ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-SH/05 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-SH/05
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 05/HC-I-SH/2011
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
* ނަން: އަޙުމަދު ޢަބްދުއްޞަމަދު
އައިޑީ ކާޑު ނަންބަރ:
ދާއިމީ އެޑްރެސް: އދ. ދަނގެތީ | ކަމިނީގެ
މިހާރުގެ އެޑްރެސް:
ތަންބިއާގެ
ތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތް:
ނަން: އިލެކްޝަންސް ކޮމިޝަން
• ހުށަހެޅުނު ތާރީޚް: 21 ފެބުރުއަރީ 2011
* ނިމުނު ތާރީޚް: 17 މާޗް 2011
ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ޝަކުވާ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފު ޙުސައިން
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2
2011/HC-I-SH/05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
މިއީ، 2011 ފެބުރުއަރީ 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޙާބުގައި އދ.
ދަނގެތީ ރަށު ކައުންސިލްގެ އިންތިޙާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓަށް
އަރުވަމުން ދިޔައިރު ކ. ހިންމަފުށީ އައްސޭރި ޖަލުގައި ބަހައްޓާފައިހުރި W07.1.1 ފޮށިން އދ. ދަނގެތީ
ރަށުކައުންސިލަށް އެންމެ މީހަކު ލާފައިވާ ވޯޓު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓަށް ދެފަހަރު ދެގޮތަށް
އަރުވާފައި ވީހިނދު އަދި 1 ވޯޓުގެ ތަފާތަކުން އދ. ދަނގެތީ / ކާމިނީގެ އަޙުމަދު ޢަބްދުއްޞަމަދު އަށް
އިންތިޚާބު ކާމިޔާބުވެފައި ނުވާތީ ކ. ހިންމަފުށީ 1 އައްސޭރި ޖަލުގައި ބަހައްޓާފައިހުރި W07.1.1 ފޮށިން
އދ. ދަނގެތި ރަށުކައުންސިލަށް ލާފައިވާ ވޯޓު ބަލައިދިނުމަށް އެދުމުން އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ
ދަށުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ހިނދު ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް
ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގައި " ކޮންމެ އިންތިޚާބަކާ ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ
އާންމު ވޯޓަކާއި ގުޅޭގޮތުން ކޮމިޝަނުގެ ނިންމުމާއި މެދު ނުވަތަ އިންތިޚާބުގެ ނަތީޖާއާއި މެދު ނުވަތަ
އިންތިޚާބާބެހޭ ކަމެއްގައި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ހިނގާފައިވާކަމަށް އެފަރާތަކުން ޤަބޫލުކުރާ ކަމަކާއި
މެދު ޝަކުވާއެއް އޮތްނަމަ އެޝަކުވާއަކާއި މެދު ގޮތެއް ނިންމައި ދިނުން އެދި އެފަރާތަކުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅިދާނެ ކަމަށް ބަޔާން ކޮށްފައިވާ ހިނދު ކ. ހިންމަފުށީ | އައްސޭރި ޖަލުގައި
ބަހައްޓާފައިހުރި W07.1.1 ފޮށީގެ ސެކިއުރިޓީ އުރަ ކަޑައި އެފޮށިން އދ. ދަނގެތީ ރަށު ކައުންސިލަށް
ލާފައިވާ ވޯޓު ކަރުދާސް އަލުން ބަލައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށް ދިނުމަށް
އެދި އދ. ދަނގެތީ | ކާމިނީގެ އަޙުމަދު ޢަބްދުއްޞަމަދުގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ އިންތިޚާބާއިބެހޭ
ޝަކުވާގެ މައްސަލައެކެވެ.
0 0
<< O
22
ފާހަގަކުރެވުނު ނުކު
ނުކުތާތައް:
22ދ2
އަޙުމަ
ޙުމަދު ޢަބްދުއްޞަމަދުގެ އިންތިޚާބާ ބެހޭ ޝަކުވާގެ މައްސަލަ ހުށަހަޅާ ފޯމުގައި ދައްކާފައިވާ
ވާހަކައަށާއި ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނަށާއި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޝަރީޢަތުގައި
ދައްކާފައިވާ ވާހަކަތަކަށާއި ދެފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2011/HC-I-SH/05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ހ) 5 ފެބުރުއަރީ 2011 ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި
ދަނގެތި ރަށުކައުންސިލުގެ އިންތިޚާބަށް ކެނޑިޑޭޓެއްގެ ހައިސިއްޔަތުން އދ. ދަނގެތީ | ކާމިނީގެ އަޙުމަދު
ޢަބްދުއްޞަމަދު ކުރިމަތިލާފައިވާ ކަމާއި ކ. ހިންމަފުށީ | އައްސޭރި ޖަލުގައި ބަހައްޓާފައިވާ ނަންބަރު
w07.1.1 ވޯޓު ފޮއްޓަށް އދ. ދަނގެތި ރަށުކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން 5
ކެނޑިޑޭޓެއްގެ ނަމާއި ދިމާލުގައި ފާހަގަ ޖަހައި އެއްފަރާތަކުން ވޯޓު ދީފައިވާއިރު އަދި އަޙުމަދު
ޢަބްދުއްޞަމަދަށް ވޯޓެއް ލިބިފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށަހެޅި ވަގުތީ ނަތީޖާ
ޝީޓުން އެނގެން އޮތްއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގެ އައްސޭރި ޖަލުގައި
ބަހައްޓާފައިވާ ވޯޓު ފޮށި ނަންބަރު W07.1.1 ގެ ކަން ހިނގާދިޔަ ގޮތުގެ ރިޕޯޓުގެ 6 ވަނަ ނަންބަރުގައި
”ވޯޓު ފޮށްޓަށް ލިބުނު ވޯޓު ކަރުދާސް، ވޯޓު ދިން މީހުން، ކައުންޓަރ ފޮއިލް އަދި ބާކީ ހުރި ވޯޓު
ކަރުދާހުގެ ތަފްސީލް] މިސުރުޚީގެ ދަށުގައި އެފޮއްޓަށް ވޯޓުލާފައިވާ ދާއިރާ ތަކުގެ ތެރޭގައި އދ. ދަނގެތި
ހިމެނިފައި ނުވާކަމާއި އދ. ދަނގެތި ރަށުކައުންސިލަށް ވޯޓުލުމަށްޓަކައި އެދާއިރާއަށް ކަރުދާހެއް
ލިބިފައިވާކަން އެނގެން ނެތްކަމާއި އެދާއިރާއަށް އެއްވެސް މީހަކު ވޯޓުލާފައިވާ ކަމަށް ބަޔާންކޮށްފައި ނުވާކަން
އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
(ނ) އދ. ދަނގެތި ރަށުކައުންސިލުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުގެ
ވެބްސައިޓަށް އަރުވަމުން ދިޔައިރު ކ. ހިންމަފުށީ ! އައްސޭރި ޖަލުގައި ބަހައްޓާފައިހުރި w07.1.1 ވޯޓު
ފޮށިން އަޙުމަދު ޢަބްދުއްޞަމަދަށް 1 ވޯޓު ލިބުނުކަމަށް އެވެބްސައިޓަށް އެރުވުމަށްފަހު އޭގެ 15 ވަރަކަށް
މިނިޓްފަހުން އެވޯޓު ފޮށީގެ ނަތީޖާއަށް ބަދަލު ގެނެސްފައިވާކަމާއި މެދު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
އިންކާރު ނުކުރާކަމާއި، މިގޮތަށް މިކަން ހިނގާފައިވާ ޙާލަތުގައި އެންމެ ވޯޓެއްގެ ތަފާތަކުން އަޙުމަދު
ޢަބްދުއްޞަމަދަށް އިންތިޚާބު ކާމިޔާބުވެފައި ނުވުމަކީ އިންތިޚާބުގެ ނަތީޖާ އާއި މެދު އަޙުމަދު
ޢަބްދުއްޞަމަދަށް ސުވާލު އުފެދޭނެ ކަމެއް ކަމާއި ނަތީޖާ ކަށަވަރު ކުރުމަކީ މިޙާލަތުގައި އަޙުމަދު
ޢަބްދުއްޞަމަދަށް އޮތް ޙައްޤެއްކަމަށް ދެކި އެކަން އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހެޅި ކަމާއި،
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ ވަގުތީ ނަތީޖާ
ޝީޓާއި ކަންހިނގާދިޔަ ގޮތުގެ ރިޕޯޓުގައި ލިޔެފައިވާ އެއްޗެއް ދިމާނުވާކަމާއި، އައްސޭރި ޖަލުގައި
ބަހައްޓާފައިހުރި w07.1.1 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އދ. ދަނގެތި ރަށުކައުންސިލަށް 1
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2011/HC-I-SH/05
c
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފަރާތަކުން ވޯޓު ލާފައިވާކަމާއި، ނަމަވެސް ކަންހިނގާދިޔަގޮތުގެ ރިޕޯޓުގައި އެފޮއްޓަށް ވޯޓުލާފައިވާ ދާއިރާތައް
ނޯޓުކޮށްފައިވާއިރު އަދި ވޯޓުލާފައިވާ މީހުންގެ އަދަދު ޖަހާފައިވާއިރު އދ. ދަނގެތި ރަށުކައުންސިލަށް
އެއްވެސް ފަރާތަކުން ވޯޓު ލާފައިވާކަން އެނގެން ނެތްކަމާއި އެދާއިރާގެ ނަންވެސް ވޯޓުލީ ދާއިރާތަކުގެ
ތެރޭގައި ނެތްކަމާއި، މިކަންކަން މިގޮތަށް ހުރުމުގެ އިތުރަށް އައްސޭރި ޖަލުގައި ބަހައްޓާފައިވާ ވޯޓު ފޮށީގެ
ވޯޓު ގުނާފައިވަނީ އެއްވެސް ކެނޑިޑޭޓެއް ނުވަތަ ކެނޑިޑޭޓެއްގެ މަންދޫބެއް ނުވަތަ އޮބްޒަރވަރުން އަދި
މޮނިޓަރކުރާ ބައެއްގެ ޙާޟިރުގައި ނޫންކަމުން ހިންމަފުށީ ! އައްސޭރި ޖަލުގައި ބަހައްޓާފައިހުރި
W07.1.1 ވޯޓު ފޮށީގެ ސެކިއުރިޓީ އުރަ އަލުން ކަޑައި ގުނުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޤަބޫލުކުރެވޭ ކަމާއި ނަމަވެސް އދ. ދަނގެތީގައި
ބަހައްޓާފައިވާ 101.06.1 ނަންބަރު ވޯޓު ފޮށީގެ ސެކިއުރިޓީ އުރަ ކަނޑައި ވޯޓު އަލުން ބަލައި ގުނަންޖެހޭ
އެއްވެސް ސަބަބެއް އަޙުމަދު ޢަބްދުއްޞަމަދުގެ ފަރާތުން ހުށަހަޅާފައި ނުވާކަން އެނގެން އޮތުމުން އެފޮއްޓަކީ
ވޯޓު އަލުން ގުނަންޖެހޭ ފަދަ ޙާލަތެއް ދިމާވެފައިވާ ފޮއްޓެއްކަމަށް ޝަރީޢަތަށް ޤަބޫލު ކުރެވެން ނެތްކަން.
24 2
ޓ
ދެންފަހެ 5 ފެބުރުއަރީ 2011 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި
ހިންމަފުށީ | އައްސޭރި ޖަލުގައި ބަހައްޓާފައިހުރި W07.1.1 ނަންބަރު ވޯޓު ފޮއްޓަށް އދ. ދަނގެތި
ރަށުކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ވޯޓު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ އެވޯޓު ފޮށީގެ ވަގުތީ ނަތީޖާގައި އޮތްއިރު އެވޯޓު ފޮށީގެ
ކަންހިނގާދިޔަގޮތުގެ ރިޕޯޓުގައި އދ.
އދ. ދަނގެތީ ދާއިރާއިން އެފޮއްޓަށް އެއްވެސް ވޯޓެއްލާފައިވާކަމަށް
ބަޔާންކޮށްފައި ނެތުމާއި ދަނގެތީ ކައުންސިލަށް ކުރިމަތިލި އދ. ދަނގެތީ | ކާމިނީގެ އަޙުމަދު
ޢަބްދުއްޞަމަދު ކ. ހިންމަފުށީ ! އައްސޭރި ޖަލުގައި ބަހައްޓާފައިވާ މިވޯޓު ފޮށީގެ ނަތީޖާއާއިމެދު ކޮށްފައިވާ
ޝަކުވާއަށާއި އެޝަކުވާއާއި ގުޅިގެން ޝަރީޢަތުން ބެލި ބެލުމުން ފާހަގަ ކުރެވުނު އިސްވެ ބަޔާން ކުރެވުނު
ކަންތައްތަކަށް ނަޒަރު ކުރާއިރު
ހިންމަފުށީ | އައްސޭރި ޖަލުގައި ބަހައްޓާފައިހުރި W07.1.1 ނަންބަރު
مت
#
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
5
2011/HC-I-SH/05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
94
ވޯޓު ފޮށީގެ ޚާއްސަ ސެކިއުރިޓީ އުރަ ކަނޑަންޖެހޭ ޙާލަތެއް ދިމާވެފައިވާ ކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ ކަމަށްޓަކައި؟
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤަވާއިދުގެ 33 ވަނަ މާއްދާގެ 3 ވަނަ ނަންބަރަށް
ރިޢާޔަތްކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ހިންމަފުށީ އައްސޭރި ޖަލުގައި
ބަހައްޓާފައިހުރި W07.1.1 ނަންބަރު ވޯޓު ފޮށީގެ ޚާއްސަ ސެކިއުރިޓީއުރަ ކަނޑައި، އަލުން ގުނުމަށް
އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށް ބުނެވިދިޔަ ޤަވާއިދުގެ 34 ވަނަ މާއްދާ އާއި 35 ވަނަ
މާއްދާގައިވާ ގޮތުގެ މަތިން ޢަމަލު ކުރުމަށް އަންގާ ޙުކުމްކޮށްފީމެވެ.
ދިވެހިން
E
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv