ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/94 ޤަޟިއްޔާގެ ޙުކުމް
1
212/HC-A/94
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
9
ޤަޟިއްޔާ ނަންބަރު: 94/HC-A/2012
• އިސްތިއުނާފު ކުރިފަރާތް:
* ނަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
0
0
* ދާއިމީ އެޑްރެސް: ލ.ގަސްވާ/ ކ.މާލެ
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: މުޙައްމަދު މީޢާދު
އައިޑީ ކާޑު ނަންބަރު: 053099-A
ވަކީލު: އޗ.އާދަމް އާޞިފް
ކާޑު ނަންބަރު: 045783-A
* ދާއިމީ އެޑްރެސް: ތުނޑި،ވުޑްލޭންޑް / ލ.ގަން
ރަޖިސްޓްރީކުރެވުނު ތާރީޚް: 28 ރަބީޢުލްއާޚިރު 1433
ނިމުނު ތާރީޚް: 10 ޖުމާދަލްއޫލާ 1433
02 އޭޕްރީލް 2012
21
2012
0
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2012/1882(J
(
MD-145
ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
• ނެރުނު ކޯޓް: ކްރިމިނަލް ކޯޓު
* ހުށަހެޅުނު ތާރީޚް: 16 މާރޗް 2012 * ނިމުނު ތާރީޚް: 16 މާރޗް 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެސް
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/94
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1882(J
(
MD-145 ކޯޓު އަމުރު،
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފް ރައްދުވާ ފަރާތަކީ ހ.ގަސްވާ/ ކ.މާލެ މުޙައްމަދު
މީޢާދެވެ.
CCCO
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1882(J(MD-145 ކޯޓު އަމުރު، އެކޯޓުން
ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފް
ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2012
/
1882/J
(
MD-145 ކޯޓު އަމުރަށް ބަލާއިރު
އެކޯޓު އަމުރު ނެރެފައިވަނީ، 16 މާރޗް 2012 ވަނަ ދުވަހުގެ 19:56 އިން ފެށިގެން ޝަރީޢަތުން
ވަކި ގޮތެއް ކަނޑައަޅަންދެން (މައްސަލައިގެ ޙުކުމް ކުރެވެންދެން) ހ.ގަސްވާ/ ކ.މާލެ މުޙައްމަދު މަޢާދު
ފުލުހުންގެ ބެލުމުގެ ދަށުގައި ގޭ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްކަމަށާއި، މިގޮތަށް މުޙައްމަދު މީޢާދު
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރެއްވި ސަބަބަކީ، "މުޙައްމަދު މީޢާދުގެ މައްޗަށް ތުހުމަތު
ކުރެވިފައިވާ މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ފުލުހުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި
މިވަގުތު މީނާ ކުރެވިފައިވާ ބަންދުން ދޫކޮށްލުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެ، މައްސަލައިގެ ހެކި
ފޮރުވުމަށް މަސައްކަތްކޮށްފާނެކަމަށް ފެންނާތީ" ކަމަށް މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
CCCX
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1882(J(MD-145 ކޯޓު އަމުރު
ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
22=4 2
e32ން
247
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ވެސް
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
2012/HC-A/94
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފްކުރެވޭ ކްރިމިނަލް ކޯޓުގެ އަމުރުގައި މުޙައްމަދު
މީޢާދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ފުލުހުން ހުށަހަޅާފައިވާ
ކަންކަމުގެ މައްޗަށް ބަލައި މިވަގުތު މުޙައްމަދު މީޢާދު، ކުރެވިފައިވާ ބަންދުން ދޫކޮށްލުމަކީ، މުޖުތަމަޢުގެ
ސަލާމަތަށް ނުރައްކާވެ، މައްސަލައިގެ ހެކި ފޮރުވުމަށް މަސައްކަތްކޮށްފާނެކަމަށް ފެންނާތީކަމަށް
ޔާންކުރައްވައި، މުޙައްމަދު މީޢާދު ޖަލުގައި ބަންދުކުރައްވާފައި ވަނިކޮށް، މުޙައްމަދު މީޢާދުގެ ކިބައިން
މުޖުތަމަޢުއަށް ލިބިދާނެ ނުރައްކަލެއް ފިލައިގެން ނުދަނީސް، އަދި މައްސަލައިގެ ހެކި ފޮރުވުމަށް
މަސައްކަތްކޮށްފާނެކަމަށް އޮތް ފުރުޞަތު އެގޮތުގައި އޮއްވައި، މުޙައްމަދު ޢާދު ގޭގައި ބަންދުކުރުމަށް
16 މާރޗް 2012 ދުވަހު ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް
ރިޢާޔަތްނުކުރައްވާ ނެރުއްވާފައިވާ އަމުރެއްކަމަށް ހުށަހެޅި ނުކުތާ.
އެ 8
ރޮއެކަމަށް ބުނެ
0
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭ
ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ
މާއްދާގެ (ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ
ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ
އުޞޫލު ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު
ޤަޟިއްޔާއިން
ކަނޑައަޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުން އަމުރު ނެރުއްވިއިރު، އެ އުޞޫލަށް ރިޢާޔަތް ނުކުރައްވައި
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
CU O
2011/SC-A33
4. މި މައްސަލައާއި
ގުޅިގެން
ކްރިމިނަލް ކޯޓުގެ ނަންބަރު
2012/1882(J
(
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މުޙައްމަދު މީޢާދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު،
މުޙައްމަދު މީޢާދު ގޭ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ސަބަބަށް ބަލާއިރު،
އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: ]331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/94
(ހ) ފުރަތަމަ ކަމަކީ، މުޙައްމަދު މީޢާދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ
މައްސަލައަކީ ތަޙުޤީޤުކުރުމުގެ މަރުހަރާގައިވާ މައްސަލައެއް ނޫންކަމާއި، އަދި ތަޙުޤީޤު ނިމި ޝަރީޢަތަށް
ހުށަހެޅުމުގެ މަރުޙަލާގައިވެސްވާ މައްސަލައެއްނޫންކަމާއި، އެހެންނަމަވެސް މިއީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ
ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައި، އެކޯޓުގައި ހިނގަމުންދާ މައްސަލައެއްކަން ސާފުކޮށް އެނގެން
އޮތްއިރު، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާއަށް ބަލާއިރު، ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ
ބަންދާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރާނެގޮތް އެމާއްދާގައި ބަޔާންކޮށްފައިވާކަމާއި،
އެމާއްދާގެ (ހ) ގައިވަނީ "ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް
ނިންމާނީ މައްސަލައިގެ ޝަރީއަތް ހިންގާ ފަނޑިޔާރެކެވެ. އެ ފަނޑިޔާރު ނެތްޙާލަތެއްގައި ކޯޓުގެ
އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު ކަނޑައަޅާ އެހެން ފަނޑިޔާރެކެވެ. މިފަދައިން ކަމާއި،
4
އެމާއްދާގެ (ށ) ގައި ވަނީ "ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް
ނިންމައިދިނުމަށް ދަޢުވާލިބޭ ފަރާތުން މައްސަލަ ބަލާ ފަނޑިޔާރަކަށް އަނގަބަހުން ހުށަހެޅިދާނެއެވެ."
މިފަދައިން ކަމާއި،
ކަނެބޮއެބަކުށް
8 އގ ދދވ
ހއ ސ ޖ 2
4
ބަޔާންވެގެންވާ
އެމާއްދާގެ (ނ) ގައިވަނީ "މިމާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދަޢުވާލިބޭ ފަރާތުން
ހުށަހަޅައިފިނަމަ، ޝަރީޢަތަށް ހުށަހެޅިފައިވާ ބަލައި، އެމީހަކު މިޤަވާޢިދުގެ ނުވަ ވަނަ
މާއްދާގައި
ގޮތުގެމަތިން ޝަރުތުކުރުމަށްފަހު، ނުވަތަ ދިހަވަނަ މާއްދާއާއި އެގާރަ ވަނަ
މާއްދާގައި
ކަފާލާތު އުޞޫލުން ޔަގީންކަން ދީފައި ހައްޔަރު ނުވަތަ ބަންދުން ދޫކޮށްލުން،
ނުވަތަ ލުއިދިނުމުގެ ގޮތުން އެމީހަކު ގޭ ބަންދަށް ބަދަލުކުރުމަށް އަމުރުކުރުމުގެ ބާރު މައްސަލަ ބަލާ
ފަނޑިޔާރަށް ލިބިގެން ވެއެވެ." މިފަދައިންކަން އެނގޭ ކަމާއި،
OCCO
ވ 2
399ނވެ
އެހެންކަމުން، މުޙައްމަދު މީޢާދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ މައްސަލައަކީ
ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްކަން އެނގޭކަމާއި، އަދި މިމަރުހަލާ (ޝަރީޢަތުގެ މަރުހަލާ)
ގައި މުޙައްމަދު މީޢާދު ހައްޔަރުން ނުވަތަ ބަންދުން ދޫކޮށްލުން، ނުވަތަ ލުއި ދިނުމުގެ ގޮތުން މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 325029 ، ފެކްސް (1647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012HC-A/94
މީޢާދު ގޭބަންދަށް ބަދަލުކުރުމުގެ ބާރު ލިބިގެންވަނީ މުޙައްމަދު މަޢާދުގެ މައްޗަށް ކްރިމިނަލް ކޯޓަށް
ހުށަހެޅިފައިވާ މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރަށް ކަމާއި، ނުވަތަ ގަވާޢިދުގައިވާ ގޮތުގެ މަތިން
ކްރިމިނަލް ކޯޓުގެ އިސް ގާޟީ ނުވަތަ އިސް ގާޝީ ކަނޑައަޅުއްވާ އެހެން ފަނޑިޔާރަކަށްކަން
އެނގޭކަމާއި،
އަދި އެފަދަ ނިންމެވުމެއް ނިންމަވަންޖެހެނީ، މުޙައްމަދު މީޢާދުގެ މައްޗަށް
ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އެ މައްސަލައިގެ
ޝަރީޢަތަށް ހުށަހެޅިފައިވާ ކަންތައްތަކުގެ މައްޗަށް ބައްލަވައި، އެގޮތުގެ މަތިންކަން އެނގޭކަމެވެ.
CCU C
CU O
،
(ނ) ދެވަނަކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33/SC
-
A/2011
މައްސަލައަކީ، ކުށުގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލައެއްގައި އެކުށުގެ
ތުހުމަތުގައިވާ މީހާ ބަންދުން ދޫކޮށްލާފައިވާތީ އެކަމުގެ މައްޗަށް ބަލާ ނިންމާފައިވާ މައްސަލައެއް
ނަމަވެސް ހައިކޯޓުގައި ހިނގަމުންދާ މި މައްސަލައަކީ ޝަރީޢަތުގެ މަރުހަލާގައި ކުށުގެ ތުހުމަތުގައިވާ
މީހަކަށް ލުއި ދިނުމުގެ ގޮތުން އޭނާ ގޭބަންދަށް ބަދަލުކުރުމަށް ނިންމާފައިވާ މައްސަލައެއްކަމުން،
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އެމައްސަލައާއި މިކޯޓުން ބަލަމުންދާ މި މައްސަލައަކީ ތަފާތު ތަކެއް ހުރި
އެއްގޮތް ނޫން ދެމައްސަލަކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، މައްސަލައެއްގެ ތަޙްޤީޤު ނިންމައި އެމީހެއްގެ މައްސަލަ
ޝަރީޢަތަށް ހުށަހެޅިފައިވާ މަރުޙަލާގައި، އެމައްސަލައެއްގައި ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، އެފަދަ މީހެއްގެ
ބަންދާމެދު ގޮތެއް ނިންމާ ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު ބައްލަވަން ޖެހޭނީ
މުޖުތަމަޢުގެ މަސްލަޙަތަށް އެކަނި ނޫންކަމާއި، މުޖުތަމަޢުގެ މަސްލަޙަތު ޙިމާޔަތްކުރުމާއިއެކު ކުށުގެ
ހިތުގައިވާ މީހެއްގެ ފަރުދީ މަސްލަޙަތު އަދި އެމީހެއްގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ
ފަނޑިޔާރު ރިޢާޔަތްކޮށް މި ދެ މަސްލަޙަތު ބެލެންސް ކުރެވޭނެ ގޮތެއްގެ މައްޗަށް
ތުހުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭނެކަމާއި، އަދި މިގޮތަށް
ބަންދުގައި ބަހައްޓާ ބެހެއްޓުމުގައި މުޅި މައްސަލައިގެ ވަށައިގެންވާ
ކަންކަމުގެ
ޕީބޭޏވެއެގެ
8 (85ވެ
މައަޗަށްވެސް
ކުށުގެ
މައްޗަށާއި، ކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3Y674
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/94
ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާ، ކުށުގެ ތުހުމަތުގައިވާ މީހަކަށް ލުއި ދިނުމުގެ ގޮތުން އެމީހަކު
ގޭބަންދަށް ބަދަލުކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ ބާރެއްކަން އެނގެން އޮތްއިރު، ހުށައެޅިފައިވާ
މައްސަލައެއްގެ ޙުކުމް ކުރުމުގެކުރީން އެމައްސަލައިގެ ޝަރީޢަތް ނިމެންދެން ނުވަތަ ވަކި މުއްދަތަކަށް
ކުށުގެ ތުހުމަތުގައިވާ މީހާ ބަންދުގައި ބެހެއްޓޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތްތަކުގެ
ތެރެއިން ޙާލަތެއްދިމާވެފައިވާނަމަ، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު، އެމައްސަލައިގެ ޝަރީޢަތަށް
ހުށައެޅިފައިވާ އެންމެހާ ކަންކަމުގެ މައްޗަށް އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު ބެއްލެވުމަށް
ފަހުގައިކަން އެނގޭކަމާއި، އަދި މިގޮތަށް މައްސަލައިގެ ޝަރީޢަތަށް ހުށައެޅިފައިވާ ކަންކަމާއި، އިޝާރާތް
ކުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަން މައްސަލައިގައި އަދި ތުހުމަތު
ކުރެވޭ ފަރާތެއްގެ ކިބައިގައި ހުރިކަން ބަލާ ވަޒަންކޮށް ބަންދާމެދު ގޮތެއް ނިންމުމަކީ، އެމައްސަލައެއްގައި
ކަންހިނގާފައިވާ ގޮތް (ފެކްޓްސް) ތަކާއި ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބެލުމަށްފަހު
ނޫނީ އެނގޭނެކަމެއް ނޫންކަމާއި،
COC Uc >
8
9 ހ
އަދި މިގޮތުގެމަތިން އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި
ކަންހިނގާފައިވާ ގޮތް (ފެކްޓްސް) ތަކާއި ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބަލައި، އެންމެ
އެކަށީގެންވާ ގޮތެއްގައި އެކަންކަން ވަޒަންކުރެވޭނީ އެމައްސަލައެއް މަޢުޟޫއީ ގޮތުން ބައްލަވާ
ފަނޑިޔާރަށްކަމާއި، މިހެންކަމުން އަދި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 13
ފަރުމާކުރެވިފައިވާގޮތުން، ޝަރީޢަތުގެ މަރުހަލާގައި ހައްޔަރު ނުވަތަ ބަންދާމެދު
މައްސަލަތަކުގައި ގޮތެއް ކަނޑައެޅުމަކީ އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކަށް ލިބިގެންވާ "ތަޤްދީރީ"
(discretionary) ބާރެއް ކަން އެނގޭކަމާއި،
ވަނަ
ގޮތެއް ނިންމުމުގެ
4
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 30/SC-A/2009 މައްސަލަ ނިންމެވިއިރު
ފާހަގަކުރެއްވި ނުކުތާތަކުގެ 07 ވަނަ ނަންބަރުގައިވާ އުސޫލަށް ބަލާއިރު، މައްސަލައެއްގެ ޝަރީޢަތަށް
ހުށައެޅޭ ކަންކަން ވަޒަންކުރުމަށް ފަހު، މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ލިބިފައިވާ ތަޤްދީރީބާރުގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:2647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/94
ދަށުން ކަނޑައެޅޭ ކަންކަމަކީ، އެކަންކަމުގެ މައްޗަށް އިސްތިއުނާފް ކޯޓުގެ "ރަޤާބާ" (review) އިން
ބޭރުގައިވާ
ކަންތައްތަކެއްކަން އެނގެއެވެ.
އއ އދވތ ހއ
Ocx
(ނ) ހަތަރުވަނަކަމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ނ) އަށް
ރިޢާޔަތްކޮށް، ހުށައެޅިފައިވާ މައްސަލައަށް ބަލާ ޝަރީޢަތުގެ މަރުހަލާގައި ހައްޔަރު ނުވަތަ ބަންދާމެދު
ގޮތެއް ނިންމުމުގައި، ކުށުގެ ތުހުމަތުގައިވާ މީހަކަށް ލުއިދިނުމުގެ ގޮތުން އެމީހަކު ގޭބަންދަށް
ބަދަލުކުރުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަން އެނގެން އޮތްއިރު،
މިކަން ކުރުމުގައި ޢަމަލު ކުރަންޖެހޭ އިޖުރާއާތުތައް މިމާއްދާގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުން މިފަދަ
މައްސަލައެއްގައި ގޮތެއް ނިންމަންޖެހޭނީ އެމީހާގެ މައްޗަށް ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލަ ބައްލަވާ
ފަނޑިޔާރަކު ނުވަތަ ސަލަބައްލަވާ ފަނޑިޔާރު ނެތްނަމަ ކޯޓުގެ އިސްފަނޑިޔާރު ނުވަތަ
އިސްފަނޑިޔާރު ކަނޑައަޅާ ފަރާތެއް ކަމުގައިވުމާއި، ބަންދާމެދު ގޮތެއް ނިންމައި ދިނުމަށް ކުށުގެ
ތުހުމަތުގައިވާ މީހާ އެދިފައިވުމާއި، ބަންދާމެދު ގޮތެއް ނިންމުމުގެ ކުރިން އެމައްސަލައެއްގައި
ހުށައެޅިފައިވާ ކަންކަމުގެ މައްޗަށް ބެލުމަށްފަހުގައިކަން އެނގޭކަމާއި، ހުށައެޅިފައިވާ މިވާ މައްސަލައިގައި
ކަން ހިނގައިދިޔަ ގޮތުގެ މައްޗަށް ބަލާއިރު، މުޙައްމަދު މީޢާދަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ
މައްސަލައިގައި ތުހުމަތު ކުރެވިގެން އޭނާގެ މައްސަލައިގެ ތަޙްޤީޤު ނިންމާ މައްސަލަ ޝަރީޢަތަށް
ހުށައެޅިފައިވާ ފަރާތެއްކަމާއި، މުޙައްމަދު މީޢާދު ބަންދާއިމެދު ގޮތެއް ނިންމާފައިވަނީ އެމައްސަލަ ބައްލަވާ
ފަނޑިޔާރުކަމާއި، މައްސަލަ ބައްލަވާ ފަނޑިޔާރު މިގޮތަށް ނިންމާފައިވަނީ މުޙައްމަދު އީޖާދުގެ ފަރާތުން
އެދުނު އެދުމެއްގެ މައްޗަށް ބަލާ، މުޙައްމަދު މީޢާދުގެ މައްޗަށް ކުރެވިފައިވާ ދަޢުވާއާ ގުޅިގެން
ޝަރީއަތަށް ހުށަހެޅިފައިވާ ކަންތައްތަކަށާއި، މައްސަލައިގެ ވަށައިގެންވާ އެހެނިހެން
ކަންކަމުގެ މައްޗަށް
ރިޢާޔަތްކުރުމަށްފަހުގައި ކަން އެނގޭއިރު، މުޙައްމަދު މީޢާދަށް ލުއިދިނުމުގެ ގޮތުން އޭނާ ގޭބަންދަށް
ބަދަލުކުރީ، އެމައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރުން ބޭރުން އަދި ޤަވާޢިދުގައިވާ
އިޖުރާއާތުން ބޭރުންކަން ވެސް އެނގޭކަށް ނެތެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކް
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/94
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/1882(J
(
MD-145 ކޯޓުއަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް
ނެރެފައިވާ އަމުރެއްކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެނުނެވެ
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
އިރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/1882(J
(
MD-145 ކޯޓުއަމުރަކީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv