ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/269 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2[13/HC-A/269
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 269/HC
-
A/2013
ގއ. ވިލި
އިސްތިއުނާފުކުރި ފަރާތް:
ނަން:
ސަމީރު އަޙްމަދު
މިހާރުގެ އެޑްރެސް: ގ.ފްލާވަރ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ދާއިމީ އެޑްރެސް: އިރުމަތީއާގެ
އައިޑީކާޑް ނަންބަރު: A075275
z ނަން: މުޙައްމަދު ޒާހިރު
*
ދާއިމީ އެޑްރެސް:ވިލާ/ ގއ.ކޮލަމާފުށި
*
މިހާރުގެ އެޑްރެސް: ގ.ކޮލަމަ
*
އައިޑީކާޑް ނަންބަރު: A042549
ރަޖިސްޓްރީކުރެވުނު ތާރީޚް: 04 ސެޕްޓެމްބަރ 2013 • ނިމުނު ތާރީޚް: 19އޮކްޓޯބަރ 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1998 ޤަޟިއްޔާ
ޤަޟިއްޔާގެ ބާވަތް: ކުލީގެ ފައިސާ ހޯދުމާއި ކުއްޔަށްދިންބައި ހުސްކުރުމަށް.
• ނިންމެވި ކޯޓް: ސިވިލް ކޯޓު
• ހުށަހެޅުނު ތާރީޚް: 20 ނޮވެމްބަރ 2012 ނިމުނު ތާރީޚް: 09 އެޕްރީލް 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުއްރައޫފު
އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޑޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުދީ، މާލެ، ދިވެހިރާއްޖެ، ފޯން: 3
:
325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2{13/HC-A/269
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދައުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1998 ޤަޟިއްޔާ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި
ގއ.ވިލިގިނލި އިރުމަތީއާގެ ސަމީރު އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤާޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގއ.ކޮލަމާފުށި ! ވިލާ މުޙައްމަދު ޒާހިރު
ފާހަގަކުރެވުނު ނުކުތާތައް
12
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1998 ޤަޟިއްޔާ އަކީ ފަސްކޮޅު! މާލެ
އާދަމް ޝަރީފުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު ބ.10016 މއ. ފަސްކޮޅު އެވެ ކިޔާ
ބަންޑާރަޤާތި ހިމެނޭ 802 އަކަފޫޓުގެ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭމުދާ މުޙައްމަދު ޒާހިރުއަށް
110 މަސްދުވަހަށް ކުއްޔަށް ދިނުމަށް މުޙައްމަދު ޒާހިރުއާއި އާދަމް ޝަރީފްއާ ދެމެދު ހެދިފައިވާ
އެއްބަސްވުމެއްގެ ދަށުން މުޙައްމަދު ޒާހިރުއަށް މއ. ފަސްކޮޅު ކުއްޔަށް ލިބުނުފަހުން. ގއ.ވިލިނގިލި
އިރުމަތީއާގެ ސަމީރު އަޙްމަދުއަށް މއ. ފަސްކޮޅު 01 ޖެނުއަރީ 2009 އިން ފެށިގެން، 04 އަހަރު
ދުވަހުގެ މުއްދަތަށް މަހަކު -/20,000ރ (ވިހިހާސް ރުފިޔާ) އަށް ކުއްޔަށް ދިނުމަށް މުޙައްމަދު ޒާހިރުއާ
ސަމީރު އަޙްމަދުއާއި ދެމެދު 24 ޑިސެމްބަރ 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ސަމީރު
އަޙްމަދުއަށް ކުއްޔަށް ދީފައިވާއިރު، ކުލީގެ ގޮތުގައި މިހާތަނަށް ދޭންޖެހި ނުދީވާ ފައިސާ ސަމީރު އަޙްމަދުގެ
އަތުން ހޯދައި ދިނުމަށާއި،
ފަސްކޮޅު ހުސްކޮށް މުޙައްމަދު ޒާހިރުއާއި ޙަވާލުކުރުމަށް ސަމީރު
އަޙްމަދަށް އަންގައިދިނުމަށް އެދި މުޙައްމަދު ޒާހިރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ބެލެވުނު
9އ
ހިޖްހިރާއްޑީ
ހައިރާ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2013/HC-A/269
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާއެއްކަމާއި،
OXO
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މއ. ފަސްކޮޅު| މާލެ އާދަމް ޝަރީފްގެ
ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު ބ.10016 މއ. ފަސްކޮޅުގެއެވެ ކިޔާ ބަންޑާރަ ގޯތި ހިމެނޭ
802 އަކަފޫޓްގެ ބިމާއި އެބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭމުދާ (މީގެ ފަހުން މއ.ފަސްކޮޅު" ކަމަށް
ބުނެފައިވާ ތަން) ގއ.ކޮލަމާފުށި އެސްޕީވިލާ މުޙައްމަދު ޒާހިރުއަށް 10 މަސްދުވަހަށް ކުއްޔަށް ދިނުމަށް
މުޙައްމަދު ޒާހިރުއާއި އާދަމް ޝަރީފްއާއި ދެމެދު ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން މުޙައްމަދު ޒާހިރުއަށް
މއ.ފަސްކޮޅު ކުއްޔަށް ލިބުނު ފަހުން، ގއ.ވިލިނގިލި އިރުމަތީއާގެ ސަމީރު އަޙްމަދުއަށް އއ.ފަސްކޮޅު
01 ޖެނުއަރީ 2009 އިން ފެށިގެން 14 އަހަރު ދުވަހުގެ މުއްދަތަށް މަހަކު -/20,000ރ (ވިހިހާސް
ރުފިޔާ) އަށް ކުއްޔަށް ދިނުމަށް މުހައްމަދު ޒާހިރުއާއި ސަމީރު އަޙްމަދުއާއި ދެމެދު 24 ޑިސެމްބަރ 2008
ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ސަމީރު އަޙްމަދުގެ އަތުން ހޯދައި ދިނުމަށާއި، މއ.ފަސްކޮޅު ހުސްކޮށް
މުޙައްމަދު ޒާހިރުއާއި ޙަވާލުކުރުމަށް ސަމީރު އަޙްމަދު އަށް އަންގައި ދިނުމަށް އެދި ސަމީރު އަޙްމަދުގެ
މައްޗަށް މުޙައްމަދު ޒާހިރު ކޮށްފައިވާ މިދަޢުވާ ޝަރީޢަތުން ބެލިއިރު 24 ޑިސެމްބަރ 2008 ގައި
ސޮއިކުރެވުނު އެއްބަސްވުމުގެ ފަހުން ތަނުގެ ކުއްޔަކީ -/5,000ރ (ފަސްހާސް ރުފިޔާ) ކަމަށް ކަނޑައަޅައި
ދެފަރާތް ދެމެދުގައި 27 ޑިސެމްބަރު 2008 ގައި އާ އެއްބަސްވުމެއް ހެދިފައިވާ ކަމަށް ސަމީރު އަޙްމަދު
ބުނެފައިވާއިރު އެގޮތަށް އެއްބަސްވެފައި ނުވާނެ ކަމަށް މުޙައްމަދު ޒާހިރު ބުނެފައިވުމާއި އެއްބަސްވުމުގެ
އަޞްލު ސަމީރު އަޙްމަދު ޝަރީޢަތަށް ހުށަހަޅާފައި ނުވުމާއި، ދެފަރާތް ދެމެދުގައި 27 ޑިސެމްބަރު 2008
ގައި ދެފަރާތުން ކުރިން ބުނެފައިވާ ފަދައިން އެއްބަސްވެފައިވާކަން ސާބިތުކުރުމަށް ސަމީރު އަޙްމަދު ދެހެކިން
ހުށަހަޅާފައިވާއިރު، 24 ޑިސެމްބަރ 2008 ގައި ދެފަރާތް ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ސަމީރު
އަޙްމަދުއަށް މއ. ފަސްކޮޅު ކުއްޔަށް ދީފައިވާކަން ދެފަރާތުގެ ބަހުން އެނގެން އޮތުމާއި ދެފަރާތުން ސޮއިކޮށް
އިނގިލީގެ ނިޝާން ޖަހާފައިވާ އެއެއްބަސްވުމުގެ އަޞްލު ޝަރީޢަތަށް ހުށަހެޅިފައިވުމުން އެއެއްބަސްވުމަކީ
ހިޖްހިރާއްޑީގެ ފީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3
:
325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{13/HC-A/269
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދެފަރާތް ދެމެދުގައި މިބުނެވިދިޔަ މުޢާމަލާތް ހިނގިކަމަށް ޔަޤީންވެފައިވާ ކިތާބީ ހެއްކަކަށް ވުމާއި އެކިތާބީ
ހެކި ނަފީކުރުމަށް ދެހެކިން ހުށަހެޅި ނަމަވެސް ދެހެކިންގެ ހެކިބަހުން ކިތާބީ ހެކި ނަފީނުކުރެވޭތީ، ދެފަރާތް
ދެމެދުގައި ޢަމަލުކުރެވޭނެ އެއްބަސްވުމަކީ 24 ޑިސެމްބަރު 2008 ގައި ދެފަރާތްދެމެދު ވެފައިވާ
އެއްބަސްވުން ކަމަށްވުމުން
2013 އެޕްރީލް މަހުގެ ނިޔަލަށް ކުލީގެ ގޮތުގައި ދޭންޖެހި ނުދީވާ -/810,000ރ
(އަށްލައްކަ ދިހަ ހާސް ރުފިޔާ) އަކީ މުޙައްމަދު ޒާހިރުއަށް ސަމީރު އަޙްމަދު ދޭންޖެހޭ ފައިސާ ކަމަށް
ކަނޑައަޅައި މިފައިސާ މުޙައްމަދު ޒާހިރުއަށް ލިބިދިނުމަށްޓަކައި މިއަދުން ފެށިގެން 06 (ހައެއް)
މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭވަރަށްވުރެ މަދުނޫން ޢަދަދެއް ސިވިލް ކޯޓަށް
ދައްކައި ނިންމުމަށް ސަމީރު އަޙްމަދަށް އަންގައި 24 ޑިސެމްބަރ 2008 ގައި ދެފަރާތުގެ ދެމެދުގައި
ވެފައިވާ އެއްބަސްވުމުގެ މުއްދަތު 31 ޑިސެމްބަރ 2012 އަށް ހަމަވެފައިވާތީ، 2013 އެޕްރީލް 30 ވަނަ
ދުވަހުގެ ކުރިން
މއ. ފަސްކޮޅު ހުސްކޮށް މުޙައްމަދު ޒާހިރު އާއި ޙަވާލުކުރުމަށް ސަމީރު އަޙްމަދުއަށް
އަންގައި ހުކުމް ކޮށްފީމެވެ. " މިފަދައިންކަން އެނގެން އޮވެއެވެ.
2- ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1998 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ވިލިގިނލި
އިރުމަތީއާގެ ސަމީރު އަޙްމަދުގެ ފަރާތުން އެއް ނުކުތާ ހުށަހަޅައި އެނުކުތާއާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ހއ ހ2
މަދު އާއި
2ދ 0
20
ހއެ39
އެނުކުތާއަކީ، ސަމީރު
މަދު ޒާހިރު އާއި ދެމެދު
އުމަލުކުރެވޭނެ އެއްބަސްވުމަކީ 24 ޑިސެމްބަރ 2008 ގައި ވެފައިވާ އެއްބަސްވުމެއްކަމަށް ނިންމާފައިވަނީ
ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު)ގެ 1 ވަނަ މާއްދާއާއި 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާ
ދިވެހިރާއް)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮޔާރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2013/HC-A/269
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އާއި އަދި ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާއި ބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާ އާއި 5 ވަނަ
މާއްދާއާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
3- ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1998 ޤަޟިއްޔާނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހޭ ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ
އއ.
ކުއްޔަން
(ހ) ފުރަތަމަ ކަމަކީ، 01 ޖެނުއަރީ 2009 އިން ފެށިގެން 4 އަހަރަށް މ.ފަސްކޮޅު ގެ
ދިނުމަށް މުހައްމަދު ޒާހިރުއާއި ސަމީރު އަޙްމަދު އާދެމެދު 24 ޑިސެމްބަރ 2008 ވަނަ ދުވަހު
އެއްބަސް ވުމެއް ވެފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭކަމާއި، މި އެއްބަސްވުމުގައި ތަނުގެ ކުލީގެ
ގޮތުގައި ކަނޑައަޅުއްވާފައިވާ -/20,000ރ (ވިހިހާސް) ރުފިޔާ އާއި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި.
/10,000ރ (ދިހަހާސް) ރުފިޔާ އެއްބަސްވުމުގައި ސޮއިކުރެވުނު ދުވަހު މުޙައްމަދު ޒާހިރުއަށް
ދައްކާފައިވާކަން އެނގޭކަމާއި
މުޙައްމަދު ޒާހިރުއާއި ސަމީރު އަޙްމަދު އާދެމެދު "މ.ފަސްކޮޅުގެ" ކުއްޔަށް ދިނުމަށް
އެއްބަސްވެފައިވީނަމަވެސް "މ.ފަސްކޮޅުގެ" ނަމުގައި މާލޭގައި އެއްވެސް އަވަށެއްގައި އެއްވެސް ގޯއްޗެއް
މާލޭ މުނިސިޕަލްޓީގެ ލިޔެކިޔުންތަކުގައި ރިކޯޑު ކުރެވިފައި ނުވާކަމާއި، ނަމަވެސް "މިއ.ފަސްކޮޅު
ނަމުގައި ގޯއްޗެއް އާދަމް ޝަރީފުގެ ނަމުގައި ރަޖިސްޓްރީފައިވާ ވާކަން އެއޮފީހުގެ ނަންބަރު
144
/
2011
/
15/c-99 ސިޓީއިން އެނގެން އޮންނަ ކަމާއި، އަދި މއ. ފަސްކޮޅު ދިގު މުއްތަކަށް
ކުއްޔަށް ހިފުމަށް އެގޭގެ ވެރިފަރާތް ކަމުގައިވާ މއ.ފަސްކޮޅު އާދަމް ޝަރީފްއާއި މުހައްމަދު ޒާހިރުއާއި
ދެމެދު އެއްބަސްވުމެއް ކުރެވިފައިވާކަން އެނގޭ ކަމާއި އެހެން ކަމުން މުހައްމަދު ޒާހިރުއާއި ސަމީރު
2x 2
ހިޓްއިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{13/HC-A/269
އަޙްމަދު އާދެމެދު ކުއްޔަށް ދިނުމަށް ވެވުނު އެއްބަސްވުމުގައި މ.ފަސްކޮޅުގެ ކަމަށް ބަޔާންކުރެވިފައިވަނީ
ލިޔުމުގެ ކުށަކުން ކަމަށް ބެލެވޭ ކަމާއި، އެހެންކަމުން މުހައްމަދު ޒާހިރުއާއި ސަމީރު އަޙްމަދުއާ ދެމެދު
24 ޑިސެމްބަރު 2008 ގައި ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔަށް
ދޫކުރެވިފައިވަނީ މއ. ފަސްކޮޅު ކަމަށް ޤަބޫލުކުރެވެއެވެ.
02 ތ 0
32 ތ
އެއްބަސްވުމެ
(ނ) ދެވަނަ ކަމަކީ، އިސްވެބުނެވުނު 24 ޑިސެމްބަރ 2008 ވަނަ ދުވަހުގެ
ބަސްވުމުގައި ސޮއިކުރިފަހުން، މއ.ފަސްކޮޅު މަހަކު -/5,000ރ (ފަސްހާސް ރުފިޔާ) އަށް ކުއްޔަށް
ދިނުމަށް މުޙައްމަދު ޒާހިރުއާއި ސަމީރު އަޙްމަދު އާދެމެދު އާއެއްބަސްވުމެއް 27 ޑިސެމްބަރު 2008 ގައި
ކުރެވުނު ކަމަށް ސަމީރު އަޙްމަދުގެ ފަރާތުން ބުނެފައިވާ ކަމާއި އެއްބަސްވުމުގެ 14 ވަނަ މާއްދާގައި،
މިއެއްބަސްވުމުގެ ކުރިން އެއްބަސްވުމުގެ ކުއްޔަށްދޭ ޢިމާރާތް ކުއްޔަށްދިނުމަށްޓަކައި އެއްބަސްވުމެއް
ހަދާފައިވާނަމަ، ހަދާފައިވާ އެއްބަސްވުން އެއެއްބަސްވުމުގައި ސޮއިކުރާ ވަގުތުން ފެށިގެން ބާޠިލް ވާނެކަމަށް
ބަޔާންކޮށްފައިވާ ކަން އެނގޭކަމާއި އަދި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާވަގުތު -/
210,000ރ
(ދެލައްކަ ދިހަހާސް ރުފިޔާ) ކުއްޔަށް ދޫކުރިފަރާތަށް ހަވާލުކުރަންޖެހޭ ކަމަށްވެސް އެ އެއްބަސްވުމުގައި
ބަޔާންކޮށްފައިވާ އިރު އެފައިސާ އަޙްމަދު ޒާހިރުއަށް ދީފައިވާ ކަމަށް ބުނެ ސަމީރު އަޙްމަދު ގެ ފަރާތުން
ބުނެވުނު އެއްބަސްވުމުގެ ކޮޕީއެއް ދަށު ކޯޓުގެ ޝަރީޢަތަށް ހުށަހަޅާފައިވާ ކަމާއި އެ އެއްބަސްވުމަކީ
މުޙައްމަދު ޒާހިރު ސޮއިކޮށްފައިވާ އެއްބަސްވުމެއް އެއަށް މުޙައްމަދު ޒާހިރު އިންކާރު
ކޮށްފައިވާކަން އެނގެން އޮންނަކަމާއި އަދި އެއެއްބަސްވުމުގެ އަސްލު، ޝަރީއަތަށް ހުށަހެޅިފައިނުވާކަމާއި،
އެއްބަސްވުމުގެ އަސްލު ޝަރީޢަތަށް ހުށަހެޅިފައި ނުވަނީ އޭގެ އަސްލު އޮތީ މުޙައްމަދު ޒާހިރު ގެ އަތުގައި
ކަމަށް ވެފައި އެއްބަސްވުމުގެ އަސްލެއް ސަމީރު އަޙްމަދަށް ލިބިފައި ނުވާތީ ކަމަށް ބުނެ 27 ޑިސެމްބަރު
މއ. ފަސްކޮޅު ކުއްޔަށް ދިނުމަށް އެއްބަސްވުމެއް ވެފައިވާކަން ސާބިތުކުރުމަށްޓަކައި ސަމީރު
އަޙްމަދުގެ ފަރާތުން ދެހެކިން ޝަރީޢަތަށް ހުށަހަޅާފައިވާކަމާއި އަދި އެހެކިން ދަށުކޯޓުގެ ޝަރީޢަތަށް
22
2 ހދ 0
2
2
ނޫން ކަމަށެވެ
2008 ގައި
ހިޖްހިރާއްޑީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮޔާރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{13/HC-A/269
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހާޟިރުކޮށް ބަޔާން ނަގާފައިވިއަސް ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1998 ޤަޟިއްޔާ ގެ
ޙުކުމުގައި " 27 ޑިސެމްބަރު 2008 ގައި ދެފަރާތުން ކުރިން ބުނެފައިވާ ފަދައިން އެއްބަސްވެފައިވާކަން
ސާބިތުކުރުމަށް ސަމީރު އަޙްމަދު ދެހެކިން ހުށަހަޅާފައިވާއިރު 24 ޑިސެމްބަރ 2008 ގައި ދެފަރާތުގެ
ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ސަމީރު އަޙްމަދުއަށް މއ. ފަސްކޮޅު ކުއްޔަށް ދީފައިވާކަން
ދެފަރާތުގެ ބަހުން އެނގެން އޮތުމާއި، ދެފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ އެއެއްބަސްވުމުގެ
އަޞްލު ޝަރީޢަތަށް ހުށަހެޅިފައިވުމުން، އެއެއްބަސްވުމަކީ ދެފަރާތް ދެމެދުގައި މިބުނެވިދިޔަ މުޢާމަލާތް
ހިނގިކަމަށް ޔަޤީންވެފައިވާ ކިތާބީ ހެއްކަކަށްވުމާއި، އެ ކިތާބީ ހެކި ނަފީކުރުމަށް ދެހެކިން
ހުށައެޅިނަމަވެސް، ޔަޤީން ވެފައިވާ ކަމެއް ޝައްކަކުން ފިލުވައި ނުލެވޭނެތީ، ދެހެކިންގެ ހެކިބަހުން ކިތާބީ
ހެކި ނަފީނުކުރެވޭތީ، ދެފަރާތް ދެމެދުގައި ޢަމަލުކުރެވޭނެ އެއްބަސްވުމަކީ 24 ޑިސެމްބަރު 2008 ގައި
ދެފަރާތް ދެމެދުގައި ވެފައިވާ އެއްބަސްބުން ކަމަށް" ކަނޑައަޅުއްވާފައިވާކަން އެނގޭއިރު 27 ޑިސެމްބަރ
2008 ގެ އެއްބަސްވުމާ
ގެގޮތުގައި ދީފައިވާ ފައިސާ -/
200,000ރ (ދެލައްކަ
ރުފިޔާ) ދައްކާފައިވާ ކަމަށް އެޤަޟިއްޔާގައި ސާބިތުކުރެވިފައިވާކަންވެސް އެނގެއެވެ.
24 12
00 22
0 0 2 04
އެއްގޮތަށް އެޑްވާންސް
(ނ) ތިންވަނަ ކަމަކީ، 27 ޑިސެމްބަރ 2008 ގައި ވެވެނު އެއްބަސްވުމާ އެއްގޮތަށް
މއ.ފަސްކޮޅު ކުއްޔަށް ހިފުމަށްޓަކައި މުޙައްމަދު ޒާހިރުއަށް ދައްކަންޖެހޭ އެޑްވާންސް ފައިސާގެ ގޮތުގައި
-/200,000ރ (ދެލައްކަ ރުފިޔާ) މުޙައްމަދު ޒާހިރުއަށް ދީފައިވާ ކަމަށްބުނެ އެކަމާ ގުޅޭ ލިޔުންތަކެއް
ދަށުކޯޓަށް ހުށަހެޅިފައިވާކަން އެނގެން އޮތްނަމަވެސް މުޙައްމަދު ޒާހިރުގެ ފަރާތުން ބުނެފައިވަނީ އެފައިސާ
-/
200,000ރ (ދެލައްކަ ރުފިޔާ) އަކީ ކުލި ދެއްކުމުގެ ގޮތުން ނުވަތަ ކުރީގެ އެޑްވާންސެއްގެ ގޮތުގައި
ދައްކާފައިވާ ފައިސާއެއް ނޫންކަމަށާއި އެއީ ލޯންޗް ތަކެއްގެ މުޢާމަލާތަކާ ގުޅިގެން ދީފައިވާ ފައިސާއެއް
ކަމަށް މުޙައްމަދު ޒާހިރުގެ ފަރާތުން ބުނެފައިވާއިރު އެއީ ލޯންޗް ތަކެއްގެ މުޢާމަލާތްތަކާ ގުޅިގެން ދެއްކި
ފައިސާއެއްކަން އެނގޭފަދަ އެއްވެސް ހުއްޖަތެއް ހުށަހެޅިފައި ނުވާކަން އެނގޭކަމާއި އަދި އެފައިސާ
ދިވެހިރާއް)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A269
ދެއްކި ރިސިޕްޓްތަކަށް ބަލާއިރު އެއީ.
42
ފަސްކޮޅު ކިޔާ ގޭގެ ކުލީގެ އެޑްވާންސަށް ދައްކާފައިވާ
ފައިސާއެއްކަން އެނގެން އޮވެއެވެ.
(ނ) ހަތަރުވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1998 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ބ) ގައި ތަނުގެ ކުލި ދިނުމުގެ ގޮތުން
ސަމީރު
އަޙްމަދު ހިއްސާވާ ވިމް ކޮމް ޕްރައިވެޓް ލިމިޓެޑް އެވި ކިޔާ ކުންފުންޏަކުން -/200,000ރ (ދެލައްކަ
ރުފިޔާ) މުޙައްމަދު ޒާހިރުއަށް ދީފައިވާ ކަމަށް ސަމީރު އަޙްމަދު ބުނެފައިވާކަމަށާއި ހުށަހެޅިފައިވާ
ލިޔުންތަކުން އެކަން އެނގެން އޮތްކަމަށާއި، މުޙައްމަދު ޒާހިރުގެ ފަރާތުން މިކަމާ ގުޅިގެން އެއްވެސް
އެއްޗެއް ޝަރީޢަތުގައި ނުބުނެ ހަނުހުރެފައިވާތީ މިބުނެވިދިޔަ ފައިސާއަކީ މުޙައްމަދު ޒާހިރުއަށް ސަމީރު
އަޙްމަދުގެ ފަރާތުން ލިބިފައިވާ ފައިސާއެއްކަމަށް ބަލަންޖެހޭ ކަމަށް ކަނޑައަޅުއްވާ 24 ޑިސެމްބަރ 2008
ގައި ސަމީރު އަޙްމަދާއި މުޙައްމަދު ޒާހިރުއާއި ދެމެދުގައި މއ. ފަސްކޮޅު ކުއްޔަށް ދިނުމާބެހޭ ގޮތުން
ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ސަމީރު އަޙްމަދު ދައްކަން ޖެހޭކަމަށް ކަނޑައަޅުއްވާފައިވާ
ފައިސާއިން އިސްވެ ނަންގަނެވުނު -;200.000ރ (ދެލައްކަ ރުފިޔާ) ރުފިޔާ އުނިކުރައްވަފައިވާކަންވެސް
އެނގޭއިރު
24 ޑިސެމްބަރ 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެފަދަ މިންވަރެއްގެ
ފައިސާއެއް ދެއްކުމަށް އެއްބަސްވުމުގައި ލާޒިމުކުރެވިފައި ނުވާކަމާއި އެހެންނަ
އެހެންނަމަވެސް 27 ޑިސެމްބަރު
މއ. ފަސްކޮޅު ކިޔާ ގޯތި ކުއްޔަށްދިނުމާ ގުޅޭގޮތުން މުޙައްމަދު ޒާހިރުއާއި، ސަމީރު
އަޙްމަދުއާއި ދެފަރާތުގެ މެދުގައި އެއްބަސްވެފައިވާކަމަށް ބުނާ އެއްބަސްވުމަށް ބަލާއިރު އެއްބަސްވުމުގައި،
ސޮއިކުރާއިރު -/210,000ރ (ދެލައްކަ ދިހަހާސް ރުފިޔާ) އެތަން ކުއްޔަށް ހިފާ ފަރާތުން ކުއްޔަށް ދޫކުރާ
ފަރާތަށް ޙަވާލުކުރަންޖެ
ހަންޖެހޭ ކަމަށް ބަޔާންކުރެވިފައި ވާކަން އެނގޭކަމާއި އަދި މުޙައްމަދު ޒާހިރުއަށް ފައިސާ
2008 ގައި
ދިވެހިރާއްޑޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3
:
325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
2{13/HC-A/269
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 20
ދެއްކި ދެރިސިޕްޓްއަށް ބެލުމުންވެސް މއ. ފަސްކޮޅު ކިޔާ ގޭގެ ކުލީގެ އެޑްވާންސްއަށް -/200,000ރ
(ދެލައްކަ ރުފިޔާ) ދައްކާފައިވާކަން އެނގެން އޮންނައިރު ސިވިލް ކޯޓުގެ އިސްވެ ނަންގަނެވުނު
ޤަޟިއްޔާގައި 24 ޑިސެމްބަރު 2008 ގައި ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސަމީރު
އަޙްމަދުއަށް މއ. ފަސްކޮޅު ކުއްޔަށް ދީފައިވާކަން ދެފަރާތުގެ ބަހުން އެނގެން އޮތުމާއި، ދެފަރާތުން
ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ އެއްބަސްވުމުގެ އަސްލު ޝަރީޢަތަށް ހުށަހެޅިފައިވުމުން،
އެއެއްބަސްވުމަކީ ދެފަރާތް ދެމެދުގައި މިބުނެވިދިޔަ މުޢާމަލާތް ހިނގިކަމަށް ޔަޤީންވެފައިވާ ކިތާބީ ހެއްކަކަށް
ވުމާއި، އެކިތާބީ ހެކި ނަފީކުރުމަށް ދެހެކިން ހުށަހެޅިނަމަވެސް، ދެހެކިންގެ ހެކިބަހުން ކިތާބީ ހެކި ނަފީ
ނުކުރެވޭތީ، ދެފަރާތް ދެމެދުގައި ޢަމަލުކުރެވޭނެ އެއްބަސްވުމަކީ 24 ޑިސެމްބަރ 2008 ގައި ދެފަރާތް
ދެމެދުގައި ވެފައިވާ އެއްބަސްވުން ކަމަށް ކަނޑައަޅުއްވާފައިވިއަސް، ސަމީރު އަޙްމަދު ސިވިލް ކޯޓުގެ
ނަންގަނެވުނު ޤަޟިއްޔާގައި ހުށަހެޅި ހެކިންނަކީ އެޤަޟިއްޔާގައި ސަމީރު އަޙްމަދުގެ މައްޗަށް ހުށަހަޅާފައިވާ
ދަޢުވާއާ ގުޅިގެން ސަމީރު އަޙްމަދުގެ ފަރާތުން އަނެއް ޚަސްމަށް ކުރިމަތިކޮށްފައިވާ ދިފާޢީ
ދަފުޢު" އެއް
ސާބިތުކުރުމުގެ ގޮތުން ހުށަހަޅާފައިވާ ހެކީންކަމަށް ބަލަންޖެހޭ ކަމާއި މިއުޞޫލަކީ ދިވެހިރާއްޖޭގެ ސްޕްރީމް
ކޯޓުގެ ނަންބަރު 02/SC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލެއް ކަމާއި އަދި އެއުޞޫލު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާއާއި އެފަދަ
އެފަދަ އެހެން
ޤަޟިއްޔާތަކުގައިވެސް ބަޔާންކުރެވިފައިވާކަން އެނގެއެވެ.
ﷲ123
24 0
2011/HC-A/192
•) ފަސްވަނަ ކަމަކީ، ޤާނޫނު ނަންބަރު 4/91 ( ކޮންޓްރެކްޓާއި ބެހޭ ޤާނޫނު) ގެ 4
ވަނަ މާއްދާގައި " ޤާނޫނު އެހެން ގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން
އެއްޗެއް ނޫނެވެ." މިފަދައިން ބަޔާން ކުރެވި އަދި އެޤާނޫނުގެ 5 ވަނަ މާއްދާގައި " މިޤާނޫނުގައި
ބުނެފައިވާގޮތުގެ މަތިން އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް އެހުށަހެޅުން ރައްދުވި ފަރާތުން ޤަބޫލު
ކުރުމުން ކޮންޓްރެކްޓެއް ކުރެވުނީއެވެ." މިފަދައިން ބަޔާން ކުރެވިފައިވާއިރު ދެފަރާތެއްގެ ދެމެދުގައި
ލާޒިމް އެއްޗެއް
ދިވެހިރާއްޑޭ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{13/HC-A/269
ކޮންޓްރެކްޓެއް ވެފައިވާކަން ސާބިތުކުރުމަށްޓަކައި ލިޔެވިފައިވާ ކޮންޓްރެކްޓެއް ނެތުމަކީ އޭގެ ޒާތުގައި
ކޮންޓްރެކްޓްގެ ވުޖޫދު ނަފީކުރެވޭނެ ކަމެއް ނޫން ކަން އެނގޭ ކަމާއި، ދެފަރާތެއްގެ ދެމެދުގައި
އެއްބަސްވުމެއް ވެވިފައިވޭތޯ އާއި އަދި ވެވިފައިވަނީ ކޮން ކަހަލަ އެއްބަސް ވުމެއްތޯ ދެނެގަތުމުގައި
ކަންހިނގާފައިވާ ގޮތުގެ މައްޗަށާއި ޢަމަލުތައް ބަހައްޓާ ގޮތެއްގެ މައްޗަށް ބިނާ ކޮށް އެއްބަސްވުމެއް
އުފެދިފައިވޭތޯއާއި އަދި އެއީ ކޮންބާވަތެއްގެ އެއްބަސްވުމެއްކަން ދެނެގަނެވިދާނެކަން އެނގޭކަމާއި ސިވިލް
ކޯޓުގެ ނަންބަރު 2012/Cv
-
C/1998 ޤަޟިއްޔާގައި 27 ޑިސެމްބަރ 2008 ގައި ސަމީރު އަޙްމަދާއި
މުޙައްމަދު ޒާހިރުއާއި މިދެފަރާތުގެ މެދުގައި އެއްބަސްވުމެއް ވެވިފައިވާކަމަށް ބުނެ ސަމީރު އަޙްމަދުގެ
ފަރާތުން ހުށަހެޅި އެއްބަސްވުމުގެ ކޮޕީގެ އަޞްލު ޝަރީޢަތަށް ހުށަހެޅިފައި ނުވުމުން އެއީ ވުޖޫދުގައި ނުވާ
އެއްބަސްވުމެއްގެ ގޮތުގައި އެޤަޟިއްޔާއިން ކަނޑައެޅިފައި ވާކަން އެނގޭއިރު 27 ޑިސެމްބަރ 2008
ގައި ސަމީރު އަޙްމަދާއި މުޙައްމަދު ޒާހިރުއާއި ދެމެދުގައި މއ.ފަސްކޮޅު ކުއްޔަށް ދިނުމާ ގުޅޭގޮތުން
އެގްރީމެންޓެއް ކުރެވިފައިވާކަން ސާބިތުކޮށްދިނުމަށްޓަކައި ސަމީރު އަޙްމަދުގެ ފަރާތުން، މއ. ފަސްކޮޅު
ކުލީގެ އެޑްވާންސް އަށް ފައިސާ ދެއްކިކަން އެނގޭ ރިސިޕްޓް ތަކަށް ރިޢާޔަތްކޮށް އެކަމަށް
ބައްލަވާ ވަޒަންކުރެވިފައިވާކަން ސިވިލް ކޯޓުގެ ނަންގަނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެންނެތްކަން ފާހަގަކުރެވޭކަމާއި، އަދި ސަމީރު އަޙްމަދުއާއި މުޙައްމަދު ޒާހިރުއާއި ދެމެދުގައި
27 ޑިސެމްބަރ 2008 ގައި އެގްރީމެންޓެއް ކުރެވިފައިވާކަން ސާބިތުކުރުމަށް ހުށަހެޅި ދެހެކިންނަކީވެސް
އެދެފަރާތުގެ މެދުގައި 24 ޑިސެމްބަރ 2008 ގައި ކުރެވިފައިވާ އެއްބަސްވުމުގެ ކިތާބީ ހެކި ނަފީކުރުމުގެ
ގޮތުން ސަމީރު އަޙްމަދުގެ ފަރާތުން ހުށަހެޅި ހެކިން ކަމަށް ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ންކުރެވިފައިވާއިރު ސަމީރު އަޙްމަދުގެ ފަރާތުން ދަށުކޯޓަށް ހެކިން ހުށަހަޅާފައިވަނީ 27 ޑިސެމްބަރ
2008 ގައި ސަމީރު އަޙްމަދުއާއި މުޙައްމަދު ޒާހިރުއާއި ދެމެދުގައި މއ. ފަސްކޮޅު ކުއްޔަށް ދިނުމާ ގުޅޭ
އެގްރީމެންޓެއް ކުރެވިފައިވާކަން ޝަރީޢަތަށް ސާބިތު ކޮށްދިނުމުގެ ގޮތުންކަން އެނގޭކަމެވެ.
22
1→
کر کی
22 20
ހިޓްއިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3
:
325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/269
އެހެންކަމުން ބަޔާންކުރެވިދިޔަ ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަން އެގޮތަށް ހުރުމުން
މިމައްސަލާގައި ފާހަގަ މިކުރެވުނު ކަންކަމުގެ އަލީގައި، މިމައްސަލައަކީ އަލުން ބަލައި ގޮތެއް ކަނޑައަޅަން
ޖެހޭ މައްސަލައެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އެއްބަސްވެވިފައިވެއެވެ.
ޙުކުމް
OX
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވިދިޔަ ގޮތަށް ހުރުމާއެކު
ނަންބަރު 2012/Cv
-
C/1998 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް މިމައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމުގެ
އަލީގައި މިމައްސަލަ އަލުން ބަލައި ނިންމުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ 46 މާއްދާގެ (ނ) ގެ ދަށުން ސިވިލް ކޯޓަށް މިމައްސަލަ ތަޙްލީލުކޮށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3
:
325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv