ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/250 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/25{
کی عمری
ދެލި
بم استان مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
، ޤަޟިއްޔާ ނަންބަރ: 250/HC
-
A/2013
• އިސްތިއުނާފު ކުރިފަރާތް:
ނަން: ޢާއިޝަތު ޝިހާބު
ދާއިމީ އެޑްރެސް: ލ. މާބަގީޗާ/ މާލެ
އައި.ޑީ.ކާޑް ނަންބަރު: A000896
މިހާރުގެ އެޑްރެސް: މ. ، މާބަގީޗާ ( މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ނެތް
• ރަޖިސްޓްރީކުރެވުނު ތާރީޚް: 13 އޯގަސްޓް 2013
ނިމުނު ތާރީޚް: 22 އޯގަސްޓް 2013
އިސްތިއުނާފުކުރެވުނު ކޯޓުއަމުރު.
* ނަންބަރު: 2013
/
10/B
-
CR
-
5
/
CA
* ކޯޓު: ސިވިލް ކޯޓު
*ޤަޟިއްޔާގެ ބާވަތް: ވަގުތީ އަމުރު
* ނިންމެވި ތާރީޚް: 08 ޖުލައި 2013
08
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: !3647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
،ދިވެހިވެއްޖެ
2
ޤަޟިއްޔާ
ނިމުނު
2{13/HC-A/250
يمر مني .*
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013
/
10/B
-
CR
-
5
/
CA ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެއަމުރު އިސްތިއުނާފު ކުރުމަށް
ލ. މާބަގީޗާ ޢާއިޝަތު ޝިހާބުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01
ސިވިލް ކޯޓުގެ ނަންބަރު 2013
/
10/B
-
CR
-
5
/
CA ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ލ. މާބަގީޗާ ޢާއިޝަތު ޝިހާބުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
-02
ސިވިލް ކޯޓުގެ ނަންބަރު 2013
/
10/B
-
CR
-
5
/
CA ކޯޓު އަމުރަށް ބަލާއިރު،
އެކޯޓު އަމުރަކީ، އެކޯޓުގެ ނަންބަރު 2012/Cv
-
C/1241 ޤަޟިއްޔާއާ ގުޅިގެން މ. މާބަގީޗާ ޢާއިޝަތު
ޝިހާބުގެ (އައިޑީކާޑު ނަންބަރު A000896) ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް، އޭނާގެ ޕާސްޕޯޓު
ހިފެހެއްޓުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުގެ މައްޗަށް އަމުރުކުރައްވައި، 08
ޖުލައި 2013 ގައި، ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
-03
ސިވިލް ކޯޓުގެ ނަންބަރު 2013
/
10/B
-
CR
-
5
/
CA ކޯޓު އަމުރު އެ ކޯޓުން
ނެރުއްވާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމުން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: hi/2/16
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
3
ޤަޟިއްޔާ
2{13/HC-A/250
يمر متر مربع
:
ނިމުނު 1
، މާބަގީޗާ ޢާއިޝަތު ޝިހާބުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅައި، އެ ނުކުތާތަކާއި ގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
*
(ހ) ފުރަތަމަ ނުކުތާއަކީ: މާބަގީޗާ ޢާއިޝަތު ޝިހާބަކީ ރާއްޖެއިން ބޭރުގައި
ދިރިއުޅޭ ފަރާތަކަށްވެފައި، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1241 ޤަޟިއްޔާގެ ބޭނުމަކަށް އޭނާ
ޙާޟިރުވާންޖެހޭކަމަށް މަޢުލޫމާތު ލިބުމުން، ކޯޓަށް އެއްބާރުލުން ދިނުމުގެ ގޮތުން އޭނާގެ ބަދަލުގައި މީހަކު
ޢައްޔަނުކޮށްފައިވަނިކޮށް ސިވިލް ކޯޓުގެ ނަންބަރު 2013
/
10/B
-
CR
-
5
/
CA ކޯޓު އަމުރު
ނެރުއްވާފައިވުމާއި، އެކަން އޭނާއަށް އަންގަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2013
/
10/B
-
CR
-
5
/
CA ކޯޓު
އަމުރުގެ ސަބަބުން ޤާނޫނުއަސާސީގެ ދަށުން ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން ޤާނޫނުއަސާސީގެ 33
ވަނަމާއްދާއާއި، 41 ވަނަ މާއްދާއާއި، 42 ވަނަމާއްދާއާއި، 55 ވަނަމާއްދާއާއި، 69 ވަނަމާއްދާއިން
ހަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކެއް ގެއްލިގެން ދިޔަކަމާއި، އަދި އެކަމަށް ކޯޓުން ރިޢާޔަތް
ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
04
ސިވިލް ކޯޓުގެ
ނަންބަރު
B-CR-5CA/201310
ކޯޓު
އަމުރު
22 04
އިސްތިއުނާފުކުރުމަށް މ. މާބަގީޗާ ޢާއިޝަތު ޝިހާބުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ
ގުޅޭ ގޮތުން ޢާއިޝަތު ޝިހާބުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނީ
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
0 /
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{13/HC-A/250
4 ޤަޟިއްޔާ ނިމުނު "
.
(ހ) ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1241 ޤަޟިއްޔާގައި
މާބަގީޗާ ޢާއިޝަތު ޝިހާބުގެ ފަރާތުން، ޙާޟިރުވާނޭ މީހަކު ހަމަޖައްސާފައިވީނަމަވެސް، އެމައްސަލައަކީ
ޙުކުމް ތަންފީޒު ކުރުމުގެ މައްސަލައެއްކަމަށްވެފައި، އެމައްސަލައިގެ ޙުކުމް ތަންފީޒުވެފައިނުވަނީ
އެމައްސަލައިގައި ހިމެނޭ ރީތިރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑުގެ ސަބަބުން ކަމުގައިވާތީ، އެކުންފުނީގެ
މެނޭޖިންގ ޑިރެކްޓަރެއްކަމުގައިވާ ޢާއިޝަތު ޝިހާބު ކޯޓަށް ޙާޟިރުކުރުމަށް އަމުރު ކުރެވިފައިވަނީ، ޙުކުމް
ތަންފީޒުނުކުރުމުގެ ސަބަބުންކަމުގައިވާތީ ޢާއިޝަތު ޝިހާބުގެ
ބަދަލުގައި
އެހެންމީހަކު
ޤަބޫލުކުރެވެންނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 5
/
2013
/
3057-B
-
CR (25 ޖޫން 2012) ގެ
ކޯޓަށް ޙާޟިރުވުމުގެ އަމުރުގެ ނޯޓްގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އަދި އެއަމުރަކީ ޢާއިޝަތު
ޝިހާބު، 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 04 ވަނަ ދުވަހުގެ 09:30 އަށް ސިވިލް ކޯޓަށް
ޙާޟިރުވުމަށް އަންގަވައި ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ
ޙައްޤު ތަކުގެ ތެރެއިން ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގައިވާ ދަތުރު ފަތުރުކުރުމާއި ވަޒަންވެރިވުމުގެ
މިނިވަންކަމަކީ ވަކި ހައްދެއްނެތި މުތުލަޤުކޮށް ދޫކޮށްލެވިފައިވާ މިނިވަންކަމެއް ނޫންކަމާއި، ޤާނޫނު ނަންބަރު
1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ 5 ވަނަ މާއްދާއަށް ބަލާއިރު އެމާއްދާގެ (ހ) ގައި
ޝަރުޢީ ޙުކުމަކާއި ގުޅިގެން ނުވަތަ އަމުރަކާއި ގުޅިގެން، ނުވަތަ ޤާނޫނު ނަންބަރު 4/68 ތ (ޢާއްމު
ޤާނޫނުތަކެއް) ގެ 6 ވަނަ މާއްދާގެ ދަށުން މީހުން ހައްޔަރުކުރުމުގެ ބާރު ލިބިފައިވާ ސަރުކާރުގެ
އިދާރާއަކުން ކުރާ އަމުރަކާއި ގުޅިގެން ރާއްޖެއިންފުރުން މަނާކުރެވޭ މީހުން ފިޔަވައި، އެހެން ކޮންމެ
ދިވެހިރައްޔިތަކީ، ރާއްޖެއިން ބޭރަށް ފުރައިގެން ދެވިދާނެ، އަދި ރާއްޖެއިން ބޭރުގައި ހުރެވިދާނެ ނުވަތަ
ދިރިއުޅެވިދާނެ މީހެއްކަމަށް އޮންނަކަމާއި، އެހެންކަމުން ޝަރުޢީ ކޯޓަކަށް ހުށަހެޅިފައިވާ މައްސަލައެޓްގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 5316471/
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2{13/HC-A/250
5 ޤަޟިއްޔާ ނިމުނު "
کی مرگی
ex e {
ޙާޟިރުކުރަންޖެހޭ
ފަރާތެއް ޙާޟިރުކުރެވެން އޮތީ، އެފަރާތް ރާއްޖެއިން ފުރުން މަނާކޮށްގެން ނުވަތަ
އެފަރާތުގެ ޕާސްޕޯޓް ހިފަހައްޓައިގެން ކަމަށް ކޯޓަށް ޤަބޫލުކުރެވިއްޖެނަމަ، އެފަރާތެއްގެ ޕާސްޕޯޓް
ހިފެހެއްޓުމުގެ އަމުރެއް ކުރެވިދާނެކަމަށް ޤަބޫލުކުރެވޭކަމާއި، މިމައްސަލަ އިސްތިއުނާފުކުރާ މ. މާބަގީޗާ
ޢާއިޝަތު ޝިހާބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސިވިލް ކޯޓުން އަމުރުކުރައްވާފައިވަނީ އެކޯޓަށް އޭނާ
ޙާޟިރުވުމަށް ފޮނުއްވި ކޯޓަށް ޙާޟިރުވުމުގެ އަމުރުތަކާ އެއްގޮތަށް އޭނާ ޙާޟިރުވެފައިނުވާތީކަން
އެނގޭކަމާއި، ކޯޓަށް ހުށަހަޅާފައިވާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައެއްގައި، ޙާޟިރުކުރަންޖެހޭ ކަމަށް
ފެންނަ މީހަކު ޙާޟިރުކުރުމުގެ މަޤްޞަދުގައި ފިޔަވަޅު އެޅުމުގެ ބާރު ކޯޓުތަކަށް ލިބިގެންވާކަމާއި، އަދި
އެގޮތުން އެމީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކުރުމަކީ، ޙުކުމްތަންފީޒުނުކުރުމުން، އެޙުކުމް
ތަންފީޒުކުރުމަށްއެދި ހުށަހަޅާ މައްސަލަތަކުގައި ކޯޓުތަކުން ޢަމަލުކުރަމުން އަންނަ އުސޫލެއްކަން އެނގެން
އޮންނަކަމެވެ.
4ހ8
x2c22ހ2
ބޭރަށް ނުދިޅުގތށް،
2 22c
009 024
އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2013
/
10/B
-
CR
-
5
/
CA ކޯޓު އަމުރުން، މ.
މާބަގީޗާ ޢާއިޝަތު ޝިހާބުގެ (އައިޑީކާޑު ނަންބަރު A000896) ރާއްޖެއިން
ޕާސްޕޯޓު ހިފެހެއްޓުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުގެ މައްޗަށް
އަމުރުކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ހަމައެއް އޮތްކަމަކަށް
މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
6
2013/HC-A/250
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެންފަހެ، އިސްވެ ބަޔާން
ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް
ކޯޓުގެ ނަންބަރު 2013
/
10/B
-
CR
-
5
/
CA ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް މީޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv