ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/35 ޤަޟިއްޔާގެ ޙުކުމް
1)
l
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/35
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އިކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރ: 35/HC
-
A/2013
އިސްތިއުނާފްކުރި ފަރާތް
* ފުރިހަމަ ނަން: އަސްލަމް އިބް
އިބްރާހީމް
2 އައި.ޑީ.ކާޑު ނަންބަރު: A141080
ސީދާއިމީ އެޑްރެސް: ހިތަދޫ ސ.ހިތަދޫ
*މިހާރުގެ އެޑްރެސް: ގ.އުތީމުގެ ކ.މާލެ
0
• އިސްތިއުނާފް ރައްދުވި ފަރާތް:
* ފުރިހަމަނަން: ސާރާ އިބްރާހީމް
4 އައި.ޑީ.ކާޑު ނަންބަރު: A140845
*ދާއިމީ އެޑްރެސް: ސްވާސްޓިކާ ހދ.މަކުނުދޫ
* މިހާރުގެ އެޑްރެސް: މއ.ގޯލްޑް ހޯޕް1ކ.މާލެ
ރަޖިސްޓްރީކުރި ތާރީޚް: 26 ރަބީޢުލްއައްވަލު 1434
ފެބްރުއަރީ 2013
4 ނިމުނު ތާރީޚް: 17 ރަބީޢުލްއާޚިރު 1434
27 ފެބްރުއަރީ 2013
07
2 20
އިސްތިއުނާފްކުރެވުނު އަމުރު ނަންބަރު: ފެމިލީ ކޯޓުގެ ނަންބަރު B2
/
2013
/
06 ވަގުތީ އަމުރު
• ނިންމެވި ކޯޓު: ފެމިލީ ކޯޓް
މައްސަލައިގެ ބާވަތް: ވަގުތީ އަމުރު
ހުށަހެޅި ތާރީޚް: 04.02.2013
= ނިމުނު ތާރީޚް: 04.02.2013 ރިއްޖޭގެ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިސް:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/35
ދައުވާގެ ޚުލާސާ
މިއީ ފެމިލީ ކޯޓުގެ ނަންބަރު B2
/
2013
/
06 ވަގުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ނޫންކަމަށް ބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް ހިތަދޫ ހިތަދޫގެ
އަސްލަމް އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި
މައްސަލަ ރައްދުވާ ފަރާތަކީ ހދ. މަކުނުދޫސްވާސްޓިކާ ސާރާ އިބްރާހީމްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1) ފެމިލީ ކޯޓުގެ ނަންބަރު B2
/
2013
/
06 ވަގުތީ އަމުރަށް ބަލާއިރު، އެކޯޓު އަމުރު
ނެރުއްވާފައިވަނީ "ހދ. މަކުނުދޫ ސްވާސްޓިކާ ސާރާ އިބްރާހީމް އާއި ސ.ހިތަދޫ ހިތަދޫގެ އަސްލަމް އިބްރާހީމް
އާ ކާވެނިކޮށް ލިބިފައިވާ ދަރިފުޅު، މުޙައްމަދު ރައްޔާން އަސްލަމް (އުފަންތާރީޚް: 12.02.2009)ގެ ޙަޟާނަތު
ލިބިގަތުމަށްއެދި އަސްލަމް އިބްރާހީމް މައްޗަށް 2013 ޖެނުއަރީ 28 ވަނަ ދުވަހު މިކޯޓުގެ ނަންބަރ
2013/Fm
-
C/187 ޤަޟިއްޔާގައި ހުށަހަޅާފައިވާރު، ކުއްޖާ އުޅެމުންދަނީ ކުއްޖާގެ މަންމަ ސާރާ އިބްރާހީމް
އާއި ވަކިން ކަމަށްވާތީ އާއި މިފަދަ ތުއްތު ކުއްޖަކު ކުއްޖާގެ މަންމަ އާއި ވަކިން ހުރުމަކީ ކުއްޖާގެ މަސްލަޙަތަށް
އުނިކަން އަންނާނެ ކަމެއް ކަމާއި، މިކުއްޖާގެ މަންމަ ސާރާ އިބްރާހީމް ހުރީ މިކުއްޖާ ބެލުމަށް ކަމުގައިވާތީ،
ކުއްޖާ އަށް މަސްލަޙަތުބޮޑީ ކުއްޖާގެ މަންމަ ގާތުގައި ހުރުން ކަމަށް ޝަރީޢަތަށް ފެންނާތީ، މިކުއްޖާގެ
ޙަޟާނަތުގެ މައްސަލަ (ނަންބަރ 2013/Fm
-
C/187 ޤަޟިއްޔާ) ވަކިގޮތަކަށް ނިމެންދެން ނުވަތަ ކޯޓުން
އެހެންގޮތަކަށް އަންގަންދެން މިއަދު (04.02.2013)ން ފެށިގެން މިކުއްޖާ 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ
ތެރޭގައި މިކުއްޖާގެ މަންމަ ހދ.މަކުނުދޫ ސްވާސްޓިކާ ސާރާ އިބްރާހީމް އާއި ޙަވާލުކުރުމަށް ސ.ހިތަދޫ ހިތަދޫގެ
އަސްލަމް އިބްރާހީމް އަށް އަންގައި، އަދި އަސްލަމް އިބްރާހީމް ކުއްޖާއާއި ބައްދަލުކުރުމަށް ގޮސްފިނަމަ
ބައްދަލުކޮށްދޭން ޖެހޭނެކަން ސާރާ އިބްރާހީމް އަށް އަންގާ، އަދި ފޯނު މެދުވެރިކޮށްވެސް ދަރިފުޅާއި
ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށް ސާރާ އިބްރާހީމް އަށް އަންގައި އަމުރުކޮށްގެނެރުއްވާފައިވާ
މުރެއްކަން އެނގެއެވެ.
ތ27ތ ދ ތ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{13/HC-A/35
2) ފެމިލީ ކޯޓުގެ ނަންބަރު B2
/
2013
/
06 ވަގުތީ އަމުރު އެކޯޓުން ނެރުއްވީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމުން، ހިތަދޫހިތަދޫގެ އަސްލަމް
އިބްރާހީމްގެ ފަރާތުން ފާހަގަކުރި ނުކުތާއަކީ، އާއިލާއާ ބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) އަށް
ފުށުއަރާގޮތަށް ވަގުތީ އަމުރު ނެރުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
<
އެދެމީހުންނަށް ލިބުނު ދަރިފުޅު، މުޙައްމަދު ރައްޔާން އަސްލަމް (އުފަންތާރީޚް: 12.02.2009)، ހުރީ ކުއްޖާގެ
ބައްޕަ، އަސްލަމް އިބްރާހީމް ކައިރީގައިކަން އެނގޭކަމާއި، އަދި ދިހަ ވަރަކަށް މަސްދުވަސްވާންދެން މުޙައްމަދު
ރައްޔާން އަސްލަމް އޭނާގެ ބައްޕަ ކައިރީގައި ހުންނަންޖެހުނު ސަބަބަކީ އޭރު އޭނާގެ މަންމަ، ސާރާ އިބްރާހީމަށް
އެދަރިފުޅު ބަލާނެ ގޮތެއް ހަމަޖެހިފައިނުވާތީކަމަށް ސާރާ އިބްރާހީމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވާކަމާއި، ސާރާ އިބްރާހީމްއަކީ އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި
ޝިފްޓް ޑިއުޓީގައި ވަޒީފާ އަދާކުރާ ފަރާތެއްކަމަށާއި، އޭނާއަކީ ރޭގަނޑު ކިޔަވަންދާ ފަރާތެއްކަމަށް އަސްލަމް
އިބްރާހީމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވީނަމަވެސް، ސާރާ އިބްރާހީމް މިހާރު
ކިޔަވަން ނުދާކަމަށާއި، ވަޒީފާގައި އުޅޭ ވަގުތު މުޙައްމަދު ރައްޔާން އަސްލަމް ބެލުމަށް ސާރާ އިބްރާހީމްގެ މަންމަ
މާލޭގައި ހުރިކަމަށާއި، އަދި ސާރާ އިބްރާހީމްއާއި ސާރާ އިބްރާހީމްގެ މަންމަ ދިރިއުޅެނީ އެއް
އެޕާރޓްމަންޓެއްގައިކަމަށް ސާރާ އިބްރާހީމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން
ފާހަގަކުރެވޭކަމާއި،
މުޙައްމަދު ރައްޔާން އަސްލަމް ބެލުމުގެ ކަންތައް މިހާރު ކުރަނީ އަސްލަމް އިބްރާހީމް މިހާރު
އިނދެގެން އުޅޭ މީހާކަމަށާއި، އަސްލަމް އިބްރާހީމް އިނދެގެން އުޅޭ މީހާއަކީ މިހާރު ވިހަން ކައިރިވެފައިއިން
މީހެއްކަމަށާއި، ދަރިފުޅު މުޙައްމަދު ރައްޔާން އަސްލަމް ބަލަން ދެންހުރި ފަރާތަކީ އަސްލަމް އިބްރާހީމްގެ
މަންމަކަމަށާއި، އަސްލަމް އިބްރާހީމްގެ މަންމައަކީ ވަޒީފާ އަދާކުރާ ފަރާތެއްކަމަށް ސާރާ އިބްރާއީމާޖެއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2{13/HC-A/35
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނުމުން، އެކަންކަމަށް އަސްލަމް އިބްރާހީމް އިންކާރުކޮށްފައިނުވާކަން
ފާހަގަކުރެވެން އޮންނަކަމާއި،
މުޙައްމަދު ރައްޔާން އަސްލަމް އޭނާގެ މަންމަ ސާރާ އިބްރާހީމްގެ ބެލުމުގެ ދަށުގައި މިވަގުތު
ހުރެގެން އެކުއްޖާއަށް ނޭދެވޭ އަސަރުކުރާނެ ގޮތެއް، ނުވަތަ މިވަގުތު އެކުއްޖާގެ މަޞްލަޙަތަށް އުނިކަމެއް
އަންނާނެފަދަ އެކަށީގެންވާ ސަބަބެއް އަސްލަމް އިބްރާހީމްއަށް ދެއްކިފައިނުވާކަން ފާހަގަކުރެވޭކަމެވެ.
(ށ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 4/2000 (އާއިލާއާ ބެހޭ ޤާނޫނު) ގެ 41 ވަނަ
މާއްދާގެ (ނ) ގައި ބަޔާންކުރެވިފައިވަނީ ކުއްޖާގެ ޙަޟާނަތު ޙަވާލުކުރެވޭ މީހާގެ ކިބައިގައި ހުންނަންޖެހޭ
ޝަރުޠުތަކުގެ ތެރޭގައި ކުއްޖާ ބަލައި ބޮޑުކުރުމަށް ބޭނުންވާ އޯގާތެރިކަމާއި ފަރުވާތެރިކަން ދެވޭ ފަދަ މީހަކު
ކަމުގައިވުންކަމާއި،
އަސްލަމް އިބް
އިބްރާހީމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް އެދިފައިވަނީ ފެމިލީ ކޯޓުގެ ނަންބަރު
B2
/
2013
/
06 ވަގުތީ އަމުރުކަމާއި، އެހެންނަމަވެސް އަސްލަމް އިބްރާހީމް ހުށަހަޅާފައިވާ ނުކުތާގައި
ޙަވާލާދީފައިވަނީ ޙަޟާނަތު ލިބުމުގެ ޝަރުޠުތައް ޤާނޫނުގައި ބަޔާންކުރާ މާއްދާއަށް ކަމަށްވީއިރު،
ފެމިލީ ކޯޓުގެ ނަންބަރު 2013/Fm
-
C/187 ޤަޟިއްޔާގައި މުޙައްމަދު ރައްޔާން އަސްލަމްގެ
ޙަޟާނަތު ލިބިގަތުމުގެ މައްސަލަ ބައްލަވަމުން ގެންދަވާކަން އެނގޭކަމާއި، އަދި އެޤަޟިއްޔާގައި އެކުއްޖާގެ
ޙަޟާނަތާ ގުޅޭ ގޮތުން ވަކި ގޮތެއް ކަނޑައެޅުއްވުމުގެ ކުރިން، ދިވެހިރާއްޖޭގެ ހައިކޯޓުން ޤާނޫނު ނަންބަރު
4/2000 (އާއިލާއާ ބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ ގޮތެއް ކަނޑައެޅުންވާނީ
އިސްތިއުނާފް އުޞޫލުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ދަށު ކޯޓުން ޙުކުމެއް
ކުރައްވާފައިނުވާ ކަމެއްގައި މަތީ މަރުޙަލާ ކޯޓަކުން ޤާޟިއްޔާއެއް އިސްތިއުނާފު ކުރުމުގެ ތެރޭގައި އާ
ޙުކުމެއްކުރުންކަމާއި، އަދި މިއީ އިސްތިއުނާފް އުޞޫލުތަކާ އެއްގޮތްވާ ކަމެއް ނޫންކަމަށްވާތީ، އަސްލަމް
އިބްރާހީމްގެ ފަރާތުން ފެމިލީ ކޯޓުގެ ނަންބަރު B2
/
2013
/
06 ވަގުތީ އަމުރު އިސްތިއުނާފުކުރަމުން ހުށަހެޅި
ނުކުތާއަށް ބިނާކޮށް، މިމައްސަލައިގައި ގޮތެއް ކަނޑައެޅުމަކީ، ފެމިލީ ކޯޓުގެ ނަންބަރު 2013/Fm
-
C/187
ޤަޟިއްޔާގައި ގޮތެއް ކަނޑައެޅުއްވުމުގެ ކުރިން، އެޤަޟިއްޔާއަށް އަސަރުކުރާނެ މައުޟޫޢީ ޙުކުމެއްކުރުން ކަމަށް
ވީހިނދު، އަސްލަމް އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް ޤާނޫނު ނަންބަރު 4/2000 (އާއިލާއާ ބެހޭ
ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ) ގެ މައްޗަށް ބިނާކޮށް މިމައްސަލައިގައި ގޮތެއް
ނެތްކަމަށް މިމައްސަލަބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުކަމެވެ.
0 42
މިއަޅުMދން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33/6471، ދިވެހިން
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2013/HC-A/35
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2ތތ
مگر میری
ހުރުމާއެކު
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން
ފެމިލީ ކޯޓުގެ ނަންބަރު
2/2013/06 ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށްޓަކައި ހިތަދޫ!ހިތަދޫގެ އަސްލަމް އިބްރާހީމްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮ
ބިނާކޮށް، އެއަމުރު ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ
ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv