ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/134 ޤަޟިއްޔާގެ ޙުކުމް
2&HC-A/134
~
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 134/HC
-
A/2008
އިސްތިއުނާފުކުރި ފަރާތް.
* ނަން: އިބްރާހީމް މަނިކު
* ދާއިމީ އެޑްރެސް: މ.ފުނާޑު
* އައިޑީ ކާޑު ނަންބަރ 038022-A ހުރުގެ އެޑްރެސް: ބ.ފުނާޑު
ބަދަލުގައި ޢަބްދުލް ލަޠީފް ހ.ލަކީކޯނަރ
ވަކީލު: އޓީ.މުޙައްމަދު ވަޙީދު އިބްރާހީމް އއ.އައިވަރީހައުސް
A-043796
• އިސްތިޢުނާފް ރައްދުވި ފަރާތް:
ނަން: ތުއްތު ކަމަނަ
* ދާއިމީ އެޑްރެސް: ގ.ނަންރީތިގެ
ކާޑުނަންބަރު
* މިހާރުގެ އެޑްރެސް: ގިނަންރީތިގެ
ބަދަލުގައި: އިބްރާހީމް ޝަކީބާ ޅ.ނައިންހައުސް 073226-A
އައިޑީ
T020087
ރަޖިސްޓްރީ ތާރީޚް: 29 ރަބީޢުލް ޢާރިރު 1429
= ނިމުނު ތާރީޚް: 18 ރަޖަބު 1432
20 ޖޫން 2011
05
2008
އިސްތި ފުކުރެވުނު ޤަޟިއްޔާ ނަންބަރު:2007/MC/1464
ނިންމެވި ފަރާތް: ސިވިލްކޯޓް
މައްސަލައިގެ ބާވަތް: ތަރިކަ
ހުށަހެޅި ތާރީޚް: 02 ސެޕްޓެމްބަރު 2007 ނިމުނު ތާރީޚް: 07 ފެބްރުއަރީ 2008
k
3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން،ތީޅުގެ 3ވަނަދޮރޯށި! މާވެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް infoff highcourt.gov.mv ވެބް ސައިޓް: WAw.lhighcourt.gov.Inv
2
2008 HC-4134
މިއީ މަދަނީ ކޯޓުގެ ނަންބަރ: 2007/MC/1464 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާމެދު
މ.ފުނާޑު އިބްރާހީމް މަނިކު (ދ.ރ.ކާޑް ނަންބަރ:A038022) ހިތްހަމަ ނުޖެހިގެން އެޤަޟިއްޔާ
އިސްތިއުނާފް ކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާ އެކެވެ.
މިޤަޟިއްޔާގެ އިސްތިއުނާފް ރައްދުވާ ފަރާތަކީ ގ.ނަންރީތިގެ| ތުއްތު ކަމަނަ (ދ.ރ.ކާޑް ނަންބަރ:-T)
020087 އެވެ.
* ފާހަގަކުރެވުނު ނުކުތާތައް.
01- މިއީ މަދަނީ ކޯޓުގެ ނަންބަރ:2007/MC/1464 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާމެދު މ.ފުނާޑު /
އިބްރާހީމް މަނިކު (ދ.ރ.ކާޑް ނަންބަރ:A038022) ހިތްހަމަ ނުޖެހިގެން އެޤަޟިއްޔާ އިސްތިއުނާފް
ކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެއްކަން ފާހަގަކުރެވެއެވެ.
02- އިބްރާހީމް މަނިކުގެ ފަރާތުން އިސްތިއުނާފް މިކުރާ މަދަނީ ކޯޓުގެ ނަންބަރ:
MC2007/1464 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެޤަޟިއްޔާއަކީ،
މ.ފުނާޑު އިބްރާހީމް މަނިކުގެ ދަރިފުޅު ގ.ނަންރީތިގެ! ޙަފްޞާ އިބްރާހީމް މަނިކު، 19 ފެބްރުއަރީ
2007 ދުވަހު ނިޔާވެފައިވާކަމަށްބުނެ، އެމަރުޙޫމާގެ ތަރިކާގެ މައްސަލަ ބައްލަވައި ދެއްވުންއެދި އިބްރާހީމް
މަނިކުގެ ފަރާތުން މަދަނީކޯޓަށް ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާ،
އެ ޤަޟިއްޔާ ބައްލަވާ ކުރައްވާފައިވާ ޙުކުމުގައި، ގ.ނަންރީތިގެ! ޙަފްޞާ އިބްރާހީމް
މަނިކު 19 ފެބްރުއަރީ 2007 ގައި ނިޔާވެފައިވާކަމާ، އޭނާ ނިޔާވިއިރު ވާރިސުންގެ ގޮތުގައި ދުނިޔޭގައި
ތިބީ ޙަފްޞާ އިބްރާހީމް މަނިކުގެ މަންމަ ގ.ނަންރީތިގެ| ތުއްތު މަނައާ، ބައްޕަ އިބްރާހީމް މަނިކުއާ އެކު
ޖުމްލަ 02 (ދާއެއް) ވާރިސުންކަމާ، ތަރިކާގައިހުރީ ގ.ނަންރީތިގެ އެވެ، ކިޔާ އަމިއްލަ ގޯއްޗާ އެގޯތީގައިވާ
އެންމެހައި ޢިމާރާތްތަކާ ވަޅުފަދަ ތަންތަންކަން ހެކީންނާ ވާރިސުންގެ ބަހުން ޝަރީޢަތަށް ސާބިތުވާކަމަށް
ކަނޑައަޅުއްވައި، މާލޭ މުނިސިޕަލްޓީގެ ނަންބަރ.4/
144
/
2071339-99 (27 ނޮވެމްބަރ 2007) ގެ
ސިޓީއަށް ރިޢާޔަތްކުރައްވައި، ގ.ނަންރީތި އެވެ، ކިޔާ އަމިއްލަ ގޯއްޗާ އެގޯތީގައިވާ އެންމެހައި
ޢިމާރާތްތަކާ ވަޅުފަދަ ތަންތަން ޙަފްޞާ އިބްރާހީމް މަނިކުގެ ތިބި އިސްވެ ބަޔާން ކުރެވުނު 2 ވާރިސުންގެ
އައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން،ތީމުގެ ޤަވަނަދޮރޯށި! ލާވެ، ދިވެހިރާއްޖެ، ވޯން. 3325029 ފެކްސް: 3316472
އީމެއިލް: !info
{
{
higlicart.gov.imm ވެބް ސައިޓް WWWbighcourt.gov.mv
3
2008,HC-4134
މެދުގައި ތަރިކާގެ އުޞޫލުން ބަހައިގެން މަންމަ ތުއްތު ކަމަނައަށް 2/6 ބައި މިލްކުވާކަމަނާ، ބައްޕަ
އިބްރާހީމް މަނިކަށް 416 ބައި މިލްކުވެއްޖެ ކަމަށް ކަނޑައަޅުއްވައި އެގޮތުގެ މަތީން ޙުކުމް
ކުރައްވާފައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މަދަނީ ކޯޓުގެ ނަންބަރ:2007/MC/1464
ޤަޟިއްޔާ ގައި ޙުކުމް ކުރެއްވުމުން، އެ ޙުކުމާއި މެދު ހިތްހަމަ ނުޖެހިގެން މ.ފުނާޑުއިބްރާހީމް މަނިކު
ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: އަލްމަރުޙޫމާ ޙަފްޞާ އިބްރާހީމް މަނިކު ނިޔާވިއިރު ތަރިކާގެ
ގޮތުގައި ހުރި ގ.ނަންރީތިގެ އެވެ، ކިޔާ އަމިއްލަ ގޯއްޗާއި އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ
ތަންތަނުން ތަރިކާގެ އުޞޫލުން ޙަފްޞާ އިބްރާހީމް މަނިކުގެ މަންމަ ތުއްތު ކަމަނައަށް ލިބޭބައި، މި
ތަރިކައިގެ އަނެއްވާރިސް ކަމުގައިވާ އިބްރާހީމް މަނިކަށް ދެހެކީންގެ ހާޒިރުގައި ހަދިޔާކޮށްފިކަން އެނގޭ
ލިޔުމެއް ހުށަހަޅާފައިވާއިރު، އެލިޔުމުގެ ދަށުން ދިން ސާބިތު ކުރަން އޮންނަ ޝަރުޢީ ހަމަތަކުގެ
މަތީން ސާބިތު ނުކުރައްވާ، އިބްރާހީމް މަނިކަށް އެބައި ނުދެއްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާ
ދެވަނަ ނުކުތާއަކީ، މީހެއްގެ ބުއްދި ސަލާމަތުން ހުރިތޯ ނުވަތަ ނެތްތޯ ބެލުމަށް އޮންނަ
ޝަރުޢީ މިންގަޑުތަކާ ޚިލާފަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ޙަވާލު ކުރަންދިޔަ މީހެއްގެ ބަހަށް ބައްލަވައި،
ބުއްދި ސަލާމަތުން ހުރި މީހެއްގެ ބުއްދި ސަލާމަތުން ނެތްކަމަށް ނިންމަވައި، ބުއްދި ސަލާމަތުން ހުރި
މީހަކު ސޮއިކޮށް އިގިލީގެ ނިޝާން ޖަހާފައިވާ ލިޔުމަކީ ޞައްޙަ ލިޔުމެއް ނޫންކަމަށް ކަނޑައަޅުއްވައި،
އިބްރާހީމް މަނިކުގެ ޙައްޤު ޝަރީއަތުން ނަންގަވައި ނުދެއްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދުޓުހިނގުން.ތީމުގެ 3ވަނަދޮރޯ، މާލެ ދިވެހިރާއްޖެ، ފޯން 33254329، ފެކްސް: 3316471
infaa hinhcut.mn
: ސައިޓް. *TTi.highc
=
&
virt.city Tax"
4
2(18,HC-A/134
ތިންވަނަ ނުކުތާއަކީ: މައްސަލަ ބައްލަވަންވާ ވަރަށް ނުބައްލަވާއި ނިންމަވާފައިވާކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާ.
04- މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރ:2007/MC/1464 ޤަޟިއްޔާ ގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ
އިބްރާހީމް މަނިކުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) މ.ފުނާޑު އިބްރާހީމް މަނިކު (ދ.ރ.ކާޑް ނަންބަރ: A038022) ގެ ދަރިފުޅު
ގ.ނަންރީތިގެ ޙަފްޞާ އިބްރާހީމް މަނިކު 19 ފެބްރުއަރީ 2007 ދުވަހު ނިޔާވެފައިވާކަމަށްބުނެ،
އެމަރުޙޫމާގެ ތަރިކާގެ މައްސަލަ ނިންމަވައި ދެއްވުންއެދި، މަދިކޯޓަށް ހުށަހެޅުމުން އެކޯޓުން ބައްލަވާފައިވާ
އިސްތިއުނާފް މިކުރެވޭ އެކޯޓުގެ ނަންބަރ:2007/MC/1464 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން ވ.ފުނާޑު! އިބްރާހީމް މަނިކުގެ ފަރާތުން ހުށަހަޅާފައިވާ މައިގަޑު ނުކުތާއަކީ، އިބްރާހީމް
މަނިކުގެ ދަރި އަލްމަރުޙޫމް ޙަފްޞާ އިބްރާހީމް މަނިކު ނިޔާވިއިރު، ދުނިޔޭގައިތިބީ ޙަފްޞާ އިބްރާހީމް
މަނިކުގެ ބައްޕަ އިބްރާހީމް މަނިކުއާއި، ޙަފްޞާ އިބްރާހީމް މަނިކުގެ މަންމަ ތުއްތު ކަމަނަ ކަމުގައިވެފައި،
ޙަފްޞާ އިބްރާހީމް މަނިކުގެ ތަރިކައިން އޭނާގެ މަންމަ ތުއްތު ކަމަނަ އަށް ލިބޭބައި، ވާރުތަވެރިންގެ
ތެރެއިން އިބްރާހީމް މަނިކަށް ހަދިޔާ ކުރުމުން، ތުއްތު ކަމަނައަކީ ޤާނޫނީ ގޮތުން އެފަދަ ތަޞައްރުފެއް
ކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހެއް ނޫންކަމުގައި ބައްލަވައި، އެމައްސަލަ ނިންމަވާފައިވާތީކަން
ފާހަގަކުރެވެއެވެ.
ނ ގ.ނަންރީތިގެ! ޙަފްޞާ އިބްރާހީމް މަނިކު ނިޔާވީއިރު، އޭނާގެ ވާރުތަވެރީންގެ
ގޮތުގައި ދުނިޔޭގައިތިބީ، ޙަފްޞާ އިބްރާހީމް މުނިކުގެ މަންމަ ގ.ނަންރީގެ! ތުއްތު ކަމަނައާއި، ބައްޕަ
އިންޑިޔާގެ އިބްރާހީމް މަނިކުއާއި ޖުމްލަ ދެ ވާރުތަވެރީންކަމާއި، ޙަފްސާ އިބްރާހީމް މަނިކުގެ ތަރިކާގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން، ތީމުގެ 3ވަނަދޮރޯށި ލްވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: "info
{
ct highcourt.gov.mx ވެބް ސައިޓް: AWviigliscourt-rx.is
5
2{{&HC-A134
( ވ މ 8
7
ހުރީ، ގ.ނަންރީގެ އެވެ، ކިޔާ އަމިއްލަ ގޯއްޗާއި އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ
ހެކީންނާއި ވާރުތަވެރިންގެ ބަހުން އެނގެން އޮންނަކަން ފާހަގަކުގެ
(ނ) ގ.ނަންރީގެއަށް މާލޭ މުނިސިޕަލްޓީގެ ފަރާތުން ހަދައިދީފައިވާ ނަންބަރު:އ.3966
ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަށް ބަލާއިރު، އެއީ ބަންޑާރަ ގޯއްޗެއް ނޫންކަމާއި، އަމިލަ ގޯއްޗެއްކަމާއި،
އެގޯތި ސަރުކާރުން ހަވާލު ކޮށްފައިވަނީ ޙަފްޞާ އިބްރާހީމް މަނިކުއާކަމާއި، އެގޯތީގައިވާ ޢިމާރާތްތަކާއި
ވަޅުފަދަ ތަންތަނުގެ ވެރިފަރާތަކީވެސް ޙަފްޞާ އިބްރާހީމް މަނިކު ކަމާއި، އެގޯތީގެ ބޮޑުމިނަކީ 161.76
އަކަމީޓަރު ކަމުގައި އިސްތިއުނާފް މިކުރެވޭ މަދުނީ ކޯޓުގެ ނަންބަރ: 2007/MC/1464 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާކަމާއި،
އަދި މީގެ އިތުރުން އަލްމަރުޙޫމާ ޙަފްޞާ އިބްރާހީމް މަނިކުގެ އިސްވެ މިބަޔާން ކުރެވުނު
ދެވާރުތަވެރީން ފިޔަވައި އިތުރު ވާރުތަ ވެރިޔަކު ހުރިތޯ ބެލުމުގެ ގޮތުން މަދަނީކޯޓުގެ ނަންބަރު:
-144-1B
1/2007/397 (05 ސެޕްޓެމްބަރ 2007) ގައި އިޢުލާން ކުރުމުން އެއިޢުލާނުގެ މުއްދަތު ހަމަވިއިރުވެސް
އިތުރު އެއްވެސް ފަރާތަކުން ދަޢުވާ ކޮށްފައިނުވާތީ، އަލްމަރުޙޫމާ ޙަފްޞާ އިބްރާހީމް މަނިކުގެ މަންމަ
ގ.ނަންރީތިގެ! ތުއްތު ކަމަނައާއި ބައްޕަ މ.ފުނާޑު} އިބްރާހީމް މަނިކުއާ ދެމީހުން ފިޔަވައި އިތުރު
ވާރުތަވެރިޔަކު ޙަފްޞާ އިބްރާހީމް ގެ ނެތްކަމާއި، އަދި ގ.ނަންރީތިގެ| ޙަފްޞާ އިބްރާހީމް މަނިކުއާ
ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އެއްވެސް ފަރާތެއްގައި ޤާނޫނު ނަންބަރު: 28/76 ގައި ބުނާފަދަ
މައްސަލެއް ނެތްކަމަށް އެކޯޓުގެ ނަންބަރު.1/
2007
/
122-144-1B
05 ސެޕްޓެމްބަރ 2017) ގެ
މަޢުލޫމާތު ސާފްކުރާ ފޯމުން އެނގެން އޮންނަކަމަށް ފާހަގަކުރައްވާފައިވާކަންވެސް އެނގެން އޮވެއެވެ.
(ރ) އިސްތިއުނާފް މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރ: 2007/MC/144 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އިސްވެ މިބަޔާން ކުރެވުނު އަލްމަރުޙޫމާ އަފްޞާ އިބްރާހީމް
މަނިކުގެ ތަރިކައިން، އެމަރުޙޫމާގެ ވާރުތަވެރީންކުރެ، އެމަރުޙޫމާގެ މަންމަ ތުއްތު ކަމަނައަށް ލިބޭބައި،
ތެރެއިން އިބްރާހީމް މަނިކަށް ހަދިޔާ ކޮށްފައިވާކަމަށްބުނެ ދެ ހެކީންގެ ހާޒިރުގައި
ދިވެހިޒާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯނީ! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: ww.lhighcourt.g09.ins
into lighcourt.gov.invins
6
200SHC-A/134
ސޮއިކޮށްފައިވާ ލިޔުމެއް ޝަރީޢަތަށް ހުށަހެޅިފައިވާކަމާއި، ނަމަވެސް އެލިޔުމުގައި ހެކީންގެ ގޮތުގައި
ސޮއިކޮށްފައިވާ އެއްވެސް މީހަކު މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށްފައި ނުވާކަން އެނގެން
އއވ.
(ބ) އިސްތިއުނާފް މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރ: 2007/MC/1464 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އިސްވެ ފާހަގަކުރެވުނު ފަދައިން އަލްމަރުޙޫމާ ޙަފްސާ
އިބްރާހީމް މަނިކު ނިޔާވިއިރު ދުނިޔޭގައި ތިބީ ދެ ވާރުތަވެރީންކަމާއި، އެއީ މަރުޙޫމާގެ މަންމަ ތުއްތު
ކަމަނައާއި ބައްޕަ އިބްރާހީމް މަނިކުކަމާއި، މީގެ ތެރެއިން މިތަރިކައިން މަންމަ ތުއްތު ކަނަމައަށް ލިބޭ ބައި
ބައްޕަ އިބްރާހީމް މަނިކަށް ހަދިޔާ ކޮށްފައިވާ ކަމަށްބުނެ ދެހެކީންގެ ހާޒިރުގައި ސޮއިކޮށްފައިވާ ލިޔުމެއް
ޝަރީޢަތަށް ހުށަހެޅިފައިވާއިރު، އެލިޔުމުގެ ދަށުން ދިންދިނުމާމެދު ޝަރީޢަތުން ގޮތެއް ނުނިންމަވާ
ދޫކޮށްލައްވާފައިވާކަން އެނގެން އޮންނާތީ، ހައިކޯޓުގެ މިމައްސަލަ ބެލުމުގެ ތެރެއިން އެނުކުތާއަށް
ރިޢާޔަތްކޮށް ބެލިބެލުމުން،
c4އ
މަދަނީ ކޯޓުގެ ނަންބަރ:2007/MC/1464 ޤަޟިއްޔާއާއި ގުޅިގެން ތުއްތު ކަމުނައަށް
ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުމަށް ތުއްތު ކަމަނައަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުމަށް
ދިޔަމީހާއަށް ތުއްތު ކަމަނަގެ ޢަމަލުތައް ހުރިގޮތުންނާއި، ތުއްތު ކުނަމަ ބަލަހައްޓަންހުރި ބޭރުމިހާ މީހާ،
އޭނާ ބައެއް ފަހަރު ބޯ ހަމަނުޖެހޭ" އެވެ ބުނުމާއި ގުޅިގެން، ތުއްތު ކަމަނަގެ ޙާލަތު ދެނެގަތުމަށްޓަކައި
އެކޯޓުގެ މުވައްޒަފުންގެ ތެރެއިން 03 މީހަކު އެކޯޓުގެ ފަރާތުން އެގެއަށް ފޮނުވާފައިވާކަމާއި، މިގޮތުން މި
ތިންމީހުން އެގެއަށް ދިޔަ ފުރަތަމަ ދުވަހު ތުއްތު ކަމަނަ އޮތީ ނިދާފައި ކަމަށާއި، އަދި ގޮވީމާވެސް
ހޭނުލެވުނު ކަމަށްބުނެފައިވާއިރު، ދެވަނަ ދުވަހު އެމީހުން އެގެއަށް ދިޔައިރު، ތުއްތު ކަމަނަ އޮތީ ހޭލާ
ކަމަށާއި، ނަމަވެސް ސުވާލު ކުރުމުން، ކުރި އެއްވެސް ސުވާލަކަށް ޖަވާބު ދިނުމެއް ނެތި، "ތިބޭފުޅުން
މިތަނުން ދުރުވޭ" މިފަދައިން ބުނެފައިވާކަމަށް މަދަނީކޯޓުގެ އެތިން މުވައްޒަފުން ބުނެފައިވާކަން އެނގެން
އޮންނާތީ،
2
ދިވެހިރާއްޖޭގެ ހައިކޯޗެރީއާރުޅީނޑުތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް:
ވެބް ސައިޓް: away.niglictart.gov.mv
info@highesurgóvem
7
2008 H.A134
0x320
އިނގެބރު
5
އަންނަ
މިކަންކަމުގެ މައްޗަށް މިމައްސަލަބެލި ހައިކޯޓުގެ ފަނޑިޔާރުން ނަޒަރުކޮށް ބެލިބެލުމުން،
ކޯޓުގެ މުވައްޒަފުން ވަކި ކަމަކަށް ގެއަށް ޒިޔާރަތްކޮށް، އެގޭގައި ނިދާއޮތް މީހަކަށް ގޮވުމުން އެމީހަކަށް
ހޭނުލެވުމާއި، ނުވަތަ އެމީހަކާ ސުވާލު ކުރުމުން އެސުވާލަށް ޖަވާބު ނުދިނުމާއި، މިފަދަ ކަންކަމުން
އެމީހާއަކީ ޤާނޫނީ ގޮތުން މުދަލުން ތަޞައްރުފު ކުރުމަށް ހުއްދަވާ ވަރުގެ ވިސްނުންތެރި ކަމެއް ހުރި މީހަކު
ކަމާމެދު ޝަރީޢަތަށް ޝައްކު ކުރެވޭނަމަ، އެމީހަކު ޢާންމުކޮށް ދެކެފަރިތަ، ނޫނީ އެމީހަކާ
މުޢާމަލާތް ކުރާ ފަރާތެއްގެ ބަސް ހޯދާ، ނުވަތަ އެމީހަކަށް ޢާންމުކޮށް ފަރުވާ ކުރާ ޑޮކްޓަރެއްގެ ބަސް
ހޯދުމަކީ، އެމީހެއްގެ ޙާލަތު އެންމެ ފަސޭހައިން ދެނެ ގަނެވޭނޭ އަދި އެންމެ އިތުބާރު ކުރެވޭނޭ ގޮތް
ކަމުގައި ވީހިނދު، އެމަގު އިޚްތިޔާރު ކުރުމަކާނުލައި، ހަމައެކަނި ކޯޓުގެ މުވައްޒަފުންގެ ބަހުގެ
މައްޗަށްބިނާކޮށް، މީސްތަކުންގެ ޙައްޤުތަކާގުޅޭ ކަންކަން ނިންމުމަކީ ރާއްޖޭގެ ޝަރުޢީ ނިޒާމުގެ
ތެރޭގައިވެސް ކަންތައް ކުރަމުން އުޞޫލު ކަމުގައި ނުވާތީ،
ހައިކޯޓުގެ މިޤަޟިއްޔާ ބެލުމުގެ ތެރެއިން، ތުއްތު ކަމަނަގެ ޞިއްޙީ ޙާލަތު ބަޔާން ކުރާ،
ރާއްޖޭގެ ރަސްމީ ޞިއްޙީ ދާއިރާއެއްގައި މަސައްކަތްކުރާ ޑޮކްޓަރެއްގެ ލިޔުމެއް ހުށަހެޅުމުގެ ފުރުޞަތު
މިމައްސަލަ އިސްތިއުނާފް ކުރާ ފަރާތަށް ހައިކޯޓުން ތަނަވަސް ކޮށްދިނުމަށްފަހު، އަލްމަރުޙޫމާ ޙަފްޞާ
އިބްރާހީމް ގެ ތަރިކައިން އެމަރުޙޫމާގެ މަންމަ ތުއްތު ކަނަމައަށް ލިބޭ ބައި އެމުރުޙޫމާގެ ބައްޕަ އިބްރާހީމް
މަނިކަށް ހަދިޔާ ކޮށްފައިވާކަމަށް ބުނެ ލިޔެފައިވާ ލިޔުމުގައި ހެކީންގެ ގޮތުގައި ސޮއިކޮށްފައިވާ ދެ ހެކީން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވިފައިވާކަމާއި،
މިގޮތުން ވ.އަބާން ޢަބްދުއްލަޠީފް މޫސާ (ދ.ރ.ކާޑް ނަންބަރު: A000788) އާއި،
ދ.ކުޑަހުވަދޫ އާބާދީގެ، މުޙައްމަދު ޙުސައިން (ދ.ރ.ކާޑް ނަންބަރު:405253 އާއި ދެމީހުން
ހައިކޯޓުގައި ދީފައިވާ ހެކިބަހުގައި، ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުމުގައި ހެކީންގެ ގޮތުގައި
ސޮއިކޮށްފައިވަނީ އެމީހުން ކަމަށާއި، އެމީހުން އެލިޔުމުގައި ސޮއިކުރީވެސް އެލިޔުން ކިޔުމަށްފަހު
ޑިހިރާއްޖޭގެ ހައިނާލިޔުމުގައި އޮތް އެއްޗެއް ރަގަޅަށް އެނގިގެން ކަމަށާއި، އަދި ތުއްތު ކަމަނަވެސް އެލިޔުމުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
- އިއް. "inf
{
{
{
i hi
/
rhvvaiv.tr
/
h
'
.
I
ޓެބް ސޭމް. "ixt
]
\
r
.
Jarrlikart.int
"
,
thi
8
2008 HC- 134
ސޮއިކޮށް އިގިލީގެ ނިޝާން ޖަހާފައިވަނީ އެލިޔުމުގައި ލިޔެފައިވާ އެއްޗެއް ރަގަޅަށް އެނގިހުރެ، އޭނާގެ
ފުރިހަމަ އިޚްތިޔާރުގައި ކަމަށާއި، އަދި މީގެ ތެރެއިން މުޙައްމަދު ޙުސައިންނަކީ ވަރަށް ގިނަދުވަހު
ތުއްތު ކަމަނަގެ ގޭގައި އުޅެފައި ހުރި މީހެއްކަމާއި، އަދި މިހާރުވެސް މާލޭގައި ހުންނަ ދުވަސް އުޅެނީ
އެގޭގައި ތުއްތު ކުމަނަގެ ގާތުގައި ކަމަށާއި، ތުއްތު ކަމަނައަކީ މުސްކުޅިވެ ކަށިފީވުމުގެ ސަބަބުން
ތެދުވެ ނޫޅެވޭ ބަލި މީހެއް ކަމަށާއި، ނަމަވެސް އޭނާއަކީ ނަފްސާނީ ގޮތުން ބަލި މީހެއް ނޫންނަކަމަށާއި،
އަޑުއިވުމުގައި އުދަގޫ ކަމެއް ހުރި ނަމަވެސް އޭނާއަށް އަޑުއިވޭވަރަށް ކަންފަތާ ގާތުގައި ވާހަކަ
ދެއްކުމުން ޖަވާބު ހަދާ ލޮލަށް ފެންނަ މީހެއް ކަމަށް މީގެ ތެރެއިން މުޙައްމަދު ޙުސައިން
ބުނެފައިވާކަން ފާހަގަކުރެވެ .
އަދި އިބްރާހީމް މަނިކުގެ ފަރާތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް
ކުރާ އިންޓަރނަލް މެޑިސިންގެ ސީނިއަރ ކޮންސަލްޓަންޓް ޑރ.އަހްމަދު ރާޒީ ގެ ލިޔުމެއް
ހުށަހަޅާފައިވާކަމާއި، އެލިޔުމުގައި ތުއްތު ކަނަމަގެ ނަމާއި، އައި.ކާޑް ނަންބަރާއި ޢުމުރު ބަޔާން
ކުރުމަށްފަހު،
"Above person is physically challenged because of old osteoarthritis, and
contracrures. She has been under my treatment for the last seven years.
She is unfit to outdoors. However, she is mentally alert and able to give
legal consent. She has impaired hearing but good vision."
"މިލިޔުމުގައި ބަޔާން ކޮށްފައިވާ މީހާއަކީ، ޢުމުރުން ދުވަސްވެ، އޫސްޓިއޯ އާތްރައިޓްސް (ރާއްޖެބަލި) އާއި،
ކޮންޓްރެކްޗަރސްގެ ސަބަބުން ޖިސްމާނީ ނުކުޅެދުންތެރި މީހެކެވެ. މީނާއަކީ ވޭތުވެދިޔަ 17 އަހަރު ދުވަހު
އަޅުގަނޑު ފަރުވާ ކުރަމުން އަންނަ މީހެކެވެ. ގެއިން ބޭރަށް ނުކުމެ އުޅުމަކީ މީނާއަށް ކުރެވޭނޭ ކަމެއް
ނޫނެވެ. އެހެންނަމަވެސް މީނާއަކީ ނަފްސާނީ އުނިކަމެއް ހުރި މީހަކަށް ނުވާތީ، ޤާނޫނީ ގޮތުން ބުނަންޖެހޭ
އެއްޗެއް ބުނުމަށް މީނާ ތަޞައްރަފް ފުދޭނެއެވެ. މީނާއަށް އަޑު އިވުމުގައި ނުކުޅެދުންތެރި ކަމެއް ހުރި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން،ތީލުގެ 3ވަނަދޮރޯށި( މްވެ، ދިވެހިރާއްޖެ، ފޯން: 3325029، ޕެކްސް (3
:
31647
އީމެއިލް: "[email protected] ވެބް ސައިޓް: "RV
/
%
.
liglist.g10.1111
9
208 HC-A1 34
ގުޅިގެން ތުއްތު ކަމަނައަށް ކޯޓަށް ހާޒިރު ވުމުގެ އަމުރު ހަވާލު ކުރުމަށް އެގެއަށް ދިޔަ މުވައްޒަފަށް ލިބުނު
ނަމަވެސް މީނާގެ ލޮލުގެ ފެނުން ރަނގަޅެވެ." މިފަދައިން ބަޔާން ކޮށްފައިވާކަމާއި މިކަން ކަން
ފާހަގަކުރެވެއެވެ.
(ޅ) އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި ކަންތައްތަކަށް
ރިޢާޔަތްކޮށް ބަލާއިރު، ގ.ނަންރީތިގެ ޙަފްޞާ އިބްރާހީމް މަނިކު 19 ފެބްރުއަރީ 2007 ގައި
ނިޔާވެފައިވާކަމާއި، އޭނާ ނިޔާވިއިރު ދުނިޔޭގައި ތިބި ވާރުތަވެރީންނަކީ ބައްޕަ ހ.ފުނާޑް އިބްރާހީމް
މަނިކުއާއި، މަންމަ ގ.ނަންރީތިގެ ތުއްތު ކަމަނަ ކަމާއި، މީގެތެރެއިން އެތަރިކައިން މަންމަ ތުއްތު
ކަމަނައަށް ލިބޭ ބައި، ބައްޕަ އިބްރާހީމް މަނިކަށް ހަދިޔާ ކޮށްފައިވާކަމަށް ދެހެކީންގެ ހާޒިރުގައި ލިޔެފައިވާ
ލިޔުމެއް މަދަނީ ކޯޓުގެ ނަންބަރ: 2007/MC/1464 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމާއި
3
ބަހުގެ
މައްޗަށް
މަޢުލޫމާތާކާއި ގުޅިގެން ތުއްތު ކަމަނައަކީ ޤާނޫނީ ގޮތުން މުދަލުން ތަޞައްރުފް ކުރެވޭފަދަ ޙާލަތެއްގައިވާ
މީހެއްކަން ނުވަތަ ނޫންކަން ދެނެގަތުމަށްޓަކައި އެކޯޓުގެ ފަރާތުން 03 މުވައްޒަފަކު ތުއްތު ކަމަނަގެ ގެއަށް
ފޮނުވައި، ތުއްތު ކަމަނައާއި އެމީހުން ކުރި އެއްވެސް ސުވާލަކަށް ތުއްތު ކަމަނަ ޖަވާބު ދީފައި ނުވާތީ،
ތުއްތު ކަމަނައަކީ ހުށަހެޅިފައިވާ އެލިޔުމުގައި ބުނާފަދަ މުޢާމަލާތެއް ކުރެވޭވަރުގެ މީހެއްކަމަށް
ނުފެންނަކަމަށް ބުނެފައިވާތީ، ކޯޓުގެ އެމުވައްޒަފުންގެ
ރިޢާޔަތްކުރައްވައި މައްސަލަ
ނިންމަވާފައިވާއިރު،
ތުއްތުކަމަނަގެ ދަރިފުޅު އަލްމަރުޙޫމާ ޙަފްޞާ އިބްރާހީމްގެ ތަރިކައިން ތުއްތު ކަނަމައަށް
ލިބޭބައި، އެތަރިކާގެ އަނެއް ވާރުތަވެރިޔާ އަދި އަލްމަރުޙޫމާ ޙަފްޞާ އިބްރާހީމް މަނިކުގެ ބައްޕަ އިބްރާހީމް
މަނިކަށް ހަދާންކޮށްފައިވާ ކަމަށްބުނެ ހުށަހެޅި ލިޔުމުގައި ސޮއިކޮށްފައިވާ ދެހެކީން ޝަރީޢަތަށް ހާޒިރުކޮށް
އެކަން ހިގާފައިވާ ގޮތެއް ސާފްކޮށްފައި ނުވާތީ، އެދެހެކީން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށް
ސުވާލުކުރެވިފައިވާކަމާއި، މިގޮތުން ކުރެވުނު މަސައްކަތުން މިދެމީހުންނަކީ ޢާންމުކޮށް ތުއްތު ކަމަނަގެ
ގެއަށް ވަދެއުޅޭ ތުއްތު ކަމަނަ ދަންނަ ދެމީހުން ކަމާއި، ތުއްތު ކަނަމައަކީ ކަށިފީވުމުގެ ސަބަބުން ތެދުވެ
އްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޭރޯނި މާވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: WM.highcturt.g3.tial
info a highcourt.gov.my vinin
10
2008 HC-A/134
އިސް ބައްޕާ އިބްރާހީމް މަނިކަށް ހަދިޔާ ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ލިޔުމާއި ގުޅިގެން ރިޢާޔަތް ކުރައްވަންޖެހޭ
އުޅުމުގެ ޤާބިލްކަން ލިބިފައި ނުވާ މީހެއްކަމާއި، އަދި ކަންފަތަށް އަޑުއިވުމުގައި އުދަގޫ ކަމެއް ހުންނަ
ނަމަވެސް ކަންފަތް ކައިރީގައި ވާހަކަ ދެއްކީމާ އަޑުއިވޭ އަދި ލޮލުގެ ފެނުން ރަގަޅު، ނަފްސާނީ އެއްވެސް
ކަމެއް އޭނާގެ ކިބައިން އެމީހުންނަށް ފެނިފައި ނުވާ މީހެއްކަމާއި،
އެލިޔުމުގައި ތުއްތު ކަމަނަ ސޮއިކޮށްފައިވަނީ އެމީހުންގެ ހާޒިރުގައިކަމާއި، ސޮއިކުރުމުގެ
ކުރިން އެލިޔުމުގައިވާ އެއްޗެއް ސާފްކޮށް އެނގޭނޭ ގޮތަށް ތުއްތު ކަމަނައަށް އޮޅުން ފިލުވައި ދެވުނު
ކަމާއި، ތުއްތު ކަމަނަ އެލިޔުމުގައި ސޮއިކޮށް އިގިލީގެ ނިޝާން ޖަހާފައިވަނީ އެލިޔުން ރަގަޅަށް ކިޔާ
ހެދުމަށްފަހުގައި އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކަމަށް އެދެހެކީންވެސް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާކަން ފަހަގަކުރެވެން އޮތްއިރު،
ތުއްތު ކަމަނަ އާންމުކޮށް ބަލައި ފަރުވާ ކުރަމުންދާ އައި.ޖީ.އެމް ހޮސްޕިޓަލްގެ އިންޓަރނަލް
މެޑިސިންގެ ސީނިއަރ ކޮންސަލްޓަންޓް ޑރ. އަޙްމަދު ރާޒީ، ކަމާބެހޭ ފަރާތަށް އެޑްރެސްކޮށް ތުއްތު
ކަމަނައާ ބެހޭގޮތުން ލިޔެފައިވާ ލިޔުމުގައި ބުނެފައިވާ ބުނުމާއި މި ދެހެކީން ބުނެފައިވާ ބުނުމާއި އެއްގޮތް
ކަން ޝަރީޢަތަށް ފާހަގަކުރެވޭތީއާއި، މަދަނީކޯޓުގެ މުވައްޒަފުން ތުއްތު ކަމަނަގެ ގެއަށް ޒިޔާރަތް
ކޮށްފައިވަނީ އެކޯޓުގައި އޭރު ހިގަމުންދިޔަ މައްސަލާގައި ހިމެނޭ ފަރާތްތަކަށް އެނގުމަކާނުލައި އެމީހުންގެ
ޣައިރު ހާޒިރުގައި ކަމަށްވާތީ، އެމީހުން އެގެއަށް ޒިޔާރަތް ކުރިއިރު ތުއްތު ކަމަނަ ދަންނަ އެއްވެސް މީހަކު
އެމީހުންގެ ތެރޭގައި ނެތުމުން، އެމީހުން ކުރި އެއްވެސް ސުވާލަކަށް ޖަވާބު ދިނުމަކާނުލައި، އެފަދަ
ރާއެއްގެ އޮފިޝަލުން ތަކަކާއި މުޚާތަބު ކުރުން އެންމެ އެކަށޭނެ މާތް މަހުރުވައިން، އެބޭފުޅުން
ދުރުވުމަށް އެދިލެއްވި އެދިލެއްވުމަކީ، އޭނާއަކީ ނަފްސާނީ ބަލި މީހެއްކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް
އޮތްކަމަށް ހައިކޯޓުގައި މިމައްސަލަ ފަނޑިޔާރުންނަށް ނުފެނުނު ހިނދު، މަދަނީ ކޯޓުގެ ނަންބަރ:
2007/MC/1464 ޤަޟިއްޔާގެ ތެރެއިން ހުށަހެޅިގެން ދިޔަ، އަލްމަރުޙޫމާ ޙަފްޞާ އިބްރާހީމް މަނިކުގެ
ތަރިކައިން ހަފްޞާ އިބްރާހީމްގެ މަންމަ ތުއްތު ކަމަނައަށް ލިބޭއި، އެތަރިކައިން ބައިލިބޭ އެމަރުޙޫމާގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ދެބުރުޒުހިނގުން،ތީމުގެ ގޮތަނަދޫރޯނި! މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 331647
އީމެއިލް:
•[email protected] ވެބް ސައިޓް: x tw.highcourt.go'.Inv
11
2008 HC-4134
އއ0
ޑެންތައްތަކަ ރިޢާޔަތް ނުކުރައްވައި، ތުއްތު ކަމަނަ ހަދިޔާކުރި ބަޔާއި ބެހޭގޮތުން ގޮތެއް ނުނިންމަވައި،
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ކަމަށް މިމައްސަލަ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤް ވެވިފައިވެއެވެ.
* ޙުކުމް:
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި ކަންތައްތަކަށް
ރިޢާޔަތްކޮށް ބަލާއިރު، ގ.ނަންރީތިގެ ޙަފްޞާ އިބްރާހީމް މަނިކު، 19 ފެބްރުއަރީ 2007 ގައި
ނިޔާވެފައިވާކަމާއި، އޭނާ ނިޔާވިއިރު ދުނިޔޭގައި ތިބި ވާރުތަވެރީންނަކީ ބައްޕަ މ.ފުނާޑް އިބްރާހީމް
މަނިކުއާއި، މަންމަ ގ.ނަންރީތި ތުއްތު ކަމަނަ ކަމާއި، މީގެތެރެއިން އެތަރިކައިން މަންމަ ތުއްތު
ކަމަނައަށް ލިބޭބައި، ބައްޕަ އިބްރާހީމް މަނިކަށް ހަދިޔާ ކޮށްފައިވާކަމަށް ދެހެކީންގެ ހާޒިރުގައި ލިޔެފައިވާ
ލިޔުމަކީ، ތުއްތު ކަވަނަ ބުއްދިއާއި ވިސްނުމުގެ ގޮތުން ސަލާމަތް ހެޔޮ ޙާލުގައި އިނދެ، އެލިޔުމުގައި
ލިޔެފައިވާ އެއްޗެއް ރަގަޅަށް ކިޔުމަށްފަހު، އޭނާގެ ފުރިހަމަ އިޚްތިޔާރުގައި ސޮއިކޮށް އިނގިލީގެ ނިޝާން
ޖަހާފައިވާ ލިޔުމެއްކަން ޖެހެކީންގެ ހެކިބަހުން ސާބިތުވުމުގެ އިތުރުން، މި ތުއްތު ކަމަނަ އަކީ ޤާނޫނީ
ތަޞައްރުފްތައް ކުރެވޭ ވަރުގެ ޤާބިލްކަން ލިބިފައިވާ މީހެއްކަމަށް އާންމުކޮށް އޭނާގެ ޞިއްޙީ ޙާލަތު
ބަލަމުން ގެންދާ ޑޮކްޓަރގެ ލިޔުމުން އެނގެން އޮންނަ ކަމަށްޓަކައި، ގ.ނަންރީތި އަލްމަރުޙޫމާ ޙަފްޞާ
އިބްރާހީމް މަނިކުގެ ތަރިކައިން އެމަރުޙޫމާގެ މަންމަ ގ.ނަންރީތިގެ ތުއްތު ކަމަނައަށް ލިބޭބައި، އެތަރިކައިން
ބައިލިބޭ ދެވަނަ ވާރުތަވެރިޔާ ކަމުގައިވާ އެމަރުޙޫމާގެ ބައްޕަ މ.ފުނާޑު އިބްރާހީމް މަނިކަށް ހަނދިޔާ ކުރި
ކުރުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ޞައްޙަ ހަދިޔާ ކުރުމެއް ކަމުގައި ކަނޑައަޅައި،
ގ.ނަންރީތިގެ އެވެ، ކިޔާ އަމިއްލަ ގޯއްޗާ އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާ ވަޅުފަދަ ތަންތަން ޙަފްޞާ
އިބްރާހީމް މަނިކުގެ ތިބި އިސްވެ ބަޔާން ކުރެވުނު 2 ވާރިސުންގެ މެދުގައި ތަރިކާގެ އުޞޫލުން ބަހައިގެން
މަންމަ ތުއްތު ކަމަނައަށް 216 ބައި، ބައްޕަ އިބްރާހީމް މަނިކަށް 416 ބައި ލިބޭކަމާއި، މީގެ ތެރެއިން
މަންމަ ތުއްތު ކަމަނައަށް ލިބޭ 216 ބައި، އިބްރާހީމް މަނިކަށް ހަދިޔާކޮށްފައިވާތީ، މިތަރިކާގައި ހިމެނޭ
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނޤާން،ތީމުގެ 3ވަނަދޮރޯށި މޯލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: "\[
ވެބް ސައިޓް 8A
%
w.lhighcourt.go.jny
infoa liighcourt.gov.
12
2{oi) HC-4134
ގ.ނަންރީތިގެ އެވެ، ކިޔާ އަމިއްލަ ގޯއްޗާ އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާ ވަޅުފަދަ ތަންތަނަކީ،
ޙަފްޞާ އިބްރާހީމް މަނިކުގެ ބައްޕަ މ.ފުނާޑު އިބްރާހީމް މަނިކަށް މިލްކުވެގެންވާ ތަންތަން ކަމުގައި
ކަނޑައަޅައި އެގޮތުގެ މަތީން ޙުކުމް ކޮށް، މަދަނީ ކޯޓުގެ ނަންބަރ: 2007/MC/1464 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށްފީމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުއްޒުހިނގުން،ތީލުގެ 3ވަނަދޮރޯރިމާވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
:
ވެބް ސައިޓް w.liiglict
?
tit
.
[
Chy.I*
[email protected] On