ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/242 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/
22
کی عمری
ދެލި
بماند از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
)
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 242/HC
-
A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
ރެޖިސްޓްރޭޝަން ނަންބަރު: 702
/
2005-C
ދާއިމީ އެޑްރެސް: އެމްއެފް ބިލްޑިންގ (9 ވަނަ ފަންގިފިލާ) / މާލެ
މިހާރުގެ އެޑްރެސް: އެމްއެފް ބިލްޑިންގ (9 ވަނަ ފަންގިފިލާ) / މާލެ
44
އިސްތިއުނާފު ރައްދުވި ފަރާތްތައް:
1. * ނަން: ސްޓޭޓް ބޭންކް އޮފް އިންޑިޔާ
ދާއިމީ އެޑްރެސް: ޑޮނޭރިޔާ | މާލެ
މިހާރުގެ އެޑްރެސް:
10
ސަންލީޓް (8 ވަނަފަންގިފިލާ)/ މާލެ
ނިމުނު ތާރީޚް: 17 ނޮވެމްބަރ 2014
* ރަޖިސްޓްރީކުރެވުނު ތާރީޚް:
31 ޖުލައި 2013
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ:
* ނަންބަރު: 2011/Cv
-
C/1244
*ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
* ކޯޓު: ސިވިލް ކޯޓު
ނިންމެވި ތާރީޚް: 23 ޖަނަވަރީ 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު،
ފަނޑިޔާ ޢަލީ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 816471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ
2013/HC-A/242
مجری من *
0
4 22
ތެރެއިން ނުދައްކައިވާ ފައިސާއާ، މި ފައިސާއަށް އަހަރަކަށް ޗާރޖް ކުރެވޭ %10 ސަރވިސް ޗާންޓްންވަރާއި
ނިމުނު
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1244 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ސްޓޭޓް ބޭންކް އިންޑިޔާއެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1244 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
2- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1244 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް
ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ދޫކޮށްފައިވާ USS1,500,000.00 (އެއްމިލިއަން ފަސްލައްކަ ޔޫ.އެސް
ޑޮލަރު) ގެ ތެރެއިން ނުދައްކައިވާ ފައިސާއާއި، މިފައިސާއަށް އަހަރަކަށް ޗާރޖް ކުރެވޭ %10 ސަރވިސް
ޗާރޖަށްވާ ފައިސާއާއި، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ސްޓޭޓް ބޭންކް އޮފް
އިންޑިޔާއިން ދޫކޮށްފައިވާ 25،600,000.00ރ (ފަންސަވީސް މިލިއަން ހަލައްކަ ރުފިޔާ) ގެ ލޯނުގެ
0/?
OX
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
# 4 3 )
2{13/HC-A/242
3 ޤަޟިއްޔާ ނިމުނު
کی مرکی
h/
Olcc
ފައިސާއާއި، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި، މިފައިސާ ޔަޤީންކަން ކޮށްދީފައިވާ
ދ. ވާލީވިލާ މާލެ، މުޙައްމަދު ޝަވީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑް ނަންބަރު: A023957)
އާއި، ހ. ވާލީވިލާޖް މާލެ، އަޙްމަދު ޝިޔާމް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑް ނަންބަރު:
A039217) އާއި، ވާލީވިލާ/ މާލެ، ޢަލީ ޝިޔާމް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑް
ނަންބަރު: A039352) އާއި، ހ. ވާލީވިލާ/ މާލެ، ޙަސަން ޝިޔާމް (ދިވެހިރައްޔިތެއްކަން އަންގައިދޭ
ކާރޑް ނަންބަރު: A039531) ގެ އަތުން ހޯދުމަށާއި، އަދި މިފައިސާ ނުދައްކައިފިނަމަ، މިފައިސާ
ދެއްކުމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ރަހުނުކޮށްފައިވާ "ވޯޓަރ ގާޑަން
އައިލެންޑް ސްޕާ" އެވެކިޔުނު ޕިކްނިކް އައިލެންޑް ވިއްކައިގެން މިފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް
ހޯދައިދިނުމަށް އެދި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި، މުޙައްމަދު ޝަވީދާއި،
އަޙްމަދު ޝިޔާމާއި، ޢަލީ ޝިޔާމާއި، ޙަސަން ޝިޔާމުގެ މައްޗަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން
ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ 05 ޑިސެމްބަރ 2007 ވަނަ ދުވަހު ސްޓޭޓް
ބޭންކް އޮފް އިންޑިޔާ އާއެކު ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި، އެ މުޢާމަލާތައް
ޔަޤީންކަން ދީފައިވާ ފަރާތްތަކުގެ ޙައިޘިއްޔަތުން މުޙައްމަދު ޝަވީދާއި، އަޙްމަދު ޝިޔާމާއި، ޢަލީ
ޝިޔާމާއި،
ޙަސަން ޝިޔާމްއާއެކު ވެފައިވާ ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމުގެ ދަށުން
US
$
1,500,000.00 (އެއްމިލިއަން ފަސްލައްކަ ޔޫ.އެސް ޑޮލަރު) އާއި، 25،600,000.00ރ
(ފަންސަވީސްމިލިއަން ހަލައްކަ ރުފިޔާ) ކެޕިޓަލް ހޯލްޑިންގްސްއަށް ދޫކޮށްފައިވާ ކަމާއި، އަދި އެމުޢާމަލާތާއި
ގުޅިގެން "ވޯޓަރ ގާޑަން އައިލެންޑް ސްޕާ" (ރަޖިސްޓްރީ ނަންބަރު TRI05) ރަހުނު ކުރެވިފައިވާ
ހިނދު، އެކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމާ އެއްގޮތަށް ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑުން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން ޖެނުއަރީ 2011 ގެ ނިޔަލަށް
US
$
715,110.89 (ހަތްލައްކަ ފަނަރަހާސް އެއްސަތޭކަ ދިހައެއް ޕޮއިންޓް އައްޑިހަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325429، ފެކްސް 816471ދު 4
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ه1
,
2013/HC-A/242
4 ޤަޟިއްޔާ ނިމުނު 1
کی عمری
ދެވެ
24 0 0
އެމެރިކާ ޑޮލަރު) އާއި 27,369,916.96ރ (ހަތާވީސް މިލިއަން ތިންސަތޭކަ ފަސްދޮޅަސް ނުވަހާސް
ނުވަސަތޭކަ ސޯޅަ ރުފިޔާ ނުވަދިހަ ހަލާރީ) ދައްކަންޖެހި ނުދެއްކިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ
ލިއުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި،
ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން މިމައްސަލައިގައި އެދިފައިވަނީ، ދައްކަންޖެހޭ ފައިސާ
ނުދެއްކިއްޖެނަމަ، އެއްބަސްވުމުގެ ދަށުން ރަހުނު ކުރެވިފައިވާ މުދާ ވިއްކާލުމުގެ ހުއްދައަކަށް ނޫންކަމާއި،
މިމައްސަލައިގައި، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން އެދިފައިވަނީ ރަހުނު ކުރެވިފައިވާ މުދާ ޝަރީޢަތް
މެދުވެރިކޮށް ވިއްކާލުމަށް ކަމުގައިވީހިނދު، ދަޢުވާގައި އެދިފައިވާ ފަދައިން ޝަރީޢަތް މެދުވެރިކޮށް ރަހުނެއް
ވިއްކާލެވޭނީ، އެ ރަހުނުގެ މައްޗަށް އޮތް ދަރަނި އަދާކުރުމަށް ދެވޭ މުއްދަތުގައި އެދަރަނި އަދާނުކުރެވުމުން
ކަމުގައިވާތީ، މިމައްސަލައިގައި އަދި އެހާލަތު މެދުވެރިވެފައިނުވާތީ، ދަޢުވާގައި އެދިފައިވާ ގޮތަށް އަދި
ރަހުނާމެދު ޢަމަލު ކުރެވެންނެތްކަމާއި،
މި މި މައްސަލައިގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑާއި، މުޙައްމަދު ޝަވީދާއި، އަޙްމަދު ޝިޔާމާއި، ޢަލީ ޝިޔާމާއި، ޙަސަން ޝިޔާމް
ދައްކަންޖެހޭކަމަށް ސާބިތުވެފައިވާ ފައިސާއާއި، އަދި އެފައިސާގެ މައްޗަށް އިތުރަށް އަރަމުންދާ ސަރވިސް
ޗާރޖާއެކު، މިއެންމެހައި ފައިސާ 23 ޖެނުއަރީ 2013 ވަނަ ދުވަހުން ފެށިގެން 08 (އަށެއް) މަސް
ދުވަހުގެ ތެރޭގައި ކޮންމެ މަހަކު މަދުވެގެން އެމަހަކަށް ޖެހޭވަރު ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް
ދައްކަމުންގޮސް، މިފައިސާ އެމުއްދަތުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާސް ކުރުމަށް ޕްލެޓިނަމް ކެޕިޓަލް
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި، މުޙައްމަދު ޝަވީދާއި، އަޙްމަދު ޝިޔާމާއި، ޢަލީ ޝިޔާމާއި، ޙަސަން
ޝިޔާމަށް އަންގަވައިކަން އެނގެން އޮންނަކަމެވެ.
OXO
އެކޯޓުން ބައްލަވައި
3- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1244 ޤަޟިއްޔާ،
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިޖީއެމްރާލު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: A71[33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{13/HC-A/242
5 ޤަޟިއްޔާ ނިމުނު "
443
=32
کی مرکی
ކުރުމަށް ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅައި
ނުކުތާއާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން
ހުށަހެޅި ނުކުތާއަކީ:-
2ތ 2
3
2 ބ
މިމައްސަލައިގައި ދަޢުވާ ރައްދުވާ ފަރާތުން ފާހަގަ ކޮށްފައިވާ ފަދައިން ލޯނު ދެއްކުމަށް
އެފަރާތަށް ހުރަސްތަކެއް މެދުވެރިވެފައިވާކަމަށް ފާހަގަ ކޮށްފައި، އެދަތިތައް ފިލުވުމަށް ބޭންކުން
ދީފައިނުވަނީ، ބޭންކުން ކަސްޓަމަރުންގެ މައްޗަށް އޮންނަ ޒިންމާ (fiduciary duty) އާ
ޚިލާފަށްކަމަށްވާއިރު، އަދި ބޭންކާއި ކަސްޓަމަރ އާ ދެމެދު އޮތް ކޮންޓްރެކްޓްގެ ދަށުން އޮތް ހެޔޮ
ނިޔަތުގައި ޢަމަލުކުރަ
ފިކުރަންޖެހުމުގެ ޒިންމާ (duty of good faith) އާ ޚިލާފަށް ކަމަށްވާއިރު،
ޢަމަލުކުރުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި، 68 ވަނަމާއްދާއާއި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއި
ޚިލާފު ކަމެއްކަމަށްވާއިރު، އެކަންކަމުގެ މައްޗަށް ރިޢާޔަތް ނުކުރައްވައި، މައްސަލައިގައި ޙުކުމް
ކުރައްވާފައިވުމުން، ލޯނު ނަގާފައިވާ ފަރާތުގެ ޙައްޤުތައް އުނިވެގެން ދިޔަކަމަށްބުނެ ހުށަހަޅި ނުކުތާއެވެ.
<< Od
2 20
OLC
4- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1244 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް،
ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާ
ގުޅޭގޮތުން އެކުންފުނީގެ ފަރާތުންނާއި މި އިސްތިއުނާފު ދަޢުވާ ރައްދުވާ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ
ނަންބަރު 2011/Cv
-
C/1244 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ
ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
12
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާދީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 36471
j3
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2{13/HC-A/242
=32
4 *
ޤަޟިއްޔާ ނިމުނު "
އިދި
کو فرمی
ގެ
(ހ) ފުރަތަމަ ކަމަކީ: ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އާއި ޕްލެޓިނަމް
ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (ޕީސީއެޗް) އާ ދެމެދު 05 ޑިސެމްބަރ 2007 ގައި ވެފައިވާ
އެއްބަސްވުމުގެ ދަށުން އެސްބީއައި އިން ޕީސީއެޗަށް އަހަރަކު %10 ސަރވިސް ޗާޖްކުރެވޭ
US
$
1,500,000.00 (އެއްމިލިއަން ފަސްލައްކަ
ޔޫ.އެސް
ޑޮލަރު)
ޓާމް ލޯނަކާއި
25،600،000.00ރ (ފަންސަވީސްމިލިއަން ހަލައްކަ ރުފިޔާ) ގެ އޯޑީ ފެސިލިޓީއެއް ދޫކޮށްފައިވާކަމާއި
އަދި އެ ލޯނާ ގުޅިގެން ކ. މާފުށި (ވޯޓަރ ގާރޑަން އައިލެންޑް އެންޑް ސްޕާ) ބޭންކުގައި ރަހުނު
ކުރެވިފައިވާކަން އެނގޭކަމާއި، އެ ލޯނުތަކަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާ ގޮތުގެމަތިން
ދައްކަމުން ދަނިކޮށް، ލޯނުތައް ދެއްކުމުގައި ދަތިތަކެއް ދިމާވެފައިވަނީ ބޭންކުގައި ރަހުނު ކުރެވިފައިވާ މުދާ
ވިއްކާލުމުގެ ހުއްދަ ދިނުމަށް ބޭންކުގައި އެދުމުން އެ ހުއްދަ ބޭންކުގެ ފަރާތުން ނުދިނުމުގެ
ސަބަބުންކަމަށާއި، ރަހުނު ވިއްކާލުމުގެ ހުއްދަ ބޭންކުން ދީފިނަމަ، ބޭންކުން ދަޢުވާކޮށްފައިވާ ފައިސާގެ
ޢަދަދު އެއްކޮށް ދައްކާނެ ކަމުގެ ޔަޤީންކަން ދޭކަމަށް ޕީސީއެޗުގެ ފަރާތުން ސިވިލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮންނައިރު، އެކުންފުނީގެ ފަރާތުން ބޭންކަށް 2011 ޖެނުއަރީ މަހުގެ
ނިޔަލަށް 715,110.89$US (ހަތްލައްކަ ފަނަރަހާސް އެއްސަތޭކަ ދިހައެއް ޕޮއިންޓް އަށެއް ނުވައެއް
އެމެރިކާ ޑޮލަރު) އާއި 27,369,916.96ރ (ހަތާވީސް މިލިއަން ތިންސަތޭކަ ފަސްދޮޅަސް ނުވަހާސް
ނުވަސަތޭކަ ސޯޅަ ރުފިޔާ ނުވަދިހަ ހަދާރީ) ދައްކަންޖެހި ނުދައްކައިވާކަން ބޭންކް ސްޓޭޓްމަންޓަށް ރިޢާޔަތް
ކުރުމުން އެނގޭކަމަށާއި، އެހެންކަމުން އިތުރު ފުރުސަތެއް އެކުންގު
ންފުންޏަށް ދޭން
މިމައްސަލަ ނިންމަވައި ދެއްވުމަށް އެދިފައިވާކަން އެސްބީއައި ގެ ފަރާތުން ސިވިލް ކޯޓުގައި ދައްކާފައިވާ
ވާހަކަތަކަށް ބެލުމުން އެނގޭކަމާއި، ލޯނާއި ގުޅިގެން ރަހުނު ކުރެވުނު މުދާ ވިއްކާލުމުގެ ހުއްދައަށް
ޕީސީއެޗުން އެސްބީއައި ގައި އެދިފައިވަނީ އެ ލޯނަށް ދައްކަންޖެހޭ ފައިސާ ހޯދުމުގެ މައްސަލަ އެސްބީއައިގެ
ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ފަހުން، 14 އޯގަސްޓް 2011 ގައި ކަމަށާއި، އަދި ރަހުނު ވިއްކާލުމުގެ
ހުއްދަ ބޭންކުގެ ފަރާތުން 13 ޑިސެމްބަރ 2011 ގައި އެކުންފުންޏަށް ދީފައިވާކަމަށާއި،
024
29 2224
28
eހ2ނe
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471/3y
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2{13/HC-A/242
ކަސްޓަމަރާ ދެމެދު އޮންނަ އާންމު ގުޅުމަކީ، ދަރަނިވެރިޔާ އާއި އަރަނިވެރިޔާ (ޑެޓަރ ކުރެޑިތަ%
8އާއި
ޤަޟިއްޔާ ނިމުނު
ރަހުނު ވިއްކާ ނުލެވި ދިޔަ ދުވަސްތަކުގައި އެކުންފުންޏަށް ލިބުނުކަމަށް ބުނާ ގެއްލުމުގެ ޒިންމާ ބޭންކުން
އުފުލަންޖެހޭނެ ސަބަބެއްނެތްކަމަށާއި އަދި އެ މުދާ ވިއްކާ ނުލެވުނީ ޕީސީއެޗްގެ އިޙްމާލުންކަމަށް
ދެކޭކަމަށާއި، އިސްވެ ބުނެވުނު ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ މުދަލަކީ ކްރިސްޓަލް ލެގޫން ޕްރައިވެޓް
ލިމިޓެޑުން ނަގާފައިވާ ލޯނަކާ އަދި އިތުރު އެހެން ލޯނަކާ ގުޅިގެން ބޭންކުގައި ރަހުނު ކުރެވިފައިވާ މުދަލެއް
ކަމަށާއި، ބޭންކުން ދޫ ކުރާ ލޯނަކާ ގުޅިގެން ކުރެވޭ ރަހުނަކީ އެ ލޯނު ދައްކާނެކަމުގެ ޔަޤީންކަން ދިނުމުގެ
ގޮތުން އަދި ލޯނު އަނބުރާ ނުދައްކައިފިނަމަ، ރަހުނު ކުރެވުނު މުދާ ވިއްކައިގެން ނުވަތަ އެނޫންވެ
ންވެސް ދެ
ފަރާތަށް އެއްބަސްވެވޭ ގޮތަކަށް ރަހުނު ކުރެވުނު މުދަލުގެ ބޭނުންކޮށްގެން ލޯނަށް ދައްކަންޖެހޭ ފައިސާ
ހޯދުމުގެ ޙައްޤު ބޭންކަށް ލިބިދޭ ގޮތަށް ބޭއްވޭ މުދަލެއްކަން އެނގޭކަމާއި، ރަހުނު ކުރެވިފައިވާ މުދަލެއް
ވިއްކާލުމުގެ ހުއްދަ ދިނުމުގައި ބޭންކުގެ މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތް ކުރެވޭނެ ގޮތަކަށް ބޭންކުން
އަބަދުވެސް ރިޢާޔަތްކުރާނެކަމަށް އެސްބީއައިގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ސްޓޭޓް ބޭންކް އޮފް އިންޑިޔާ އާއި ޕްލެޓިނަމް ކެޕިޓަލް
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އިސްވެ ބުނެވުނު ލޯނުތަކާ ގުޅޭގޮތުން 05 ޑިސެމްބަރ 2007
ގައި އެއްބަސްވުމެއް ވެވިފައިވާކަމާއި، އެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށްފައިވަނީ އޭގައިވާ
ޝަރުތުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ދެފަރާތުންމެ ރުހި ޤަބޫލުވެގެން ކަމާމެދަކު އެއްވެސް
ޚިލާފެއް އުފެދިފައި ނެތްކަން އެނގޭއިރު، ލޯނާ ގުޅިގެން ރަހުނު ކުރެވުނު މުދާ ވިއްކާލުމުގެ ހުއްދައަށްއެދި
ޕީސީއެޗްގެ ފަރާތުން އެސްބީއައި އަށް 14 އޯގަސްޓް 2011 ގައި ހުށަހެޅުމުން، ރަހުނު ވިއްކާލުމުގެ
ހުއްދަ ބޭންކުގެ ފަރާތުން 13 ޑިސެމްބަރ 2011 ގައި ދީފައިވާކަމަށް އެސްބީއައިގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގޭކަމާއި، ބޭންކާއި ބޭންކުގެ
މާއްދާތަކާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
44 މކ ތ 0
8
83
2{013/HC-A/242
کی عمر
44944
8 ޚަ
v.Bank
ޤަޟިއްޔާ ނިމުނު "
ދެމެދު އޮންނަ ގުޅުން ކަމާއި، ބޭންކާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން ފިޑިއުޝަރީ ގުޅުމަކަށް
ދަލުވެގެންދާނީ ތިން ޝަރުތެއް ފުރިހަމަވެގެންކަމަށް އެމެރިކާގެ ސައުތު ޑަކޯޓާ ސްޓޭޓުގެ ސްޕްރީމް
ކޯޓުގެ (1990) 833
West Inc.459 N.W.2d
Garrett މައްސަލައިގައި
ކަނޑައަޅާފައިވާކަން އެނގޭކަމާއި އެގޮތުން ލޯނު ދޫކުރާ ފަރާތުގެ މައްޗަށް ލޯނު ނަގާފަރާތުގެ އިތުބާރު
އޮތުމާއި، މަޢުލޫމާތު ނެތުމާއި، މަޤާމުގެ ގޮތުން ލޯނުނަގާ ފަރާތް، ލޯނު ދޫކުރާފަރާތަށްވުރެ ދަށް
ހާލަތެއްގައި
ތުމާއެކު، ލޯނުނަގާ ފަރާތް، ލޯނުދޫކުރާ ފަރާތަށް ބަރޯސާވުމާއި، ލޯނުނަގާ ފަރާތުގެ
ކަންތައްތަކުގެ
މައްޗަށް ލޯނުދޫކުރާ ފަރާތަށް ލިބިފައިވާ ބާރާއި ނުފޫޒު ފޯރުވުން، މިކަންތައްކަން އެނގެން
އަތުމާއެކު
އޮންނަކަމާއި،
ދޫކުރާފަރާތާއި ލޯނު ނަގާފަރާތާ
ފަރާތާ ދެމެދު އޮންނަ އާންމު ގުޅުމުގެ ތެރޭގައި، ލޯން
އެއްބަސްވުމުގެ މާއްދާތަކުގައި ބަޔާންކޮށްފައިވާ
އިތުރަށް، ލޯނުނަގާ ފަރާތަށް ލޯނު ދޫކުރާ
ފަރާތުން އަދާ ކުރަންޖެހޭ ޒިންމާއެއް ނޯންނަކަމަށް އެމެރިކާގެ ނޯތް ކެރޮލައިނާގެ ގިލްފޯޑް ކައުންޓީގެ
ބިޒްނަސް ކޯޓުގެ
Wells Fargo Bank, N.A. V. Vandoran,2012 NCBC6,
މައްސަލައިގައި، ކަނޑައަޅާފައިވާކަން އެނގޭއިރު، މި މައްސަލާގައި ޕީސީއެޗާއި
އެސްބީއައި އާ ދެމެދު ވެވިފައިވާ ލޯނު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރަށް
ކަމެއްކުރުން އެސްބީއައިގެ މައްޗަށް އެ އެއްބަސްވުމުން ލާޒިމްކޮށްފައިނުވުމާއި، އަދި ޕީސީއެޗުގެ
ނިންމުންތަކުގައާއި މުޢާމަލާތްތަކުގެ މައްޗަށް އެސްބީއައި ގެ ކޮންޓްރޯލް ނެތުމާއެކު، އިސްވެ ބުނެވުނު
"ގެރެތް" މައްސަލައިގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ފިޑިއުޝިއަރީ ޒިންމާއެއް އެސްބީއައި އިން
އުފުލަންޖެހޭ ފަދަ ހާލަތެއް ވުޖޫދުވެފައިވާކަން އެނގެން ނެތަތީއާއި ލޯނާ ގުޅިގެން ރަހުނު ކުރެވުނު މުދާ
ވިއްކާލުމުގެ ހުއްދައަށް އެދި ޕީސީއެޗުގެ ފަރާތުން ހުށަހެޅުމުން، އެ ހުއްދަ ދިނުމަށް ހޭދަވި މުއްދަތުގައި
ޕީސީއެޗަށް ލިބުނު ކަމަށްބުނާ ގެއްލުމުގެ ޒިންމާ އެސްބީއައި އިން އުފުލަންޖެހޭ ފަދަ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3/16471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
23 3
9 ޤަޟިއްޔާ ނިމުނު 1
83
3,2
2013/HC-A/22
کی مرگی
ޝަރުޢީ ސަބަބެއް
<< O
އޮތްކަންވެސް ޕީސީއެޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދެއްކިފައިނުވާކަމަށް މި ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވެއެވެ.
އެހެންކަމުން، މީ ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް
ކޯޓުގެ ނަންބަރު 2011/Cv
-
C/1244 ޤަޟިއްޔާގައި އެކޯޓުން ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުސޫލަކާ ޚިލާފަށް ކަމަށް ބަލަންޖެހޭ ފަދަ ސަބަބެއްނެތްކަ
.ބޮއޮތްކަމަށެވެ"
37
4
24 27 :
ސިވިލް ކޯޓުގެ
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ކަންކަން އެގޮތަށް
ނަންބަރު 2011/Cv
-
C/1244 ޤަޟިއްޔާގައި އެކޯޓުން ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލަކާ ޚިލާފަށް ކަމަށް ބަލަންޖެހޭ ފަދަ ސަބަބެއްނެތްކަމަށް
ބަބެއްނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްވީ
ކުށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv