ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/150 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/l50
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 150/HC
-
A/2012
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ޢަބްދުލްޢަޒީޒު
އައިޑީކާރޑު ނަންބަރ: A052614
ދާއިމީ އެޑްރެސް: ފ.އައިމާ ކ.މާލެ
މީހާރުގެ އެޑްރެސް: ފ.އައިމާ ކ.މާލެ.
އިސްތިއުނާފު ރައްދުވި ފަރާތް:
މޯލްޑިވްސް އިންލެންޑް ރެވީނިއު އޮތޯރިޓީ
އައިޑީ ކާޑުނަންބަރު:-
* ދާއިމީ އެޑްރެސް: ޓީ-ބިލްޑިންގ
މިހާރުގެ އެޑްރެސް: ޓީ-ބިލްޑިންގ
*
* ރަޖިސްޓްރީކުރެވުނު ތާރީޚް: 20/05/2014
ނިމުނު ތާރީޚް: 12/05/2013
އިސްތިއުނާފުކުރެވުން ޤަޟިއްޔާ ނަންބަރު:2011/Cv
-
C/1974
• ނިންމެވިކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާހޯދުން
ހުށަހެޅި ތާރީޚް: 05/10/2011 ނިމުނު ތާރީޚް: 09/01/2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރު: އަޒްމިރާލްދާ ޒާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2012/HC-A/l50
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓު ނަންބަރ 2011/Cv
-
C/1974 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ފ.އައިމާ މާލެ، އަޙްމަދު ޢަބްދުލްޢަޒީޒު (ދ.ރ.އ ކާޑް
ނަންބަރު: A052614) ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އެވެ.
01
ދެވުނު ނުކުތާތައް:
މިއީ، ސިވިލް ކޯޓު ނަންބަރ 2011/Cv
-
C/1974 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ގ.އައިމާމާލެ، އަޙްމަދު ޢަބްދުލްޢަޒީޒު
(ދ.ރ.އ ކާޑް ނަންބަރު: A052614) ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން
ބަލާފައިވާ ޤަޟިއްޔާއެކެވެ.
02 އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓު ނަންބަރު: 2011/Cv-C/1974 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، މިއީ، ރާއްޖޭގައި ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ގ.އައިމާ
އަޙްމަދު ޢަބްދުލްޢަޒީޒް (ދ.ރ.ކާޑް: A052614) ކުއްޔަށްހިފާފައިވާ ރަށެއްކަމުގައިވާ ގއ.ފުނަދޫ އާއިގުޅިގެން
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި އަޙްމަދު ޢަބްދުލްޢަޒީޒް އާއި
ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ލީސް ރެންޓާއި، ކަނޑައެޅިފައިވާގޮތަށް ލީސް ރެންޓް
ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 1,694,239
/
66ރ. (އެއްމިލިއަން ހަލައްކަ
ނުވަދިހަ ހަތަރުހާސް ދުއިސައްތަ ތިރީސް ނުވަރުފިޔާ ފަސްދޮޅަސް ހަލާރި) އެއްފަހަރާ ހޯދުމަށް ގ.އައިމާ
އަޙްމަދު ޢަބްދުލްޢަޒީޒް (ދ.ރ.ކާޑް: A052614) ގެ މައްޗަށް މޯލްޑިވްސް އިންލެންޑް ރެވީނިއު އޮތޯރިޓީން
ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"ދެންފަހެ، އިސްވެ ފާހަގަކުރެވުނު
ތަކާއި މައްސަލައާއިގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުމުގެ މައްޗަށް ބަލައި، ރާއްޖޭގައި ދަނޑުވެ
ހ9 42
2936
ފިކޮށް ހުށަހެޅުމުން
#
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2012/HC-A/l50
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މަސައްކަތްކުރުމަށް
ގ.އައިމާ އަޙްމަދު ޢަބްދުލްޢަޒީޒް (ދ.ރ.ކާޑް:A052614) ކުއްޔަށްހިފާފައިވާ
ރަށެއްކަމުގައިވާ ގއ.ފުނަދޫ އާއިގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން
ރިސޯސަސް އާއި އަޙްމަދު ޢަބްދުލްޢަޒީޒް އާއިދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ލީސް
ރެންޓާއި ކަނޑައެޅިފައިވާގޮތަށް މީސް ރެންޓް ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ
ފައިސާ ހޯދުމަށް ގ.އައިމާ އަޙްމަދު ޢަބްދުލްޢަޒީޒް (ދ.ރ.ކާޑް:A052614} ގެ މައްޗަށް މޯލްޑިވްސް
އިންލެންޑް ރެވީނިއު އޮތޯރިޓީން ކުގަ މިދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން ނަޒަރުކުރިއިރު،
ދައުވާގައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނަމަވެސް، 29 ނޮވެމްބަރ 2011 ގައި
ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމަށް ރިޢާޔަތްކުރާއިރު، ގއ.ފުނަދޫ އާއި ގުޅިގެން ދައްކަންޖެހޭ
ފައިސާ 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ބަހައިދީ، އޭގެ އެންމެ ފުރަތަމަ ޕޭމަންޓް 2012 ފެބްރުއަރީ
މަހު ދައްކަންޖެހޭ ގޮތަށް ވަޒީރުންގެ މަޖިލީހުން ހަމަޖައްސާދީފައިވާތީ، މިވަގުތަށް ދައްކަންޖެހޭ ފައިސާއެއް
ނެތްކަމަށް މިދައުވާގެ ޖަވާބުގައި ދައުވާލިބޭ ފަރާތުން ބުނެފައިވާ ބުނުމަށް ބަލާއިރު،
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ މަސައްކަތުގެ މައްޗަށް އަދި އެއޮތޯރިޓީން
ދަޢުވާކޮށްގެން ސަރުކާރަށް ހޯދަންޖެހޭ މަދަނީ ދަރަނީގެ ފައިސާއެއް ދެއްކުމާގުޅޭގޮތުން ދަރަނިވެރިޔާއަށް
ހަމަޖައްސައިދީ ނުވަތަ އެފައިސާ ދައްކަންޖެހޭ ގޮތުގެ މައްޗަށް ގޮތްތަކެއް އެކަށައެޅުމުގެ ބާރު
ވަޒީރުންގެ މަޖިލީހަށް ލިބިދޭ ޤާނޫނީ ޙައިޘިއްޔަތެއްނެތަތީއާއި، މިގޮތުން ދައްކަންޖެހޭ ފައިސާއެއް ދެއްކުމުގައި
ގޮތްތަކެއް އެކަށައެޅޭނީ މޯލްޑިވްސް އިންލެންޑް ރެވީނިއު އޮތޯރިޓީއަންކަމަށްވީހިނދު، ގއ.ފުނަދޫ އާއިގުޅިގެން
ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާ ދެއްކުމާގުޅޭގޮތުން 29 ނޮވެމްބަރ 2011 ގައި ވަޒީރުންގެ
މަޖިލީހުން ގޮތްތަކެއް އެކަށައަޅާފައިވީނަމަވެސް، ވަޒީރުންގެ މަޖިލީހުގެ އެނިންމުމަކީ ޤާނޫނީ ބާރެއް
ލިބިގެންނުވާ ބާޠިލް ނިންމުމެއްކަމާއި،
ގއ.ފުނަދޫ އާއިގުޅިގެން 25 މާރޗް 2009 އިން ފެށިގެން އެއްބަސްވުން ބާޠިލުކުރެވުނު
ތާރީޚުކަމުގައިވާ 25 ޖޫން 2011 ގެ ނިޔަލަށް ލީސް އެންޓްގެ ގޮތުގައި -(
574,998ރ. (ފަސްލައްކަ
ހަތްދިހަ ހަތަރުހާސް ނުވަސަތޭކަ ނުވަދިހަ އަށްރުފިޔާ) އާއި، ފައިސާ ދައްކަންޖެހޭ ތާރީޚްތަކުގައި ނުދެއްކުމުން
އެއްބަސްވުން ބާތިލްކުރެވުނު ދުވަހާއި ހަމައަށް ހިނގާފައިވާ ކޮންމެ ދުވަހަކަށް ދައްކަންޖެހޭ ކުލީގެ %E5
ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އިން ހިސާބުކުރުމުން ޖޫރިމަނާގެ ގޮތުގައި 119.231
/
66
ގއއނއ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2012/HC-A/l50
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
CCCX
މިފަދައިން ބަޔާން
(އެއްމިލިއަން އެއްލައްކަ ނަވާރަހާސް ދުއިސައްތަ ސާޅީސް އެއްރުފިޔާ(ފަސްދޮޅަސް ހަވާރި) އާއެކު ޖުމްލަ
694239
/
66,lރ.(އެއްމިލިއަން ހަލައްކަ ނުވަދިހަ ހަތަރުހާސް ދުއިސައްތަ ތިރީސް ދުވަރުފިޔާ)ފަސްދޮޅަސް
ހަލާރި) ދަޢުވާލިބޭ ފަރާތުން ދައްކަންޖެހި ނުދައްކާވާކަން ހުށަހެޅިފައިވާ ލިޔެކިޔުމަށް ބެލުމުން ޘާބިތުވާން
އޮތަތީ، މިފައިސާއަކީ ދަޢުވާލިބޭ ފަރާތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންޖެހޭ
ފައިސާކަމުގައި ކަނޑައަޅައި،
މިފައިސާ ދެއްކުމުގެ ގޮތުން މިއަދު 2012 ޖެނުއަރީ 09 ވަނަ ދުވަހުން ފެށިގެން 02
(ދޭއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެބަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް މޯލްޑިވްސް
އިންލެންޑް ރެވެނިއު އޮތޯރިޓީ އަށް ދައްކަމުންގޮސް، މިމުއްދަތުގެ ތެރޭގައި މިފައިސާ އެއްކޮށް ދައްކާ
ޚަލާޞްކުރުމަށް ގ.އައިމާ އަޙްމަދު ޢަބްދުލްޢަޒީޒް (ދ.ރ.ކާޑް A052614) އަށް އަންގައި، ޙުކުމްކޮށްފީމެވެ."
ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓު ނަންބަރު 2011/Cv-C/1974
ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން ގއ.އައިމާ މާލެ، އަޙްމަދު ޢަބްދުލްޢަޒީޒު (ދ.ރ.އ ކާޑް ނަންބަރު: A052614)
ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު:2011/Cv
-
C/1974
ޤަޟިއްޔާގެ
ޙުކުމުގައި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 ވަނަ މާއްދާގެ (ހ)، (ނ) އަދި (ޅ) އިން ވަޒީރުންގެ
މަޖިލީހަށް ލިބިދިފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކަށް ރިޢާޔަތްކޮށްފައިނުވުން ކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.
* ދެވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު: 3/2010 (ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނު)
ނަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން މީރާއަށް ލިބިދީފައިވަނީ، ދަޢުލަތަށް
ލިބެންޖެހި ނުލިބިވާ ފައިސާ، ޓެކްސް ހޯދުމާ އެއްއުސޫލުން ހޯދުމުގެ މަސްއޫލިއްޔަތުކަން ދޭހަވާން އޮތް ހިނދު،
ސިވިލް ކޯޓުގައި މީރާއިން ކޮށްފައިވާ ދަޢުވާ ގައި މީރާއިން ހޯދަން އެދިފައިވާ ފައިސާއަކީ ދަޢުވާ ކުރިއިރު
ދަޢުލަތަށް ލިބެންޖެހި ނުލިބިއޮތް ފައިސާއެއް ކަމުގައި ނުވުން ކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.
* ތިންވަނަ ނުކުތާއަކީ: ޤާނޫނު ނަމްބަރު: 3/2010 (ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނު)
ގެ 34 ވަނަ މާއްދާގެ (ހ) އިން، ޓެކްސްދައްކަންޖެހި ނުދައްކާ އޮތް ފަރާތުގެ ނަމާއި އެޑްރެހާއި ދައްކާ
COC
a
، ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2012/HC-A/l50
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޢަދަދުގެ ތަފްޞީލު ހިމެނޭ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޓޭޝަން ސޮއި ކުރައްވާފައިވާ ލިއުމެއް، އެއީ
ދައްކަންޖެހޭ ޢަދަދު ޘާބިތުކުރުމަށް އޮތް ހެއްކެއް ކަމުގައި ފުދޭނެ ކަމަށް ބަޔާންކޮށްފައިވަނީ އެ ފައިސާއަކީ
ދަޢުލަތަށް ދައްކަންޖެހި ނުދައްކާ އޮތް ފައިސާއެއް ކަމުގައި ވާނަމައެވެ. ނަމަވެސް ދަށު ކޯޓަށް ހެކީގެ ގޮތުގައި
މީރާއިން ހުށަހަޅާފައިވާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޓޭޝަންގެ ސޮއިކުރައްވާފައިވާ ލިއުމަކީ ދައުލަތަށް
ދައްކަންޖެހި ދައްކާ އޮތް ފައިސާއަކާ ގުޅިގެން ސޮއިކުރެވުނު ލިއުމަކަށް ނުވާ ހިނދު، އެ ފަދަ ހާލަތެއްގައި
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޓޭޝަން ސޮއި ކުރައްވާފައިވާ ލިއުން އެއީ ހެއްކެއްގެ ގޮތުގައި ސިވިލް
ކޯޓުން ބަލައިގަތުމަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ އިޙްތިޞާޞުން
ބުން ބޭރުން އެޤާނޫނު ހިންގަވާފައިވުން
ކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.
* ހަތަރުވަނަ ނުކުތާއަކީ: ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ ބާރު ނަގަހައްޓާ ދީފައިނުވުން،
ކޮންޓްރެކްޓްގައި ބައިވެރިނުވާ ތިން ވަނަ ފަރާތަކަށް އެއްވެސް ޤާނޫނީ ޙައިޞިއްޔަތެއްނެތި، ކޮންޓްރެކްޓްގައި
ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ކަންތައްތަކެއް ކުރުމަށް ސިވިލް ކޯޓުގެ ޙުކުމުން މަގުފަހިވެފައިވާ ކަމަށްބުނެ
ހުށަހެޅި 4
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއާއި ގުޅިގެން ސިވިލް ކޯޓު
ނަންބަރު 2011/Cv-C/1974 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ގ.އައިމާ މާލެ، އަޙްމަދު ޢަބްދުލްޢަޒީޒުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާގު
ތާތަކާގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބެލިއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް
މ ( 4 ޑ ޒ
ނުކުތާއެވެ.
/ ހދ5
ގެނެވެއެވެ.
8 29
(ހ) ފުރަތަމަ ކަމަކީ ދިވެހި ދައުލަތުގެ މިލްކިއްޔާތުގައިވާ ގއ.ފުނަދޫ ކިޔާ ފަޅުރަށެއް
ދިނުމަށްޓަކައި ދިވެހި ދައުލަތުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން
ރިސޯސަސްއާއި ގ.ގަލޮޅުއާގެ (ހ.އައިމާ މާލެ،) އަޙްމަދު ޢަބްދުލްޢަޒީޒާއި ދެމެދު އެއްބަސްވުމެއްހެދި ދެފަރާތުގެ
ދެމެދުގައި ސޮއިކުރެވިފައިވާކަމާއި، އެ އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާ
ތާރީޚަކީ 09 ޖުލައި 2008 ގައި ކަމާއި، އަދި އެ އެއްބަސްވުމަށް އެތާރީޚުން ފެށިގެން ޢަމަލުކުރަން
ފެށިފައިވާކަން އެއްބަސްވުމުގެ 03 ވަނަ މާއްދާއިން އެނގެން އޮންނަކަމާއި، އަދި އެއްބަސްވުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2012/HC-A/l50
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކުއްޔަށް ދޫކުރެވުނު ފަޅުރަށް (ގއ.ފުނަދޫ) ކުއްޔަށް ދޫކުރެވިފައިވަނީ އެއްބަސްވުމުގައި ސޮއިކުރެވުނު
ހިނދުންފެށިގެން 21 އަހަރު ދުވަހުގެ މުއްދަތަށްކަން އެއްބަސްވުމުގެ 02 ވަނަ މާއްދާއިން އެނގެން
= ހދދީ
އޮންނަކަމާއި،
އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ދެއްކުމުގައި ޢަމަލުކުރަންވީގޮތް ބަޔާންކޮށްފައިވަނީ
އެއްބަސްވުމުގެ 09 ވަނަ މާއްދާގައިކަމާއި، މިގޮތުން؟
9.1 އާއި 9.2 ގައި ކުލި ދެއްކުމުގައި ޢަމަލުކުރަންވީގޮތުގެ ތަފްޞީލް ބަޔާންކުރުމަށްފަހު،
9.3 ގައި، "މިއެއްބަސްވުމުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ތާރީޚްތަކުގެ ތެރޭގައި ކުއްޔަށް ހިފާ ފަރާތުން
ކުލި ނުދައްކައިފިނަމަ، ނުދައްކާއޮތް ކުލީގެ އިތުރުން، އެ ތާރީޚުތަކުގެ ފަހުން ކުލި ނުދައްކާއޮތް ކޮންމެ
ދުވަހަކަށް ޖޫރިމަނާއެއްގެ ގޮތުގައި ނުދައްކާ އޮތް ކުލީގެ %0.5 އަށްވާ ފައިސާ ކުއްޔަށް ހިފާ ފަރާތުން
މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން އަންގާ ފަރާތަކަށް ދައްކަންޖެހޭނެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަން
ފާހަގަކުރެވޭކަމާއި،
އެއްބަސްވުމުގެ 44 ވަނަ މާއްދާގައި، މިއެއްބަސްވުމުގެ 93 ވަނަ މާއްދާގައިވާ ގޮތުގެމަތިން،
ކުލިދައްކަންޖެހޭ ތާރީޚުންފެށިގެން 60 (ފަސްދޮޅަސް) ދުވަސް ހަމަވާއިރު އެ ނުދައްކާއޮތް ކުއްޔާއި ޖޫރިމަނާގެ
ފައިސާ ފުރިހަމައަށް ނުދައްކައިފިނަމަ، މިއެއްބަސްވުމުގެ 45 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިއެއްބަސްވުން
ބާޠިލްކުރުމުގެ ޙައްޤު ވިމިނިސްޓްރީ އަށް ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަމާއި،
45 ވަނަ މާއްދާގައި، މި އެއްބަސްވުމުގެ 43 އަދި 44
ވަނަ މާއްދާގައި
އެކޮށްފައިވާގޮތަށް ކުއްޔަށްހިފާ ފަރާތުން ޚިލާފުވެއްޖެނަމަ، އެޚިލާފުވުމެއް ރަގަޅުކުރުމަށް 30 ދުވަހުގެ
މުއްދަތެއް ލިޔުމުން މިނިސްޓްރީއިން ކުއްޔަށް ހިފާފަރާތަށް ދޭންވާނެއެވެ. މިމުއްދަތުގެ ތެރޭގައި އެ ޚިލާފުވުމެއް
ރަނގަޅު ނުކޮށްފިނަމަ، ނުވަތަ ކުއްޔަށްހިފާ ފަރާތް އިފްލާސް ވެއްޖެނަމަ، މިއެއްބަސްވުމުގެ ދަށުން
މިނިސްޓްރީއަށް ލިބިގެންވާ އެހެން ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނުވާގޮތަށް އަދި އެއްވެސް ނޯޓިސްއެއް
ދިނުމަކާ ނުލައި، ނުވަތަ މިނިސްޓްރީން ބޭނުންވެއްޖެނަމަ ނޯޓިސް ދިނުމަށްފަހު، މިއެއްބަސްވުން ބާޠިލްކޮށް
ހިފާފަރާތުގެ ކިބައިން ރަށް ވަކިކުރުމުގެ ޙައްޤު މިނިސްޓްރީއަށް ލިބިގެންވެއެވެ." މިފައިން
ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު،
4 25 26
4.8
149
، ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
2012/HC-A/l50
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
،
> XUCO
އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓު ނަންބަރު 2011/Cv
-
C/1974 ޤަޟިއްޔާގައި ކޮށްފައިވާ
ދަޢުވާއަކީ، އިސްވެ މިބަޔާންކުރެވުނު އެއްބަސްވުމާއި އެއްގޮތްވާގޮތުގެ މަތިން އަޙްމަދު ޢަބްދުލްޢަޒީޒް ލީޒް
ރެންޓުގެ ގޮތުގައި 09 ޖުލައި 2009 އިން ފެށިގެން އެއްބަސްވުން ބާޠިލް ކުރެވުނު ތާރީޚް ކަމުގައިވާ 21
ޖޫން 2011 ގެ ނިޔަލަށް ދައްކަންޖެހޭ
-57419981ރ. (ފަސްލައްކަ ހަތްދިހަ ހަތަރުހާސް ނުވަސަތޭކަ ނުވަދިހަ
އަށްރުފިޔާ) އާއި، ލީޒް ރެންޓް ނުދެއްކުމުގެ ސަބަބުން އެއްބަސްވުމުގެ 9.3 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ
ގޮތުގެ މަތިން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހިފައިވާ 1119241
/
66ރ. (އެއްމިލިއަން
އެއްލައްކަ އޮނަވިހިހާސް ދުއިސައްތަ އެކާޅީސްރުފިޔާ އަހައްޓި ލާރި) އާއި އެކު ޖުމްލަ 694239
/
66'l ރ.
(އެއްމިލިއަން ހަލައްކަ ނުވަދިހަ ހަތަރު ހާސް ދުއިސައްތަ އޮނަސާޅީސް ރުފިޔާ ސަހައްޓި ލާރި) އަޙްމަދު
ޢަބްދުލްޢަޒީޒުގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭކަމަށްބުނެ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން
ކޮށްފައިވާ ދަޢުވާއެއްކަން އެނގެން އޮންނަކަ
އެ ދަޢުވާގައި ބުނެފައިވާފަދައިން އެފައިސާއަކީ އަޙްމަދު ޢަބްދުލްޢަޒީޒުގެ ފަރާތުން ދައުލަތަށް
ދައްކަންޖެހޭ ފައިސާއެއްކަމާމެދަކު އޭނާ އިންކާރުކޮށްފައި ނުވާކަމާއި، ނަމަވެސް އެފައިސާ ދައްކަންޖެހޭގޮތުގެ
މައްޗަށް ވަޒީރުންގެ މަޖިލީހުން ވަކި އިންތިޒާމްތަކެއް ހަމަޖައްސައިދީފައިވާތީ، އެފައިސާ ދައްކަންޖެހޭނީ
އެގޮތަށް ކަމަށް ޤަބޫލުކުރާ ކަމަށާއި، އެހެންކަމުން އެފައިސާއަކީ އެހާތަނަށް ދައުލަތަށް ދައްކަންޖެހި ނުދައްކާވާ
ފައިސާއެއްކަމަށް ޤަބޫލުނުކުރާކަމަށް އަޙްމަދު ޢަބްދުލްޢަޒީޒުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
(ނ) ދެވަނަ ކަމަކީ: މިޤަޟިއްޔާއާއި ގުޅިގެން ޝަރީޢަތަށް ލިބިފައިވާ ލިޔެކިޔުންތަކަށް
ބަލާއިރު، އަޙްމަދު ޢަބްދުލްޢަޒީޒު ގެ ފަރާތުން ހަވާލާދީފައިވާ ކެބިނެޓުގެ ނިންމުމަކީ، "ދިވެހިސަރުކާރުގެ
- ވޮލިއުމް: 40 ޢަދަދު: 183 - ތާރީޚް: 12 ޑިސެމްބަރ 2011 ގެ ޢަދަދުގައި
ޝާއިޢުކޮށްފައިވާ ނިންމުމެއްކަމާއި،
އެނިންމުމަށް ބަލާއިރު، އެއީ "ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ދޫކޮށްފައިވާ
ރަށްތަކުގެ ތެރެއިން، ކުލި ނުދައްކައިގެން ވަކިކުރެވުނު ފަސް ރަށާބެހޭ މަޢުލޫމާތު" މިނަމުގައި އެޖެންޑާ
ކުރެވުނު އައިޓަމެއްކަމާއި، އެމައްސަލަ ހުށަހެޅި ފަރާތަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް
މެރިން ރިސޯސަސް ގެ ފަރާތުންކަމާއި، ކެބިނެޓްގެ އެ ނިންމުމުގައި، ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް
ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ކުލި ނުދައްކައިގެން ވަކިކުރެވޭ ރަށްތަކާ ބެހޭގޮތުން
ގެޓް
ހައިކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
8
2012/HC-A/l50
ކުއްޔަށް ދިނުމާ
މިކރިން
کمر د مرسی
އެންޑް
ދިނުމަށް ވެފައިވާ އެއްބަސްވުމަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯޓްތޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މަޝްވަރާ ކުރެއްވުމަށްފަހު، ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެތެރެއިން
ކުލި ނުދައްކާ ރަށްތައްކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ފާހަގަކުރައްވާފައިވާ،
ނ.އެކަސްދޫ، ނ.ބަނޑައިދިއްދޫ، ނ.ކަޅައިދޫ، ބ.މާމަޑުއްވަރި، އަދި ގއ.ފުނަދޫން މިހާތަނަށް ކުލީގެ ގޮތުގައި
ދައްކަންޖެހޭ ފައިސާއިން ނުދައްކާހުރި ފައިސާ، ތިންއަހަރަށް ބަހާލައިގެން ދައްކާގޮތަށް ހަމަޖެއްސުމަށާއި، އޭގެ
ފުރަތަމަ ޕޭމަންޓް 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދައްކާގޮތަށް ހަމަޖެއްސުމަށް ނިންމެވި ކަމަށް
ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
(ނ) ތިންވަނަ ކަމަކީ: އިސްވެ މިބަޔާންކުރެވުނު ކެބިނެޓްގެ ނިންމުމާމެދު އިސްތިއުނާފު
މިކުރެވޭ ސިވިލް ކޯޓު ނަންބަރު 2011/Cv-C/1974 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމަށް ބަލާއިރު،
އެޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 7 ވަނަ ނުކުތާގައި، ގއ.ފުނަދޫ
އެއްބަސްވުމެއް ވެފައިވަނީ އަޙްމަދު ޢަބްދުލްޢަޒީޒާއި މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ
މެރިން ރިސޯސަސް އާ ދެމެދު ކަމަށްވާއިރު، ވަޒީރުންގެ މަޖިލީހަކީ މިއެއްބަސްވުމުގައި ޤާނޫނީގޮތުން ބަނދެވޭ
ބައިވެރިއެއް ކަމުގައި ބެލޭނެ ޤާނޫނީ ހަމައެއް ނެތްކަމަށާއި، މިމުޢާމަލާތުގައި ޢަބްދުލްޢަޒީޒުގެ ފަރާތުން
އަދާކުރަންޖެހޭ އިލްތިޒާމް ފުރިހަމަކުރުމުގައި ގޮތްތަކެއް އެކަށައެޅުމުގެ ހައިސިއްޔަތެއް ވަޒީރުންގެ މަޖިލީހަށް
ލިބިގެންނުވާކަމަށް ބަޔާންކުރުމަށްފަހު، 8 ވަނަ ނުކުތާގައި، މޯލްޑިވްސް އިންލެންޑް ރެވީނިއު އޮތޯރިޓީގެ
ކަތުގެ މައްޗަށް އަދި އެއޮތޯރިޓީން ދަޢުވާކޮށްގެން ސަރުކާރަށް ހޯދަންޖެހޭ މަދަނީ ދަރަނީގެ ފައިސާއެއް
ދެއްކުމާގުޅޭގޮތުން ދަރަނިވެރިޔާއަށް ގޮތްތަކެއް ހަމަޖައްސައިދީ ނުވަތަ އެފައިސާ ދައްކަންޖެހޭ ގޮތުގެ މައްޗަށް
ގޮތްތަކެއް އެކަށައެޅުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިދޭ ޤާނޫނީ ޙައިޘިއްޔަތެއްނެތްކަމަށާއި، މިގޮތުން
ދައްކަންޖެހޭ ފައިސާއެއް ދެއްކުމުގައި ގޮތްތަކެއް އެކަށައެޅޭނީ މޯލްޑިވްސް އިންލެންޑް ރެވިނިއު
އޮތޯރިޓީއަށްކަމަށާއި، އެހެންކަމުން ގއ.ފުނަދޫ އާއި ގުޅިގެން ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާ
ދެއްކުމާ ގުޅޭގޮތުން 29 ނޮވެމްބަރ 2011 ގައި ވަޒީރުންގެ މަޖިލީހުން ގޮތްތަކެއް އެކަށައަޅާފައިވީނަމަވެސް،
ވަޒީރުންގެ މަޖިލީހުގެ އެނިންމުމަކީ ޤާނޫނީ ބާރު ލިބިގެންނުވާ ބާޠިލް ނިންމުމެއްކަމަށް ބަޔާންކޮށްފައިވާކަން
ފާހަގަކުރެވޭއިރު،
ކެބިނެޓުގެ އެނިންމުމާމެދު އަޙްމަދު ޢަބްދުލްޢަޒީޒުގެ ފަރާތުން ދެކެނީ، ގއ. ފުނަދޫ ކުއްޔަށް
މަސައްކަތު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2012/HC-A/l50
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އާއި އަޙްމަދު ޢަބްދުލްޢަޒީޒު އާ ދެމެދު ވެފައިވާ އެއްބަސްވުމެއްކަމުން ވަޒީރުންގެ މަޖިލީހަކީ އެ އެއްބަސްވުމަށް
ޤާނޫނީ ގޮތުން ގޮތްތަކެއް ކަނޑައެޅިދާނެ ފަރާތެއްކަމާއި، ވަޒީރުންގެ މަޖިލީހުގައި އެމިނިސްޓްރީގެ މިނިސްޓަރ
ހިމެނިވަޑައި ގަންނަވާތިއާއި ސަރުކާރުގެ ވުޒާރާތަކާ ގުޅޭގޮތުން ނިންމަންޖެހޭ މުހިންމު ނިންމުންތައް ނިންމުމަކީ
ވަޒީރުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށް ކަނޑައެޅިފައިވާތީ، ސިވިލްކޯޓުން ކުރައްވާފައިވާ މިޙުކުމް
އެގޮތުގައި ތަޠުބީޤް ކުރެވިއްޖެނަމަ މިނިސްޓްރީތައް ހިންގުމުގައި ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް
ތަބައަވާން ނުޖެހޭކަމަށް ބެލެވިދާނެކަމާއި، އަދި ޤާނޫނުއަސާސީއާ ޤާނޫނުތަކުގެ ދަށުން ސަރުކާރު އިދާރާތައް
ހިންގުމަށް ކަނޑައަޅާފައިވާ އޮނިގަނޑަށް އަދި ޤާނޫނުއަސާސީގައި މިކަމަށް ކަނޑައަޅާފައިވާ އިޖުރާއާތަށް
މިކަމުގެ ސަބަބުން ހުރަސްތަކެއް އެޅިގެން ހިނގައިދާނެކަމަށް އަޙްމަދު ޢަބްދުލްޢަޒީޒުގެ ފަރާތުން
ފާހަގަކޮށްފައިވާކަމާއި،
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނޫ) ގެ 16 ވަނަ މާއްދާގައި،
އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންވެގެން ނުވާހާހިނދަކު އެއްވެސް ޤާނޫނަކުން މީރާއަށް ދެއްކުމަށް
ލާޒިމްކުރާ ފީއެއް، ނުވަތަ ކުއްޔެއް ނުވަތަ ޖޫރީމާނާއެއް ނުވަތަ އެހެންވެސް ފައިސާއެއް ދައްކަންޖެހޭ
މުއްދަތުގައި ދައްކާފައި ނުވާނަމަ މީރާއިން އެފައިސާ ހޯދުމުގައި ޢަމަލުކުރާނީ ދައްކަންޖެހި ނުދައްކާ އޮތް
ޓެކްސެއް ހޯދުމާ އެއްއުޞޫލުންކަން ދޭހަވާއިރު، ސިވިލްކޯޓުގެ ޤަޟިއްޔާގައި މީރާއިން ދައުލަތަށް ލިބެންޖެހި
ނުލިބިވާ ފައިސާއެއްކަމަށްބުނެ ދަޢުވާކޮށްފައިވާ ފައިސާއަކީ އެދަޢުވާ ކުރިއިރުގައި ދައުލަތަށް ލިބެންޖެހި
ނުލިބިއޮތް ފައިސާއެއްކަމަކަށް އަޙްމަދު ޢަބްދުލްޢަޒީޒުގެ ފަރާތުން ނުދެކޭކަމާއި،
އެހެނީ 29 ނޮވެމްބަރ 2011 ގައި ވަޒީރުންގެ މަޖިލީހުން މި ފައިސާއާ ގުޅޭގޮތުން ގޮތެއް
ނިންމަވައި، ފެބުރުއަރީ 2012 އިންފެށިގެން 3 އަހަރު ދުވަހުގެ މުއްދަތަށް ބަހައިގެން މިފައިސާ ދެއްކުމަށް
ގޮތެއް ހަމަޖައްސައި ދެއްވާފައިވާކަމާއި، އަދި މީގެ އިތުރުން މިފައިސާ ދެއްކުމާ ގުޅޭގޮތުން ފިޝަރީޒް
މިނިސްޓްރީ އާއި އަޙްމަދު ޢަބްދުލްޢަޒީޒާއި ދެމެދު މުޢާމަލާތްތަކެއްވެސް ހިނގާފައިވާކަމާއި، އެގޮތުން އަޙްމަދު
ޢަބްދުލްޢަޒީޒުގެ ފަރާތުން ހުށަހަޅާފައިވާ 09 އޮކްޓޫބަރ 2011 ގެ ތާރީޚްގައި މިނިސްޓްރީ އޮފް ފިޝަރީޒް،
އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން އަޙްމަދު ޢަބްދުލްޢަޒީޒަށް ފޮނުވާފައިވާ ސިޓީއަކާއި، އެސިޓީގެ
ޖަވާބުގައި 13 އޮކްޓުބަރ 2011 ގައި އަޙްމަދު ޢަބްދުލްޢަޒީޒް ފޮނުވާފައިވާ ސިޓީން މިކަން ސާފުވެގެން
ދާނެކަމަށް އަޙްމަދު ޢަބްދުލްޢަޒީޒުގެ ފަރާތުން ބުނެފައިވާކަމާއި، އެގޮތުން މިނިސްޓްރީ އޮފް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/l50
އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ގެ 09 އޮކްޓޫބަރ 2011 ގެ ތާރީޚްގައި ސިޓީގައި ގއ. ފުނަދޫ
އަލުން ކުއްޔަށް ހޯއްދަވަން ބޭނުންފުޅުވާނަމަ އަލުން ޕްރޮޕޯސަލެއް ހުށަހެޅުއްވުމަށް އަންގަވާފައިވާކަމާއި، އަދި
އަޙްމަދު ޢަބްދުލްޢަޒީޒު ފުނަދުއަށް ދައްކަންޖެހޭ ފައިސާ ދައްކާނެގޮތުގެ ޝެޑިއުލްއެއް ޕްރޮޕޯޒަލާއެކު
ހުށަހެޅުމަށް އެ މިނިސްޓްރީގެ ފަރާތުން އަންގަވާފައިވާކަމާއި، ހަމައެފަދައިން 13 އޮކްޓޫބަރ 2011 ގައި
އަޙްމަދު ޢަބްދުލްޢަޒީޒު ގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒަށް ފޮނުވާފައިވާ ސިޓީގައި އޭނަ މިފައިސާ
ދައްކަން ހުށަހަޅާގޮތުގެ ޕްރޮޕޯސަލެއް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއަށް ފޮނުވާފައިވާކަމަށް
އަޙްމަދު ޢަބްދުލްޢަޒީޒުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
(ރ) ހަތަރުވަނަ ކަމަކީ ސިވިލް ކޯޓު ނަންބަރު 2011/Cv-C/1974 ޤަޟިއްޔާގައި
މޯލްޑިވްސް އިންލެންޑް ރެވީނިއު އޮތޯރިޓީގެ ފަރާތުން ދަޢުވާކޮށްފައިވާ ފައިސާއާއި ގުޅޭ މުޢާމަލާތުގައި
ކެބިނެޓްގެ ޤާނޫނީ ހައިސިއްޔަތާމެދު އެޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 7 ވަނަ ނަންބަރާއި 8 ވަނަ
ނަންބަރުގައި ފާހަގަކުރައްވާ، އަދި އޭގެ މައްޗަށް ބިނާކުރައްވާ ކުރައްވާފައިވާ ޙުކުމުގައި، ގއ.ފުނަދޫ އާއި
ގުޅިގެން ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާ ދެއްކުމާ ގުޅޭގޮތުން 29 ނޮވެމްބަރ 2011 ގައި
ވަޒީރުންގެ މަޖިލީހުން ގޮތްތަކެއް އެކަށައަޅާފައިވީނަމަވެސް، ވަޒީރުންގެ މަޖިލީހުގެ އެނިންމުމަކީ ޤާނޫނީ ބާރު
ލިބިގެންނުވާ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމާއި މެދު މޯލްޑިވްސް އިންލެންޑް
ރެވެނިއު އޮތޯރިޓީގެ ފަރާތުން ދެކޭގޮތް ހާމަކުރަމުން،
ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 ވަނަމައްދާގެ (ހ) ގައި،
ދައުލަތް
ހިންގުމުގެ ޢާންމު ސިޔާސަތުތައް ކަނޑައެޅުއްވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާއި،
އެހީތެރިވެދިނުމާއި، ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރު ހިންގުމުގެ ހުރިހައި
ދާއިރާތަކެއްގައިވެސް އެސިޔާސަތުތައް ތަންފީޛުކޮށް، ހިނގާނުހިނގާގޮތް ބެލުން" މިހެން ލިޔެފައިވާއިރު
އެމާއްދާގައި އެސިޔާސަތުތައް ކަމަށް ބުނެފައިވަނީ ދައުލަތް ހިންގުމުގެ އާއްމު ސިޔާސަތުތަކަށް ކަމަށާއި، ޢާންމު
ސިޔާސަތަކީ އެނިންމަވާ ސިޔާސަތެއް އެކަމާގުޅޭ ހުރިހާ ފަރާތްތަކެއްގެ މައްޗަށް ހަމަހަމަ ގޮތެއްގައި ތަންފީޒު
ކުރަންޖެހޭ އެއްޗެއްކަމަށާއި،
އަދި ޤާނޫނުއަސާސީގެ 132 ވަނަމާއްދާގެ (ނ) ގައި "ސަރުކާރުގެ މަސައްކަތް
އެމަސައްކަތްތައް މުރާޖަޢާކުރުމާއި، ވިލަރެސްކުރުން" މިހެން ބަޔާންކޮށްފައި ވީނަމަވެސް،
uހ3 01
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
2012/HC-A/l50
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
.
ކުރަންޖެހޭ މަސައްކަތް ކުރުމުގައި ވަކިފަރާތަކަށް ނުވަތަ ވަކިފަރާތްތަކަކަށް ފައިދާއެއް ނުވަތަ މަންފާއެއް
ލިބޭގޮތަށް ނިންމުންތައް ނިންމުމަކީ އެންމެ ޢަދުލުވެރި ގޮތްކަމުގައި ނުދެކޭކަމަށާއި، ދައުލަތަށް ލިބެންޖެހި
ނުލިބިވާ ފައިސާއާމެދު 29 ނޮވެމްބަރ 2012 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ 5 ރަށެއްގެ
މައްސަލަކަމަށާއި، އެއީ މިމައްސަލައާ ގުޅޭ ފުނަދޫގެ އިތުރުން އެކަސްދޫ ކަލައިދޫ،
ނ.ބަނޑައިދިއްދޫ އަދި ލ. މާމަޑުއްވަރީ ގެ މައްސަލަކަމަށާއި ވަޒީރުންގެ މަޖިލީހުގެ އެ ނިންމެވުމަކީ
ހަމަހަމަކަމުގެ އުޞޫލުން އެއްކިބާވާ ނިންމެވުމެއްކަމަށާއި، އެހެނީ އޭގެ އިތުރުން އެހެންފަރާތްތައްވެސް
އެހާލަތުގައި އޭރުވެސް ތިބިކަމަށާއި، ހަމައެކަނި އެފަސްފަރާތަށް ޚާއްޞަކޮށްގެން އެ ނިންމުން ނިންމާފައިވުމުން
އެއީ ޢާންމުސިޔާސަތުގައި ކަމުގައި ބަލައި ނުގަނެވޭނެކަމަށާއި، ދައުލަތާއެކު ކުރެވިފައިވާ އެއްބަސްވުމެއްގެ
ދަށުން ދައްކަންޖެހޭފައިސާ އެއްބަސްވުމާއި އެއްގޮތަށް ނުދެއްކުމުގެ ސަބަބުން އެއްބަސްވުން ބާޠިލްކޮށް އެކަން
އަންގާފައިވަނިކޮށް، އެފައިސާ ދެއްކުމާމެދު ކެބިނެޓުން އަޙްމަދު ޢަބްދުލްޢަޒީޒަށް ގޮތްތަކެއް ކަނޑައަޅުއްވާ
ދެއްވާފައި ވީނަމަވެސް ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މީރާއިން ކުރަންޖެހޭ ކަންކަން ޤާނޫނުގައި
ޞަރީޙަކޮށް ބަޔާންކޮށްފައިވުމާއެކު އެފައިސާ ހޯދުމުގެ މަސައްކަތް މީރާއިން ކުރިއަށް ގެންދެވިދާނެކަމަށް
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޤަބޫލުކުރެވޭކަމަށާއި،
އަޙްމަދު ޢަބްދުލްޢަޒީޒްއާއި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން
ރިސޯސަސް އާއި ދެމެދު 09 ޖުލައި 2008 ގައި ސޮއިކޮށްފައިވާ އެއްބަސްވުން ވަނީ އެއެއްބަސްވުމުގައި
ބަޔާންކޮށްފައިވާ ގޮތުގެ މަތިން 21 ޖޫން 2011 ގައި އެއްބަސްވުމުގެ 44 ވަނަ މާއްދާގެ ދަށުން
ބާޠިލްކޮށްފައި ކަމަށާއި، އަދި އެކަންވަނީ އަޙްމަދު ޢަބްދުލްޢަޒީޒަށް އަންގާފައިކަމަށާއި، އަދި މިކަމާގުޅޭގޮތުން
ވަޒީރުންގެ މަޖިލީހުން ގޮތްތަކެއް ނިންމަވާފައިވަނީ މިއެއްބަސްވުން ނިމުމަކަށް އައުމަށްފަހުގައި ކަމަށާއި،
އެހެންކަމުން އެއްބަސްވުން ނިމުމަކަށް އައުމަށްފަހުގައި އެއެއްބަސް
އެބަސްވުމުގެ ދަށުން ދައުލަތަށް
ދައްކަންޖެހި ނުދައްކާވާ ފައިސާއާމެދު ގޮތެއްކަނޑައެޅުމުގެ މެންޑޭޓް އޮތްފަރާތަކީ މޯލްޑިވްސް އިންލެންޑް
ރެވިނިއު އޮތޯރިޓީ ކަމަށް ޤަބޫލުރަންޖެހޭކަމަށާއި، އެފައިސާ ދައުލަތަށް ހޯދުމުގެ ޤާނޫނީ ޒިންމާ
ޙަވާލުކުރެވިފައިވަނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 03 ވަނަ މާއޖާގެ
336
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
2012/HC-A/l50
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ނ) އަދި ހަމަ އެޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް އިންލެންޑް ރެވީނިއު އޮތޯރިޓީއަށް
ކަމަށާއި،
CO
ފުނަދޫގެ ކުއްޔާއި، ޖޫރިމަނާއާއި ގުޅިގެން އަޙްމަދު ޢަބްދުލް އަޒީޒްގެ މައްޗަށް މީރާއިން
ދަޢުވާކޮށްފައިވަނީ 29 ސެޕްޓެމްބަރ 2011 ގައި ކަމަށާއި އަދި އެމައްސަލަ ސިވިލްކޯޓުގައި ރަޖިސްޓްރީ
ކުރެވިފައިވަނީ 04 އޮކްޓޯބަރ 2011 ގައި ކަމަށާއި، އަޙްމަދު ޢަބްދުލްޢަޒީޒުގެ ފަރާތުން ޙަވާލާދީފައިވާ
ވަޒީރުންގެ މަޖިލީހުގެ ނިންމެވުން ނިންމަވާފައިވަނީ 29 ނޮވެމްބަރ 2011 ގައިކަމަށާއި، އެހެންކަމުން
ވަޒީރުންގެ މަޖިލީހުން ނިންމެވުން ނިންމެވިއިރުވެސް އެފައިސާއަކީ ދައުލަތަށް ލިބެންޖެހި ނުލިބިވާ
ފައިސާއެއްކަމަށާއި އަދި އެފައިސާ ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވަނީ އެހެން ދަރަނިތައްވެސް
ހޯދުމުގައި ޢަމަލުކުރާ އުޞޫލުންކަމަށާއި،
މީގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން 27 އޭޕްރީލް 2011 ވަނަ
ދުވަހު އާއްމުކުރައްވާފައިވާ ސަރކިއުލަރ ނަންބަރު 7/2011 ގައި، ދައުލަތަށް އެއްވެސް ފައިސާއެއް
ދައްކަންޖެހޭ ފަރާތަކާއެކު ދައުލަތުގެ މުއައްސަސާއަކުން ހެދިފައިވާ އެގްރިމެންޓެއްގެ ދަށުން ދައުލަތަށް
ބަލައިގަންނަ ފައިސާއާ ގުޅޭ އެގްރިމެންޓަކަށް އެއްވެސް ބަދަލެއް ގެނައުމުގެ ކުރިން އެފަރާތްތަކުން ދައުލަތަށް
ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ނެތްކަން އެމުއައްސަސާއަކުން
މީރާއަށް ލިޔުމުން ހުށަހަޅާ
ށަވަރުކުރާންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، އަދި މީގެ އިތުރަށް ދައުލަތުގެ މުއައްސަސާއަކުން ދޭންޖެހޭ
ހުއްދަތަށް ދިނުމުގެކުރިން އެފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ނެތްކަން
އެމުއައްސަސާއަކުން މީރާއަށް ލިޔުމުން ހުށަހަޅާ ކަށަވަރު ކުރެއްވުމަށްފަހުގައި މެނުވީ އެކަން ނުކުރެއްވުމަށް
އެސަރކިއުލަރގައި ބަޔާންކޮށްފައިވާކަމަށްބުނެ އެކަން ސާބިތުކޮށްދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު
އޮތޯރިޓީގެ ފަރާތުން އެސަރކިއުލާރ ޝަރީޢަތަށް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.
(ބ) ފަސްވަނަ ކަމަކީ، މިމައްސަލާގައި ވާހަކަ މިދެކެވޭ ފައިސާއާއި މެދު ދައުލަތުގެ
މާލިއްޔަތާއި އިޤްތިޞާދުގެ ޢާންމު ސިޔާސަތުތައް ކަނޑައަޅުއްވާ ކެބިނެޓުން ނިންމަވާފައިވާ ނިންމެވުމަކާއި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
2012/HC-A/l50
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 މހ2724 ހއ
م مرور مرا ہے
މިދެންނެވި ސިޔާސަތުތަކުގެ ތެރެއިން ބައެއް ސިޔާސަތުތައް ތަންފީޒުކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ އެއް
އިދާރާކަމުގައިވާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ގެ ބާރުތަކާމެދު މައްސަލާގައި ހިމެނޭ ޚަޞްމުންގެ
މެދުގައި ޚިޔާލުތަފާތު ހުރިކަމަށް މިމައްސަލަ ބަލާ ފަނޑިޔާރުންނަށް ފެނުނު ހިނދު، މަދަނީ
މައްސަލަތަކުގެ ތެރެއިން ސަރުކާރު ޝާމިލްނުވާ މައްސަލަތަކުގައިވެސް ދައުލަތުގެ މަޞްލަޙަތެއް ނުވަތަ ޢާންމު
މަޞްލަޙަތެއް ހިމެނޭކަމަށް ބަންޑާރަނައިބަށް ފެނިއްޖެ ކޮންމެ މައްސަލައެއްގައި ކޯޓުގެ ހުއްދައާއި އެކު
އެމައްސަލާގައި ކޯޓަށް ހާޒިރުވެ ބަންޑާރަނައިބަށް ވާހަކަ ދެއްކިދާނެކަމަށް ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
133 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާތީއާއި، އަދި އެމާއްދާގެ (ޅ) ގައި، ބަންޑާރަނައިބުގެ
މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި އޭނާ ތަބާވާނީ ހަމައެކަނި ޤާނޫނުއަސާސީއަށާއި ޤާނޫނަށްކަމަށް
ބަޔާންކޮށްފައިވާތީ، މިމައްސަލަ ނިންމުމުގެ ކުރިން ކެބިނެޓުގެ ނިންމުންތަކާބެހޭގޮތުން ޝަރީޢަތުން
ކަންކަން ސާފުކުރުމުގެ ގޮތުން ޝަރީޢަތަށް މަޢުލޫމާތު ދެވޭނެ މިނިވަން އެއްފަރާތަކީ
ބަންޑާރަނައިބުކަމުގައި މިމައްސަލަބަލާ ފަނޑިޔާރުންނަށް އެއްބަސްވެވުނު ހިނދު، އެކަމުގެ ފުރުޞަތު
ބަންޑާރަނައިބަށް އެރުވިފައިވާކަމާއި،
ގޮތުން ހައިކޯޓުގެ މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ބަންޑާރަނައިބު ހާޒިރުވެ
ދައްކާފައިވާ ވާހަކައަށް ބަލާއިރު، ވަޒީރުންގެ މަޖިލީހަކީ ދައުލަތުގެ ތަންފީޒީ ނިންމުންތައް ނިންމާ
މަޖިލީހެއްނޫންކަމަށާއި، އެ މަޖިލީހަކީ ދައުލަތުގެ ޢާންމު ސިޔާސަތުތައް ކަނޑައަޅުއްވާ މަޖިލީހެއްކަމަށާއި،
ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވާ ޢާންމު ސިޔާސަތުތަކަށް ނުވަތަ ނިންމަވާ އެނޫންވެސް
ނިންމެވުންތަކަށްވެސް ޤާނޫނީ ހައިސިއްޔަތު ލިބިގެންދާނީ އެނިންމުމެއް ތަންފީޒުކުރަންޖެހޭ ވަޒީރަކު އެކަމެއް
ތަންފީޒުކުރުމުގެ ގޮތުން ފިޔަވަޅު އެޅުމުންކަމާއި،
މިގޮތުން މިމައްސަލާގައި ވާހަކަ މިދެކެވޭ ދައުލަތަށް ދައްކަންޖެހޭ ފައިސާއާއިމެދު ވަޒީރުންގެ
މަޖިލީހުން ނިންމަވާފައިވާ ނިންމެވުން ތަންފީޒު ކުރައްވާ ވަޒީރަކަށްވާނީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް
އެގްރިކަލްޗަރ، ނުވަތަ މިނިސްޓަރ އޮފް ފިނޭންސް ކަމަށާއި، ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނޭ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/l50
ހަމަތަކުގެ މަތިން ބަދަލުކުރުމާއި ނުކުރުމުގެ ބާރުލިބިގެންވަނީ ޤާނޫނީ ގޮތުން ތަންފީޒީ ބާރު ލިބިގެންވާ
ފަރާތަކަށްކަމާއި، މޯލްޑިވްސް އިންލެންޑް ރެވީނިއު އޮތޯރިޓީ އަކީ ދައުލަތުގެ ލެވިނިއު ނުވަތަ ދައުލަތަށް
ލިބެންޖެހޭ ފައިސާ ހޯދުމަށް ޤާނޫނީގޮތުން ބާރު ލިބިދީފައިވާ ފަރާތް ކަމާއި، ނަމަވެސް މޯލްޑިވްސް އިންލެންޑް
ރެވެނިއު އޮތޯރިޓީ އިން ފައިސާ ހޯދަން ފިޔަވަޅު އަޅަންޖެހޭނީ އެފައިސާއަކީ ދައްކަންޖެހިފައިވާ
ފައިސާއަކަށްވާނަމަ ކަމާއި، މީރާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ނުވަތަ ނޫންކަން ކަނޑައަޅާ
ފަރާތެއް ނޫންކަމާއި، އެގޮތުން ޤާނޫނުތަކާއި ޤަވާޢިދުތަކުން ދައުލަތަށް ލިބެންޖެހޭކަމަށް ތަންފީޒީ އިދާރާއަކުން
ކަނޑައަޅާ ފައިސާއެއް ހޯދުމުގެ ޒިންމާއަކީ މީރާ ގެ ޒިންމާއެއްކަމާއި، ހަމައެފަދައިން އެފައިސާ ހޯދުމަކީ މީރާގެ
ޒިންމާއެއް ކަމުގައިވާފަހުންވެސް މުދަލުގެ ވެރިފަރާތުގެ ހައިސިއްޔަތުން ޤާނޫނުތަކުގެ ތަރަހައިގެ ތެރެއިން
ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޢަދަދުތަކަށް ބަދަލު ގެނައުމުގެ ޤާނޫނީ ބާރު ކަމާބެހޭ ވުޒާރާއަށް
ލިބިގެންވާނެކަމަށާއި، އެގޮތުން ގއ.ފުނަދޫ އާއި ގުޅިގެން އަޙްމަދު ޢަބްދުލްޢަޒީޒު ދައްކަންޖެހިފައިވާ ފައިސާއާއި
ގުޅޭގޮތުން 29 ނޮވެމަބަރ 2011 ގައި ވަޒީރުންގެ މަޖިލީހުން ގޮތެއް ނިންމުމަށްފަހުގައި އެއާއި ޚިލާފު
ގޮތަކަށް އެފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަށް ޤާނޫނީ ބާރު ލިބިގެންދާނީ،
ވަޒީރުންގެ މަޖިލީހުގެ އެނިންމެވުން ކަމާބެހޭ ވުޒާރާއިން ތަންފީޒު ކުރުމުގެ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅު
އަޅުވާފައި ނުވާނަމަކަމަށް ބަންޑާރަނައިބު ގެ ފަރާތުން މަޢުލޫމާތު ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ބި) ހަވަނަކަމަކީ: މިމައްސަލާގައި ހިމެނޭ ދެ ޚަޞްމުންގެ ފަރާތުން ދައްކާފައިވާ ވާހަކައަށާއި،
ދެފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، ބަންޑާރަނައިބު ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި
ޤާނޫނީ މައްދާތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، އެކިގޮތްގޮތުން ދައުލަތަށް
ލިބިގެންޖެހޭ ފައިސާ، އެފައިސާ ދައްކަންޖެހޭފަރާތުން އެދައްކަންޖެހޭގޮތަށް ނުދައްކާނަމަ، އެފައިސާ ހޯދުމަށް
ދަޢުވާކުރުމަކީ މޯލްޑިވްސް އިންލެންޑް ރެވީނިއު އޮތޯރިޓީއަށް ޤާނޫނީގޮތުން ލިބިގެންވާ ބާރެއްކަމާމެދަކު
މިމައްސަލާގައި އެއްވެސް ފަރާތަކުން އިންކާރުކޮށްފައި ނުވާކަމާއި، މިމައްސަލާގައި ޚިލާފު އުފެދިފައިވަނީ،
ގ.އައިމާ މާލެ، އަޙްމަދު ޢަބްދުލްޢަޒީޒުގެ މައްޗަށް ސިވިލް ކޯޓު ނަންބަރު 2011/Cv-C/1974 ޤަސިއްއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
15
2012/HC-A/l50
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
282
ގައި މޯލްޑިވްސް އިންލެންޑް ރެވީނިއު އޮތޯރިޓީން ކޮށްފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާއަކީ، އަޙްމަދު
ޢަބްދުލްޢަޒީޒުގެ ފަރާތުން
ދައުލަތަށް ދައްކަންޖެހި ނުދައްކާވާ ފައިސާއެއްކަމަށް ސިފަކޮށްފައިވާ
ސިފަކުރުމާމެދުގައިކަމާއި،
އެގޮތުން "ގދ.ފުނަދޫ" ދިނުމާބެހޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް،
އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި ގ.ގަލޮޅުއާގެ (ހ.އައިމާ މާލެ،) އަޙްމަދު ޢަބްދުލްޢަޒީޒު އާއި
ދެމެދު އެއްބަސްވުމެއް އެކުލަވާލެވިފައިވަނީ 9 ޖުލައި 2008 ގައިކަމާއި، އެ އެއްބަސްވުމާއި އެއްގޮތަށް
އަޙްމަދު ޢަބްދުލްޢަޒީޒުގެ ފަރާތުން ޢަމަލުކުރަމުން ނުގެންދާތީ އެ އެއްބަސްވުން ބާޠިލް ކޮށްފައިވަނީ 21 ޖޫން
2011ގައި ކަމާއި، އެހާތަނަށް އެރަށުގެ ކުލީގެ ގޮތުގައި -/5741998ރ.(ފަސްލައްކަ ހަތްދިހަ ހަތަރުހާސް
ނުވަސަތޭކަ ނުވަދިހަ އަށްރުފިޔާ) އާއި، އެއްބަސްވުމުގެ 9.3 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން
ޖޫރިމަނާގެ ގޮތުގައި 111191241/66 ރ.(އެއްމިއަން އެއްލައްކަ އޮނަވިހިހާސް ދުއިސައްތަ އެކާޅިސްރުފިޔާ،
ހައްޓިލާރި) އާއި އެކު ޖުމްލަ 694239
/
66'l ރ.(އެއްމިލިއަން ހަލައްކަ ނުވަދިހަ ހަތަރުހާސް ދުއިސައްތަ
ތިރިސް ނުވަރުފިޔާ ސަހައްޓިލާރި) އަޙްމަދު ޢަބްދުލްޢަޒީޒުގެ ފަރާތުން ދައުލަތަށް ދައްކަންޖެހި ނުދައްކާވާކަމަށް
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ބުނެފައިވާއިރު،
އެފައިސާއަކީ އަޙްމަދު ޢަބްދުލްޢަޒީޒުގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއްކަމަށާއި،
ނަމަވެސް އެފައިސާ ދައުލަތަށް ލިބިގަތުމުގައި، 29 ނޮވެމްބަރ 2011 ގައި ވަޒީރުން މަޖިލީހުން
ނިންމަވާފައިވާ ނިންމެވުމުގައި، ގއ.ފުނަދޫން އެހާތަނަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން ނުދައްކާހުރި
ފައިސާ، ތިންއަހަރަށް ބަހާލައިގެން ދައްކާގޮތަށް ހަމަޖެއްސުމަށާއި، އޭގެ ފުރަތަމަ ޕޭމަންޓް 2012 ވަނަ
އަހަރުގެ
ފެބްރުއަރީ މަހު
ހަމަޖެއްސުމަށް ނިންމާފައިވުމުން، ސިވިލް ކޯޓު
ނަންބަރު 2011/Cv-C/1974 ޤަޟިއްޔާގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ދަޢުވާކުރިއިރު،
އެފައިސާއަކީ ދައުލަތަށް ދައްކަންޖެހި ނުދައްކާވާ ފައިސާއެއް ކަމަށް ޤަބޫލުނުކުރެވޭކަމަށާއި، މޯލްޑިވްސް
އިންލެންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން އަޙްމަދު ޢަބްދުލްޢަޒީޒުގެ މައްޗަށް
sހ4
ހ2 24 هلا
ކުބުޓް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16
2012/HC-A/l50
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެނިންމުމާ އެއްގޮތަށް އަޙްމަދު ޢަބްދުލްޢަޒީޒު ފައިސާ ދައްކަމުން ނުގެންދާނަމަ ކަމަށް އަޙްމަދު ޢަބްދުލްޢަޒީޒުގެ
ފަރާތުން ބުނެ އެކަން އެގޮތުގައި ފާހަގަކޮށްފައިވާކަން އެނގޭކަމާއި،
ޤާނޫނުއަސާސީން ކެބިނެޓަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ދައުލަތް ހިންގުމުގެ ޢާންމު
ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމާއި އެހީތެރިވުން ހިމެނިފައިވިޔަސް،
އަދި ސަރުކާރުގެ މަސައްކަތް ހިންގުމާއި، އެމަސައްކަތްތައް މުރާޖަޢާކުރުމާއި ވިލަރެސްކުރުން ހިމެނިފައިވިޔަސް،
އަދި އޭގެ އިތުރުން އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން
މުރާޖަޢާކޮށް ވިލަރެސްކުރުން ހިމެނިފައިވިޔަސް، އެއެންމެހައި ކަންކަމާއި ގުޅޭގޮތުން ކެބިނެޓުން ނިންމާ
ނިންމުންތައްވާންޖެހޭނީ އެކަންކަމާގުޅޭ ޢާންމު ސިޔާސަތުތަކަކަށްކަމަށާއި، ނަމަވެސް އަޙްމަދު ޢަބްދުލްޢަޒީޒުގެ
ފަރާތުން ޙަވާލާދީފައިވާ 29 ނޮވެމްބަރ 2011 ގައި ކެބިނެޓުން ނިންމާފައިވާ ނިންމުމަކީ އެފަދަ އާންމު
ސިޔާސަތެއްގެ ގޮތުން ނިންމާފައިވާ ނިންމުމެއްކަމަށް ޤަބޫލު ނުކުރެވޭކަމަށާއި، އެ ނިންމުމަކީ އެނިންމުން
ނިންމިއިރު އެއްޙާލަތެއްގައި ތިބި ހުރިހާ ފަރާތަކަށް އެއްއުޞޫލަކުން ލުއި ލިބޭގޮތަށް ނިންމާފައިވާ ނިންމުމެއް
ނޫންކަމަށްބުނެ، އެކަން ސާބިތުކޮށްދިނުމަށްޓަކައި އެނިންމުން ކެބިނެޓުން ނިންމިއިރު އެޙާލަތުގައި ތިބި
އެހެނަސް އެނިންމުމުގެ ފައިދާ ނުލިބޭ އެހެން ފަރާތްތަކެއް ތިބިކަން އެނގޭނޭ ލިޔުން މޯލްޑިވްސް އިންލެންޑް
ދެވިނިއު އޮތޯރިޓީގެ ފަރާތުން ހުށަހަޅާފައިވާކަމާއި، އަދި އެލިޔުމަށްބަލާއިރު، އިޝާރާތްކުރެވުނު ކެބިނެޓްގެ
ނިންމުމުން ލުއިގޮތްތަކެއް ހަމަޖަސައިދީފައިވާ ފަސްފަރާތުގެ އިތުރުން އޭރު އެޙާލަތުގައި އިތުރު ފަރާތްތައްވެސް
ތިބިކަން އެނގެން އޮންނާތީއާއި،
ކެބިނެޓްގެ ނިންމުންތަކަކީ އުޞޫލެއްގެ ގޮތުން ޢާންމު ސިޔާސަތުތަކެއްކަމާއި، ޢާންމު
ސިޔާސަތުގެ ބޭރުން ނިންމާ ނިންމުމަކަށްވިޔަސް، އެނިންމުމެއްގެ މަންފާ ތިންވަނަ ފަރާތަކަށް ޤާނޫނީގޮތުން
ލިބިގެންދާނީ، އެނިންމުމަކާ ގުޅޭ ވަޒީރަކު އެނިންމުން ތަންފީޒުކުރުމުގެ ގޮތުން ޤާނޫނީ ގޮތުން އަޅަންޖެހޭ
ފިޔަވަޅު އަޅާ ހިސާބުންފެށިގެންކަމަށް ދައުލަތުގެ ބަންޑާރައިބުގެ ފަރާތުން މަޢުލޫމާތު ލިބިފައިވާތީ، އިޝާރާތް
ރެވުނު ކެބިނެޓް ނިންމުން ނިންމެވުމަށްފަހު، އޭރުގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
17
2012/HC-A/l50
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މެރިން ރިސޯސަސް ގެ ފަރާތުން ނުވަތަ އޭރުގެ މިނިސްޓްރީގެ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން
އެނިންމުން ތަންފީޒު ކުރުމުގެ ގޮތުން ކުރަންޖެހޭ ޤާނޫނީ އިޖްރާއާތުތައް ފުރިހަމަވާ ގޮތަށް އަޙްމަދު
ޢަބްދުލްޢަޒީޒުއާއި އެއްވެސް މުޢާމަލާތެއް ކޮށްފައިވާކަން އެނގެން ނެތަތީއާއި، އަޙްމަދު ޢަބްދުލްޢަޒީޒުއާއި
މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި ދެމެދު އެފަދަ މުޢާމަލާތެއް
ހިނގާފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ގޮތުން އަޙްމަދު ޢަބްދުލްޢަޒީޒުގެ ފަރާތުން ހުށަހަޅާފައިވާ ދެ
ސިޓީއަކީ، ކެބިނެޓްގެ އެނިންމުން ނިންމި ތާރީޚަށްވުރެ ކުރީގެ ތާރީޚެއްގައި ބަދަލުކުރެވިފައިވާ ދެ ސިޓީކަން
ސާފުކޮށް އެނގެން އޮތުމުންނާއި،
05
*
1974/Cv-C/2011
ގއ.ފުނަދޫ އާއި ގުޅިގެން އަޙްމަދު ޢަބްދުލްޢަޒީޒު ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ވަކި
އިންތިޒާމްތަކެއް ހަމަޖައްސައިދީ ނިންމާފައިވާ ނިންމުން ނިންމާފައިވަނީ 29 ނޮވެމްބަރ 2011 ގެ
ތާރީޚުގައިކަމާއި، މިފައިސާ ހޯދުމަށް އަޙްމަދު ޢަބްދުލްޢަޒީޒުގެ މައްޗަށް ދަޢުވާކުރުމަށްއެދި މޯލްޑިވްސް
އިންލެންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން 29 ސެޕްޓެމްބަރ 2011 ގައި ފޯމް ހުށަހަޅާފައިވާކަމާއި، އަދި
އެޤަޟިއްޔާ ރަޖިސްޓްރީ ކުރުމަށްޓަކައި އެ ތޯރިޓީގެ ފަރާތުން ދައްކަންޖެހޭ ފައިސާ 04 އޮކްޓޯބަރ 2011
ގައި ދެއްކުމުން
ކްޓޯބަރ 2011 ގައި އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓު
ނަންބަރު
ޤަޟިއްޔާ އެކޯޓުގައި ރަޖިސްޓްރީ ވެފައިވާކަން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުން އެނގެން އޮންނަކަމަށްޓަކައި، އަޙްމަދު ޢަބްދުލްޢަޒީޒުގެ ފަރާތުން ޙަވާލާ ދީފައިވާ ކެބިނެޓުގެ
ނިންމުން ނިންމާފައިވަނީ ގއ.ފުނަދޫ އާއި ގުޅިގެން އަޙްމަދު ޢަބްދުލްޢަޒީޒު ސަރުކާރަށް ދައްކަންޖެހޭ ފައިސާ
ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވީނިއު އޮތޯރިޓީއިން ދަޢުވާކުރި ފަހުންކަން ސާފުކޮށް އެނގެން އޮންނަކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު
ޝަރީޢަތުން ރިޢާޔަތްކޮށް ބަލާއިރު، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓު ނަންބަރު
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ސަބަބެއް
މިމައްސަލަ ބެލި ފަނޑިޔާރުންނަކަށް ނުފެނުނެވެ.
22 ހދ8
ކަންeއeކށް
1974/Cv-C/20
12 92
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
18
2012/HC-A/l50
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޖޯކް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ދީވީޓްކުރެވުނު ސަބަބުތައް އެގޮތުގެ
މަތިން
3، 4 3 2
ސިވިލް ކޯޓު ނަންބަރު 2011/Cv-C/1974 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭފަދަ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަބަލާ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު،
އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މިޤަޟިއްޔާ ނިންމީއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv