ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/05 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/05
އަA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
*
ހުޙްމަދީ
*
• ޤަޟިއްޔާ ނަންބަރު: 05/HC-A/2014
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
* އައި.ޑީ.ކާޑު ނަންބަރު: -
* ދާއިމީ އެޑްރެސް: ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
މިހާރުގެ އެޑްރެސް: ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
* ކައުންސިލުގެ ފަރާތުން: ކައުންސިލް މެންބަރު ޙުސައިން ޖަބީން
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢަލީ އަޙް
ދާއިމީ އެޑްރެސް: ހިޖްރީ/ ތ.ވިލުފުށީ
އައި.ޑީ.ކާޑު ނަންބަރު: A049651 މިހާރުގެ އެޑްރެސް: މއ. ވީވާ ކ. މާލެ
ވަކީލް: މައުމޫން މޫސާ، ސީސްޓަރ/ ށ. ފުނަދޫ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ރަބީޢުލްއައްވަލު 1435 ނިމުނު ތާރީޚް: 30 ޝަޢުބާން 1436
14 ޖެނުއަރީ 2014
17 ޖޫން 2015
އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/N2C/03
ނިންމެވި ކޯޓު: ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓު
ޤަޟިއްޔާގެ ބާވަތް: އެން.ޑީ.އެމް.ސީއާއި ވިލުފުށީ ހިޖްރީ ޢަލީ އަޙްމަދުއާއި ދެމެދު ވެފައިވާ
އެއްބަސްވުމުގައިވާ ބިން ހޯދުން.
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 04 ޖަނަވަރީ 2012
• ޤަޟިއްޔާ ނިމުނު ތާރީޚް: 21 މާރޗް 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު. ޢަލީ ސަމީރު
0
ދިވެހިރާއްޖޭގެ
E
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
2014/HC-A/05
މިއީ، ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/N2C/03 ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި، ކޮޅުމަޑުލު ވިލުފުށީ ކައުންސިލުގެ އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ތ. ވިލުފުށީ ހިޖްރީ ޢަލީ އަޙްމަދެވެ.
ކޮން$$
8 ,
އެއެކަން އެޏ 8 *.
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
އެއްޤަށް
ފާހަގަކުރެވުނު ނުކުތާތައް:
ޑ 0 =ދ
އއގށް
1. ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/N2C/03 ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި
ކޮޅުމަޑުލު ވިލުފުށީ ކައުންސިލުގެ އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
CUO
2. ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/N2C/03 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި،
ތ. ވިލުފުށީ (ހިޖްރީ) ޢަލީ އަޙްމަދާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ލ. ވިލުފުށިން ތެޔޮވިއްކުމަށް
25 (ފަންސަވީސް) އަހަރަށް ދޫކޮށްފައިވާ ބިމުގައި، އެމަސައްކަތްކުރުމަށް މިހާރު ވިލުފުށީ ކައުންސިލްގެ
އިދާރާއިން ފުރުޞަތު ދީފައިނުވާތީ، އެއްބަސްވުމާއި
ވިލުފުށީ (ހިޖްރީ) ޢަލީ އަޙްމަދަށް
ދޫކުރެވިފައިވާ ބިން މިހާރުން މިހާރަށް އެއްބަސްވުމާއި އެއްގޮތަށް ޙަވާލުކޮށްދިނުމަށް ތ. ވިލުފުށި ކައުންސިލުގެ
އިދާރާގެ މައްޗަށް އަމުރުކޮށް ދެއްވުން އެދި ވިލުފުށީ ހިޖުރީ ޢަލީ އަޙްމަދު ދަޢުވާކުރުމުން ބެލެވުނު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/05
އނީ 23ނ
3. މިމައްސަލައާ ގުޅިގެން ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/N2C/03
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ
2004 ސުނާމީކާރިސާގައި ވިލުފުށި ހަލާކުވެ ވިލުފުށީގެ ރައްޔިތުން ތ. ބުރުންނަށް ހިޖުރަކުރުމާއި
ގުޅިގެން، ތ. ވިލުފުށި އާރާސްތު ކުރުން އެން.ޑީ.އެމް.ސީގެ ދަށުގައި އޮތްއިރު ވިލުފުށީގައި ތެލުގެ ބާވަތްތައް
ވިއްކުމަށް ހަމަޖެހިފައިވާ ބިމުގައި ތެލުގެ ވިޔަފާރި ކުރުމަށް އެދޭމީހުން ތިބިތޯ ބެލުމަށް، އިޢުލާންކޮށް ހުޅުވާލި
ފުރުޞަތުގައި އެކަމަށް ހަމައެކަނި ކުރިމަތިލީ ސުނާމީގެ ކުރިންވެސް ފުޅާދާއިރާއެއްގައި ތެލުގެ ވިޔަފާރި
ކުރަމުން އައިސް އަދި މިހާރުވެސް އެވިޔަފާރިކުރާ ވިލުފުށީ ހިޖްރީ ޢަލީ އަޙްމަދު ކަމަށްވާތީ،
އެން.ޑީ.އެމް.ސީއާއި، ޢަލީ އަޙްމަދާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޢަލީ އަޙްމަދަށް އިސްވެދެންނެވި
ބިމުން ދީފައިވާ 20132 އަކަފޫޓުގެ ބިމުގައި ޢަލީ އަޙްމަދުގެ ފަރާތުން މަސައްކަތް ކުރަމުން ގެންދަނިކޮށް،
ރަށު އޮފީހުން އެމަސައްކަތް އެބިމުގައި ނުކުރުމަށް، މަސައްކަތް ހުއްޓާލުމަށް މިމަސައްކަތް
ހުއްޓާލާފައިވާތީ އަދި ރަށުއޮފީހާއި، ކައުންސިލްގެ އިދާރާގައި އެބިމުގައި މަސައްކަތް ކުރުމުގެ ހުއްދަދިނުމަށް
ތަކުރާރުކޮށް އެދުމުންވެސް އެހުއްދަނުދީގެން، މަތީގައި ދެންނެވި ބިންހޯދުމަށާއި، ވަގުތުން ލިބިދިނުމަށް ޢަލީ
އަޙްމަދުގެ ފަރާތުން ތ. ވިލުފުށީ ކައުންސިލްގެ އިދާރާގެ މައްޗަށް ދަޢުވާ ކުރުމުން ބެލުން މިމައްސަލާގައި
ދެފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުންތަކާއި، ދީފައިވާ ބަޔާންތަކުގެ
މައްޗަށް ބަލައި ވިސްނާއިރު
އެން.ޑީ.އެމް.ސީއާއި ޢަލީ އަޙްމަދާ ދެމެދު 15 ޖޫން 2009 ގައި އެއްބަސްވުމެއް ވެފައިވާކަން އެނގެންއޮތުމާއި
މިއެއްބަސްވުން އުފަންވެފައިވަނީ 2008 ގައި ވުޖޫދަށްއައި ޤާނޫނުއަސާސީއަށް އަމަލުކުރަންފެށުމާއި
ކައުންސިލްތައް ޢައްޔަނުވުމާ ދެމެދުގައިކަމާ، ކައުންސިލް އުފަންވެ ކައުންސިލްތަކަށް ކަމާއިބެހޭ ޤާނޫނުން
ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން އިސްވެދިޔަ އެއްބަސްވުން ބާޠިލް ކޮށްފައިނުވުމުން ވިލުފުށީ ކައުންސިލްގެ
އިދާރާއިން އެއެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކުރަން ފެންނަކަމާ، މައްސަލަ ބަލަމުން އައިއިރު
ޞުލްޙަވެރިކަމާއި އެކު މައްސަލަ ނިންމުމަށް ފުރުޞަތުތަކެއް ދެވުނުކަމާއި، ނަމަވެސް
ކައުންސިލްގެ އިދާރާއިން ދީފައިވާކަމާއި، ދަޢުވާކުރާ ފަރާތުން އެގްރީމެންޓްގައިވާ ބޮޑުމިނަށްވުރެ
89405
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/05
ބެހޭ ގޮތުން ހެދިފައިވާ
ބިންކުޑަކޮށް 12000 (ބާރަހާސް) އަކަފޫޓް ނުވަތަ މަސައްކަތަށް ދަތި ނުވާ ވަރުގެ ބިމެއްލިބުން އެދޭކަމަށާއި
އެއްބަސްވުމުގައި އެން.ޑީ.އެމް.ސީއިން ކަނޑައަޅާފައިވާ ބިމުގެ މިންވަރު ބޮޑުކަމަށް ޝަރީޢަތަށްވެސް
ފެންނަކަމަށާއި، ރަށްރަށުން މީހުން ދިރިއުޅުން ނޫން އެހެންބޭނު
އެހެންބޭނުންތަކަށް ބިންދޫކުރުމާއިބެހޭ
ޤާނޫނު ތަކާއި ޤަވާއިދުތަކާއި ފުށުއަރާކަމަށް ފާހަގަކުރިނަމަވެސް މިއެގްރީމެންޓަކީ ދައުލަތުގެ ބަންޑާރަނައިބު
ކުށްފިލުވާފައިވާ އެގްރީމެންޓަކަށްވާއިރު އެގްރީމެންޓް ކުރިފަރާތާއި، އެގްރީމެންޓް ލިބިގަތްފަރާތާއި ދެފަރާތުންކުރެ
ފަރާތަކުން އެގްރީމެންޓާއި ޚިލާފުވެފައިވާ އެއްވެސްކަމެއް ޝަރީޢަތަށް ފެންނަން ނެތުމާއި، މިމައްސަލާގައި
ދަޢުވާލިބޭ ވިލުފުށީ ކައުންސިލްގެ އިދާރާގެ ފަރާތުން ތަކުރާރުކޮށް އަޑު އުފުލައި ކަންބޮޑުވުން ފާޅުކުރައްވަނީ
ޢަލީ އަޙްމަދަށް ތެލުގެ ވިޔަފާރި ކުރުމަށްޓަކާ، އެން.ޑީ.އެމް.ސީ އިން ދީފައިވާ 20132 އަކަފޫޓްގެ ބިމާއި
މެދުގައިކަމަށް ވާތީ، މިޢަދަދު ކުޑަކުރުމަށް ޢަލީ އަޙްމަދުގެ ފަރާތުން ޝަރީޢަތުގައި އެދިފައިވާތީ އެގްރީމެންޓްގެ
19 ވަނަ މާއްދާއާއި 20 ވަނަ މާއްދާގައި ޝަރީޢަތަށް ލިބިދީފައިވާ އިޚްތިޔާރުގެ މަތިން ތ. ވިލުފުށީ ހިޖުރީ
އަލީ އަޙްމަދަށް، ވިލުފުށީގެ ހުޅަނގުދެކުނު ފަރާތުން (ތެލުގެ ބާވަތްތައް ވިއްކުމަށް ކަނޑައަޅާފައިވާ
ބިމުން، އެންމެ އަތިރީ، ބަނދަރާއިކައިރިން ޑީސަލްތެލާއި، ޕެޓްރޯލާއި، ކަރާސީނު ތެޔޮ ވިއްކައި
ވިޔަފާރިކުރުމަށްޓަކައި 6000 (ހަހާސް) އަކަފޫޓުގެ ބިމެއް 21 މާރޗް 2013 ދުވަހުން ފެށިގެން 10 ދުވަހުގެ
ތެރޭގައި ތ. ވިލުފުށީ ހިޖުރީ ޢަލީ އަޙްމަދުގެ ފަރާތުން ޝަރީޢަތުގައި ވަކާލާތުކުރާ ޢަލީ އަޙްމަދުގެ ދަނބިދަރި
ތ. ވިލުފުށީ ދޫރެސް މުމްތާޒް އިބްރާހީމްއާއި ނުވަތަ ހިޖުރީ ޢަލީ އަޙްމަދާއި ޙަވާލުކުރުމަށް ކޮޅުމަޑުލު ވިލުފުށީ
ކައުންސިލްގެ މައްޗަށާއި، ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ މައްޗަށް ޝަރީޢަތުން ޙުކުމްކޮށްފީމެވެ. އަދި ޙުކުމް
ކުރެވުނު ބިން ޢަލީ އަޙްމަދާއި، ނުވަތަ މުމްތާޒް އިބްރާހީމްއާއި ޙަވާލުކުރުމުގެ ކުރިން ތެލުގެ ވިޔަފާރި ކުރުމަށް
ކަނޑައަޅާފައިވާ ބިމުގެ އެއްވެސް މުޢާމަލާތެއް ނުކުރުމަށް ހައުސިންގ މިނިސްޓްރީގެ މައްޗަށާއި، ވިލުފުށީ
ކައުންސިލްގެ މައްޗަށާއި، އަތޮޅު ކައުންސިލްގެ މައްޗަށް ޝަރީޢަތުން އަމުރުކުރަމެވެ" މިފަދައިންނެވެ.
ޕީރިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/05
4. ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/N2C/03 ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ކޮޅުމަޑުލު ވިލުފުށީ ކައުންސިލުގެ އިދާރާގެ
ފަރާތުން 06 (ހައެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ކޮޅުމަޑުލު ވިލުފުށީ ކައުންސިލުގެ އިދާރާގެ ފަރާތުން
ހުށަހަޅާފައިވާ؟
0
ފުރަތަމަ ނުކުތާއަކީ: ކައުންސިލުން ދެއްކި ވާހަކަތަކަށް ރިޢާޔަތްނުކުރައްވާ، ކައުންސިލުން
ކަންބޮޑުވަނީ ހަމައެކަނި 20132 އަކަފޫޓް ޢަލީ އަޙްމަދަށް ދިނުމުންކަމަށް ބުނެ، 6000 އަކަފޫޓަށް ކުޑަކޮށް
މެކުރައްވާފައިވުމާއި، ރަށުން ތެލުގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާބިންތައް، ޢަލީ އަޙްމަދަށް ދޭން
ކުރައްވާފައިވަނީ ޝަރީޢަތަށް ލިބިފައިނުވާ އިޚްތިޔާރީ ބާރުތަކެއް ބޭނުންކޮށްގެން ކަމަށް ބުނެ ހުށަހެޅި
އިކމކ
އކމކ އއ
ނުކުތާއެވެ.
0
ޞައްޙަ"
• ދެވަނަ ނުކުތާއަކީ: ބަންޑާރަ ނައިބު ކުށްފިލުވުމަކީ އެއްބަސްވުމެއް
ވާނެ ނުވަތަ
ޤާނޫނީ އުޞޫލުތަކަށް ފެތޭ އެއްބަސްވުމަކަށް ވާނެކަމަށް ދަލާލަތުކުރާ އެއްވެސް ޤާނޫނީ ނައްސެއް ނެތްއިރު
ކުށްފިލުވުމުން އެއްބަސްވުން ކަމަށް ދޭހަވާފަދައަކުން ޙުކުމުގައި
ކަނޑައަޅުއްވާފައިވާ ކަމަށް ބުނެ ހުށަހެޅި
ބަންޑާރަ ނައިބު
ޞައްޙަވާނެކަމަށް
ނޭކުއވެ.
• ތިންވަނަ ނުކުތާއަކީ: ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ ޚިލާފަށް ހަދާފައިވާ، އަދި ޤާނޫނީ
އުޞޫލުތަކަށް ނުފެތޭ އެއްބަސްވުމެއް ދެމެހެއްޓުމަށް ކުރައްވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
453
• ހަތަރުވަނަ ނުކުތާއަކީ: ޤާނޫނުން ކައުންސިލަށް ލިބިފައިވާ ބާރެއް ހަނިވާގޮތަށް، އަދި
ކައުންސިލުން އެއްބަސްވުމާމެދު ގޮތެއް ނިންމާފައިނުވަނީސް ކައުންސިލަށް އެއްބަސްވުން ބާޠިލްކުރަންއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/05
COOCOOX
ޅޭ ކ އ ވ3
ނުފެންނަކަމަށް ކޯޓުން ކަނޑައެޅުއްވި އެޅުއްވުމަކީ ކޮންޓްރެކްޓްގެ ޢާންމު އުޞޫލުތަކާއި ޚިލާފަށް ކޮށްފައިވާ
މެއްކަމުގައިވުމާއި، އެއްބަސްވުން ބާޠިލުނުކޮށް މިއަދާހަމައަށްވެސް އޮތުމުން، އެނގެނީ އެއްބަސްވުން
ބާޠިލްކުރަން ކައުންސިލަށް ނުފެންނަކަމަށެވެ" މިގޮތަށް 3 ވަނަ ނަންބަރުގައި ބުނެ، އަދި ޙުކުމުގައި
"އެއްބަސްވުން ބާޠިލްކޮށްފައި ނުވުމުން، ވިލުފުށީ ކައުންސިލްގެ އިދާރާއިން އެއްބަސްވުމަށް ފުރިހަމައަށް
ޢަމަލުކުރަން ފެންނަކަމާ" މިގޮތަށް ބުނެފައިވާއިރު، ކައުންސިލުން އެކަން ނިންމާފައިވާ ސަބަބުތައް
ފާހަގަކޮށްފައިވާއިރުވެސް އެކަމަށް ރިޢާޔަތްނުކުރައްވައި، ކައުންސިލަށް ލިބޭ ބާރު ހަނިވާގޮތަށް، ކައުންސިލުން
ނިންމާފައި ނުވާކަމެއް، ކައުންސިލުން ޤަބޫލުކުރާކަމަށް ޙުކުމްކުރައްވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
0
• ފަސްވަނަ ނުކުތާއަކީ: ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ނުވަތަ ވިލުފުށީ
އޮފީހުންވިޔަސް ވިލުފުށީ ކައުންސިލަށް އެއްބަސްވުން ނަގުލު ވެފައިނެތްއިރު، އެކަމަށް ރިޢާޔަތް ކުރައްވާފައިނެތް
ކަމަށްބުނެ ހުށަހެޅި ނުކުބާ
32
2 ޑ ޒ
ނހ8އވެ.
• ހަވަނަ ނުކުތާއަކީ: ވިލުފުށީ ބިން ހައުސިންގ މިނިސްޓްރީގެ ދަށުގައި އޮތްއިރު، އެމިނިސްޓްރީގެ
ފަރާތުން އެބިމުގައި ކުރަންޖެހޭ ކަންތައްކުރުމަށް، ވިލުފުށީ އޮފީހުގެ ހުއްދަ "އުޞޫލެއްގެ" ގޮތުން ހޯދަން
ނުޖެހޭނެކަމަށް ކަނޑައަޅުއްވާފައި ވުމުން، ހަޤީޤީ ވާޤިޢާތަކާއި ޚިލާފަށް، އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް
ޙުކުމްކުރައްވާފައި ވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/N2C/03 ޤަޟިއްޔާ ނިމިފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ކޮޅުމަޑުލު ވިލުފުށީ ކައުންސިލުގެ އިދާރާގެ
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/05
ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، ވިލުފުށީ ފެހިޖްރީ)
ޢަލީ އަޙްމަދާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ތ. ވިލުފުށިން ތެޔޮވިއްކުމަށް 25 (ފަންސަވީސް)
އަހަރަށް ދޫކޮށްފައިވާކަމަށް ބުނާ ބިމުގައި، އެމަސައްކަތްކުރުމަށް ތ. ވިލުފުށީ ކައުންސިލްގެ އިދާރާއިން
ފުރުޞަތު ދީފައިނުވާތީ، އެއްބަސްވުމާއި އެއްގޮތަށް ތ. ވިލުފުށީ (ހިޖްރީ) ޢަލީ އަޙްމަދަށް ދޫކުރެވިފައިވާ ބިން
މިހާރުން މިހާރަށް އެއްބަސްވުމާއި އެއްގޮތަށް ޙަވާލުކޮށްދިނުމަށް ވިލުފުށި ކައުންސިލުގެ އިދާރާގެ މައްޗަށް
އަމުރުކޮށްދެއްވުން އެދި ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/N2C/03 ޤަޟިއްޔާގައި
ތ. ވިލުފުށީ ހިޖްރީ ޢަލީ އަޙްމަދު ދަޢުވާކޮށްފައިވާއިރު،
ޢަލީ އަޙްމަދުގެ ދަޢުވާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގެ ދަށުން ޢަލީ އަޙްމަދަށް 25
(ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ދޫކުރަން ޖެހޭކަމަށް އެއެއްބަސްވުމުގައި ވަނީ 20132 (ވިހިހާސް
އެއްސަތޭކަ ބައްތިރީސް) އަކަފޫޓުގެ ބިން ކަމަށްވާއިރު،
ތެޔޮ ވިއްކުމުގެ ވިޔަފާރިކުރުމަށްޓަކައި 6000 (ހަހާސް) އަކަފޫޓުގެ ބިމެއް 21 މާރޗް 2013
ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ވިލުފުށީ ހިޖްރީ ޢަލީ އަޙްމަދާއި ޙަވާލުކުރުމަށް
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ މައްޗަށާއި، ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ މައްޗަށް ޙުކުމްކޮށްފައިވާކަން
.
އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ، ތެލާއި ގޭހުގެ މަސައްކަތް ކުރުމަށް ތ. ވިލުފުށީ ހިޖްރީ ޢަލީ އަޙްމަދަށް ބިން
ކުއްޔަށް ދިނުމާ ގުޅޭ 2 (ދޭއް) އެއްބަސްވުމެއް އޮތްކަމާއި، ފުރަތަމަ އެއްބަސްވުމަކީ، 2004 ޑިސެމްބަރ 26
ސުނާމީ ކާރިޘާގައި ހަލާކުވެގެން އާރާސްތުކުރި ކޮޅުމަޑުލު ވިލުފުށީގައި ތެލާއި، ގޭހުގެ މަސައްކަތް ކުރުމަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
އެއެ@44 ކަމުއި
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/05
27
.e
އެށް
26 ތ 38
2
1
އެއްބަސްވުން"
stan
ވަގުތީބިން ކުއްޔަށްދިނުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ޢަލީ އަޙްމަދާ ދެމެދު ވެފައިވާ
އެއްބަސްވުމެއްކަމާއި، އެއެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚެއް ބަޔާންކުރެވިފައިނެތްނަމަވެސް ބިން ދޫކުރި
ތާރީޚަކީ 12 އޮގަސްޓް 2009 ކަން ބަޔާންކޮށްފައިވާކަމާއި، މިއެއްބަސްވުމަށް ބަލާއިރު، މިއެއްބަސްވުމަށް
ނަންބަރެއްދެވި، އެއްބަސްވުމުގެ ކޮންމެ ގަނޑެއްގައި ދެފަރާތުން ސޮއިކޮށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް
ސެންޓަރުގެ ތައްގަނޑުވެސް ޖަހާފައިވާކަމާއި، މިއެއްބަސްވުމުގެ މުއްދަތަކީ 2 (ދޭއް) މަސްދުވަސްކަމާއި،
ދޫކުރި ބިމުގެ ބޮޑުމިނަކީ 666 (ހަސަތޭކަ ފަސްދޮޅަސް ހައެއް) އަކަފޫޓުކަމާއި، ހެކިންގެ ގޮތުގައި
މިއެއްބަސްވުމުގައި ވިލުފުށީ ބޮޑުކަތީބު ސުލައިމާން ޙަބީބުއާއި ވިލުފުށީ އޮފީހުގެ އ.އ. އޮފިސަރު ފާޠިމަތު
ޖާރިޔާ ސޮއިކޮށްފައިވާކަން އެނގޭއިރު،
ދެވަނަ އެއްބަސްވުމަކީ، 2004 ސުނާމީ ކާރިސާގެ ސަބަބުން ހަލާކުވެގެން އާރާސްތުކުރި
ވިލުފުށިން ބިން ދިނުމުގެ
މިނަމުގައި
މިއެއްބަސްވުމަކީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި އަލީ އަޙްމަދާ ދެމެދު، ވިލުފުށީގައި ތެޔޮ
(ޕެޓްރޯލާއި، ޑީސަލާއި، ކަރާސީނު) ވިއްކުމަށް 15 ޖޫން 2009 ން ފެށިގެން 25 (ފަންސަވީސް) އަހަރު
ދުވަހުގެ މުއްދަތަށް ވިލުފުށިން ޢަލީ އަޙްމަދަށް 20132 (ވިހިހާސް އެއްސަތޭކަ ބައްތިރީސް) އަކަފޫޓުގެ ބިމެއް
ދިނުމަށް ވެފައިވާ އެއްބަސްވުމެއްކަމާއި، އެއެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚެއްގެ ގޮތުގައި އެނގެން އޮތީ
ޢަލީ އަޙްމަދު ސޮއިކުރި 2 އޯގަސްޓް 2009 ގެ ތާރީޚްކަމާއި، މިއެއްބަސްވުމަށް ބަލާއިރު، ކުރިން
ބަޔާންކުރެވިދިޔަ ވަގުތީ އެއްބަސްވުމާ ޚިލާފަށް މިއެއްބަސްވުމަށް ނަންބަރެއްދެވިފައިނުވާކަމާއި، އަދި
އެއްބަސްވުމުގެ ފުރަތަމަ ޞަފްޙާގައި އެއްވެސް ފަރާތެއްގެ ސޮޔެއް އަދި ތައްގަނޑެއްވެސް ޖަހާފައިނުވާކަމާއި،
އެއްބަސްވުމުގެ ދެގަނޑު އޮތްއިރު، ފަހު ގަނޑުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ
ތައްގަނޑު ޖަހައި ސޮއެއްކޮށްފައިވާއިރު، އެފަރާތުގެ ނަމެއް ލިޔެފައިނެތްކަމާއި، އަދި އެއްވެސް ހެއްކެއްގެ
ނަމެއް އަދި ސޮއެއް ނެތްކަން ފާހަގަކުރެވޭކަމާއި،
އެހިރާއްޖޭގެ
ހައިކޯޓް
*ވެ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/05
ޑިސެމްބަރ 26 ސުނާމީ ކާރިސާއާއިގުޅިގެން ވިލުފުށީގައި އިމާރާތްކޮށް ވިލުފުށި އާރާސްތުކުރުމުގެ
މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ ޙަވާލުކޮށްގެން ކުރެވުނުނަމަވެސް، ވިލުފުށީގައި
ތެޔޮ (ޕެޓްރޯލާއި، ޑީސަލާއި، ކަރާސީނު) ވިއްކުމަށް 15 ޖޫން 2009 ން ފެށިގެން 25 (ފަންސަވީސް)
އަހަރު ދުވަހުގެ މުއްދަތަށް ވިލުފުށިން ޢަލީ އަޙްމަދަށް 20132 (ވިހިހާސް އެއްސަތޭކަ ބައްތިރީސް) އަކަފޫޓުގެ
ބިމެއް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ދީފައި ވަނީ ތ. އަތޮޅު ކައުންސިލްގެ އިދާރާއާއި
ވިލުފުށީ ކައުންސިލްގެ އިދާރާ (ކުރީގެ ތ. އަތޮޅު އޮފީހަކާއި ވިލުފުށީ އޮފީސް) އަށް، އަދި މިނިސްޓްރީ އޮފް
ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށްވިޔަސް އެނގިގެން އެއިން ފަރާތަކުން ކަނޑައަޅައި
ހަމަޖައްސާފައިވާ އުޞޫލެއްގެ މަތިންކަން އެނގެންނެތްކަމާއި،
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން، 15 ޖޫން 2009 ން ފެށިގެން 25
(ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ޢަލީ އަޙްމަދަށް 20132 (ވިހިހާސް އެއްސަތޭކަ ބައްތިރީސް)
އަކަފޫޓުގެ މިބިން ދޫކުރީ ތ. އަތޮޅު ކައުންސިލްގެ އިދާރާއާއި ވިލުފުށީ ކައުންސިލްގެ އިދާރާ (ކުރީގެ
އަތޮޅު އޮފީހަށާއި ވިލުފުށީ އޮފީސް) އަށް، އެނގިގެން ނޫންކަމަށް އެފަރާތްތަކުން ބުނާކަން އެނގޭއިރު، ތެލުގެ
މަސައްކަތްކުރުމަށް ވިލުފުށިން 20132 (ވިހިހާސް އެއްސަތޭކަ ބައްތިރީސް) އަކަފޫޓުގެ ބިމެއް 25
ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމުގެ ހުއްދަ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ދީފައިނުވާކަން، މިނިސްޓްރީ އޮފް ހައުސިންގ
އެންޑް އިންފްރާ ސްޓްރަކްޗަރގެ ނަންބަރު 239
/
2017
/
16/VR-431 (08 އޮކްޓޯބަރ 2012) ސިޓީއާ
ޙަވާލާ ދެއްވައި، ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ އިދާރާއިން ވިލުފުށީ ކައުންސިލުގެ އިދާރާއަށް ފޮނުވާފައިވާ
14 އޮކްޓޯބަރ 2012 ތާރީޚުގެ މެސެޖް (ރެޕްނަމްބަރ: 2012
/
1153-KM
)
A1) އިން އެނގޭކަމެވެ.
.e
(ނ) ތިންވަނަ ކަމަކީ، އެއްބަސްވުން ބާޠިލުނުކޮށް އޮތް އޮތުމުން
ތުމުން އެނގެނީ އެއްބަސްވުން
ބާޠިލްކުރަން ވިލުފުށީ ކައުންސިލަށް ނުފެންނަކަންކަމުގައާއި، އެއްބަސްވުން ބާޠިލްކޮށްފައި ނުވުމުން، ވިލުފުށީ
ވީހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
2014/HC-A/05
ކައުންސިލްގެ އިދާރާއިން އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކުރަން ފެންނަކަމަށް، އިސްތިއުނާފްކުރެވިފައި މިވާ
ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/N2C/03 ޤަޟިއްޔާގައި ޝަރީޢަތުން
ފާހަގަކުރައްވާފައިވާއިރު،
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން، 15 ޖޫން 2009 ން ފެށިގެން 25
(ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ޢަލީ އަޙްމަދަށް ދޫކޮށްފައިވާކަމަށް ބުނާ ބިމުގައި ޢަލީ އަޙްމަދުގެ
ފަރާތުން މަސައްކަތް ފެށުމުން، ވިލުފުށީ ކައުންސިލުން އެކަން ބަލައި، މަސައްކަތް ހުއްޓުވައި، އަޅަންޖެހޭ
ފިޔަވަޅުތައް އަޅަމުން ގޮސްފައިވާކަމާއި، އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ޢަލީ އަޙްމަދާ
ދެމެދު ވެވިފައިވާ މި އެއްބަސްވުން ވިލުފުށީ ކައުންސިލްގެ އިދާރާ (ކުރީގެ ވިލުފުށީ އޮފީސް) އަށް ލިބިފައިވަނީ
ޢަލީ އަޙްމަދުގެ ފަރާތުން 21 ޑިސެމްބަރު 2010 ގައިކަން ވިލުފުށީ އޮފީހުން އެއަތޮޅު އަތޮޅު އޮފީހަށް
ފޮނުވާފައިވާ 21 ޑިސެމްބަރު 2010 ތާރީޚުގެ މެސެޖް (ރެޕްނަމްބަރ: C
-
566
/
2010-2N) ން އެނގޭއިރު،
އިދާރާތަކުން ކަމާގުޅޭ ކަންކަން ސާފުކޮށް މިއެއްބަސްވުމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ
މަސައްކަތް ވިލުފުށީ އޮފީހާއި އަދި ފަހުން ވިލުފުށީ ކައުންސިލުން ކުރަމުން ގޮސްފައިވާކަން އެނގޭކަމެވެ.
ކީމިهއ
ހަތަރުވަނަ ކަމަކީ، ދައުލަތުގެ އިދާރާއަކުން އެހެން ފަރާތަކާއެކު ސޮއިކުރުމަށް
ތައްޔާރުކޮށްފައިވާ އެއްބަސްވުމެއްގެ ޢިބާރާތްތަކަށް ގެންނަށް ފެންނަ ބަދަލެއް ބަންޑާރަ ނައިބު އޮފީހުގެ
ފަރާތުން ފާހަގަކޮށް، އެއިދާރާއިން އެއެއްބަސްވުމުގައި ސޮއިކުރެވިދާނެކަމަށް ބުނުމަކީ، އެކަމުގެ މައްޗަށް އެކަނި
ބިނާކޮށް އެއެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމުގައި ބެލެވޭނެކަމެއްނޫންކަމެވެ.
CCO OCCUcc
(ބފަސްވަނަ ކަމަކީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން، 15 ޖޫން 2009 ން
ފެށިގެން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ޢަލީ އަޙްމަދަށް 20132 (ވިހިހާސް އެއްސަތޭކަ
ބައްތިރީސް) އަކަފޫޓުގެ ބިމެއް ދޫކުރުމަށް ވެފައިވާކަމަށް ބުނާ އެއްބަސްވުމުގެ 9 ވަނަ މާއްދާގައި، މީލާދީ
އާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/05
.e
3
ކޮންމެ މަހެއްގެ 10 (ދިހައެއް)ގެ ކުރިން އަތޮޅުއޮފީހަށް ނުވަތަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެޝަރީގެ އިންލެންޑް ރެވެނިއުއަށް، ހިނގާ މަހުގެ ކުލި ދައްކަންވާނެކަމަށާއި، ކުލި ނުދައްކައި 3 (ތިނެއް)
މަހަށްވުރެ ގިނަދުވަސް ވެއްޖެނަމަ އެތަން އަނބުރާ އަތުލުމުގެ އިޚްތިޔާރު އޮތްކަން ބަޔާންކޮށްފައިވާއިރު،
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު: 383
/
2012
/
1/RPP-220 (10 ޖެނުއަރީ 2012)
ސިޓީއަށް ބަލާއިރު، އެއެއްބަސްވުން އެހާތަނަށް އެއޮތޯރިޓީއަށް ލިބިފައިނުވާކަމާއި އަދި އެބިމަށް އެއޮތޯރިޓީއަށް
އެހާތަނަށް ފައިސާ ދައްކާފައިނުވާކަންވެސް އެނގޭކަމާއި، އަދި މިމައްސަލާގައި ދެކެވިފައިވާ ވާހަކަތަކަށާއި
ލިއުންތަކުގެ މައްޗަށް ބަލާއިރު، އެހާތަނަށް ވ. އަތޮޅު އޮފީސް ނުވަތަ އަތޮޅު ކައުންސިލްގެ އިދާރާއަށްވެސް
އެބިމަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާކަމާއި، ދައްކާފައިވާ ފައިސާއެއް ޢަލީ އަޙްމަދުގެ ފަރާތުން
ދައްކާފައިވަނީ އޭގެ ފަހުގެ ތާރީޚެއްގައިކަން އެނގޭކަމެވެ.
(ޅ) ހަވަނަ ކަމަކީ، ޢަލީ އަޙްމަދުގެ ދަޢުވާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގެ ދަށުން ޢަލީ
އަޙްމަދަށް ދޫކުރަން ޖެހޭކަމަށް އެއެއްބަސްވުމުގައި ވަނީ 20132 (ވިހިހާސް އެއްސަތޭކަ ބައްތިރީސް)
އަކަފޫޓުގެ ބިން ކަމަށްވާއިރު، 6000 (ހަހާސް) އަކަފޫޓުގެ ބިން ޢަލީ އަޙްމަދަށް ދޫކުރެއްވުމަށް ވިލުފުށީ
ކައުންސިލްގެ މައްޗަށާއި، ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ މައްޗަށް ޙުކުމްކުރައްވައި އެންގެވި ސަބަބަކީ،
ވިލުފުށީ ކައުންސިލްގެ އިދާރާގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ޢަލީ އަޙްމަދަށް ތެލުގެ ވިޔަފާރި
ކުރުމަށް އެން.ޑީ.އެމް.ސީ އިން 20132 (ވިހިހާސް އެއްސަތޭކަ ބައްތިރީސް) އަކަފޫޓްގެ ބިން
ދީފައިވާތީކަމަށާއި، އެޢަދަދު 12000 (ބާރަހާސް) އަކަފޫޓް ނުވަތަ އެއަށްވުރެވެސް ކުޑަކުރުމާމެދު ޢަލީ
އަޙްމަދުގެ އިޢުތިރާޟްއް ޢަލީ އަޙްމަދުގެ ފަރާތުން ޝަރީޢަތުގައި ބުނެފައިވާތީކަމަށާއި، އަދި
އެގްރީމެންޓުގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާއިން ޝަރީޢަތަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުންކަމަށް،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޙުކުމުގެ ޢިބާރާތުގެ އިތުރުން
ފާހަގަކުރެވުނު ނުކުތާތަކުގެ 18 ވަނަ ނުކުތާގައި ބަޔާންކުރެވިފައިވާ ވާހަކަތަކުން އެނގޭއިރު،
2
8 ހދ8
ނޭނެކަމަށް
ދިވެހިރާއްsa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/05
ޢަލީ އަޙްމަދުގެ ފަރާތުން ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގައި ދައްކާފައިވާ
ވާހަކަތަކުގެ މައްޗަށް ބަލާއިރު، 12000 (ބާރަހާސް) އަކަފޫޓަށްވުރެ ކުޑަ ބިމެއް ލިބުމާމެދު އިޢުތިރާޟްއް
ނެތްކަމަށް ބުނެފައިވާކަން އެނގެން ނެތްކަމާއި، އަދި އެގްރީމެންޓްގެ 19 ވަނަ މާއްދާއާއި 20 ވަނަ
މާއްދާއަށް، ކަމާގުޅޭ ޤަވާއިދުތަކާއި، އަދި ބިމުގެ ބަޖެޓާ ބެހޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އެންވަޔަރަންމެންޓަށް ފެންނަގޮތުގެ މައްޗަށް ތައްޔާރުކުރެވިފައިވާ ރިޕޯޓުގައި، ވިލުފުށީގައި ތެޔޮ ވިއްކުމުގެ
މަސައްކަތަށް ކަނޑައެޅިފައިވާ ބިންތަކުގެ ބޮޑުމިނަކީ ބިމެއްގައި 2000 (ދެހާސް) އަކަފޫޓުކަން އެނގޭއިރު،
ލޭންޑްޔޫސް ޕްލޭނާވެސް ދިމާނުވާފަދަ ގޮތަކަށް ތެޔޮ ވިއްކުމަށް 6000 (ހަހާސް) އަކަފޫޓުގެ ބިމެއް ޢަލީ
އަޙްމަދަށް ދޫކުރުމަށް ޝަރީޢަތަށް އިޚްތިޔާރު ލިބިދެވިފައިވާކަން އެނގެންނެތްކަމެވެ.
ހއ 8
9
92
2
(ކ) ހަތްވަނަ ކަމަކީ، އިސްވެ
ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ޑީސަލްތެލާއި، ޕެޓްރޯލާއި، ކަރާސީނު ތެޔޮ ވިއްކައި
ވިޔަފާރިކުރުމަށް ތ. ވިލުފުށީގެ ހުޅަނގުދެކުނު ފަރާތުން ކަނޑައަޅާފައިވާ ބިމުން 6000 (ހަހާސް) އަކަފޫޓުގެ
ބިމެއް، ތ. ވިލުފުށީ ހިޖުރީ ޢަލީ އަޙްމަދުގެ ފަރާތުން ޝަރީޢަތަށް ޙާޟިރުވި ޢަލީ އަޙްމަދު ގެ ދަނބިދަރި
ތ. ވިލުފުށީ ދޫރެސް މުމްތާޒް އިބްރާހީމާއި ނުވަތަ ޢަލީ އަޙްމަދާއި ޙަވާލުކުރުމަށް ވިލުފުށީ ކައުންސިލްގެ
މައްޗަށާއި، ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ މައްޗަށް ޙުކުމްކޮށް، އަދި އެ ބިން ޢަލީ އަޙްމަދާއި، ނުވަތަ
މުމްތާޒް އިބްރާހީމްއާއި ޙަވާލުކުރުމުގެ ކުރިން ތެލުގެ ވިޔަފާރި ކުރުމަށް ކަނޑައަޅާފައިވާ ބިމުގެ އެއްވެސް
މުޢާމަލާތެއް ނުކުރުމަށް ހައުސިންގ މިނިސްޓްރީގެ މައްޗަށާއި، ވިލުފުށީ ކައުންސިލްގެ މައްޗަށާއި، އަތޮޅު
ކައުންސިލްގެ މައްޗަށް،
އިސްތިއުނާފްކުރެވިފައި މިވާ ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/N2C/03 ޤަޟިއްޔާގައި އަމުރުކުރައްވައި، ކުރައްވާފައިވާ ޙުކުމަކީ ޞައްޙަ ޙުކުމެއްކަމަށް ބަލާނެތަނެއް
14
ޑ 8 އ ހ · ·
سمساركم
ދިވެހިރާއްޖޭގެ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2014/HC-A/05
079
0
ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/N2C/03 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv