ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/162 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012}HC-A/162
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
[
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 162/HC
-
A/2012
އިސްތިއުނާފުކުރި ފަރާތް:
...)
* ނަން: އަމީނާ ޢަލީ
ކާޑު ނަންބަރު: A137557
ދާއިމީ
އެޑްރެސް: ޖަހާމުގުރިގެ / ލ. ހިތަދޫ
މިހާރުގެ އެޑްރެސް: ޖަހާމުގުރިގެ / ލ. ހިތަދޫ
• އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: މަރިޔަމް ޙުސައިން
އައިޑީ ކާޑުނަންބަރު: A137737
* ދާއިމީ އެޑްރެސް: ހިޔާ ލ. ހިތަދޫ
މިހާރުގެ އެޑްރެސް: ހިޔާ | ލ. ހިތަދޫ
ރަޖިސްޓްރީ ތާރީޚް: 16 ރަޖަބު 1433
27 މެއި 2012
ނިމުނު ތާރީޚް: 18 ޝަޢުބާން 1434
ޖޫން 2013
27
0
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2009/56
/
011C ޤަޟިއްޔާ
• ނިންމެވި ފަރާތް: ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓު
• މައްސަލައިގެ ބާވަތް: މެދުއިން ފާހަގަކޮށް، ސަރުކާރު ހުސްބިންކޮޅެއް ރަޖިސްޓަރީކޮށްދިނުމަށް
• ހުށަހެޅި ތާރީޚް: 19.07.2009
074
ނިމުނު ތާރީޚް: 0.01.2011 ޑިއްއްޖޭގެ
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ދިވެހިއްޖެ
ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2012}HC-A/162
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/O11C/56 ޤަޟިއްޔާ،
އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ލ. ހިތަދޫ | ޖަހާމުގުރިގެ އަމީނާ
ޢަލީގެ ފަރާތުން އެޤާ އްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ. މިމައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ލ. ހިތަދޫ ގެ ހިޔާ މަރިޔަމް ޙުސައިން އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ހީނާމާގެ
l) އިސްތިއުނާފު ކުރެވޭ ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2009/O11C/56 ޤަޟިއްޔާގައި، ލ. ހިތަދޫ ޖަހާމުގުރިގެ ބަހައިގެން އެގޭ އަމީނާ ޢަލީއަށް ފުޅާމިނުގައި 26
ފޫޓް، ދިގުމިނުގައި 70 ފޫޓުގެ ބިންކޮޅެއް ލިބިފައިވާއިރު، އަމީނާ ޢަލީގެ ބަޔާއި އިންވެގެން އޮންނަ 17 ފޫޓް
70 ފޫޓުގެ ސަރުކާރު ބިންކޮޅު އަމީނާ ޢަލީއަށް ނުދީ، އެބިންކޮޅު އިންވެގެން އޮތް ސ.ހިތަދޫ ހީނާ
ބަހައިގެން އެގޭ މަރިޔަމް ޙުސައިންއަށް ހައްދުންމަތީ އަތޮޅު އޮފީހުން ރަޖިސްޓަރީކޮށްދޭން އުޅޭކަމަށާއި، މަރިޔަމް
ޙުސައިންއަށް ހީނާމާގެ ގޯތިން ލިބިފައިވާ ބިންކޮޅަށްވުރެ ޖަހާމުގުރިގެ ގޯތީން އަމީނާ ޢަލީއަށް ލިބިފައިވާ
ބިންކޮޅު ކުޑަވީމަ 17 ފޫޓް 70 ފޫޓުގެ ސަރުކާރު ބިންކޮޅު މަރިޔަމް ޙުސައިންއަށް ދިނުމަކީ އަމީނާ ޢަލީގެ
ޙައްޤު ގެއްލޭ ކަމެއްކަމަށް ބުނެ މަރިޔަމް ޙުސައިންގެ މައްޗަށް އަމީނާ އަލީ ހުށަހެޅުމުން ބެއްލެވި
މައްސަލައެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ "...އިސްވެދިޔަ ބަޔާންތަކަށާއި، ފާހަގަކުރެވުނު ނުކުތާތަކުގެ
މައްޗަށް ޖާފޕهلا ން لللا ކުރުމުން ލ. ހިތަދޫ ޖަހާމުގުރިގޭ ގޯތީގެ ބަޔެއް ލ. ހިތަދޫ ހީނާމާގޭ ގޯއްޗަށް
ނެގުމަށް އެގޭ މަރްޔަމް ޙުސައިން މަސައްކަތް ކުރަމުންދާކަމަށްބުނެ އެކަންހުއްޓުވައިދިނުމަށްއެދި ޖަހާމުގުރިގޭ
އަމީނާ ޢަލީ މަރްޔަމް ޙުސައިންގެ މައްޗަށް ދަޢުވާ ކޮށްފައިވާ މިމައްސަލާގައި، މަރްޔަމް ޙުސައިން މިދަޢުވާއަށް
އިންކާރު ކުރިހިނދު ޖަހާމުގުރިގޭގޯތީން ހީނާމާގޭ ގޯއްޗަށް ނެގުމަށް މަރްޔަމް ޙުސައިން މަސައްކަތް ކުރާކަމަށް
އަމީނާ ޢަލީ ބުނެފައިވާ ބަޔަކީ ޖަހާމުގުރިގޭ ގޯތީގައި ހިމެނޭ ބައެއްކަން هللޔޤާ ށް ސާބިތުވާވަރަށް އަމީނާ
ޢަލީގެ ފަރާތުން ހެކި ހުށަހެޅިފައި ނުވާތީ، އަމީނާ ޢަލީގެ މިދަޢުވާ هلލޤު ށް ސާބިޕުޑިންމަތީ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2{012/HC-A/162
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކަނޑައަޅައި، 30 ޖުލައި 2009 (8 هل 1430) ގައި ހައްދުންމަތީ އަތޮޅު އޮފީހުގެމައްޗަށް ނެރުނު
މިކޯޓުގެ ނަންބަރު 2009
/
04/011C ޢަމުރު، މިއަދު 17 ޖެނުއަރީ 2011 ން ފެށިގެން ބާޠިލްކޮށް،
ދިރިއުޅުމަށްޓަކައި ރާއްޖެތެރޭގެ ރަށްރަށުން ބިންދޫކުރުމަކީ للهل لللا 1/2002 (ދިވެހިރާއްޖޭގެ
ލޮلهل ގެ 10 ވަނަ މާއްދާގެ ދަށުން އަތޮޅު އޮފީސްތަކަށް ލިބިފައިވާ ބާރެއްކަން އަމީނާ ޢަލީއަށް އަންގައި މި
قضية ނިމްމާ" ކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ޑc
e2eހ
OU OO
2) ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/56/011C ޤަޟިއްޔާ،
އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ލ. ހިތަދޫ ! ޖަހާމުގުރިގެ އަމީނާ
ޢަލީގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 05 (ފަހެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2009/O11C/56 ޤަޟިއްޔާގެ ދަޢުވާގެ އަޞްލު ޙުކުމްގައި ބަދަލުވެފައިވާކަން ފާހަގަކުރެވޭކަމަށް ބުނެ
ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، ލ. ހިތަދޫ ހީނާމާގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީގައި ސަރުކާރުގެ
1 ފޫޓް 20 ފޫޓުގެ ބިން ގޯތީގެ ޗާޓާއި އިތުރު ބަޔާނުގައި ފާހަގަކުރައްވާފައިވާއިރު، ހައްދުންމަތީ ހިތަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/56
/
011C ޤަޟިއްޔާގައި މި ސަރުކާރު ބިމަށް ގޮތެއް
ކަނޑައަޅުއްވާފައި ނުވާކަން އެނގޭކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ތިންވަނަ ނުކުތާއަކީ، ލ. ހިތަދޫ ހީނާމާގެ ގޯތި ތަރިކައިން ބަހާފައިވާއިރު ޝަރީޢަތުން
މިގޯތި ބައިކުރެވިފައިވާ ގޮތުގެ ޗާޓަށް ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Oll2009/56
ޤަޟިއްޔާ ނިންމެވުގައި ރިޢާޔަތްކުރައްވާފައި ނުވާކަން އެނގޭކަމަށް ބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2012}HC-A/162
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހަތަރުވަނަ ނުކުތާއަކީ، ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު
2009/O11C;56 ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތުގެ ބަދަލު ހަމަޖައްސާފައިވާ ފަރާތަކީ ލ. ހިތަދޫ ބޮޑުކަތީބު
ޢަބްދުއްރަޙީމް އިދުރީސްކަމަށްވެފައި ލ. ހިތަދޫ އޮފީހުން މިދެ ގޯތީގެ ޗާޓު ކުރަހާފައި ހިތަދޫ އޮފީހުން
ފޮނުވާފައިވަނީ ލ. ހިތަދޫ ބޮޑުކަތީބު ޢަބްދުއްރަޙީމް އިދުރީސް ކަން އެނގޭއިރު ޝަރީޢަތުން މިކަމަށް ރިޢާޔަތް
ކުރައްވާފައި ނުވާކަން އެނގޭކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ފަސްވަނަ ނުކުތާއަކީ، ދަށުކޯޓުގައި މިމައްސަލަ ނިމުމުގެ ކުރިންވެސް ލ. ހިތަދޫ ! ހިޔާ
މަރިޔަމް ޙުސައިންއަށް ދިރިއުޅުމަށް ދައުލަތުން 6000 އަކަފޫޓުގެ ގޯއްޗެއް ލިބިފައިވާއިރު، ޤާނޫނު ނަންބަރު
1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ލ.ހިތަދޫ ! ހިޔާ
މަރިޔަމް ޙުސައިންއަށް ދިރިއުޅުމަށް ލ. ހިތަދޫ ތެމާ ގޯއްޗަށް ދައުލަތުގެ 1190 އަކަފޫޓުގެ ބިން އިތުރު
ބިމެއްގެ ގޮތުގައި ލިބޭގޮތަށް ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/O11C/56 ޤަޟިއްޔާ
ނިމިފައިވާކަން ފާހަގަކުރެވޭކަމަށް ބުނެ ހުށަހެޅި ނުކުތާ
02 20
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/56/011C
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ
މިމައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
2x e
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރުމަށް ހުށަހެޅިފައިމިވާ ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2009/56
/
011C ޤަޟިއްޔާއަކީ ފ.ހިތަދޫ | ޖަހާމުގުރިގޭ އަމީނާ ޢަލީއަށް ސ.ހިތަދޫ
ޖަހާމުގުރިގެ ބަހައިގެން ލިބުނު ބަޔާއި އިންވެގެން އޮންނަ 17 ފޫޓު 70 ފޫޓުގެ ސަރުކާރުގެ ބިންކޮޅު އަމީނާ
ޢަލީއަށް ނުދީ، އެބިންކޮޅާއި އިންވެގެން އޮތް ޅ.ހިތަދޫ ހީނާމާގެ ބަހައިގެން އެގޭ މަރިޔަމް ޙުސައިންއަށް
ހައްދުންމަތީ އަތޮޅު އޮފީހުން ރަޖިސްޓަރީކޮށްދޭން އުޅޭކަމަށާއި، މިގޮތަށް އޮންނަ ސަރުކާރު ބިން ވަކި
ފަރާތަކަށް ދިނުމަކީ އިންސާފެއް ނޫންކަމަށާއި، މަރިޔަމް ޙުސައިންއަށް ހީނާމާގެ ގޯތިން ލިބިފައިވާ
ބިންކޮޅަށްވުރެ ޖަހާމުގުރިގެ ގޯތިން އަމީނާ ޢަލީއަށް ލިބިފައިވާ ބިންކޮޅު ކުޑަވީމަ 17 ފޫޓު 70 ފޫޓުގެ
ބިންކޮޅު މަރިޔަމް ޙުސައިންއަށް ދިނުމަކީ އަމީނާ ޢަލީގެ ޙައްޤު ގެއްލޭ ކަމެއްކަމަށް ބުނެ މަލާޔަމް
--
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
5
2012}HC-A/162
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ou oo
33
މައްޗަށް އަމީނާ ޢަލީ ކޮށްފައިވާ ދަޢުވާއެއްކަމަށް އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގެ "މައްސަލައިގެ ޚުލާޞާ" މިބައިގައި ބަޔާންކުރައްވާފައި ވީނަމަވެސް،
އަމީނާ ޢަލީ މިމައްސަލަ ދަށު ކޯޓަށް ހުށަހެޅުމުގެ ގޮތުން 05 ޖެނުއަރީ 2011 ގައި
ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާނަށް ބަލާއިރު، މިމައްސަލައަކީ ލ. ހިތަދޫ ޖަހާމުގުރިގެ
ގޯތިން ލ. ހިތަދޫ ހީނާމާގެ ގޯއްޗަށް ނެގުމަށް މަރިޔަމް ޙުސައިން މަސައްކަތް ކުރަމުންދާކަމަށް ބުނެ
އެކަން ހުއްޓުވައިދިނުމަށް އެދި ކުރާ ދަޢުވާއެއްކަމަށް އަމީނާ ޢަލީ ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އަދި
ޖަހާމުގުރިގެ ގޯއްޗާއި އިންވެގެން ދެކުނަށް ހީނާމާގެ ގޯއްޗާއި ޖަހާމުގުރިގޭ ގޯއްޗާއި ދެމެދުގައި އޮތް 17 ފޫޓުގެ
ސަރުކާރު ބިން ޖަހާމުގުރިގެ ގޯއްޗަށް އިތުރުކޮށްދެއްވުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަމަށްވެސް ޢަމީނާ ޢަލީ
ބުނެފައިވާކަމާއި،
މިޤަޟިއްޔާ ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވަނީ، ޖަހާމުގުރިގެ ގޯތިން
ހީނާމާގެ ގޯއްޗަށް ނެގުމަށް މަރިޔަމް ޙުސައިން މަސައްކަތް ކުރާކަމަށް ޢަމީނާ ޢަލީ ބުނެފައިވާ ބަޔަކީ
ޖަހާމުގުރިގެ ގޯތީގައި ހިމެނޭ ބައެއްކަން ޝަރީޢަތަށް ސާބިތުވާ މިންވަރަށް ޢަމީނާ ޢަލީގެ ފަރާތުން ހެކި
ހުށަހެޅިފައިނުވާތީ، ޢަމީނާ ޢަލީގެ މިދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށާއި، ދިރިއުޅުމަށްޓަކައި ރާއްޖެތެރޭގެ
ރަށްރަށުން ބިން ދޫކުރުމަކީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 10 ވަނަ
މާއްދާގެ ދަށުން އަތޮޅު އޮފީސްތަކަށް ލިބިފައިވާ ބާރެއްކަމަށް މީނާ ޢަލީއަށް އަންގަވައި އެފަދައިން
އެވާފައިވާކަން އެނގެން އޮންނަކަމެވެ.
2
7
0
2
0
2 ތ
އެކެމެކރއވެ
02& 0 0
(ށ) ދެވަނަ ކަމަކީ، އަމީނާ ޢަލީގެ ފަރާތުން ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2009/56
/
011C ޤަޟިއްޔާ އިސްތިއުނާފު ކުރަމުން އެޤަޟިއްޔާގެ ދަޢުވާގެ އަޞްލު، ޙުކުމްގައި
ބަދަލުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ނަޒަރުކުރިއިރު،
އިސްވެ ފާހަގަކުރެވުނު ފަދައިން، ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2009/O11C/56 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ދަޢުވާގެ ޚުލާޞާގައި ޖަހާމުގުރިގެ އާއި
ހީނާމާގެއާ ދެމެދު އޮތް ސަރުކާރު ބިންކޮޅު މަރިޔަމް ޙުސައިންއަށް ރަޖިސްޓަރީކޮށްދޭން އުޅޭތީ އެކަމުގެ
ސަބަބުން އަމީނާ ޢަލީގެ ޙައްޤު ގެއްލޭކަމަށް ބުނެ ހުށަހެޅި ދަޢުވާއެއްކަމަށް ބަޔާންކުރައްވާފައި ވީނަމަ% ފައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012}HC-A/162
2 0 0
5 ޖެނުއަރީ 2011 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލިހުގައި އަމީން ޢަލީ ކުރި ދަޢުވާގައި
ދެކަމެއް ފާހަގަކޮށްފައިވާކަމާއި، އެއީ، ފުރަތަމަ ކަމަކަށް، އަމީނާ ޢަލީގެ ގޯތި، ޖަހާމުގުރިގެ ގޯތިން ބައެއް،
މަރިޔަމް ޙުސައިންގެ ހީނާމާގެ ގޯތީގެ ބައެއްކަމަށް ބުނެ އެގޭ މީހުން އެތަނުގެ ބޭނުންކުރުމަށް މަސައްކަތް
ކުރާތީ، އެކަން ހުއްޓުވައިދިނުމަށް އެދިފައި އޮތްއޮތުމާއި، އަދި ދެވަނަ ކަމަކަށް، ޖަހާމުގުރިގެ ގޯއްޗާއި ހީނާމާގެ
ގޯއްޗާ ދެމެދުގައި އޮތް 17 ފޫޓުގެ ސަރުކާރު ބިން ޖަހާމުގުރިގެ ގޯއްޗަށް އިތުރުކޮށްދެއްވުމަށް އެދިފައި
އޮތްގޮތުންކަމާއި،
ދަޢުވާގެ އަޞްލު، ޙުކުމްގައި ބަދަލުވެފައިވާކަމަށް އަމީނާ ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައި ވީނަމަވެސް، 5 ޖެނުއަރީ 2011 ގައި ހައްދުންމަތީ ހިތަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/O11C/56 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި އަމީނާ ޢަލީ
ކޮށްފައިވާ ދަޢުވާގައި ހިމެނޭ ދެކަމަށްވެސް އެޤަޟިއްޔާގެ ޙުކުމުގައި ގޮތެއް ކަނޑައަޅުއްވާފައިވާކަން
ފާހަގަކުރެވޭކަމާއި،
އެއީ، ފުރަތަމަ ކަމަކަށް، ޖަހާމުގުރިގެ ގޯތިން ބައެއް ހީނާމާގެ ގޯތީގެ ބައެއްކަމަށް ބުނެ އެގޭ
މީހުން އެތަނުގެ ބޭނުންކުރުމަށް މަސައްކަތް ކުރާތީ އެކަން ހުއްޓުވައިދެއްވުމަށް އެދިފައިވާއިރު، ޖަހާމުގުރިގެ
ގޯތިން ހީނާމާގެ ގޯއްޗަށް ނެގުމަށް މަރިޔަމް ޙުސައިން މަސައްކަތް ކުރާކަމަށް ޢަމީނާ ޢަލީ ބުނެފައިވާ ބަޔަކީ
ޖަހާމުގުރިގޭ ގޯތީގެ ބައެއްކަމަށް އަމީނާ ޢަލީއަށް ސާބިތުކޮށްދެވިފައިނުވާކަމަށް އިސްވެ ފާހަގަކުރެވުނު
ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކުރެވިފައިވާކަމާއި، އަދި ދެވަނަ ކަމަކަށް، ޖަހާމުގުރިގެ އާއި ހީނާމާގެއާ ދެމެދު
އޮތް ހުސްބިންކޮޅު އަމީނާ ޢަލީއަށް ރަޖިސްޓަރީކޮށްދެއްވުމަށް ކޯޓުގައި އެދިފައިވާއިރު، ހައްދުންމަތީ ހިތަދޫ
ސްޓްރޭޓް ކޯޓުގެ ނަންބަރު 2009/O11C/56 ޤަޟިއްޔާގެ ޙުކުމުގައި ދިރިއުޅުމަށްޓަކައި ރާއްޖެތެރޭގެ
ރަށްރަށުން ބިން ދޫކުރުމަކީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 10 ވަނަ
މާއްދާގެ ދަށުން އަތޮޅު އޮފީސްތަކަށް ލިބިފައިވާ ބާރެއްކަމަށް ޢަމީނާ ޢަލީއަށް އަންގަވާފައިވާކަމާއި، އިސްވެ
ބުނެވުނު ޤަޟިއްޔާގައި އަމީނާ ޢަލީ ސަރުކާރު ބިންކޮޅެއް ހޯދުމަށް އެދި، އަދި މަރިޔަމް ޙުސައިންގެ ނަމުގައި
އެދެ ގޯތި ދޭތެރޭ އޮތް ހުސްބިންކޮޅު ރަޖިސްޓަރީކޮށްދޭން އުޅޭކަމަށް ބުނެ ދަޢުވާކޮށްފައިވަނީ މަރިޔަމް
ޙުސައިންގެ މައްޗަށްކަމާއި، ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/56
/
011C
ޤަޟިއްޔާގެ ޙުކުމުގައި އަމީން ޢަލީއަށް އަންގަވާފައިވާ ފަދައިން، ރާއްޖޭތެރޭ ރަށްރަށުގެ މީމުވެއްޖޭdންވަގުތައް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647)
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2012}HC-A/162
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަލަހައްޓާ ފަރާތަކީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 10 ވަނަ މާއްދާގެ
ދަށުން އަތޮޅު އޮފީސްތައް ކަމުގައިވާއިރު، އަދި މިހާރު އެފަދަ ކަންތައްތައް ބަލަހައްޓަނީ އެރަށެއްގެ ލޯކަލް
ކައުންސިލުން ކަމުގައިވާއިރު، ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/O11C/56
ޤަޟިއްޔާގައި އަމީން ޢަލީ ބިމެއް ލިބިގަތުމަށް އެދި، އަދި ބިންކޮޅެއް މަރިޔަމް ޙުސައިން ރަޖިސްޓަރީ ކުރަން
އުޅޭކަމަށް ބުނެ، ދަޢުވާކޮށްފައިވަނީ ކަމާބެހޭ ފަރާތުގެ މައްޗަށް ނޫންކަން އެނގޭކަމާއި، އަދި ކަމާބެހޭ ފަރާތް
ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/O11C/56 ޤަޟިއްޔާގެ ޙުކުމުގައި އަމީނާ
ޢަލީއަށް އަންގަވާފައި އޮތުމުން، އެޤަޟިއްޔާގެ ދަޢުވާގެ އަޞްލު ޙުކުމުގައި ބަދަލުވެފައިވާކަމަށް ބެލެވެން
4 2 2 42
ނަޗކެމެވެ"
02 0¢
(ނ) ތިންވަނަ ކަމަކީ، ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/O1 1C/56
ޤަޟިއްޔާގެ މައްސަލަ އިސްތިއުނާފު ކުރަމުން އަމީނާ ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ދެންހުރި ނުކުތާތަކަކީ
ސީދާ ސަރުކާރު ބިން ދޫކުރުމާއި އަދި ރަޖިސްޓަރީ ކުރުމާބެހޭ މައުޟޫޢުއާ ގުޅޭ ކަންކަން ކަމުގައިވާއިރު،
މިކަންކަމަކީ ކަމާބެހޭ ފަރާތުގެ މައްޗަށް ދަޢުވާކޮށް ދަށު ކޯޓުގައި ވަކި ގޮތެއް ކަނޑައެޅިފައިވާ ކަންކަން
ކަމުގައި ނުވާއިރު، އިސްތިއުނާފް މަރުޙަލާގައި މިފަދަ ކަންކަމަށް ގޮތެއް ކަނޑައެޅުމަކީ އިސްތިއުނާފް
އުޞޫލުތަކާ ޚިލާފު ކަމެއްކަމުގައިވާތީ، ދަށު ކޯޓުގައި ކަމާބެހޭ ފަރާތުގެ މައްޗަށް ދަޢުވާކޮށް އެދަޢުވާއާމެދު
ގޮތެއް ކަނޑައެޅުމުގެ ކުރިން، ދިވެހިރާއްޖޭގެ ހައިކޯޓުން އެކަންކަމާމެދު ގޮތެއް ކަނޑައެޅޭނެ ތަނެއް ނެތްކަމެވެ.
ou oo
ވީމާ، ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/56
/
011C ޤަޟިއްޔާ
އިސްތިއުނާފު ކުރަމުން އަމީނާ ޢަލީ ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާއަށް ބަދަލު ގެންނާނެ
ތަނެއް މިމައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012}HC-A/162
ޙުކުމް:
xހ2
22 29 7
އެގތށް
ހނވާއެކެ
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަ
ހައްދުންމަތީ ހިތަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/56/011C ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ލ. ހިތަދޫ ޖަހާމުގުރިގެ އަމީނާ ޢަލީގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް
މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ މަތިން
ޙުކުމްކޮށްފީމެވެ.
2x .
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv