ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/123 ޤަޟިއްޔާގެ ޙުކުމް
9
1
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/123
بمان از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު:123/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: އޯކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް * ރަޖިސްޓްރޭޝަން ކާޑުނަންބަރު: 19187-C
އެޑްރެސް: ފ.ޖަޒީރާ ބިލްޑިންގ | މާލެ *
މިހާރުގެ އެޑްރެސް:
ޖަޒީރާ ބިލްޑިންގ | މާލެ
• އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ފާތިޙް ޖަލީލް
އެޑްރެސް: މ.މެޑޯނާ | މާލެ
*
އައި.ޑީ
ކާރޑް ނަންބަރ: A071732
މިހާރުގެ އެޑްރެސް: މ.މެޑޯނާ | މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 29 މާރިޗް 2015
ނިމުނު ތާރީޚް: 18 އޯގަސްޓް 2015
•އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/VTR/35
.ނިންމިކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
،މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅި ތާރީޚް: 04 މާރިޗް 2012
ނިމުނު ތާރީޚް: 18 ޖުލައި 2013
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިޖެހި4
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/123
.ދަޢުވާގެ ޚުލާޞާ
35/VTR2012
0 /
<< O
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ
އެމައްސަލަ އިސްތިއުނާފު ކުރުމަށް އޯކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅި މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 320/HC
-
A/2013 ޤަޟިއްޔާގައި
ބަލަމުން ދަނިކޮށް، އެ ޤަޟިއްޔާގެ ޝަރީޢަތް ބޭއްވުމަށްޓަކައި 09 މާރިޗް 2015 ވަނަ ދުވަހުގެ 13:45
އަށް ހައިކޯޓަށް ޙާޟިރުވުމަށް އޯކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ފޮނުވުނު ކޯޓަށް
ޙާޟިރުވުމުގެ އަމުރާ ޙަވާލުވެ، މަޤުބޫލު އުޒުރެއްނެތި، ޙާޟިރުވެފައި ނުވާތީ އެޤަޟިއްޔާގެ ދަޢުވާފޯމު
ބާޠިލުކޮށް އެމައްސަލަ އަލުން ބަލައިދިނުމަށް އެދި އޯކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އިސްތިޢުނާފު ކުރުމުން ބެލެވިފައިވާ ޤާޝިއޯޔާއެކެވެ.
0x2
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ވ. މެޑޯނާ ! ފާތިޙް ޖަލީލެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/35 މައްސަލަ އެޓްރައިބިއުނަލުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެމައްސަލަ އިސްތިއުނާފު
ކުރުމަށް އޯކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/35 މައްސަލައިގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ މައްސަލައަކީ ވ.މެޑޯނާ : ފާތިޙާ ޖަލީލް، އޯކިޑް ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑުގެ ބަނޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާގެ މެނޭޖަރ | ޑައިވް ބަނޑޮސްގެ މަޤާމުގައި
2007 ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން ވަޒީފާއަދާކުރަމުން ދަނިކޮށް، ވަޒީފާގެ މަސްޢޫލިއްޔަތުތައް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/123
އަދާކުރުމުގައި ފަރުވާކުޑަކޮށް މެނޭޖްމަންޓްއަށް ދޮގު މަޢުލޫމާތުދީ ކަންކަން އޮޅުވާލާފައިވާކަމަށް ބުނެ 27
ޑިސެމްބަރ 2011 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި ޚިލާފަށްކަމަށް
ދެކޭތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ)ގެ ދަށުން ބަދަލުގެ ގޮތުގައި އެއްމަސްދުވަހުގެ
މުސާރައާއި އަދާކުރަމުންދިޔަ ވަޒީފާ އަލުން އަނބުރާ ލިބިދިނުމަށާއި ގެއްލިގެން ދިޔަ ދުވަސްތަކުގެ މުސާރައާއި
އެންމެހާ އިނާޔަތްތައް ހޯދައި ދިނުމަށް އެދި އޯކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ރައްދުވާގޮތަށް
04 މާރިޗް 2012 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަމާއި،
އެ މައްސަލަ ނިންމަވާފައިވަނީ މައްސަލަ ހުށަހެޅި މ.މެޑޯނާ | ފާތިޙް ޖަލީލް، މައްސަލަ
ރައްދުވި ފަރާތްކަމުގައިވާ އޯކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ބަނޑޮސް އައިލެންޑް ރިސޯޓް އެންޑް
ސްޕަރގެ ޑައިވް ބަނޑޮސްގެ މެނޭޖަރކަމުގެ މަޤާމުގައި 2007 ނޮވެމްބަރު 5 ވަނަ ދުވަހުން ފެށިގެން ވަޒީފާ
އަދާކުރަމުންދަނިކޮށް، ވަޒީފާގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި ފަރުވާކުޑަކޮށް މެނޭޖްމަންޓްއަށް ދޮގު
މަޢުލޫމާތުދީ ކަންކަން އޮޅުވާލާފައިވާތީ، ނަސޭހަތްތެރިވެ އެކަންކަން ރަނގަޅުކުރުމަށް އެކަށީގެންވާ ފުރުސަތު
ދިނުމަށްފަހު އިސްލާހުވެފައިނުވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008
(ވަޒީފާއާބެހޭ ޤާނޫނު)ގެ 21 އަދި 23 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް މައްސަލަ
ރައްދުވިފަރާތުން ބުނާއިރު، އެފަދަ ޙާލަތްތަކުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ
މަޢުޟޫއީ ޢަދުލުވެރިކަމާއި، އިޖްރާއީ އަދުލުވެރިކަން އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމް
ކުރެވިފައިވާކަން އެނގެން އޮންނަން ޖެހޭކަން ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ނިންމާފައިވާ ވަޒީފާއާބެހޭ
މައްސަލަތަކަށް ބަލާއިރު އެނގެން އޮންނައިރު، ފާތިޙް ޖަލީލްއާމެދު ތުހުމަތު ކުރެވިފައިވާ ކަންކަމަށް
ޖަވާބުދާރީވުމަށް އޭނާއަށް ފުރުސަތު ދީފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން ނެތަތީ، އޭނާ
ވަޒީފާއިން ވަކިކުރުމުގައި މައްސަލަ ރައްދުވި ފަރާތުން އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް
ޤާއިމްކޮށްފައިނުވާކަމަށް ބުރަވެވޭ ހިނދު، މައްސަލަ ހުށަހެޅިފަރާތް އެދިފައިވާފަދައިން އޭނާއަށް އަލުން އަނބުރާ
އެވަޒީފާ ދިނުމަށް މައްސަލަ ރައްދުވި ފަރާތައް އަންގަން ބަލާއިރު، އިޖްރާއީ އަދުލުވެރިކަން ޤާއިމްކުރެވިފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{15/HC-A/123
ނެތެން 24
ނެތުމުން ހަމައެކަނި އެކަމުގެ މައްޗަށް ބަލައި، އޭނާއަށް ވަޒީފާ އަލުން ދިނުމަށް މައްސަލަ ރައްދުވި
ފަރާތައް އެންގުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ނުފެންނަކަމަށާއި، އޭނާ ވަޒީފާއިން ވަކިކުރިއިރު ނޯޓިސްގެ
ގޮތުގައި 1 (އެކެއް) މަސްދުވަހުގެ މުސާރަ ދީފައިވާތީ، މިކަންކަމަށް ރިޢާޔަތްކޮށް ވަޒީފާއާބެހޭ ޤާނޫނުގެ 85
ވަނަ މާއްދާގެ (ހ)ގެ ދަށުން ބަދަލުގެ ގޮތުގައި 43,176.00ރ. (ސާޅީސް ތިންހާސް އެއްސަތޭކަ ހަތްދިހަ
ހައެއް) ރުފިޔާ އޭނާއަށް ނަގައިދޭންޖެހޭކަމަށް މައްސަލަބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި،
އެފައިސާ، މިއަދު، 18 ޖުލައި 2013 އިން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ފާތިޙާ
ޖަލީލަށް އެކީ އެއްފަހަރާ ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް އޯކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އަންގަވައިކަން އެނގެން
އޮންނަކަމެވެ.
-3
35VTR/2012
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް އޯކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 2 (ދޭއް) ނުކުތާ ހުށަހަޅައި
އެނުކުތާތަކާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން
ހުށަހެޅި:
(ހ) ފުރަތަމަ ނުކުތާއަކީ، މައްސަލަ ނިންމުމުގައި އޯކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމްކޮށްފައި ވީނަމަވެސް އެކަމަށް ރިޢާޔަތް ނުކުރައްވައި
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
29
(ށ) ދެވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޤާނޫނުގެ ވަނަ މާއްދާގެ (ހ)ގައި
ކަނޑައަޅުއްވާފައިވާ ޤާނޫނީ އުޞޫލާއި ޚިލާފަށް ބަދަލު ނަގައިދިނުމަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/123
04 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/35 މައްސަލަ އިސްތިއުނާފު
ކުރުމަށް އޯކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި
ގުޅޭގޮތުން އޯކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި، މި އިސްތިއުނާފް ދަޢުވާ ރައްދުވާ
މ. މެޑޯނާ ފާތިޙް ޖަލީލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012;VTR;35 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އޯކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި މ.މެޑޯނާ : ފާތިޙް ޖަލީލްއާ
ދެމެދު 05 ނޮވެމްބަރު 2007 ގައި ސޮއިކޮށްފައި އޮންނަ ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު، އެއެއްބަސްވުމުގެ
މުއްދަތަކީ 1 (އެކެއް) އަހަރު (05 ނޮވެމްބަރު 2010 އިން 04 ނޮވެމްބަރު 2011) ނުވަތަ އެ
އެއްބަސްވުމުގައި ވަޒީފާގެ މުއްދަތު ހަމަވާކަމަށް ބަޔާންކޮށްފައިވާ ދުވަހާ ހަމައަށްކަމާއި، ވަޒީފާދޭ ފަރާތުގެ
ޤަވާއިދުތަކާ އުސޫލުތަކަށް މުވައްޒަފު އަބަދުވެސް ހުރުމަތްތެރިކޮށް ހިތަންވާނެކަމަށާއި، ވަޒީފާދޭ ފަރާތުގެ
ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާނަމަ ވަޒީފާއިން ވަކިކުރެވިދާނެކަމަށާއި، ވަޒީފާގެ ވާޖިބުތައް ރަނގަޅަށް
އަދާނުކުރެވުން، ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފުވުން، ވަޒީފާއަދާކުރާތަނުގެ ޤަވާއިދުތަކަށް ތަކުރާރުކޮށް ޚިލާފުވުން
އަދި ވަޒީފާދޭ ފަރާތައް ނޭދެވޭ އަސަރުކުރާކަމެއް ކުރުމުގެ ސަބަބުންވެސް ވަޒީފާއިން ވަކިކުރެވިދާނެކަން އެ
އެއްބަސްވުމުގެ 6 ވަނަ މާއްދާއާއި 39 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، އަދި އެއެއްބަސްވުމުގެ 42
43، އަދި 44 ވަނަ މާއްދާގައި މުވައްޒަފަކާއި ދޭތެރޭ އެޅޭނެ އިސްލާޙީ ފިޔަވަޅުތައް ބަޔާންކޮށްފައި
އޮންނަކަމާއި،
އޯކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް
ސްޕާރގެ ޑައިވް މެނޭޖަރގެ ވަޒީފާއިން މެޑޯނާ، ފާތިޙާ ޖަލީލް ވަކިކޮށްފައިވަނީ ޑައިވް މެނޭޖަރެއްގެ
ދިވެހިރާއްޖޭގެ
ހޯއިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
.exއ
6
2{15/HC-A/123
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހައިސިއްޔަތުން ފާތިޙް ޖަލީލް ކުރަންޖެހޭ މަސައްކަތްތަކާއި، ވާޖިބުތައް އަދާކުރުމުގައި ފަރުވާކުޑަ ކުރުމާއި،
ވަޒީފާގައި ކުރަންޖެހޭ މަސައްކަތްތަކާގުޅޭ ގޮތުން ދޮގު މަޢުލޫމާތު މެނޭޖްމަންޓަށް ދިނުމާގުޅިގެން އެގްޒެކެޓިވް
ޑައިރެކްޓަރުގެ އޮފީހަށް ފާތިޙާ ޖަލީލް ޙާޟިރުކޮށް އެކަންކަން ރަނގަޅުކޮށް އިސްލާޙުކުރުމަށް އަންގައި
ނަސޭޙަތްތެރިވުމުންވެސް އެކަންކަން އިސްލާޙުކޮށްފައިނުވާތީކަން ފާތިޙް ޖަލީލު ވަޒީފާއިން ވަކިކުރި ލިޔުމަށް
ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުޞޫލުތައް ކަނޑައަޅައި
އެކުލަވާލެވިފައިވާ ޤާނޫނަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ކަމާއި، އެ ޤާނޫނަށް ބަލާއިރު،
އެޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި ވަކިކުރެވޭނީ ހަމައެކަނި
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތު
މަތިންކަން އެނގޭކަމާއި، މިގޮތުން ބަލާއިރު، ނޯޓިއެއް ދިނުމަކާނުލައި، ވަޒީފާ އަދާކުރާފަރާތެއް އޭނާގެ
ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް
ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ
ޙާލަތުގައިކަމަށް އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ
ފުރިހަމަވެގެންކަމާއި، އެއީ:
ޑ
در ترکی
.1
އެމުވައްޒަފެއްގެ މަސައްކަތުގެ އަޙްލާޤު އެކަށީގެން ނުވުން، އަދި
.2
އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
ވަޒީފާދޭ ފަރާތަށް ނުފެނުން ކަން އެނގެން އޮންނަކަމާއި،
2c22 2ށ 04 ދ ތ
ކުރެވޭނޭކަމެއްކަމަށް
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ، އިސްވެދެންނެވިފައިވާ ދެ ޝަރުޠު ފުރިހަމަވޭތޯ
ބެލުމުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
7
2{15/HC-A/123
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް
ކަނޑައެޅޭނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް
ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު ޚިޔާނާތްތެރި ވެފައިވާ
ޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ނ) ގެ (1) އަދި (2) އަށް ބެލުމުން އެނގޭކަމާއި،
ބެހެއްޓުމާ
މުވައްޒަފަކު ވަޒީފާގައި އިތުރަށް ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ރަނގަޅު
ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން ތަޠްބީޤްކުރި
ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެކަމަށާއި، ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ފެނުމެއްގެ މައްޗަށް
އެކަނި މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC
-
A/2010
ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި، އެޤަޟިއްޔާގައި ކަނޑައަޅާފައިވާ
ގޮތުގެ މަތިން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭކަމެއްކަން ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން
މިމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް ހުންނަކަމާއި، މިގޮތުން، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ނިއުޒިލޭންޑް އަދި ކެނެޑާ ފަދަ ހުޅުވިގެންވާ ދީމިޤްރާޠީ
މުޖްތަމާއުތަކުން ބަލައިގަނެ، އެޤައުމުތަކުގެ ޤާނޫނުތަކުގައި ހިމަނާފައިވާ އުޞޫލުތަކަށް ބަލާއިރު، ޢާންމު
އުޞޫލެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި
ނިންމުމުގައި މަޢުޟޫޢީ ޢަދުލުވެރިކަން (substantive faimess) އާއި އިޖްރާއީ ޢަދުލުވެރިކަން
(procedural fairness} ޤާއިމުކުރުމަށް ފަހުގައިކަމާއި، މިއުޞޫލަކީ އިންޓަނޭޝަނަލް ލޭބަރ
އޮގަނިޒޭޝަން (އައި.އެމް.އޯ.) ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު
158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ގައިވެސް
ކަނޑައެޅި ބަޔާ
ބަޔާންވެގެންވާ އުޞޫލެއް ކަމާއި،
ދިވެހިމާއްޓީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ރަނ (މހ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{15/HC-A/123
އަދި މީގެއިތުރުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ޙައްޤުތައް ހިމާޔަތް
ކުރުމަށްޓަކައި ހެދިފައިވާ ވަޒީފާއާބެހޭ ޤާނޫނަށް ބަލާއިރު، އިސްވެދެންނެވުނު އުޞޫލަކީ އެޤާނޫނުގައިވެސް
އެކުލެވިފައިވާ އުޞޫލެއްކަމާއި، އެހެންކަމުން، އެ ޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކުވެސް
ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މަޢުޟޫޢީ
ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަން އެނގޭކަމާއި،
މަޢުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި
އިޖްރާއާތަކަށް ވުންކަމާއި، މިގޮތުން، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ ފަރާތަކުން ނިންމުމުގައި، އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް
ކަނޑައެޅޭނެ އެންމެ ކުޑަމިންވަރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011 ޤަޟިއްޔާގައި
ކަނޑައަޅާފައިވާކަމާއި، އެގޮތުން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން؛
އެމުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު
ނޫންކަމަށް ވަޒީފާދޭފަރާތަށް ފެންނަ ސަބަބުތައް (އޭރަކު ދެވެން ހުންނަ ހުރިހާ ތަފްސީލަކާއެކު) ވަޒީފާދޭ
ފަރާތުން އެމުވައްޒަފަކަށް އަންގައި، އެކަންކަމާމެދު ޖަވާބުދާރީވުމުގެ ފުރުސަތު އެމުވައްޒަފަކަށް ދިނުމަށްފަހު؟
އެމުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު
ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ނުވަތަ އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން އެމުވައްޒަފަކަށް
l
.2
އެންގުމަށް ފަހު،
.3
އެކަންކަން
އެމުވައްޒަފަކަށް ދެވޭނެ މުއްދަތެއް ކަނޑައަޅައި،
އެކަނޑައެޅި މުއްދަތަކާއި، އެމުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ، އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގެ ފުރުސަތު އޮތްކަން އެމުވައްޒަފަކަށް އެންގުމަށްފަހު؟
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
9
2015/HC-A/123
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
.4
.5
.6
އެމުވައްޒަފަކު ރަނގަޅުކުރަންޖެހޭކަމަށް ވަޒީފާދޭފަރާތުން އެމުވައްޒަފަކަށް އެންގުނު
ކަންތައްތައް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަނގަޅުކޮށްފައިނުވާނަމަ، އެ ކަމާމެދު ޖަވާބުދާރީވުމުގެ
އިތުރު ފުރުސަތެއް އެމުވައްޒަފަކަށް ދިނުމަށްފަހު؟
އެމުވައްޒަފަކު ދޭ ޖަވާބަކަށް ރިޢާޔަތްކޮށް، އެމުވައްޒަފަކާމެދު އަޅާނެ ފިޔަވަޅެއް
ނިންމުމަށްފަހު
އެމުވައްޒަފަކު ވަކިކުރަން ނިންމައިފިނަމަ، އެމުވައްޒަފަކު ވަކިކޮށްފައިވާކަން، ވަކިކުރި
ސަބަބުތަކާއެކު އެމުވައްޒަފަކަށް އަންގާފައިވުން.
ކަމާއި، އަދި، އެމުވައްޒަފަކަށް ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުތަކުގައި، އެމުވައްޒަފަކު އެދިއްޖެނަމަ،
އެމުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތުވެސް އެމުވައްޒަފަކަށް ދެވިފައިވާނަމަކަމާއި،
މިއީ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުގައިވެސް މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރެވެމުންދާ ޢާންމު
އުޞޫލުކަން، އިސްވެދެންނެވިފައިވާ ޤައުމުތަކުގެ ވަޒީފާއާބެހޭ ޤާނޫނުތަކަށާއި، އައި.އެމް.އޯ. ގެ ޓަރމިނޭޝަން
އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) ގެ އާޓިކަލް 7 އަށާއި ޓަރމިނޭޝަން އޮފް
އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ގެ ނަންބަރު 7، 8، އަދި 9 އަށް ބެލުމުން
އެނގޭކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ
21 ވަނަ މާއްދާގައިވާ ގޮތުގެމަތިން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމާ ނިންމުންތަކުގެ ތެރެއިން، އެނިންމުމެއްގައި މަޢުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާ ކޮންމެ ނިންމުމަކީ އޭގެ ސަބަބުން ވަޒީފާއިން ވަކިކުރެވުނު މުވައްޒަފަށް
ޤާނޫނީ ޙައްލެއް ޙައްޤުވާނެ ނިންމުމެއްކަމާއި، މިގޮތުންބަލާއިރު، މިޙާލަތުގައިވާ މުވައްޒަފުންނަށް ލިބިދެވޭނެ
ޤާނޫނީ ޙައްލު ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު،
ފާތިރް ޖަލީލް، އޯކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ބަނޑޮސް އައިލެންޑް ރިސޯޓްސް
އެންޑް ސްޕާރގެ މެނޭޖަރ | ޑައިވް ބަނޑޮސްގެ ވަޒީފާ އަދާކުރުމުގައި، 06 އޭޕްރިލް 2011 ވަނަ ދުވަހު
Roxo
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2{15/HC-A/123
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
144
ޑައިވް ސްކޫލްގެ މުވައްޒަފުންނާއިއެކު މީޓިންގއެއް ބޭއްވިކަމަށްބުނެ ދޮގުހަދައި، އަދި އެމީޓިންގގެ
މިނިޓްސްތައްކަމަށްބުނެ ބަނޑޮސް އައިލެންޑް ރިސޯޓްގެ އެގްޒެކެޓިވް ސެކްރެޓަރީ ޙަމްދާން ޢަބްދުލްޣަނީ އަށް
އީމެއިލްއެއް ފޮނުވުމާއި، ކޮންމެ ހަފްތާއަކު އެއްފަހަރު ގެސްޓުންނަށް ހުށަހަޅަންޖެހޭ ޑައިވް ޝޯއެއް
ހުށަހަޅާފައިނުވުމާއި، 2011 އޯގަސްޓް މަހުން ފެށިގެން ގެސްޓް ކޮމެންޓްސް ޗެކްކޮށްފައިނުވުމާއި، އަދި މީގެ
އިތުރުން ޑައިވްކުރުމަށް ބޭނުންކުރާ ނައިޓްރޮކްސް ސިލިންޑަރުގައި ހަރުކޮށްފައިހުންނަ ސްޓިކަރތައް (ލޭބަލް)
ހަލާކުވެގެން ދިޔައިރުވެސް މިސްޓިކަރތައް އައުކޮށްފައިނުވުމުން އެކަންކަން ރަނގަޅުކޮށް އިސްލާޙް ކުރުމަށް
އެރިސޯޓްގެ އެގްޒެކެޓިވް ޑިރެކްޓަރު، ފާތިޙް ޖަލީލާ ބައްދަލުކޮށް ވާހަކަދައްކައި ނަސޭޙަތްތެރިވެފައިވާކަން
އެނގޭކަމާއި، ނަމަވެސް އެކަންތައްތައް އިސްލާޙު ނުކުރެވުމުން ފާތިޙާ ޖަލީލު ވަޒީފާއިން ވަކިކުރެވިފައިވާކަމާއި،
ފާތިރް ޖަލީލުގެ ވަޒީފާގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ސިލިންޑަރުގައި ތަތްކުރާ ސްޓިކަރތައް
އައުކުރުމަކީ ވަރަށް މުހިއްމުކަމެއްކަމާއި، ސަބަބަކީ ނައިޓްރޮކްސް ސިލިންޑަރ ބޭނުންކުރަން ނުޖެހޭމީހަކު
ބޭނުންކޮށްފިނަމަ އެމީހަކު މަރުވުމަކީވެސް އެކަށީގެންވާކަމެއްކަމަށް މިމައްސަލައިގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލްއަށް ޙާޟިރުކުރި ހެކީންގެ ހެކިބަހުން އެނގެން އޮންނަކަމެވެ.
24 2
(ބ) ތިންވަނަ ކަމަކީ: މިމައްސަލައާއި ގުޅިގެން 10 ފެބްރުއަރީ 2015 ވަނަ ދުވަހު
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ފާތިޙް ޖަލީލް ވާހަކަ ދައްކަމުން އޯކިޑް
ހޯލްޑިންގްސްގެ ފަރާތުން އޭނާއަށް ނަސޭހަތްތެރިވެފައިނުވާކަމާއި، އެކަން ސާބިތުކޮށްދިނުމަށްޓަކައި ހެކިން
ތިބިކަމަށާއި، ނަމަވެސް ފާތިރް ޖަލީލުގެ ފަރާތުން މިވާހަކަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި
ދައްކާފައިނުވާނެކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ރަނގަޅަށްނޫންކަމަށާއި،
ސަބަބަކީ އެނިންމުމުގައި ފާތިއް ޖަލީލަށް ނަސޭޙަތްތެރިވެފައިވާކަން ސާބިތުވާކަމަށް ނިންމާފައިވާތީކަމަށާއި،
ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އެނިންމުން އިސްތިއުނާފުކުރުމަށް ފާތިޙާ ޖަލީލުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިނުވާނެކަމަށާއި، ފާތިޙް ޖަލީލުގެ ފަރާތުން އައްޔަންކޮށްފައިވާ ޤާނޫނީ
ވަކީލުވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވަނީ ރަނގަޅަށްނޫންކަމަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/123
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ފާތިއް ޖަލީލުގެ ޙާޟިރުގައިކަމަށާއި
ނަމަވެސް، ފާތިޙް ޖަލީލުގެ ޤާނޫނީ ވަކީލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަ ރަނގަޅުކުރުމަށް ނުވަތަ އިސްލާޙުކުރުމުގެ ފުރުސަތު އޮތްނަމަވެސް އެކަން ފާތިޙް ޖަލީލުގެ ފަރާތުން
ކޮށްފައިނުވާކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 19 ވަނަ
މާއްދާގައިވަނީ މުވައްޒަފާމެދު އެޅޭނެ އިސްލާޙީ ފިޔަވަޅުތައްކަމާއި، މިގޮތުން އެމާއްދާގެ (ހ) ގައިވަނީ
މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޙްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ
ފިޔަވަޅުތަކުގެ ތެރެއިން އެމުވައްޒަފަކާމެދު އަޅަން ފެންނަ އިސްލާޙީ ފިޔަވަޅު އެޅުމުގެ ބާރު، ވަޒީފާދޭ ފަރާތައް
ލިބިގެންވާކަމާއި، މިގޮތުން އެމާއްދާގެ (ހ)ގައި "އިސްލާޙީ ފިޔަވަޅު"ގެ މާނައިގައި އަންނަނިވި ކަންތައް
ހިމެނޭކަމާއި، އެގޮތުން
(1) ނަސޭހަތްދިނުން
(2) ލިޔުމުން އިންޒާރު ދިނުން
(3) ވަޒީފާގެ މަސައްކަތަށް ނިކުތުން 14 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހުއްޓުވުން؛
(4) ހުރި މަޤާމަށްވުރެ ދަށް މަޤާމަކަށް ބަދަލުކުރުން، ކަމަށް ބަޔާންކޮށްފައި އޮންނަކަމާއި،
ފާތިޙް ޖަލީލުގެ ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކޮށް، ނުކުރެވި ހުރި ބައެއް މަސައްކަތްތަކާއި
މެދު ދޮގު މަޢުލޫމާތު މެނޭޖްމަންޓްއަށް ދީފައިވާތީ ދެފަހަރެއްގެ މަތިން އެގްޒެކެޓިވް ޑިރެކްޓަރގެ އޮފީހަށް އޭނާ
ގެންގޮސް ނަސޭޙަތްތެރިވެފައިވާނެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޙާޟިރުކޮށްފައިވާ ހެކިންގެ ހެކިބަހަށް
ބެލުމުން އެނގެން އޮންނަކަމާއި، ފާތިޙް ޖަލީލުގެ ފަރާތުން މިކަންތައްތައް ނަފީކުރުމުގެ ގޮތުން ހެކިން
ހުށަހަޅަން އެދިފައިނުވާކަމާއި، ފާތިޙް ޖަލީލް ވަޒީފާއިން ވަކިކޮށްފައިވަނީ 01 (އެކެއް) މަސްދުވަހުގެ
މުސާރައާއި އޭނާއަށް ލިބެންޖެހޭ އެހެނިހެން އިނާޔަތްތައް ދީފައިކަން ބަނޑޮސް އައިލެންޑް ރިޒޯޓުގެ ނަންބަރު
BIR0114
/
2011 (26 ޑިސެމްބަރ 2011) ސިޓީއަށް ބެލުމުން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
هކު6
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/123
92 ހ
2c
(ބ) ފަސްވަނަ ކަމަކީ: މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާގުޅިގެން، މުވައްޒަފަކު
ހުށަހަޅާފައިވާ
ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ނުވަތަ މަޢުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަން ސާބިތުކޮށްދިނުމަކީ،
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތު ފިޔަވައި، އެހެން ޙާލަތްތަކުގައި
ވަޒީފާދޭފަރާތުގެ ޒިންމާއެއްކަން އެނގޭއިރު، މި މައްސަލާގައި ފާތިޙާ ޖަލީލް ވަޒީފާއިން ވަކިކޮށްފައިވަނީ
މަސައްކަތަށް ފަރުވާކުޑަކުރުމާއި، ވަޒީފާއަދާކުރުމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްނުކޮށް
ދޮގު މަޢުލޫމާތު ވަޒީފާދިން ފަރާތަށް ދިނުމުން އިސްލާޙީ ފިޔަވަޅު އެޅި އެކަންކަން އިސްލާޙު ނުވުމުންކަމާއި،
މިޙާލަތުގައި ފާތިޙް ޖަލީލު ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ
ސަބަބެއް އޮވެގެންކަން އެނގެން އޮތުމުން ފާތިޙާ ޖަލީލް ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕަރގައި
އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މަޢުޟޫޢީ ޢަދުލުވެރިކަން ޤާއިމްވާކަން އެނގެން
އޮތްނަމަވެސް، ފާތިޙް ޖަލީލް ވަޒީފާ އަދާކުރުމުގައި ފަރުވާކުޑަކުރުމާއި ދޮގުމަޢުލޫމާތު މެނޭޖްމަންޓަށް ދިނުމުން
އެކަންކަން ރަނގަޅުކޮށް އިސްލާޙު ކުރުމަށް ވާހަކަ ދައްކައި ނަސޭޙަތް ދީފައިވީނަމަވެސް، އެކަންކަން އިސްލާޙު
ނުކޮށްފިނަމަ، ވަޒީފާއިން ވަކިކުރެވޭނެކަން ފާތިޙް ޖަލީލަށް އަންގައި އިންޒާރުދީފައިވާކަން މި މައްސަލައިގައި
ހުށަހެޅުނު ލިޔުންތަކާއި ހެކިންގެ ހެކިބަހުން ސާބިތުނުވާތީ ފާތިޙާ ޖަލީލް ވަޒީފާއިން ވަކިކުރުމުގައި އިޖްރާއީ
ޢަދުލުވެރިކަން ޤާއިމްކުރެވިފައިނުވާކަން އެނގޭކަމާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މަޢުޟޫޢީ
ޢަދުލުވެރިކަން ޤާއިމްކުރެވިފައި ވީނަމަވެސް އިޖްރާއީ ޢަދުލުވެރިކަން ޤާއިމްކުރެވިފައިނުވާ ޙާލަތުގައި ބަދަލުގެ
ގޮތުން އޭނާ އަދާކުރަމުން ދިޔަ ވަޒީފާ ރުޖޫޢު ނުކުރެވޭނެކަމާއި، ނަމަވެސް ވަޒީފާއިން ވަކިކުރުމުގައި އިޖްރާއީ
ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވާތީ އެކަމުގެ ޢަދުލުވެރި ބަދަލެއް ވަޒީފާއިން ވަކިކުރެވުނު ފަރާތަށް
ނަގައިދެވިދާނެކަމާއި އެގޮތުން މި މައްސަލައިގައި ފަތަޙް ޖަލީލް ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި
މަޢުޟޫޢީ އަދުލުވެރިކަން ޤާއިމްކުރެވިފައިވާކަމަށް ކަނޑައަޅުއްވައި އޭނާ އަދާކުރަމުން ގެންދިޔަ ވަޒީފާއަށް
އަނބުރާ ރުޖޫޢު ނުކުރުމަށާއި އަދި ފާތިޙާ ޖަލީލް، ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމްކުރަންޖެހޭ އިޖްރާއީ
ދިވެހިރާއްsa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
13 ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{15/HC-A/123
ޢަދުލުވެރިކަން ޤާއިމްވެފައިނުވުމުން އޭނާއަށް ބަދަލެއް ނަންގަވައިދެއްވައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި
މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއްއޮތްކަމަކަށް މި
ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަމެވެ.
އެހެންކަމުން މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/35 މައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް
ޝަރުޢީ އަދި ޤާނޫނީ ސަބަބެއްނެތްކަމަށެ
.
04 ﷲ 0
2 2ދ ތ
و ترک سرسری ستر
ޙުކުމް:
ދެންފަހެ އިސްވެ ފާހަގަކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/35 މައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލު
ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv