކަށަވަރުކުރުމަށްޓަކައި، ރުހުން ނުލިބޭ ވަޒީރުން އެމަޤާމުން
ވަކިވަންދެން ނުވަތަ ވަކިކުރެވެންދެން، ނަޡަރިއްޔަތުއް ޝަނޫރާ (ޑޮކްޓްރީން އޮފް އެސެސިޓީ) ގެ ދަށުން
ޑިފެކްޓާ މުވައްޒަފުންގެ ގޮތުގައި އެ މަޤާމުގައި ތިބެވުނުކަމުގައިވިއަސް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ
ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129
ވަނަ މާއްދާގެ (ނ) ލާޒިމްކުރާ ކަމަކަށްވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ
މާއްދާގެ (ނ) ގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ވަޒީރުންގެ މަޖިލިސް އެކުލަވާލުމުގެ މަސްއޫލިއްޔަތަކީ
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފުރިހަމަކުރަން ޖެހިފައިވާ ދުސްތޫރީ މަސްއޫލިއްޔަތެއްކަމަށް
ދިވެހިރާއްޖޭގެ
އްޖޭގެ ސްޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 6 ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ފެންނާތީ
cu o
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :T1
+
ހިރާއޯޖެ

ޞަފްޙާ 12 ރިވިއު ނުކޮސް

ސަފްޙާ 12 ގެ 12
ރައްޔިތުންގެ މަޖިލީހުގެ ރުހުން
މިހުން ނުލިބޭ ޙާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި
ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ އެއްވެސް މެންބަރަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމުގައި
ދެމިތިބެވޭނެތަނެއް ނެތްކަމަށް ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 3009990
960+ :Tel

ޞަފްޙާ 13 ރިވިއު ނުކޮސް

ސަފްޙާ 12
1
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާންގެ ތަފާތުވި ރައުޔު
ހދ. ކުޅުދުއްފުށީ ބަނދަރު ޢަލީ ވަޙީދު، 24 ނޮވެމްބަރު 2010 ދުވަހު، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129
ވަނަ މާއްދާގެ (ހ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ
މެންބަރުންގެ ތެރެއިން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބުމަށް ރައްޔިތުންގެ މަޖިލީހުގެ
ރުހުން ނެތްކަމަށް އެ މަޖިލީހުން ނިންމަވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، އެބޭފުޅުންގެ މަޤާމުގައި
ދެމިތިއްބަވާނޭ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ އާއި، މަޤާމުގެ ވާޖިބު އަދާކުރެއްވުމުގައި
އެބޭފުޅުން ދެމިތިއްބެވީތީ، އަދި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ތަންދޭކަމަކަށްނުވާތީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ސުޕްރީމް ކޯޓުން
އެކަމާމެދު ގޮތެއް ކަނޑައަޅާދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ. އަދި، ދިވެހި ޤައުމީ ޕާޓީ ގެ ފަރާތުން
25 ނޮވެމްބަރު 2010 ދުވަހު ހުށަހެޅި ދުސްތޫރީ މައްސަލަ އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ވަޒީރުންގެ މަޖިލީހަށް
ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ބޭފުޅުންނަށް އެމާއްދާގެ (ށ) ގައިވާގޮތުގެ މަތިން ރައްޔިތުންގެ
މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ
ރުހުންނެތި އެބޭފުޅުން ޢައްޔަން ކުރެވުނު މަޤާމުތަކުގައި އެބޭފުޅުން ދެމިތިއްބަވައި، މަޤާމުގެ މަސްއޫލިއްޔަތު
އަދާކުރައްވަމުން ގެންދެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅާ ބަޔާންކޮށްފައިވާ
ދުސްތު އުޞޫލްތަކާއި ހަމަތަކުގެ މަތިން ކުރެވޭނެ ކަމެއްނޫންކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.
129
އިސްވެ ބުނެވުނު ދެ މައްސަލާގައި، އަހުރެންގެ ރަޢުޔު ކަޑައެޅުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއަށާއި، މި ދެ މައްސަލަ އަޑުއެހި ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށާއި، ހުށަހެޅި
ލިޔެކިޔުންތަކަށް ޤާނޫނީ ނަޒަރަކުން ބެލިއިރު އަންނަނިވި ކަންތައްތައް އަހުރެންނަށް ފާހަގަ ކުރެވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Suprone tourt of the Maldives | Theemuge Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: L RL
:
www.supremecourt.gov.mv | ފެކްސް: 308554
960+ :Fax | ފޯން: feto b9990

ޞަފްޙާ 14 ރިވިއު ނުކޮސް

ސަފްޙާ 2[ ގެ 2
.1
އޮންނަސް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 129 ވަނަ މާއްދާ ގެ (ހ)، (ނ)، އަދި (ބ) އަށް
ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ކަންތައްތަކާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީންނާއި ޤާނޫނުން ޙަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ
ދެކުރާ ވަޒީރުންގެ މަޖިލީހެއް ދިވެހިރާއްޖޭގައި އިވާނެކަމާއި، މި ވަޒީރުންގެ މަޖިލިސް
އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، އެކި އެކި ވުޒާރާތައް ހިންގުމަށް
ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ވަޒީރުންނާއި، ބަންޑާރަނައިބުގެ މައްޗަށްކަމާއި، ވަޒީރުންގެ
މަޖިލީހުގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފިޔަވައި، ވަޒީރުންގެ މަޖިލީހުގައި ތިބެނީ
ރައިސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހުންކަމާއި، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ
ޢައްޔަންކުރާ މީހުން، އެ މަޖިލީހަށް ޢައްޔަންކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން
ތިދަންވާނެ ކަމެވެ.
.2
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު،
ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހުންގެ
ނަންތައް، އެމީހަކު
ޢައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެތެރޭގައި ރައްޔިތުންގެ މަޖިލީހަށް، އެ މަޖިލީހުގެ
ރުހުން ހޯދުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުވަން ޖެހޭކަމާއި، މިފަހުން ޢައްޔަން ކުރެވުނު
ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ނަންތައް، އެ މެންބަރުން ޢައްޔަން ކުރި ދުވަހުން ފެށިގެން
607 ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާގޮތުގެ މަތިން،
ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އެ މަޖިލީހަށް ފޮނުވިކަމާއި، ރުހުން ހޯދުމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
s
upreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް URL
:
www.supremecourt.gov.mv| ފެކްސް: 3008554
960+ :Fax | ފޯން: 6om
@
go

ޞަފްޙާ 15 ރިވިއު ނުކޮސް

ޞަފްޙާ 2 ގެ 3
ރައީސުލްޖުމްހޫރިއްޔާ ފޮނުވި 12 ވަޒީރުންގެ ތެރެއިން 5 ވަޒީރަކަށް ރުހުން ދީފައިވާކަމާއި، 7
ވަޒީރަކަށް ރުހުން ދީފައި ނުވާކަން ފާހަގަ ކުރަމެވެ.
.3
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 131 ވަނަ މާއްދާއަށް ބަލާއިރު، ވަޒީރުންގެ
މަޖިލީހުގެ މެންބަރުން
އެ މީހުންގެ މަޤާމާ ޙަވާލުވާންވާނީ އުއްތަމަފަނޑިޔާރު ނުވަތަ
އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ
އިޤްރާރުގައި ސޮއިކުރުމަށް ފަހުގައިކަމާއި، މި ފަހުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރި
ވަޒީރުންގެ މަޖިލީހުގެ މެންބަރުންވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 131 ވަނަ
މާއްދާގައި ބުނާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ
ހުވައިކޮށް، އެ ހުވައިގެ އިޤްރާރުގައި ސޮއިކުރުމަށް ފަހު ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމަށް
އިސްކުރެވި މަޤާމާ ޙަވާލުވެފައިކަން އެނގެއެވެ.
އއކއ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ
ވަޒީރުން، މާތްﷲ ގަންދީ ކުރާ ހުވައިގައި ބުނަނީ: "އަހުރެން (މީހާގެ ނަން)
އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރި
ވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން،
ރައިސުލްޖުމްހުރިއްޔާ އަހުރެންނާ ޙަވާލުކުރާ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ވަޒީރެއްގެ
ބަންޑާރަނައިބުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު،
އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ." މިހެންނެވެ.
ކު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ 1 ދިވެހިރާއްޖެ | 4
eine Coud of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv| ފެކްސް: 3008554
960 + :Fax | ފޯން: ©g
@
oaoglން

ޞަފްޙާ 16 ރިވިއު ނުކޮސް

ސަފްޙާ 12ގެ 4
.5
ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރުމަށްފަހު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ
ގޮތުގެމަތިން އެ މެންބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވުމުން ރައްޔިތުންގެ
މަޖިލީހުން އެމެންބަރަކަށް ރުހުން ނުދީފިނަމަ، އެމެންބަރަކާ ދޭތެރޭ އަމަލުކުރަންވީ ގޮތެއް
ދިވެހިރާއްޖޭގެ
ޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ނައްޞުން އެނގެން ނެތްކަން އެނގެއެވެ.
.6
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ވަކި ކަމަކާދޭތެރޭ އަމަލުކުރާންވީ ގޮތެއް ނުވަތަ
ވަކި ކަމެއްވުމުން ނުވަތަ ނުވުމުން ކަންކުރާންވީ ގޮތް ބަޔާންކޮށްފައި ނުވާކަމެއް ހިނގައިފިނަމަ،
ނުވަތަ މެދުވެރި ވެއްޖެނަމަ، އަދި އެކަމާ ދޭތެރޭ އަމަލުކުރާންވީ ގޮތެއް ހޯދުމަށް ޝަރީއަތެއްގެ
މަޖިލީހަށް މައްސަލައެއް ހުށަހެޅިއްޖެނަމަ އެކަމާމެދު ފަނޑިޔާރެއްގެ ރައްދު ކަނޑައެޅުމުގައި، މުޅި
ޤާނޫނުއަސާސީއަށާއި، ޤާނޫނުއަސާސީގެ ރޫޙަރާއި، ޤާނޫނުއަސާސީގައި ބަސްމަގު ބޭނުންކޮށްފައިވާ
ގޮތަށާއި، ޤާނޫނުއަސާސީން ލިބިދީ އަދި ބަހާލާފައިވާ ބާރުތަކަށާއި، ފުރުޞަތުތަކަށް، ޤާނޫނީ
ނަޒަރަކުން ވިސްނައި ފިކުރު ހިންގާން ޖެހެއެވެ.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ކުރިމައްޗަށް ހުށަހެޅިފައިވާ މި ދެ މައްސަލައަކީ ދައުލަތުގެ ދެ
ބާރަކާ ގުޅިފައިވާ މައްސަލައެއްކަމާއި، މައްސަލައާ ގުޅޭ ދެބާރުގެ ދައުރާއި، ބާރާއި،
މަސްއޫލިއްޔަތުތަކާއި، ޖަވާބުދާރީ ކުރުވާ ގޮތް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި
ބަޔާންކޮށްފައި އެބައޮތްކަން ފާހަގަ ކުރަމެވެ.
.8
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 106 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތިން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Sprette purt of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.supremecourt.gov.mv ! ފެކްސް: 3008554
960+ :Fax | ފޯން: olgo go
ޙަޤީޤީތަ

ޞަފްޙާ 17 ރިވިއު ނުކޮސް

ސަފްޙާ 12 ގެ 5
ރައީސުލްޖުމްހޫރިއްޔާއަށްކަމާއި، އަދި އެމާއްދާގެ (ނ) އަށް ބަލާއިރު، ދައުލަތުގެ އެންމެމަތީ
ވެރިޔަކީ، އަދި ސަރުކާރުގެ އެންމެމަތީ ވެރިޔަކީ، އަދި ސިފައިންގެ އެންމެމަތީ ވެރިޔަކީ،
ރައީސުލްޖުމްހޫރިއްޔާކަން އެނގެއެވެ.
ޤާނޫނު އަސާސީގެ 106 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި އިސްވެ ބުނިގޮތައް ބަޔާންކޮށްފައިވީ
ނަމަވެސް، އެމާއްދާގެ (ރ) ގައި، ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގަންވާނީ ޤާނޫނުއަސާސީ
އާއި ޤާނޫނުގައިވާ ގޮތުގެ މަތީން ކަމަށް ބުނެއެވެ.
10. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ވެރިކަން ހިންގުމަށްޓަކާ
ޤާނޫނުއަސާސީގައި ބުނާ ގޮތުގެމަތިން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ
މީހަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދީފިނަމަ، އެމީހަކަށް މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު
އަދާނުކުރެވޭނެ ކަމަށް ނުވަތަ ޢައްޔަން ކުރިކުރުން ފުރިހަމަ ނުވާނެކަމަށް ނުވަތަ ރުހުން ލިބުމުން
މެނުވީ ޢައްޔަން ނުވާނެކަމަށް، މި ކޯޓަށް ހުށަހެޅުނު ދެ މައްސަލާގައިމެ ޒުވާބު ދެއެވެ.
11. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހިބަހުން ލިޔެފައިވާ އެއްޗެއް މާނަ ކުރުމުގައި،
މިފަދަ ޚިލާފުތަކެއް އުފެދިއްޖެނަމަ، އެ ބުނާ އެއްޗެއް މާނަކުރުމަށް ނުވަތަ ދޭހަކުރުމަށް ދިވެހިންގެ
ތެރޭން ގިނަބައެއް ބަސްމޮށޭގޮތަށް ބަލަން ޖެހޭނެ އަހުރެން ދެކެމެވެ.
4
4
2 ﷲތ4
ކށް އަދ
12. ވަޒީރުންގެ މަޖިލީހަށް މީހުން ޢައްޔަން ކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި
ބޭނުން ކޮށްފައިވާ ބަސްތަކަށް ނަޒަރު ކުރާއިރު، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ މީހުންގެ
ނަން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވަންޖެހެނީ ޢައްޔަން ކުރުމަށްފަހުގައި ކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
supreme purt of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް 3008554
960+ :Fax | ފޯން: 3googgo

ޞަފްޙާ 18 ރިވިއު ނުކޮސް

ސަފްޙާ 12 ގެ 6
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ނައްޞުގައި ސާފު ސީދާ ދިވެހިބަހުން ބުނާކަމާއި،
ޤާނޫނުއަސާސީގައި ކަމެއް މިހާ ފުރިހަމަކޮށް ކަނޑައެޅިގެން ބަޔާންކޮށްފައި އޮތްއިރު، އެ ނޫން
ގޮތަކަށް ނުވަތަ އެނޫން މާނަތައް ނެރުމުން، އެކަން އޮޅުންފިލުވައި ދިނުމުގައި، ދިވެހިން ބަސް
މޮށޭއިރު ކަމެއް ކުރުމަށް ނުވަތަ ކުރާންވީގޮތް ބުނުމަށް ނުވަތަ ކަމެއް ފުރިހަމަކުރުމަށް ނުވަތަ
ފުރިހަމަވުމަށް އިތުރު މަރުޙަލާއެއް ނުވަތަ ޝަރުތެއް ކުރިމަތީގައި އޮތްނަމަ ބޭނުންކުރާ ބަހުރުވަ
ސަމާލުކަމަށް ގެންނަންޖެހެއެވެ.
13. ކަމެއް ފުރިހަމަ ކުރުމަށް، އިތުރު މަރުޙަލާއެއް ނުވަތަ އިތުރު ޝަރުތެއް ފުރިހަމަވާން ނުވަތަ އިތުރު
ކަމެއްކުރާން އޮންނަ ނަމަ ނުވަތަ އިތުރު ކަމެއް ކުރަންޖެހޭ ޙާލަތްތަކުގައި، ދިވެހިބަހުން
ބަސްމޮށޭއިރު ބުނާނީ ނުވަތަ ލިޔާނީ، ވަކިކަމެއް ކުރުމަށް" ނުވަތަ "ކުރުމަށްޓަކައި" މިވެނި
ކަމެއް ކުރަންޖެހޭނެކަމަށް ނުވަތަ ފުރިހަމަ ވާންޖެހޭކަމަށެވެ. މި ގޮތުން، ވަޒީރުންގެ މަޖިލީހަށް
އައްޔަންކުރާ މީހުންގެ ޢައްޔަންކުރުން ފުރިހަމަވާނީ އެ މީހުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން
ލިބުމުން ކަމަށްވާނަމަ ޤާނޫނުއަސާސީގައި ބުނެފައި ވާނީ ޢައްޔަން ކުރުމަށް ނުވަތަ ޢައްޔަން
ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންވާނެކަމަށެވެ. މިހާރު އޮތް ގޮތުން،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ) މާނަ ކުރެވެނީ ކަމެއް
ފުރިހަމަކޮށް ނިންމުމަށް އަންގާ މާއްދާއެއްގެ ގޮތުގައިކަމާއި، އެ މާއްދާގައި އެބުނާ ކަންތައް
ނިންމުމަށްފަހު ނުވަތަ ފުރިހަމަ ކުރުމަށްފަހު ކުރަން ޖެހޭ ކަމަކީ ޢައްޔަންކުރި މެންބަރުން،
ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އެ މަޖިލީހަށް ފޮނުވުންކަމާއި، ރުހުން ނުލިބިއްޖެނަމަ،
ފުރިހަމަ ކޮށްފައިވާ ނުވަތަ ފުރިހަމަ ވެފައިވާ ކަމެއް ނިއުޅުވާލަން ޖެހޭނެކަމަށް ނުވަތަ ނިމުމަކަށް
އައީކަމަށް ނުވަތަ ބާޠިލްވީކަމަށް ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައި
ދުންނަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ |އީ
preine cont of the Maldives | Theemuge / Orchid Magu | Male | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv| ފެކްސް: 3008554
960+ :Fax | ފޯން: opedoo
36 އާw

ޞަފްޙާ 19 ރިވިއު ނުކޮސް

ސަފްޙާ 12ގެ 7
ނުވާކަމާއި، އެފަދަ ރޫޙެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ވާނަމަ، ރުހުން
ނުލިބުމުގެ ނަތީޖާ ސާފު ސީދާ ދިވެހި ބަހުން ބަޔާންކޮށްފައި ވާނެ ކަމަށް ޤަބޫލުކުރެވެއެވެ.
.14
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ
ޢައްޔަންކުރާ ވަޒީރުން، ޤާނޫނުއަސާސީގައި ބުނާގޮތުގެ މަތިން ހުވައިކޮށް ހުވައިގެ އިޤްރާރުގައި
ސޮއިކޮށް މަޤާމާ ޙަވާލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ކަންތައްތަކާއި ޤާނޫނުން
ޙަވާލުކުރެވޭ ކަންތައްތައް ކުރުންމަތީ ދެމިތިބެން ފަށާކަމާއި، އެ ހިނދުން ފެށިގެން އެމީހުންގެ
ޢަމަލުތަކަށް، ޤާނޫނުއަސާސީގައި ބުނާ ގޮތުގެ މަތިން ޖަވާބުދާރީ ވާންޖެހޭނެކަމާއި، ވަޒީރުންނަށް
ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވަންޖެހޭ ހަތް ދުވަހުގެ މުއްދަތުގައި ވެސް ވަޒީރުން،
މި ބުނިގޮތުގައި ދެމިތިބޭކަމާއި، ވަޒީރުންނަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ
މަޖިލީހަށް ފޮނުވުމުން އެ މަޖިލީހުގައި ރުހުން ދިނުމުގެ ކަންތައް ކުރިއަށް ގެން ގޮސް ރުހުމާމެދު
ރައްޔިތުންގެ މަޖިލީހުގެ ބަސް ރައީސުލްޖުމްހޫރިއްޔާ އަށް އެންގުމަށް ޤާނޫނުއަސާސީގައި ވަކި
މުއްދަތެއް ކަނޑައަޅާފައި ނުވާކަމާއި، ރައްޔިތުންގެ މަޖިލީހުގައި ކަންކުރާންވީ ގޮތް އެނގޭނީ
އެމަޖިލީހަށްކަމާއި، ކަން މިހެން އޮތް އިރު ވަޒީރުންގެ މަޖިލީހަށް މީހުން ޢައްޔަންކުރުމުގެ
ބަދަލުގައި ޢައްޔަންކުރުމަށް ބަޔަކު ހޮވާ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅަންޖެހޭ
ގޮތަށް ޤާނޫނުއަސާސީ މާނަ ކުރާނަމަ، އެވާނީ ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން
ނުދޭހާ ހިނދެއްގައި، ދައުލަތުގެ އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔާއަށް ފުރިހަމަ ގޮތެއްގައި
ވެރިކަން ހިންގަން ނުފެއްޓޭނެ ގޮތްވުންކަމާއި، ރައީސުލްޖުމްހޫރިއްޔާ އަށް، ޤާނޫނުއަސާސީން
ދީފައިވާ ވެރިކަން ހިންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ބާރުގެ ދަށައް ގެނެސް ވަކި
މުއްދަތެއްނެތި ހިފެހެއްޓޭނެ ގޮތަށް ޤާނޫނުއަސާސީ މާނަ ކުރުންކަމާއި، ރައްޔިތުންގެ މަޖިލީހަށް،
ވެރިކަން ހިންގުމުގެ ބާރަށް ވެރިކަން ކުރުމުގެ ފުރުޞަތު ހަނިކޮށްފައި ނުވަތަ ނުކުރެވޭނެ ގޮތަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Brame cort of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް 3008554
960+ :Fax | ފޯން: Te
=
%
d3cbo
(
4

ޞަފްޙާ 20 ރިވިއު ނުކޮސް

އެ މެންބަeއ
ސަފްޙާ 12 ގެ 8
ހިފެހެއްޓޭނެ
ގޮތް އެއީ ތިން ބާރު ވަކިކޮށްފައިވާ ޤާނޫނުއަސާސީއެއްގެ ރޫޙް
ކަމަކަށް
ނުބެލެވޭނެކަމެވެ.
.15
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ވަކި ކަންތައްތަކެއް ރައްޔިތުންގެ މަޖިލީހުން
ފާސްކުރުމަށް އެމަޖިލީހުގެ އެކި މިންވަރަށް އަޣުލަބިއްޔަތު ލިބެންޖެހޭކަމާއި، ކަމުގެ މުހިއްމު
ކަމުގެމައްޗަށް ބަލާ ވަކި ކަންތައްތަކަކަށް ލިބެންޖެހޭ އަޣްލަބިއްޔަތު ތަފާތު ކުރެވިފައިވާކަމާއި، މި
ގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު
އެ މާއްދާގައި ބުނާގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ
މަޖިލީހުން ފާސްވެއްޖެކަމަށް ބެލޭނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޤްލަބިއްޔަތު،
އިތުބާރު ނެތްކަމުގެ ހުށަހެޅުމަށް ލިބިއްޖެ ނަމައެވެ.
16. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 86 ވަނަ މާއްދާ އަށް ބަލާއިރު އެ މާއްދާގައި
ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ އަދަދަކީ އެމަޖިލީހުގެ މެންބަރުންގެ
ފަންސަވީސް އިންސައްތަކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 87 ވަނަ
މާއްދާގެ (ހ) އަށް ބަލާއިރު އެ މާއްދާގައި ބުނަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުން ނިންމުމެއް
ނިންމޭނީ އެ ޖަލްސާ އަށް ޙާޟިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުންކަމަށެވެ.
17. ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރި މެންބަރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ
ވޯޓުގައި ގޮތެއް ފާސްކުރުމަށް ވަކި ގޮތެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި
ބަޔާންކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ. އެހެން ކަމުން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ﷲ ޢިޤްހިތް
i
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: W6abebo

ޞަފްޙާ 21 ރިވިއު ނުކޮސް

ސަފްޙާ 12" ގެ 9
އަދަދުގެ ފަންސަވީސް އިންސައްތަ ޙާސިރުވާ ޖަލްސާއެއްގައި ވަޒީރުންނަށް ރުހުން ދިނުމަށް ނަގާ
ވޯޓުގައި އެ ޖަލްސާގެ އަޣްލަބިއްޔަތުން ރުހުން ނުދިނުމަށް ފާސްކޮށްފިނަމަ އެވާނީ ވަޒީރުންނަށް
ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ އަދަދުގެ ތޭރަ އިންސައްތަ (11 މެންބަރުން)
އަށް ގޮތެއް ނިންމުމުގެ ފުރުސަތު އޮތުމެވެ.
.18
ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މީހުންނަކީ ރައީސުލްޖުމްހޫރިއްޔާގެ
ނަޒަރުގައި ޤާނޫނުއަސާސީއިން އޭނާގެ މައްޗަށް ލާޒިމްކުރާ ވެރިކަން ހިންގުމުގެ ބާރު އެންމެ
ފުރިހަމަ ގޮތުގައި އަދާ ކުރުމަށް އޭނާ އަށް އެހީތެރިވުމަށް އެންމެ އެކަށީގެންވާ ފަރާތްތައްކަމަށް
ބަލަންޖެހެއެވެ. ދައުލަތުގެ އެންމެމަތީ ވެރިޔާ އަދި ވެރިކަން ހިންގުމުގެ ބާރު ލިބިފައިވާ ފަރާތުން
ވެރިކަން ހިންގުމަށް އޭނާ އަށް އެހީތެރިވުމަށް ޢައްޔަންކުރާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގައި ބުނާ ޝަރުޠު ފުރިހަމަވާ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ
މަޖިލީހުގެ ޖުމްލަ އަދަދުގެ ތޭރަ އިންސައްތާގެ ރުހުން ނުލިބިގެން މަޤާމުގައި ދެމި ނުތިބެވޭނެ ގޮތް
ވުމަކީ ވެރިކަމުގެ ބާރުގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ޖުމްލަ އަދަދުގެ ތޭރަ އިންސައްތައަށް
ބާރު ފޯރުވުންކަމާއި، އެފަދަ ފުރުޞަތެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން
ރައްޔިތުންގެ މަޖިލީހަށް ދީފައިނުވާނެ ކަމަށް ޤަބޫލުކުރަންޖެހެއެވެ.
4
19. ވަޒީރަކަށް އިތުބާރު ނެތް ކަމުގެ ހުށަހެޅުމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެމަޖިލީހުގެ
ޖުމްލަ އަދަދުގެ އަޣްލަބިއްޔަތު ލިބެންޖެހޭއިރު، ވަޒީރަކަށް ރުހުން ދިނުމުގައި ރައްޔިތުންގެ
މަޖިލީހުން ގޮތެއް ނިންމުމަށް އެމަޖިލީހުގެ ޖުމްލަ އަދަދުގެ ތޭރަ އިންސައްތައަށް ފުރުސަތުލިބޭ
ގޮތަށް ޤާނޫނުއަސާސީ މާނަ ނުކުރެވޭނެކަމާއި، އެގޮތަށް މާނަ ކޮށްފިނަމަ އެވާނީ އެއް ނަތީޖާއެއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ| އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
preme Court of the Maldives | Theemuge | Orchid Magu Male'ſ Republic of Maldives
ވެބްސައިޓް URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 36990

ޞަފްޙާ 22 ރިވިއު ނުކޮސް

ސަފްޙާ 12 ގެ 10
ނެރުމަށް ޤާނޫނުއަސާސީގައި ދެ ގޮތަކަށް ކަންކުރަން އޮތްކަމަށް ބުނުމެވެ. އެއީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ މާނަ ކޮށްގެންވާނެ ގޮތެއް ނޫނެވެ.
33 34
20. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހަށް
ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހުންނަކީ އަމިއްލަ ފަރުދުންކަމާ ދައުލަތަށް ޚިދުމަތް ކުރާ
ދައުލަތުން އުޖޫރަ ލިބިގެން މަޤާމާ ހަވާލުވެ މަސްޢޫލިއްޔަތުތަކެއް އަދާ ކުރާ ފަރުދުންކަމާއި،
ޤާނޫނުއަސާސީގައި ބުނާ ގޮތުގެ މަތިން ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމަށް އައްޔަން ކޮށްފައިވާ
ފަރުދަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބިއްޖެނަމަ އެމީހަކު ވަޒީފާއިން ނުވަތަ މަޤާމުން
ވަކިވާނެކަމަށް ބުނާނަމަ، ބަލަންޖެހޭނެ އެއްކަމަކީ އެފަރުދަކަށް އަސާސީ އިންސާފު ނެޗުރަލް
ޖަސްޓިސް) ލިބުނުތޯއެވެ. މިއަދު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ
އަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ޖަވާބުދާރީވުމާއި ޒިންމާކުރުވުމުގެ ރޫޙް އެކުލަވާލެވިފައިވާ
ޤާނޫނުއަސާސީއަކަށް ވީފަދައިން "ޕްރިންސިޕަލްސް އޮފް ނެޗުރަލް ޖަސްޓިސް" ވެސް ވަރަށް
ފުރިހަމައަށް ހިފަހައްޓާ ޤާނޫނުއަސާސީއެއްކަން ޤާނޫނުއަސާސީގެ މާއްދާތަކުން އެނގޭކަމާއި،
ގޮތުން ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ށ) ގައި ބުނަނީ މި މާއްދާގެ (ހ) ގައި ބުނާ
ފަދަ ހުށަހެޅުމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ވަޒީރަކަށް އިތުބާރުނެތްކަމުގެ) ބަހުޘް ފެށުމުގެ
ސާދަ ދުވަސް ކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގަންވާނެކަމާއި، އަދި އެ
ބަހުޘް ގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތް ކުރުމުގެ ޙައްޤު އެ
މެންބަރަކަށް ލިބިގެންވާކަމެވެ. މި މާއްދާ އަށް ބަލާއިރު، އަސާސީ އިންސާފުގައި ހިމެނޭ އެންމެ
މުހިއްމު ދެ ބައި ފުރިހަމަ ކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި މިވަނީ
ލާޒިމް ކޮށްފައިކަމާއި، މީހަކާ ދެތެރޭ ދަޢުވާއެއް ކުރާނަމަ ނުވަތަ މީހަކާ ދޭތެރޭ ތުހުމަތެއްކޮށް އެ
އަސަރުކުރާނެ ކަމެއް ކުރާނަމަ
އަންގަންވާނެ
4400
މީހަކަށް އެކަމުގެ
އެކަމެއް އެމީހަކަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ 1 އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
preme Collrt of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
#
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 308554
960 + :Fax | ފޯން: 36890
60

ޞަފްޙާ 23 ރިވިއު ނުކޮސް

ސަފްޙާ 12 ގެ 11
(advance notice) ކަމާއި، އެކަމާ ގުޅޭގޮތުން އެ މީހަކަށް ޖަވާބުދާރީ ވުމުގެ ފުރުސަތު
ދޭންޖެހޭނެ (audi alteram partem) ކަމާއި، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގެ
ނަތީޖާ އަކީ ވަކި ފަރުދެއްގެ ވަޒީފާއަށް އަސަރުކުރާނެ ކަމެއް ކަމަށް ޒުވާބު ދޭނަމަ، ބަލަންޖެހޭ
އެއްކަމަކީ އެ ފަރުދަކަށް އަސާސީ އިންޞާފު ލިބިދީފައިވޭތޯއެވެ. ވަޒީރުންނަށް ރައްޔިތުންގެ
މަޖިލީހުގެ ރުހުން ދިނުމުގެ މަރުޙަލާގައި، އެފަރާތްތަކަށް އަސާސީ އިންޞާފު ލިބިދޭނެ ފުރުސަތެއް
ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާކަމާއި، އެހެން ކަމުން ރުހުން ދިނަސް އަދި ނުދިނަސް
އެކަމަކީ މަޤާމު އަދާ ކުރަމުންދާ ވަޒީރުގެ ޙައިޞިއްޔަތާ މެދު ނުވަތަ މަޤާމުގައި ދެމިހުރުމުގެ
ޞައްޙަ ކަމަށް އަސަރެއް ކުރާނެ ކަމެއް ނޫންކަމަށް ބަލަންޖެހެއެވެ.
ހކ ދ هމ 4
131
21. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ރައީސުލްޖުމްހޫރިއްޔާ ފިކުރާ ވަޒީރުން،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ވަނަ މާއްދާގައިވާ ގޮތުގެ މަތިން
އުއްތަމަފަނޑިޔާރު ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ ވަޒީރުންގެ މަޖިލީހުގެ
މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ އިޤްރާރުގައި ސޮއިކުރުމުން ވަޒީރުންގެ މަޖިލީހުގެ
މެންބަރުކަމަށް އިސްވާކަމާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރެއް، ވަޒީރެއްގެ މަޤާމުން ވަކިވާނީ
ނުވަތަ ވަކިކުރެވޭނެ ހަމައެކަނި ގޮތަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 137 ވަނަ
މާއްދާގެ (ހ)، އަދި 139 ވަނަ މާއްދާ، އަދި 130 ވަނަ މާއްދާގެ (ހ) ގެ 1 އަދި 130 ވަނަ
މާއްދާގެ (ށ) ގެ 2، އަދި ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ބުނާ ޙާލަތްތަކުގައި
އެ މާއްދާތަކުގައި ބުނެފައިވާ ގޮތުގެ މަތިންކަމަށް ޤަބޫލުކުރަންޖެހެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްA
pt Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން:930b9ed=

ޞަފްޙާ 24 ރިވިއު ނުކޮސް

ޞިސަފްޙާ 12 ގެ 12
ދެންފަހެ، މަތީގައި ބަޔާންކޮށްފައިވާ ކަންތައްތައް އަހުރެންނަށް ފާހަގަ ކުރެވުނު ހިނދު،
ހުށަހެޅިފައިވާ ދެ މައްސަލާގެ އަހުރެންގެ ރަޢުޔުއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނޫއަސާސީގައި
ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކޮށް ޤާނޫނުއަސާސީގައި ބުނާ ހުވައިކޮށް ހުވައިގެ
އިޤްރާރުގައި ސޮއިކޮށް މަޤާމާ ޙަވާލުވާ ވަޒީރު އެވަނީ ޤާނޫނުއަސާސީގައި ބުނާގޮތުގެ މަތިން ވަޒީރުންގެ
މަޖިލީހަށް ޢައްޔަންވެ ޢައްޔަންވުން ފުރިހަމަ ވެފައިކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމަކީ
ވަޒީރުންގެ މަޖިލީހަށް ވަޒީރަކު ޢައްޔަންވުމަށް ފުރިހަމަވާންޖެހޭ ޝަރުތެއް ނޫންކަމާއި، ދިވެހިރާއްޖޭގެ
ޖުމްހުރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ގޮތުން ވަޒީރުންގެ މަޖިލީހަށް ޢައްޔަންކޮށްފައިވާ ވަޒީރަކު އޭނާގެ
މަޤާމުން ވަކިވާނީ ނުވަތަ ވަކިކުރެވޭނީ ޤާނޫނުއަސާސީގެ 137 ވަނަ މާއްދާގެ (ހ)، އަދި 139 ވަނަ
މާއްދާ، އަދި 130 ވަނަ މާއްދާގެ (ހ) ގެ 1 އަދި 130 ވަނަ މާއްދާގެ (ނ) ގެ 2، އަދި ޤާނޫނު
އަސާސީގެ 100 ވަނަ މާއްދާގެ (ރ) ގައި ބުނާ ޙާލަތްތަކުގައިކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން
ނުލިބޭ ވަޒީރުން އެ މީހުންގެ މަޤާމުން ވަކިވާނެ ކަމަށް ބެލޭނެ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީ މާނަ ކުރާނެ ޖާގައެއް ނެތްކަމަށް ކަނޑައަޅާ އަހުރެންގެ ރައްބު އިއްވީމެވެ.
ދީޡްހިޅު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާވެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 300999
960+ :Tel

ގުޅުއްވާ
  • info@archive.mv
  • 9690600

އިތުރު މަޢުލޫމާތު
އަހަރަމެންނަކީ

ލީގަލް އާރކައިވް ޕްރޮޖެކޮޓްއަކީ ހުރިހާ ޤާނޫނާއި ގަވައިދުތަކަކާއި ޤާނޫނީލިޔެކިޔުންތަކާއި ކޯޓު ތަކުގެ ހުރިާ ޝާއިރުކުރުންތަކެއް އެއްތާކުން ފަސޭހަކަމާއިއެކު ލިބޭނެ ގޮތް ހަދާދިނުމައް ތައްޔާާރުކުރެވިފައިވާ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓްގެ ތެރެއިން ކުރީގެ އަދި މިހާރުގެ ލިޔެކިޔުންތައް ޑިޖިޓައިޒް ކުރެވި ތާނައިން ހުރިހާ ލިޔެކިޔުމެއް ހޯދޭނެމަގުފަހިކޮށްދެވޭނެއެވެ.


© ArchiveMV 2025 | All rights reserved

މާފް ކުރައްވާ!
މި ޚިދުމަތް ކުރު މުއްދަތެއްގެ ތެރޭގައި އަންނާނެ