ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/160 ޤަޟިއްޔާގެ ޙުކުމް
"l
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/160
بمقال مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު:160/HC
-
A/2012
ރަޖިސްޓްރޭޝަން ނަންބަރު: 5512000-C
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ދަ ގޭޓް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: ..މެޖިސްޓިކް މޮބައިލް (މަތި)
، މިހާރުގެ އެޑްރެސް: މ.މެޖިސްޓިކް މޮބައިލް (މަތި)
• އިސްތިއުނާފު ރައްދުވި ފަރާތްތައް :
-1
ނަން: ފާޠިމަތު ވަޙީދާ
އައިޑީކާޑު ނަންބަރު A058478
އެޑްރެސް: މއ. ކޫލްސްޓޯން 3, 3 ވަނަ ފަންގިފިލާ * މިހާރުގެ އެޑްރެސް: މއ.ކޫލްސްޓޯން، 3 ވަނަ ފަންގިފިލާ
-2
* ނަން: ރިޒާން ޢަލީ ޢަފީފް
* އައިޑީކާޑު ނަންބަރު A131878
ދާއިމީ އެޑްރެސް: މއ.ކޫލްސްޓޯން2 4 ވަނަ ފަންގިފިލާ * މިހާރުގެ އެޑްރެސް: މއ.ކޫލްސްޓޯން2 4 ވަނަ ފަންގިފިލާ
-3
i
* ނަން: ފާޠިމަތު ޢަލީ ޢަފީފު
ދާއިމީ އެޑްރެސް: މއ.ކޫލްސްޓޯން2 4 ވަނަ ފަންގިފިލާ
އައިޑީކާޑު ނަންބަރު، A353343
މިހާރުގެ އެޑްރެސް: މއ.ކޫލްސްޓޯން2 4 ވަނަ ފަންގިފިލާ
4 * ނަން: ޢާއިޝަތު ޢަލީ ޢަފީފު
* ދާއިމީ އެޑްރެސް: މއ.ކޫލްސްޓޯން2 4 ވަނަ ފަންގިފިލާ
އައިޑީކާޑު ނަންބަރު: A160135
މިހާރުގެ އެޑްރެސް: މއ.ކޫލްސްޓޯން2 4 ވަނަ ފަންގިފިލާ
* -5
މުޙައްމަދު ޢަލީ ޢަފީފު
އެޑްރެސް: މިއ.ކޫލްސްޓޯން2 4 ވަނަ ފަންގިފިލާ
އައިޑީކާޑު ނަންބަރު: A160136
މިހާރުގެ އެޑްރެސް: މއ.ކޫލްސްޓޯން2 4 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯ"
2
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/160
#
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 24 މެއި 2012
ނިމުނު ތާރީޚް: 25 ފެބްރުއަރީ 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ.
* ނަންބަރ 2010/Cv
-
C/1676
* ކޯޓު: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
ނިންމެވި ތާރީޚް: 08 ޖަނަވަރީ 2012
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/160
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1676 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދަ
ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
14
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތްތަކަކީ މއ. ކޫލްސްޓޯން 3 ފާތިމަތު ވަޙީދާ އާއި
ކޫލްސްޓޯން 2 ރިޒާން ޢަލީ ޢަފީފާއި، އެގޭ ފާޠިމަތު ޢަލީ ޢަފީފާއި، އެގޭ ޢާއިޝަތު ޢަލީ ޢަފީފާއި އަދި އެގޭ
މުޙައްމަދު ޢަލީ ޢަފީފް އާ ( 05 މީހުންނެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ
ނަންބަރު 2010/Cv
-
C/1676 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
22
19
2. ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1676 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ މއ. ކޫލްސްޓޯން. ފާޠިމަތު ވަޙީދާގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާ
ކޫލްސްޓޯން-3 އެވެކިޔާ ގޯއްޗާއި ކޫލްސްޓޯން-2 ޢާމިނަތު ޢަބްދުﷲގެ ނަމުގައި
ރަޖިސްޓްރީކޮށްދީފައިވާ ކޫލްސްޓޯން-2 އެވެކިޔާ ގޯތި އެއްކޮށް ދިގު މުއްދަތަކަށް ކުއްޔަށް ހިފައި، ޢިމާރާތް
ކުރުމަށް ފާޠިމަތު ވަޙީދާ އަދި އާމިނަތު ޢަބްދުﷲ އާއި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު 26 އޮކްޓޯބަރ
2006 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމާއި ކަނޑައެޅިގެން ޚިލާފަށް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ޢަމަލު
ކޮށްފައިވާކަމަށްބުނެ، 26 އޮކްޓޯބަރ 2006 ވަނަ ދުވަހު ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ޖެހިރާއްޖޭގެ ހައި
4
2012/HC-A/160
.ރުމަށް މއ.
99
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
ކޫލްސްޓޯން.3 ފާޠިމަތު ވަޙީދާ އަދި މއ. ކޫލްސްޓޯން-2 އާމިނަތު ޢަބްދުﷲގެ ފަރާތުން ދަ ގޭޓް
ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިމައްސަލައިގެ ޝަރީޢަތުގެ މަރުހަލާ ކުރިއަށްދަނިކޮށް،
08 އޭޕްރީލް 2011 ގައި ދަޢުވާކުރާ ދެފަރާތުގެ ތެރެއިން އާމިނަތު ޢަބްދުﷲ ނިޔައު ވެފައިވާކަން ކެރެލާ
އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް ގެ ނަންބަރ 1908711 ސެޓްފިކެޓް އޮފް ޑެތް އަށް ބެލުމުން
އެނގޭތީ، ދަޢުވާކުރާ ދެފަރާތުންކުރެ އެއްފަރާތް ނިޔައުވެފައިވުމުން، އެފަރާތުގެ ވާރިޘުން މިމައްސަލަ ކުރިޔަށް
ގެންދިޔުމާމެދު ބުނާ އެއްޗެއް ބެލުމަށް ފަހުގައި މެނުވީ މައްސަލަ ކުރިއަށް ގެންދެވޭނޭ ގޮތެއް ނޯންނާނެތީ، މި
މައްސަލައިގެ ތެރޭގައި އަލްމަރްޙޫމާ އާމިނަތު ޢަބްދުﷲގެ ވާރިޘުންނަކީ ކޮބައިކަން ބެލިފައިވާކަމާއި، މިގޮތުން
އާމިނަތު ޢަބްދުﷲ ނިޔައުވިއިރު، އެމަރްޙޫމާގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ މަރްޙޫމާގެ މަންމަ ފާޠިމަތު
އިބްރާހީމް (ދ.ރ.ކާރޑް A066207) އާއި، މަރްޙޫމާގެ އުފަން 04 ދަރިންކަމުގައިވާ ރިޒާން ޢަލީ ޢަފީފް
(ދ.ރ.ކާރޑް A131878) އާއި ފާތިމަތު ޢަލީ ޢަފީފް (ދ.ރ.ކާރޑް A353343) އާއި، ޢާއިޝަތު ޢަލީ
ޢަފީފް (ދ.ރ.ކާރޑް A160135) އާއި، މުޙައްމަދު ޢަލީ ޢަފީފް (ދ.ރ.ކާރޑް A160136) މި
މީހުންކަމުގައި ސާފުކުރެވުނު މަޢުލޫމާތާއި ހެކިންގެ ހެކިބަހުން ޘާބިތުވާކަމަށާއި، އާމިނަތު ޢަބްދުﷲ ހިމެނޭގޮތުން
ހުށަހަޅާފައިވާ ދަޢުވާ ހުށަހެޅިފައިވާ ގޮތަށް ކުރިއަށް ގެންދިޔުމަށް ބޭނުންވާކަމަށް އާމިނަތު ޢަބްދުﷲ ގެ ވާރިޘުން
ޝަރީޢަތަށް ބަޔާންދީފައިވުމާއެކު މިދަޢުވާ ބެލިއިރު،
ކޫލްސްޓޯން-2 އަދި
ކޮލެސްޓޯން. އެއްކޮށް
ޢިމާރާތް ކުރުމަށްޓަކައި 26 އޮކްޓޯބަރ 2006 ދުވަހު ދަޢުވާކުރާ ފަރާތްތަކާ ދަޢުވާލިބޭ ފަރާތާއި ދެމެދު ވެފައިވާ
އެއްބަސްވުމާއި ދަޢުވާލިބޭ ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާކަން ދެފަރާތުގެ ބަހުންނާއި، ޝަރުޢީ
އަގު ކޮމިޓީގެ ރިޕޯޓަށް ބެލުމުން އެގެން އޮތަތީ، މިއަދު 2012 ޖެނުއަރީ 08 ވަނަ ދުވަހުން ފެށިގެން
މިއެއްބަސްވުން ބާޠިލްވެއްޖެކަމަށް ކަނޑައަޅުއްވައި ޙުކުމް ކުރައްވައިކަން އެނގެން އޮންނަކަމެވެ.
05
"
12
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
2012/HC-A/160
ދެކުރެއްވިއިޑުގެ
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
3- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1676 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދަ
ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މައިގަނޑު 11 (އެގާރަ) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް ކަނޑައެޅިފައިވާ
ވަރަށްވުރެ އުސް ޢިމާރާތެއް ހެދީ މިކުންފުނިން ގޯތީގެ ވެރިފަރާތަށް އެނގުމަކާއި ނުލައި ކަމަށް ޝަރީޢަތުން
ބުރަވެލެއްވިއިރު އެ ޢިމާރާތުގެ ވެރިން ކުރެ އާމިނަތު ޢަބްދުﷲ ދިރިއުޅެނީ ޢިމާރާތުގެ 4 ވަނަ ފްލޯގައި ކަމާއި
ފާޠިމަތު ވަޙީދާ ދިރިއުޅެނީ 3 ވަނަ ފްލޯގައި ކަން އެދެފަރާތުގެ ބަހުން ޝަރީޢަތަށް އެނގެން އޮތްކަމާއި އިތުރަށް
ހެދިކަމަށް ބުނާ ފުލޯތަށް ހަފާފައިވަނީ ޢިމާރާތުގެ ވެރިފަރާތުގެ އެންގުމަކާނުލައި އެގްރިމެންޓާ ޚިލާފަށް
ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ،
(ށ) ދެވަނަ ނުކުތާއަކީ: އެއްބަސްވުމާއި ޚިލާފަށް އިތުރަށް ތިން ފުލޯ ހަދާފައިވާކަމަށާއި
އެފުލޯތަށް ހަދާފައިވަނީ އެފަރާތުގެ އެނގުމަކާއި ނުލައިކަމަށް ބުނާއިރު އެއްބަސްވުމުގައި ވާގޮތުން އިތުރަށް 3
ފުލޯ ހަދާފައި ނުވާކަން އެނގެން އޮންނަ ކަމާއި، ޢިމާރާތުގެ ކޮންކުރީޓު ނިންމައި އެތަންތަނުގައި ވާގޮތުން
އިތުރަށް 3 ފުލޯ ހަދާފައި ނުވާކަން އެނގެން އޮންނަކަމާއި ޢިމާރާތުގެ ކޮންކްރީޓް ނިންމައި އެތަންތަނުގައި
ދިރިއުޅެންފެށިތާ ތިންހަތަރު އަހަރުފަހުން ޢިމާރާތުގައި އިތުރަށް ކޮށްފައިވާ މަސައްކަތްތަކަކީ ޢިމާރާތުގެ ވެރިން
އެދިގެން ކުރުވާފައިވާ ކަމެއްކަމަށް ޤަބޫލު ކުރަންޖެހޭފަދަ ޤާނޫނީ ހުއްޖަތެއް ނޫންކަމަށް ޢިމާރާތުގެ ވެރިފަރާތުން
ބުނުމުން އެފަރާތުގެ ބަހަށް ޝަރީޢަތުން ބުރަވެލައްވައި މައްސަލަ ނިންމެވިކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ އެއްބަސްވުމުގެ 2.10 ގައި ސިޑީގެ އަތްގަނޑު ހެދިފައި
ހުންނަންވާނީ ކުރެހުމާ އެއްގޮތަށް އެސްއެސް ހޮޅިންކަމަށް ބަޔާންކޮށްފައިވާއިރު ސިޑީގެ އަތްގަނޑު ހަދާފައިވާ
ނުވާކަން އެނގެން އޮތުމުން މިކުންފުނި އެއްބަސްވުމާ ޚިލާފުވާކަމަށް ބައްލަވައި އެއްބަސްވުން ބާޠިލްކުގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
2012/HC-A/160
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
މައްސަލާގައިކަންވެފައިވާ ގޮތް އެކަށީގެންވާ މިންވަރަށް ޝަރީޢަތުން ބައްލަވާފައި އޮތްކަމަށް ޤަބޫލު
ނުކުރެވޭކަމަށްބުނެ ހުށަހެޅި ނުކުތާ.
(ރ) ހަތަރުވަނަ ނުކުތާއަކީ: އެއްބަސްވުމުގެ 5.8 އާއި 5.9 ގައި ބަޔާންކޮށްފައިވާ ފަދައިން
ގޯތީގެ ރަޖިސްޓްރީ ބޭނުންކޮށްގެން ލޯނު ނެގުމުގެ ފުރުސަތު ދީފައިނުވާކަމަށް ދެންނެވުމުން އެކަމަށް ރިޢާޔަތް
ކުރައްވާފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ: އެގްރީމަންޓް ތަޢާރަފް އަދި މާނަކުރުން 1.1 ގައި 5 ވަނަ ބުރީގެ
ޢިމާރާތެއް ކުރުމަށްކަން އެނގެން އޮތް ނަމަވެސް ކުރަހާފައިވަނީ 4 ބުރިއަށް ކަމަށްވާތީ އެއަށްވުރެ އިތުރަށް
ހަދާފައިވާ ބައިތަކަކީ ޢިމާރާތުގެ ވެރިފަރާތުގެ އެނގުމަކާނުލައި ހަދާފައިވާ ތަންތަންކަމަށް ބައްލަވައި ދަ ގޭޓުން
އެއްބަސްވުމާ ޚިލާފުވާކަމަށް ކަނޑައަޅުއްވައި ނިންމެވިއިރު ޢިމާރާތް ކުރުމަށް ކޮށްފައިވާ ޚަރަދާބެހޭ ގޮތުން
ޝަރީޢަތުން ގޮތެއް ކަނޑައަޅުއްވާފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ށ) ހަވަނަ ނުކުތާއަކީ: އެއްބަސްވުމުގެ
4.1 ގައި ޢިމާރާތް
ކުރުމުގެ ޚަރަދަކީ
2،036,762.40ރ (ދެމިލިއަން ތިރީސްހަހާސް ހަތްސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ ސާޅީސް ލާރި) ކަމަށް ދެ
ފަރާތުން އެއްބަސްވެފައިވާކަން އެއްބަސްވުމުން އެނގެން އޮއްވައި އެއްބަސްވުމުގެ މި ދެންނެވި މާއްދާއަށް
ރިޢާޔަތް ނުކުރެއްވުމުން ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ޙައްޤުތައް ގެއްލިދާފަދަ ނިންމެވުމެއްކަމުގައި
22 22 32
ޤަބޫލުކުރެވެން އޮތްކަމަށްބުނެ ހުށަހެޅި ނުކުތާ.
(ށ) ހަތްވަނަ ނުކުތާއަކީ: އެއްބަސްވުމުގެ 3.4 ގައި ޚިދުމަތް ލިބިގަންނަ ފަރާތުން
ންސަލްޓެންޓެއް ކަނޑައެޅުމުގެ އިޚްތިޔާރު އެފަރާތައް އޮތްއިރު އެފަދަ މީހަކު ބަހައްޓަނީ ޢިމާރާތުގެ
ވެރިފަރާތުންވެސް މަސައްކަތުގެ ފެންވަރު ބެލުމަށް ކަމުގައި ޤަބޫލުކުރެވޭކަމާއި ނަމަވެސް އެފަދަ މީހަކު
ބަހައްޓާފައި ނުވުމާއި ޢިމާރާތްކޮށް އެތަނުގައި ދިރިއުޅޭތާ އެތައް އަހަރުތަކެއްގެ ފަހުން ޢިމާރާތުގެ ފެންވަރު ދަށް
ކަމަށްބުނެ ދަޢުވާކުރާ ފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތް ކުރައްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
1
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/160
2 92 22
گرمی کی
(.) އަށްވަނަ ނުކުތާއަކީ: އެއްބަސްވުމުގެ 5.3 ގައި ބަޔާންކޮށްފައިވަނީ "މި އެއްބަސްވުމާމެދު
ދެމެދުގައި ދެބަސްވުމެއް އުފެދިއްޖެ ހިނދެއްގައި އެކަމެއް އެންމެ ފުރަތަމަ ހަމަޖައްސާނީ
ޞުލްޙަވެރިކަމާއެކު ދެފަރާތުން ވާހަކަދައްކައިގެންނެ އެގޮތުން އެކަމެއް ހައްލު ނުވެއްޖެނަމަ އެކަމެއް ޙައްލު
ކުރުމަށް ކަމާބެހޭ ޝަރުޢީ ނުވަތަ އިދާރީ ފަރާތެއް މެދުވެރިކޮށްގެން ހަމަޖެއްސުމަށް އެއްބަސްވަމެވެ." މިހެން
މިމާއްދާގައި ވަނިކޮށް ޢިމާރާތުގެ ވެރިފަރާތުން އެދިފައިވާފަދައިން އެއްބަސްވުން ބާޠިލުކޮށްފައިވަނީ
އެއްބަސްވުމުގައި ބަޔާންވެފައިވާ ދަ ގޭޓް ޕްރައިވެޓް ލިމިޓެޑް ގެ ޙައްޤުތަކަށް ރިޢާޔަތް ނުކޮށް ކަމުގައިކަމަށްބުނެ
ހުށަހެޅި ނުކުތާ.
02c
(ވ) ނުވަވަނަ ނުކުތާއަކީ: ޝަރީޢަތުން މައްސަލަ ނިންމެވުމުގައި އެއްބަސްވުމުގެ 5.5 ވަނަ
މާއްދާއަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(މ) ދިހަވަނަ ނުކުތާއަކީ: 2010 ޖުލައި 03 ދުވަހުގެ ތާރީޚުގައި މަދަނީ ކޯޓަށް ދަޢުވާކުރާ
ފަރާތުން ހުށަހެޅި ދަޢުވާ ފޯމުގައި ކަންހިނގާފައިވާ ގޮތް ބަޔާންކޮށްފައިވާ ގޮތާއި އެފޯމު ބާޠިލުކޮށް ހުށަހެޅި މި
މައްސަލައިގައި ކަންހިނގާފައިވާ ގޮތްކަމަށް ބުނާބުނުން ތަފާތު ކަމަށާއި އެފަރާތުން ކުރީން ހުށަހެޅި ދަޢުވާ ފޯމުގެ
ކޮޕީ މިކުންފުނިން ޝަރީޢަތަށް ހުށަހެޅުމުން އެ ފޯމުގައިވާ ކަންކަމަށް ޝަރީޢަތުން ރިޢާޔަތް ކުރައްވާފައި
ނުވުމުގެ އިތުރުން އެލިޔުން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ށ އެގާރަވަނަ ނުކުތާއަކީ: އިސްވެ ދެންނެވުނު ފޯމުގެ 7 ވަނަ ނަމްބަރުގައި ދަޢުވާ
ބިނާކޮށްފައިވާ ގޮތާއި މަސްއަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފްޞީލު ބަޔާންކުރަން އޮތް ނަމްބަރުގެ 3 ގައި
ދަޢުވާކު
ވާކުރާ ފަރާތުން މި ކުންފުންޏަށް 4 ބުރި ލިބެންޖެހޭކަމަށް ބަޔާންކޮށްފައި އޮތްކަން އެނގެން އޮތްނަމަވެސް
އެލިޔުމަށް ޝަރީޢަތުން އެއްވެސް ވަރަކަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
OXO
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
.
8
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/160
02c
4- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1676 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދަ ގޭޓް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭގޮތުން ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާރައްދުވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1676 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
އއ•
(ހ) ފުރަތަމަ ކަމަކީ: މއ. ކޫލްސްޓޯން-3 އާއި ކޫލްސްޓޯން-2 އެވެ. ކިޔާ ދެގޯތި
އެއްކޮށް އިމާރާތް ކުރުމަށް މާލޭ މުނިސިޕަލްޓީން ހުއްދަ ދީފައިވަނީ އެދެ ގޯތި ވަކިވަކިން ހަވާލު ކުރެވިފައިވާ
ފާޠިމަތު ވަޙީދާއާއި އާމިނަތު ޢަބްދުﷲ އަށް ކަމާއި، އެގޯތީގައި އިމާރާތް ކުރެވޭނީ ހަތަރު ބުރިއަށް ކަމާއި،
އިމާރާތުގެ ފަންގި ފިލާތައް އަޅާނީ ކޮންކްރީޓުންކަން 03 މެއި 2006 ގައި މާލޭ މުނިސިޕަލްޓީން އެ ދެފަރާތަށް
ދީފައިވާ "މާލޭގައި އިމާރާތް ކުރުމުގެ ހުއްދަ" (ނަންބަރު 2006
/
220-I) އަށް ބެލުމުން އެނގެން އޮންނައިރު،
މއ. ކޫލްސްޓޯން-3 ފާޠިމަތު ވަޙީދާގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާ މއ. ކުލްސްޓޯން-3 އެވެކިޔާ ގޯއްޗާ
މއ. ކޫލްސްޓޯން-2 ޢާމިނަތު ޢަބްދުﷲގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާ މއ. ކޫލްސްޓޯން-2 އެވެކިޔާ ގޯތީ
ދިގު މުއްދަތަކަށް ކުއްޔަށް ހިފައި، ޢިމާރާތް ކުރުމަށް އެއްފަރާތުން ފާޠިމަތު ވަޙީދާ އާއި އާމިނަތު
ޢަބްދުﷲ އާ އަދި އަނެއް ފަރާތުން ދަ ގޭޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު 26 އޮކްޓޯބަރ 2006 ގައި
އެއްބަސްވުމެއް ވެވިފައިވާކަމާއި، އެ އެއްބަސްވުމުގައި އެ ގޯތީގައި އިމާރާތް ކުރުމާގުޅޭ ގޮތުން ދެ ފަރާތުން
އެއްބަސްވެފައިވާ ކަންތައްތައް ބަޔާންކުރެވިފައިވާކަން އެނގޭކަމާއި، އެ ގޮތުން ދެފަރާތުގެ ދެމެދުގައި ވެފައިވާ
އެއްބަސްވުމަށް ބަލާއިރު، އިމާރާތް ކުރަންވާނީ ސަރުކާރުގެ ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން، ކުރެހުމާއި
އެ އެއްބަސްވުމުގެ 4.2 ގައި އެއްބަސްވެފައިވާ ގޮތަށް މަސައްކަތް
އެއްބަސްވުމުގެ
ނުމަށް!މ.
ޑ0 ހ 0
2
3
4
އެ
0x82
އއގގނޑު
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
އިޝާ
9
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/160
ކަމަށް
އެ
3.2 ވަނަމާއްދާގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އެ އެއްބަސްވުމުގެ ދަށުން މަސައްކަތަށް ދައްކަންޖެހޭ
ފައިސާގެ ބަދަލުގައި ޚިދުމަތް ލިބިގަންނަ ފަރާތާއި ޢިމާރާތް ކުރާ ފަރާތާ ދެމެދު އެއްބަސްވެފައިވާ ގޮތަކީ
މޯލްޑިވްސް ހައުސިންގ އެންޑް ޑިވެލޮޕްމަންޓް ބޯޑުން އިމާރާތް ކުރުމަށް ހުއްދަ ދެވިފައިވާ ކުރެހުމާ އެއްގޮތަށް
ނިންމާ އެއްވެސް ކުއްޔަކާ ނުލައި 1 ފްލޯ ބިމުގެ ވެރިފަރާތަށް ހަވާލުކުރުމަށާއި އަދި އިތުރު ފްލޯއެއް އެ ފްލޯއަށް
ދިޔަ ޚަރަދު ޢިމާރާތްކުރި ފަރާތަށް 000.00، 4ރ (ހަތަރުހާސް ރުފިޔާ) ގެ މަގުން މަހަކު ދައްކާ އަގު
ހަމަކުރުމަށްފަހު، އެ ފްލޯ އިމާރާތުގެ ބިމުގެ ވެރިފަރާތަށް ދިނުމަށާއި އަނެއް ހަތަރު ފަންގިފިލާ އިމާރާތް
ކުރާފަރާތަށް 12 އަހަރުގެ މުއްދަތަށް ދިނުމަށާއި، އެ ހަތަރު ފަންގިފިލާގެ 12 އަހަރު ދުވަހުގެ ކުއްޔަކީ އެ
އިމާރާތް ކުރުމަށްދާ 2،036,762.40ރ (ދެމިލިއަން ތިރީސްހަހާސް ހަތްސަތޭކަ ފަސްދޮޅަސް ދެރުފިޔާ ސާޅީސް
ލާރި) އެއްބަސްވުމުގެ 4.2 ގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
އަދި އިމާރާތް ކުރުމަށް
ބޭނުންކުރާނޭ މެޓީރިއަލްތަކުގެ ތަފްސީލު އެ އެއްބަސްވުމުގެ 2 ވަނަމާއްދާގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
އެ އެއްބަސްވުމާމެދު ދެ ފަރާތުގެ ދެމެދުގައި ދެ ބަސްވުމެއް ނުވަތަ ޚިލާފެއް އުފެދިއްޖެނަމަ، އެކަމެއް ފުރަތަމަ
ހަމަޖައްސާނީ ސުލްހަވެރިކަމާއެކު ދެފަރާތުން ވާހަކަ ދައްކައިގެން ކަމަށާއި
އެކަމެއް
ހަމަޖެއްސުމަށް އެއްބަސްވެފައިވާކަމާއި، އަދި އެގްރިމެންޓް ކުރެވުނު މުއްދަތު ހަމަވުމުގެ ކުރިން ބިމުގެ
ވެރިފަރާތުން އިމާރާތް ބޭނުންވެއްޖެނަމަ، އިމާރާތްކުރާ ފަރާތުން ކުރި ޚަރަދާއި، ޚަރަދުގެ %12 އަށްވާ ފައިސާ،
އެއްފަހަރާ އިމާރާތްކުރި ފަރާތަށް ދިނުމުން އިމާރާތް ބިމުގެ ވެރިފަރާތާއި ހަވާލުކުރެވޭނެކަމަށް އެ އެއްބަސްވުމުގެ
5.3 އާއި 5.5 ގައި ބަޔާންކޮށްފައި އޮންނައިރު، އެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި، ދިވެހިސަރުކާރުގެ
ގަވާއިދެއް އަދި/ނުވަތަ ޤާނޫނަކާ ތަޢާރަޟްވާކަން އެނގިއްޖެނަމަ، އެފަދަ ކަމެއްގެ ސަބަބުން މުޅި އެއްބަސްވުން
ބާޠިލް ނުވާނެ ކަމަށް ދެ ފަރާތުން އެއްބަސްވާކަމަށާއި އަދި ބަޔާންވެދިޔަ ފަދަ ތަޢާރަޟްވާ މާއްދާއެއް
02x4
22 3
43 4
4 * 0e
ހައެލެންކެރެވެއެ"
{.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
"10
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/160
އިސްލާޙްކޮށް އެ އެއްބަސްވުމާއި އެޓޭޗް ކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާކަމަށް އެއެއްބަސްވުމުގެ 5.4 ގައި
ހ4 2
2x ހ އ ހ 0
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން މއ. ކޫލްސްޓޯން-2
އަދި 3 ގައި، އިމާރާތް ކުރެވުނީ ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ޚަރަދުގައި އެކުންފުނިން ކަމާއި، އެ
އިމާރާތްކޮށްފައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމާއި ޚިލާފަށް ކަމަށް ބުނެ ފާޠިމަތު ވަޙީދާއާއި
އާމިނަތު ޢަބްދުﷲ ގެ ފަރާތުން ފާހަގަ ކޮށްފައިވާ ކަންތައްތަކަކީ، އެ އިމާރާތް ކުރުމަށްޓަކައި ބޭނުންކުރަންވާނޭ
ތަކެތިކަމަށް އެއްބަސްވުމުގައި ބުނެފައިވާ ތަކެތި ފިޔަވައި އެހެން ތަކެތި ބޭނުންކޮށްގެން އިމާރާތުގެ
މަސައްކަތްކޮށްފައިވުން ކަމާއި، އެ ގޮތުން، އިމާރާތުގެ ފެން ވައިނިންގއަށް ބޭނުން ކުރަންވާނީ ހައި ޕްރެޝަރ
ހޮޅިއާއި ފިޓިންގްސް ކަމަށް އެއްބަސްވުމުގެ 2.4 ގައި ބުނެފައިވާއިރު، އިމާރާތުގައި ބޭނުން ކުރެވިފައިވަނީ
އާދައިގެ ހޮޅިއާއި ފިޓިންގްސް ކަމަށާއި، އިމާރާތުގައި އިލެކްޓްރިކް ފިޓިންގްސްއާއި، ފާޚާނާތަކުގެ ފިޓިންގްސްއާއި
އިމާރާތުގެ ދޮރުތަކުގެ ގޮތުގައި ބޭނުން ކުރެވިފައިވަނީ އެއްބަސްވުމުގެ 2.5 އާއި، 2.6 އާއި، 2.8 ގައި
ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ކަމަށާއި އަދި އިމާރާތުގެ ސިޑިތައް އެއްވެސް މިންވަރަކަށް
ހަދާފައިނުވާކަމަށާއި، އިމާރާތަށް ވަނުމަށް ހުންނަ މައި ދޮރާށިވެސް ލާފައިނުވާކަމަށް ބުނެފައިވާކަން އެނގޭކަމާއި،
މަސައްކަތް ކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ކޮށް ނިންމާފައިނުވުމާއި،
އެއްބަސްވެފައިވާ ގޮތަށް އިމާރާތަށް ލިބޭ ގެއްލުންތައް މަރާމާތުކޮށްދީފައި ނުވުމާއި، އަދި އިމާރާތް ކުރުމަށް
ސަރުކާރުން ހުއްދަ ދީފައިވަނީ 4 (ހަތަރެއް) ބުރިއަށް ކަމަށްވާއިރު، އެއްވެސް ފަރާތެއްގެ ހުއްދަ ނުހޯދައި 7
(ހަތެއް) ބުރިއަށް އިމާރާތް ކޮށްފައިވުންކަމަށް ބުނެފައިވާކަން އެނގޭކަމާއި، އަދި އެކަންކަން ރަނގަޅުކޮށްދިނުމަށް
ދަ ގޭޓް ޕްރައިވެޓް ލިމިޓެޑަށް އަނގަބަހުންނާއި ލިޔުމުން އެންގުމުންވެސް އެކަންކަމަށް އެއްވެސް ހައްލެއް ހޯދައި
ދީފައިނުވާކަމަށް ފާޠިމަތު ވަޙީދާއާއި އާމިނަތު ޢަބްދުﷲ ގެ ފަރާތުން ބުނެފައިވާކަން އެނގޭކަމާއި
* 9 / /
محرم کی
&
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
"11
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/160
އެއްބަސްވުމާ ޚިލާފަށް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާކަމަށް ފާޠިމަތު ވަޙީދާއާއި
އާމިނަތު ޢަބްދުﷲ ގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެ ގޯތީގައި އިމާރާތް ކުރުމުގެ ހުއްދަ ދީފައިވަނީ ގޯތީގެ ވެރިފަރާތްތަކަށް
ކަމަށާއި، އިމާރާތުގެ ކުރެހުމަށް ބަދަލެއް ގެނެވޭނީވެސް ގޯތީގެ ވެރިފަރާތްތަކަށް ކަމަށާއި، އިމާރާތުގައި 07
ބުރީގެ ފައުންޑޭޝަން އަޅާފައިވަނީ އިމާރާތުގެ ވެރިފަރާތްތަކުން އެދިގެންކަމަށާއި، އިމާރާތުގެ ފަސްވަނަ ބުރި
ހަދަން ފެށިއިރުވެސް އަދި އިމާރާތުގެ މަސައްކަތް ނިމުނު އިރުވެސް، އިމާރާތުގެ ވެރިފަރާތްތަކުން ދިރިއުޅެމުން
ގެންދިޔައީ އެ އިމާރާތުގައި ކަމަށާއި، އެގޮތުން އާމިނަތު ޢަބްދުﷲ ދިރިއުޅެނީ އިމާރާތުގެ 4 ވަނަ ފްލޯގައި
ކަމަށާއި، ފާޠިމަތު ވަޙީދާ ދިރިއުޅެނީ އިމާރާތުގެ 3 ވަނަ ފްލޯގައި ކަމަށާއި، އެ އިމާރާތް 4 ބުރިއަށްވުރެ
އުސްކޮށް އިމާރާތްކޮށްފައިވަނީވެސް އިމާރާތުގެ ވެރިފަރާތުން އެދިގެން ކަމަށާއި، އިމާރާތަށް ފެނާއި ކަރަންޓް
ދެވިފައިވަނީ އެ ޚިދުމަތްތަކަށް އިޝާރާތުގެ ވެރިފަރާތްތަކުން ސޮއިކޮށް އެކަމަށް އެދި ހުށަހެޅުމުން ކަމަށާއި،
އެހެންކަމުން 6 ބުރިއަށްވުރެ އުސްކޮށް އިމާރާތްކޮށްފައިވަނީ އެ ފަރާތްތަކަށް އެނގުމަކާ ނުލައިކަމަށް ބުނުމަކީ
ޤަބޫލު ކުރެވޭނެ ކަމެއްނޫންކަމަށާ
ކަމެއްނޫންކަމަށާއި، އިމާރާތުގައި މަރާމާތު ކުރަންޖެހޭ ތަންތަން ހުރިކަމަށާއި އަދި ސިޑީގެ
އަތްގަނޑު ނުހެދިވީނަމަވެސް އެ އިމާރާތްތަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ދިޔަ ޚަރަދު ލިބިނުދީ އެއްބަސްވުން
ބާޠިލް ކުރުމަށް ޙުކުމް ކޮށްފައިވުމުން ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ޙައްޤު ނުލިބިދާކަމަށާއި، އެއްބަސްވުމުގައި
ގޯތީގެ ރަޖިސްޓްރީ ބޭނުންކޮށްގެން ލޯނު ނެގުމުގެ ފުރުސަތު އޮތްނަމަވެސް ލޯނު ނަގާފައިނުވާކަމަށާއި
އެއްބަސްވުމާ ޚިލާފަށް ހުރި ކަންތައްތައް ރަނގަޅު ކުރުމަށް ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދެކެވުނު ކަމަށާއި،
ދެބަސްވުން އުފެދުނީ ލޯނު ނެގުމަށް ހުރަސް އެޅި ހިސާބުންކަމަށާއި، ވައިގޮޅިތައް ކުރެހުމާ ޚިލާފަށް ހަދާފައިވަނީ
ދޮންނަ މެޝިން ބަހައްޓަން ވައިގޮޅީގެ ބައެއް ހެދުމަށް ގޭގެ ވެރިފަރާތުން އެދުމުންކަމަށާއި، އިމާރާތުގެ
ވެރިފަރާތްތަކުން ދިރިއުޅޭ ފުލޯތަކުގެ ވައިގޮޅިތަކުގައިވެސް އެ ގޮތަށް ދޮންނަ މެޝިން ބަހައްޓަން ވައިގޮޅިތަކަށް
ބަދަލު ގެނެސްފައިވާނެ ކަމަށާއި، ގޭގެ ދޮރުފަތްތައްވެސް ލާފައިވަނީ އިމާރާތުގެ ވެރިފަރާތުން އެއްބަސްވެފައިވާ
06
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
12
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/160
ގޮތުގެމަތިންކަމަށާއި، އިމާރާތުގެ ވެރިފަރާތުން ބޭނުންކުރާ އެއް ފުލޯއަށް އެއްބަސްވުމުގައިވާ ގޮތުގެމަތިން
ދައްކަންޖެހޭ ފައިސާވެސް އިމާރާތުގެ ވެރިފަރާތުން ނުދައްކާ ކަމަށާއި، އިމާރާތުގެ ވެރިފަރާތުން މި މައްސަލަ
ޖެއްސީ އިމާރާތް ހަދައިނިމުމުން އޮޅުވާލައިގެން އިމާރާތް އަތުލުމަށްކަމަށް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ބުނެފައިވާކަން އެނގޭކަމާއި،
ސިވިލް ކޯޓުގެ ޤަޟިއްޔާގައި އެއިމާރާތް ކޮށްފައިވާގޮތް ޝަރުޢީ އަގު ކޮމިޓީން ބައްލަވާފައިވާކަން
އެނގޭކަމާއި، އަގު ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓަށް ބަލާއިރު، މއ. ކޫލްސްޓޯން 2 އަދި 3 ވަނަ ބައި
އެއްކޮށް އިމާރާތްކޮށްފައިވަނީ 8 (އަށެއް) ބުރިއަށް ކަމަށާއި، އިމާރާތުގެ ފެންވައިރިންގއަށް ބޭނުންކޮށްފައިވާ
ހޮޅިއާއި ފިޓިންގްސްގެ ތެރެއިން ސީޓޭޖަށް ބޭނުންކޮށްފައިވާ ހޮޅިއާއި ފިޓިންގްސް އަކީ ލޯ ޕްރެޝަރ ހޮޅިއާއި
ފިޓިންގްސްކަމާއި، އެހެން ފެންކައިރިންގއަށް ބޭނުންކޮށްފައިވަނީ ޕްރެޝަރ ހޮޅިއާއި ފިޓިންގްސްކަމާއި އަދި
ފާޚާނާތަކުގައި ބޭނުންކޮށްފައިވަނީ ވޯޓާޓެކް ޕީ.ވީ.ސީ. ފިޓިންގްސްކަމަށާއި، އިމާރާތުގެ އިލެކްޓްރިކަލް ސިޓިންގްސް
ގެ
ގެ ގޮތުގައި ބޭނުންކޮށްފައިވަނީ އެއްބަސްވުމުގެ 2.5 ގައި ބަޔާންކޮށްފައިވާ ފެންވަރުގެ ތަކެތިކަން ފާހަގަކުރެވޭ
ކަމަށާއި، އިމާރާތުގެ 1،5،6 މިތިން ބުރީގެ ފާޚާނާތަކުގައި ވަނީ ޕީ.ވީ.ސީ ދޮރާއި ދޮރުފަތް ހަރުކުރެވިފައި
ކަމަށާއި، އަދި 2،3،4 މިތިން ބުރީގެ ފާޚާނާތަކުގައިވަނީ ފުލައިވުޑް ހޮލޯޓިމްބަރ ދޮރާއި ދޮރުފަތް
ހަރުކޮށްފައިކަމަށާއި، އިމާރާތުގެ 7 އަދި 8 މި ދެ ބުރީގެ ފާޚާނާތަކުގައިވަނީ ލަކުޑި ދޮރާއި ދޮރުފަތް
ހަރުކުރެވިފައިކަމަށާއި، އިމާރާތުގެ ބޮޑުދޮރުތަކާއި ކުޑަދޮރުތައް ވަނީ އެއްބަސްވުމުގެ 2.6 ގައި ބަޔާންކޮށްފައިވާ
ގޮތަށް ކަމަށާއި، އިމާރާތުގެ ފާޚާނާތަކުގައި ބޭނުންކޮށްފައިވަނީ ރަނގަޅު ފެންވަރުގެ މުށިކަން ފާހަގަ
ކުރެވޭކަމަށާއި، އަދި ފާޚާނާ ތައްޓާއި މޫނު ދޮންނަ ތައްޓަކީ އެއްބަސްވުމުގެ 2.8 ގައި ބަޔާންކޮށްފައިވާ
ފެންވަރުގެ ތަކެތިކަން ފާހަގަ ކުރެވޭކަމަށް ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އިމާރާތުގެ އެއްވަނަ ބުރިން
ފެށިގެން ހަވަނަ ބުރިއާ ހަމައަށް ސިޑީގެ ކޮންކްރީޓް މަސައްކަތް ނިންމާ ތަޅުން އަޅާފައިވާ ކަމަށާއި، އިމާރާތުގެ
ތިރިން ފެށިގެން ހަތްވަނަ ބުރިއާ ހަމައަށް ސިޑީގެ އަތްގަނޑު ހަދާފައިނުވާކަމަށާއި އިމާރާތުގެ ހަވަނަބުރިން
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
"13
2012/HC-A/160
އެ ޚައި
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
ހަތްވަނަ ބުރިއަށް އަރަންހުރި ހަދާފައިވަނީ ގަނޑުލަކުޑިން ކަމަށާއި އަދި ހަތްވަނަ ބުރިން އަށްވަނަ
ބުރިއަށް އެދޭގޮތަށްވަނީ ވަށް ސިޑިއެއް ބަހައްޓާފައިކަމަށާއި، އިމާރާތުގެ ނުނިމި ހުރި މަސައްކަތަކީ ސިޑިއާއި
ސިޑިގޮޅިބައިގެ ޕްލެޓްފޯމުގައި މުށިޖަހާ، އަދި ސިޑިތަކުގެ އަތްގަނޑު ހަރުކުރުން ކަމަށާއި، އިމާރާތުގެ ވައިގޮޅިތައް
އެކިބުރިތަކުގައި އެކި މިންވަރަށް ކޮންކްރީޓް ޝީޓުއަޅައި ބައްދާފައިވާކަމަށާއި، އިމާރާތުގެ އެކި ބުރިތަކުގެ ފާޚާނާ
ޝީޓް ހޮޅިއަޅައި ބައްދާފައިވާ ބެއްދުންތަކުން ފެން ލީކުވާކަމަށާއި، އިމާރާތުގެ ބޭރު ފާރުގެ ކުލަ ބައުވެ އިމާރާތުގެ
ބޭރުގެ ފާރުތަކުން ފެނުގެ އަސަރުކުރާކަން ފާހަގަ ކުރެވޭކަމަށާއި، އިމާރާތަށް 8 (އަށެއް) ކަރަންޓް މީޓަރާއި 8
ފެން މީޓަރު ލާފައިވާކަން ފާހަގަ ކުރެވޭކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ މި މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި
އެއްބަސްވުން ބާޠިލްކުރެވޭނެ ގޮތެއް ކަނޑައެޅިގެން ބަޔާންކޮށްފައިނެތްކަން އެނގޭއިރު، ދެ ފަރާތުގެ ދެމެދުގައި
އުފެދޭ ޚިލާފުތައް ހައްލުކުރުމަށް ކަނޑައަޅާފައިވަނީ ދެ ފަރާތުން ވާހަކަ ދައްކައިގެންކަން އެނގޭކަމާއި، އެ
ގޮތުން، އިމާރާތުގައި އެއްބަސްވުމާ ޚިލާފަށް ކުރެވިފައި ހުރިކަންތައްތައް ރަނގަޅު ކުރުމާބެހޭ ގޮތުން ވާހަކަ
ދެކެވިފައިވާކަމަށް ދެ ފަރާތުންވެސް ބުނެފައިވާކަން އެނގޭކަމާއި، ނަމަވެސް، އެކަންކަން ރަނގަޅު ނުކުރެވުމުން
މި މައްސަލަ އިމާރާތުގެ ވެރިފަރާތުން ހުށަހެޅިކަން އެނގޭކަމާއި، ކޫލްސްޓޯން-2 އަދި 3 ގައި، 4 ބުރީގެ
އިމާރާތެއް ކުރުމުގެ ހުއްދަ މާލޭ މުނިސިޕަލްޓީން ދީފައިވަނީ އެ ދެ ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކަށްކަން
އެނގޭއިރު، އެ ގޯތީގައި ކުރެހުމާ ޚިލާފަށް މަސައްކަތްތަކެއް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުރިކަމަށް
ބުނާއިރު، އެކަން ހުއްޓުވުމުގެ ގޮތުން އިމާރާތުގެ ވެރިފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވާކަން
ސާބިތުވާ ވަރުގެ ހެއްކެއް ހުށަހެޅިފައިނުވާކަމާއި، އަދި އެ އިމާރާތް ކުރެހުމާ ޚިލާފަށް ކޮށްފައިވުމުން އެކަން
އިސްލާހު ކުރުމަށް އިމާރާތުގެ ވެރިފަރާތަށް އެ ގޯތީގައި އިމާރާތްކުރުމުގެ ހުއްދަ ދިން ސަރުކާރުގެ އިދާރާއަކުން
އަންގާފައިވާކަން ވެސް އެނގެން ނެތްކަމާއި، 4 ބުރިއަށްވުރެ އުސްކޮށް އެ އިމާރާތް ކުރަންފެށި އިރުވެސް އަދި
އިމާރާތް ނިމުނު އިރުވެސް އިމާރާތުގެ ވެރިފަރާތްތަކުން އެ އިމާރާތުގައި ދިރިއުޅޭކަމަށް ދަ ގޭޓް ޕްރައިވެޓް
9
OXO
OXO
އިރެއްގެ
ހައިކޯއާ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
"l4
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/160
9އ*
ލިމިޓެޑުން ބުނެފައިވުމާއި، އަދި އެ އިމާރާތަށް ފެނާއި ކަރަންޓްފަދަ އަސާސީ ޚިދުމަތްތައްވެސް ހޯދާފައިވަނީ
އިމާރާތުގެ ވެރިފަރާތުން ސޮއިކޮށް އެ ޚިދުމަތްތަކަށް އެދުމުންކަން އެ ޚިދުމަތްތައް ދީ އުޅޭ އުސޫލުތަކަށް ބެލުމުން
އެނގޭތީ، އެ އިމާރާތްކުރުމަށް ސަރުކާރުން ހުއްދަ ދީފައިވާ ގޮތާ ޚިލާފަށް ކޮށްފައިވަނީ އެ އިމާރާތުގެ
ވެރިފަރާތްތަކަށް އެނގުމަކާ ނުލައިކަމަށް ބުއްދީގެ ހަމަތަކުން ބެލެވޭނެ ސަބަބެއް އިމާރާތުގެ ވެރިފަރާތްތަކަށް
ދެއްކިފައިނުވާކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު،
ކޫލްސްޓޯން-2 އަދި 3 ގައި، އިމާރާތް ކުރުމަށް ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ މުޅިން
އެއްގޮތަށް ދެ ފަރާތުންވެސް ޢަމަލުކޮށްފައިނުވާކަން އެނގޭކަމާއި އެ ގޯތީގައި އިމާރާތް ކޮށްފައިވަނީ ދަ ގޭޓް
ޕްރައިވެޓް ލިމިޓެޑުގެ އަމިއްލަ ޚަރަދުގައި ކަމަށްވެފައި، އެ އިމާރާތުގައި ނުނިމި ހުރިކަމަށް ޝަރުޢީ އަގު
ކޮމިޓީން ފާހަގަ ކޮށްފައިވާ މަސައްކަތަކީ ސިޑިއާއި ސިޑިގޮޅިބައިގެ ޕްލެޓްފޯމުގައި މުށިޖަހާ، އަދި ސިޑިތަކުގެ
އަތްގަނޑު ހަރުކުރުން ކަން އެނގޭކަމާއި، އަދި ބައެއް މަރާމާތުތައް ކުރަންހުރިކަމަށްވެސް ފާހަގަ ކޮށްފައިވާކަން
އެނގޭއިރު، އިމާރާތުގައި ސަރުކާރުން ދީފައިވާ ހުއްދައާއި ދެ ފަރާތުގެ ދެމެދުގައި ލިޔުމުން ވެފައިވާ އެއްބަސްވުމާ
ޚިލާފަށް ކޮށްފައިހުރި މަސައްކަތްތައް ރަނގަޅުނުކޮށް، އެ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން
ބާޠިލްކުރުމަކުން މުޅި މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް ނުފެންނާތީއާއި، ކޫލްސްޓޯން 2 އަދި 3
ބައިގައި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން މަސައްކަތްކޮށްފައިވަނީ، އެއިމާރާތުގެ ވެރިފަރާތުގެ އެނގުމާއި ފެނުމުގެ
ތެރެއިން ކަމަށްވެފައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފުވެގެން، އެއްބަސްވުމާ އެއްގޮތަށް
މަސައްކަތް ކުރުމަށް އިމާރާތުގެ ވެރިފަރާތްތަކުން ދަ ގޭޓް ޕްރައިވެޓް ލިމިޓެޑަށް ނުވަތަ އިމާރާތްކުރުމަށް
ދީފައިވާ ހުއްދައާ އެއްގޮތަށް އިމާރާތްކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތަކުން މއ. ކޫލްސްޓޯން2
އަދި 3 ގެ ވެރިފަރާތަށް ނުވަތަ އެނޫން އެހެންވެސް ފަރާތަކަށް އަންގާފައިވާކަން އެނގޭނޭ އެއްވެސް ހެއްކެއް
އަދި ޤަރީނާއެއްވިޔަސް މި މައްސަލައިގައި ހުށަހެޅިފައިނުވާކަން އެނގެން އޮތުމުގެ އިތުރުން، އެ
މއ.
&&&&
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 73316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
"15
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/160
47
2 ހހހ
سمر سمر سلاحه
ކޮށްފައިވަނީ އިމާރާތުގެ ވެރިފަރާތުގެ ފެނުމާއި ރުހުމުގެ ތެރެއިން ނޫންކަމަށް ބެލެވޭފަދަ ކާޕީ ހެކި
ހުށަހެޅިފައިނުވާތީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްކަމަށް ދަށު ކޯޓުން ކަނޑައަޅުއްވާފައިވަނީ
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި މުޢާމަލާތްކުރެވިފައިވާ ގޮތަށް ބައްލަވައި މުޅި މައްސަލައިގެ
ވަށައިގެންވާ ކަންތައްތަކަށް ފުރިހަމަ ގޮތެއްގައި ރިޢާޔަތް ކުރެވިގެންކަމަށް .
އެހެންކަމުން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށާއި މުޅި މުޢާމަލާތްކުރެވިފައިވާ
ގޮތަކަށާއި މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ބަލައި ރިޢާޔަތް ކުރުމުން، ދަށު ކޯޓުގެ ޤަޟިއްޔާއާ ގުޅިގެން
މއ. ކޫލްސްޓޯން 2 އަދި 3 އިމާރާތުގައި ނިމިފައިނުވާކަމަށް ޝަރުޢީ އަގު ކޮމެޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ
ކަންތަކާއި މަރާމާތު ކުރަންޖެހޭކަމަށް ފާހަގަކޮށްފައިވާ ކަންތައްތަކާއި، އަދި އެއްބަސްވުމުގައިވާ ގޮތުގެމަތިން
ރަނގަޅުކުރުމަށް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާ ކަންތައްތައް ރަނގަޅުކޮށް، ދެ ފަރާތުގެ
ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްކަމަށް ކަނޑައަޅަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަކަށް
މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަމެވެ.
ވީމާ، މި މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1676 ޤަޟިއްޔާގައި،
މއ. ކޫލްސްޓޯން-3 ފާޠިމަތު ވަޙީދާގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާ މއ. ކޫލްސްޓޯން-3 އެވެކިޔާ ގޯއްޗާއި
މއ. ކޫލްސްޓޯން-2 ޢާމިނަތު ޢަބްދުﷲގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާ މއ. ކޫލްސްޓޯން-2 އެވެކިޔާ ގޯތި
އެއްކޮށް ދިގު މުއްދަތަކަށް ކުއްޔަށް ހިފައި، ޢިމާރާތް ކުރުމަށް އެއްފަރާތުން ފާޠިމަތު ވަޙީދާ އާއި އާމިނަތު
ޢަބްދު އަދި އަނެއް ފަރާތުން ދަ ގޭޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު 26 އޮކްޓޯބަރ 2006 ގައި ވެފައިވާ
އެއްބަސްވުން ބާޠިލްކަމަށް ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
OXO
2
ދިވެހިރާއްޖެ
އައިކޯއް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
"16
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/160
ޙުކުމް
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 2010/Cv
-
C/1676 ޤަޟިއްޔާގައި، މއ. ކޫލްސްޓޯން-3 އާއި
މއ. ކޫލްސްޓޯން-2 އެވެކިޔާ ގޯތި
އާއި
މާރޗްކުރުމަށް
އެއްކޮށް ދިގު މުއްދަތަކަށް ކުއްޔަށް ހިފައި، ޢިމާރާތް ކުރުމަށް އެއްފަރާތުން މއ. ކޫލްސްޓޯން-3 ފާޠިމަތު ވަޙީދާ
މއ. ކޫލްސްޓޯން-2 އާމިނަތު ޢަބްދުﷲ އާ އަދި އަނެއް ފަރާތުން ދަ ގޭޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު 26
އޮކްޓޯބަރ 2006 ގައި ވެފައިވާ މުޅި އެއްބަސްވުމާ އެއްގޮތަށް ދެ ފަރާތުންވެސް ޢަމަލު ކޮށްފައިނުވާކަން
އެނގެން އޮވެފައި، އިމާރާ
ސަރުކާރުން ހުއްދަ ދީފައިވާ ގޮތާ އެއްގޮތްނުވާ ގޮތަށް އެ ގޯތީގައި
އިމާރާތްކޮށްފައިވަނީ އިމާރާތުގެ ވެރިފަރާތަށްވެސް އެނގުމާއި ރުހުމުގެ ތެރެއިންކަމަށް ބުއްދީގެ ހަމަތަކުން
ޤަބޫލުކުރެވޭ ފަދަ ކަންތައްތަކެއް ހުރުމާއި، އެއްބަސްވުމާ ޚިލާފަށް އިމާރާތުގައި ކޮށްފައިވާކަމަށް އިމާރާތުގެ
ވެރިފަރާތުން ބުނާ މަސައްކަތްތައް ރަނގަޅު ކުރުމަށް އަދި ޤަވާޢިދާ ޚިލާފަށް ކޮށްފައިވާ ކަމަށް ބުނާ
މަސައްކަތްތައް ރަނގަޅު ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާއަކުން އަންގާފައިވާކަން އެނގޭނޭ ހެއްކެއް
ococ
ނުވަތަ ޤަރީނާއެއްވިޔަސް އިމާރާތުގެ ވެރިފަރާތުން ޝަރީޢަތަށް ހުށަހެޅިފައިނުވާއިރު، ދެ ފަރާތުގެ ދެމެދުގައި
ވެފައިވާ އެއްބަސްވުމާ ހަމައެކަނި ދަ ގޭޓް ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާކަމަށް ކަނޑައަޅުއްވައި، ދެ ފަރާތުގެ
ދެމެދުގައިވެފައިވާ އެއްބަސްވުން ބާޠިލް ވެއްޖެކަމަށް ކަނޑައަޅުއްވާފައިވަނީ މުޅި މައްސަލައިގައި ވަށައިގެންވާ
ކަންތައްތަކުގެ މައްޗަށް ފުރިހަމައަށް ރިޢާޔަތްކުރެވި ބެލެވިގެން ކަމުގައި ނުފެންނާތީ، ސިވިލް ކޯޓުގެ ނަންބަރު
2010/Cv-C/1676 ޤަޟިއްޔާގައި، ކުރައްވާފައިވާ ޙުކުމް ބާޠިލްކަމަށް ކަނޑައެޅުމާއެކު، އެއިމާރާތުގައި ނުނިމި
ހުރިކަމަށް ޝަރުޢީ އަގު ކޮމެޓީން ފާހަގަކޮށްފައިވާ ކަންތައްތަކާއި، އިމާރާތުގައި މަރާމާތު ކުރަންޖެހޭ ކަމަށް އަދި
ނުނިމިވާކަމަށް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވާ ކަންތައްތައް މިއަދު 25 ފެބްރުއަރީ 2015 ދުވަހުން
ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި، ނުވަތަ ދެފަރާތުން އެއްބަސްވާ އެނޫން މުއްދަތެއްގެ ތެރޭގައި ކޮށް
ނިންމުމަށް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަންގައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
، ދިވެހިއްޖެގެ
"17
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/160
0x2 22
ޙުރުމަތްތެރިކޮށް ހިތުމަށް ދަ ގޭޓް ޕްރައިވެޓް ލިމިޓެޑާއި މއ. ކޫލްސްޓޯން-3 ފާޠިމަތު ވަޙީދާ އާއި
ކޫލްސްޓޯން-2 އާމިނަތު ޢަބްދުﷲ ގެ ވާރިސުންގެ މައްޗަށް އަންގައި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ޤަޟިއްޔާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv