ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/45 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/45
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 45/HC-A/2011
އިސްތިއުނާފުކުރި ފަރާތް:
ތަން ޙަސަން ނަސީމް
އައިޑީ ކާޑު ނަންބަރ: A080503
* ދާއިމީ އެޑްރެސް: މ.ގްރީންޕީކް (ކ.މާލެ
މިހާރުގެ އެޑްރެސް: މއ.ޕާލްސާގެ/ށ.މާލެ
*
0
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
އެޑްރެސް: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ޑީ
އައިޑީ ކާޑުނަ
ރަޖިސްޓްރީކުރެވުނު ތާރީޚް: 14 ފެބްރުވަރީ 2011 * ނިމުނު ތާރީޚް: 29 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/JC/63
ނިންމެވިކޯޓު: ޖިނާއީ ކޯޓު
މައްސަލައިގެ ބާވަތް: މަކަރާއި ޙީލަތްހެދުން
ހުށަހެޅި ތާރީޚް: 2018-01-12 * ނިމުނު ތާރީޚް: 2010-05-25
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރު.ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު. ޔޫސުފު ޙުސައިން ފަނޑިޔާރު: ޢައްބާސް ޝަރީފު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/45
ދަޢުވާގެ ޚުލާޞާ:
މިއީ، ޖިނާއީ ކޯޓުގެ ނަންބަރ 2010/JC/63 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ކ.މާލެ/ މ.ގްރީންޕީކް ޙަސަން ނަސީމް
(ދ.ރ.ކާޑް ނަންބަރު: A080503) ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ
އިސްތިއުނާފް ރައްދުވާ ފަރާތްތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ނުކުތާތައް:
-02
ހ949ޑ 4
3
/94ކރިއެވެ.
01 މިއީ، ޖިނާއީ ކޯޓުގެ ނަންބަރ 2010/JC/63 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ
ގޮތާމެދު ހިތްހަމަ ނުޖެހިގެން، މ.ގްރީންޕީކް މާލެ ޙަސަން ނަސީމް (ދ.ރ.ކާޑް ނަންބަރު: A080503) ގެ
ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
އިސްތިއުނާފު މިކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު: 2010/JC/63 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، މ.ގްރީންޕީކް ޙަސަން ނަސީމްގެ މައްޗަށް ދައުލަތުން
އެވުމުން ބެލުނު މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާއެއްކަމާއި، އެ ދަޢުވާ ހުށަހަޅަމުން ދައުލަތުގެ
ފަރާތުން ބުނެފައިވަނީ، ޙަސަން ނަސީމް 2008 ވަނަ އަހަރު މެއިމަހު، ސަހް އިންވެސްޓްމަންޓާއި،
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީއިން ޙަވާލުކޮށްފައިވާ
މަސައްކަތުގެ އަގަށްވާ -/
154341ރ. (އެއްލައްކަ ފަންސާސް ހަތަރުހާސް ތިންސަތޭކަ ސާޅީސް އެއްރުފިޔާ)
އެކުންފުންޏަށް ނޭނގި، ސަހް އިންވެސްޓްމަންޓްގެ ތައްގަނޑާއި، އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ
ޢަބްދުﷲ ޙަމީދުގެ ސޮއި ބޭނުން ކޮށްގެން، ބިލްތަކެއްހަދައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީން މަކަރާއި ޙީލަތުން ނަގާފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 131
ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ ދަށުން ޙަސަން ނަސީމްގެ މައްޗަށް
(ދިހަހާސް ރުފިޔާ) އަށްވުރެ މަތީ އަދަދެއްގެ ސަރުކާރުގެ ފައިސާއިން މަކަރާއިޙީލަތް ހެދުމުގެ ކުނުޏެއްޖޭގެ
20 8
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
20]1/HC-A/45
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
0
2 ތ 8
4
2
مسرح مسرع
ދަޢުވާއާއި، މިމަކަރާއި ޙީލަތުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު މީނާގެ އަތުން ހޯދުމަށް ސާހް
އިންވެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ޙަމީދު އެދޭ މައްސަލާގެ ދަޢުވާ
ކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"މ. ގްރީންޕިކް! ޙަސަން ނަސީމް 2008
ވަނަ އަހަރުގެ މެއިމަހު، ސަހް އިންވެސްޓްމަންޓާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެންޕްލޯއީމެންޓް
އެންޑް ސޯޝަލް ސެކިއުރިޓީއިން ޙަވާލުކޮށްފައިވާ މަސައްކަތުގެ އަގަށްވާ -/
154341ރ. (އެއްލައްކަ
ފަންސާސް ހަތަރުހާސް ތިންސަތޭކަ ސާޅީސް އެއްރުފިޔާ) އެކުންފުންޏަށް ނޭނގި، ސާކް އިންވެސްޓްމަންޓްގެ
ތައްގަޑާއި، އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ޙަމީދުގެ ސޮއި ބޭނުންކޮށްގެން، ބިލްތަކެއް ހަދައި،
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީން މަކަރާއި ހީލަތުން
ނަގާފައިވާކަމަށް އިންކާރުކުރިކަމުގައި ވިޔަސް، ވައުޗަރތަކުގައި ކޮށްފައިވާ ސޮޔަކީ ޢަބްދުﷲ ޙަމީދުގެ
ސޮއިނޫންކަމަށް ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުން އެނގެން އޮތުމާއި، އެޗެކްތައް ޖަމާކޮށްފައިވަނީ ހަބީބު
ބޭންކުގައި އޮންނަ ޙަސަން ނަސީމްއާއި ޙަސަން ނަސީމްގެ އަނބިކަނބަލުން މުއުމިނާ އިބްރާހީމްގެ
އެކައުންޓަކާއި ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ ޙަސަން ނަސީމްގެ އެކައުންޓަކަށްކަން ހުށަހެޅިފައިވާ
ލިޔުންތަކުން އެނގެން އޮތުމުން، ޙަސަން ނަސީމް މިއަމަލު ހިންގާފައިވާކަން ޝަރީޢަތަށް ސާބިތުވާތީ،
ދިހަހާސް ރުފިޔާއަށްވުރެ މަތީ އަދަދެއްގެ ފައިސާއިން މަކަރާއި ހީލަތް ހެދުމުގެ
ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި، މިއީ މީނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރުކަމަށްވާތީ،
މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)ގެ ދަށުން 06 (ހައެއް)
މަސްދުވަސް، މީނާ މަކަރާއި ޙީލަތުން ހޯދާފައިވާ ފައިސާގެ ޖުމްލަ އަދަދަކީ -/
154341ރ. (އެއްލައްކަ
ފަންސާސް ހަތަރުހާސް ތިންސަތޭކަ ސާޅީސް އެއްރުފިޔާ) ކަމުގައިވާތީ ހަމަ އެޤާނޫނުގެ 132 ވަނަ މާއްދާގެ
ދަށުން 12 (ބާރަ) އަހަރާއި، 02 (ދޭއް) މަސް، މީނާ މަކަރާއި ޙީލަތުން އެފައިސާ ހޯދިއިރު އެފައިސާއަކީ
ސަރުކާރުގެ ފައިސާއަކަށްވާތީ ހަމަ އެޤާނޫނުގެ 143 ވަނަ މާއްދާގެ ދަށުން 02 (ދޭއް) އަހަރު ދުވަސް، އެ
ކުށުން މީނާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/45
1ރމުން،
ނެތްކަމަށްބުނެ ހުށަހެޅި ނުކު
ޖުމްލަ 14 (ސާދަ) އަހަރާއި 08 (އަނެއް) މަސްދުވަހުގެ މުއްދަތަށް ޙަސަން ނަސީމް އަރުވާލުމަށް ޙުކުމްކޮށް،
މިމައްސަލާގައި ހިމެނޭ ބަދަލުގެ ބައި ބެދިފައިނުވާކަން އަންގައި މިޤަޟިއްޔާ ނިންމީމެވެ." މިފަދައިން ބަޔާން
ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/63
ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން މ.ގްރީންޕީކް)މާލެ ޙަސަން ނަސީމްގެ ފަރާތުން އެމައްސަލަ އިސްތިއުނާފު
އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ޙަސަން ނަސީމުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް ޙަސަން ނަސީމު
އިންކާރު ކޮށްފައިވާއިރު ޙަސަން ނަސީމުގެ މައްޗަށް އެކަށީގެންވާ ހެއްކާއި ޤަރީނާ ލިބިފައިވާކަމަށް ބެލެވެން
ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ، މައްސަލައިގައި ގޮތުގައި ޙާޟިރު ކޮށްފައިވަނީ އެންމެ
މީހެކެވެ. އެއީ ތ.ގުރައިދޫ(ދުނި މުޙައްމަދު އަފްޒަލް ކަމުގައިވާއިރު، ބަދަލުލިބޭ ފަރާތްކަމުގައިވާ ޢަބްދުﷲ ޙަމީދު
ނުހިމަނާ އޭނާ ޝަރީޢަތުގެ މަޖިލީހުގައި އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވާ ކަމުގައި މައްސަލައިގައި
ފާހަގަކުރެވޭ ނުކުތާތަކުގައިވެސް ބުނެފައިވުމާއި އަދިހެކިބަސް ދިން ފަރާތްކަމުގައިވާ މުޙައްމަދު އަފްޒަލް
ކަނޑައެޅިގެން ދޮގު ހަދާފައިވާކަން މައްސަލައިގެ ލިޔެކިޔުމުން އެނގެން އޮތުމުން، ޝަރީޢަތަށް ޙާޟިރު
ކުރެވުނު ހެކިވެރިޔާގެ ހެކިބަހާއިމެދު ޝައްކުކުރާނެ ފުރުޞަތު އޮތުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ މިމައްސަލައަކީ މައްސަލައިގެ ބަދަލުލިބޭ ފަރާތް ކަމުގައިވާ ޢަބްދު
އަމީދާއި ޙަސަން ނަސީމު ބައިވެރިވެގެން ކުރެވިފައިވާ ވިޔަފާރީގެ މުޢާމަލާތެއްގެ ތެރޭގައި އޭނާއާއި ޙަސަން
ނަސީމު އާއި ދެމެދު ދިމާވި ދެބަސްވުމެއްގައި ޙަސަން ނަސީމުގެ ކިބައިން ބަދަލުހިފާނެ ކަމަށްބުނެ
ދެކޮޅުވެރިކަމާއި އެކީ ހުށަހަޅާފައިވާ ދޮގު ދަޢުވާއެއް ކަމުގައި ފެންނަން އޮތުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ހެ2458=?ހ
ހއކއޤީ 63
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/45
* ހަތަރުވަނަ ނުކުތާއަކީ: މި މައްސަލައިގައި ހިމެނޭ ޗެކްތަކާއި ޙަވާލުވެފައިވަނީ ޙަސަން
ނަސީމު ނޫންކަން ސަރުކާރުގެ ލިޔެކިޔުމާއި ޗެކްދޫކުރި ފަރާތުން ބުނެފައިވާ ބުނުމުން އެނގޭތީ، އެޗެކްތައް
ޙަސަން ނަސީމަށް ލިބޭނީ ބަދަލު ލިބޭފަރާތް ކަމުގައިވާ ޢަބްދުﷲ ޙަމީދު ދިނުމުން ކަމުގައިވާތީ، މައްސަލައިގެ
ދަޢުވާގައި ބުނާފަދަ ޚިޔާނާތުގެ ކުށުގެ ޢަމަލެއް ކުރުމުގެ ފުރުޞަތު ޙަސަން ނަސީމަށް ލިބިފައި ނެތުމާއި އަދި
އެފަދަ ކުށުގެ ޢަމަލެއް ކޮށްފައިވާކަން ސާބިތުވާން ނެތުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
* ފަސްވަނަ ނުކުތާއަކީ: މައްސަލައިގައި ހުށަހެޅުނު ލިޔެކިޔުންތަކުގެ ތެރެއިން ޑޮކިއުމަންޓް
އެގްޒެމިނޭޝަން ރިޕޯޓަށް ޙަވާލާދީ އަދި ޙަސަން ނަސީމުގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ޑޮކިއުމަންޓް
އެގްޒެމިނޭޝަން ރިޕޯޓުން އެސޮއިތަކަކީ ޢަބްދުﷲ ޙަމީދުގެ ސޮއި ނޫންކަން އެނގޭތީ ކަމަށް ބުނެފައިވާއިރު
އެސޮއިތަކަކީ ޙަސަން ނަސީމު ކޮށްފައިވާ ސޮއިތަކެއްކަން ނުވަތަ ލިޔެފައިވާ ލިޔެކިޔުންތަކެއްކަން
އެގްޒެމިނޭޝަން ރިޕޯރޓުން އެނގެންނެތުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
* ހަވަނަ ނުކުތާއަކީ: ދަޢުވާގައި ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވި ކަމަށް ބުނާއިރު،
މައްސަލައިގައި ކަންހިގާފައިވާ ގޮތަށް ބަލާއިރު، ސަރުކާރުގެ މުދަލަކަށް ޚިޔާނާތް ތެރި ވުމުގެ ނުވަތަ
ސަރުކާރުގެ ފައިސާއެއް ބޭނުން ކުރުމުގެ ޢަމަލެއް ފެންނަންނެތުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
* ހަތްވަނަ ނުކުތާއަކީ: ޙަސަން ނަސީމުގެ މައްޗަށް ކޮށްފައިވާ ޙުކުމްގެ ޖުމްލަ މިންވަރު
ޙުކުމްގެ ތަފްޞީލަށްވުރެ އިތުރަށް އޮތުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
* އަށްވަނަ ނުކުތާއަކީ ޖިނާއީ މައްސަލައެއް ސާބިތުވަނީ އެކަށީގެންވާ މިންވަރެއްގެ
ޝައްކެއްނެތި ޝަރީޢަތުގައި ކުށް ސާބިތުވެގެން ކަމުގައިވާއިރު ޙަސަން ނަސީމުގެ މައްޗަށް އުފުލިފައިވާ
ދަޢުވާގައި ޝައްކާއި ވަހުމް އޮތުމާއި، އަދި ހެއްކާއި ހެކިބަހުގައި ވަހުމް އޮތުމާއި މައްސަލަ ހުށަހެޅިފަރާތް
ނުވަތަ ބަދަލު ލިބޭފަރާތް ބުނުމުގައިވެސް ޝައްކާއި ވަހުމް އޮތުމުން ޖިނާއީ ކުށެއްގެ ދަޢުވާ ސާބިތުވާކަމުގައި
ޤަބޫލުކުރެވެން ނެތްކަމަށް
ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
OSOXOU
6
20]1/HC-A/45
އެންޑް
-341'154ރ.
ތުހުމަތާއި ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކުރި ތަޙްޤީޤަށް ޙަސަން ނަސީމް ދީ:ޖޭގެ ހައިކޯ)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04- ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/63 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޙަސަން ނަސީމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ޤާނޫނީ މާއްދާތަކަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/63 ޤަޟިއްޔާގައި ދައުލަތުން
މ.ގްރީންޕީކް މާލެ ޙަސަން ނަސީމްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، ޙަސަން ނަސީމް، 2008 ވަނަ
އަހަރުގެ މެއި މަހު، ސަހް އިންވެސްޓްމަންޓާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެންޕްލޯއިމަންޓް
ސޯޝަލް ސެކިއުރިޓީ އިން ޙަވާލުކޮށްފައިވާ މަސައްކަތުގެ
އަގަށްވާ
(އެއްލައްކަ ފަންސާސް ހަތަރުހާސް ތިންސަތޭކަ ސާޅީސް އެކެއް) ރުފިޔާ، އެކުންފުންޏަށް ނޭގި، އެކުންފުނީގެ
ތައްގަނޑާއި އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ޙަމީދުގެ ސޮއި
ބިލްތަކެއް
ހަދައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީން މަކަރާ
ޙީލަތުން ފައިސާ ނަގާފައިވާކަމަށްބުނެ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ
މާއްދާއާއި، 143 ވަނަ މާއްދާގެ ދަށުން ޙަސަން ނަސީމްގެ މައްޗަށް (ދިހަ ހާސް ރުފިޔާ) އަށްވުރެ މަތީ
ޢަދަދެއްގެ ސަރުކާރުގެ ފައިސާއިން މަކަރާ ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާއާއި، މި މަކަރާ ޙީލަތުގެ ސަބަބުން
ލިބުނު ގެއްލުމުގެ ބަދަލު ޙަސަން ނަސީމްގެ އަތުން ހޯދުމަށް ސާކް އިންވެސްޓްމަންޓުގެ ފަރާތުން އެދޭ
މައްސަލާގެ ދަޢުވާ ކަމާއި،
ޙަސަން ނަސީމްގެ މައްޗަށް ކުރެވިފައި އެވާ ޙަސަން ނަސީމް އިންކާރު
ކޮށްފައިވާކަން އެނގެން އޮވެއެ
(ނ) ދެވަނަ ކަމަކީ: ޙަސަން ނަސީމްގެ މައްޗަށް ކުރެވިފައިވާ އިސްވެ ބަޔާންކުރެވުނު
ބެޗެތަށް
.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/45
ބަޔާނަށް ބަލާއިރު އެބަޔާނުގައި، ސަރް އިންވެސްޓްމަންޓް ގެ ޢަބްދުﷲ ޙަމީދު އާއި ޙަސަން ނަސީމު އާއި
މިދެމީހުންނަކީ ވަރަށް ގާތް އެކީގައި މަސައްކަތްކުރާ ދެ ރައްޓެހިންކަމަށާއި، 2008 ވަނަ އަހަރުގެ މެދެއްހާ
ހިސާބުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ އިން ކުރި
އިޢުލާނަކާ ގުޅިގެން އެ މިނިސްޓްރީގެ މަސައްކަތެއް ހޯދުމަށްޓަކައި ޙަސަން ނަސީމް ގެ ޓްރާސް އެކްސް
ސޮލިއުޝަނުންނާއި، ޢަބްދުﷲ ޙަމީދު ގެ ސަހް އިންވެސްޓްމަންޓުންނާއި ދެފަރާތުންވެސް ހުށަހެޅި ކަމަށާއި،
އެގޮތަށް ހުށަހެޅުމުގެކުރިން، ކޮންމެ ބަޔަކަށް މަސައްކަތް ލިބުނު ކަމުގައިވިޔަސް، ދެމީހުން އެއްވަރަކަށް
އެފައިސާ ބެހުމަށް އެއްބަސްވެވުނު ކަމަށާއި، އެމަސައްކަތް ލިބުނީ ސަހް އިންވެސްޓްމަންޓަށް ކަމަށާއި،
ނަމަވެސް އެމަސައްކަތްކުރީ ޙަސަން ނަސީމް ގެ ފަރާތުން އެހެން މީހަކާ ޙަވާލު ކޮށްގެން، އެމަސައްކަތަށް
ހޯދަންޖެހޭ ހުރިހާ އެއްޗެއް ޙަސަން ނަސީމްގެ ޚަރަދުގައި ހޯދައިގެން ކަމަށާއި، އަދި މަސައްކަތްކުރި ފަރާތަށް
ދޭންޖެހޭ ހުރިހާ ފައިސާއެއްވެސް ދީފައިވަނީ ޙަސަން ނަސީމް ކަމަށާއި، އަދި މަސައްކަތްކޮށް ނިމުމުން ސަހް
އިންވެސްޓްމަންޓުގެ ނަމުގައި ބިލް ހަދާ، އެކުންފުނީގެ ތައްގަނޑު ޖަހައިގެން މިނިސްޓްރީ އޮފް ހަޔަރ
އެޑިޔުކޭޝަން އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ އަށް ހުށަހެޅީ ވެސް ޙަސަން ނަސީމް ކަމަށާއި،
އަދި އެމިނިސްޓްރީން އެފައިސާއާއި ޙަވާލުވީވެސް އޭނާ ކަމަށާއި، އެފައިސާ ލިބުމުން އެފައިސާ ލިބުނުވާހަކަ
ޢަބްދުﷲ ޙަމީދަށް އަންގާފައިވާނެކަމަށް ޙަސަން ނަސީމް ބުނެފައިވާކަމާއި، އަދި ސަހް އިންވެސްޓްމަންޓު ގެ
ނަމުގައި ބިލް ހަދާ، ސަހް އިންވެސްޓްމަންޓުގެ ތައްގަޑު ޖަހައިގެން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ އަށް ހުށަހަޅާ، އެމިނިސްޓްރީން އެފައިސާއާއި ޙަވާލުވީ ޢަބްދު
ޙަމީދު ބުނެގެންކަމަށް ޙަސަން ނަސީމް ބުނެފައިވާކަން އެނގެން އޮތްއިރު،
ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/63 ޤަޟިއްޔާ އާއި ގުޅިގެން ޢަބްދުﷲ ޙަމީދު
ޙާޟިރުކޮށް ސުވާލުކުރުމުން، އެމަސައްކަތަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެންޕްލޯއިމަންޓް އެންޑް
ސޯޝަލް ސެކިއުރިޓީއަށް ހުށަހަޅަންޖެހޭ ބިލްތައް ސަހް އިންވެސްޓްމަންޓުގެ ނަމުގައި ހަދާ އެބިލްތައް ޙަސަން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/45
ސަދް އިންވެސް
ނަސީމް ހުށަހެޅީ އޭނާއަށް އެނގިގެންކަމަށް ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުﷲ ޙަމީދު
ބުނެފައިވާކަން ސާފުކޮށް އެނގެން އޮންނަކަމާއި،
އަދި ޢަބްދުﷲ ޙަމީދުގެ ބަޔާން ކިޔާލުމުން، ޙަސަން ނަސީމުވެސް ބުނެފައިވާ ފަދައިން މި
ދެމީހުންނަކީ ކުރިން ވަރަށް ގާތް ދެ ރައްޓެހިންކަމާއި، އަދި މި ދެމީހުން ޙިއްޞާވެގެން ހިންގާ އެހެން
ތަނެއްވެސް ހުންނަކަމާއި، އެތަނުގައި ސަހް އިންވެސްޓްމަންޓުގެ ތައްގަޑާއި އެފަދަ ތަކެތި ވެސް ބަހައްޓާފައި
ހުންނަކަމާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ އިން
އިންވެސްޓްމަންޓަށް ލިބުނު މަސައްކަތްކުރުމަށް ސަބްކޮންޓްރެކްޓަށް ޙަވާލުކުރެވުނީ ޙަސަން ނަސީމަށް
ކަމާއި، އެމަސައްކަތް ކޮށް ނިމުމުން އެކަން ޢަބްދުﷲ ޙަމީދަށް ޙަސަން ނަސީމް އަންގާފައިވާކަމާއި، އަދި
ޙަސަން ނަސީމަކީ އެމިނިސްޓްރީގެ ގިނަ ބަޔަކު ދަންނަ މީހެއް ކަމުގައިވާތީ، އެމިނިސްޓްރީއަށް ބިލް
ހުށަހަޅައިގެން އެފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ދިނުމަށް އެދިފައިވާކަން އެނގޭކަމާއި،
މިދެމީހުންގެ ދެމެދުގައި މައްސަލަޖެހެން ދިމާވީ، ޢަބްދުﷲ ޙަމީދު ބުނެފައިވާ ފަދައިން އޭނާއަށް
ނޭގި ސަހް އިންވެސްޓްމަންޓުގެ ނަމުގައި ބިލް ހަދާ، އޭނާގެ ނަމުގައި ސޮއިކޮށް އެކުންފުނީގެ ތައްގަޑު
ބޭނުންކޮށްފައިވާތީ ނޫންކަމާއި، މި ދެމީހުންގެ ދެމެދުގައި މައްސަލަ އުފެދެން ދިމާވީ، މިނިސްޓްރީ އޮފް ހަޔަރ
އެޑިޔުކޭޝަން އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ އަށް ބިލް ހުށަހަޅައިގެން އެފައިސާ ހޯދުމުގެ
ކަންތައް ޙަސަން ނަސީމާ ޙަވާލުކުރުމުން ޙަސަން ނަސީމް އެފައިސާ ނެގުމަށްފަހު، އެފައިސާ ބެހުމުގައި
ދެމީހުންގެ ދެމެދުގައި ޚިޔާލުތަފާތުވުމުގެ ސަބަބުންކަން ޢަބްދުﷲ ޙަމީދުގެ ބަޔާނުން އެނގެން އޮވެއެވެ.
ނ) ތިންވަނަ ކަމަކީ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އަކީ، ވައްކަން، ޓެކުން،
ޚިޔާނާތްތެރިވުން، މަކަރާއި ޙީލަތް ހެދުން އަދި ފޭރުން މިކަންކަމުގެ އަދަބު ކަނޑައަޅާ ގޮތާއި މިންވަރު
ބަޔާންކުރާ މާއްދާކަމާއި، އަދި 132 ވަނަ މާއްދާއަކީ، ވަގަށްނެގި ނުވަތަ ޓެކުނު ނުވަތަ ޚިޔާނާތްތެރިވި އަދި
މަކަރާއި ޙީލަތްހެދި ނުވަތަ ފޭރުނު މުދަލުގެ އަގު -/10،000 ރުފިޔާއިން ފެށިގެން މަތީ ޢަދަދެއްގެ ނަމަ،
އަދަބު ކަނޑައަޅާނެ ގޮތް ބަޔާންކުރާ މާއްދާކަމާއި، 143 ވަނަ މާއްދާއަކީ، ސަރުކާރުގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/45
ޚިޔާނާތްތެރިވެ، ނުވަތަ ސަރުކާރުގެ މުދަލަކުން ވައްކަންކޮށްފިނަމަ، ނުވަތަ ސަރުކާރުގެ މުދަލެއް ފޭރިއްޖެނަމަ،
ނުވަތަ ސަރުކާރުގެ މުދަލަކަށް މަކަރާ ހީލަތް ހަދައިފިނަމަ ޢުޤޫބާތް ކަނޑައަޅާނެ ގޮތް ބަޔާންކުރާ މާއްދާކަމާއި
މިކަންކަން ފާހަގަކުރެވޭއިރު،
ޙަސަން ނަސީމުގެ މައްޗަށް ދައުލަތުން ކޮށްފައިވާ
ދަޢުވާއަށް ބަލާއިރު، އެ ދަޢުވާ
ކޮށްފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ
ދަށުން (ދިހަ ހާސް) ރުފިޔާ އަށްވުރެ މަތީ ޢަދަދެއްގެ ސަރުކާރުގެ ފައިސާއަށް މަކަރާ ހީލަތް ހެދުމުގެ ކުށުގެ
ދަޢުވާއާއި، އެ މަކަރާ ޙީލަތުގެ ސަބަބުން ސަޚް އިންވެސްޓްމަންޓަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ
ދަޢުވާކަމަށްވާއިރު،
439ދ8
އެހީވެބައަށް
މައްސަލާގައި ކަންހިނގާފައިވާ ގޮތްކަމަށް ދައުލަތުން ސިފަކޮށްފައިވާގޮތަށް ބެލުމަށްފަހު
ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ޙަސަން ނަސީމްގެ މައްޗަށް ކޮށްފައިވާ ސަބަބާ މެދު
ޙަސަން ނަސީމްގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ސުވާލު އުފައްދާފައިވާކަމާއި، އަދި އެއީ
ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/63 ޤަޟިއްޔާގެ އިސްތިއުނާފް ބިނާކޮށްފައިވާ އެއް އަސާސްކަމަށްވާތީ،
މިމައްސަލަ ހައިކޯޓުން ބެލުމުގައި ރިޢާޔަތްކުރަންޖެހޭކަމާއި،
އެގޮތުން މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ ޙަޤީޤަތް ދެނެގަތުމުގެ ގޮތުން ޝަރީޢަތުން
ބެލިބެލުމުން މައްސަލައާއި ގުޅިގެން ޙަސަން ނަސީމުއާއި ޢަބްދުﷲ ޙަމީދު ދީފައިވާ ބަޔާންތަކުގެ އިތުރުން
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ ގެ ކޭޝިއަރ މުޙައްމަދު
އަފްޝަލް ތ.ގުރައިދޫ ދުނި (ދ.ރ.ކާޑް ނަންބަރު: A091723) 11 އޯގަސްޓް 2009 ގައި މޯލްޑިވްސް
ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނަށް ބަލާއިރު، އެމިނިސްޓްރީގެ ފަރާތުން ސަރް އިންވެސްޓްމަންޓަށް
އެވޯޑްކުރި މަސައްކަތް އެވޯޑް
ކުރެވުނު ހިސާބުންފެށިގެން ސަޚް އިންވެސްޓްމަންޓުގެ ފަރާތުން
އެމިނިސްޓްރީއާއެކު ކުރަންޖެހޭ ހުރިހާ މުޢާމަލާތެއް ކޮށްފައިވަނީ ޙަސަން ނަސީމް ކަމަށް އޭނާ ބުނެފައިވާކަން
އެނގެން
އިންވެސްޓްމަންޓަށް އެމަސައްކަތް ލިބުނީއްސުރެ އެމިނިސްޓްރީއާއެއްޖޭގެ ހައި
އޮތުމުން
ސަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/45
މިޢަމަލުކުރުމަށް
8
4
2
4 މ 4
سرمممم سرعت
މަލާތްކުރުމަށް ސަޚް އިންވެސްޓްމަންޓުން ކަނޑައަޅާފައިވާ ފަރާތަކީ ޙަސަން ނަސީމް ކަމާއި، ސަހް
ނަމުގައި ޙަސަން ނަސީމް އެމިނިސްޓްރީއާ މުޢާމަލާތް ކުރަމުން ގެންގޮސްފައިވަނީ ޢަބްދު
ޙަމީދަށް އެކަން އެނގުމަކާނުލައިކަމަށް ޝަރީޢަތަށް ޤަބޫލު ނުކުރެވޭކަމާއި،
ދައުލަތުގެ ފަރާތުން ޙަސަން ނަސީމުގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި، ޙަސަން ނަސީމް
-/10000 ރުފިޔާ އަށްވުރެ މަތީ ޢަދަދެއްގެ ސަރުކާރުގެ ފައިސާއިން މަކަރާ ހީލަތް ހަދާފައިވާކަމަށް
ބުނެފައިވާއިރު، ޙަސަން ނަސީމް މަކަރާ ހީލަތް ހަދައިގެން ހޯދި ފައިސާކަމަށްބުނާ ސަރުކާރުގެ ފައިސާ އޭނާ
އަތުން އަނބުރާ ހޯދުމަށް ދައުލަތުގެ ފަރާތުން ދަޢުވާކޮށްފައި ނުވާކަމާއި، އެ ދަޢުވާގައި އެދިފައިވަނީ ސަހް
އިންވެސްޓްމަންޓް ގެ ފައިސާ ޙަސަން ނަސީމް ގެ އަތުން ހޯދުމަށް ސަހް އިންވެސްޓްމަންޓުގެ ޢަބްދުﷲ ޙަމީދު
އެދޭ އެދުންކަން ދައުވާއިން އެނގެން އޮންނައިރު،
ޤާނޫނުލްޢުޤޫބާތުގެ 144 ވަނަ މާއްދާގައި، "ސަރުކާރުގެ މުދަލަކުން ވައްކަންކުރި ނުވަތަ
ސަރުކާރުގެ މުދަލަށް ޚިޔާނާތްތެރިވި ނުވަތަ ސަރުކާރުގެ މުދަލެއް ފޭރުނު ނުވަތަ ސަރުކާރުގެ މުދަލަކަށް
މަކަރާއި ޙީލަތްހެދި މީހަކު، އެގޮތުން ހޯދި މުދަލަކުން ގެދޮރާއި އެނޫންވެސް މުދާ ހޯދާފައި، ނުވަތަ
އުފައްދާފައިވާކަން ސާބިތުވާނަމަ، ނުވަތަ ވަގަށްނެގި ނުވަތަ ޚިޔާނާތްތެރިވި ނުވަތަ ފޭރުނު ނުވަތަ މަކަރާ
ޙީލަތުން ހޯދި މުދަލުން އަމިއްލަ މުދާ އުފައްދާފައިވާ ކަމަށް ޤަބޫލުކުރެވޭފަދަ ސަބަބުތަކެއް ހުރުމާއެކު،
ވަގަށްނެގި ނުވަތަ ޚިޔާނާތްތެރިވި ނުވަތަ ފޭރުނު ނުވަތަ މަކަރާއި ޙީލަތުން ހޯދި މުދާ ދެއްކެން ނެތްކަމަށް
ބުނާނަމަ، އޭނާގެ އަތުގައިހުރި މުދަލުން ނުވަތަ އެމުދާ ވިއްކައިގެން ލިބޭ ފައިސާއިން އޭނާ ޚިޔާނާތްތެރިވި
ނުވަތަ ވަގަށްނެގި ނުވަތަ ފޭރުނު ނުވަތަ މަކަރާއި ޙީލަތުން ހޯދި މުދަލުގެ އަގު ހޯދޭނެއެވެ." މިފަދައިން
ބަޔާންކޮށްފައިވަން ފާހަގަކުރެވޭކަމާއި، ނަމަވެސް ދައުލަތުގެ ފަރާތުން ޙަސަން ނަސީމްގެ މައްޗަށް،
ރުފިޔާ އަށްވުރެ މަތީ އަދަދެއްގެ ސަރުކާރުގެ ފައިސާއިން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާކޮށްފައިވާއިރު،
ޙަސަން ނަސީމް މަކަރާއި ޙީލަތް ހެދިކަމަށް އެބުނާ ސަރުކާރުގެ ފައިސާ އަނބުރާ ސަރުކާރަށް ހޯދުމަށް
ދަޢުވާކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
ދިހަ ހާސް
ދިވެހިރާއްa
CCCC
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/45
މައްޗަށް
(ރ) ހަތަރުވަނަ ކަމަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީއަށް ބަލާއިރު،
ތަޙްޤީޤުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލަންޖެހޭކަން ނުވަތަ
ނޫންކަން ކަނޑައެޅުމާއި، ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކާއިމެދު ދަޢުވާއުފުލުމަށް ނުވަތަ ނުއުފުލުމަށް
ނިންމާފައިވާ ނިންމުމެއް މުރާޖަޢާކޮށް އެނިންމުމެއް ބަދަލުކުރުމާއި، ކޮށްފައިވާ ދަޢުވާއެއް އަނބުރާ ގެނައުމުގެ
ބާރަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ބާރެއްކަން ޤާނޫނުއަސާސީގެ 223 ވަނަ
މާއްދާގެ (ށ) އާއި، އެމާއްދާގެ (އ) އަށް ބެލުމުން އެނގޭކަމާއި،
ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، އެމީހެއްގެ
ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން އެނގުމުގެ ޙައްޤާއި، އަދި ކުށުން ބަރީއަވުމަށްޓަކައި ދިފާޢު
އުއެޅުމުގެ ފުރުސަތު ލިބުމަކީވެސް ކުށުގެ ތުހުމަތުގައިވާ މީހަކަށް ލިބެންޖެހޭ އަސާސީ ޙައްޤެއްކަން
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) އަދި (ޅ) އަށް ބެލުމުން އެނގެން އޮތްއިރު، ކޯޓުތަކަށް ހުށަހެޅޭ
ދަޢުވާތައް ބަލައިގަނެ ޝަރީޢަތުން ޙުކުމްކުރެއްވުމުގަ ދަޢުވާތައް ތަކުލީފް (ޤާނޫނު ސިފަ) ކޮށްފައިވަނީ
ރަގަޅަށްތޯ ބެލުމަކީ ޝަރީޢަތުގެ ޒިންމާއެއްކަމާއި،
މިގޮތުން ބަލާބެލުމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ދަޢުވާއަށް ޤާނޫނީ
ސިފަ ދީފައިވަނީ ރަނގަޅަށްކަމަށް ޝަރީޢަތަށް ނުފެންނަ ޙާލަތުގައި، ހުށަހެޅިފައިވާ ދަޢުވާ މައުޟޫޢީ ގޮތުން
ހުށައެޅު
އެ މުތާ/0
ބަލާ، ދަޢުވާގެ މައުޟޫޢަށް ޙުކުމްކޮށްގެން ނުވާނެކަމާއި،
އިސްތިއުނާފް މިކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/63 ޤަޟިއްޔާގައި
މ.ގްރީންޕީކް މާލެ ޙަސަން ނަސީމްގެ މައްޗަށް ދައުލަތުން ދަޢުވާ ކޮށްފައިވަނީ (ދިހަ ހާސް ރުފިޔާ) އަށްވުރެ
މަތީ ޢަދަދެއްގެ ސަރުކާރުގެ ފައިސާއިން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާކަމަށްވާއިރު، ޙަސަން
ނަސީމް މަކަރާއި ޙީލަތުން ހޯދާފައިވާކަމަށްބުނާ ސަރުކާރުގެ ފައިސާ އަނބުރާ ހޯދައިދިނުމަށް އެ ދަޢުވާގައި
އެދިފައިވަނީ ސަކް އިންވެސްޓްމަންޓު ޢަބްދުﷲ ޙަމީދަށްކަމާއި، އެހެންކަމުން ޙަސަން ނަސީމް މަކަރާއި
ޙީލަތުން ހޯދިކަމަށް ދަޢުވާގައި ބުނެފައިވާ ފައިސާއަކީ ސަރުކާރުގެ ފައިސާ ނޫންކަން ދަޢުވާކުރި ފަރާތުމްޓީގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/45
ބަހުން ސާފުވެގެންދާކަމުން ދައުލަތުން ޙަސަން ނަސީމްގެ މައްޗަށް ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދެއްގެ
ސަރުކާރުގެ ފައިސާއިން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާކޮށްފައިވަނީ ޤާނޫނީ ގޮތުން ރަގަޅު
އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަމަށް ބެލެވެން ނެތްކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައްތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/63 ޤަޟިއްޔާގައި ދައުލަތުން
މ.ގްރީންޕީކް މާލެ ޙަސަން ނަސީމްގެ މައްޗަށް ކޮށްފައިވާ (ދިހަހާސް ރުފިޔާ) އަށްވުރެ މަތީ އަދަދެއްގެ
ސަރުކާރުގެ ފައިސާއިން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު،
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީން ޙަސަން ނަސީމް އާއި
މުޢާމަލާތް ކޮށްފައިވަނީ ސަށް އިންވެސްޓްމަންޓު ތަމްސީލުކުރާ ފަރާތެއްކަމަށް ދެކިގެން އެގޮތުގެ މަތިންކަން
އެމިނިސްޓްރީގެ ކޭޝިއަރ މުޙައްމަދު އަފްޝަލް ގެ ބަހުން އެނގެން އޮތްއިރު، އެމިނިސްޓްރީއަށް ސަހް
އިންވެސްޓްމަންޓުގެ ފަރާތުން ހުށަހަޅަންޖެހޭ ބިލްތައް އެކުންފުނީގެ ތައްގަޑު އެ ބިލްތަކުގައިޖަހައި،
އެމިނިސްޓްރީއަށް ހުށަހަޅައި، އެހުރިހާކަމެއް ޙަސަން ނަސީމް ކޮށްފައިވަނީ ސަހް އިންވެސްޓްމަންޓުގެ ޢަބްދު
ޙަމީދަށް އެނގުމާއި ފެނުމުގެ ތެރެއިން އޭނާގެ ރުހުމާއެކު އޭނާ އެފަދައިން އެދިގެންކަން އެނގެން އޮންނަކަމާއި،
އަދި ސަރުކާރުގެ ފައިސާއިން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ ޙަސަން ނަސީމްގެ މައްޗަށް
ކޮށްފައިވާއިރު، ޙަސަން ނަސީމް މަކަރާއި ޙީލަތް ހެދިކަމަށް ބުނާ ސަރުކާރުގެ
އިންވެސްޓްމަންޓަށް ހޯދުމަށް ދަޢުވާކޮށްފައިވާތީއާއި، ސަރުކާރުގެ ފައިސާއިން މަކަރާއި ޙީލަތް ހެދުމުގެ ގޮތުން
ޙަސަން ނަސީމް ކުޅި ޢަމަލަކީ ކޮބައިކަން ދައުލަތުގެ ފަރާތުން ސާފުކޮށްދީފައިނުވާތީ، ޖިނާއީ ކޯޓުގެ ނަންބަރު
2010/JC/63 ޤަޟިއްޔާ ބައްލަވާ މ.ގްރީންޕީކް)މާލެ ޙަސަން ނަސީމް ގެ މައްޗަށް (ދިހަހާސް ރުފިޔާ)
އަށްވުރެ މަތީ އަދަދެއްގެ ސަރުކާރުގެ ފައިސާއިން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް
ކުރައްވާފައިވާ ޙުކުމަށް ވެގެންނަންޖެހޭނެކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް
އެއްބަސްވެވިފައިވެއެވެ.
ތައްޔާރުކޮށް
ފައިސާ ސަހް
ދިވ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/45
96 499
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތިން
ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/63 ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް މިމައްސަލަބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް
ނުފެނުނު ހިނދު އެޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv