ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/180 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/18!
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
A/
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 180/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙުސައިން ޖަލީލު
* އައިޑީ ކާޑު ނަންބަރު: A053810
322c
ދާއިމީ އެޑްރެސް: އާރާމްގެ | ·
މިހާރުގެ އެޑްރެސް: މ. ފެހިފަރުދާގެ އިރުމަތީބައި / ކ. މާލެ
* ނަން: ޙުސައިން މުޙައްމަދުފުޅު
އައިޑީ ކާޑު ނަންބަރު: A001489
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 3064 / ކ. މާލެ
މިހާރުގެ އެޑްރެސް: މއ. ބްލާސަމްގެ | ކ. މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑް
* ދާއިމީ އެޑްރެސް: އެމް.ޓީ.ސީ.ސީ ޓަވަރ ; ކ. މާލެ
ލައިސަންސް ނަންބަރު: 2001/CMB/6 ރަޖިސްޓްރީ ނަންބަރު: 101
/
2002
/
03/MTI
-
C
• ރަޖިސްޓްރީކުރި ތާރީޚް: 24 ރަޖަބު 1433
14 ޖޫން 2012
ނިމުނު ތާރީޚް: 13 ޝައްވާލު 1434
20 އޯގަސްޓް 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1935 ޤަޟިއްޔާ
• ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 28.09.2011 ނިމުނު ތާރީޚް: 30.01.2012
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/18
އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން މިހާތަނަށް ދައްކަންޖެހި ނުދައްކާވާ ފައިބަޖޭގެ ހައި"
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1935 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ފޭދޫ | އާރާމްގެ ޙުސައިން ޖަލީލު އާއި ކ. މާލެ | ދަފްތަރު.
ނަންބަރު 3064 ޙުސައިން މުޙައްމަދުފުޅުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހޮންގކޮންގ
އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑްއެވެ.
1) އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1935 ޤަޟިއްޔާގައި،
ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑްއިން ނަގާފައިވާ ކްރެޑިޓް ފެސިލިޓީއަކާއި ގުޅިގެން
ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑް އާއި މާލެ | ދަފްތަރު. ނަންބަރު 3064 (މއ. ބުލާސަމްގެ) ޙުސައިން މުޙައްމަދުފުޅު (ދ.ރ.ކާޑު
ނަންބަރު A001489) އާއި ހިންނަވަރު | އަލިވިލާގެ (މ. ކާނޭޝަން އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން
ޔޫސުފް (ދ.ރ.ކާޑު ނަންބަރު A040926) އާއި ފޭދޫ ! އާރާމްގެ (މ. ފެހިފަރުދާގެ ޙުސައިން ޖަލީލު
(ދ.ރ.ކާޑު ނަންބަރު A053810) ގެ މައްޗަށް ދަޢުވާކުރުމުން ބެލެވުނު މައްސަލައެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ "... ދެންފަހެ، ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ
ކޯޕަރޭޝަން ލިމިޓެޑް އިން 08 ޑިސެމްބަރ 2006 ތާރީޚުގައި ދަފްތަރު. ނަންބަރު 3064 (މއ. ބުލާސަމްގެ)
ޙުސައިން މުޙައްމަދުފުޅު (ދ.ރ.ކާޑު ނަންބަރު A001489) އާއި، ހިންނަވަރު | އަލިވިލާގެ
(މ. ކާނޭޝަން) އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް (ދ.ރ.ކާޑު ނަންބަރު A040926) އާއި،
ސ. ފޭދޫ / އާރާމްގެ (މ. ފެހިފަރުދާގެ) ޙުސައިން ޖަލީލު (ދ.ރ.ކާޑު ނަންބަރު A053810) ގެރެންޓީ ދީގެން،
ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނަގާފައިވާ -/625,000ރ. (ހަލައްކަ ފަންސަވީސް ހާސް
ރުފިޔާ) ނުވަތަ 49,000.00$US (ސާޅީސް ނުވަހާސް އެމެރިކާ ޑޮލަރު) އޯވަރޑްރާފްޓް ފެސިލިޓީގެ ތެރެއިން،
=2
04
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/18
އިއްތިޔާ382 ޚަ
އެއްފަހަރާލިބިގަތުމަށް، އަދި ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މިފައިސާ އަނބުރާ ނުދައްކައިފިނަމަ،
ބޭންކިންގ ފެސިލިޓީއަށް ވަކިވަކިން އަދި އެކުގައި ގެރެންޓީ ދީފައިވާ ޙުސައިން މުޙައްމަދުފުޅު އާއި، އަޙްމަދު
ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް އާއި، ޙުސައިން ޖަލީލުގެ ކިބައިން ފައިސާ ނަގާދީ ޚަލާޞްކުރުމަށް
އަމުރުކޮށްދިނުން އެދި ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ރިޒަވޭޔަރ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، ޙުސައިން މުޙައްމަދުފުޅުގެ މައްޗަށާއި، އަޙްމަދު ޝަރީފް
ޢަބްދުއްރަޙްމާން ޔޫސުފްގެ މައްޗަށާއި، ޙުސައިން ޖަލީލުގެ މައްޗަށް ކުޅަ ދަޢުވާއަށް ބަލާއިރު،
އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފްއާއި ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ދަޢުވާގައިވާ ފެސިލިޓީ ނެގިކަމާމެދު އިޢުތިރާޝްކޮށްފައި ނުވާހިނދު، އެފަރާތްތަކުން ދަޢުވާގެ ޖަވާބުގައި
ބުނެފައިވަނީ، އެފެސިލިޓީ ނަގާފައިވަނީ ކުންފުނީގެ މާލީ ޙާލަތު ރަނގަޅުވުމުން އަނބުރާ ދައްކާގޮތަށް
އެއްބަސްވެވިގެން ކަމަށާއި، ބޭންކާއި ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާމެދު ވެފައިވާ އެއްބަސްވުމުގައި
އިންޓްރަސްޓްގެ ޢަދަދެއް ބަޔާންކޮށްފައި ނެތުމުންނާއި، ފެސިލިޓީއަކީ ރަހުނެއް ބަހައްޓައިގެން ނަގާފައިވާ
ފެސިލިޓީއަކަށް ނުވުމުން ބޭންކުން އެކުންފުންޏަށް ދޫކޮށްފައިވާ ފައިސާގެ އިތުރުން ފައިސާއެއް ދައްކަންޖެހޭކަމުގައި
ގަބޫލުނުކުރާކަމަށާއި، މޯގޭޖް އޯވަރ ބުކް ޕެޓްސް އެންޑް ރިސީވަބަލްސް އެގްރީމަންޓަކީ އެއްބަސްވުމުގެ ފަހުން
ހަދާފައިވާ ލިޔުމެއްކަމުން، އެލިޔުން އެއްބަސްވުމުގެ މައްޗަށް ހިނގާނެކަމުގައި ޤަބޫލުނުކުރާކަމަށާއި،
ދަޢުވާލިބޭ ޙުސައިން މުޙައްމަދުފުޅު ދަޢުވާއަށް އިންކާރުކޮށް ބުނެފައިވަނީ ދަޢުވާގައި
ބަޔާންކޮށްފައިވާ ފެސިލިޓީ ނަގާފައިވަނީ ޙުސައިން މުޙައްމަދުފުޅު ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ޑިރެކްޓަރެއްގެ ގޮތުގައި އުޅުނު ދުވަސްވަރު ކަމަށާއި، އެފެސިލިޓީ ނަގާފައިވަނީ ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއިން ކަމުގައިވާތީ އެފައިސާ ދައްކަންޖެހޭނީވެސް އެކުންފުނިންކަމުގައި ޤަބޫލުކުރާކަމަށާއި، މިހާރު ޙުސައިން
މުޙައްމަދުފުޅާއި ރިޒަވޭއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާމެދު އެއްވެސް ގުޅުމެއް ނުވާތީ، އެފައިސާއަށް
ޙުސައިން މުޙައްމަދުފުޅު ޒިންމާވާން ޖެހޭކަމުގައި ނުދެވޭކަމަށާއި،
ދަޢުވާލިބޭ ޙުސައިން ޖަލީލުގެ ފަރާތުން ދަޢުވާއަށް އިންކާރުކޮށް ބުނެފައިވަނީ ގަރަންޓަރެއްގެ
ޙައިޘިއްޔަތުން އެފަރާތުން ޒިންމާވާނީ ހަމައެކަނި -/
625,000ރ. (ހަލައްކަ ފަންސަވީސް ހާސް ރުފިޔާ)
އަށްކަމަށާއި، އެފައިސާއަށް އިންޓަރަސްޓް އަރާނެކަމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާތީ، އިންޓަރަސް
OXO
ހ22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/18
02c
ފައިސާއަށް ޒިންމާވާން ޖެހޭކަމުގައި ނުދެކޭކަމަށާއި، ގެރެންޓީ އެއްބަސްވުމުގެ 01 ވަނަ މާއްދާގައި ބަޔާންކުރާ
ލީގަލް ޗާޖަސް' ގެ ތެރޭގައި ޤާނޫނީ ވަކީލުންނަށް ޚަރަދުކުރި ފައިސާ ހިމެނިގެންވާކަމުގައި ނުދެކޭކަމަށާއި،
ދަޢުވާއިން ހޯދުމަށް އެދިފައިވާ ފައިސާއަށް ބަލާއިރު، ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ
ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު CDT.OPS
/
NR (13 ސެޕްޓެމްބަރ 2006) ސިޓީގެ ދަށުން ރިޒަވޭޔަރ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް -/
625,000ރ. (ހަލައްކަ ފަންސަވީސް ހާސް ރުފިޔާ) ގެ އޯވަރޑްރާފްޓް
ފެސިލިޓީއެއް ދޫކޮށްފައިވާކަމާއި، އެ އޯވަރޑްރާފްޓް ފެސިލިޓީއަށް ފައިސާ ދައްކާނެކަމުގެ ގެރެންޓީދީ، ޙުސައިން
މުޙައްމަދުފުޅު އާއި، އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް އާއި، ޙުސައިން ޖަލީލުގެ ފަރާތުން ވަކިވަކިން
އަދި އެކުގައި ޒިންމާ ނަގާނެކަމުގައި ބަޔާންކޮށްފައިވާކަމާއި،
ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު CDT.OPS
/
RM
(29 ފެބްރުއަރީ 2008) ސިޓީގެ ދަށުން ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އޯވަރޑްރާފްޓްގެ ގޮތުގައި
-/
625,000ރ. (ހަލައްކަ ފަންސަވީސް ހާސް ރުފިޔާ) ނުވަތަ 49,000.00$US (ސާޅީސް ނުވަހާސް އެމެރިކާ
ޑޮލަރު)، ކްރެޑިޓް ފެސިލިޓީއިން ފައިސާ ލިބިފައިވާ ފަރާތުން ޚިޔާރުކުރާ ޤައުމެއްގެ ފައިސާއަކުން، އެކު ޖުމްލަ
-/625,000ރ. (ހަލައްކަ ފަންސަވީސް ހާސް ރުފިޔާ) އަށް ވުރެ އިތުރުނުވާ ގޮތެއްގެ މަތިން ނެގުމުގެ
ފުރުޞަތުލިބިދީފައިވާކަމާއި، މިފަދަ ފުރުޞަތަކަށް ދަޢުވާލިބޭ ފަރާތްތަކުން އެދި ލިޔުމުން އެއްބަސްވެފައިވާކަން
އެނގެން ނެތްނަމަވެސް، ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑް ނަންބަރު
CDTOPS
/
RM (29 ފެބްރުއަރީ 2008) ސިޓީގެ ދަށުން ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ދީފައިވާ ފުރުޞަތަކީ އެކުންފުނީގެ މަޞްލަޙަތާއި މަންފާ އެފުރުޞަތެއްގެ ބޭނުން ހިފުމުގައި ބޮޑު، އަދި
އެކުންފުންޏާއި އެކުންފުނިން ނަގާފައިވާ ކްރެޑިޓް ފެސިލިޓީއަށް ގެރެންޓީ ދިން ފަރާތުން ގެރެންޓީ ދީފައިވާ
މިންވަރަށް ވުރެ އިތުރުނުވާ ގޮތުގެ މަތިން ފަހިކޮށްދީފައިވާ ފުރުޞަތެއްކަމުންނާއި، އެފުރުޞަތުގެ ބޭނުން ހިފައި
ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެމެރިކާ ޑޮލަރު ނަގާފައިވާކަން އެނގެން އޮތަތީއާއި، ރިޒަވޭޔަރ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން
ލިމިޓެޑްގެ ނަންބަރު CDT.OPS
/
RM (29 ފެބްރުއަރީ 2008) ސިޓީގައި ސޮއިކޮށްފައިވާތީ، އަދި
ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު CDT.OPS
/
RM (29 ފެބްރުއަރީ
2008) ސިޓީއިން އިތުރު ފުރުޞަތުތަކެއް ދަޢުވާލިބޭ ކުންފުންޏަށް ލިބިދީފައިވަނީ ސެޕްޓެމްބަރ 2008
,ބަކުގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/18
ވެފައިވާ ފެސިލިޓީސް އެގްރީމަންޓްގެ ދަށުންކަން އެނގެން އޮތަތީ، ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ
ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު CDT.OPS
/
RM (29 ފެބްރުއަރީ 2008) ސިޓީއިން ލިބިދީފައިވާ
ފުރުޞަތުތަކަކީ ކުރިން ވެވުނު އެއްބަސްވުމުގެ ބައެއްކަމުގައި، އަދި އެގޮތަށް ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ރުހި ޤަބޫލުވެފައިވާ ކަމުގައި ބަލަންޖެހޭ ކަމާއި، ގެރެންޓަރުންގެ ފަރާތުން ގެރެންޓީ ދީފައިވާ
މިންވަރަށްވުރެ އިތުރަށް އެފަރާތްތަކުން ޒިންމާވާންޖެހޭ ޙާލަތެއް މެދުވެރި ނުވާތީއާއި، އެފަރާތްތަކުން އިތުރު
އިލްތިޒާމުތަކެއް އުފުލަންޖެހޭ ޙާލަތެއް މެދުވެރިނުވާތީ، އެފަރާތްތަކުން ދީފައިވާ ގެރެންޓީ މިކަމުގައި
ދެމިގެންދާނެކަމުގައި މަދަނީ މިންގަނޑުތަކަށް ރިޢާޔަތްކުރުމުން ޝަރީޢަތަށް ބުރަވެވޭކަމާއި،
ދަޢުވާލިބޭ ފަރާތްތަކުން
އިންޓަރަސްޓް ފައިސާ ދައްކަންޖެހޭނެ ކަމާމެދު ސުވާލު
އުފައްދާފައިވާހިނދު، ދަޢުވާކުރާ ފަރާތުން ދަޢުވާގައި ބަޔާންކޮށްފައިވާ ފެސިލިޓީ ދޫކޮށްފައިވަނީ އިންޓަރަސްޓް
ހިމެނޭގޮތުން، ވަކި ކަންތައްތަކަކަށް ދަޢުވާލިބޭ ފަރާތްތަކުން އެއްބަސްވެފައިވާތީކަން ހުށަހަޅާފައިވާ ލިޔުންތަކުން
އެނގެން އޮތަތީ، އެއްބަސްވެފައިވާ ފަދައިން އެޒިންމާތައް ދަޢުވާލިބޭ ފަރާތްތަކުން އުފުލަންޖެހޭނެކަމުގައި
ޝަރީޢަތުން ދެކޭކަމާއި،
މިޤަޟިއްޔާއިން ބަލަމުންދާ މައްސަލައިގައި ޙަވާލާދީފައިވާ އޯވަރޑްރާފްޓް ފެސިލިޓީއަށް
އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން 26 ޑިސެމްބަރ 2011 ދުވަހުގެ ނިޔަލަށް
1,016,207
/
11ރ. (އެއްމިލިއަން ސޯޅަހާސް ދުއިސައްތަ ހަތްރުފިޔާ ! އެގާރަލާރި) އަދި 27,708.99$US
(ހަތާވީސް ހާސް ހަތްސަތޭކަ އަށެއް ޕޮއިންޓް ނުވައެއް ނުވައެއް އެމެރިކާ ޑޮލަރު) ދައްކަންޖެހޭކަން އެނގެން އޮތް
ހިނދު، ދަޢުވާލިބޭ ފަރާތްތަކުން ނެގުމަށް ލިޔުމުން އެއްބަސްވެފައިވާ، އަދި އެކަމަށް ގަރަންޓީ ދީފައިވާ ފައިސާއަކީ
ވަކި މިންވަރަކަށްވާ ދިވެހި ފައިސާކަމުން، އިސްވެ ބަޔާންކުރެވުނު 1,016,207
/
11ރ. (އެއްމިލިއަން ސޯޅަހާސް
ދުއިސައްތަ ހަތްރުފިޔާ | އެގާރަލާރި) އަދި 27,708.99$US (ހަތާވީސް ހާސް ހަތްސަތޭކަ އަށެއް ޕޮއިންޓް
ނުވައެއް ނުވައެއް އެމެރިކާ ޑޮލަރު) އަށްވާ ދިވެހި ރުފިޔާއާއި، އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދެއްކުމުގެ
ސަބަބުން އަރަމުންދާ އިންޓަރަސްޓަކީ ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި، ޙުސައިން މުޙައްމަދުފުޅު
އާއި، އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް އާއި، ޙުސައިން ޖަލީލުގެ ފަރާތުންގެ ފަރާތުން ހޮންގ ކޮން
އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައި،
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/18
މިފައިސާ ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑަށް ރައްދުކުރުމުގެ
ގޮތުން 30 ޖެނުއަރީ 2012 އިން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެމަހަކަށް
ދައްކަންޖެހޭ ޢަދަދަށް ވުރެ މަދުނޫން މިންވަރެއް ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން
ލިމިޓެޑަށް ދައްކާ ޚަލާޞްކުރުމަށް ރިޒަވޭއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި، ޙުސައިން މުޙައްމަދުފުޅު އާއި،
އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް އާއި، ޙުސައިން ޖަލީލުއަށް އަންގައި، ޙުކުމްކޮށް..." މައްސަލަ
ނިންމަވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2) ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1935 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ސ. ފޭދޫ | އާރާމްގެ ޙުސައިން ޖަލީލު އާއި ކ. މާލެ | ދަފްތަރު.
ނަންބަރު 3064 ޙުސައިން މުޙައްމަދުފުޅުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ފާހަގަކުރި ނުކުތާއަކީ،
ޙުސައިން ޖަލީލު އާއި ޙުސައިން މުޙައްމަދުފުޅު ސޮއިކޮށްފައިވާ ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ
ކޯޕަރޭޝަން ލިމިޓެޑްގެ "ޖޮއިންޓް އެންޑް ސެވެރަލް ގެރެންޓީ" އެއްބަސްވުމުގައި ކަނޑައެޅިގެން އެފަރާތްތަކުން
އެކުއެކީގައި އަދި ވަކިވަކިން (ޖޮއިންޓް އެންޑް ސެވެލް) ޒިންމާ ނަގަންޖެހޭނެ ދަރަނީގެ މިންވަރަކީ
-/
625,000ރ. (ހަލައްކަ ފަންސަވީސްހާސް ރުފިޔާ) ކަމަށް ބަޔާންވެފައި އޮތްނަމަވެސް ޙުކުމްގައި ވަނީ
1,016,207
/
11ރ. (އެއްމިލިއަން ސޯޅަހާސް ދުއިސައްތަ ހަތްރުފިޔާ އެގާރަލާރި) އަދި 27,708.99$US
(ހަތާވީސްހާސް ހަތްސަތޭކަ އަށެއް ޕޮއިންޓް ނުވައެއް ނުވައެއް އެމެރިކާ ޑޮލަރު) 12 (ބާރަ) މަހުގެ ތެރޭގައި
ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑަށް ދެއްކުމަށްކަމަށާއި މިއީ އެއްބަސްވުމުގައި
ޒިންމާ ނަގަން އެއްބަސްވެފައިވާ މިންވަރަށްވުރެ އިތުރު އަދަދެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1935 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1935
ޤަޟިއްޔާއަކީ ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑްއިން ނަގާފައިވާ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/18
ފޭދޫ
ފެސިލިޓީއަކާއި ގުޅިގެން ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ދަފްތަރު ނަންބަރު 3064
(މއ. ބުލާސަމްގެ) ޙުސައިން މުޙައްމަދުފުޅު އާއި ހިންނަވަރު | އަލިވިލާގެ (މ. ކާނޭޝަން) އަޙްމަދު
ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް އާއި { އާރާމްގެ (މ. ފެހިފަރުދާގެ) ޙުސައިން ޖަލީލުގެ މައްޗަށް
ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑްއިން ކޮށްފައިވާ ދަޢުވާއެއްކަމާއި، އެޤަޟިއްޔާގެ
ނިންމެވުމުގައި އިސްވެ ފާހަގަކުރެވުނު އޯވަރޑްރާފްޓް ފެސިލިޓީއަށް އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދެއްކުމުގެ
ސަބަބުން 1,016,207
/
11ރ. (އެއްމިލިއަން ސޯޅަހާސް ދުއިސައްތަ ހަތްރުފިޔާ އެގާރަލާރި) އަދި
US
$
27,708.99 (ހަތާވީސްހާސް ހަތްސަތޭކަ އަށެއް ޕޮއިންޓް ނުވައެއް ނުވައެއް އެމެރިކާ ޑޮލަރު)
ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ޚަލާޞްކުރުމަށާއި، އެއްބަސްވެފައިވާ
ގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން އަރަމުންދާ އިންޓަރެސްޓަކީ އެފަރާތްތަކުން ހޮންގކޮންގ އެންޑް ޝަންހާއީ
ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅުއްވައި ޙުކުމްކުރައްވާފައިވާކަން
އެނގެން އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1935 ޤަޟިއްޔާގެ ޙުކުމުގައި
ކަނޑައަޅުއްވާފައިވާ އަދަދަކީ ދެފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ "ޖޮއިންޓް އެންޑް ސެވެރަލް ގެރެންޓީ"
އެއްބަސްވުމުގައި ޒިންމާ ނަގަން އެއްބަސްވެފައިވާ މިންވަރަށްވުރެ އިތުރު އަދަދެއްކަމަށް ބުނެ މިމައްސަލާގައި
އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހެޅި ނުކުތާއަށް ނަޒަރުކުރިއިރު،
ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ
ކޯޕަރޭޝަން ލިމިޓެޑުގައި އޯވަރޑްރާފްޓް ފެސިލިޓީއަކަށް އެދުމުން އެދެފަރާތު ދެމެދު ލިޔެކިޔުންތަކެއް
ބަދަލުކުރެވިފައިވާކަމާއި، އެގޮތުން، 13 ސެޕްޓެމްބަރ 2006 ގައި ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ
ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު CDT.OPS
/
NR ސިޓީގައި ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ
ކޯޕަރޭޝަން ލިމިޓެޑުން ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޭން ހުށަހަޅާ ފެސިލިޓީގެ ތަފްޞީލު
ފޮނުވުނުކަމާއި، އަދި އެސިޓީގައި ބަޔާންކުރާ ކަންކަމަށް ރިޒަވޭއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ރުހި
ޤަބޫލުވާނަމަ، ރިޒަވޮޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެސިޓީގެ ތިރީގައި ސޮއިކޮށް ބޭންކަށް އަނބުރާ
ފޮނުވަންވާނެކަމަށް ބަޔާންކުރެވިފައިވާކަމާއި، މިސިޓީގައި އިންޓަރެސްޓް ނެގޭނޭ ރޭޓް ބަޔާންކޮށްފައިވާކަމާއި،
30 ސެޕްޓެމްބަރ 2006 ގައި ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެ ޝަރުޠުތަކަށް ރުހި ޤަބޫލުވާޖޭގެ ހައި
22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/18
8 k
2&2 ه2
)
އެސިޓީގައި ސޮއިކޮށްފައިވާކަމާއި، އަދި ހަމަ އެތާރީޚުގައި ފެސިލިޓީސް އެގްރީމެންޓް ފޯމުގައި
ސޮއިކޮށްފައިވާކަމާއި،
މިމައްސަލާގައި އިސްތިއުނާފުކުރާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރިއިރު ވަކި އިންޓަރެސްޓް
ރޭޓަކަށް އެއްބަސްވެފައިނުވާކަމަށް ބުނެފައިވާއިރު، "ޖޮއިންޓް އެންޑް ސެވެރަލް ގެރެންޓީ" އެއްބަސްވުމުގައި
އިންޓަރެސްޓްގެ ގޮތުގައި ވަކި އަދަދެއް ބަޔާންކޮށްފައިނުވިނަމަވެސް، ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ
ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު CDT.OPS
/
NR ސިޓީގައި ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ހުށަހެޅުނު ފެސިލިޓީގެ ތަފްޞީލުގައި އެވަގުތު އިންޓަރެސްޓް ރޭޓް ބަޔާންކުރެވިފައިވާކަމާއި، އަދި
އެހުށަހެޅުން ޤަބޫލުކުރުމަށްފަހު ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސޮއިކުރި ފެސިލިޓީސް އެގްރީމެންޓް
ފޯމުގެ 7 ވަނަ މާއްދާގައި، އިންޓަރެސްޓް ރޭޓްތަކަށް އަންނަ ބަދަލުތައް ލޯކަލް ނޫހެއްގައި ޖެހުމުން، ނުވަތަ
ބޭންކުގެ ޢިމާރާތުގައި ނޯޓިހެއް ޖެހުމުން، އެންގުންކަމުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައި އޮތުމުން، ރިޒަވޭޔަރ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފެސިލިޓީ ދެވުނުއިރު، އިންޓަރެސްޓް ރޭޓްގެ ތަފްޞީލު ބަޔާންކުރެވިފައިވާކަން
އެނގެން އޮންނަކަމާއި،
އިސްވެ ފާހަގަކުރެވުނު ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑްގެ
ނަންބަރު CDT.0PS
/
NR ސިޓީ އާއި ފެސިލިޓީސް އެގްރިމެންޓް ފޯމުގައިވާ ގޮތުގެ މަތިން ރިޒަވޭޔަރ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެގެން އޭގެ ފަހުން، 08 ޑިސެމްބަރ 2006 ގައި، ހޮންގ ކޮންގ
އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑާއި މިމައްސަލަ އިސްތިއުނާފުކުރާ ޙުސައިން މުޙައްމަދުފުޅު އާއި
ޙުސައިން ޖަލީލުގެ މެދުގައި "ޖޮއިންޓް އެންޑް ސެވެރަލް ގެރެންޓީ" އެއްބަސްވުމެއް ވެފައިވާކަން އެނގެން
އޮންނަކަމާއި، މިއެއްބަސްވުމުގެ 1 ވަނަ މާއްދާގައި ޕްރިންސިޕަލް އަދަދުކަމުގައިވާ -/625,000ރ. (ހަލައްކަ
ފަންސަވީސްހާސް ރުފިޔާ) އާއި އަދި އެއެއްބަސްވުމުގައި ބަޔާންކުރާ ޑިސްކައުންޓް އަދި އެހެނިހެން ބޭންކް
ޗާރޖްތަކާއި އަދި އެއާއެކު ދަރަނި ދެއްކުމަށް ޑިމާންޑް ކުރުމާ ހަމައަށް ޕްރިންސިޕަލް (ރިޒަވޮޔަރ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް) ގެ ފަރާތުން ބާކީ ނުދައްކާވާ އަދަދަށް އަރާފައިވާ އިންޓަރެސްޓްއި ޑިމާންޑްކުރި ތާރީޚުން
ފެށިގެން ކޮންމެ މަހަކު ދައްކަންޖެހޭ އަދަދާއި އެއްކޮށް، އިންޓަރެސްޓްގެ ގޮތުގައި ކަނޑައަޅާ އަދަދަކަށްވުރެ
އިތުރުނުވާނެ ގޮތަށް ގެރެންޓަރުން އެކުއެކީގައި ނުވަތަ ވަކިވަކިން ޒިންމާ ނަގަންޖެހޭނެކަމަށް
ފާހަގަކުރެވެން އޮތު
ން އޮތުމުން،
OXOL
ﷲ 2
0
2
4
ޖީ ޖީ 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/18
ޙުސައިން މުޙައްމަދުފުޅާއި ޙުސައިން ޖަލީލު ހޮންގ ކޮންގ އެންޑް ޝަންހާއީ ބޭންކިންގ
ކޯޕަރޭޝަން ލިމިޓެޑާއެކު ސޮއިކުރި "ޖޮއިންޓް އެންޑް ސެވެރަލް ގެރެންޓީ" އެއްބަސްވުމުގެ ދަށުން، ޙުސައިން
މުހައްމަދުފުޅާއި ޙުސައިން ޖަލީލު ޒިންމާވާންޖެހޭނީ ހަމައެކަނި -/625,000ރ. (ހަލައްކަ ފަންސަވީސްހާސް
ރުފިޔާ) އަށް އެކަނި ނޫންކަމާއި، އިސްވެ ބުނެވުނު އަދަދަށް އަރާ ބޭންކުގެ އެހެނިހެން ޗާރޖްތަކާއި
އިންޓަރެކ
ޓަރެސްޓްވެސް ހިމެނޭކަން އެއެއްބަސްވުމުގެ 1 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑުން ރިޒަވޭޔަރ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ފެސިލިޓީއަށް އެއްބަސްވެފައިވާ ގޮތުގެ މަތިން ރިޒަވޭޔަރ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ފައިސާ އަނބުރާ ދައްކާފައިނުވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނަކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1935 ޤަޟިއްޔާގައި ދަޢުވާ ލިބުނު ޙުސައިން
މުޙައްމަދުފުޅު އާއި ޙުސައިން ޖަލީލުގެ ފަރާތުން އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާންތަކަށް
ބަލާއިރު، ދަޢުވާގައި ބަޔާންކޮށްފައިވާ ލޯނަކީ އެފަރާތްތަކުން ސޮއިކޮށްގެން ނަގާފައިވާ ލޯނެއްކަމަށް ބުނެފައިވާއިރު،
އަދި ހޮންގ ކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑުން ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/1935 ޤަޟިއްޔާގައި ދަޢުވާކޮށްފައިވާ އަދަދަކީ ޞައްޙަ އަދަދެއްކަމަށް 27 ނޮވެމްބަރު 2011
ގައި ޙުސައިން މުޙައްމަދުފުޅު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭއިރު، ޙުސައިން
މުޙައްމަދުފުޅު "ޖޮއިންޓް އެންޑް ސެވެރަލް ގެރެންޓީ" އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، މިފަދައިން ބުނެފައިވާ
ބުނުމަކީ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1935 ޤަޟިއްޔާގައި ދަޢުވާކޮށްފައިވާ އަދަދު ޙުސައިން
މުޙައްމަދުފުޅުގެ ފަރާތުން ދައްކަންޖެހޭނެކަމަށް އިޤްރާރުވުންކަމާއި،
ހޮންކޮންގ އެންޑް ޝަންހާއީ ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ރިޒަވޭޔަރ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އޯވަރޑްރާފްޓް ފެސިލިޓީ ދޫކޮށްފައިވަނީ ގެރެންޓަރުންގެ ހައިސިއްޔަތުން
ޙުސައިން މުޙައްމަދުފުޅު އާއި ޙުސައިން ޖަލީލުގެ ފަރާތުން އިންޓަރެސްޓް ހިމެނޭގޮތަށް ވަކި ޝަރުތުތަކަކާއި
އެއްބަސްވެގެންކަން މިމައްސަލާގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮތަތީ، އެއްބަސްވެފައިވާ ފަދައިން
ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފައިސާ ދެއްކުމަށް އެފަރާތްތަކުން ޒިންމާ
އުފުލަންޖެހޭނެކަމާއި، އޭގެ ތެރޭގައި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ފައިސާ އަނބުރާ ނުދެއްކިއްޖެ ޙާލަތެއް
އޭގެ ނަތީޖާއަށްވެސް އެފަރާތްތަކުން ޒިންމާ ނަގަން އެއްބަސްވިކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/18
2 2 2 0 2 0 0
އެހެންކަމުން، ޙުސައިން މުޙައްމަދުފުޅު އާއި ޙުސައިން ޖަލީލު، ހޮންގކޮންގ އެންޑް ޝަންހާއީ
ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑާއެކު ސޮއިކޮށްފައިވާ "ޖޮއިންޓް އެންޑް ސެވެރަލް ގެރެންޓީ" އެއްބަސްވުމުގައިވާ
ގޮތުގެ މަތިން އެފަރާތްތަކުން ފަރުދީގޮތުން ޒިންމާވާންޖެހޭނެ މިންވަރަކީ ހަމައެކަނި -/625,000ރ. (ހަލައްކަ
ފަންސަވީސްހާސް ރުފިޔާ) ނޫންކަން އެއެއްބަސްވުމުން އެނގޭކަމާއި، އިސްވެ ބުނެވުނު އަދަދު ނުދެއްކުމުގެ
ސަބަބުން އިތުރަށް އަރަމުންދާ އިންޓަރެސްޓާއި އެހެނިހެން ބޭންކް ޗާރޖްތަކަކީ ހޮންގކޮންގ އެންޑް ޝަންހާއީ
ބޭންކިންގ ކޯޕަރޭޝަން ލިމިޓެޑަށް ފެސިލިޓީ ނެގި ފަރާތާއި އެފަރާތުގެ ގެރެންޓަރުން ދައްކަންޖެހޭ ފައިސާކަމުގައި
ވީހިނދު، ރިޒަވޭޔަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރާ
އެކުންފުނީގެ ގެރެންޓަރުން، ފެސިލިޓީގައި ބަޔާންކުރެވިފައިވާ ޕްރިންސިޕަލް އަދަދުގެ އިތުރަށް އަރާފައިވާ
އިންޓަރެސްޓާއި އެހެނިހެން ބޭންކް ޗާރޖްތައް ހިމަނައިގެން ޖެހޭ އަދަދަށް ޒިންމާ ނަގަންޖެހޭކަމަށް މިމައްސަލަ
ބެލި ހުރިހާ ފަނޑިޔާރުންނަށްވެސް އެއްބަސްވެވުނުކަމެވެ.
:394
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް
ހުރުމާއެކު،
ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/1935 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ
ފޭދޫ ! އާރާމްގެ ޙުސައިން ޖަލީލު އާއި ކ. މާލެ | ދަފްތަރު. ނަންބަރު 3064 ޙުސައިން މުޙައްމަދުފުޅުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް
ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
OX
42 0
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;