ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/247 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 247/HC-A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: ހ.ތިމާވެށި މާލެ
ރަޖިސްޓްރީ ނަންބަރު:24
/
81/C * މިހާރުގެ އެޑްރެސް: ބ.ތުނިޔަ މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
*
* ނަން: މާލެ އަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ ދާއިމީ އެޑްރެސް: މާލެ އަތޮޅު ހިންމަފުށީ
ކައުންސިލްގެ އިދާރާ
* މިހާރުގެ އެޑްރެސް: މާލެ އަތޮޅު ހިންމަފުށީ
ކައުންސިލްގެ އިދާރާ
އައިޑީ ކާޑުނަންބަރު
މ 24
ރެވުނު ތާރީޚް: 09 ޒުލްޤައިދާ 1435 * ނިމުނު ތާރީޚް: 01 ޛުލްޙިއްޖާ 1435
04 ސެޕްޓޭމްބަރ 2014
25 ސެޕްޓެމްބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/HC/16
• ނިންމެވިކޯޓް: މާލެ އަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓް
މައްސަލައިގެ ބާވަތް: ބަދަލު ހޯދުން
ހުށަހެޅި ތާރީޚް: 29 އޭޕްރީލް 2013 ނިމުނު ތާރީޚް: 18 އޯގަސްޓް 2014
،މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
29
ދިވެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2014/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިއީ، މާލެ އަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/H6C/16 ޤަޟިއްޔާ
އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ޖަރނީ ވޯލްޑް މޯލްޑިވްސް
ޕްރިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު24
/
81/C) ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރިވެޓް
ލިމިޓެޑްގެ ފަރާތުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ މާލެ އަތޮޅު ހިންމަފުށީ ކައުންސިލްގެ
އިދާރާއެވެ.
A01 އިސްތިއުނާފު މިކުރެވޭ މާލެ އަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013/H6C/16 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާއަކީ، ޖަރނީ ވޯލްޑް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން އާއި ދެމެދު
ކުރެވިފައިވާ ނަންބަރު: 6
/
117-H/2003 އެއްބަސްވުމުގެ ދަށުން ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއަށް ކ.ހިންމަފުށީން ކުއްޔަށް ދޫކޮށްފައިވާ ބިމާއި، އެބިމަށް ދައްކަންޖެހި ނުދައްކާވާ ކުއްޔާއި، ކުލި
ނުދެއްކުމުގެ ސަބަބުން ވެފައިވާ ޖޫރިމަނާ އެކުންފުނީން ހޯއްދަވައި ދެއްވުން އެދި ކ.ހިންމަފުށީ ކައުންސިލް
އިދާރާގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމަށް އެޤަޟިއްޔާގެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަން
އެނގެން އޮންނަކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "އިސްވެދިޔަ ވާހަކަތަކާއި،
ރިޢާޔަތްކުރާއިރު ކ.ހިންމަފުށީ ކައުންސިލް އިދާރާއިން ޓަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ މައްޗަށް ހުށަހެޅި ކައުންސިލް އިދާރާގެ ބިމެއް ހުސްކުރުމުގެ މައްސަލައިގައި، އެބިމަކީ ސްލިޕްވޭއެއް
ހިންގެވުމަށް ރަނގަޅުތަނެއް ނޫންކަމަށްވާތީ، ދިވެހި ސަރުކާރުން އެބިން ނަންގަވައިދެއްވުން އެދިމާމުގެ
444159
ވެވަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
20j4/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަދަލުގާ ކ.ތިލަފުށިން ހަމައެވަރުގެ ބޮޑު ބިމެއް ދީފާ އެބިމާ ޖަރނީ ވޯލްޑް މޯލްޑިވްސް ގެ ފަރާތުން ޙަވާލުވީ
ދުވަހުން ފެށިގެން (2007 ވަނަ އަހަރުން ފެށިގެން ކ.ހިންމަފުށި ބިމުގަ މަސައްކަތްކޮށް އެބިމަށް ދައްކަމުން
އައި ކުލި ނުދީ، ގަދަކަމުން އެބިމުގާ ތިބުމުގެ އެއްވެސް ހައްޤެއް ޝަރުއީ ގޮތުންނާއި ޤާނޫނީ ގޮތުން
އެފަރާތަށް ލިބިގެން ނުވާކަމަށް ކަނޑައަޅާ ، ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 2014 އޯގަސްޓް
18 ވަނަ ދުވަހުން ފެށިގެން (މިއަދުންފެށިގެން) 15 ދުވަހުގެ ތެރޭގައި އެބިން ހުސްކޮށް އެބިމުން ފައިބައިގެން
ދިޔުމަށާއި، މިމުއްދަތުގެ ތެރޭގައި ކ.ހިންމަފުށީ ކައުންސިލް އިދާރާއިން އެބިމާއި ޙަވާލުވުމަށާއި، އެބިމާއި
ޙަވާލުވުމަށް ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތީން 2009 ޑިސެމްބަރުން ފެށިގެން މިބިމަށް ކުލި
އެއްބަސްވުމުގައިވާ ޖޫރިމަނާ އާއެކު 2009 ޑިސެމްބަރުން ފެށިގެން 2014 އޯގަސްޓް 18 ވަނަ
ދުވަހާއި ހަމައަށް ޖަރނީ ވޯލްޑް ގެ ފަރާތުން ހިންމަފުށީ ކައުންސިލް އިދާރާއަށް ދައްކަންޖެހޭ ޖުމްލަ
765578.09 (ހަތްލައްކަ ފަސްދޮޅަސް ފަސްހާސް ފަސްސަތޭކަ ހަތްދިހަ އަށްރުފިޔާ ނުވަލާރި) 3 މަސް
ދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށް ޙުކުމްކޮށްފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން
CCCX
އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނުފަދައިން މާލެ އަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013/H6C/16 ޤަޟިއްޔާގައި ޙުކުމްކުރެއްވުމުން، އެ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި
ޚިލާފުވާކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ
ފަރާތުން އަންނަނިވި ނުކުތާތައް ފާހަގަކޮށް އެ ނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައި ވެއެވެ.
ފުރަތަމަ ނުކުތާއަކީ: ޤާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ
މަތިން ކޮންމެ މީހަކަށްމެ ލިބިދީފައިވާ ޤާނޫނުގެ ރައްކާތެރިކަމާއި ހަމަހަމަކަން އެޙުކުމުގެ ސަބަބުން ނިގުޅައި
ގަނެވިފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
20j4/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
*ދެވުނަ ނުކުތާއަކީ، ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން،
އިންޞާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤުން އެކުންފުނި މަޙްރޫމްކޮށްފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
*ތިންވަނަ ނުކުތާއަކީ: ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 28
ވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވާ އުސޫލާ ޚިލާފުވާ ގޮތަށް ޣައިރު ޙާޟިރުގައި އެޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03 ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް އެދި ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެ ނުކުތާތަކާއި ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި
ލިއުންތަކަށް ޝަރުޢީ ޤާނޫނީ ހަމަތަކުގެމަތިން ރިޢާޔަތްކޮށް ބަލާއިރު އަންނަނިވި
16/H6C/2013
đảº P
ފާހަގަކުރެވެއެވެ.
ޤަޟިއްޔާ
3.1- ފުރަތަމަ ކަމަކީ: ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/H6C/16
އިސްތިއުނާފު ކުރަމުން ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފާހަގަކޮށްފައިވާ
ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކައަށް ބަލާއިރު، އެކުންފުނީގެ މައްޗަށް ކ.ހިންމަފުށީ ކައުންސިލް އިދާރާގެ
ފަރާތުން ހުށަހަޅާފައިވާ އިސްވެ ބަޔާންކުރެވުނު ދަޢުވާއާމެދު އެކޯޓުން ގޮތެއް ކަނޑައަޅުއްވާ ޙުކުމް
ކުރައްވާފައިވަނީ އެކުންފުންޏަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުޞަތު ނުދީ، އެކުންފުނީގެ ޣައިރު
ޙާޟިރުގައި ކަމަށްވާތީ، ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން ޢަމަލު ކުރައްވާފައިވާ ގޮތުން ޤާނޫނުއަސާސީގެ
20 ވަނަ މާއްދާއިން ކޮންމެ މީހަކަށް ލިބިދީފައިވާ ޤާނޫނުގެ ރައްކާތެރިކަމާއި ހަމަހަމަކަން ނިގުޅައިގަނެވިފައި
ވާކަމަށާއި، އަދި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންސާފުވެރި
ޝަރީޢަތެއް ކުރުމުގެ ޙައްޤުން އެކުންފުނި މަޙްރޫމް ކުރެވިފައިވާކަމަށާއި، އަދި ކ.ހިންމަފުށީ މެޖިސްމީންގޭގެ ޚި
ކޯޓުން ޢަމަލު ކުރައްވާފައިވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/247
04
ce
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޞޫލާއި ޚިލާފަށްކަމަށް ބުނެފައިވާކަން ފާހަގަކުރެވޭތީ، ކ.ހިންމަފުށީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/H6C/16 ޤަޟިއްޔާއާއި ގުޅިގެން ކަންހިނގާފައިވާ ގޮތް ބެލުމުގެ
ގޮތުން މިޤަޟިއްޔާގައި ހިމެނޭ ދެފަރާތުން މިޤަޟިއްޔާއާއި ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށާއި،
ކަންހިނގާފައިވާ ގޮތް ސާފުކުރުމުގެ ގޮތުން ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް ލިޔެގެން ދިވެހިރާއްޖޭގެ
ހައިކޯޓުން ހޯދާފައިވާ ލިޔުންތަކަށާއި ހޯދާފައިވާ މަޢުލޫމާތު ތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ ބެލި
ފަނޑިޔާރުން ރިޢާޔަތްކޮށްފައިވާނެކަން ފާހަގަކުރަމެވެ.
3.2- ދެވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ދެފަރާތުން
ހުށަހަޅާފައިވާ ލިޔުންތަކަށާއި ހޯދާފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2013/H6C/16 ޤަޟިއްޔާ އެކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ތާރީޚަކީ 29 އޭޕްރީލް 2013
ކަން އެޤަޟިއްޔާގެ ރިޕޯޓުން އެނގެން އޮންނައިރު، ބަޔާންކުރެވުނު ޤަޟިއްޔާ، ޖަރނީ ވޯލްޑް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް އަށް ރައްދުވާގޮތަށް ހުށަހެޅިފައިވާކަމާއި، އެޤަޟިއްޔާގައި ކ.ހިންމަފުށީ ކައުންސިލްގެ
އިދާރާގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ ކޮބައިކަން 23 ޖުލައި 2013 ގައި ލިޔުމުން ޖަރނީ ވޯލްޑް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން އަންގާފައިވާކަން އެކޯޓުގެ ނަންބަރު:
139/H6mC/2013 ފެކްސް މެސެޖުން އެނގެން އޮންނަކަމާއި،
އަދި އޭގެ ފަހުން، އިސްވެ ބަޔާންކުރެވުނު ފެކްސް މެސެޖާއި ޙަވާލާދެއްވައި،
26 އޯގަސްޓް 2013 ގައި އެކޯޓުގެ ނަންބަރު: 164/HomC/2013 ފެކްސް މެސެޖް، ޖަރނީ ވޯލްޑް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ފޮނުވާފައިވާކަމާއި، އެމެސެޖްގައި، އެހާތަނަށްވެސް އެކުންފުނީގެ ފަރާތުން
އެކޯޓަށް ހާޒިރުވާނެ ފަރާތެއް ކަނޑައަޅާ އަންގާފައި ނުވާކަން ފާހަގަކުރައްވައި، އެތާރީޚުން ފެށިގެން 10
ދުވަހުގެ ތެރޭގައި، އެކުންފުނީގެ ފަރާތުން ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވާނެ ފަރާތެއް
ކަނޑައެޅުމަށްފަހު، އެކޯޓަށް އަންގަވާފައިވާކަން އެނގެން އޮންނަކަމާއި،
2
8
4
2 ހދ
އެންގޭފެށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
20j4/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
JWLGL/2013/013
އެ
ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ބަޔާންކުރެވުނު ފެކްސް މެސެޖާއި ޙަވާލާދީ ޖަރނީ
ވޯލްޑް މޯލްޑިވްސް
ނަންބަރު:
(05 ސެޕްޓެމްބަރ 2013) ގެ ކުންފުނީގެ ފަރާތުން ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް
ފޮނުވާފައިވާކަމާއި، އެސިޓީގައި، އެ ކުންފުންޏަށް ރައްދުވާގޮތަށް އެ ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއަށް
ޖަވާބުދާރީވުމަށްޓަކައި އެ ކޯޓަށް ހާޒިރުވާނެ ފަރާތެއް ހަމަނުޖެއްސި ގިނަދުވަސްވަމުން ދަނީ އެ ކުންފުނީގެ
ބޯޑް އޮފް ޑިރެކްޓަރުންގެ ބައްދަލުވުމެއް ނުބޭއްވިގެން ކަމަށް ބަޔާންކޮށް، އެހާތަނުން ފެށިގެން 30 ދުވަހުގެ
ތެރޭގައި އެ ކުންފުނީގެ ފަރާތުން ކޯޓަށް ހާޒިރުވާނެ ފަރާތެއް ނުވަތަ ވަކީލެއް ޢައްޔަންކޮށް އަންގާނެކަމަށް
ވިދާޅުވެ، އެތާރީޚުން ފެށިގެން 30 ދުވަހުގެ ފަހުގެ ތާރީޚަކަށް އެޤަޟިއްޔާގެ އަޑުއެހުމެއް ތާވަލް
އިވުމަށްފަހު އެ ކުންފުންޏަށް އަންގަވައި ދެއްވުން އެދޭކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވާކަން
/ ހ22 4ހ4
ފާހަގަކުރެވޭކަމާއި،
2013}H.6.mC/189
އަދި ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެ ސިޓީއާއި ޙަވާލާދެއްވައި
ކ.ހިންމަފުށީ މެޖިސްޓްރޭޓް ނަންބަރު:
ފެކްސް މެސެޖް
(23 ސެޕްޓެމްބަރ 2013) އެ ކުންފުންޏަށް ފޮނުއްވައި، 01 އޮކްޓޯބަރ 2013 ގެ 10:30 ގެ ކުރިން އެ
ކުންފުނީގެ ފަރާތުން އެ ކޯޓަށް ހާޒިރުވާނެ ފަރާތެއް ކަނޑައެޅުއްވުމަ
އްވުމަށްފަހު އެ ކޯޓަށް އެންގެވުމަށް
އަންގަވާފައިވާކަން ފާހަގަކުރެވޭއިރު،
28 ސެޕްޓެމްބަރ 2013 ގެ 20:30 ގައި ބާއްވާފައިވާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު
މީޓިންގ އަކުން ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/H6C/16 ޤަޟިއްޔާގައި ޖަރނީ ވޯލްޑް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ތަމްސީލުކުރުމަށް ޙާޟިރުވާނީ އެ ކުންފުނީގެ މުވައްޒަފެއް ކަމުގައިވާ
ގއ.ދާންދޫ/ބުލްބުލާގެ ޒުހައިރު މުޙައްމަދު އާއި ޤާނޫނީ ވަކީލެއް ކަމުގައިވާ ގ.ރަންހިރި އަލްއުސްތާޛު
އިޝްރާޤް ތައުފީޤް ކަމަށް ކަނޑައެޅުމަށްފަހު، އެ ބޯޑު ރިޒޮލިއުޝަން
ކުންފުޓީގެ ޚައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
20j4/HC-A/247
ލިމިޓެޑް އަށް ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން އަންގާފައިވާކަން އެ ކޯޓުގެ ނަންބަރު 2013/245 ބޯޖަގެ ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަންބަރު:2013
/
014/JW
/
LGL (01 އޮކްޓޯބަރ 2013) ސިޓީއާއެކު ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް
ފޮނުވާފައިވާކަން ފާހަގަކުރެވޭކަމާއި،
ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް
ހާޒިރުވާނެ ފަރާތެއް ކަނޑައެޅުމާ
އެޅުމާ ގުޅިގެން، 07 އޮކްޓޯބަރ 2013 ގެ 9:00 އަށް އެޤަޟިއްޔާގެ
އަޑުއެހުމެއް ތާވަލްކޮށް، ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2013/139 ކޯޓަށް ހާޒިރުވުމުގެ އަމުރު
ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ކޯޓަށް ހާޒިރުވުމަށް ކަނޑައަޅާފައިވާ ފަރާތަށް
ފޮނުވާފައިވާކަމާއި، އަދި އެ ކޯޓުގެ ނަންބަރު:211/H.6.mC/2013 (01 އޮކްޓޯބަރ 2013) މެސެޖުން
ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ވެސް އެކަން އަންގާފައިވާކަމާއި، އެ އަމުރުގައިވާ ތާރީޚާއި
ގަޑިއަށް ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން އެ ކޯޓަށް ހާޒިރުވެފައިވާކަން ކޯޓުގެ މަޢުލޫމާތު
ތަކުންނާއި ދެފަރާތުގެ ބަހުން އެނގެން އޮންނަކަމާއި، ނަމަވެސް އެދުވަހުގެ އަޑުއެހުމަށް ހާޒިރުވުމަށްފަހު،
ދަޢުވާއަށް ޖަވާބުދާރީވުމުގެ ބަދަލުގައި އެ ކުންފުނީގެ ފަރާތުން އިތުރު ފުރުޞަތަކަށް އެދުމާއި ގުޅިގެން
އެފުރުޞަތު އެ ކުންފުންޏަށް ދެއްވުމަށްފަހު، 18 ނޮވެމްބަރ 2013 ގެ ކުރިން ޖަވާބުދާރީވުމަށްޓަކައި
ކުރަންޖެހޭ ހުރިހާކަމެއްކޮށް ނިންމުމަށް ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް
07 އޮކްޓޯބަރ 2013 ގައި ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން އަންގާފައިވާކަމާއި، އަދި އެ ކުންފުނީން
ޖަވާބުދާރީވުމަށް އެއްވެސް މަޢުލޫމާތެއް ހިންމަފުށީ ކައުންސިލްގެ އިދާރާއިން ބޭނުންވެދާނެކަމަށްޓަކައި،
އެކައުންސިލްގެ އިދާރާއިންވެސް އެކުންފުންޏަށް އެފަދަ މަޢުލޫމާތުތައް ފޯރުކޮށްދެއްވުމަށް އެކޯޓުން ހިންމަފުށީ
ކައުންސިލްގެ އިދާރާއަށް 07 އޮކްޓޯބަރ 2013 ގައި އަންގާފައިވާކަން އެނގެން އޮންނަކަމާއި،
ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އެދިފައިވާ ފުރުޞަތު ދިނުމަށްފަހު،
20 ނޮވެމްބަރ ގެ 9:00 އަށް ކޯޓަށް ހާޒިރުވުމަށް ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް
2013
ޙާޟިރުވުމުގެ އަމުރުންނާއި، އެ ކޯޓުގެ ނަންބަރު:231/H.6.mC/2013 (31 އޮކްޓޯބަރ 2013
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20j4/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެކޯޓުގެ
ނަންބަރު
2014/69
ފެކްސް މެސެޖުން އެނގެން އޮންނަކަމާއި، ނަމަވެސް އެ އަމުރާއި އެއްގޮތަށް އެ ކުންފުނީގެ ފަރާތުން
ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުވެފައިވާކަން އެނގެން ނެތްކަމާއި،
އޭގެފަހު، އެޤަޟިއްޔާގެ އަޑުއެހުމެއް 24 އޭޕްރީލް 2014 ގެ 13:30 އަށް ތާވަލުކޮށް،
ކޯޓަށް ހާޒިރުވުމުގެ
އަމުރުން
އެކަން
10 އޭޕްރީލް 2014 ގައި ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް އެންގުމުން، އެ ކުންފުނީން
އެ ކޯޓަށް ހާޒިރުވުމަށް ކަނޑައަޅާފައިވާ ޤާނޫނީ ވަކީލު ގ.ރަންހިރި އަލްއުސްތާޛު އިޝްރާޤް ތައުފީޤް ގެ
ވަގުތު ހުރިގޮތުން އެޤަޟިއްޔާއާއި ގުޅިގެން އެކޯޓަށް ހާޒިރުވުމަށް ޢުޛުރުވެފައިވެ އެކަން އެކުންފުންޏަށް
އަންގާފައިވާކަމަށްބުނެ، ތަޖްރިބާހުރި ރަގަޅު ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށްޓަކައި އަނެއްކާވެސް އިތުރު 45
ދުވަހުގެ މުއްދަތު ދެއްވުމަށާއި، 24 އެޕްރީލް 2014 ގައި ބޭއްވުމަށް ތާވަލްކޮށްފައިވާ އަޑުއެހުން ކެންސަލް
ކޮށްދިނުމަށް ޖަރނީ ވޯލްޑުން އެދިފައިވާކަމާއި، އަދި އެ ކުންފުނީން އެ ކޯޓަށް ހާޒިވުމަށް ކަނޑައަޅާފައިވާ އެ
ކުންފުނީގެ މުވައްޒަފް ޒުހައިރު މުޙައްމަދު ބަލިވެ އުޅުއްވާކަމަށް ވިދާޅުވެ އެދުވަހުގެ އަޑުއެހުން ކެންސަލް
ކޮށްދެއްވުމަށް އެދިފައިވާކަން އެނގޭ ލިޔުންތައް ހުށަހެޅިފައިވާކަމާއި،
29 އޭޕްރީލް 2014 ގެ 15:30 އަށް އެކޯޓަށް ހާޟިރުވުމަށް އަންގާ
27 އޭޕްރީލް 2014 ގައި އެކޯޓުގެ ނަންބަރު 2014/97 ކޯޓަށް ހާޒިރުވުމުގެ އަމުރު ޖަރނީ ވޯލްޑް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ފޮނުވާފައިވާކަމާއި، ނަމަވެސް އެ އަމުރަށްވެސް އެ ކުންފުނީން
ހާޒިރުވެފައި ނުވާކަމަށް ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން ދިވެހިރާއްޖޭގެ ހައިކޯޓަށް މަޢުލޫމާތު
ދެއްވާފައިވާކަމާއި،
ދެން އޭގެ ފަހުން އެޤަޟިއްޔާގެ އަޑުއެހުމެއް ތާވަލު ކޮށް 18 އޯގަސްޓް 2014 ގެ 10:00
އަށް އެކޯޓަށް ހާޒިރުވުމަށް
އޯގަސްޓް 14 ގައި އެކޯޓުގެ ނަންބަރު 2014/184 އަމުރުން ޖަރނީ
ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް އަންގާފައިވާކަމާއި، އަދި އެ އަމުރުގައި، އެ އަމުރުގައިވާ ތާރީޚާއި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
20j4/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިޗ 8
7
6 (3
ގަޑިއަށް އެކޯޓަށް ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ހާޒިރު ނުވެއްޖެނަމަ އެކުންފުނީގެ
ޣައިރު ޙާޟިރުގައި އެމައްސަލަ ހިންގާ ނިންމާނެކަމުގެ އިންޒާރުގެ ނޯޓިސް ލިޔެފައިވާކަމާއި،
އަމުރާއި ގުޅިގެން ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
އެކުންފުނީގެ ނަންބަރު: 2014
/
004/JW
/
ADM (13 އޯގަސްޓް 2014) ސިޓީ ކ.ހިންމަފުށީ މެޖިސްޓްރޭޓް
ކޯޓަށް ފޮނުވާފައިވާކަމާއި، އެސީޓީގައި، ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/H6C/16
ޤަޟިއްޔާއާއި ގުޅިގެން އެކުންފުނި ތަމްޘީލްކުރުމަށް ބަދަލު ހަމަޖައްސާފައިވާ "ޙިސާން، ރިފްއަތު އެންޑް ކޯ،
ލޯ ފާރމް" ގެ އަލްއުސްތާޛް އިބްރާހީމް ރިފްއަތު، 18 އޯގަސްޓް 2014 ވަނަ ދުވަހުގެ 11:40 އަށް ސިވިލް
ކޯޓަށް (ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައުލަތުގެ މައްޗަށް ކުޅަ ދަޢުވާއަކާއި ގުޅިގެން)
ހާޒިރުވާންޖެހޭކަމަށް ވިދާޅުވެ، ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ އަޑުއެހުން އެހެން ތާރީޚަކަށް ބަދަލު
ކޮށްދިނުމަށް އެދިފައިވާކަމާއި، އަދި އެސިޓީއާއެކު 18 އޯގަސްޓް 2014 ވަނަ ދުވަހު 11:00 އަށް ސިވިލް
ކޯޓަށް ހާޒިރުވުމަށް ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ ޗިޓުގެ ކޮޕީ ފޮނުވިކަމަށް
ލިޔެފައިވާކަން ފާހަގަކުރެވެއެވެ.
3.3- ތިންވަނަ ކަމަކީ: ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/H6C/16
ޤަޟިއްޔާ އާއި ގުޅިގެން ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ތަމްސީލްކުރާ ފަރާތަކީ އިބްރާހީމް
ރިފްއަތު (ޙިސާން، ރިފްއަތު އެންޑް ކޯ ލޯފާމް) ކަމަށް ކަނޑައަޅާ 20 ޖުލައި 2014 ގައި ފާސްކޮށްފައިވާ
ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބޯޑް އޮފް ޑިރެކްޓަރުންގެ ބޯޑް ރިޒޮލިއުޝަނެއް 21 ޖުލައި
2014 ގައި ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވާކަމަށާއި، އަދި އޭގެ ކުރިން އެޤަޟިއްޔާއަށް
އެކުންފުނީގެ ފަރާތުން ހަމަޖައްސާފައިވާ ދެފަރާތުންކުރެ ޒުހައިރު މުޙައްމަދު އެޤަޟިއްޔާއިން ތަނާޒުލުވެ އެކަން
06 މެއި 2014 ގައި ޅ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް އަންގާފައިވާނެކަމަށްބުނެ ޖަރނީ ވޯލްޑް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކަކީ ޑިންނާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އެދުވާހުގެ އަޑުއެހުދ8ޑ 8
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/247
މެޖިސްޓްރޭޓް ކޯޓަށް ލިބިފައިވާ ލިޔުންތަކެއް ނޫންކަމަށް އެކޯޓުގެ
ނަންބަރު
H6mC
/
95
-
B3
/
2014
/
02 (21 ސެޕްޓެމްބަރ 2014) ގެ ސިޓީއިން ދިވެހިރާއްޖޭގެ ހައިކޯޓަށް
އަންގާފައިވާކަން ފާހަގަކުރެވެއެވެ
ه0
39
4
2ނ
3.4- ހަތަރުވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ހުށަހެޅިފައިވާ
އިސްވެ ބަޔާންކުރެވުނު ލިޔުންތަކުން ފެންނަން އޮތް ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، ކ.ހިންމަފުށީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/H6C/16 ޤަޟިއްޔާއާއި ގުޅިގެން އެކުންފުނީގެ ފަރާތުން އެކޯޓަށް
ހާޒިރުވާނެ ފަރާތެއް ކަނޑައެޅުމަށްފަހު އެކަން އެންގުމަށް ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް
ތަކުރާރުކޮށް އެކޯޓުން އަންގާފައިވާއިރު، އެކުންފުނީގެ ފަރާތުން އެކޯޓަށް ހާޒިރުވާނެ ފަރާތެއް ކަނޑައަޅާ
އަންގާފައިވަނީ، އެއެންގުން އެންގިތާ 68 ދުވަސް ފަހުންކަން އެނގެން އޮންނަކަމާއި، އަދި އޭގެ ފަހުން
ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން އެޤަޟިއްޔާގެ އަޑުއެހުމެއް ހުށަހެޅިފައިވާ ދަޢުވާއަށް
ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވުމަށް އިތުރު ފުރުޞަތަކަށް އެދިފައިވާކަމާއި، އަދި އޭގެ 51 ދުވަސް
ފަހުން އެޤަޟިއްޔާގެ އަޑުއެހުމެއް ބޭއްވުމުން އެދުވަހުގެ އަޑުއެހުމަށް އެކުންފުނީގެ ފަރާތުން ކ.ހިންމަފުށީ
މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެފައި ނުވާކަން އެނގެން އޮންނަކަމާއި، އަދި ދެވަނަ އަޑުއެހުމެއް
154 ދުވަސް ފަހުން އެޤަޟިއްޔާގެ ތިންވަނަ އަޑުއެހުން ތާވަލުކޮށް ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑް އަށް ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމަށް އެންގު އޭގެ ކުރިން އެކުންފުނީ
ހަމަޖައްސާފައިވާ ޤާނޫނީ ވަކީލުގެ ވަގުތު ހުރިގޮތުން އެޤަޟިއްޔާގެ އަޑުއެހު ހާޒިރުވުމަށް ޢުޛުރުވެރިވާ
ކަމަށް ބަޔާންކޮށް،
އަދި އެކުންފުނީގެ ފަރާތުން އެކޯޓަށް ޙާޟިރުވުމަށް ކަނޑައަޅާފައިވާ އެކުންފުނީގެ
ފު ބަލިވެ އުޅޭކަމަށް ބުނެ، ޤާނޫނީ ވަކީލަކު އަލުން ހަމަޖެއްސުމަށް އިތުރު 45 ދުވަހުގެ މުއްދަތެއް
ދިނުމަށް ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދުމަށްފަހު، އެދުވަހުގެ އަޑުއެހުމަށްވެސް
ހާޒިރުވެފައި ނުވާކަމާއި، އަދި އޭގެ 05 ދުވަސް ފަހުން ހަތަރުވަނަ އަޑުއެހުން ތާވަލުކޮށް، އެކުންފުންޏައް
އެކުންފުނީގެ ފަރާތުން ހާޒިރުވެފައި ނުވާތީ، އޭގެ 111
އެހުމެއް ތާވަލުކުރިތާ
ހިންގުމުން،
0 2ތ4
بر سرم سرمر
މުވައްޒަފު ބައި
8 29 8 2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
2014/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އއ 3
އެޤަޟިއްޔާގެ ފަސްވަނަ އަޑުއެހުން ތާވަލުކޮށް އެކުންފުނީގެ ފަރާތުން އެކޯޓަށް ހާޒިރުވުމަށާއި، އެއަޑުއެހުމަށް
އެކުންފުނީގެ ފަރާތުން ހާޒިރު ނުވިކަމުގައިވިޔަސް، އެކުންފުނީގެ ޣައިރު ހާޒިރުގައި އެޤަޟިއްޔާއާމެދު ގޮތެއް
ނިންމަވާނެކަމުގެ އިންޒާރުގެ ނޯޓިސް އެކުންފުންޏަށް ފޮނުވާފައިވާކަމާއި، އަދި ހާޒިރުވުމަށް އެންގި އެ އެންގުމާ
އެއްގޮތަށް، ޙާޝިރު ނުވިނަމަ ޢަމަލުކުރާނެ ގޮތުގެ އިންޒާރު އެކުންފުންޏަށް ލިބިފައިވާކަން އެކުންފުނީގެ ބަހުން
އެނގެން އޮންނަކަމާއި، ނަމަވެސް ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކ.ހިންމަފުށީ
މެޖިސްޓްރޭޓް ކޯޓަށް ފޮނުވަން ހަމަޖައްސާފައިވާ ވަކީލު ޔޮޓް ޓުއަރސް މޯލްޑްވްސް ޕްރައިވެޓް ލިމިޓެޑްގެ
މައްސަލައެއްގައި، އެދުވަހު ސިވިލްކޯޓަށް ހާޒިރުވާންޖެހޭ ކަމަށް ބުނެ، ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ
އަޑުއެހުން ކެންސަލް ކޮށްދިނުމަށް ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކ.ހިންމަފުށީ
މެޖިސްޓްރޭޓް ކޯޓުގައި އެދިފައިވާކަމާއި، ނަމަވެސް ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެދުމާ
އެއީ ޢުޛުރެއްކަމުގައި ބަލައި ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން އެޢުޛުރު ޤަބޫލުކުރިކަން ޖަރނީ
ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް އަންގާފައި ނުވާކަމަށް ޖާރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން އެއްބަސްވެފައިވާއިރު، އެދުވަހުގެ އަޑުއެހުމަށް އެކުންފުނީގެ ފަރާތުން ހާޒިރުވެފައި
އެކުންފުނީގެ ފަރާތުން އެއްބަސްވެފައިވާކަން ފާހަގަކުރެވެއެވެ.
3.5- ފަސްވަނަ ކަމަކީ: ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ
28 ވަނަ މާއްދާގެ (ހ) ގައި، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރުލިބި،
މަޤްބޫލު ޢުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރު ނުވެއްޖެނަމަ، ނުވަތަ
ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެމީހާ ވީތަނެއް ނޭގޭނަމަ ޣައިރު ޙާޟިރުގައި މައްސަލަ
ހިންގޭނެކަން އެނގޭ ގޮތަށް އެމީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް
އިވެސް ޚަބަރު ފަތުރާ
ވަޞީލަތަކުން އިޢުލާނު ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރު ނުވެއްޖެނަމަ، ކޯޓަށް
ޙާޟިރުވުމަށް އެންގުންކަމަށް ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، އެމީހާގެ
3
4
2 ހއ
ކމށް
، ގައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
20j4/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމް
ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ." މިފަދައިން
ބަޔާންކޮށްފައިވުމުން،
ޣައިރު ހާޒިރުގައި މައްސަލައެއްގައި ކުރެވޭނީ ކޯޓަށް ހާޒިރުވުމުގެ އަމުރުލިބި، މަޤުބޫލު
ޢުޛުރެއް ދެއްކުމެއްނެތި، އެއަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތުން ކޯޓަށް ހާޒިރު ނުވުމުން
އެމާއްދާގެ އެއަކުރުގައި ފުރިހަމަކުރުމަށް ބުނެފައިވާ ކަންތައްތައް ފުރިހަމަކުރުމަށްފަހުގައި ކަމަށް ޖަރނީ ވޯލްޑް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާއިރު، އެމާއްދާގައި ބުނެފައިވާފަދައިން ދަޢުވާލިބޭ ފަރާތް
ހޯދުމަށް އިޢުލާންކުރަންޖެހޭނީ ދަޢުވާލިބޭ ފަރާތުގެ އެޑްރެހުން ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދު ނުކުރެވޭނަމަ،
ނުވަތަ އެފަރާތް ވީތަނެއް ނޭނގޭ ނަމަކަން 28 ވަނަ މާއްދާގެ (ހ) ގެ ނައްޞުގައި ފުރަތަމަ ބޭނުންކޮށްފައިވާ
"ނުވަތަ" އެލަފްޒުން ސާފުކޮށް އެނގޭކަމާއި، އަދި އެއްވެސް ފަރާތަކަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވުމުން
އެއަމުރަށް ހާޒިރުވެވެން ނެތްކަމަށް އެފަރާތަކުން ބަޔާންކުރި ޢުޘްރަކީ މަޤުބޫލު ޢުޛުރެއްކަން ނުވަތަ ނޫންކަން
ކަނޑައަޅާނީ އެކޯޓަކުން އަމިއްލައަށް ކަމާއި، އަދި އެފަރާތަކުން ބަޔާންކުރި ޢުޛުރަކީ މަޤްބޫލު ޢުޛުރެއްކަން
ނުވަތަ ނޫންކަން ކަނޑައެޅުމުގައި އެޤަޟިއްޔާއަކާ ގުޅިގެން އެފަރާތަކުން އެހާތަނަށް ޢަމަލުކޮށްފައިވާ ގޮތަށާއި،
އެފަރާތަކުން ކޯޓަށް އެއްބާރުންލު
ބާރުންލުން ދީފައިވާ މިންވަރަކަށާއި، އަޑުއެހުންތަކަށް ޙާޟިރުވެފައިވާ މިންވަރަށާއި،
ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރުމުގައި ކޮންމެ މައްސަލައެއްގައިވެސް އެމައްސަލައަކަށް
ވަކިން ރިޢާޔަތްކުރުމުގެ އިޚްތިޔާރު ޝަރުޢީ ކޯޓުތަކަށް ލިބިގެންވާކަމާއި،
ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ހާޒިރުގައި 18 އޯގަސްޓް 2014 ގައި
ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/H6C/16 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާއިރު، އެދުވަހުގެ
10:00 އަށް އެކޯޓަށް ހާޟިރުވުމަށް ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން ފޮނުވި އަމުރު 04 އޯގަސްޓް 2014
ވަނަ ދުވަހު ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިފައިވާކަމާއި، އެދުވަހުގެ 11:40
ސިވިލް ކޯޓަށް ޙާޟިރުވުމުގެ އަމުރު ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިފައިވާ ކަމަތްޖޭގެ ހައި
އެދެކުންފުނިވެސް ކޯޓުގައި ތަމްސީލުކުރުމަށް ހަމަޖެހިފައިވަނީ އެއްވަކީލެއްކަމުގައިވުމުން ދެރަށެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/247
ހިނގާ ދެމައްސަލައަކަށް އެހާކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެކަކަށް ޙާޟިރު ނުވެވޭނެތީ އެކަން ބަޔާންކޮށް
ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ އަޑުއެހުން އެހެން ދުވަހަކަށް ބަދަލުކޮށްދިނުމަށް އެކޯޓުގައި އެދިފައިވާކަމަށް
ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެ ދިވެހިރާއްޖޭގެ ހައިކޯޓަށް އެކުންފުނީގެ
ފަރާތުން ހުށަހަޅާފައިވާ 20 ޖުލައި 2014 ގައި ފާސްކޮށްފައިވާ ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ބޯޑް އޮފް ޑިރެކްޓަރުންގެ ބޯޑް ރިޒޮލިއުޝަނާގުޅޭ ލިޔުންތަކަކީ ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް
ލިބިފައިވާ ލިޔުންތަކެއް ނޫންކަމަށް އެކޯޓުން ބުނެފައިވާއިރު، ބަޙުޘް ކުރުމުގެ ބޭނުމުގައި ޖަރނީ ވޯލްޑް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ބުނާ ބުނުމަކީ ތެދެއްކަމަށް ބެލިކަމުގައިވިޔަސް،
18 އޯގަސްޓް 2014 ވަނަ ދުވަހަށް ޙާޟިރުވުމަށް ފޮނުވާފައިވާ ބަޔާންކުރެވުނު ކ.ހިންމަފުށީ
މެޖިސްޓްރޭޓް ކޯޓުގެ އަމުރާއި ސިވިލް ކޯޓުގެ އަމުރަށް ބަލާއިރު، އޭގެ ތެރެއިން ކުރިން ލިބިފައިވަނީ
ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ އަމުރުކަމާމެދު ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ވެސް
އެއްބަސްވާކަމާއި،
އެހެންކަމުން ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ލިބިފައިވަނިކޮށް ސިވިލް ކޯޓުގެ އަމުރު
ލިބުމުން ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ލިބިފައިވާކަމުގެ މަޢުލޫމާތު ސިވިލް ކޯޓާއި ޙިއްޞާކޮށް
އެކޯޓުގެ އަޑުއެހުން ފަސްކޮށްދިނުމަށް ސިވިލް ކޯޓުގައި އެދުމުގެ ފުރުޞަތުވެސް ޔޮޓް ޓުއަރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް އަށް ލިބިފައި އޮތްކަމާއި، ނަމަވެސް އެފުރުޞަތުގެ ބޭނުންކުރުމުގެ ބަދަލުގައި ޖަރނީ
ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން އިޚްތިޔާރު ކޮށްފައިވަނީ އެކުންފުނީގެ ސަބަބުން ކ.ހިންމަފުށީ
މެޖިސްޓްރޭޓް ކޯޓުގައި ނުހިންގި ގިނަދުވަސްތަކެއް ވެފައިވާ ޤަޟިއްޔާ (ނަންބަރު 2013/H6C/16) ގެ
އަޑުއެހުން ފަސްކުރަންކަމާއި، ނަމަވެސް އޭރު އެހާތަނަށް އެޤަޟިއްޔާއަށް އެކުންފުނީގެ ފަރާތުން
ޖަވާބުދާރީންވާންޖެހި ޖަވާބު ދާރީނުވެ ގާތްގަނޑަކަށް ދުވަސް ފާއިތުވެފައިވާކަމާއި، އަދި
ޙާޟިރުވެފައިނުވުމުގެ ސަބަބުން އެހާތަނަށް އެޤަޟިއްޔާގެ 03 އަޑުއެހުން ކެންސަލް ކުރަންޖެހިފައިވާ މާއް
އެޤަޟިއްޔާއާއި ގުޅިގެން ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން ތާވަލުކުރި ގިނަ އަޑުއެހުންތައް
390
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
20j4/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ބުނާ މުއްދަތެއް އެކުންފުންޏަށް ދިނުމަށް ފަހުގައިކަން
CCCC
3 22 92 2
@nނކރވނ އޑ
ތިމާ އިސްވެ އެންމެހައި ސަބަބުތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ރިޢާޔަތްކޮށް ބަލާއިރު، ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/H6C/16 ޤަޟިއްޔާގައި ޖަރނީ
ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ޙާޟިރުގައި އެކޯޓުން ޙުކުމް ކުރައްވާފައިވަނީ ކޯޓަށް މީހުން
ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށްކަމަށް ބެލެވެން
2
8 ހއ
ނެތްކަމާއި،
OCX
އެހެންކަމުން ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކ.ހިންމަފުށީ
ކައުންސިލް އިދާރާގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ ބަޔާންކުރެވުނު ދަޢުވާއާމެދު އެކޯޓުން ގޮތެއް
ކަނޑައަޅުއްވާ ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ޙާޟިރުގައި ޙުކުމްކުރައްވާފައިވަނީ
ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުޞަތު ނުދީކަމަށްވެސް
ބެލެވެން ނެތަތީ ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/H6C/16 ޤަޟިއްޔާގައި ކުރައްވާފައިވާ
ކުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް އޮތްކަމަކަށް
މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް
ފަނޑިޔާރަކަށް ނުފެނެއެވެ.
އެންމެ:
ދި 4
332
2
ބަޔާންކުރެވުނު
ސަބަބުތަކަށް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، ކ.ހިންމަފުށީ މެޖިސްޓްރޭޖްޢީ މަޤް ހައިg
ނަންބަރު 2013/H6C/16 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
20j4/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނެތްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
އެގޮތުގެމަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv