ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/98 ޤަޟިއްޔާގެ ޙުކުމް
l
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/98
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 98/HC-A/2010
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުއްރަޙްމާން އިސްމާޢީލް
އައިޑީ ކާޑު ނަންބަރ: A043369
ދާއިމީ އެޑްރެސް: މމދ.ދަފްތަރު2373
މިހާރުގެ އެޑްރެސް: މއ.ރިހިވިލާ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ
ންބަރު.
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
T
* ރަޖިސްޓްރީކުރެވުނު ތާރީޚް: 12 މެއި 2010 * ނިމުނު ތާރީޚް:
20 ފެބުރުވަރީ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/JC/364
ނިންމެވިކޯޓް: ޖިނާއީ ކޯޓު
. މައްސަލައިގެ ބާވަތް: އެކައުންޓްގައި ފައިސާނެތި ޗެކްދޫކޮށް އެޗެކްގައިވާ އަދަދަށް ފައިސާ ނުދެއްކުން
ހުށަހެޅި ތާރީޚް: 18 ފެބުރުވަ
ނިމުނު ތާރީޚް: 26 މާރޗް 2009
2009
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރުން އަބްދުލްޣަނީ މުޙައްމަދު އިސްފަނޑިޔާރުން އަޙުމަދު ޝަރީފު
ފަނޑިޔާރުން އައްބާސް ޝަރީފު
ދިވެހިރާއްa
ޢަޠީކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
2
2010/HC-A/98
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
C
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީކޯޓުގެ ނަންބަރު: 2009/JC/364 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުންއެދި ޢަބްދުއްރަޙްމާނު
އިސްމާޢީލް/ މމ...ދަފްތަރު (ދ.ރ.ކާޑް ނަންބަރު 043369-A) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހެވެ.
CCC
ދެވުނު ނުކުތާތައް:
-ol
cut o
CCC
މިއީ، ޖިނާއީކޯޓުގެ ނަންބަރު: 2009/JC/364 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުންއެ
ކޮށްދިނުންއެދި ޢަބްދުއްރަޙްމާނު
އިސްމާޢީލް މމ.ލ.ދަފްތަރު (ދ.ރ.ކާޑް ނަންބަރު 043369-A) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިޔުޓަރ
ޖެނެރަލްގެ އޮފީހެވެ.
02- ޖިނާއީކޯޓުގެ ނަންބަރު: 2009/JC/364 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ޢަބްދުއްރަޙްމާނު އިސްމާޢީލް/ މއ.ޅ.ދަފްތަރު (ދ.ރ.ކާޑް ނަންބަރު 043369-A)
ގަނެފައިވާ ތެލުގެ އަގު ދެއްކުމުގެ ގޮތުން، ޕައިޕްލައިން އިންވެސްޓްމަންޓް ގެ ނަމުގައި ހަބީބު ބޭންކުގައި
ހުޅުވާފައިވާ ނަންބަރު
އެކައުންޓުން
އޮކްޓޯބަރ
-/000'66ރ.(ފަސްދޮޅަސް ހަހާސް ރުފިޔާ) ނެގޭގޮތަށް ޢަބްދުއްރަޙްމާނު އިސްމާޢީލް ދޫކޮށްފައިވާ ނަންބަރު
1506546 ޗެކަށް އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން، އެޗެކަށް ބޭންކުން ފައިސާ ލިބިފައި ނުވާތީ،
އެޗެކްގައިވާ ޢަދަދަށް ފައިސާ ދެއްކުމަށް މެރީޑިއަމް ސާރވިސް ޕވޓ.ލިޓޑ
180743
17
2008
ގެ ފަރާތުން ލިޔުމަކުޖްގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/98
$4
4 ¢ ¢ ¢
ގެ
ޢަބްދުއްރަޙްމާނު އިސްމާޢީލަށް އެންގުމުން، 07 (ހަތެއް) ދުވަހުގެ ތެރޭގައި ޢަބްދުއްރަޙްމާން އިސްމާޢީލް
އެފައިސާ ދައްކާފައި ނުވާކަމަށްބުނެ، ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ
ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ޢަބްދުއްރަޙްމާނު
އިސްމާޢީލް ގެ މައްޗަށް، އެކައުންޓުގައި ފައިސާނެތި ޗެކް ދޫކޮށް، އެޗެކްގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ
ދަޢުވާއާއި، ޢަބްދުއްރަޙްމާނު އިސްމާޢީލު އަތުން މެރީޑިއަމް ސާރވިސް ޕވޓ.ލޓޑ އަށް ލިބެންޖެހޭ
ފައިސާގެ ތެރެއިން ނުލިބިވާ ފައިސާ ޢަބްދުއްރަޙްމާނު އިސްމާޢީލުގެ އަތުން ހޯދުމަށް މެރީޑިއަމް ސާރވިސް
ޕީވޓ.ލިޓޑ ގެ ފަރާތުން އެދޭ މައްސަލަ ޕްރޮސިކިޔުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅުމުން ބައްލަވާފައިވާ
ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ، އިސްވެ ބަޔާންކުރެވުނު ޗެކް، އެކައުންޓުގައި ފައިސާ ނެތިގެން
ބައުންސް ވެފައިވާކަމާއި، އެޗެކުގައިވާ ޢަދަދަށް ފައިސާ ދިނުމަށް މެރީޑިއަމް ސާރވިސް ޕވޓ.ލޓޑ
ފަރާތުން ޢަބްދުއްރަޙްމާނު އިސްމާޢީލަށް ލިޔުމުން އަންގާފައިވާކަމާއި، ނަމަވެސް އެއެންގުމާއި އެއްގޮތަށްވެސް
ޢަބްދުއްރަޙްމާނު އިސްމާޢީލު ފައިސާ ދައްކާފައި ނުވާކަން ޢަބްދުއްރަޙްމާނު އިސްމާޢީލްގެ ބަހުން ޝަރީޢަށް
ސާބިތުވާކަމާއި، އަދި ޖިނާއީކޯޓުގެ ނަންބަރު: 2009/JC/364 ޤަޟިއްޔާގެ ޙުކުމްކުރި ތާރީޚް ކަމުގައިވާ
26 މާރޗް 2009 އާއި ހަމައަށްވެސް ޢަބްދުއްރަޙްމާނު އިސްމާޢީލް ފައިސާ ދައްކާފައި ނުވާކަމަށް މެރީޑިއަމް
ސާރވިސް ޕވޓ.ލޓޑ ގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރައްވައި، އެކައުންޓުގައި ފައިސާނެތި ޗެކް ދޫކޮށް،
އެޗެކްގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ކުށުން ޢަބްދުއްރަޙްމާނު އިސްމާޢީލް ކުށްވެރިވެއްޖެ ކަމަށް
ކަނޑައަޅައި، އެއީ ޢަބްދުއްރަޙްމާނު އިސްމާޢީލްގެ މައްޗަށް އެބާވަތުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު
ކަމުގައިވާތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި
ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) އާއި، އެމާއްދާގެ (ށ) ގެ ދަށުން ޢަބްދުއްރަޙްމާނު
އިސްމާޢީލް 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް، އެމައްސަލާގައި ބަދަލުގެ ބައި
ބަލައި ދެވިފައި ނުވާކަން އަންގައި، އެމައްސަލަ ނިންމުމަށް ކޯޓަށް ހާޟިރުވުމަށް ކޯޓު އަމުރާއިއްޓޭގެ
ޢާއިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނހިގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/98
4
2 ހއ
« 4ހދ8ޖެނެ
44
/4ޑ
ޢަބްދުއްރަޙްމާނު އިސްމާޢީލް އަމިއްލައަށް ޙަވާލުވެ ކޯޓަށް ހާޒިރުވެފައި ނުވާތީ، ކޯޓަށް މީހުން ޙާޟިރު
ކުރުމާބެހޭ ޤަވާޢިދުގެ 30 ވަނަ މާއްދާގެ ދަށުން ޢަބްދުއްރަޙްމާނު އިސްމާޢީލް ގެ ޣައިރު ޙާޟިރުގައި މައްސަލަ
ނިންމަވާފައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާން ކުރެވުނު ގޮތުގެ މަތީން ޖިނާއީކޯޓުގެ ނަންބަރު: 2009/JC/364
ޤަޟިއްޔާ ގައި ޙުކުމް ކުރައްވާ ނިންމެވުމުން، އެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ކުރައްވާފައިވާ ޙުކުމެއް ނޫންކަމަށް ޢަބްދުއްރަޙްމާނު އިސްމާޢީލް/ މމ.މ.ދަފްތަރު (ދ.ރ.ކާޑް ނަންބަރު
043369-A) ގެ ފަރާތުން 03 (ތިން) ނުކުތާއެއް ހުށައަޅާ އެނުކުތާތަކާ
ބެހޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ:
ޖިނާއީކޯޓުގެ ނަންބަރު:
2009/JC/364 ޤަޟިއްޔާގައި
ޢަބްދުއްރަޙްމާނު އިސްމާޢީލް ގެ ޣައިރު ޙާޟިރުގައި މައްސަލަ ނިންމަވާ ޙުކުމް ކުރެއްވިއިރު، ޢަބްދުއްރަޙްމާނު
އިސްމާޢީލަށް ފޮނުވާފައިވާ ކޯޓަށް ހާޟިރުވުމުގެ އަމުރު ބާޠިލް ކުރައްވާފައި ނުވުމާއި، އެއަމުރުގައި ކޯޓަށް
ޙާޟިރުވުމަށް އަންގާފައިވާ ތާރީޚާއި ގަޑިއަށްވުރެ 01 (އެކެއް) މަސް ދުވަސް ކުރިން މައްސަލަ ނިންމަވާފައިވާ
ކަމަށްބުނެ ފާހަގަކޮށްފައިވާ ތެއެވެ.
ދެވަނަ ނުކުތާއަކީ: ޖިނާއީކޯޓުގެ ނަންބަރު:
ޤަޟިއްޔާ
26 މާރޗް 2009 ގައި ނިންމަވާފައިވާއިރު، ޢަބްދުއްރަޙްމާނު އިސްމާޢީލަށް ޙަވާލު ކުރި ކޯޓަށް ޙާޟިރުވުމުގެ
އަމުރުގައި، ޙާޟިރުވުމަށް ކަނޑައަޅާފައިވަނީ 26 އޭޕްރީލް 2009 ދުވަހުގެ 10:00 އަށް ކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ތިންވަނަ ނުކުތާއަކީ: ޢަބްދުއްރަޙްމާނު އިސްމާޢީލް މެރީޑިއަމް ސާރވިސް ޕވޓ.ލޓޑ
އަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް 06 އޭޕްރީލް 2009 ދުވަހު ދައްކާ ޚަލާޞް ކޮށްފައިވާއިރު، ބައްލަވަންޖެހޭ
މިންވަރަށް ނުބައްލަވައި މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ނުކުތާއެވެ.
364/JC/2009
4 * *
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/98
03- މިމައްސަލައާއި ގުޅިގެން ޖިނާއީކޯޓުގެ ނަންބަރު: 2009/JC/364 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓަށާއި އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަބްދުއްރަޙްމާނު އިސްމާޢީލް
މއ.ދ.ދަފްތަރު (ދ.ރ.ކާޑް ނަންބަރު 043369-A) ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ
ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޖިނާއީކޯޓުގެ ނަންބަރު: 2009/JC/364 ޤަޟިއްޔާގައި ދައުލަތުން ޢަބްދުއްރަޙްމާނު
އިސްމާޢީލް މއ.ދ.ދަފްތަރު (ދ.ރ.ކާޑް ނަންބަރު 043369-A) ގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ،
މެރީޑިއަމް ސަރވިސް ޕވޓ.ލޓޑ އިން ގަނެފައިވާ ތެލުގެ އަގު ދެއްކުމުގެ ގޮތުން، ޕައިޕްލައިން
އިންވެސްޓްމަންޓް ގެ ނަމުގައި ހަބީބު ބޭންކުގައި ހުޅުވާފައިވާ ނަންބަރު 180743 އެކައުންޓުން
17 އޮކްޓޯބަރ 2008 ގައި -/000'66ރ.(ފަސްދޮޅަސް ހަހާސް ރުފިޔާ) ނެގޭގޮތަށް ޢަބްދުއްރަޙްމާނު
އިސްމާޢީލް ދޫކޮށްފައިވާ ނަންބަރު 1506546 ޗެކަށް އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން، ފައިސާ
ލިބިފައި ނުވާތީ، އެޗެކުގައިވާ ޢަދަދަށް ފައިސާ ދެއްކުމަށް މެރީޑިއަމް ސާރވިސް ވޏ.ލިޓޑ ގެ ފަރާތުން
ލިޔުމަކުން ޢަބްދުއްރަޙްމާނު އިސްމާޢީލަށް އެންގުމުން، 07 (ހަތެއް) ދުވަހުގެ ތެރޭގައި ޢަބްދުއްރަޙްމާން
އިސްމާޢީލް އެފައިސާ ދައްކާފައި ނުވާކަމަށްބުނެ، ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ
ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން
ޢަބްދުއްރަޙްމާނު އިސްމާޢީލް ގެ އެކައުންޓުގައި ފައިސާނެތި ޗެކް ދޫކޮށް، އެޗެކްގައިވާ ޢަދަދަށް
ފައިސާ ނުދެއްކުމުގެ ކުށުގެ ދަޢުވާއާއި، ޢަބްދުއްރަޙްމާނު
ޢަބްދުއްރަޙްމާނު އިސްމާޢީލު އަތުން މެރީޑިއަމް ސާރވިސް
ޕީވޓ.ލޓޑ އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ފައިސާ ޢަބްދުއްރަޙްމާނު އިސްމާޢީލުގެ އަތުން
ހޯދުމަށް މެރީޑިއަމް ސާރވިސް ޕވޓ.ލޓޑ ގެ ފަރާތުން އެދޭ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
24
މައަޗަށް،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/98
3 421 434/
6 24
به کره بر سر
ޖިނާއީ ކޯޓުގެ އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި 04 މާރޗް 2009 ދުވަހު
އިސްމާޢީލް ދީފައިވާ ބަޔާނަށް ބަލާއިރު، ދައުލަތުން އޭނާގެ
މައްޗަށް ކޮށްފައިވާ،
އެކައުންޓުގައި ފައިސާނެތި ޗެކް ދޫކޮށް، އެޗެކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ކުށުގެ ދަޢުވާ ސާފުވެއްޖެ
ކަމަށާއި، އެއީ ތެދު ދަޢުވާއެއް ކަމަށާއި، އެހާތަނަށް އެފައިސާ ދައްކާފައި ނުވާނެ ކަމަށާއި، ވީހާވެސް
އަވަހަކަށް އެފައިސާ ދައްކާ ޚަލާސް ކުރުމަށް ހުރިކަމަށް، އެބަޔާނުގައި ޢަބްދުއްރަޙްމާނު އިސްމާޢީލް
ބުނެފައިވާކަން އެނގެން އޮންނަކަން ފާހަގަކުރެ
(63
2 ޑ
ގެކެރެއެވެ.
(ލ) ޖިނާއީކޯޓުގެ ނަންބަރު: 2009/JC/364 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން
ޢަބްދުއްރަޙްމާނު އިސްމާޢީލް ފާހަގަކޮށްފައިވާ ނުކުތާތަކުގައި، ޖިނާއީކޯޓުގެ ނަންބަރު:2009/JC/364
ޤަޟިއްޔާގައި ޢަބްދުއްރަޙްމާނު އިސްމާޢީލް ގެ ޣައިރު ޙާޟިރުގައި މައްސަލަ ނިންމަވާ ޙުކުމް ކުރެއްވިއިރު،
ޢަބްދުއްރަޙްމާނު އިސްމާޢީލަށް ފޮނުވާފައިވާ ކޯޓަށް ޙާޟިރުވުމުގެ އަމުރު ބާޠިލް ކުރައްވާފައި ނުވުމާއި،
އެއަމުރުގައި ކޯޓަށް ޙާޟިރުވުމަށް އަންގާފައިވާ ތާރީޚާއި ގަޑިއަށްވުރެ 01 (އެކެއް) މަސް ދުވަސް ކުރިން
މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެފައިވާތީއާއި،
ޢަބްދުއްރަޙްމާނު
އިސްމާޢީލް މެރީޑިއަމް ސާރވިސް ޕވޓ.ލިޓޑ އަށް ދައްކަންޖެހޭ ހުރިހާ
ފައިސާއެއް 06 އޭޕްރީލް 2009 ދުވަހު ދައްކާ ޚަލާޞް ކޮށްފައިވާއިރު، ބައްލަވަންޖެހޭ މިންވަރަށް
ނުބައްލަވައި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެފައިވާތީ، އެނުކުތާތަކަށް ބެލުމުގެ ގޮތުން ހައިކޯޓުގެ
ބެލިބެލުމުން،
ޢަބްދުއްރަޙްމާނު އިސްމާޢީލް ބުނެފައިވާ ފަދައިން ޖިނާއީކޯޓުގެ ނަންބަރު:2009/JC/364
ޤަޟިއްޔާ ނިންމަވާފައިވަނީ ޢަބްދުއްރަޙްމާނު އިސްމާޢީލުގެ ޣައިރު ޙާޟިރުގައި ކަމާއި، އޭނާގެ ޣައިރު
ހާޒިރުގައި މައްސަލަ ނިންމެވި ސަބަބަކީ، މައްސަލާގެ ޙުކުމް ކުރުމަށް ޢަބްދުއްރަޙްމާނު އިސްމާޢީލު އެކޯޓަށް
ހާޒިރުވުމަށް އަންގާ އޭނާއަށް ފޮނުވުނު ކޯޓަށް ހާޒިރުވުމުގެ އަމުރާއި ޢަބްދުއްރަޙްމާނު އިސްމާޢީލު އަމިއްލައަށް
ހަވާލުވެ ކޯޓަށް ހާޒިރުވެފައި ނުވާތީކަމާއި، އަދި ޢަބްދުއްރަޙްމާނު އިސްމާޢީލުގެ ޣައިރު ހާޒިރުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/98
CCCX
އަޑުއެހުމެއް
ކުރައްވާފައިވަނީ ޝަރީޢަތް ކުރުމާއި ބެހޭ ޤަވާޢިދުގެ 30 ވަނަ މާއްދާގެ ދަށުންކަމަށް އެޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 04 ވަނަ ނަންބަރުގައި ފާހަގަ ކޮށްފައިވާކަން އެނގެން އޮވެއެވެ.
(ނ) ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން
ދައްކާފައިވާ ވާހަކައަށް ބަލާއިރު، ޖިނާއީކޯޓުގެ ނަންބަރު: 2009/JC/364 ޤަޟިއްޔާގެ ޝަރީޢަތުގެ
އެންމެ ފުރަތަމަ ބޭއްވިފައިވަނީ 04 މާރޗް 2009 ދުވަހު ކަމާއި، އެދުވަހު ޢަބްދުއްރަޙްމާނު
އިސްމާޢީލުގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާއަކީ ތެދު ދަޢުވާއެއްކަމަށް ބުނެ، އެދަޢުވާގައި ބުނެފައިވާ ފައިސާ
ދެއްކުމަށްޓަކައި ފުރުޞަތެއް ދެއްވުމަށް މައްސަލަ ބެއްލެވި ޤާޟީގެ އަރިހުން ޢަބްދުއްރަޙްމާނު އިސްމާޢީލު
އެދިފައިވާކަމާއި، އެފަދައިން އެދުމުން މައްސަލާގައި ބަދަލު ލިބޭ ފަރާތް ޙާޟިރު ކޮށްގެން އެހެން ދުވަހަކު
އެމައްސަލާގެ އަޑުއެހުމެއް ބާއްވާނެކަމަށާއި، އެދުވަހަކާއި ހަމައަށް ޢަބްދުއްރަޙްމާނު އިސްމާޢީލްގެ ފަރާތުން
ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާނަމަ، އެދުވަހުން މައްސަލަ ނިންމަވާނެ ކަމަށް މައްސަލަ ބެއްލެވި ޤާޟީ
04 މާރޗް 2009 ދުވަހު ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވެފައިވާކަމަށާ، ނަމަވެސް އެދުވަހު ޝަރީޢަތުގެ
މަޖިލީހުގައި ދެވަނަ އަޑުއެހުން ބާއްވާނެ ތާރީޚެއް ކަނޑައަޅުއްވާފައި ނުވާކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު 07 ޖުލައި 2010 ދުވަހު ބުނެފައިވާކަން އެނގެން އޮންނަކަމާއި،
އަދި އެދުވަހު އެފަދައިން ޤާޟީ ވިދާޅުވުމަށްފަހު، ދެން މައްސަލަ އޮންނާނެ ތާރީޚާއި ގަޑި
ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް އަންގާފައިވަނީ ސިޓީއަކުން ކަމަށާއި، އެއީ 26 މާރޗް 2009 ދުވަހުގެ
10:00 އަށް ކަމަށާއި، ޖިނާއީކޯޓުގެ ނަންބަރު: 2009/JC/364 ޤަޟިއްޔާ 26 މާރޗް 2009 ދުވަހުގެ
އަށް ހަމަޖައްސަވާފައިވަނީ، އޭގެކުރީން އެދުވަހުގެ އެގަޑިއަށް އެހެން މައްސަލައެއް
ހަމަޖެއްސުމަށްފަހު، އެމައްސަލަ ކެންސަލް ކުރައްވާފައިކަމަށާއި، އަދި ދައުލަތުގެ ފަރާތުން ޙާޟިރުވުމުން،
ޢަބްދުއްރަޙްމާނު އިސްމާޢީލް "ޗިޓް" އާއި ހަވާލު ޙާޟިރުވެފައި ނުވާތީ، އޭނާގެ ޣައިރު ޙާޟިރުގައި ޙުކުމް
ކުރެއްވީކަމަށް ދައުލަތުގެ ވަކީލް ހައިކޯޓަށް ދީފައިވާ އިސްވެ ބަޔާން ކުރެވުނު ބަޔާނުގައި ބުނެފައިވާކަން
"10:00
Oc
ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/98
(ރ) ހައިކޯޓުގެ މިޤަޟިއްޔާއާ ގުޅިގެން ޢަބްދުއްރަޙްމާނު އިސްމާޢީލުގެ ފަރާތުން ދައްކާފައިވާ
ވާހަކައަށް ބަލާއިރު، ދައުލަތުގެ ވަކީލާގެ ފަރާތުން ބުނެފައިވާ ފަދައިން ޖިނާއީކޯޓުގެ ނަންބަރު:
2009/JC/364 ޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުމެއް 04 މާރޗް 2009 ދުވަހު ބޭއްވުމަށްފަހު، ފައިސާ
ދެއްކުމަށްޓަކައި އިތުރު ފުރުޞަތެއް ދެއްވުމަށް މައްސަލަ ބެއްލެވި ޤާޟީގެ އަރިހުގައި ދެންނެވުމުން،
އެފުރުޞަތު ދެއްވުމަށްފަހު، ދެން އޭގެ ފަހުން އޭނަށް ކޯޓަށް ޙާޟިރުވުގެ އަމުރެއް ލިބިފައިވަނީ
26 އޭޕްރީލް 2009 ދުވަހުގެ 10:00 ޙާޟިރު ވުމަށްކަމާއި، 26 މާރޗް 2009 ދުވަހު ޖިނާއީ ކޯޓަށް
ޙާޟިރުވުމަށް އަމުރެއް ލިބިފައި ނުވާކަމަށާއި، އަދި 26 މާރޗް 2009 ގައި ޙުކުމް ކޮށްފައިވާކަން އޭނާއަށް
އެގިފައިވަނީ އޭގެ އެތަކެއް ދުވަހެއް ފަހުންކަމަށް ޢަބްދުއްރަޙްމާނު އިސްމާޢީލް ބުނެފައިވާކަން އެނގެން
އޮންނައިރު،
ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 145
/
2010
/
1027/އޭ-196 ގެ ސިޓީއާއި
ހަވާލާ ދެއްވާ ޖިނާއީ ކޯޓުން ފޮނުއްވާފައިވާ އެކޯޓުގެ ނަންބަރު 2010/891(09-2/
364-JB1B-145
(29 ޖޫން 2010) ގެ ސިޓީގައި، "ޢަބްދުއްރަޙްމާނު އިސްމާޢީލްގެ މައްސަލަ ނިންމަން އޮތީ
26 މާރޗް 2009 ގައެވެ. ތިޔައޮފީހަށް މައްސަލައަށް ކިޔާފައި އޮތީ އެތާރީޚަށެވެ. ނަމަވެސް މިކޯޓުން
ޢަބްދުއްރަޙްމާނު އިސްމާޢީލަށް ދިން އަމުރުގައި އޮޅިގެން 26 އޭޕްރީލް 2009 ގެ ތާރީޚް ޖަހައި އޭނާއާއި
އަމުރު ޙަވާލު ކުރެވިފަވެއެވެ. ނަމަވެސް މައްސަލަ ނިންމަން އޮތް ދުވަހުގެ އެއްދުވަސް ކުރިން ޢަބްދުއްރަޙްމާނު
އިސްމާޢީލަށް ފޯނުން ގުޅައި ޙާޟިރުވާން އެންގުމުން ޙާޟިރު ނުވާނެ ކަމަށް ބުނިކަމަށް ކޯޓް އޮފިސަރު
ފަނޑިޔާރަށް ދެންނެވިކަމަށް ކޯޓު އޮފިސަރ ބުނެފައިވެއެވެ. މައްސަލަ އޭނާގެ ޣައިރު ޙާޟިރުގައި ނިންމީ އޭނާ
ޙާޞިލުވާން ޖެހޭކަން އެނގިހުރެ އާޝިރު ނުވުމުންނެވެ އޭނާއަށް ދެވިފައިވާ އަމުރުގައި 26 އޭޕްރީލް 2009
ޖެހިފައިވާކަން ކޯޓަށް އެނގިފައިވަނީ 22 ފެބްރުއަރީ 2010 ގައި އޭނާ މިކޯޓަށް ސިޓީއެއް ފޮނުވުމުންނެވެ.
މައްސަލަ ނިންމައި ރިޕޯޓު ލިޔުނު އިރުވެސް އެކަން ފާހަގަކުރެވިފައި
ކޮށްފައިވާކަން އެނގޭކަމާއި،
1 2 3
އެ.
މިފަދައިން ބަޔާން
ކުއީކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/98
އޭނާއަށް
59
އިސްވެ ބަޔާން ކުރެވުނު ޖިނާއީ ކޯޓުގެ ސިޓީގައިވާ ޢިބާރާތްތަކަށް ބަލާއިރު، އެސިޓީގެ ފަހު
ބައިގައި، ދެވިފައިވާ އަމުރުގައި 26 އޭޕްރީލް 2009 ޖެހިފައިވާކަން ކޯޓަށް އެނގިފައިވަނީ
22ފެބްރުއަރީ 2010 ގައި އޭނާ މިކޯޓަށް ސިޓީއެއް މައްސަލަ ނިންމައި ރިޕޯޓު ލިޔުނު
އިރުވެސް އެކަން ފާހަގަކުރެވިފައި ނުވެއެވެ." މިފަދައިން ވިދާޅުވެފައިވާ ވިދާޅުވުމުން 26 މާރޗް 2009
ދުވަހު ޖިނާއީކޯޓުގެ ނަންބަރު: 2009/JC/364 ޤަޟިއްޔާގައި ޙުކުމް ކުރެއްވިއިރު، ޢަބްދުއްރަޙްމާން
އިސްމާޢީލަށް އެކޯޓަށް ހާޒިރުވުމަށް ހަވާލު ކުރެވުނު ޗިޓުގައި ލިޔެވިފައިވަނީ 26 އޭޕްރީލް 2009 ދުވަހުގެ
10:00 އަށް ހާޒިރުވުމަށްކަން އެކޯޓަށް އެނގިފައި ނުވާކަން ސާފުކޮށް އެނގެން އޮންނަކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން އެސިޓީގައި ޖިނާއީ ކޯޓުގެ ކޯޓު އޮފިސަރާއި ހަވާލާދީ ބަޔާން ކޮށްފައިވާ ވާހަކައަކީ ކަމުގެ ޙަޤީޤަތް
ކަމަށް ބުރަވެވެން ނެތްކަމާއި، އެއީ ކަމުގެ ޙަޤީޤަތްނަމަ މައްސަލަ ނިންމާ ރިޕޯޓު ތައްޔާރު ކުރިއިރުވެސް،
ޢަބްދުއްރަޙްމާނު އިސްމާޢީލަށް ޗިޓް ޙަވާލު ކުރުމުގައި އޮޅުން އަރާފައިވާކަމާއި، ޢަބްދުއްރަޙްމާނު އިސްމާޢީލުގެ
ފަރާތުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދީން ފުރުޞަތުގައި އެފައިސާ ދައްކާފައިވާކަން ކޯޓަށް ނޭގުމެއްގެ
ތެރޭގައި ނުވީސްކަން ސާފުކޮށް އެނގެން އޮވެއެވެ.
•) ޖިނާއީކޯޓުގެ ނަންބަރު: 2009/JC/364 ޤަޟިއްޔާ ގައި ޢަބްދުއްރަޙްމާނު އިސްމާޢީލުގެ
މައްޗަށް 26 މާރޗް 2009 ދުވަހު އޭނާގެ ޣައިރު ޙާޟިރުގައި ޙުކުމް ކުރައްވާފައިވަނީ، ކޯޓަށް މީހުން
ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު" ގެ 30 ވަނަ މާއްދާއަށް ރިޢާޔަތް ކުރައްވައިގެން ކަމަށް
އެޙުކުމުގައި ބަޔާން ކޮށްފައިވާއިރު، އެގޮތަށް އެމާއްދާއަށް ރިޢާޔަތް ކުރެވިފައިވަނީ ޢަބްދުއްރަޙްމާނު
އިސްމާޢީލަށްވެސް ކޯޓަށް ހާޟިރުވުމަށް އަންގާ ޗިޓް ޙަވާލު ކުރެވުނީ ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށްވެސް
ޗިޓް ޙަވާލު ކުރެވިފައިވާ ތާރީޚާއި ގަޑިއަށް ކަމަށް އޭރު ކޯޓަށް ޤަބޫލު ކުރެވިފައި އޮތީމަކަމާއި، ނަމަވެސް
ޢަބްދުއްރަޙްމާނު އިސްމާޢީލް 22 ފެބްރުއަރީ 2010 ގައި ޖިނާއީ ކޯޓަށް ފޮނުވި ސިޓީއާއި ގުޅިގެން އެކޯޓުގެ
ސަމާލު ކަމަށް މިކަން އައިސްފައިވާކަމާއި، އެހާތަނުން ފެށިގެން ބެލިބެލުމުން ޢަބްދުއްރަޙްމާނު އިސްމާޢީލަށް
ކޯޓަށް ހާޒިރުވުމަށް އެންގިފައިވަނީ 26 މާރޗް 2009 ދުވަހުގެ 10:00 އަށް ނޫންކަމާއި، 26
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/98
2009 ދުވަހުގެ 10:00 އަށް ކަން އެނގިފައިވުމުން، ޖިނާއީކޯޓުގެ ނަންބަރު: 2009/JC/364 ޤަޟިއްޔާ
ގައި ޢަބްދުއްރަޙްމާނު އިސްމާޢީލުގެ ޣައިރު ޙާޟިރުގައި 26 މާރޗް 2009 ގައި ޙުކުމް ކުރެވިފައި އެވަނީ
ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު" ގެ 30 ވަނަ މާއްދާއަށް ރިޢާޔަތް
ކުރައްވައިގެން ނޫންކަން އެނގޭކަމާއި، އަދި އެކަން ހިނގާފައިވަނީ އޮޅުމަކުންކަން ސާފުވާން
އޮންނަކަން
ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންތައްތަކަށް
ރިޢާޔަތްކޮށް
4
M ހއ
ބަލާއިރު، ޖިނާއީކޯޓުގެ ނަންބަރު: 2009/JC/364 ޤަޟިއްޔާ ގެ ޝަރީޢަތުގެ މަޖިލީހެއް އެންމެ ފުރަތަމަ
ބޭއްވިފައިވަނީ 04 މާރޗް 2009 ގައި ކަމާއި، އެދުވަހު ޢަބްދުއްރަޙްމާނު އިސްމާޢީލުގެ މައްޗަށް އުފުލުނު
ދަޢުވާއަށް އޭނާ އެއްބަސްވެ، އެފައިސާ ދެއްކުމަށްޓަކައި ފުރުޞަތެއް ދެއްވުމަށް އެދުމުން،
އެފުރުޞަތު އެމައްސަލާގެ ޝަރީޢަތުގެ މަޖިލީހެއް ދެން ބޭއްވޭ ދުވަހު ފައިސާ ދައްކާފައި ނުވާނަމަ ޙުކުމް
ކުރާނެ ކަމަށް މައްސަލަ ބެއްލެވި ޤާޟީ ވިދާޅުވުމަށްފަހު،އޭގެ ފަހުގެ ތާރީޚެއްގައި 26 މާރޗް 2009 ދުވަހުގެ
10:00 އަށް އެމައްސަލާގެ އަޑުއެހުމެއް ޝެޑިއުލްކޮށް ކޯޓަށް ހާޒިރުވުމުގެ އަމުރު ދެފަރާތަށް ފޮނުވިއިރު،
އޮޅުމަކުން ޢަބްދުއްރަޙްމާނު އިސްމާޢީލަށް ފޮނުވުނު އަމުރުގައި އޭނާ ޙާޟިރުވާން ޖެހޭ ތާރީޚާއި ގަޑިއަކީ
26 އޭޕްރީލް 2009 ދުވަހުގެ 10:00 ކަމަށް ލިޔެފައިވާއިރު، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް
އެންގިފައިވަނީ 26 މާރޗް 2009 ދުވަހުގެ 10:00 އަށް ހާޒިރުވުމަށްކަމާއި، ޢަބްދުއްރަޙްމާނު އިސްމާޢީލް
ކޯޓަށް ހާޒިރުވާން ޖެހޭކަން އެނގިހުރެ ކޯޓަށް ހާޒިރުވެފައި ނުވާކަމަށް ބައްލަވައި އޭނާގެ ޣައިރު ޙާޟިރުގައި
ޙުކުމް ކުރައްވާފައިވަނީ 26 މާރޗް 2009 ދުވަހު ކަން އެނގެން އޮންނާތީ، އެއީ "ކޯޓަށް މީހުން ޙާޟިރު
ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު" ގެ 30 ވަނަ މާއްދާއަށް ރިޢާޔަތް ކުރައްވައިގެން ކުރައްވާފައިވާ
ޙުކުމެއް ނޫންކަން އެނގެން އޮންނާތީ، އެޙުކުމް އެގޮތަށް ޢަބްދުއްރަޙްމާނު އިސްމާޢީލްގެ ޣައިރު ހާޒިރުގައި
ކުރެވިފައި އެވަނީ، މީހެއްގެ ޣައިރު ޙާޟިރުގައި ޖިނާއީ މައްސަލައެއްގައި ޙުކުމް ކުރުމުގެ ކުރިން ފުރިހަމަ
ކުރަންޖެހޭ އިޖްރާއާތު ފުރިހަމަ ކުރެވިގެން ނޫންކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލިތަންވެއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނހިގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/98
އިއްތިފާޤު ވެވުނު ހިނދު، އެޤަޟިއްޔާގެ ޙުކުމް ބާޠިލް ކުރުމަށް މިމައްސަލަ ބެލި ފަނޑިޔާރުން އިއްތިފާޤު
ވެފައިވެއެވެ.
180743
17
2008
034ނV
ދެންފަހެ، ޢަބްދުއްރަޙްމާނު އިސްމާޢީލް/ މމ.ފ.ދަފްތަރު (ދ.ރ.ކާޑް ނަންބަރު 043369-A)
އިން ގަނެފައިވާ ތެލުގެ އަގު ދެއްކުމުގެ ގޮތުން، ޕައިޕްލައިން އިންވެސްޓްމަންޓް ގެ ނަމުގައި ހަބީބު ބޭންކުގައި
ހުޅުވާފައިވާ ނަންބަރު
އެކައުންޓުން
އޮކްޓޯބަރ
-/
66000ރ.(ފަސްދޮޅަސް ހަހާސް ރުފިޔާ) ނެގޭގޮތަށް ޢަބްދުއްރަޙްމާނު އިސްމާޢީލް ދޫކޮށްފައިވާ ނަންބަރު
1506546 ޗެކަށް އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން ފައިސާ ލިބިފައި ނުވާތީ، އެޗެކްގައިވާ ޢަދަދަށް
ފައިސާ ދެއްކުމަށް މެރީޑިއަމް ސާރވިސް ޕވޓ.ލިޓޑ ގެ ފަރާތުން ލިޔުމަކުން ޢަބްދުއްރަޙްމާނު އިސްމާޢީލަށް
07 (ހަތެއް) ދުވަހުގެ ތެރޭގައި ޢަބްދުއްރަޙްމާން އިސްމާޢީލް އެފައިސާ ދައްކާފައި
ވާކަމަށްބުނެ، ޤާނޫނު ނަންބަރު 16195 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ
39 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ޢަބްދުއްރަޙްމާނު އިސްމާޢީލް ގެ މައްޗަށް،
އެކައުންޓުގައި ފައިސާނެތި ޗެކް ދޫކޮށް، އެޗެކުގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ކުށުގެ ދަޢުވާއާއި،
ޢަބްދުއްރަޙްމާނު އިސްމާޢީލު އަތުން މެރީޑިއަމް ސާރވިސް ޕވޓ.ލޓޑ އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން
ނުލިބިވާ ފައިސާ ޢަބްދުއްރަޙްމާނު އިސްމާޢީލުގެ އަތުން ހޯދުމަށް މެރީޑިއަމް ސާރވިސް ޕވޓ.ލިޓޑ ގެ
ފަރާތުން އެދޭ މައްސަލަ ޕްރޮސިކިޔުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅުމުން ޖިނާއީކޯޓުގެ ނަންބަރު:
2009/JC/364 ޤަޟިއްޔާ ބައްލަވާފައިވައި، ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ
ޤަވާޢިދު" ގެ 30 ވަނަ މާއްދާއަށް ރިޢާޔަތް ކުރައްވައި، 26 މާރޗް 2009 ދުވަހު ޢަބްދުއްރަޙްމާނު
އިސްމާޢީލުގެ ޣައިރު ޙާޟިރުގައި ޙުކުމް ކުރައްވާފައިވަނީ، ޖިނާއީ މައްސަލައެއްގައި މީހެއްގެ ޣައިރު ހާޒިރުގައި
ޙުކުމް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭނެ ކަމަށް ބުނެފައިވާ އިޖްރާއާތު ފުރިހަމަ ކުރެވިގެން ނޫންކަން
އެނގެން އޮންނާތީ، އެޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، އެކުށުގެ މައްޗަށް ޢަބްދުއްރަޙްމާނު އިސްމާޢީލުގެ މައްޗަން
، ކައިވެa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
ރިވެތި
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/98
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަލުން ދަޢުވާކުރުމަށް ބޭނުންވާނަމަ
ވާނަމަ، އެފުރުޞަތު ޕްރޮސިކިއުޓަރ
ޖެނެރަލަށް ލިބިގެންވާކަމަށް
ހ4 4
ﷲ ގެ
އެގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv