ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/167 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/167
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 167/HC
-
A/2010
، އިސްތިއުނާފުކުރި ފަރާތް:
ނަން: އަޙްމަދު ނާޝިދު
، ދާއިމީ އެޑްރެސް: މ.މ. ޚާއްޞަ ދަފްތަރު 2877
* އައިޑީ ކާޑު ނަންބަރ: A044482 މިހާރުގެ އެޑްރެސް: މއ. މޭވާގަސްދޮށުގެ 2ވަނަ ފުލޯ
• އިސްތިއުނާފު ރައްދުވި ފަރާތް: ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން ލިމިޓެޑް
ހުށަހެޅުނު ތާރީޚް: 20 ޖުލައި 2010
* ނިމުނު ތާރީޚް: 27 ޖޫން 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާ
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2010/HC-A/167
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޚުލާޞާ:
މިއީ، މަދަނީކޯޓުގެ ނަންބަރު 2010/MC/867 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއި
މެދު ހިތްހަމަ ނުޖެހިގެން، މ.މ. ޚާއްޞަ ދަފްތަރު 2877 އަޙްމަދު ނާޝިދު (މއ. މޭވާގަސްދޮށުގެ)
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤާޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ސްރީލަންކާ އިންޝުއަރެންސް
ކޯޕަރޭޝަން ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- މަދަނީކޯޓުގެ ނަންބަރު 2010/MC/867 ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 66/HC
-
A/2008 ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކޮށްދެއްވުން އެދި ސްރީލަންކާ އިންޝުއަރެންސް
ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ޚާއްޞަ ދަފްތަރު 287 އަޙްމަދު ނާޝިދު (މއ.
މޭވާގަސްދޮށުގެ) ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި؛
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ: “ދެންފަހެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
66/HC
-
A/2008 ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކޮށްދެއްވުން އެދި ސްރީލަންކާ އިންޝުއަރެންސް
ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ދަފްތަރު ނަންބަރު 2877 (ހ. އަލިކުރި/ މާލެ) އަޙްމަދު ނާޝިދު (އައިޑީ
ނަންބަރު A044482) ކުޅަ ދަޢުވާއަށް ޝަރީޢަތުން ބަލައި ނަޡަރު ކުރިއިރު،
ނަންބަރު 66/HC
-
A/2008 ޤަޟިއްޔާގެ ޙުކުމްގެ ދަށުން މިފައިސާ 3,634,023
/
60ރ.
(ތިންމިލިއަން ހަލައްކަ ތިރީސްހަތަރުހާސް ތޭވީސްރުފިޔާ( ފަސްދޮޅަސްލާރި) ހޯދުމަށް
ދަޢުވާކޮށްފައިވީނަމަވެސް، ޙުކުމް ތަންފީޛު ކުރުމަށްޓަކައި ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
66/HC
-
A/2008 ޤަޟިއްޔާގެ ޙުކުމުގައި ”ބުނެވިދިޔަ -/
4500000ރ. (ސާޅީސް ފަސްލައްކަ) ރުފިޔާގެ
މުދާ އިން ޝުއަރ ކުރުމާ ބެހޭގޮތުން ދެފަރާތް ދެމެދު އެއްބަސްވެވިފައިވާ ގޮތުގެމަތިން ނައިސްފީޓްއެވެކިއުނު
ފިހާރައިގެ ވެރިފަރާތަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ޙައްޤުވާ އިންޝުއަރެންސްގެ ފައިސާ އެފަރާތަށް
ލިބިދިނުމަށްޓަކައި މިއަދު 2009 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން 03
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2010/HC-A/167
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަސްދުވަހުގެ ތެރޭގައި އެމަހަކަށް ޖެހޭމިންވަރު އެމަހަކު މަދަނީކޯޓަށް ދައްކައި ޚަލާޞްކުރުމަށް ސްރީލަންކާ
އިންޝުއަރެންސް ކޯޕަރޭޝަނަށް އަންގާ ޙުކުމްކޮށްފީމެވެ.“ މިހެން އޮތް އޮތުމުގެ މައްޗަށް ބަލާއިރު،
މިޙުކުމުގެ ދަށުން އަޙްމަދު ނާޝިދަށް ނަގައިދޭން ޖެހެނީ ދެފަރާތުގެ މެދުގައި އެއްބަސްވެވިފައިވާ ގޮތުގެ
މަތިން ނައިސް ފީޓް ފިހާރައިގެ ވެރި ފަރާތަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ޙައްޤުވާ އިންޝުއަރެންސްގެ
ފައިސާ ކަމަށްވުމާއިއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 66/HC
-
A/2008 ޤަޟިއްޔާގައި ނައިސް
ހީޓް ފިހާރައިގެ ވެރިފަރާތަށް ޙައްޤުވާ ފައިސާގެ މިންވަރާއި، ޢަދަދާއި މެދު މަވްޟޫޢީ ގޮތެއްގައި ބެލި ގޮތެއް
ކަނޑައެޅިފައި ނެތުމާއެކު، މިޢަދަދު ކަނޑައެޅުމަށްޓަކައި ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅި ބެލެންޖެހޭ
ކަމުގައި ޝަރީޢަތުން ދެކޭތީވެ، އަޙްމަދު ނާޝިދުގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް ނަންބަރު -HC/2008
66/A ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކުރުމުގެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅައި
މައްސަލަ ނިންމީއެވެ.] މިފަދައިން ކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
22 2x
84އ"
ހ2 2
2
2
2
ބަނކރވާ
02- އިސްވެ
ގޮތުގެ މަތީން މަދަނީކޯޓުގެ ނަންބަރު 2010/MC/867
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޙުކުމާއި މެދު ހިތްހަމަ ނުޖެހިގެން އަޙްމަދު ނާޝިދުގެ ފަރާތުން އެ
ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އެއްނުކުތާ ފާހަގަކޮށް އެނުކުތާއާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެނުކުތާއަކީ:
ހައިކޯޓުން ކުރައްވާފައިވާ ޙުކުމެއް ތަންފީޛު ނުކުރުމުން، އެމައްސަލަ މަދަނީ ކޯޓަށް ހުށަހެޅުމުން،
މަދަނީ ކޯޓުން ޙުކުމް ތަންފީޛު ކޮށްނުދެއްވުން ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ޤިއްޔާގެ
03- މިމައްސަލައާއި ގުޅިގެން މަދަނީކޯޓުގެ ނަންބަރު 2010/MC/867
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ
އަޙްމަދު ނާޝިދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ދިވެހިރާ
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2010/HC-A/167
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
02x22
ہم کو میسر ہی کرکے
(ހ) ނައިސްޕީޓްއެވެކިއުނު ފިހާރައިގާ ހުރި މުދާ އިންޝުއަރ ކުރުމާއި އެމުދަލުގެ
ވެރިފަރާތާއި ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަން އާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން
ގެއްލުމުގެ ބަދަލުގެ ގޮތުގައި މުދަލުގެ ވެރި ފަރާތަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ޙައްޤުވާ
އިންޝުއަރެންސް ފައިސާގެ މިންވަރާއި މެދު ދެފަރާތުގެ މެދުގައި ޚިލާފު އުފެދިފައިވާކަން މިމައްސަލައާއި
ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެންއޮވެއެވެ.
(ނ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 66/HC
-
A/2008 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު،
-/4500000ރ. (ސާޅީސް ފަސްލައްކަ) ރުފިޔާގެ މުދާ އިންޝުއަރ ކުރުމާ ބެހޭގޮތުން ދެފަރާތް ދެމެދު
އެއްބަސްވެވިފައިވާ ގޮތުގެމަތިން ނައިސްފީޓްއެވެކިއުނު ފިހާރައިގެ ވެރިފަރާތަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން
ޙައްޤުވާ އިންޝުއަރެންސްގެ ފައިސާ އެފަރާތަށް ލިބިދިނުމަށްޓަކައި 2009 ވަނައަހަރުގެ ޑިސެމްބަރު މަހުގެ
30 ވަނަ ދުވަހުން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި އެމަހަކަށް ޖެހޭމިންވަރު އެމަހަކު މަދަނީކޯޓަށް
ދައްކައި ޚަލާޞްކުރުމަށް ސްރީލަންކާ އިންޝުއަރެންސް ކޯޕަރޭޝަނަށް އަންގާ ޙުކުމްކުރައްވާފައިވާ ކަން
އެނގެން އޮވެފައި، އެޙުކުމުގައި ބުނެވިދިޔަ މުދަލާއި ގުޅިގެން ފިހާރައިގެ ވެރިފަރާތަށް ޝަރުޢީ އަދި ޤާނޫނީ
ގޮތުން ޙައްޤުވާ އިންޝުއަރެންސް ފައިސާގެ މިންވަރު ކަނޑައަޅައި ބަޔާންކުރައްވާފައި ނުވާކަން އެނގެން
އޮތުމުން، މުދައު އިންޝުއަރ ކުރި ފަރާތަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ޙައްޤުވާ މިންވަރާމެދު މައުޟޫޢީ
ގޮތެއްގައި ބެލި އެ ޢަދަކު ސާފު ޢިބާރާތުން ކަނޑައެޅެއްޖެހޭކަން އެނގެއެވެ.
ވީމާ، އިސްވެފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން މަދަނީ ކޯޓުގެ ނަންބަރު
2010/MC/867 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތް ކަމަކަށް މިމައްސަލަ ބެލި
މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް ނުވެވުނެވެ.
0x
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 66/HC
-
A/2008 ޤަޟިއްޔާގައި ނައިސް ފީޓް
ދިވެހިރާ
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2010/HC-A/167
0 0
<< O
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފިހާރައިގެ ވެރިފަރާތަށް ޙައްޤުވާ ފައިސާގެ މިންވަރާއި، ޢަދަދާއި މެދު މަވްޟޫޢީ ގޮތެއްގައި ބެލި ގޮތެއް
ކަނޑައެޅިފައި ނެތުމާއެކު، އެޢަދަދު ކަނޑައެޅުމަށްޓަކައި ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅި ބެލެންޖެހޭ
ކަމަށް ވިދާޅުވެ، އަޙްމަދު ނާޝިދުގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
66/HC
-
A/2008 ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކުރުމުގެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް
ކަނޑައަޅުއްވައި މަދަނީކޯޓުގެ ނަންބަރު 2010/MC/867 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާ
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv