ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/169 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/169
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
0
.2
• ޤަޟިއްޔާ ނަންބަރ: 169/HC
-
A/2010
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ޝަފީޤު
ދާއިމީ އެޑްރެސް: މއ. އަތަރުމާގެ އާގެ
އައިޑީ ކާޑު ނަންބަރ: A052216
މިހާރުގެ އެޑްރެސް: މއ. އަތަރުމާގެއާގެ
* ވަކީލު: އގ. އަޙްމަދު ނަޖީބު
އިސްތިއުނާފު ރައްދުވި ފަރާތް:
(l} * ނަން: އަޙްމަދު ނާޝިދު ޙުސައިން ދާއިމީ އެޑްރެސް: މ. ދޮނަޅަމާގެ
އައިޑީ ކާޑު ނަންބަރ: A053767
* މިހާރުގެ އެޑްރެސް: ދޮނަޅަމާގެ
* ވަކީލު: އގ. އަޙްމަދު ޢަބްދުﷲ ޢަފީފު (އައި.ޑީ ކާޑު ނަންބަރު A052792)
* ނަން: އާމިނަތު މުޙައްރިމަތު ދާއިމީ އެޑްރެސް: މ. ލެވެންޑަރ
އައިޑީ ކާޑު ނަންބަރ: A011375
މިހާރުގެ އެޑްރެސް:
ލެވެންޑަރ
* ވަކީލު: އޒް. އަޙްމަދު ޢަބްދުﷲ ޢަފީފު (އައި.ޑީ ކާޑު ނަންބަރު A052792)
ޚަދީޖާ ޢަބްދުލްޣަފޫރު
ދާއިމީ އެޑްރެސް: މ. . ދޮނަޅަކުރި
އައިޑީ ކާޑު ނަންބަރ: A011373 މިހާރުގެ އެޑްރެސް: ލ. ދޮނަޅަކުރި
ބަދަލުގައި: އަޙްމަދު ނާޝިދު ޙުސައިން، މ. ދޮނަޅަމާގެ
• ހުށަހެޅުނު ތާރީޚް: 25 ޖުލައި 2010 ނިމުނު ތާރީޚް: 30 ނޮވެމްބަރު 2011
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
(2)
4
(3)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު
ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/169
އ ހ 43
2
" އަނަށް ﷲ
ޚުލާޞާ:
މިއީ، މަދަނީކޯޓްގެ ނަންބަރު 2009/MC/1841 ގެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަޙްމަދު ޝަފީޤު
އާގެ ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤާޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ އަޙްމަދު ނާޝިދު ޙުސައިން މ. ދޮނަޅަމާގެ އާއި
އާމިނަތު މުޙައްރިމަތު މ. ލެވެންޑަރ އާއި ޚަދީޖާ ޢަބްދުލްޣަފޫރު މ. ދޮނަޅަކުރި އަށެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- މަދަނީކޯޓްގެ ނަންބަރު 2009/MC/1841 ޤަޟިއްޔާ އަކީ، މއ. އަތަރުމުގެ އިބްރާހީމް
ޝަފީޤު 23 މެއި 2005 ގައި ނިޔާވިއިރު، އެމަރުޙޫމުގެ ތަރިކައިގައި ހިމެނޭ
މއ. އަތަރުމާގެ އެވެ ކިޔާ
ގޯތީގައި ކުއްޔަށްދީފައިހުރި ކޮޓަރިއާއި، ވަރކްޝޮޕްގެ ކުލީގެ ގޮތުގައި، 01 ޖެނުއަރީ 2006 ދުވަހުން
ފެށިގެން އެޢިމާރާތްތަކުގެ ތަރިކަ މައްސަލަ (ޤަޟިއްޔާ ނަންބަރު 2009/MC/456) ނިމުނު ތާރީޚް ކަމަށްވާ
06 އޯގަސްޓް 2007 ދުވަހާ ހަމައަށް ހިނގާފައިވާ 19 (ނަވާރަ) މަސްދުވަހަށް، މަހަކު -/
6000ރ.
(ހަހާސްރުފިޔާ) ގެ މަގުން މއ. އަތަރުމާގެއާގެ އަޙްމަދު ޝަފީޤުގެ އަތަށް ދީފައިވާ -/
1,14,000ރ.
(އެއްލައްކަ ސާދަހާސް ރުފިޔާ) އާއި މަރުޙޫމް އިބްރާހީމް ޝަފީޤުގެ ތަރިކައިގައި ހިމެނޭ ރަޖިސްޓްރީ ނަންބަރު
BB1A P3298 ވޭން ގަތް ފަރާތުން އަޙްމަދު ޝަފީޤުގެ އަތަށް ދީފައިވާ -/20000ރ. (ވިހިހާސްރުފިޔާ)
އާއި، މަރުޙޫމް އިބްރާހީމް ޝަފީޤުގެ ތަރިކައިގައި ހިމެނޭ ރަޖިސްޓްރީ ނަންބަރު AA0A P3209
މޮޓޯސައިކަލް، އަޙްމަދު ޝަފީޤު ގަތުމަށްފަހު، އޭގެ އަގުގެ ގޮތުގައި އަޙްމަދު ޝަފީޤު ދައްކަންޖެހޭ
/15000ރ. (ފަނަރަހާސް ރުފިޔާ) އާއި، ހިރިލަންދޫ ނައިޓްރޯސް މުޙައްމަދު އަޙްމަދުގެ ޙަވާލުގައި ތ.
ހިރިލަންދޫގައި އޮތް މަރުޙޫމް އިބްރާހީމް ޝަފީޤު ބަންނަން ފަށާފައިވާ ލޯންޗުގެ އަގުގެ ގޮތުގައި އަޙްމަދު
ޝަފީޤުގެ އަތަށް ލިބިފައިވާ -/30000ރ. (ތިރީސްހާސް ރުފިޔާ) އާއި އެކު ޖުމްލަ -/
1,79,000ރ.
(އެއްލައްކަ ހަތްދިހަނުވާހާސް ރުފިޔާ) މަރުޙޫމް އިބްރާހީމް ޝަފީޤުގެ ވާރިސުންނަށް ލިބިދިނުމަށް އެދި މއ.
އަތަރުމާގެ އާގެ އަޙްމަދު ޝަފީޤު (އައި.ޑީ. ކާޑު A052216) ގެ މައްޗަށް މ. ދޮނަޅަމާގެ އަޙްމަދު ނާޝިދު
ޙުސައިން (އައި.ޑީ. ކާޑު A053767) އާއި މ. ލެވެންޑަރ އާމިނަތު މުޙައްރިމަތު (އައި.ޑީ. ކާޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/169
A011375) އާއި ދޮނަޅަކުރި ޚަދީޖާ ޢަބްދުލްޣަފޫރު (އައި.ޑީ. ކާޑު A011373) ދަޢުވާ ކުރުމުން
ބައްލަވާފައިވާ މައްސަލައެއްކަމާއި،
އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ: “ދެންފަހެ، އިސްވެ ފާހަގަކުރެވިފައިވާ ނުކުތާތަކަށާއި،
ޤަޟިއްޔާއާއި ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި ބަޔާން ތަކުގެ މައްޗަށް ރިޢާޔަތްކޮށް، މއ. އަތަރުމާގެ
އިބްރާހީމް ޝަފީޤު 23 މެއި 2005 ގައި ނިޔައުވިއިރު، އެމަރުޙޫމުގެ ތަރިކައިގައި ހިމެނޭ މއ. އަތަރުމާގެ
އެވެކިޔާ ގޯތީގައި ކުއްޔަށްދީފައިހުރި، ކޮޓަރިއަކާއި ވަރކްޝޮޕްގެ ކުލީގެ ގޮތުގައި 01 ޖެނުއަރީ 2006
ދުވަހުން ފެށިގެން އެޢިމާރާތްތަކުގެ ތަރިކަ މައްސަލަ (ޤަޟިއްޔާ ނަންބަރު 2009/MC/456) ނިމުނު ތާރީޚް
ކަމަށްވާ 06 އޯގަސްޓް 2007 ދުވަހާ ހަމައަށް ހިނގާފައިވާ 19 (ނަވާރަ) މަސްދުވަހަށް، މަހަކު -/6000ރ.
(ހަހާސްރުފިޔާ) ގެ މަގުން މއ. އަތަރުމާގެ އާގެ އަޙްމަދު ޝަފީޤުގެ އަތަށް ދީފައިވާ -/
1,14,000ރ.
(އެއްލައްކަ ސާދަހާސް ރުފިޔާ) އާއި މަރުޙޫމް އިބްރާހީމް ޝަފީޤުގެ ތަރިކައިގައި ހިމެނޭ ރަޖިސްޓްރީ ނަންބަރު
BB1A P3298 ވޭން ގަތް ފަރާތުން އަޙްމަދު ޝަފީޤުގެ އަތަށް ދީފައިވާ -/20000ރ. (ވިހިހާސްރުފިޔާ)
އާއި، މަރުޙޫމް އިބްރާހީމް ޝަފީޤުގެ ތަރިކައިގައި ހިމެނޭ ރަޖިސްޓްރީ ނަންބަރު AA0A P3209
މޮޓޯސައިކަލް، އަޙްމަދު ޝަފީޤު ގަތުމަށްފަހު، އޭގެ އަގުގެ ގޮތުގައި އަޙްމަދު ޝަފީޤު ދައްކަންޖެހޭ
/15000ރ. (ފަނަރަހާސް ރުފިޔާ) އާއި، ހިރިލަންދޫ ނައިޓްރޯސް މުޙައްމަދު އަޙްމަދުގެ ޙަވާލުގައި
ހިރިލަންދޫގައި އޮތް މަރުޙޫމް އިބްރާހީމް ޝަފީޤު ބަންނަން ފަށާފައިވާ ލޯންޗުގެ އަގުގެ ގޮތުގައި އަޙްމަދު
ޝަފީޤުގެ އަތަށް ލިބިފައިވާ -/30000ރ. (ތިރީސްހާސް ރުފިޔާ) އާއެކު ޖުމްލަ -/
1,79,000ރ. (އެއްލައްކަ
ހަތްދިހަނުވާހާސް ރުފިޔާ) މަރުޙޫމް އިބްރާހީމް ޝަފީޤުގެ ވާރިސުންނަށް ލިބިދިނުމަށް އެދި މއ. އަތަރުމާގެ
އާގެ އަޙްމަދު ޝަފީޤު (އައި.ޑީ. ކާޑު A052216) ގެ މައްޗަށް މ. ދޮނަޅަމާގެ އަޙްމަދު ނާޝިދު ޙުސައިން
(އައި.ޑީ. ކާޑު A053767)، މ. ލެވެންޑަރ އާމިނަތު މުޙައްރިމަތު (އައި.ޑީ. ކާޑު A011375) އަދި މ.
ދޮނަޅަކުރި ޚަދީޖާ ޢަބްދުލްޣަފޫރު (އައި.ޑީ. ކާޑު A011373) ކުޅަ ދަޢުވާއަށް ބެލިއިރު،
މއ. އަތަރުމާގެ މަރުޙޫމް އިބްރާހީމް ޝަފީޤު ނިޔައުވުމާއި ގުޅިގެން، އެމަރުޙޫމްގެ ތަރިކައިގެ
މައްސަލަ ނިންމުމަށްޓަކަ
ޓަކައި މަދަނީ ކޯޓުގެ ނަންބަރު 2006/MC/456 އަދި 2007/MC/1905 ޤަޟިއްޔާ
ހިންގިފައިވާ ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
4 ޤަޟިއްޔާ ނިމުނު
ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/169
2 / ,
މިގޮތުން މަދަނީކޯޓުގެ ނަންބަރު 2006/MC/456 ޤަޟިއްޔާއަށް ބެލުމުން މަރުޙޫމް އިބްރާހީމް
ޝަފީޤުގެ ވާރިސުންގެ ތެރޭގައި ހިމެނޭ ދަޢުވާލިބޭ އަޙްމަދު ޝަފީޤުގެ އަތުގައި ހުރި ތަރިކައިގެ -/24000ރ.
ސައުވީސްހާސްރުފިޔާ) އާއި ވާރިސުންގެ ތެރޭގައި ހިމެނޭ ދަޢުވާކުރާ އެއްފަރާތް ކަމުގައިވާ އަޙްމަދު ނާޝިދު
ޙުސައިންގެ އަތުގައި ތަރިކައިގެ -/13000ރ. (ތޭރަހާސްރުފިޔާ) އާއި އަތަރުމާގޭ ވަރކްޝޮޕަކާއި
ކޮޓަރިއެއް ކުއްޔަށްދީގެން މަހަކު -/6000ރ. (ހަހާސްރުފިޔާ) ގެ މަގުން ލިބިފައިވާ ފައިސާ މަރުޙޫ
އިބްރާހީމް ޝަފީޤުގެ ތަރިކައިގެ ތެރޭގައި ހިމެނޭކަމާއި، އަޙްމަދު ޝަފީޤަށް އއ. އަތަރުމާގެ އެވެ ކިޔާ
ބަންޑާރަ ގޯތީގެ ބިމުން ލިބޭ މިންވަރާއި މ. ދޮނަޅަ އެވެ ކިޔާ ގޯތީގެ ބިމުން ލިބޭ މިންވަރު މއ. އަތަރުމާގެ
އެވެ ކިޔާ ބަންޑާރަ ގޯތީގެ ބިމުން އަޙްމަދު ޝަފީޤަށް ލިބިދިނުމުގެ ގޮތުން މ. ދޮނަޅަ އެވެކިޔާ ގޯތީގައިވާ
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ އަގެއް ކަމަށް އަގު ކޮމިޓީން އިއްތިފާޤުވި އަގުގެ 9/18 ބައި (1/2 ބައި)
އަށްވާ -/
59211ރ. (ފަންސާސް ނުވަހާސް ދުއިސައްތަ އެގާރަރުފިޔާ) މިޤަޟިއްޔާ ޙުކުމް ކުރި ތާރީޚް
ކަމަށްވާ 06 އޯގަސްޓް 2007 އިން ފެށިގެން 02 މަސްދުވަހުގެ ތެރޭގައި އަޙްމަދު ޝަފީޤަށް ދެއްކުމަށް
ދެންތިބި ވާރިސުންނަށް އަންގާފައިވާ ކަމާއި، ތަރިކައިގެ ފައިސާއިން އަޙްމަދު ޝަފީޤުގެ އަތުގައިވާ ފައިސާއިން
ދެންތިބި ވާރިސުންނަށްވާ ފައިސާ އެމީހުންނަށް ރައްދުކުރުމަށްޓަކައި ކޯޓަށް ދެއްކުމަށާއި، އަޙްމަދު ނާޝިދު
ޙުސައިންގެ އަތުގައިވާ ފައިސާއިން ދެންތިބި ވާރިސުންނަށްވާ ފައިސާ އެމީހުންނަށް ރައްދުކުރުމަށްޓަކައި ކޯޓަށް
ދެއްކުމަށް އަންގާފައިވާކަން އެނގޭކަމާއި، މިގޮތުން އަޙްމަދު ޝަފީޤުގެ އަތުގައިވާ ފައިސާއިން ދެންތިބި
ވާރިސުންނަށް ލިބެންވާ ފައިސާ އެމީހުންނަށް، އަދި އަޙްމަދު ނާޝިދު ޙުސައިންގެ އަތުގައިވާ ފައިސާއިން
އަޙްމަދު ޝަފީޤަށް ލިބެންވާ ފައިސާ އެފަރާތަށް ލިބިފައިނުވާކަން ދެފަރާތުގެ ބަހުންނާއި މިކޯޓުގެ ރެކޯޑްތަކުން
އެނގޭކަމާއި،
ދަޢުވާކޮށްފައިވާ މަރުޙޫމް އިބްރާހީމް ޝަފީޤުގެ ތަރިކައިގައި ހިމެނޭ މއ. އަތަރުމާގެ އެވެ ކިޔާ
ގޯތީގައި ކުއްޔަށްދީފައިހުރި ކޮޓަރިއާއި ވަރކް ޝޮޕްގެ ކުލީގެ ގޮތުގައި 01 ޖެނުއަރީ 2006 ދުވަހުން ފެށިގެން
އެޢިމާރާތްތަކުގެ ތަރިކައިގެ މައްސަލަ (ޤަޟިއްޔާ ނަންބަރު 2009/MC/456) ނިމުނު ތާރީޚް ކަމަށްވާ 06
އޯގަސްޓް 2007 ދުވަހާ ހަމައަށް ހިނގާފައިވާ 19 (ނަވާރަ) މަސްދުވަހަށް، މަހަކު
(ހަހާސްރުފިޔާ) ގެ މަގުން މއ. އަތަރުމާގެ އާގެ އަޙްމަދު ޝަފީޤުގެ އަތަށް ލިބިފައިވާ ކަމަށް ދަޢުވާކުރާ
-/6000ރ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/169
އއ.
03772
ފަރާތްތަކުން ބުނާ -/
1,14,000ރ. (އެއްލައްކަ ސާދަހާސް ރުފިޔާ) އަށް ބަލާއިރު، މަދަނީކޯޓުގެ ނަންބަރު:
2009/MC/456 ޤަޟިއްޔާއާއި ގުޅިގެން 05 އޯގަސްޓް 2007 ގައި އަޙްމަދު ޝަފީޤު ޝަރީޢަތަށް
ދީފައިވާ ބަޔާނުގައި އިބްރާހީމް ޝަފީޤު ނިޔައުވިއިރު އަތަރުމާގޭގައި ކުއްޔަށްދީފައިވާ ކޮޓަރިއާއި،
ވަރކްޝޮޕްގެ ކުއްޔަށް އިބްރާހީމް ޝަފީޤު ނިޔައުވި ފަހުން މަހަކު -/
6000ރ. (ހަހާސްރުފިޔާ) ގެ މަގުން
ލިބުނު ފައިސާ އަޙްމަދު ޝަފީޤުގެ އަތުގައިހުރިކަމަށް ބަޔާންދީފައިވާކަން އެނގޭކަމާއި މިފައިސާގެ ތެރެއިން
އަޙްމަދު ޝަފީޤުގެ އަތުގައި ހުރީ -/24000ރ. (ސައުވީސްހާސް ރުފިޔާ) ކަމަށާއި، އަދި ބާކީ ފައިސާވާނީ
އިބްރާހީމް ޝަފީޤުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި ހުޅުވާފައިވާ ނަންބަރު: 101
257347
7704 އެކައުންޓަށް ޖަމައުކޮށްފައި ކަމަށާއި، ކުލީގެ ފައިސާގެ ތެރެއިން އަޙްމަދު ޝަފީޤުގެ
އަތުގައި ހުރީ -/24000ރ. (ސައުވީސްހާސް ރުފިޔާ) ކަމަށް މަދަނީކޯޓުގެ ނަންބަރު 2009/MC/456
ޤަޟިއްޔާއާއި ގުޅިގެން ޝަރީޢަތަށް ބަޔާންދީފައިވާނެ ކަމަށް އަޙްމަދު ޝަފީޤު ބުނެފައިވާ ކަމާއި،
ނަމަވެސް މަދަނީކޯޓުގެ ނަންބަރު 2009/MC/456 ޤަޟިއްޔާގެ ޙުކުމުގައި އަޙްމަދު ޝަފީޤުގެ
އަތުގައި މަރުޙޫމް އިބްރާހީމް ޝަފީޤުގެ ތަރިކައިގެ -/24000ރ. (ސައުވީސްހާސް ރުފިޔާ) ހުރިކަމަށް
ބަޔާންކޮށްފައިވާއިރު، މިޙުކުމުން އަދި އެޤަޟިއްޔާގެ ރިޕޯޓުންނާއި މިޤަޟިއްޔާއާއި ގުޅިގެން އަޙްމަދު ޝަފީޤް
ޝަރީޢަތަށް ދީފައިވާ އެއްވެސް ބަޔާނަކުން -/24000ރ. (ސައުވީސްހާސް ރުފިޔާ) އަކީ ކުލީގެ ފައިސާކަން
އެނގެން ނެތްކަމާއި، މިފައިސާއަކީ ކުލީގެ ފައިސާކަން އެނގެން ނެތްހިނދު، މިއީ ކުލީގެ ފައިސާކަމަށް
އަޙްމަދު ޝަފީޤުގެ ފަރާތުން ބުނާ ބުނުން ސާބިތުކޮށްދެވިފައި ނުވާކަމާއި، މަރުޙޫމް އިބްރާހީމް ޝަފީޤުގެ
ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި ހުޅުވާފައިވާ ނަންބަރު: 101
257347
7704 އެކައުންޓަށް
1 ޖެނުއަރީ 2006 އިން މިއެކައުންޓް 11 ޑިސެމްބަރ 2007 ގައި ބަންދުކުރެވުމާއި ހަމައަށް ފައިސާ
ވަދެފައިވާ ގޮތް ބެލުމަށްޓަކައި، މިއެކައުންޓުގެ މިމުއްދަތުގެ ސްޓޭޓްމަންޓް ޝަރީޢަތް މެދުވެރިކޮށް ގެނެސް
ބެލުމުން، އިބްރާހީމް ޝަފީޤު ނިޔައުވިފަހުން ކުލީގެ ފައިސާގެ ތެރެއިން މިއެކައުންޓަށް
ޖަމަޢުކުރެވިފައިވާ ކަމަށް ދައްކަނީ 3 (ތިނެއް) މަސްދުވަހުގެ ފައިސާކަން ފާހަގަކުރެވޭކަމާއި، މިގޮތުން
އަތަރުމާގެ އެވެކިޔާ ގޯތީގައި ކުއްޔަށްދީފައިހުރި ކޮޓަރިއާއި، ވަރކްޝޮޕްގެ ކުލީގެ ގޮތުގައި، މަރުޙޫމް އިބްރާހީމް
ޝަފީޤު ނިޔައުވި ފަހުން 01 ޖެނުއަރީ 2006 ދުވަހުން ފެށިގެން މަދަނީކޯޓުގެ ނަންބަރު 2009/MC/456
މަރުޙަވެ
1
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ
ނިމުނު
ދިމުނު ގޮތުގެ ޚުލާޞާ
2010/HC-A/169
20
/20000ރ.
ޤަޟިއްޔާ ނިމުނު ތާރީޚް ކަމަށްވާ 06 އޯގަސްޓް 2007 ދުވަހާ ހަމައަށް ހިނގާފައިވާ 19 (ނަވާރަ)
މަސްދުވަހަށް، މަހަކު -/6000ރ. (ހަހާސްރުފިޔާ) ގެ މަގުން އަޙްމަދު ޝަފީޤުގެ އަތަށް ލިބިފައިވާ
-/1,14,000ރ. (އެއްލައްކަ ސާދަހާސް ރުފިޔާ) އިން މި 3 (ތިނެއް) މަހުގެ ކުއްޔަށްވާ -/18000ރ.
(އަށާރަހާސް ރުފިޔާ) އުނިކުރުމުން، ބާކީވާ -/
96000ރ. (ނުވަދިހަހަހާސް ރުފިޔާ) ގެ 1/2 ބަޔަށްވާ
48000ރ. (ސާޅީސްއަށްހާސް ރުފިޔާ) އަކީ މަރުޙޫމް އިބްރާހީމް ޝަފީޤުގެ ދެންތިބި ވާރިސުންގެ ޙައްޤެއް
ކަމާއި، އަދި މަދަނީކޯޓުގެ ނަންބަރު 2009/MC/456 ޤަޟިއްޔާގެ ޙުކުމުގައި މަރުޙޫމް އިބްރާހީމް ޝަފީޤުގެ
ތަރިކައިގެ ހިމެނޭ ކަމަށް ބަޔާންކުރާ -/24000ރ. (ސައުވީސްހާސް ރުފިޔާ) ގެ 12 ބަޔަށްވާ -/12000ރ.
(ބާރަހާސް ރުފިޔާ) އަކީ މަރުޙޫމް އިބްރާހީމް ޝަފީޤުގެ ދެންތިބި ވާރިސުންގެ ޙައްޤެއް ކަމާއި،
ދަޢުވާކޮށްފައިވާ މަރުޙޫމް އިބްރާހީމް ޝަފީޤުގެ ތަރިކައިގައި ހިމެނޭ ރަޖިސްޓްރީ ނަންބަރު BB1A
P3298 ވޭން ގަތް ފަރާތުން އަޙްމަދު ޝަފީޤުގެ އަތަށް ދީފައިވާކަމަށް ދަޢުވާކުރާ ފަރާތްތަކުން ބުނާ
(ވިހިހާސްރުފިޔާ) އަށް ބަލާއިރު، މަދަނީކޯޓުގެ ނަންބަރު 2009/MC/456 ޤަޟިއްޔާއާއި
ގުޅިގެން 05 އޯގަސްޓް 2007 ގައި އަޙްމަދު ޝަފީޤު ޝަރީޢަތަށް ދީފައިވާ ބަޔާނުގައި ރަޖިސްޓްރީ ނަންބަރު
BB1A P3298 ވޭން ގަތް ފަރާތުން ދެއްކީ -/
20000ރ. (ވިހިހާސް ރުފިޔާ) އަޙްމަދު ޝަފީޤުގެ އަތުގައި
ހުރިކަމަށް ބަޔާންދީފައިވާކަން އެނގޭކަމާއި، ރަޖިސްޓްރީ ނަންބަރު BB1A P3298 ވޭނަކީ މަރުޙޫމް
އިބްރާހީމް ޝަފީޤުގެ ތަރިކައިގެ ތެރޭގައި ހިމެނޭ އުޅަނދެއްކަމާއި، މިއުޅަނދުން މަރުޙޫމް އިބްރާހީމް ޝަފީޤުގެ
ވާރިސުން އެވާރިސަކަށް ޙައްޤުވެގެންވާ މިންވަރަކުން މިލްކުވެގެންވާކަމަށް މަދަނީކޯޓުގެ ނަންބަރު
2007/MC/1905 ޤަޟިއްޔާއިން ޙުކުމްކޮށްފައިވާކަމާއި، މިގޮތުން މިއުޅަނދުގެ އަގަށްވާ -/20000ރ.
(ވިހިހާސް ރުފިޔާ) ގެ 12 ބައި އަށް -/10000ރ. (ދިހަހާސް ރުފިޔާ) އަކީ މަރުޙޫމް އިބްރާހީމް ޝަފީޤުގެ
ދެންތިބި ވާރިސުންގެ ޙައްޤެއްކަމާއި،
ދަޢުވާކޮށްފައިވާ މަރުޙޫމް އިބްރާހީމް ޝަފީޤުގެ ތަރިކައިގައި ހިމެނޭ ރަޖިސްޓްރީ ނަންބަރު AA0A
3209 މޮޓޯސައިކަލް، އަޙްމަދު ޝަފީޤު ގަތުމަށްފަހު، އޭގެ އަގުގެ ގޮތުގައި އަޙްމަދު ޝަފީޤު ދައްކަންޖެހޭ
ކަމަށް ދަޢުވާކުރާ ފަރާތްތަކުން ބުނާ -/15000ރ. (ފަނަރަހާސް ރުފިޔާ) އަށް ބަލާއިރު، މަދަނީކޯޓުގެ
ނަންބަރު 2009/MC/456 ޤަޟިއްޔާއާއި ގުޅިގެން 05 އޯގަސްޓް 2007 ގައި އަޙްމަދު ޝަފީޤު
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/169
AAMA
AA0A
גג כל ס
ބ ނު 0x3
0
އާޗަށް
e
ޝަރީޢަތަށް ދީފައިވާ ބަޔާނުންނާއި 26 ސެޕްޓެމްބަރ 2006 ގައި ހުށަހަޅާފައިވާ ބަޔާނުން
P3209 މޮޓޯސައިކަލް އަޙްމަދު ޝަފީޤުގެ ޙަވާލުގައި ހުރިކަން އެނގޭކަމާއި، AA0A P3209
މޮޓޯސައިކަލަކީ މަރުޙޫމް އިބްރާހީމް ޝަފީޤުގެ ތަރިކައިގެ ތެރޭގައި ހިމެނޭ އުޅަނދެއްކަމާއި، މިއުޅަނދުން
މަރުޙޫމް އިބްރާހީމް ޝަފީޤުގެ ވާރިސުންނަށް އެވާރިސަކަށް ޙައްޤުވެގެންވާ މިންވަރަކުން މިލްކުވެގެންވާކަމަށް
މަދަނީކޯޓުގެ ނަންބަރު 2007/MC/1905 ޤަޟިއްޔާއިން ޙުކުމްކޮށްފައިވާކަމާއި، އަޙްމަދު ޝަފީޤުވަނީ
މިއުޅަނދު މަރުޙޫމް އިބްރާހީމް ޝަފީޤުގެ ދެންތިބި ވާރިސުންގެ ރުހުމުގައި -/
15000ރ. (ފަނަރަހާސް ރުފިޔާ)
ގެ އަގަށް ގަނެފައިކަމަށް ދަޢުވާލިބޭ ފަރާތްތަކުން ބުނާކަމާއި، މިކަމާއި އަޙްމަދު ޝަފީޤު
ކުށްފައިނުވާކަމާއި، މިގޮތުން މިއުޅަނދުގެ އަގަށްވާ -/15000ރ. (ފަނަރަހާސް ރުފިޔާ) ގެ 1/2 ބައި
ކަމުގައިވާ -/7500ރ. (ހަތްހާސްފަސްސަތޭކަ ރުފިޔާ) އަކީ މަރުޙޫމް އިބްރާހީމް ޝަފީޤުގެ ދެންތިބި
ވާރިސުންގެ ޙައްޤެއްކަމާއި،
ދަޢުވާކޮށްފައިވާ ހިރިލަންދޫ ނައިޓްރޯސް މުޙައްމަދު އަޙްމަދުގެ ޙަވާލުގައި ހިރިލަންދޫގައި
އޮތް މަރުޙޫމް އިބްރާހީމް ޝަފީޤު ބަންނަން ފަށާފައިވާ ލޯންޗުގެ އަގުގެ ގޮތުގައި އަޙްމަދު ޝަފީޤުގެ އަތަށް
ލިބިފައިވާކަމަށް ދަޢުވާކުރާ ފަރާތްތަކުން ބުނާ -/
30000ރ. (ތިރީސްހާސް ރުފިޔާ) އަށް ބަލާއިރު، މިބަންނަން
ފަށާފައިވާ އުޅަނދުވަނީ އަޙްމަދު ޝަފީޤު -/30000ރ. (ތިރީސްހާސް ރުފިޔާ) އަގަކަށް ވިއްކާލާފައިކަމަށް
ދަޢުވާކުރާ ފަރާތްތަކުން ބުނާކަމާއި، މި ބަންނަން ފަށާފައިވާ ލޯންޗްގެ ހަންގަނޑު ތ. ހިރިލަންދޫގައި އޮވެގެން
ހަލާކުވަމުންދާތީ، ދެންތިބި ވާރިސުންނާއިވެސް ވާހަކަ ދެއްކުމަށްފަހު، މިހަލްގަނޑުވާނީ ވިއްކާލާފައި ކަމަށް
އަޙްމަދު ޝަފީޤުގެ ފަރާތުން ބުނެފައިވާކަމާއި، މިހަލްގަނޑު ވިއްކާލުމަށް އަޙްމަދު ޝަފީޤް އާއި
ރ. ރަސްމާދޫ
ޙަސަން ޒަރީރު އާއި ދެމެދު 27 ޖުލައި 2007 ގައި ކުރެވިފައިވާ އެގްރީމެންޓެއްވާ ކަމާއި، މިއެގްރީމެންޓްގައި
މި ބަންނަން ފަށާފައިވާ ލޯންޗްގެ އަގުގެ ގޮތުގައި -/
30000ރ. (ތިރީސްހާސް ރުފިޔާ) ބަޔާންކޮށްފައިވާކަން
އެނގޭ ކަމާއި، މިގޮތުން މިބަންނަން ފަށާފައިވާ ލޯންޗުގެ އަގުކަމަށްވާ -/30000ރ. (ތިރީސްހާސް ރުފިޔާ) ގެ
1/2 ބައި އަށްވާ -/15000ރ. (ފަނަރަހާސް ރުފިޔާ) އަކީ މަރުޙޫމް އިބްރާހީމް ޝަފީޤުގެ ދެންތިބި
ވާރިސުންގެ ޙައްޤެއްކަމާއި،
022
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
ޤަޟިއްޔާ
ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/169
މއ. އަތަރުމާގެ އެވެކިޔާ ގޯތީގައި ކުއްޔަށްދީފައިހުރި ކޮޓަރިއާއި ވަރކްޝޮޕްގެ ކުލީގެ
ގޮތުގައި 01 ޖެނުއަރީ 2006 ދުވަހުން ފެށިގެން 05 އޯގަސްޓް 2007 ދުވަހާ ހަމައަށް ހިނގާފައިވާ 19
(ނަވާރަ) މަސްދުވަހަށް، މަހަކު -/6000ރ. (ހަހާސްރުފިޔާ) ގެ މަގުން އަޙްމަދު ޝަފީޤުގެ އަތަށް ލިބިފައިވާ
-/1,14,000ރ. (އެއްލައްކަ ސާދަހާސް ރުފިޔާ) 3 (ތިނެއް) މަހުގެ ކުއްޔަށްވާ -/18000ރ. (އަށާރަހާސް
ރުފިޔާ) ކެޑުމުން، ބާކީވާ -/96000ރ. (ނުވަދިހަހަހާސް ރުފިޔާ) ގެ 1/2 ބަޔަށްވާ -/
48000ރ.
(ސާޅީސްއަށްހާސް ރުފިޔާ) އާއި، އަޙްމަދު ޝަފީޤުގެ އަތުގައި ހުރި މަރުޙޫމް އިބްރާހީމް ޝަފީޤުގެ ތަރިކައިގެ -
/
24000ރ. (ސައުވީސްހާސް ރުފިޔާ) ގެ 1/2 ބަޔަށްވާ -/
12000ރ. (ބާރަހާސް ރުފިޔާ) އާއި، ރަޖިސްޓްރީ
ނަންބަރު BB1A P3298 ވޭންގެ އަގަށްވާ -/20000ރ. (ވިހިހާސްރުފިޔާ) ގެ 1/2 ބައި އަށްވާ
/
10000ރ. (ދިހަހާސް ރުފިޔާ) އާއި، ރަޖިސްޓްރީ ނަންބަރު AA0A P3209 މޮޓޯސައިކަލުގެ އަގަށްވާ
/15000ރ. (ފަނަރަހާސް ރުފިޔާ) ގެ 1/2 ބައި ކަމުގައިވާ -/7500ރ. (ހަތްހާސްފަސްސަތޭކަ ރުފިޔާ) އާއި،
ތ. ހިރިލަންދޫގައި އޮތް މަރުޙޫމް އިބްރާހީމް ޝަފީޤު ބަންނަން ފަށާފައިވާ ލޯންޗުގެ އަގުކަމަށްވާ -/30000ރ.
(ތިރީސްހާސް ރުފިޔާ) ގެ 12 ބައި އަށް -/
15000ރ. (ފަނަރަހާސް ރުފިޔާ) އާއެކު ޖުމްލަ -/92,500ރ.
(ނުވަދިހަދެހާސް ފަސްސަތޭކަ ރުފިޔާ) އަކީ ދަޢުވާލިބޭ އަޙްމަދު ޝަފީޤުގެ ކިބައިން ދަޢުވާކުރާ އަޙްމަދު
ނާޝިދު ޙުސައިން، އާމިނަތު މުޙައްރިމަތު އަދި ޚަދީޖާ ޢަބްދުލްޣަފޫރު އަށް ދޭންޖެހޭ ފައިސާ ކަމުގައި
ކަނޑައަޅައި،
މަދަނީކޯޓުގެ ނަންބަރު 2009/MC/456 ޤަޟިއްޔާގެ ޙުކުމުގައިވާ ފަދައިން މަރުޙޫމް އިބްރާހީމް
ޝަފީޤުގެ ދެންތިބި ވާރިސުންގެ ކިބައިން އަޙްމަދު ޝަފީޤަށް ލިބެންޖެހޭ -/59,211ރ. (ފަންސާސްނުވަހާސް
ދުއިސައްތަ އެގާރަރުފިޔާ) އާއި ދަޢުވާކުރާ ފަރާތްތަކުންކުރެ އަޙްމަދު ނާޝިދު ޙުސައިންގެ އަތުގައިވާ މަރުޙޫމް
އިބްރާހީމް ޝަފީޤުގެ ތަރިކައިގެ -/
13,000ރ. (ތޭރަހާސް ރުފިޔާ) ގެ 1/2 ބަޔަށްވާ -/6,500ރ. (ހަހާސް
ފަސްސަތޭކަރުފިޔާ) އާއެކު ޖުމްލަ -/65,711ރ. (ފަސްދޮޅަސްފަސްހާސް ހަތްސަތޭކަ އެގާރަރުފިޔާ) މަރުޙޫމް
އިބްރާހީމް ޝަފީޤުގެ ދެން ތިބި ވާރިސުންގެ ކިބައިން އަޙްމަދު ޝަފީޤަށް ލިބިފައިނުވާކަން އެނގޭ
ކަމަށްޓަކައި، އަދި މިގޮތުން ދެފަރާތަށް ލިބެންވާ ފައިސާގެ މައްސަލަ މިޤަޟިއްޔާގައި ނިންމައިދިނުމަށް
ދެފަރާތުންވެސް އެދިފައިވާކަމަށްޓަކައި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/169
e ou
އަޙްމަދު ޝަފީޤުގެ ކިބައިން ދެންތިބި ވާރިސުންނަށް ދޭންޖެހޭ -/92,500ރ. (ނުވަދިހަދެހާސް
ފަސްސަތޭކަ ރުފިޔާ) އިން އެވާރިސުން އަޙްމަދު ޝަފީޤަށް ދޭންޖެހޭ -/
65,711ރ. (ފަސްދޮޅަސްފަސްހާސް
ހަތްސަތޭކަ އެގާރަރުފިޔާ) އުނިކުރުން އަންނަ -26,7891ރ. (ސައްބީސްހާސް ހަތްސަތޭކަ އަށްޑިހަ ނުވަރުފިޔާ)
އަކީ މިހާރު ދަޢުވާލިބޭ އަޙްމަދު ޝަފީޤުގެ ކިބައިން ދަޢުވާކުރާ އަޙްމަދު ނާޝިދު ޙުސައިން، އާމިނަތު
މުޙައްރިމަތު އަދި ޚަދީޖާ ޢަބްދުލްޣަފޫރު އަށް ދޭންޖެހޭ ފައިސާ ކަމުގައި ކަނޑައަޅައި، މިފައިސާ ދަޢުވާކުރާ
ފަރާތްތަކަށް ލިބިދިނުމުގެ ގޮތުން މިއަދު 28 ޖެނުއަރީ 2010 ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ
ތެރޭގައި ކޮންމެ މަހަކުމެ އެބަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް މަދަނީކޯޓަށް ދައްކައި،
ޚަލާޞްކުރުމަށް މއ. އަތަރުމާގެ އަޙްމަދު ޝަފީޤް (އައި.ޑީ. ކާޑު A052216) އަށް އަންގައި، ޙުކުމް
ކޮށްފީމެވެ. މިފަދައިން ކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން މަދަނީކޯޓުގެ ނަންބަރު 2009/MC/1841ޤަޟިއްޔާގައި
ޙުކުމް ކުރެއްވުމުން، އަޙްމަދު ޝަފީޤުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހަތަރު ނުކުތާ ފާހަގަކޮށް
އެނުކުތް ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
03- މަދަނީކޯޓްގެ ނަންބަރު 2009/MC/1841 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި،
އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަޙްމަދު ޝަފީޤުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ
ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) މަދަނީކޯޓުގެ ނަންބަރު 2009/MC/1841 ޤަޟިއްޔާގައި އަޙްމަދު ނާޝިދު ޙުސައިން އާއި
އާމިނަތު މުޙައްރިމަތު އާއި ޚަދީޖާ ޢަބްދުލްޣަފޫރުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ،
މއ. އަތަރުމާގެ
އިބްރާހީމް ޝަފީޤު 23 މެއި 2005 ގައި ނިޔާވިއިރު،
އެމަރުޙޫމުގެ
ތަރިކައިގައި ހިމެނޭ މިއ. އަތަރުމާގެ
އެވެކިޔާ ގޯތީގައި ކުއްޔަށްދީފައިހުރި ކޮޓަރިއާއި، ވަރކްޝޮޕްގެ ކުލީގެ ގޮތުގައި، 01 ޖެނުއަރީ 2006
ދުވަހުން ފެށިގެން އެޢިމާރާތްތަކުގެ ތަރިކަ މައްސަލަ (ޤަޟިއްޔާ ނަންބަރު 2009/MC/456) ނިމުނު ތާރީޚް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވަދޭ
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/169
BB1A
در ترکی
ކަމަށްވާ 06 އޯގަސްޓް 2007 ދުވަހާ ހަމައަށް ހިނގާފައިވާ 19 (ނަވާރަ) މަސްދުވަހަށް، މަހަކު -/6000ރ.
(ހަހާސްރުފިޔާ) ގެ މަގުން މއ. އަތަރުމާގެ އާގެ އަޙްމަދު ޝަފީޤުގެ އަތަށް ދީފައިވާ -/1,14,000ރ.
(އެއްލައްކަ ސާދަހާސް ރުފިޔާ) އާއި އެމަރުޙޫމްގެ ތަރިކައިގައި ހިމެނޭ ރަޖިސްޓްރީ ނަންބަރު
P3298 ވޭން ގަތް ފަރާތުން އަޙްމަދު ޝަފީޤުގެ އަތަށް ދީފައިވާ -/20000ރ. (ވިހިހާސްރުފިޔާ) އާއި،
ތަރިކައިގައި ހިމެނޭ ރަޖިސްޓްރީ ނަންބަރު AA0A P3209 މޮޓޯސައިކަލް، އަޙްމަދު ޝަފީޤު
ގަތުމަށްފަހު، އޭގެ އަގުގެ ގޮތުގައި އަޙްމަދު ޝަފީޤު ދައްކަންޖެހޭ -/15000ރ. (ފަނަރަހާސް ރުފިޔާ) އާއި،
ތ. ހިރިލަންދޫ ނައިޓްރޯސް މުޙައްމަދު އަޙްމަދުގެ ޙަވާލުގައި ތ. ހިރިލަންދޫގައި އޮތް އެމަރުހޫމް ބަންނަން
ފަށާފައިވާ ލޯންޗްގެ އަގުގެ ގޮތުގައި އަޙްމަދު ޝަފީޤުގެ އަތަށް ލިބިފައިވާ -/
30000ރ. (ތިރީސްހާސް ރުފިޔާ)
އާއި އެކު ޖުމްލަ -/
1,79,000ރ. (އެއްލައްކަ ހަތްދިހަނުވާހާސް ރުފިޔާ) މަރުޙޫމް އިބްރާހީމް ޝަފީޤުގެ
ވާރިސުންނަށް ލިބިދިނުމަށް އެދި މއ. އަތަރުގެ އާގެ އަޙްމަދު ޝަފީޤުގެ މައްޗަށް ދަޢުވާ ކުރުމުން
ބައްލަވާފައިވާ މައްސަލައެއް ކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
(ށ) މަދަނީކޯޓްގެ ނަންބަރު 2006/MC/456 ޤަޟިއްޔާއަކީ ހައިކޯޓުން އިސްތިއުނާފުކޮށް
މިޤަޟިއްޔާއަށް ތާއީދުކޮށް ނިންމަވާފައިވާ ޤަޟިއްޔާއަކަށް ވެފައި މިޤަޟިއްޔާ ދެވަނަ ފަހަރަށް މަދަނީކޯޓުން
ބެއްލެވީކަމަށް ބުނެ އަޙްމަދު ޝަފީޤުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް ކުރާއިރު، މަދަނީކޯޓްގެ ނަންބަރު
2006/MC/456 ޤަޟިއްޔާއަކީ، މއ. އަތަރުމުގެ އިބްރާހީމް ޝަފީޤު 23 މެއި 2005 ގައި ނިޔާވެފައިވާތީ
ތަރިކައިގެ މައްސަލަ ހަމަޖެއްސުމަށް ވާރިސުންކުރެ މ. ދޮނަޅަމާގެ އަޙްމަދު ނާޝިދު ޙުސައިން
އެކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ކަމާއި، އެމައްސަލައިގައި އެމައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ އަޙްމަދު
ނާޝިދު ޙުސައިންގެ ފަރާތުން ޝަރީޢަތް މެދުވެރިކޮށް ބަހައިދިނުމަށް އެދިފައިވަނީ ނުއުފުލޭ މުދާކަމުގައިވާ
މއ. ތިމާގެ އާގެ އެވެކިޔާ ބަންޑާރަ ގޯތީގައިވާ
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި މ. ދޮނަޅަ އެވެކިޔާ އަމިއްލަ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ
ތަންތަނާއި އަމިއްލަ ބިންކަން އިޝާރާ
ސާރާތްކުރެވުނު މަދަނީކޯޓްގެ ނަންބަރު 2006/MC/456 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮތްއިރު؟
4 ވ 22222
އެމަޖެހެމުގެ
އ ހ 43
2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/169
މ. އ
އެޤަޟިއްޔާގައި ނިންމަވާފައިވަނީ ތަރިކައިގެ ހިމެނޭ ނުއުލޭ މުދަލުގެ ގޮތުގައި ހިމެނޭ އަތަރުމާގެ
އާގެ އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި މ. ދޮނަޅަ އެވެކިޔާ އަމިއްލަ ބަންޑާރަ
ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި އަމިއްލަ ބިމުގެ މައްސަލައިގެ އިތުރުން، ނުއުފުލޭ މުދަރު
ފިޔަވައި ތަރިކައިގެ ހިމެނޭ އެހެން މުދަލުން ކޮންމެ ވާރިސަކަށް ލިބޭ ބައި ކުޅަ ބައިގެ މިންވަރު (ކަސްރުން)
ކަނޑައަޅުއްވާފައިވީނަމަވެސް، މަރުޙޫމް އިބްރާހީމް ޝަފީޤުގެ ތަރިކައިގައި ހިމެނޭ އުފުލޭ މުދަލާއި ފައިސާއިން
ކޮންމެ ވާރިސަކަށް ލިބޭނެ މިންވަރު (ޢަދަދުން) ކަނޑައަޅުއްވާފައި ނުވާކަން އެނގެން އޮވެފައިގެ
މިހާރު މިއިސްތިއުނާފު ކުރެވޭ މަދަނީކޯޓުގެ ނަންބަރު 2009/MC/1841 ޤަޟިއްޔާގައި އެކޯޓުން
ބައްލަވާ ނިންމަވާފައިވަނީ މަރުޙޫމް އިބްރާހީމް ޝަފީޤުގެ ތަރިކައިގައި ހިމެނޭ ފައިސާގެ ތެރެއިން މަދަނީކޯޓްގެ
ނަންބަރު 2006/MC/456 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ނިސްބަތުން ވާރިސުންގެ މެދުގައި ޖެހުމުން
އަންނަ އުނި އިތުރު ހަމަޖައްސާ އެ އުނި އިތުރުވާ ފައިސާ ލިބޭނެ ފަރާތަކާއި، އެފައިސާ މިންވަރާއި އެފައިސާ
ދައްކާނެ ގޮތެއް ކަނޑައަޅުއްވާ ކަމާއި، އެހެން ކަމުން މަދަނީކޯޓުގެ ނަންބަރު 2009/MC/1841
ޤަޟިއްޔާގައި ބައްލަވާފައިވަނީ، މަދަނީކޯޓުން ބައްލަވާ ނިންމަވާ ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވާ
މަދަނީކޯޓުގެ ނަންބަރު 2006/MC/456 ޤަޟިއްޔާއިން ފައިޞަލް ކުރެވިފައިކަންކަން ކަމަށް ބެލެވެން ނެތް
ކަން އެނގެއެވެ.
(ނ) މަދަނީކޯޓްގެ ނަންބަރު 2009/MC/1841 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ
ނަންބަރުގައި 1 ޖެނުއަރީ 2006 ން 6 އޮގަސްޓް 2007 އާއި ހަމައަށް އަލްމަރުޙޫމް އިބްރާހީމް ޝަފީޤު
ނިޔާވިއިރު ހުރި ވާރކް ޝޮޕާއި، ކޮޓަރި ކުލި ނެންގެވުމަށް ފާހަގަކޮށް ޙުކުމް ކޮށްފައިވާއިރު، އަޙްމަދު ޝަފީޤު
އަބަދުވެސް ޝަރީޢަތުގައި ދަންނަވަމުން އައީ އެތަން ކުއްޔަށް ދެވިފައިވަނީ މާރޗް 2006 ން ފެށިގެން
އޭގެ މައްޗަށް ރިޢާޔަތް ނުކުރައްވާ 1 ޖެނުއަރީ 2006 ން 6 އޮގަސްޓް 2007 އާއި
ކުލި ނަންގަވާފައިވާކަމަށް ބުނެ އަޙްމަދު ޝަފީޤުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
ތަން ކުއްޔަށް ދެވިފައިވަނީ މާރޗް 2006 އިން ފެށިގެން ކަމަށް އިސްތިއުނާފު ނުކުތާތަކުގައި
ފާހަގަކޮށްފައިވީނަމަވެސް، އެ ނުކުތާތަކުގެ މައްޗަށް ތަފްޞީލުކޮށް ވާހަކަ ދެއްކުމުގައި 2010 އޮކްޓޯބަރ 19
ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، އެތަން ކުއްޔަށް ދެވުނީ 2006 ފެބުރުއަރީން
2 20
7
ހ6/
09
/
2
ހަމައަށް
03.
0
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/169
ފެށިގެން ކަމަށް އަޙްމަދު ޝަފީޤުގެ ފަރާތުން އޭނާގެ ޤާނޫނީ ވަކީލު ދީފައިވާ ބަޔާނުގައި ބުނެފައިވާކަން
އެނގެން އޮވެފައި، މަދަނީކޯޓުގެ ނަންބަރު 2006/MC/456 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 2005
އޯގަސްޓް 05 ވަނަ ދުވަހު އަޙްމަދު ޝަފީޤުގެ ދީފައިވާ ބަޔާނުގައި، އިބްރާހީމް ޝަފީޤު ނިޔާވިއިރު މއ.
އަތަރުމާގޭ ގައި ކުއްޔަށް ދީފައިވާ ކޮޓަރިއާއި ވޯކްޝޮޕްގެ ކުއްޔަށް އިބްރާހީމް ޝަފީޤު ނިޔާވި ފަހުން މަހަކު
/6000 (ހަހާސް) ރުފިޔާ މަގުން ލިބުނު ފައިސާވެސް ހުރީ އަޙްމަދު ޝަފީޤުގެ އަތުގައިކަމަށް ބުނެފައިވާއިރު،
މއ. އަތަރުމުގެ އިބްރާހީމް ޝަފީޤު ނިޔާވެފައިވަނީ، 23 މެއި 2005 ގައި ކަން މަދަނީކޯޓުގެ ނަންބަރު
2006/MC/456 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮތުމުން އިޝާރާތް ކުރެވުނު
ތަން އިބްރާހީމް ޝަފީޤު ނިޔާވި އިރުވެސް ހުރީ ކުއްޔަށް ދެވިފައި ކަމާއިޑް
މިއިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2009/MC/1841 ޤަޟިއްޔާގައި ދަޢުވާކޮށްފައިވާ
ފަރާތްތައް ކަމުގައިވާ އަޙްމަދު ނާޝިދު ޙުސައިން އާއި އާމިނަތު މުޙައްރިމަތު އާއި ޚަދީޖާ ޢަބްދުލްޣަފޫރުގެ
ފަރާތުން ދަޢުވާކޮށްފައިވަނީ 01 ޖެނުއަރީ 2006 ދުވަހުން ފެށިގެން އެޢިމާރާތްތަކުގެ ތަރިކައިގެ މައްސަލަ
(ޤަޟިއްޔާ ނަންބަރު 2009/MC/456) ނިމުނު ތާރީޚް ކަމަށްވާ 06 އޯގަސްޓް 2007 ދުވަހާ ހަމައަށް
ހިނގާފައިވާ ދުވަސްތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ ފައިސާ ވާރިސުންނަށް ލިބިދިނުމަށް އެދިގެން
ދެވުމާއިއެކު، ނިޔާވި ފަހުން އެތަނަށް ލިބުނު ކުލީގެ ފައިސާ އަޙްމަދު ޝަފީޤުގެ އަތުގައި ހުރިކަން އަޙްމަދު
ޝަފީޤުގެ ބަހުން ޝަރީޢަތަށް ސާބިތުވާއިރު، އެތަން ކުއްޔަށް ދެވިފައިވަނީ އަޙްމަދު ޝަފީޤުގެ ބުނެފައިވާ
ތާރީޚުން ފެށިގެން ކަން ޝަރީޢަތަށް ސާބިތު ކޮށްދިނުމުގެ ގޮތުން އަޙްމަދު ޝަފީޤުގެ އެބުނާ ބުނުން ފިޔަވައި
އެއްވެސް ހެއްކެން މަދަނީ ކޯޓުގެ ނަންބަރު 2009/MC/1841 ޤަޟިއްޔާ އާއި، 2006/MC/456
ޤަޟިއްޔާގައިވެސް ހުށަހަޅާފައިވާކަން އެނގެން ނެތުމުން، 01 ޖެނުއަރީ 2006 ން 6 އޮގަސްޓް 2007 އާއި
ހަމައަށް ކުލި ނަންގަވާފައިވަނީ ރަގަޅަށް ނޫންކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ރ) މަދަނީކޯޓުގެ ނަންބަރު 2006/MC/456 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް އަޙްމަދު
ޝަފީޤުގެ ފަރާތުން 26 ސެޕްޓެމްބަރު 2006 ގައި ހުށަހަޅާފައިވާ ބަޔާނުގައި ”އަޙްމަދު ޝަފީޤުގެ އަތުގައި
އިބްރާހީމް ޝަފީޤުގެ -/24000ރ. (ސައުވީސްހާސްރުފިޔާ) އެބަހުއްޓެވެ. މިފަދައިން ބަޔާންކޮށްފައިވާއިރު،
އެފައިސާ އަކީ ކުލީގެ ފައިސާ ކަމަށް ބުނެފައިނުވާކަން އެނގެން އޮވެފައި، އަތަރުމާގެ އިން ކުއްޔަށް ދީފައިވާ
ހހ2 23
ކަމަށްވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު'
2010/HC-A/169
0279/
ތަނުގެ ކުއްޔާ ބެހޭ ގޮތުން ހަމަ އެބަޔާނުގައި އެހެން ޕެރެގްރާފެއްގައި އިޝާރާތްކޮށްފައިވާކަން އެނގެން
އޮތުމުގެ އިތުރުން، މަދަނީ ކޯޓުގެ ނަންބަރު 2006/MC/456 ޤަޟިއްޔާގެ ރިޕޯޓުން އަދި އެޤަޟިއްޔާއާއި
ގުޅިގެން ހުށަހެޅިފައިވާ އެއްވެސް ބަޔާނަކުން -/24000ރ. (ސައުވީސްހާސްރުފިޔާ) އަކީ ކުލީގެ
ފައިސާކަން އެނގެން ނެތް އިރު، އެފައިސާއަކީ ކުލީގެ ފައިސާކަން ޝަރީޢަތަށް ސާބިތުވާވަރުގެ ހެއްކެއް
މިއިސްތިއުނާފު
ސްތިއުނާފު ކުރެވޭ މަދަނީކޯޓުގެ ނަންބަރު 2009/MC/1841 ޤަޟިއްޔާގައިވެސް ހުށަހެޅިފައި ނުވުމުން،
އިޝާރާތްކުރެވުނު -/24000ރ. (ސައުވީސްހާސްރުފިޔާ) އަކީ މަރުޙޫމް އިބްރާހީމް ޝަފީޤު ނިޔާވިއިރު ހުރި
ވާރކް ޝޮޕާއި ކޮޓަރި ކުލީގެ ފައިސާ ކަމުގައި ބެލެވެން ނެތްކަން އެނގެއެވެ.
ބި) އިބްރާހީމް ޝަފީޤު ނިޔާވިއިރު އޮތް ލޯންޗުގެ ހަންގަނޑަށް ދަޢުވާލިބޭ ފަރާތާއި ވާހަކަދައްކާ
އެގްރީމެންޓެއްގެ ދަށުން ވިއްކާ ފައިސާ ހަމައަށް ނުލިބެނީސް -/15000ރ. (ފަނަރަހާސް ރުފިޔާ) އަޙްމަދު
ޝަފީޤަށް ލިބެންވާ ފައިސާއިން އުނިކޮށްފައިވާކަމަށް ބުނެ އަޙްމަދު ޝަފީޤުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރާއިރު،
ހިރިލަންދޫ ނައިޓްރޯސް މުޙައްމަދު އަޙްމަދުގެ ޙަވާލުގައި ހިރިލަންދޫގައި އޮތް
އިބްރާހީމް ޝަފީޤުގެ ތަރިކައިގައި ހިމެނޭ ބަނދެފައިވާ ލޯންޗުގެ ހަންގަނޑު ވިއްކުމަށްޓަކައި،
އާގެ އަޙްމަދު ޝަފީޤު އާއި ރ. ރަސްމާދޫ އޯކިޑުމާގެ ޙަސަން ޒަރީރު އާއި ދެމެދު ސޮއި ކުރެވިފައިވާ
އެއްބަސްވުމަށްބަލާއިރު، އެއެއްބަސްވުމުގެ
އެބަސްވުމުގެ 2 ވަނަ މާއްދާގައި ”ދެންނެވިފައިވާ ލޯންޗުގެ އަގު -/30000ރ.
(ތިރީސްހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައިވަނީ އެއްފަހަރާ -/15000ރ. (ފަނަރަހާސް ރުފިޔާ) ދިނުމަށްފަހު
ބާކީ ފައިސާ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ދުވަހުން ފެށިގެން މީލާދީ 04 މަސްދުވަސް ތެރޭ ނިންމާ
ގޮތަށެވެ.” މިފަދައިން ބަޔާން ކުރެވިފައިވާއިރު، ލޯންޗުގެ ހަލު ވިއްކުމަށްޓަކައި ކުރެވިފައިވާ އެގްރީމެންޓުގައި
ސޮއި ކުރެވިފައިވަނީ 27 ޖުލައި 2008 ގައި ކަން އެނގެން އޮވެފައި، މަދަނީކޯޓުގެ މިއިސްތިއުނާފު ކުރެވޭ
2009/MC/1841 ނަންބަރު ޤަޟިއްޔާ އެކޯޓަށް ހުށަހެޅިފައިވަނީ، އިޝާރާތްކުރެވުނު ތާރީޚުގެ އެއް އަހަރު
ފަހުގެ ތާރީޚެއް ކަމަށްވާ 05 އޮގަސްޓް 2009 ގައި ކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެނގެން އޮތުމުން، ލޯންޗުގެ ހަލުގެ ފުރިހަމަ އަގުގެ ގޮތުގައި އިޝާރާތް ކުރެވުނު އެއްބަސްވުމުގެ ދަށުން
ދެފަރާތުން އެއްބަސްވެފައިވާ -/30000ރ. (ތިރީސްހާސް ރުފިޔާ) ހަމައަށް އަޙްމަދު ޝަފީޤަށް ލިބިފައިނުވާނެ
e
e
މަރުޙަމް
ހހ22 2
ހއ. އަތަރެމުގެ
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14 ޤަޟިއްޔާ
ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/169
ކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބެލެވެން ނެތުމާއެކު، މަދަނީކޯޓުގެ ނަންބަރު 2006/MC/456 ގެ
ޙުކުމުގައި ކަނޑައަޅުއްވާފައިވާ އުޞޫލާއި އެއްގޮތަށް އަޙްމަދު ޝަފީޤަށް ލިބެންވާ ފައިސާއިން -/15000ރ.
(ފަނަރަހާސް ރުފިޔާ) އުނިކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތްކަން
އެނގެއެވެ.
ވީމާ، މަދަނީކޯޓުގެ ނަންބަރު 2009/MC/1841 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
އޮތްކަމަކަށް މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް
ގެންނަންޖެހޭ
ސަބަބެއް
044 04
40914
4 74 7
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތީން
ހުރުމާއެކު، މަދަނީކޯޓްގެ ނަންބަރު 2009/MC/1841 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ކޯއްޖޭގެ
ވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv