ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/273 ޤަޟިއްޔާގެ ޙުކުމް
1
2jj2/HC-A/27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 273/HC-A/2012
• އިސްތިއުނާފުކުރި ފަރާތް
ނަން.
ޙަސަން އިބްރާހީމް
ދާއިމީ އެޑްރެސް: އުޑުވިލާ(ރ.ކަނދޮޅުދޫ
މިހާރުގެ
| އައިޑީ ކާޑު ނަންބަރ: A007179
*
ޑްރެސް: މއ.ގުމްރީ މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ދައުލަތް (ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ) * ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑުނަންބަރު:-
މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 13 ސެޕްޓެމްބަރ 2012
ނިމުނު ތާރީޚް: 18 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: MC
-
8E2011/72
. ނިންމެވިކޯޓް: ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ގެ ހޯދުން
ހުށަހެޅި ތާރީޚް: 2011-10-04 ނިމުނު ތާރީޚް: 2012-02-21
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2012/HC-A/273
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ:
މިއީ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011/MC
-
8E/72
ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ ޙަސަން އިބްރާހީމް
(ދ.ރ.ކާޑު ނަންބަރުA007179) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެޤަޟިއްޔާ އިސްތިއުނާފު ކުރުމުން
ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ، ނޭޝަނަލް ޑިޒާސްޓަރ
މެނޭމަންޓް ސެންޓަރ (ދައުލަތް) އެވެ.
244 ތ 8
FF
01
=ހ2
އައިޕީeނ
02
ދިދަ،
މާޅޮސްމަޑުލު އުތުރުބުރި ދުވާފަރު މެޖިސްޓްރޭޓް
ނަންބަރު:2011/MC
-
8E/72 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ނޫންކަމަށްބުނެ ޙަސަން އިބްރާހީމް (ދ.ރ.ކާޑު ނަންބަރުA007179) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
އެޤަޟިއްޔާ އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފް ރައްދުވާ
ފަރާތްތަކަކީ، ނޭޝަނަލް ޑިޒާސްޓަރ މެނޭމަންޓް ސެންޓަރ (ދައުލަތް) އެވެ.
މާޅޮސްމަޑުލު އުތުރުބުރި ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު:2011/MC
-
8E/72 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެޤަޟިއްޔާއަކީ،
2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު ދިމާވި ސުނާމީ ކާރިސާ ހިނގިއިރު، މާޅޮސްމަޑުލު
އޮތުރުބުރި ކަނދޮޅުދޫ ގައި ހުރި ގެއަކަށް ގެއެއް، މާޅޮސްމަޑުލު އޮތުރުބުރީ ދުވާފަރުން ދިނުމަށް ދިވެހި
ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ދަށުން ދުވާފަރުގައި ގެތައްއަޅާ، ކަނދޮޅުދޫގެ އެކި ފަރާތްތަކަށް ގެތައް
ހަވާލުކޮށް ނިންމިއިރު، ސުނާމީ ކާރިސާ ގައި ހަލާކުވެގެންދިޔަ ކަނޑަދޮޅުދޫގައި އޭރުހުރި ޙަސަން އިބްރާހީމް
(ދ. ރ.ކާޑު ނަންބަރުA007179) ގެ މިލްކު ގެ ކަމަށްވާ "އުޑުވިލާގެ ހުޅަނގުބައި" ކިޔާ ގޭގެ ބަދަލުގައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2012/HC-A/273
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
8 26
ދުވާފަރުން ގެއެއް ދީފައިނުވާކަމަށްބުނެ، އެގޭގެ ބަދަލުގައި ދުވާފަރުން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި
ދިނުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭމަންޓް ސެންޓަރ (ދައުލަތް) ގެ މައްޗަށް އަމުރު ކޮށްދެއްވުމަށާއި،
ނުވަތަ ދުވާފަރުން ދިރިއުޅުމަށް އެކަށީގެންވާ ޗަކަހެދިފައިނުވާ) ބިމުން ގެއެއް އަޅާނެ ބިމަކާއި، އެގެ އެޅުމަށް
ޚަރަދުވާނެ (އެއް މިލިޔަން ރުފިޔާ) ނުވަތަ އެ ގެ އެޅުމަށް ޚަރަދުވާނެކަމަށް ޤަބޫލުކުރެވޭ މިންވަރެއްގެ ފައިސާ
ޙަސަން އިބްރާހީމް (ދ.ރ.ކާޑު ނަންބަރުA007179) އަށް ދިނުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭމަންޓް
ސެންޓަރ (ދައުލަތް) ގެ މައްޗަށް އަމުރު ކޮށްދިނުން އެދި ހުށަހެޅުމުން ދުވާފަރު މެޖިސްޓްރޭޓް ކޯޓުން
ބަލާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނަކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"ދެންފަހެ 2004-12-26 ވަނަ ދުވަހު
ރ.ކަނދޮޅުދުއަށް ސުނާމީ އެރިއިރު އެރަށުގައި ހުރި ގެއަކަށް ގެއެއް ރ.ދުވާފަރުން ދިނުމަށް ދިވެހި ދައުލަތުން
ކަނޑައަޅުއްވާ ނިންމަވާފައިވާ ނިންމެވުމުގެ ދަށުން ރ.ދުވާފަރުގައި ގެ އަޅުއްވައި ރ.ކަނދޮޅުދޫގެ އެކި އެކި
ފަރާތްތަކާއި ގެތައް ހަވާލުކުރައްވާ ނިންމެވި އިރުވެސް އަދި މިހާތަނަށް ރ.ކަނދޮޅުދޫ އުޑުވިލާގެ ޙަސަން
އިބްރާހީމްގެ ނަމުގައި ރަޖިސްޓްރީކުރައްވާފައިވާ އުޑުވިލާގެ ހުޅަނގުބަޔަށް ގެއަކަށް ގެއެއްގެ ގޮތުން
ރ.ދުވާފަރުން ދެއްވުމަށް ހަމަޖައްސަވާފައިވާ ގެ ޙަސަން އިބްރާހީމަށް ޙަވާލުކޮށްފައިނުވާތީ، ދެއްވަންޖެހޭ ގެ
1 މަސްދުވަހުގެ މުއްދަތުގައި ޙަވާލުކޮށްދެއްވުމަށް ނުވަތަ ރ.ދުވާފަރުން ދިރިއުޅުމަށް އެކަށީގެންވާ
ޗަކަހެދިފައިނުވާ) ބިމުން ގެ އަޅާނެ ބިމަކާއި، އެ ގެ އެޅުމަށް ޚަރަދުވާނެ ފައިސާ 01 (އެކެއް) މިލިއަން
ނުވަތަ އެ ގެ އެޅުމަށް ޚަރަދުވާނެ ކަމަށް ޤަބޫލުކުރެވޭ ޢަދަދެއްގެ ފައިސާ ޙަސަން އިބްރާހީމަށް ދެއްވުމަށް
އަމުރުކުރައްވާ ހުކުމްކޮށްދެއްވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ރައްދުވާގޮތަށް ދިވެހި
ދައުލަތުގެ މައްޗަށް މިކުރެއްވި ދަޢުވާގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރގެ ފަރާތުން
އެކުލަވާލައިފައިވާ ސުނާމީ ކާރިސާ އާއި ގުޅިގެން ރ.ކަނދޮޅުދޫ މީހުން އާބާދުވުމަށް އާރާސްތުކުރެވޭ
ރ.ދުވާފަރުން އައި.އެފް.އާރުސީ އާއި ސަރުކާރުގެ އެހީގައި "ގެ" ލިބޭ ފަރާތްތަކުގެ ލިސްޓް” ގެ 643 ވަނަ
ނަންބަރުގައި ރ.ދުވާފަރުގައި ސަރުކާރުން އަޅައިދެއްވާ ގެ ތަކުގެ ތެރެއިން އުޑުވިލާގެ ހުޅަނގުބައިހެއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/273
.އއވ
ކޮބާ
މިނަމުގައި ޙަސަން އިބްރާހީމަށް ގެއެއް ލިބޭނެކަން އެނގެން އޮންނަކަމާއި، މިލިސްޓުން ޙަސަން އިބްރާހީމް
ދިރިއުޅެމުންދަނީ މާލޭގައި ކަންވެސް އެނގޭކަމާއި، ސުނާމީ ކާރިސާއާއި ގުޅިގެން ސަރުކާރުން
އިމާރާތްކޮށްދެއްވާ ގެތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އުޞޫލުތައް" 1 ވަނަ ނަންބަރުގެ (ހ) ގެ ދެވަނަ
ބަލާއިރު ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ވަގުތީ ހިޔާތަކުގައި ދިރިއުޅޭ މީހުންނަށް
އިސްކަންދެވޭނެކަމަށް އޮންނަކަމާއި، 1 ވަނަ ނަންބަރުގެ 2 ވަނަ ނުކުތާއިން ސުނާމީ ކާރިސާގައި ވެއްޓުނު
ގެއަކީ އަމިއްލަ ނަމުގައި ހުރި ގެއެއްނަމަ ގެއަކަށް ގެއެއް ލިބޭ އުޞޫލުން ގެއެއް ލިބޭނެކަމަށް އޮންނައިރު،
އެފަދަ ފަރާތްތަކަށް ގެ އެޅުމަށް ބިމާއި، ނަގުދު ފައިސާދިނުމަށް އެއްވެސް ނަންބަރެއްގައި ބަޔާންވެގެން
ނުވާކަމާއި، އައި.އެފް.އާރު.ސީ އިން ރ.ދުވާފަރުގައި އިމާރާތްކުރި 600 ގޭގެ އިތުރަށް "ސުނާމީ ކާރިސާ އާއި
ގުޅިގެން އިތުރަށް ރ.ދުވާފަރުގައި އަޅަންޖެހޭކަމަށް ބެލެވިފައިވާ 76 ގެ އާއި ގޭގެ އަހުލުވެރިންގެ މަޢުލޫމާތު
ސީޓް" ކުމާރު ނަންބަރު 72، ތަރުތީބު ނަންބަރު 643 ގައި "އުޑުވިލާގެ ހުޅަނގުބައި" މިނަމުގައި ގެއެއް
ޙަސަން އިބްރާހީމަށް ލިބޭނެކަމަށް އޮންނަކަމާއި، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކާއި، ހުށަހެޅުނު
ހެކިތަކުގެ މައްޗަށް ބަލާއިރު، ޙަސަން އިބްރާހީމް މި ހުށަހެޅި ދަޢުވާގައިވާ ފަދައިން ދިވެހި ދައުލަތުގެ މައްޗަށް
އަމުރުކުރަން ޖެހޭފަދަ ޤާނޫނީ، އަދި ޝަރުޢީ އެއްވެސް ހަމައެއް ޙަސަން އިބްރާހީމްގެ ފަރާތުން ޝަރީޢަތަށް
ހުށަހަޅާދެވިފައިނުވާކަމަށް ކަނޑައަޅައި، ސުނާމީ ކާރިސާއާއި ގުޅިގެން ރ.ދުވާފަރުގައި އިމާރާތްކުރާ ގެ ތަކުގެ
ތެރެއިން ޙަސަން އިބްރާހީމަށް ވެސް ގެއެއް ލިބެންޖެހޭކަން އެނގެން އޮންނާތީ، އިސްވެ ދެންނެވުނު 76 ގެ
އިމާރާތްކޮށް ނިމުނުހާ އަވަހަކަށް ރ.ކަނދޮޅުދޫ އުޑުވިލާގެ ޙަސަން އިބްރާހީމަށް ވެސް ގެއެއް ދިނުމަށް ދިވެހި
ދައުލަތުގެ މައްޗަށް އަންގާ ޙުކުމްކޮށްފީމެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
3- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މާޅޮސްމަޑުލު އޮތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު:2011/MC
-
8E/72 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމާއި ގުޅިގެން އެޙުކުމަކީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތީން ކުރައްވާފައިވާ ޙުކުމެއް ނޫންކަމަށްބުނެ ޙަސަން އިބްރާހީމް ގެކީ
33 3
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/273
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ރ.ދުވާފަރުގައި އިތުރަށް އަޅަންޖެހޭ 76 ޢިމާރާތް ނުކުރެވި ދިގު
މުއްދަތެއް ފާއިތުވާންޖެހުނު އެކަށޭނަ ސަބަބެއް ދައުލަތުން ދެއްކިފައިނުވާއިރު އެކަމާ އެކަށޭނަ
ކުރައްވާފައި ނުވުމާއި، އެކަން އަވަސްވާނެ ފަދަ ޙައްލެއް މައްސަލާގައި ހޯއްދަވާ ނުދެއްވާ މައްސަލަ
etc.
ސުވާލެއް
ނިންމެވުން.
ދެވަނަ ނުކުތާއަކީ: ރ.ދުވާފަރުން ގެއަކަށް ގެއެއް ނުލިބި، އަދި ސަރުކާރުގެ
ޢިނާޔަތްތެރިކަމެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެއީ ދިވެހި ދައުލަތުން ނިންމެވި ގޮތާ
ފުށުއަރާ، އަދި އޭރު ރ. ކަނދޮޅުދޫގައި ގެ ނެތް މީހުންނަށް ގެ ދެއްވާފައި ވުމުންނާއި، ގެ ހުރި ބައެއް
ފަރާތްތަކަށް ގެ ދެއްވާ އަނެއްބައި ފަރާތްތަކަށް ގެ ނުދެއްވާ އޮތުމުން، ގެ ނުލިބޭ ފަރާތްތައް ހާލުގައި
ޖެހިފައިވާ މި މުއްދަތު ދިގު ދެމިގެންދާ ދިއުމާމެދު ޝަރީޢަތުން ރިޔާޢަތް ނުކުރައްވާ، އެކަމަށް އިންސާފު
މޭ 2 ހދ 4
2*ވ ޑ 22
ނުކުރައްވާ ދޫކޮށްލައްވަން.
336
ތިންވަނަ ނުކުތާއަކީ: ޙުކުމުގައި ބަޔާންކުރާ 76 ގެއިން 45 ގެ އެޅުމުގެ ބަޖެޓު
ޖަމާކޮށްފައިވާކަން އެނގެން އޮތްއިރު އެގެތަށް އަޅާ ނިންމުމަށް އެކަށޭނެ އަވަސް މުއްތަދެއް
ކަނޑަނޭޅުއްވުން.
* ހަތަރުވަނަ ނުކުތާއަކީ: އިސްކަންދީފައިވަނީ ވަގުތީ ހިޔަލުގައި ތިބި މީހުންނަށްކަމުގައި
ދައުލަތުން ވިދާޅުވެފައިވާ ވިދާޅުވުމާއި ޚިލާފަށް އެނޫން އެކި މީހުންނަށް
ދީފައިވާކަން އެނގެން
އޮންނަކަމާއި އޭރު މާލޭގައި ތިބި ރ.ކަނދޮޅުދޫ މީހުންނަށްވެސް ގެ ދީފައިވާކަން އެނގެން އޮތުމުން އެކި
މީހުންގެ މެދުގައި ތަފާތުކޮށްފައި އޮންނަ އޮތުމަށް ރިޢާޔަތް ނުކުރައްވާ، މިހާރުވެސް ގެ ނުލިބިވާ މީހުންނަށް
ނުލިބި ޢުމުރު ހޭދަވެގެން ހިނގައިދާފަދަ ގޮތަކަށް މައްސަލަ ނިންމުން.
* ފަސްވަނަ ނުކުތާއަކީ ސުނާމީ އެރިއިރު ރ. ކަނދޮޅުދޫގައި ހުރީ ގާތްގަނޑަކަށް 450
ދުވާފަރުގައި 600 ގެ އަޅުއްވައި ގެއަކަށް ގެ އެއް ދެއްވުމަށް ނިންމެވި އުޞޫލާ
ޚިލާފަށް ގެތަށް އެކި ފަރާތްތަކަށް ދިނުމުން، ޔަޢުނީ ގެ ނެތް މީހުން ހިމަނައިގެން ގެ ތައް ދިނުމުން
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ(ހ) އާއި 17 ވަނަ މާއްދާގެ (ހ) އާއި 20
ވަނަ މާއްދާ (ހ) އާއި 21 ވަނަ މާއްދާއާއި 23 ވަނަ މާއްދާއާއި 14 ވަނަ މައްދާއާއި 43 ވަނަ
އެރަޝްވާ ގޮތަށް މައްސަލަ
އޮންނަ އޮތް އޮތުން.
ގެ ކަމަށްވުމާއި
މއދާއާއި 448ރ.
ނިމިފައި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2012/HC-A/273
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
* ހަވަނަ ނުކުތާއަކީ: 76 ގެ އެޅުނުހާ އަވަހަކަށް ޙަސަން އިބްރާހީމް އަށް ގެ ދިނުމަށް
ޙުކުމް ކުރެއްވުމުން 76 ގެ ނޭޅިއްޖެނަމަ ގެއެއް ދިނުން ލާޒިމު ނުކުރާ މާނަ ޙުކުމުގައި އެކުލެވޭގޮތަށް
ޙުކުމް އޮތުމުން، ގެ ނުލިބި ގެއްލުމާ ކުރިމަތިވާ ހާލަތަކަށް ހިނގައިދާނެކަމާއި، އެ ޙުކުމުގެ ސަބަބުން
ޙައްޤު ގެއްލިގެންދާ ދިއުން.
04- މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011/MC
-
8E/72
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޙަސަން އިބްރާހީމްގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ކުރެވެއެވެ
(ހ) މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011/MC
-
8E/72
ޤަޟިއްޔާގައި ނޭޝަނަލް ޑިޒާސްޓަރ މެނޭމަންޓް ސެންޓަރ (ދައުލަތް) އަށް ރައްދުވާގޮތަށް ޙަސަން އިބްރާހީމް
ހުށަހަޅާފައިވާ މައްސަލައަކީ، 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު ދިމާވި ސުނާމީ ކާރިސާ
ހިނގިއިރު، މާޅޮސްމަޑުލު އުތުރުބުރި ކަނދޮޅުދޫ ގައި ހުރި ގެއަކަށް ގެއެއް، މާޅޮސްމަޑުލު އުތުރުބުރި
ދުވާފަރުން ދިނުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ދަށުން ދުވާފަރުގައި ގެތައް އަޅާ،
ކަނދޮޅުދޫގެ އެކި ފަރާތްތަކަށް ގެތައް ހަވާލުކޮށް ނިންމިއިރު، ސުނާމީ ކާރިސާގައި ހަލާކުވެގެންދިޔަ
ކަނދޮޅުދޫގައި އޭރުހުރި ޙަސަން އިބްރާހީމް (ދ.ރ.ކާޑު ނަންބަރުA007179) ގެ މިލްކު ގެ ކަމަށްވާ
"އުޑުވިލާގެ ހުޅަނގުބައި" ކިޔާ ގޭގެ ބަދަލުގައި ދުވާފަރުން ގެއެއް ދީފައިނުވާކަމަށްބުނެ، އެގޭގެ ބަދަލުގައި
ދުވާފަރުން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ގެއެއް ދިނުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭމަންޓް ސެންޓަރ
(ދައުލަތް) ގެ މައްޗަށް އަމުރު ރެދެއްވުމަށާއި، ނުވަތަ ދުވާފަރުން ދިރިއުޅުމަށް އެކަށީގެންވާ
ޗަކަހެދިފައިނުވާ) ބިމުން ގެއެއް އަޅާނެ ބިމަކާއި، އެގެ އެޅުމަށް ޚަރަދުވާނެ (އެއް މިލިޔަން ރުފިޔާ) ނުވަތަ އެ
އެޅުމަށް ޚަރަދުވާނެކަމަށް ޤަބޫލުކުރެވޭ މިންވަރެއްގެ ފައިސާ ޙަސަން އިބްރާހީމް (ދ.ރކާޑަ ރާއްޖޭގެ ހައިޓީ
ގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/273
Occ
ނަންބަރުA007179) އަށް ދިނުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭމަންޓް ސެންޓަރ (ދައުލަތް) ގެ މައްޗަށް
އަމުރު ކޮށްދިނުން އެދި ހުށަހަޅާފައިވާ މައްސަލެއްކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެނގެން އޮތްއިރު،
އެ ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ޖަވާބުދެމުން ދައްކާފައިވާ ވާހަކައަށް
ބަލާއިރު، ޙަސަން
އިބްރާހީމް ހޯދުމަށް ހުށަހަޅާފައިވާ ގެއަކީ އައި.އެފް.އާރ.ސީ އާއި ދިވެހިސަރުކާރުގެ ޚަރަދުގައި
ރ.ކަނދޮޅުދޫ މީހުންނަށް ރ.ދުވާފަރުގައި އަޅާ ގެތައް ލިބޭ މީހުންގެ ފައިނަލް ލިސްޓުގެ ދެލިކޮޕީގައި ޙަސަން
އިބްރާހީމަށްވެސް ރ.ދުވާފަރުން ގެއެއް ލިބެންޖެހޭކަމަށް އޮންނާތީ، އެގެ ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެއް
ކަމަށް ފާހަގަކޮށް، އެ ގެތައް ދޫކުރަމުން އަންނަނީ އެކަމަށް ހަމަޖެހިފައިވާ ވަކި އުޞޫލަކުންކަމަށާއި، އެގޮތުން
ކަނޑައެޅިފައިވާ އުޞޫލުގައި، އެވަގުތު ވަގުތީ ހިޔާގައި ދިރިއުޅެމުންދިޔަ ރ.ކަނދޮޅުދޫގެ ޢާއިލާތަކަށް އިސްކަން
ދީގެން ގެތައް ހަވާލުކުރުމަށް ހަމަޖެހިފައިވާކަމާއި، މިގޮތުން ޙަސަން އިބްރާހީމަކީ ސުނާމީ ކާރިސާ ދިމާވި
އިރުވެސް އަދި އޭގެ ފަހުންވެސް މާލޭގައި ދިރިއުޅެމުން އަންނަ މީހެއްކަމަށާއި، އަދި ސުނާމީ ގައި ގެދޮރު
ހަލާކުވެ ދިޔަ މީހުންނަށް ފައިސާ ދީގެން ގެދޮރު ބިނާކުރާ އުޞޫލެއް މިހާތަނަށް ހަމަޖެހިފައިނުވާކަމާއި،
ހަމަޖެހިފައިވާ އުޞޫލާއި ގޮތުގެ މަތީން ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި
މިންވަރެއްގެ މައްޗަށް ބިނާކޮށް، ސުނާމީ ގައި ރ.ކަނދޮޅުދޫން ގެދޮރު ހަލާކުވި މީހުންނަށް ގެއަކަށް ގެއެއް
ދިނުމަށްޓަކައި ރ.ދުވާފަރުގައި އިތުރު ގެދޮރު ބިނާކުރުމަށް މިހާރުވެސް މަސައްކަތް ކުރެވެމުން ދާކަމަށާއި،
އެގޮތުން 27 އޮކްޓޯބަރ 2011 ގައި ތ.ވިލުފުއްޓާއި، ރ.ދުވާފަރުގައި ގެތައް ޢިމާރާތް ކުރުމަށް ބިޑް
ހުށަހެޅުމަށް ވަނީ އިޢުލާނު ކުރެވިފައިކަމަށާއި، އެކަން ކުރިއަށްދާ ކަމަށް 19 ފެބްރުއަރީ 2012 ވަނަ ދުވަހުގެ
ތާރީޚު ލިޔެފައިވާ ދައުލަތުގެ ވަކީލުގެ ބަޔާނުގައި ބުނެފައިވާކަން ފާހަގަކުރެވެ
(ނ) މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011/MC
-
8E/72
ޤަޟިއްޔާއާއި ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، 26 ޑިސެމްބަރ 2004 ގައި ދިމާވި
ސުނާމީ ކާރިސާއާއި ގުޅިގެން ރ.ކަނދޮޅުދޫ އިން ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަންޖޭގެ އިq
އހނ ކ
އއޤީeވެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20]2/HC-A/273
4 8
އެގެeއ
8.
OCOC
ޤަޟިއްޔާގައި މައްސަލަ ހުށަހަޅާފައިވާ ޙަސަން އިބްރާހީމްގެ އިތުރުންވެސް ސުނާމީ ކާރިސާގައި ގެދޮރު ހަލާކުވެބީޖޭގެ ހައި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހޯދައިދިނުމަށް ރ.ދުވާފަރުގައި 600 ގެ ޢިމާރާތްކޮށް އެގެތައް ޙައްޤުވާ ފަރާތްތަކަށް އެގެތައް ޙަވާލު
ކޮށްފައިވާކަމާއި، އެހެނަސް ފުރަތަމަ ޢިމާރާތްކުރެވުނު އެ 600 ގޭގެ ތެރެއިން ގެ ލިބެންޖެހޭ ބައެއް
ފަރާތްތަކަށް ލިބިފައިނުވާތީ، ސަރުކާރުން އިތުރު 76 ގެ ޢިމާރާތްކުރުމަށް ހަމަޖައްސާ އެ ގެތައް އަޅާ
ނިމުމުން ލިބޭނެ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލެވިފައިވާކަމަށާއި، އެލިސްޓްގެ 72 ވަނަ ގައި
ޙަސަން އިބްރާހީމް ގެ ނަން ހިމެނިފައިވާކަމަށާއި، ހަމައެފަދައިން 17 ސެޕްޓެމްބަރ 2008 ދުވަހު ނޭޝަނަލް
ޑިޒާސްޓަރ މެނޭމަންޓް ސެންޓަރުން ނެރެފައިވާ "ދުވާފަރަށް ބަދަލުވާ ރ.ކަނދޮޅުދޫ މީހުންގެ ޢާއިލާތަކާއި
އައި.އެފް.އާރ.ސީ އަދި ސަރުކާރުގެ ޚަރަދުގައި އެ ލިބޭ މީހުންގެ ފައިނަލް ލިސްޓްގެ ދެލިކޮޕީ" ގެ 643 ވަނާ
ގައި ޙަސަން އިބްރާހީމް ގެ ނަން ހިމެނިފައިވާކަމަށާއި، މިހުރިހާ ލިސްޓްތަކެއްގައިވެސް ޙަސަން އިބްރާހީމަކީ
މާލޭގައި ދިރިއުޅޭ މީހެއްކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
(ނ) ފޭރާމާއި ހިޔާވަހިކަމުގެ ޙައްޤަކީ ހަމަ ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވާ
ޙައްޤެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައި
ބަޔާންކޮށްފައިވާހިނދު، ފޭރާމާއި ހިޔާވަހިކަމުގެ ޙައްޤުގެ އިތުރުން ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގައި
ކަނޑައަޅައި ބަޔާންކޮށްފައިވާ ޙައްޤުތަށް ރައްޔިތުންނަށް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތް
ކުރަންވާނެކަމަށް، ޤާނޫނު އަސާސީގެ 23 ވަނަ މާއްދާއިން ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާ މިންވަރަކީ،
ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކަށް ނިސްބަތްކޮށް ލާޒިމްކޮށްފައިވާ މިންވަރެއްކަން އެ
މާއްދާއިން ދޭހަވާހިނދު، ސުނާމީ ކާރިސާގައި ނުވަތަ އަދި އެނޫންވެސް އެފަދަ ޙާދިޘާ ތަކުގައި ގެދޮރު ނެތި
ގޮސްފައިވާ ހުރިހާ ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މީހުން
އެކަމަށް ބޭނުންޖެހިފައިވާ މިންވަރަށް ހިނދުން ހިނދަށް ކުރުން ދައުލަތުގެ މައްޗަށް ލާޒިމުވެގެންވާ ކަމަކަށްވުރެ
ބޮޑަށް ދައުލަތުގެ ކެރިފޯރުންތެރިކަމުގެ މައްޗަށް ބަރޯސާވެފައިވާކަމެއްކަން ފާހަގަކުރެވޭކަމާއި،
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011/MC
-
8E/72
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]2/HC-A/273
ނެތިވެ ގޮސްފައިވާ އެތައްބަޔަކު ދަތިހާލުގައި ދިރިއުޅެމުންދާކަމާއި، މިފަދަ ޙާލަތުގައި އެފަދަ ރައްޔިތުންނަށް
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ދައުލަތުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި، އެސިޔާސަތުތައް ތަންފީޛު
ކުރުމުގެ ގޮތުން ހިންގަމުން އަންނަ މަޝްރޫޢުތަކަށް ކަނޑައެޅިފައިވާ އުޞޫލުތަކުގެ ބޭރުން ޙަސަން
އިބްރާހީމަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ދައުލަތުގެ މައްޗަށް ޝަރީޢަތުން އަދި އަންގާ އަމުރުކުރާނެ
ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއްނެތްކަން އެނގެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ސަބަބުތައް
މަތީން ހުރުމާއެކު، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011/MC
-
8E/72
ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޙަސަން އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް
އެޤަޟިއްޔާގައި ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
އެގޮތުގެ
/22 ހހހ8
އެ އެތެކަމަކަށް
• ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ސަބަބުތައް އެގޮތުގެ
މަތީން ހުރުމާއެކު، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011/MC
-
8E/72
ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް
ބެލެވޭނެ އެއްވެސް ސަބަބެއް އޮތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް
ނުފެންނާތީ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011/MC
-
8E/72
ދިވެހިރާއްޖޭގެ
އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/273
ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ތާއީދުކޮށް، އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv