ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/49 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު
ހިމުނު ގޮތުގެ ޚުލާޞާ
2011/HC-A/49
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 49/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް؟
* ނަން: މުޙައްމަދު ނަބީލް
އައިޑީ ކާޑު ނަންބަރު: A125048
އަލްއުސްތާޛް ޢަލީ ޝާހް
މިހާރުގެ އެޑްރެސް:
ކ. މާފުށި ޖަލު
ރީފް/މާލެ
އެޑްރެސް:
ގަ
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެލަރުގެ އޮފީސް)
• ހުށަހެޅުނު ތާރީޚް: 23 ފެބުރުއަރީ 2011
، ނިމުނު ތާރީޚް: 25 ނޮވެންބަރު 2015
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2010/JC
/
2009
)
585
/
Cr
-
C/2447)
ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ޤަޞްދުގައި މީހަކު މަރާލުން
ހުށަހެޅުނު ތާރީޚް: 08 ޑިސެމްބަރު 2009
ނިމުނު ތާރީޚް: 22 ނޮވެމްބަރު 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު،
ފަނޑިޔާރު ޝުޖާޢު ޢުޘްމާން، ފަނޑިޔާރު ޢަބްދު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2 ޤާޟީއްޔާ ނިމުނު
މުނު ގޮތުގެ ޚުލާޞާ
2011/HC-A/49
ޚުލާޞާ
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2009
)
585
/
Cr
-
C/2447) ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ކަމަށް ބުނެ ގ. ރީފް/މާލެ، މުޙައްމަދު
ނަބީލް އެޤްޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދައުލަތެވެ.
2
22 ހ2
މުހއްގެ
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2009
)
585
/
Cr
-
C/2447) ޤަޟިއްޔާ އަކީ،
މަދު ނަބީލް 08 މާރޗް 2009 ދުވަހުގެ 23:00 އެހައިކަށްހައިއިރު، ސ. ހުޅުދޫ ލިލީމާގެ ޢަބްދު
ފަރުޙާދުގެ ގައިގާ ޖަހައި މާރާމާރީ ހިންގުމަށް، ދިގުމިނުގައި 06 އިންޗި ހުންނަ ވަރުގެ ކަޓަރެއް ހިފައިގެން
މ. ސީނުކަރަންކާއާގެ ކައިރިއަށް ގޮސް، އިތުރު ބަޔަކާއި އެކު، ބޮންޑް ސްޓްރީޓް ފިހާރަކައިރިއަށް ޢަބްދު
ފަރުހާދު ހޯދުމަށް ދިޔަ މަގުމަތީގައި ނަލަހިޔާ ހޮޓަލުގެ ކަންމަތީގައި މަޑުކޮށްލައިގެން ތިއްބާ، ނަލަހިޔާ ކައިރިން
މަޖީދީމަގުން ހުޅަނގުން އިރަށް ޢަބްދުﷲ ފަރުހާދު ހިނގާފައި ދަނިކޮށް އޭނާ މަޑުކުރުވައި، އޭނާ ގޮވައިގެން
ސޯސަން ސްޓޯރު ކުރިމަތީގައި އޮންނަ ޔޫ.އެން.ޕާކަށްގޮސް، ޢަބްދުﷲ ފަރުހާދު، މުޙައްމަދު ނަބީލްގެ ކޮއްކޮ
ގ.ރީފް އާއިމިނަތު ނިއުމާއާ އެހެންތޯ މުޙައްމަދު ނަބީލް ސުވާލުކުރުން، އައިމިނަތު ނިއުމާއާ ނުބެހޭކަމަށް
ޢަބްދުﷲ ފަރުހާދު ބުނުމުން، މުޙައްމަދު ނަބީލް އާއެކު ދިޔަ މީހުން، ޢަބްދުﷲ ފަރުހާދުގެ ގައިގާ އަތުންނާއި
ފައިން ތަޅައި މާރާމާރީ ހިންގާފައިވާތީއާއި، މިމީހުންގެ ކިބައިން ސަލާމަތްވެ، ޢަބްދުﷲ ފަރުހާދު ދުވެފައި ގޮސް
ޕާރކުގެ އިރުމަތީ މަގުން ނުކުމެ ދުއްވައިގަތުމުން، މުޙައްމަދު ނަބީލްގެ ޖީބުގައި އޮތް ކަޓަރު ނަގައި ޢަބްދު
ފަރުހާދުގެ ގަޔާ ދިމާއަށް އެއްލައި، އޭނާގެ ބުރަކައްޓަށް ހަރާލާފައިވާތީ އާއި، މިޙަމަލާގެ ސަބަބުން ޢަބްދު
ފަރުހާދަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް 09 މާރޗް 2009 ގައި ޢަބްދުﷲ ފަރުހާދު
ނިޔާވެފައިވާތީ، މުޙައްމަދު ނަބީލްގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ފަރާތުން
ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއްކަމާއި؟
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، ގ. ރީފް މުޙައްމަދު ނަބީލު 08 މާރޗް 2009
ދުވަހުގެ 23:00 އެހައިކަށްހައިއިރު، ހުޅުދޫ ލިލީމާގެ ޢަބްދުﷲ ފަރުހާދުގެ ގައިގާ ޖަހައި މާރާމާރީ
: 22
ބޮއީކައި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
މާއްޖާ
3
2 ތާޓީ
2_
3 ޤަޟިއްޔާ ނިމުނު'
2011/HC-A/49
*2
ހިންގުމަށް، ދިގުމިނުގައި 06 އިންޗި ހުންނަ ވަރުގެ ކަޓަރެއް ހިފައިގެން ސީނުކަރަންކާއާގެ ކައިރިއަށް
ގޮސް، އިތުރު ބަޔަކާއި އެކު، ބޮންޑް ސްޓްރީޓް ފިހާރަ ކައިރިއަށް ޢަބްދުﷲ ފަރުހާދު ހޯދުމަށް ދިޔަ
މަގުމަތީގައި ނަލަހިޔާ ހޮޓަލުގެ ކަންމަތީގައި މަޑުކޮށްލައިގެން ތިއްބާ، ނަލަހިޔާ ކައިރިން މަޖީދީމަގުން
ހުޅަނގުން އިރަށް ޢަބްދުﷲ ފަރުހާދު ހިނގާފައި ދަނިކޮށް އޭނާ މަޑުކުރުވައި، އޭނާ ގޮވައިގެން ސޯސަން
ސްޓޯރު ކުރިމަތީގައި އޮންނަ ޔޫ.އެން.ޕާކަށްގޮސް، ޢަބްދުﷲ ފަރުހާދު، މުޙައްމަދު ނަބީލްގެ ކޮއްކޮ ގ.ރީފް
އާއިމިނަތު ނިއުމާ އާއި ބެހެންތޯ މުޙައްމަދު ނަބީލް ސުވާލުކުރުމުން، އައިމިނަތު ނިއުމާ އާއި ނުބެހޭކަމަށް
ޢަބްދުﷲ ފަރުހާދު ބުނުމުން، މުޙައްމަދު ނަބީލް އާއި އެކު ދިޔަ މީހުން، ޢަބްދުﷲ ފަރުހާދުގެ ގައިގާ
އަތުންނާއި ފައިން ތަޅައި މާރާމާރީ ހިންގަން ފެށުމުން، މިމީހުންގެ ކިބައިން ސަލާމަތްވާން ވެގެން ޢަބްދު
ފަރުހާދު ދުވެފައި ގޮސް ޕާކުގެ އިރުމަތީ މަގުން ނުކުމެގެން ދުއްވައިގަތުމުން، މުޙައްމަދު ނަބީލްގެ ޖީބުގައި
އޮތް ކަޓަރެއްނަގައި ޢަބްދުﷲ ފަރުހާދުގެ ގަޔާ ދިމާއަށް އެއްލައި، އޭނާގެ ބުރަކައްޓަށް ހަރާލުމުގެ ސަބަބުން
ޢަބްދުﷲ ފަރުހާދަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް 09 މާރޗް 2009 ދުވަހު ޢަބްދު
ފަރުހާދު ނިޔާވެފައިވާތީ، މުޙައްމަދު ނަބީލު ގަސްތުގައި ޢަބްދުﷲ ފަރުހާދު މަރާލާފައިވާ ކަމަށް ވިދާޅުވެ،
ދައުލަތުން މުޙައްމަދު ނަބީލުގެ މައްޗަށް ކުރައްވާފައިވާ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ
ޝަރީޢަތުން ބެލިއިރު، މުޙައްމަދު ނަބީލު ދަޢުވާއަށް އިންކާރު ކުރާކަމަށް ބުނިކަމުގައި ވިޔަސް، ގަސްތުގައި
މީހަކު މެރިކަމަށް ދަޢުވާގައި އެބުނާ ވާހަކަޔަށް އިންކާރުކުރާ ކަމަށާއި، ދަޢުވާގައި ބަޔާންކޮށްފައިވާ މާރާމާރީގެ
ބައެއް ކަންކަމަށް އިޢްތިރާފުވާ ކަމަށް ދަޢުވާއަށް ޖަވާބުދާރީ ވަމުން ޝަރީޢަތުގައި ދިފާޢީ ވަކީލު ބުނެފައި،
ފަހުން މުޅި ދަޢުވާއަށް މުޙައްމަދު ނަބީލު އިންކާރު ކުރާކަމަށް ދިފާޢީ ވަކީލު ބުނި ކަމުގައި ވިޔަސް،
މިމައްސަލައަކީ ދެއެއްޗަކުން މީހަކަށް ހަމަލާދީ މީހަކު މަރާލުމުގެ ކުށުގެ މައްސަލައަކަށް ވާއިރު، މިބާވަތުގެ
މައްސަލަތަކުގައި ޝަރީޢަތުގައި އިޢްތިރާފު ވުމަށްފަހު، އެއިޢްތިރާފަކީ ޝަރުޢީ ހަމަތަކުން ބަލާއިރު ރުޖޫޢަ
ވެވޭނެ އިޢްތިރާފަކަށް ނުވުމާއި، މުޙައްމަދު ނަބީލުއާއި އޭނާއާއި އެކުގައި ދިޔަ މީހުން ފަރުހާދުގެ ގައިގައި
ތަޅައި އަނިޔާކުރަން ފެށުމުން އެމީހުންގެ ކިބައިން ސަލާމަތްވާން ވެގެން ފަރުހާދު ދުއްވައިގަތުމުން މުޙައްމަދު
ނަބީލާއި އޭނާއާއި އެކުގައި ތިބިމީހުންގެ ތެރެއިން އެކަކު އެއްލި ކަޓަރެއް ފަރުހާދުގެ ބުރަކައްޓަށް ހެރުނުކަން
ދައުލަތުން ހުށައެޅި ހެކިންގެ ތެރެއިން ތިން ހެއްކެއްގެ ހެކިބަހުން އެގެން އޮތުމާއި، މުޙައްމަދު ނަބީލް
22
2
4 އވގތ
aކައި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު
2011/HC-A/49
ފަރުހާދުއާއި ދިމާލަށް ކަޓަރު އެއްލިއިރު މުޙައްމަދު ނަބީލްގެ ކޮއްކޮ އާމިނަތު ނިއުމާ، މުޙައްމަދު ނަބީލު
ކައިރީގައި ހުރިކަމަށާއި، ނަބީލުގެ ޖީބުގައި އޮތް ކަޓަރު ނަގައި ފަރުހާދުއާއި ދިމާއަށް އެއްލަން އުޅުމުން
ނަބީލުގެ އަތުގައި ހިފަހައްޓަން ނިޢުމާ އުޅުނު ކަމަށާއި، ނަމަވެސް ނަބީލު ކުރިއަށް ޖެހިލާފައި ކަޓަރު
އެއްލިކަމަށާއި، އެކަޓަރު ގޮސް ފަރުހާދުގެ ބުރަކައްޓަށް ހެރުނު މަންޒަރު ދުށް ކަމަށް ނިޢުމާ ތަހްގީގުގައި ބުނި
ކަމުގައި ވިޔަސް، ތަހްގީގަށް ދިން ބަޔާނަށް އިންކާރު ކުރާކަމަށް ނިއުމާ ޝަރީޢަތުގައި ބުނުމުން، ނިޢުމާ
ތަހްގީގުގައި ބުނެފައިވާ ބަސް، ހެއްކެއް ކަމުގައި ނުބެލެވުނަސް، ނިޢުމާ ތަހްގީގުގައި ސޮއިކޮށް އިނގިލިގެ
ނިޝާން ޖަހާފައިވާ ބަޔާން ކިޔައި، ނިޢުމާ ތަހްގީގަށް ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިން އަޑުއަހައި
ބެލުމުން، އާންމުކޮށް ހެކިބަސްދޭ ހެކިންނާއި ތަފާތު، އަދި ރިޢާޔަތް ނުކޮށް ދޫކޮށްލަން ދަތި ކަންތައްތަކެއް
ފާހަގަވެފައި ވުމާއި، އެކަންތައްތަކަކީ؛ ދައުވާލިބޭ މުޙައްމަދު ނަބީލަކީ އާމިނަތު ނިޢުމާގެ އެއްބަނޑު އެއްބަފާ
ބޭބެކަމަށް ވުމާއި، ނިޢުމާ ތަހްގީގުގައި ބަޔާން ދިނުމަށްފަހު، ނިޢުމާގެ ބައްޕަގެ ޙާޟިރުގައި ނިޢުމާ ބަޔާން
ކިޔައި ނިމުމުން، ނިޢުމާގެ ބައްޕަ ވެސް އެބަޔާން ކިޔުމުން، ނިޢުމާ ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން
ޖެހުމުން، ނިޢުމާގެ ބައްޕަވެސް ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާންޖެހި މަންޒަރު ވީޑިއޯއިން ފެންނަން
އޮތުމާއި، މިކަން މިގޮތަށް ހިނގިކަން ނިޢުމާގެ ބައްޕަ ޝަރީޢަތުގައި ބުނެފައިވުމާއި، ނިޢުމާ ތަހްގީގަށް ބަޔާން
ދިންއިރު ނަގާފައިވާ ވީޑިއޯބަލާއިރު، "ފަރުހާދު ދުއްވައިގަތުމުން ނިޢުމާގެ ބޭބެ ކަޓަރު ނަގާފައި އެއްލަން
އުޅެނިކޮށް ނިޢުމާ ފަހައްޓަން އުޅުނު ކަމަށާއި، ނަމަވެސް ބޭބެ ތަންކޮޅެއް ކުރިއަށް ޖެހިލާފައި ކަޓަރު
އެއްލި ކަމަށާއި، ބޭބެ އެކަޓަރު އެއްލުމުން އެކަޓަރު ގޮސް ހެދުނީ ފަރުހާދުގެ ބުރަކައްޓަށް ކަމަށް" ނިޢުމާ
އަތުގެ އިޝާރާތުން ދައްކަމުން ބުނާ މަންޒަރު ވީޑިއޯއިން ފެންނަން އޮތުމާއި، އެހާދިސާގައި ކަންތައް
ހިނގައިދިޔަ ގޮތްކަމަށް ނިޢުމާ ތަހްގީގުގައި ކިޔައިދިން ގޮތާއި، ހެކިބަސް ދިން ހެކިންގެ ހެކިބަހުގެ
އަޞްލުތަކުގައި ފުށުއެރުމެއް ނެތްކަމާއި، އެހާދިސާގައި ފަރުހާދު މަރުވެފައި ވާކަން އެބަޔާން ދިންއިރު
ނިޢުމާއަށް އެނގިފައިވާ ޙާލުގައި، ހާދިސާ ހިގިތާ މާގިނައިރެއް ނުވަނީސް ނިޢުމާ ތަހްގީގަށް ބަޔާން ދިންއިރު،
އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، ފަރުހާދުގެ ގަޔަށް ކަޓަރު ހެރިކަމަށް، ހަގީގަތާއި ޚިލާފަށް ނިޢުމާ ބުނުމަކީ
ސަލާމަތްބުއްދިއަށް ޤަބޫލު ކުރެވޭ ކަމަކަށް ނުވުމާއި، ނިޢުމާ ބަޔާން ދިންއިރު ނިޢުމާއާއި ނަބީލުގެ ބައްޕަ
އެތަނުގައި އެވާހަކަ އަޑުއަހަން އިނދެ، ބަޔާން ރަނގަޅަށް ކިޔައި، ބަޔާނުގައި ސޮއި ކުރިއިރު، އޭނާގެ އުފަން
ވެ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު
2011/HC-A/49
ތ 4
2
0 ދ ތ
ކއުﷲ
ދަރިފުޅު މުޙައްމަދު ނަބީލު، ފަރުހާދުގެ ގަޔަށް ކަޓަރު ހެރިކަމަށް ނިޢުމާ ނުބުނަނީސް، އެވާހަކަ ލިޔެފައި އޮތް
ބަޔާނުގައި އޭނާ ސޮއި ކުރުމަކީ ސަލާމަތްބުއްދިއަށް ޤަބޫލު ކުރެވޭ ކަމަކަށް ނުވުމާއި، އާމިނަތު ނިޢުމާ
ތަހްގީގުގައި ބުނެފައި ވަނީ ދޮގު ވާހަކަތަކެއް ކަމަށް ޝަރީޢަތުގައި ނިޢުމާ ބުނެފައިވާއިރު، އެފަދަ ވާހަކަތަކެއް
އޭނާގެ އެއްބަނޑު އެއްބަފާ ބޭބެޔާއި ބެހޭގޮތުން ތަހްގީގުގައި، އޭނާގެ ބައްޕަގެ ޙާޟިރުގައި ބުނަން ޖެހުނީ
ގެންކަން ނިޢުމާ ޝަރީޢަތުގައި ބުނެފައި ނުވާތީ، މިބުނެވިދިޔަ ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު،
އާނިމަތު ނިޢުމާ ތަހްގީގުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނާއި، އާމިނަތު ނިޢުމާ ތަހްގީގަށް
ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންއަކީ އެއްވެސް ބުރަދަނެއް ނެތް އެއްޗެކޭ ބުނެވެން ނެތުމުން،
ޢަދުލު އިންސާފުގެ ހަމަތަކުގެ މައްޗަށް ބުރަވެ، މިއާއިމެދު ޝަރީޢަތުން ގޮތެއް ނިންމަން ޖެހޭކަން ޤަބޫލު
ކުރެވުނު ހިނދު، އާމިނަތު ނިޢުމާ ތަހްގީގުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނާއި، އާމިނަތު
ނިޢުމާ ތަހްގީގަށް ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންއަކީ މިމައްސަލާގައި ހެކިބަސްދިން ތިން ހެކިންގެ
ހެކިބަހާއި ގުޅިފައިވާ، އެހެކިންގެ ހެކިބަހަށް ބާރުދޭ ޤަރީނާއެއް ކަމަށް ކަނޑައަޅައި، ޢަބްދުﷲ ފަރުހާދުގެ ގައިގާ
މުޙައްމަދު ނަބީލުއާއި އޭނާއާއި އެކު ތިބި މީހުން ތަޅައި އަނިޔާ ކުރަން ފެށުމުން ފަރުހާދު ދުއްވައިގަތުމުން
ފަރުހާދުގެ ފަހަތުން މުޙައްމަދު ނަބީލުއާއި އޭނާއާއި އެކު ތިބި މީހުން ދުވަމުން ގޮސް މުޙައްމަދު ނަބީލުގެ
ޖީބުގައި އޮތް ކަޓަރެއް ނަގައި ފަރުހާދުއާއި ދިމާއަށް އެއްލި ކަމަށާއި، އެކަޓަރު ފަރުހާދުގެ ބުރަކައްޓަށް ހެރުނު
ކަމަށް މުޙައްމަދު ނަބީލު ތަހްގީގުގައި ބުނި ކަމުގައި ވިޔަސް، ތަހްގީގު އިންކާރު ކުރާކަމަށް
ޝަރީޢަތުގައި ބުނުމުން، ތަހްޤީޤަށް ދިން ބަޔާނަކީ އިޢްތިރާފެއް ކަމަށް ބެލެވެން ނެތަސް، މުޙައްމަދު ނަބީލް
ޝަރީޢަތުގައި ތަހްގީގު ބަޔާނާއި ބެހޭގޮތުން ބުނި ވާހަކަތަކާއި، ތަޙްޤީޤުގައި ސޮއިކޮށް އިނގިލީގެ ނިޝާން
ޖަހާފައިވާ ބަޔާން ކިޔައި، މުޙައްމަދު ނަބީލު ތަހްގީގަށް ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިން ބަލައި
އަޑުއަހާއިރު، ރިޢާޔަތް ނުކޮށް ދޫކޮއްލަން ދަތި ކަންތައްތަކެއް ފާހަގަ ކުރެވިފައި ވުމާއި، އެކަންތައްތަކަކީ؛
މުޙައްމަދު ނަބީލް ތަހްގީގުގައި ބަޔާން ދީފައިވަނީ އެއްވެސް މަޖުބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި
ކަމަށް މުޙައްމަދު ނަބީލް ޝަރީޢަތުގައި ބުނެފައި ވުމާއި، މުޙައްމަދު ނަބީލު ތަހްގީގު ބަޔާނުގައި ސޮއިކޮށް
އިނގިލީގެ ނިޝާންޖެހީ އޭނާ ބިރުގެންފައި ހުރި ވަރުން ބަޔާން ނުކިޔާ ކަމަށް ބުނެފައިވާއިރު، މުޙައްމަދު
ނަބީލު، ފަރުހާދުގެ ގައިގައި ތަޅައިގަތުމަށް ރާވައިގެން ބަޔަކު ގޮވައިގެން ގޮސް މުޙައްމަދު ނަބީލްއާއި އޭނާއާއި
ހދ ހއ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު'
2011/HC-A/49
އެކުގައި ދިޔަ މީހުން ފަރުހާދުގެ ގައިގައި ތަޅައި އަނިޔާކުރަން ފެށުމުން ފަރުހާދު ދުއްވައިގަތުމުން މުޙައްމަދު
ނަބީލުގެ ޖީބުގައިއޮތް ތިލައިގެ ފުޅާމިނުގައި އެއްއިންޗި އަދި ދިގުމިނުގައި ހައިންޗި ހުންނަވަރުގެ ކަޓަރެއް
ނަގައި ފަރުހާދުއާއި ދިމާއަށް އެއްލި ކަމަށާއި، ފަރުހާދުގެ ބުރަކައްޓަށް އެކަޓަރު ހެރުނު ކަމަށް މުޙައްމަދު
ނަބީލް ތަހްގީގުގައި ބުނާތަނާއި، ތަހްގީގު ބަޔާން ވަރަށް ގިނައިރު ވަންދެން ކިޔާތަން ވީޑިއޯއިން ފެންނަން
އޮތުމާއި، އެހާދިސާގައި ފަރުހާދު މަރުވެފައި ވާކަން އެބަޔާން ދިންއިރު މުޙައްމަދު ނަބީލަށް އެނގިފައިވާ
ޙާލުގައި، މުޙައްމަދު ނަބީލު އެއްވެސް މަޖުބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި އެވަގުތު ތަހްގީގަށް ބަޔާން
ދިންއިރު، އަމިއްލަ ނަފްސު ކުށްވެރިކޮށް އެފަދަ ބަސްތަކެއް ހަޤީޤަތާއި ޚިލާފަށް ބުނުމަކީ ސަލާމަތް ބުއްދި
ޤަބޫލުކުރާ ކަމަކަށް ނުވުމާއި، މުޙައްމަދު ނަބީލު ފަރުހާދާއި ދިމާއަށް ކަޓަރު އެއްލުމުގެ ކުރިން، އެހާދިސާގައި
ކަންތައް ހިނގައިދިޔަ ގޮތްކަމަށް ނަބީލު ތަހްގީގުގައި ކިޔައިދިން ގޮތާއި، ހެކިބަސް ދިން ހެކިންގެ ހެކިބަހުގެ
އަޞްލުތަކުގައި ފުށުއެރުމެއް ނެތުމާއި، މުޙައްމަދު ނަބީލު އަމިއްލަ ނަފްސު ކުށްވެރިކޮށް ތަހުގީގުގައި އެފަދަ
ވާހަކަތަކެއް ދައްކާފައި ވަނީ ކީއްވެގެން ކަމާއިމެދު ބުއްދި ޤަބޫލުކުރާ ސަބަބެއް މުޙައްމަދު ނަބީލަށް
ޝަރީޢަތުގައި ދެއްކިފައި ނުވުމާއެކު، މިބުނެވިދިޔަ ކަންކަމުގެ މައްޗަށް ބުރަވެ ވިސްނުމުން، މުޙައްމަދު
ނަބީލުގެ ތަޙްޤީޤުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނާއި، މުޙައްމަދު ނަބީލު ތަހްގީގަށް ބަޔާން
ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންއަކީ އެއްވެސް ބުރަދަނެއް ނެތް އެއްޗެކޭ ބުނެވެން ނެތުމާއި،
ޝަރީޢަތުގައިވާ އިޢްތިރާފު ފިޔަވައި އެހެން އިޢުތިރާފުތައް ހެއްކެއް ކަމުގައި ނުބެލެވޭނެ
ކަމަށް
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއިން ދޭހަވާއިރު، އިސްވެ ބަޔާން ކުރެވުނު ފަސްކަމުގެ މައްޗަށް ރިޢާޔަތްކޮށް،
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ހިމެނޭ ތިން ޖުމްލަ ކިޔައި، ދިރާސާ ކުރުމުން ކަންތައްތަކެއް
ފާހަގަކުރެވިފައިވުމާއި، އެކަންތައްތަކަކީ! ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުންހުރި ޝަރީޢަތުގެ
މަޖްލީހުގައިވާ އިޢްތިރާފު ފިޔަވައި، އެހެން އިޢްތިރާފުތަކަކީ ހެއްކެއްކަމުގައި ނުބެލެވޭނެކަމަށް ޤާނޫނުއަސާސީގެ
52 ވަނަ މާއްދާގައި ހިމެނޭ ތިން ޖުމްލައިގެ ތެރެއިން ފުރަތަމަ ޖުމްލައިގައި ބަޔާންވެގެންވާއިރު، މީހަކު
އަމިއްލަ އިޚްތިޔާރުގައި އެއްވެސް މަޖުބޫރު ކަމެއްނެތި ތަޙްޤީޤުގައި އިޢުތިރާފުވެ ބަޔާންދިންކަން އެމީހާގެ
އިޢްތިރާފުން ޝަރީޢަތުގައި ސާބިތުވެފައި، އޭނާގެ ބަޔާނަށް އެހެން ހެކިތަކުން ބާރުލިބޭ ޙާލަތުގައި، އެބަޔާނަށް
އެއްވެސް ބުރަދަނެއް ނުދީ ދޫކޮށްލުމަކީ ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭ ކަމަކަށް ނުވުމުން، ޤާނޫނުއަސާސީގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޤަޟިއްޔާ ނިމުނު'
ގޭގެ
2011/HC-A/49
މިމާއްދާގެ މިޢިބާރާތުގައި ބުނާއެއްޗެއް ޞަރީޙަކަމަށް ނުބެލެވޭތީ، މިޢިބާރާތަށް ޤަޟާއީ ތަފްސީރެއް ބޭނުންވާ
ކަމަށް ޤަބޫލު ކުރެވުމާއި، ބަލަމުންދާ މައްސަލައެއްގައި ޤާނޫނުއަސާސީ މާނަކުރަން ޖެހިއްޖެ ނަމަ،
އެމައްސަލައަކާއި ގުޅޭ ގޮތުން ޤާނޫނުއަސާސީ މާނަކުރުން، ޤާނޫނުއަސާސީގެ 143 ވަނަ މައްދާގެ (ށ) އިން
ދަށުކޯޓުތަކަށް އިޚްތިޔާރުދީފައި ވުމާއި، ހެކީގެ ދަރަޖަތަކެއް ވުމާއި، އޭގެ އެންމެ މަތީ ދަރަޖައަކީ
އިޢްތިރާފުކަމަށް ވުމާއި، އިޙްތިރާފަކީ ހަމައެކަނި އޭގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރެވޭ އެއްޗެއް ކަމާއި،
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ހިމެނޭ ތިން ޖުމްލައިގެ ތެރެއިން ފުރަތަމަ ޖުމްލައިގައި އެބުނަނީ
އިޢްތިރާފުގެ ވާހަކަ ކަމަށްވާއިރު، ޝަރީޢަތުގައިވާ އިޢްތިރާފު ފިޔަވައި އެހެން އިޢްތިރާފުތައް ހެއްކެއް ކަމުގައި
ނުބެލެވޭނެ ކަމަށް އެބުނަނީ، ހަމައެކަނި އޭގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރެވޭނެ ހެއްކެއް ކަމުގައި
އެއިޢްތިރާފު ނުބެލެވޭނެ ވާހަކަ ކަމަށް ޤަބޫލުކުރެވުމާއި، ޝަރީޢަތުގައިވާ އިޢްތިރާފު ފިޔަވައި، އެހެން
އިޢްތިރާފުތައް ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމަށް މިމާއްދާގައި ބަޔާންކޮށްފައި މިވަނީ އެއްވެސް ސިފައެއްގައި
ތަޙްޤީޤުގައި މަޖުބޫރުކުރުމުގެ ފުރުސަތެއް އޮތަނުދިނުމަށް ކަމަށް ޤަބޫލު ކުރެވޭއިރު، ތަހްގީގުގައި ބަޔާން ދިނީ
އެއްވެސް މަޖުބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައިކަން އެމީހެއްގެ އިޢްތިރާފުން ޝަރީޢަތަށް ސާބިތުވެފައި،
އެހެން ހެކިތަކަކުން އެބަޔާނަށް ބާރުލިބޭ ޙާލަތުގައި، އެބަޔާނަށް ޤަރީނާއެއްގެ ބުރަދަން ދިނުން މިމާއްދާއިން
މަނާ ނުކުރެވޭ ކަމަށް ޤަބޫލު ކުރެވުމާއި، މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި ޤާނޫނާއި ޚިލާފަށް ހެކި
ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މިމާއްދާގައި ހިމެނޭ ތިން ޖުމްލައިގެ ތެރެއިން
ދެވަނަ ޖުމްލައިގައި ބަޔާންވެފައި އޮތުމުން، ދެވަނަ ޖުމްލައިގައި އެބުނާ ވާހަކައަކީ ފުރަތަމަ ޖުމްލަ ތަފްސީރު
ކުރުމުގައި ރިޢާޔަތް ކުރަންޖެހޭ ކަމެއް ކަމަށް ވުމުން، ޝަރީޢަތަށް ހުށައެޅިފައިވާ ބަޔާނަކީ އެއްވެސް މަޖުބޫރު
ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި އެމީހަކު ދީފައިވާ ބަޔާނެއްކަމަށް ސާބިތުވާނަމަ، އެބަޔާނަށް ބުރަދަނެއް
ދިނުން މިމާއްދާއިން ހުރަސްނާޅާކަމަށް މާނަކުރުމުގެ ޖާގަ އޮތުމާއެކު، މިބުނެވިދިޔަ ކަންތައްތަކުގެ މައްޗަށް
ރިޢާޔަތްކޮށް ބަލައި، ދަޢުވާލިބޭ މީހާ ތަޙްޤީޤުގައި އިޢުތިރާފުވެފައި، ޝަރީޢަތުގައި ތަހްގީގު ބަޔާނަށް
އިންކާރުކުރާ ޙާލަތުގައި، އޭނާ ތަހްގީގުގައި ބަޔާން ދިނީ އެއްވެސް މަޖުބޫރު ކަމެއްނެތި އަމިއްލަ
އިޚްތިޔާރުގައިކަން ޝަރީޢަތަށް ސާބިތުވެފައި، އެބަޔާނަށް ބާރުދޭ އެހެން ހެކިތަކެއް ނުވަތަ ޤާރީނާތަކެއް
ހުރިނަމަ، އެބަޔާނަށް ޤަރީނާއެއްގެ ބުރަދަން ދިނުން ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއިން ހުރަސް
4 22
04 04
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު
*
މުނު ގޮތުގެ ޚުލާސާ
2011/HC-A/49
ނާޅާކަމަށް، ޤާނޫނުއަސާސީގެ 143 ވަނަ މައްދާގެ (ށ) އިން ޝަރީޢަތަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން
މާނަކޮށް، މުޙައްމަދު ނަބީލު ތަހްގީގުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނާއި، މުޙައްމަދު ނަބީލު
ތަހްގީގަށް ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންއަކީ މިމައްސަލާގައި ހެކިބަސްދިން ތިން ހެކިންގެ
ހެކިބަހާއި ގުޅިފައިވާ، އެހެކިންގެ ހެކިބަހަށް ބާރުދޭ ޤަރީނާއެއް ކަމަށް ކަނޑައަޅައި، މިބަޔާންކުރި ދެޤަރީނާ،
މުޙައްމަދު ނަބީލު ޝަރީޢަތުގައި ބުނެފައިވާ ވާހަކަތަކާއި، މިމައްސަލާގައި ހެކިބަސް ދިން ތިން ހެކިންގެ
ހެކިބަހާއި ގުޅުމުން، ފަރުހާދުގެ ގައިގައި ތަޅައިގަތުމަށް މުޙައްމަދު ނަބީލް ރާވައިގެން ބަޔަކު ގޮވައިގެން ގޮސް
މުޙައްމަދު ނަބީލްއާއި އޭނާއާއި އެކުގައި ދިޔަ މީހުން ފަރުހާދުގެ ގައިގައި ތަޅައި އަނިޔާކުރަން ފެށުމުން
ފަރުހާދު ދުއްވައިގަތުމުން، މުޙައްމަދު ނަބީލުގެ ޖީބުން ނެގި ތިލައިގެ ފުޅާމިނުގައި އެއްއިންޗި އަދި
ދިގުމިނުގައި ހައިންޗި ހުންނަވަރުގެ ކަޓަރެއް ފަރުހާދުއާއި ދިމާއަށް މުޙައްމަދު ނަބީލް އެއްލި ކަމާއި، ފަރުހާދުގެ
ބުރަކައްޓަށް ހެރިފައިވަނީ މުޙައްމަދު ނަބީލް އެއްލި ކަޓަރުކަން މުޙައްމަދު ނަބީލު ޝަރީޢަތުގައި ބުނެފައިވާ
ވާހަކަތަކާއި، ތިންހެކިންގެ ހެކިބަހާއި މިބަޔާން ކުރެވުނު ދެޤަރީނާއިން ސާބިތުވާތީއާއި، މެޑިކޯލީގަލް ރެކޯޑުން
އެގެން އޮތްގޮތުން ތޫނުއެއްޗެއް ހެދިފައި ހުރީ ފަރުހާދުގެ ބުރަކަށީގެ އެންމެ ތަނަކަށް ކަމާއި، ފަރުހާދު
މަރުވެފައި ވަނީ ބުރަކައްޓަށް ތޫނުއެއްޗެއް ހެދިގެން ފުއްޕާމޭ ތެރެއަށް ލޭ އެޅިގެން ނޭވާ ނުލެވިގެންކަމާއި،
އެހަމަލާގެ ސަބަބުން ފަރުހާދުގެ ފުއްޕާމެއަށް ލޭ ސަޕްލައިކުރާ ބޮޑެތި ލޭހޮޅިތައް ބުރިވެފައި ވުމުގެ ސަބަބުން
ކަމަށް ފަރުހާދު ބެލި ޑޮކްޓަރު ޚަތިމްގައި އަތްލައިގެން ތެދުބުނުމަށް މާތްﷲ ގަންދީ ހުވައި ކުރުމަށްފަހު
ޝަރީޢަތުގައި ބުނެފައި ވުމާއެކު، ޢަބްދުﷲ ފަރުހާދު މަރުވީ މުޙައްމަދު ނަބީލް ކަޓަރުން ދިން ހަމަލާގެ
ސަބަބުންކަން ޝަރީޢަތަށް ސާބިތުވާތީއާއި، ކުށުގެ މާއްދީ ރުކުނަކީ ތުހުމަތު ކުރެވޭ މީހާ ކުރިކަމަށް ސާބިތުވާ
ޢަމަލާއި ނުކުމެފައިވާ ނަތީޖާއާއި ސަބަބުގެ ގޮތުން ގުޅިފައި އޮތުން ކަމުގައި ވާއިރު، ދަޢުވާލިބޭ މުޙައްމަދު
ނަބީލް ކުރިކަމަށް ސާބިތުވާ ޢަމަލަކީ، ބަޔަކު ގޮވައިގެންގޮސް ފަރުހާދުގެ ގައިގައި ތަޅައިގަތުމުން،
ފަރުހާދު ދުއްވައިގަތުމުން މުޙައްމަދު ނަބީލުގެ ޖީބުން ނެގި ތިލައިގެ ފުޅާމިނުގައި
އެއްއިންޗި އަދި ދިގުމިނުގައި ހައިންޗި ހުންނަވަރުގެ ކަޓަރެއް ފަރުހާދުއާއި ދިމާއަށް އެއްލައި އެކަޓަރު
ފަރުހާދުގެ ގަޔަށް ހަރާލުން ކަމަށް ވުމާއި، ނުކުމެފައިވާ ނަތީޖާއަކީ ފަރުހާދު މަރުވުން ކަމަށް ވުމާއި، ފަރުހާދު
މަރުވެފައިވަނީ މުޙައްމަދު ނަބީލު ކަޓަރުން ދިން ހަމަލާގެ ސަބަބުން ކަމަށް ސާބިތުވެފައި ވުމުން، މުޙައްމަދު
ފ2 0
2
0
2
2
4
و کمی سرم کرم
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު'
2011/HC-A/49
و مرگ میسر ہو کر
ނަބީލު ކުރިކަމަށް ސާބިތުވާ ޢަމަލާއި ނުކުމެފައިވާ ނަތީޖާއާއި ސަބަބުގެ ގޮތުން ގުޅިފައި އޮތުމުން، ކުށުގެ
މާއްދީ ރުކުން ފުރިހަމަ ވެފައިވާތީއާއި، ކުނުގެ މަޢުނަވީ ރުކުން ފުރިހަމަވެފައި ވޭތޯ ބަލާއިރު، މުޙައްމަދު
ނަބީލު މުޅި ދަޢުވާއަށް އިންކާރުކޮށް، އެހާދިސާއާއި ގުޅުމެއް އޮތްކަމަށް ވެސް އިންކާރުކޮށްފައި ވުމުން،
މުޙައްމަދު ނަބީލު ނިޔަތާއި
އެއްޗެއް ބުނާނެ ޖާގަ ނެތުމާއި، އަދި ބުނެފައި ވެސް ނުވުމާއި، ނިޔަތަކީ
ފޮރުވިފައިވާ އެއްޗަކަށް ވުމާއި، ނިޔަތް ދެނެގަނެވޭނީ ބޭރުފުށުން ފެންނަ ކަންތައްތަކުން ކަމަށްވާއިރު،
މުޙައްމަދު ނަބީލު ފަރުހާދުއަށް ހަމަލާ ދިނުމަށް ބޭނުން ކުރި އެއްޗަކީ ތޫނު ހަތިޔާރަކަށް ވުމާއި، މީހަކު
މަރާލެވިދާފަދަ ހަތިޔާރަކުން މީހަކަށް ހަމަލާ ދީފައިވާއިރު، އެހަތިޔާރަކީ ކުށްކުރި މީހާގެ ނިޔަތުގެ ބޭރުފުށުގެ
ސިފަކަމަށް ޢިލްމުވެރިން ބުނެފައި ވުމާއި، އެޙާލަތުގައި އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު، މަރާލުމުގެ
ގަސްތު އޮތްކަމަށް ބަލަން ޖެހޭތީއާއި، މުޙައްމަދު ނަބީލު ޢަބްދުﷲ ފަރުހާދަށް ހަމަލާ ދިނީ ރުޅިވެރިކަމެއް
އޮވެގެން ހަމަލާދިނުމަށް ރާވައިގެންކަން ބަޔާންކުރެވި ދިޔަ ހެކިތަކާއި ޤަރީނާތަކުން ސާބިތުވެފައި ވުމުން،
މުޙައްމަދު ނަބީލު، ޢަބްދުﷲ ފަރުހާދަށް ހަމަލާދީ މަރާލާފައި ވަނީ ޤަސްތުގައި ކަން ސާބިތުވާތީ، ގަސްތުގައި
މީހަކު މެރުމުގެ ކުށުން މުޙައްމަދު ނަބީލް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، ތޫނުހަތިޔާރުން މީހުނަށް ހަމަލާ
ދިނުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއް ކަމަށް ވުމާއި، ޝަރުޢީ އަމުރަކަށް
ނުކިޔަމަންތެރި ވުމަކީ ކުށެއްކަމަށް ޤާނޫނުލްއުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ބަޔާން ވެގެން ވުމާއި،
މިފަދަ ކުށުގެ ޢަމަލުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ، އެކުށް ކުރި މީހެއްގެ އަދަބަކީ އިސްލާމީ
ޝަރީޢަތުގައި އޮންނަ އަދަބު ކަމަށް ޤާނޫނުލްއުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގައި ބަޔާން ވެގެން ވުމާއި،
އިސްލާމީ ޝަރީޢަތުގައި ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ އަދަބަކީ މަރުވި މީހާގެ ވާރުތަވެރިންގެ ތެރެއިން
އެކަކުވެސް އިޢުތިރާޟް ނުކުރާނަމަ، މަރަށް މަރުހިފުން ކަމަށް ވުމާއި، ޢަބްދުﷲ ފަރުހާދުގެ ވާރުތަވެރިން
ބޭނުންވަނީ މަރަށް މަރުހިފުމަށް ކަމަށް އެމީހުން ބުނެފައިވުމާއެކު، އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން
މުޙައްމަދު ނަބީލަށް ދޭންޖެހޭ އަދަބަކީ މަރުގެ އަދަބު ކަމަށް ވުމުން، މުޙައްމަދު ނަބީލު މެރުމަށް
ޙުކުމްކޮށްފީމެވެ. މިފަދައިން ކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8.
*
10 ޤަޟިއްޔާ ނިމުނު'
2011/HC-A/49
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/585
(2009/JC;2447) ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ކަމަށް ބުނެ، މުޙައްމަދު ނަބީލުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު
ކުރަމުން، 21 (އެކާވީސް) ނުކުތާ ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެނުކުތާތަކަކީ:
ފުރަތަމަ ނުކުތާއަކީ: މުޙައްމަދު ނަބީލްގެ މައްޗަށް ދައުލަތުން ކުޅި ދަޢުވާއަށް މުޙައްމަދު ނަބީލް
އިންކާރު ކޮށްފައިވާއިރު ޝަރީޢަތުން މައްސަލަ ބައްލަވާ ނިންމެވުމުގައި އަދި މުޙައްމަދު ނަބީލްގެ
ވަކީލު ޝަރީޢަތުގައި ދައްކާފައިނުވާ ވާހަކަތައް ދެއްކިކަމަށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓްގައި ލިޔެ
އެއީ މުޙައްމަދު ނަބީލްގެ ވާހަކަތައް ކަމަށާއި، އެއީ ޝަރީޢަތުގައިވެފައިވާ އިޢުތިރާފެއް ކަމަށް
ބުނެފައިވާއިރު ދައުލަތުން މުޙައްމަދު ނަބީލްގެ މައްޗަށް ކޮށްފައިވާ ގަސްތުގައި މީހަކު މަރާލުމުގެ
ކުށުގެ ދަޢުވާއަށް މުޙައްމަދު ނަބީލް އިންކާރުކުރާ ކަމަށް ޝަރީޢަތުގައި ބުނެފައިވާ ކަމާއި، އެގޮތުން
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓްގެ 3 ވަނަ ނުކުތާގައިވެސް އެކަން ފާހަގަކޮށްފައިވާ ކަމާއި،
ދައުލަތުން ކުޅި ދަޢުވާއަށް ޝަރީޢަތުގައި މުޙައްމަދު ނަބީލް އިޢުތިރާފުވި ނަމަ ދައުލަތުން ކުޅި ދަޢުވާ
ސާބިތު ކުރުމަށްޓަކައި ހެކިން ހުށަހަޅަން ދައުލަތަށް ފުރުޞަތު ދީފައިވާ ދިނުމަކީ މުޙައްމަދު ނަބީލްގެ
މައްޗަށް ދައުލަތުން ކުޅި ދަޢުވާއަށް ކަނޑައެޅިގެން އިންކާރު ކޮށްފައިވާ ކަމެއްކަން އެގެން އޮންނަ
ކަމަށާއި އަދި މުޙައްމަދު ނަބީލްގެ ވަކީލު 20 ސެޕްޓެމްބަރު 2009 ދުވަހު ޝަރީޢަތުގެ މަޖްލީހުގައި
ދީފައިވާ ބަޔާނުގައި ބުނެފައިވަނީ ދައުލަތުން ކުޅި ދަޢުވާއަށް އިންކާރު ކުރާ ކަމަށާއި، ދަޢުވާއާއި
ގުޅިގެން މައްސަލައިގެ ލިޔުންތައް ދިރާސާ ކުރަމުންދާ ކަމަށާއި، މާރާމާރީގެ ތެރޭގައި ކުދި ކުދި
ތަންކޮޅު އެއްބަސްވާ ތަންކޮޅުވެސް އެބަހުރި ކަމަށްވާއިރު މުޙައްމަދު ނަބީލްގެ ވަކީލު ބުނިކަމަށް
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ ނަންބަރުގައިވަނީ މާރާމާރީގެ ތެރޭގައި އެއްބަސްވާ
ކަންކަން ކަމަށް ފާހަގަ ކޮށްފައިވުމަކީ ޙަޤީޤަތާއި ޚިލާފު
ޚިލާފު ކަމެއް ކަމާއި މާރާމާރީއާއި ގުޅިގެން އެއްވެސް
ކަމަކަށް އެއްބަސްވާކަމަށް ބުނެފައިނުވާއިރު، ކަމުގެ ޙަޤީޤަތާއި ޚިލާފަށް ވަކީލު ބުނެފައިވާ ބުނުން
އޭއީކަތަ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު'
2011/HC-A/49
ox
4
މާނަކޮށް ތަރުޖަމާކޮށް ވަކި ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރައްވާފައިވާކަން އެގެން އޮންނަ އޮތުން
ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުން
ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވާ އެހެން އިޢުތިރާފުތަކަކީ ހެއްކެއް ކަމުގައި
ނުބެލެވޭނެ ކަމާއި، މީހަކަށް މަޖުބޫރު ކޮށްގެން ބަޔާން ހޯދުމާއި ޤާނޫނާއި ޚިލާފަށް ހެކި ހޯދުމަކީ
އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއްނޫން ކަމާއި، އެގޮތަށް ހޯދާ ބަޔާންތަކާއި ހެކި ޝަރީޢަތަށް
ޤަބޫލު ކޮށްގެން ނުވާނެ ކަމަށްބުނެ އަމުރު ކޮށްފައިވާއިރު ދައުލަތުން މުޙައްމަދު ނަބީލްގެ މައްޗަށް ކުޅަ
ދަޢުވާއަށް މުޙައްމަދު ނަބީލް އިންކާރު ކުރި ސަބަބުތަކުގެ ތެރޭގައި ތަޙްޤީގު މަރުހަލާގައި މުޙައްމަދު
ނަބީލަށް ލިބިދޭންޖެހޭ އަސާސީ ޙައްޤުތައް ލިބިދީފައިނުވުމާއި، ނަފުސާނީ ގޮތުން މުޙައްމަދު ނަބީލަށް
މަޖުބޫރު ކޮށްގެން 3 ފަހަރެއްގެ މަތިން ތަފާތު 3 ބަޔާނެއްގައި ސޮއި ކުރުވާފައިވުމާއި، ތަޙްޤީޤަށް
ވެއްދުމުގެ ކުރިން ސިގިރޭޓާއި ތަފާތު ބުއިންތައް ދީ ކަލެއަށް އޮތް ހަމައެކަނި ގޮތަކީ މިވެނި ގޮތަކަށް
ކިޔާދީ ބަޔާނުގައި ސޮއި ކުރުން ކަމަށް ބުނެ ތަޙްޤީޤު މަރުޙަލާގައި ނަފުސާނީ ގޮތުން ނިކަމެތިކޮށް
ބިރުގަންނަވާ، ބަލިކަށިކޮށްލުމަށްޓަކާ އެތައް ވާހަކައެއް ދައްކާ އެމީހުން ބުނި ގޮތަކަށް ހެދުމުން
ސަލާމަތްވާނެ ކަމަށް ބުނެ އެފަދަ އެތައް ކަމެއް ހިންގާފައިވުންފަދަ ސަބަބުތައް ހިމެނޭއިރު
އެކަންތައްތަކުގެ މައްޗަށް މުޙައްމަދު ނަބީލް ފާޅުގައި އިންކާރު ކޮށްފައިވަނިކޮށް އެކަންތައްތަކަކީ
ދައުލަތުގެ ދަޢުވާ ސާބިތު ކުރެވެން އޮތް ވަޞީލަތަކަށް ބައްލަވާ އެކަންތައްތަކަށް ޝަރީޢަތުން
ބުރަދަނެއް ދެއްވާފައިވާކަމަށާއި، އަދި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ ނިޔާކުރާ ގޮތުން އެއްވެސް
ގޮތަކުން މަޖުބޫރު ކޮށްގެން ހޯދާ ހެކި އަދި ބަޔާންތައް ޝަރީޢަތަށް ޤަބޫލު ނުކުރެވޭއިރު
އިރު ކޮށްފައިވާ
އިންކާރަކަށް ބެލުމެއްނެތި ތަޙްޤީޤު ބަޔާންތަކަށް ބުރަދަން ދިނުމަކީ ޤާނޫނުއަސާ 52 ވަނަ
މާއްދާއާއި ޚިލާފު ކަމަކަށްވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ނިޔާކުރާ ގޮތުން ހެކިން ޙާޟިރު
ކުރަންޖެހެނީ ޝަރީޢަތުގެ މަޖިލީހަށް ކަމަށްވާއިރު އަދި އެފަރާތްތަކާއި ސުވާލު ކުރެވެންޖެހޭނީވެސް
ޝަރީޢަތުގެ މަޖިލީހުގައި ކަމަށްވާއިރު، ދަޢުވާކުރާ ފަރާތަށްވެސް އަދި މުޙައްމަދު ނަބީލަށްވެސް އަދި
,ގެ
ބޮއީކައި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު'
و مرگ
2011/HC-A/49
މައްސަލަ ބެއްލެވި ފަނޑިޔާރަށްވެސް ނުފެންނަ ތަނެއްގައި ހުރެގެން އަދި ފަނޑިޔާރެއްގެ ކުރިމަތީގައި
ހުވާ ކުރުމެއްނެތި ހެކިބަސް ނެގުމަކީ ޤާނޫނުއަސާސީ ގެ 51 ވަނަ މާއްދާގެ (ށ) ގެ ރޫހާއި ޚިލާފު
ކަމަކަށްވާއިރު އެފަދަ ބުނުންތަކުގެ މައްޗަށް ރިޢާޔަތް ކުރައްވާ މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ
ފާހަގަ ކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: ތުހްމަތު ކުރެވޭ ފަރާތަށް ޤާނޫނީ ވަކީލެއްގެ އެހީ ހޯދާ ލިބިގަތުމަކީ ކުށުގެ
ތުހުމަތެއްގައިވާ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ޙައްޤަކަށްވާއިރު އަދި އެކަމަށް މުޙައްމަދު
ނަބީލް ކެނޑިނޭޅި އެދެމުން ދިޔައިރު އެޙައްޤުން މުޙައްމަދު ނަބީލް ގަސްތުގައި މަޙުރޫމް ކޮށް
ބޭނުންގޮތަކަށް ތަޙުޤީޤު ބައްޓަންކޮށް ތަޙްޤީޤުގައި ފުލުހުން ކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ރިޢާޔަތް
ކުރައްވާ މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިން ތަޙްޤީޤުގައި ބުނެފައިވާ ބުނުން
ތަކުގައި ބޮޑެތި ޝައްކުތަކެއް ހުރިއިރު އަދި އެއިން ފަރާތަކުން ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު
ނަބީލާއި ދެކޮޅަށް އެއްވެސް ބަޔާނެއް ދީފައިނުވާއިރު އެފަރާތްތަކުން ތަޙްޤީޤަށް ދީފައިވާ ބަޔާންނަށް
ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނުގެ ބުރަދަން ދެއްވާ މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަ
ކުރި ނުކުތާއެވެ.
• ހަވަނަ ނުކުތާއަކީހެކިބަހަކީ އެމީހަކަށް އެގިހުރި އެއްޗެއް އެގި ހުރި މިންވަރަކަށް ނުވަތަ ފެނުނު
އެއްޗެއް ފެނުނު ގޮތަކަށް ނުވަތަ އިވުނު އެއްޗެއް އިވުނު ގޮތަކަށް ޝަރީޢަތުގެ މަޖިލީހުގައި ކިޔާދީ
ސިފަކޮށްދީ ބުނެދިނުންކަމަށްވާއިރު ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވާ އެއްވެސް
ހެއްކަކު ތަޙްޤީޤު ބަޔާނުގެ ވާހަކަ ފިޔަވާ އިތުރު އެއްވެސް ވާހަކައެއް ބުނެފައި ނުވާއިރު،
އެފަރާތްތަކުން ބުނި ތަޙްޤީޤު ބަޔާނުގެ ވާހަކައަކީ އިސްލާމްދީނުގައި މިހާބޮޑު
ކަނޑައެޅިފައިވާ މައްސަލައެއް ސާބިތު ކުރުމަށް ބޭނުން ކުރެވިދާނެ ހަރުދަނާ ވަޞީލަތަކަށް ނުވާއިރު،
ޝަރުޢީ އަދި ޤާނޫނީ ހަމަ ތަކާއި ޚިލާފަށް އެފަރާތްތަކުގެ ބަހަކީ ހެކި ބަހެއްކަމަށް ބައްލަވާ އެއަށް
ބުރަދަނެއް ދެއްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
0x2
02492
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮ
ހިމުނު ގޮތުގެ ޚުލާޞާ
2011/HC-A/49
83
ކޯޓުގެ
• ހަތްވަނަ ނުކުތާއަކީ: ޖިނާއީ މައްސަލަތަކަކީ މަދަނީ މިންގަނޑުން ބައްލަވަންޖެހޭ މައްސަލަ ތަކަކަށް
ނުވާއިރު އަދި އެފަދަ މައްސަލަތަކަކީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތު ކުރަންޖެހޭ
މައްސަލަތަކަކަށްވާއިރު
ދިވެހިރާއްޖޭގެ
ނަންބަރު
03/SC-C/2008 ނަންބަރު ޤަޟިއްޔާގެ ދެވަނަ ނުކުތާގައި ޖިނާއީ މައްސަލައެއް އިސްލާމީ
ޝަރީޢަތުގައި ސާބިތު ވާންޖެހޭނީ އެއްވެސް ޝައްކެއް ސުބުހައެއްނެތް މިންވަރެއްކަމުގައި ބަޔާން
ކޮށްފައިވާއިރު މިމައްސަލަ ނިންމަވާފައިވަނީ ބޮޑެތި ޝައްކުތައް ދަމަހައްޓާ އެޝައްކުތައް ފިލުވުމަށް
އެކަށީގެންވާ މަސައްކަތެއް ނުކުރައްވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އަށްވަނަ ނުކުތާއަކީ: ދައުލަތުން ކުޅި ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ ހެކިން ޤާނޫނީ
ހަމަތަކުގެ މަތިން ނަގާފައިވާ އެއްވެސް ތަޙްޤީޤު ބަޔާނެއްގައިވެސް އަދި ޝަރީޢަތުގައިވެސް މުޙައްމަދު
ނަބީލް އެއްވެސް އިރަކު އެއްވެސް މީހަކަށް ތޫނު އެއްޗަކުން ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް
ބޭނުންކޮށްގެން ހަމަލައެއް ދީފައިވާ ކަމަށް ބުނެފައިނުވާއިރު އަދި މުޙައްމަދު ނަބީލް އެއިން އެއްވެސް
ކުރިކަމަށް ކަނޑައެޅިގެން އިންކާރު ކުރަމުން ދިޔައިރު، އެއިން އެއްވެސް ކަމަކަށް ނުބައްލަވާ
އެކަންކަން ދޫކޮށް މުޅި މައްސަލައިގައިވެސް ފެންނަން ނެތް ކަންތައްތަކެއް ގެނެސް އެގެނައި
ކަންތައްތަކުގެ މައްޗަށް އިޢުތިމާދުވެ މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ނުވަވަނަ ނުކުތާއަކީ: އަނިޔާ ލިބުނު ފަރާތުގެ މަރުގެ ޚުލާސާ ރިޕޯޓުން އެގެން އޮންނަ އޮތުމުގެ
މައްޗަށާއި، މެޑިކަލް އަދި ހޮސްޕިޓަލް ޓްރީޓްމަންޓް ޕްރޮސީޖަރއަށް ބަލާއިރު އަންނަނިވި ކަންކަމީ
މިފަދަ މައްސަލައެއްގައި ނަތީޖާއަށް ވާޞިލް ވުމަށް ނިހާޔަތަށް މުހިއްމު ބޭނުންތެރި ކަންކަމަށް ވާއިރު
އެއިން އެއްވެސް ކަމަކަށް ޝަރީޢަތުން ރިޢާޔަތް ކުރައްވާފައި ނުވުން ކަމަށް ބުނެ ފާހަގަކުރި
ނުކުތާއެވެ.
(ހ) މައްސަލައިގައި އަނިޔާ ލިބުނު ފަރާތް ހޮސްޕިޓަލަށް ގެންދެވުނުއިރު އިންސާނެއްގެ
ހޭހުންނަންޖެހޭ އެންމެ މަތީ މިންގަނޑަށް ހޭހުރިކަމަށް މެޑިކަލް ރިޕޯޓުން އެގެން އޮންނަ އޮތުން.
(ށ) އަނިޔާ ލިބުނު ފަރާތް އޮޕްރޭޝަން ކޮށްފައިވަނީ އެކްސްރޭ ނުވަތަ ސްކޭނަކުން
ދެނެގަންނަންޖެހޭ ކަންތައްތަކާއި ބްލެޑް ސާންޕަލް ތައް ތަޙްލީލުކޮށް ދެނެގަތުމެއް ނެތިކަމަށްވުން.
ކަމެއް
ecox
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
14 ޤަޟިއްޔާ ނިމުނު'
201HC-A/49
(ނ) އެއްވެސް އޮޕަރޭޝަނަކީ 100 އިން ސައްތަ ރިސްކްފްރީ އޮޕްރޭޝަނަކަށް ނުވާއިރު އަނިޔާ
ލިބުނު ފަރާތް އޮޕަރޭޝަނަކަށް ގެންދެވިފައިވަނީ ޢާއިލާގެ ހުއްދަނެތި ޢާއިލާގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ
އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށްކަން.
(ރ) އަނިޔާ ލިބުނު ފަރާތުގެ މޭ ފަތްޖެހިފައިވާ ކަމަށް ބުނާއިރު އެކަމަކީ އެއްވެސް ތަޙްލީލެއް
ނުކޮށް އެގޭނެ ނުވަތަ ދެނެގަނެވޭނެ ކަމެއްކަން ނުވާކަން.
(ބ) އޮޕަރޭޝަން ތިއޭޓަރުގެ ރިޕޯޓް ލިބިފައި ނުވާ ހާލު އެއަށް ބެއްލެވުމެއްނެތަސް އަދި
ޕެތަލޮޖިސްޓިކްގެ ރިޕޯޓް ނެތީސް އަނިޔާ ލިބުނު ފަރާތުގެ މަރުގެ ޙަޤީޤީ ސަބަބު ދެނެގަތުމަކީ ކުރެވޭނޭ ކަމަކަށް
ނުވާކަން.
ޖީ2
c22222ފ2
ބެލުކުރެވޭކަމާއި،
(ޅ) އަނިޔާ ލިބުނު ފަރާތައް ލިބިފައިވާ އަނިޔާގެ ތަފްޞީލު ޝަރީޢަތަށް ޙާޟިރު ކުރެވުނު
ޑޮކްޓަރަށް ތަފްޞީލު ކޮށްދެވިފައި ނުވުމުން، އަނިޔާ ލިބުނު ފަރާތުގެ ހަށިގަނޑަށް މާއްދީގޮތުން ލިބިދީފައިވާ
އަނިޔާތައް ދެނެގަތުމަށް މައްޔިތާ ހިނެވި ފަރާތެއްވެސް ޝަރީޢަތަށް ޙާޟިރު ކުރައްވާފައި ނެތްކަން.
(ކ) އަނިޔާ ލިބުނު ފަރާތް ފަރުވާދިން ހޮސްޕިޓަލްގެ މެޑިކަލް ޓްރީޓްމަންޓް ޕްރޮސީޖަރ އޮތްކަން
ނުވަތަ ނެތްކަން ދެނެގަތުމެއްނެތި އެއިން އެއްވެސްކަމެއް ޝަރީޢަތުން ސާފުކުރައްވާފައިނުވާކަން.
(އ) އަނިޔާލިބުނު ފަރާތް ކޮށްފައިވާ އޮޕަރޭޝަނަކީ ހޭނައްތާލައިގެން ކޮށްފައިވާ އޮޕަރޭޝަނެއްކަން
އިންސާނަކު ހޭނައްތާލާނީ އެމީހަކާ ގުޅޭގޮތުން މެޑިކަލީ ބަލަންޖެހޭ ކަންތައްތައް
ފަހުގައިކަމާއި، ކިތަންމެ އާދައިގެ އޮޕަރޭޝަނެއްގައިވެސް މީހުން މަރުވުމަކީ ނުވެނުދާކަމެއްނޫންކަމާއި،
އެފަދަ ޙާލަތްތަކުގައި އެމީހަކު މަރުވާ މަރުވުމުގެ ސަބަބަކީ އެމީހެއްގެ ބަލިކަމަށް ބުނުމަކީ ހަމަޖެހޭކަމެއް ކަމަށް
ނުވާނެ ކަމެއްކަމާއި، މިޙާލަތުގައި އަނިޔާލިބުނު ފަރާތް މަރުވެފައިވަނީ ތަޙްލީލުކުރުމެއްނެތި ކޮށްފައިވާ
އޮޕަރޭޝަނެއްގެ ސަބަބުންކަމަށް ބުނުމުގެ އިޙްތިމާލު ގެ
• ދިހަވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް ޤަޟާއީ ތަފްސީރެއް ބޭނުންވާކަމަށާއި،
މިމައްސަލައިގައި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ މާނަކުރަންޖެހިފައިވާކަން ފާހަގަކޮށް އެމާއްދާ
ތަރުޖަމާކޮށް މާނަކޮށްފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ ރޫޙާ ޚިލާފަށްކަމާއި،
ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ށ) ނިޔާކުރާގޮތުން ކޯޓަކުން ބަލަމުންދާ މައްސަލައެއްގައި
22 ދތ ވ2ވ
ބެލުމަށްފހ ޤާ
ކ.
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
15 ޤަޟިއްޔާ ނިމުނު
2011/HC-A/49
ޤާނޫނުއަސާސީ މާނަކުރުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ބާރެއްނޫންކަމާއި، އެބާރު
ލިބިގެންވަނީ ކޯޓަށްކަމަށްވާއިރު، ކްރިމިނަލް ކޯޓުން ފަނޑިޔާރުގެ އަޣުލަބިއްޔަތުން ނުވަތަ
ފަނޑިޔާރުންގެ އިއްތިފާޤުން ނުވަތަ ފަނޑިޔާރުންގެ މަޝްވަރާގެ މަތިން އެކަން ކުރައްވާފައިނުވާއިރު،
އަދި އެއިން ކަމެއް ކޮށްފައިވާކަން އެނގެން ނެތްއިރު، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ
ތަފްސީރަކަށްދާން ނުޖެހޭ ޙާލަތެއްގައި މައްސަލައިގައި އެފަދަގޮތަކަށް ޝަރީޢަތުން ޢަމަލުކޮށްފައިވާކަމީ
މިހާތަނަށް ކްރިމިނަލް ކޯޓުން ޢަމަލުކުރައްވާފައިވާ ގޮތެއް އަދި އުޞޫލެއްވެސް ނޫންކަމާއި، އެކަމަކީ
ޤާނޫނުއަސާސީގެ ރޫޙާ ޚިލާފުކަމަކަށް ވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• އެގާރަވަނަ ނުކުތާއަކީ މިމައްސަލައިގައި އަނިޔާލިބުނު ފަރާތުގެ ހަށިގަނޑުގެ އެތެރެއިންނާ އަދި
ބޭރުން ނެގުނު ސާމްޕަލްއާއި، މުޙައްމަދު ނަބީލުގެ ހަށިގަނޑުގެ އެތެރެއިންނާ ބޭރުން ނެގުނު އެއްވެސް
ސާމްޕަލެއްގެ ޑީ.އެން.އޭ ފަދަ އެއްވެސް ސާމްޕަލެއްގެ ނަތީޖާ ދިމާވެފައިނުވާއިރު، އަދި މައްސަލައިގައި
ތުޙުމަތުކުރެވޭ އެހެން މީހެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލާ މައްސަލައިގައި އަނިޔާ ލިބުނު ފަރާތުގެ
ހަށިގަނޑުން ނެގުނު ސާމްޕަލް ޑީ.އެން.އޭ ދިމާވެފައިވާއިރު، އެއިން އެއްވެސް ކަމަކަށް
ކުރައްވާފައި ނެތުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ބާރަވަނަ ނުކުތާއަކީ، މައްސަލައިގައި ލިބިފައިވާ ތަޙްޤީޤު ބަޔާން މ. ބްލޫކޮލެޖް| ޢަލީ
ރަޒީން 10 މާރޗް 2009 ދުވަހު ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި މާރާމާރީ ހިންގި ޕާކް ގޯޅީގައި އޮތް
ޕިކަޕެއްގެ ކައިރީގައި އަނިޔާ ލިބުނު މީހާގެ ގަޔަށް ޖީއެކްސް ތަޙްޤީޤު ބަޔާންތަކުން އެނގޭ ގޮތުގައި
ޙުސައިން ޢާލިމް ކިޔާ މީހަކު ވަޅި ހެރިކަމަށް ބުނެފައިވާ ބުނުމާއި، 08 އޭޕްރީލް 2009 ދުވަހުގެރޭ
މ.ރޭއަލިވާގޭ އިބްރާހީމް ނައުފަލް ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ޙުސައިން ޢާލިމާ، އަޙްމަދު މަޝް
އަޙްމީމުއާއި، ޢަލީ ރަޒީން މީނާ އިބްރާހީމް ނައުފަލް އަނިޔާ ލިބުނު މީހާގެ ގައިގައި ތަޅާ މާރާމާރީ
ހިންގިވާހަކަ ދެއްކިކަމާއި، އަނިޔާ ލިބުނު މީހާގެ ގަޔަށް ޙުސައިން ޢާލިމް ތިންފަހަރު ވަޅިޖެހިކަމަށް
ޙުސައިން ޢާލިމް ބުނެފައިވާކަމަށް ބުނާ ބުނުމަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމަވާފައިވުން
ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
8 ހއ 2003
ދީންތަކަށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮ
ހިމުނު ގޮތުގެ ޚުލާޞާ
2011/HC-A/49
ނކުޏވެ"
ތޭރަވަނަ ނުކުތާއަކީ: ފުޅާ މިނުގައި އެއް އިންޗި ހުންނަވަރުގެ ކަޓަރެއް އެއްލައިގެން މީހަކު ލައިގެން
ހުންނަ ހެދުމާ، ހަންގަޑާ، މަހާ، ކަށިގަނޑު ފަޅާލާފައި ހަށިގަނޑުގެ ތެރެއަށް ހެރޭނެކަމީ ސަލާމަތް
ބުއްދިއަށް ޤަބޫލުކުރެވޭނެ ކަމެއް ކަމަށް ނުވާއިރު، އަދި އަނިޔާލިބުނު ފަރާތުގެ މަރުގެ ޚުލާޞާ
ރިޕޯޓުގައި އަނިޔާލިބުނު ފަރާތުގެ ވާތު ފުއްޕާމޭގެ
ތިރީ
ލޯބު އިރައިގެންގޮސްފައިވާކަމަށް
ބުނެފައިވާއިރު، އެހާ ދުރުމިނުގައި ހުރެގެން މީހަކު ކަޓަރެއް އެއްލައިގެން އެފަދަ ބޮޑު އަނިޔާއެއް
އެއްވެސް މީހަކަށް ލިބުމަކީ ވުން ނާދިރުކަމަކަށްވާއިރު، މިއިން އެއްވެސް ކަމަކަށް ރިޢާޔަތްކުރުމެއްނެތި
އަދި މިކަމުގައި ކަމުގެ މާހިރެއްގެ ބަހެއް ހޯދުމަކާ ނުލައި މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ
ފާހަގަކުރި ނުކު
• ސާދަވަނަ ނުކުތާއަކީ: މައްސަލައިގައި ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި މައްސަލައިގައި އަނިޔާ
ލިބުނު ފަރާތަށް ހަމަލާދިނުމުގައި އެތައް ބަޔަކު ބައިވެރިވާއިރު، އަދި އޭގެ ތެރެއިން ގިނަ ބައެއްގެ
މައްޗަށް ތުހްމަތު އުފުލޭއިރު، އަދި އެފަރާތްތައް ތަޙްޤީޤަށް ޙާޟިރުކުރެވިފައިނުވާއިރު، ފުރިހަމަނުވާ
ބަލިކަށި ތަޙްޤީޤުގެ މައްޗަށް ބިނާކޮށް މުޙައްމަދު ނަބީލްގެ މައްޗަށް ދަޢުވާކޮށް އެދަޢުވާ ދައުލަތުން
އެދިފައިވާ ގޮތުގެމަތީން ދައުލަތުން އެދުނުހާގޮތަކަށް ޝަރީޢަތް ބައްޓަންކޮށް މައްސަލައިގައި
ސާބިތުވާކަމަށް ޙުކުމްކުރައްވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ފަނަރަވަނަ ނުކުތާއަކީ: ޝަރީޢަތުގެ މަޖިލީހުގައި އުފަންވެ ދައްކާފައިނުވާ ބައެއް ވާހަކަތައް
ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކުގެ ގޮތުގައި އުފަންކުރުވާ އެކަން ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުގައި ފާހަގަކޮށްފައި އޮތުމަކީ ޝަރީޢަތުން މިމައްސަލައިގައި ޢަދުލު އިންސާފު ޤާއިމުކުރަން
އިޙްމާލުވެފައިވާ ކަމެއްކަން ޤަބޫލުކުރެވޭކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ސޯޅަވަނަ ނުކުތާއަކީ: ދައުލަތުން ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅާފައިވާ ގ.ރީފް އައިމިނަތު
ނިޢުމާ އަކީ 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށްވެފައި އައިމިނަތު ނިޢުމާ ފުލުސް އޮފީހަށް
ޙާޟިރުކޮށްފައިވަނީ އަނިޔާވެރިކަމާ ހީލަތްތެރި ރޭވުމެއްގެ ދަށުން މިނިވަންކަމާ ޙައްޤުތައް ގެއްލިފައިވާ
ޙާލުގައިކަމަށްވާއިރު، ޢުމުރުގެ ކުއްޖަކު އެފަދަ ޙާލަތެއްގައި ފުލުސް އޮފީހަށް ޙާޟިރުކުރުމުން
ޤާނޫނާ ޚިލާފަށް ބެލެނިވެރިއެއްގެ ޣައިރު ޙާޟިރުގައި ވަގުތުން ތަޙްޤީޤްކޮށް، ސުވާލުކޮށް
224
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
*
17 ޤަޟިއްޔާ ނިމުނު
و مرگ
2011/HC-A/49
ބަޔާންނޤާފައި
ނަގާފައިވާއިރު، އެފަދަ ބަޔާނަކަށް ޤަރީނާއެއްގެ ބުރަދަން ދީފައިވުން ކަމަށް ބުނެ ފާހަގަ ކުރި
ނުކުތާއެވެ.
2
8
4
2 ބ 2
ބަންގަނޅު
• ސަތާރަވަނަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި ހިންގާ
އެންމެހާ ޝަރީޢަތެއް ހިންގަންވާނީ ޢަދުލުވެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި ހާމަކަމާއި އެކުގައިކަމަށް
ބުނެފައިވާއިރު، އަދި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ އެންމެހާ ޙައްޤުތައް ޤާނޫނުއަސާސީގައި
ގޮތުގެމަތީން އެއްވެސް ތަފާތުކުރުމެއް ނެތި ލިބިދިނުމަށް ޤާނޫނުއަސާސީގެ 17 ވަނަ
މާއްދާގައި ބުނެފައިވާއިރު، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައާއި، ޤާނޫނުގެ ކުރިމަތީގައި
އަދި ޤާނޫނުގެ ރައްކާތެރިކަމާ ޤާނޫނުން ލިބިދޭ މަންފާ އެއްވެސް ތަފާތުކު
ތުކުރުމެއްނެތި ހަމަހަމަކަމާއެހު
ލިބިދިނުމަށް ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ޤާނޫނުލްއުޤޫބާތުގެ 12،
13، އަދި 14 ވަނަ މާއްދާގައި ބަޔާންވެގެންވާ އެއްވެސް ކަމަކުން ޝަރީޢަތުން ރިޢާޔަތްކުރުމެއްނެތި
ބުނެވިދިޔަ ދުސްތޫރީ ޙައްޤުތަކާއި، އުޞޫލުތަކާއި ޚިލާފަށް މައްސަލަ ބައްލަވާ ނިންމަވާފައިވުން ކަމަށް
ބުނެ ފާހަގަކުރި ނުކުތާއެވެ.
• އަށާރަވަނަ ނުކުތާއަކީ، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި އައިމިނަތު ނިޢުމާގެ ބައްޕަ
އިބްރާހީމް ރަޝީދު ހިމެނިފައިނުވާއިރު، އިބްރާހީމް ރަޝީދަކީ އައިމިނަތު ނިޢުމާގެ ބެލެނިވެރިއެއްގެ
ގޮތުގައި ކޯޓަށް ޙާޟިރުކުރި ފަރާތަކަށްވެފައި، ދައުލަތުން ހުށަހަޅާފައިނުވާ ހެއްކެއް އަދި
ބެލެނިވެރިއެއް ގޮތުގައި ކޯޓަށް ޙާޟިރުކުރުވީ ފަރާތަކާ ސުވާލުކުރުމަކީ ޖިނާއީ މައްސަލަތަކުގައި
ޖިނާއީ ކޯޓުގައި ޢަމަލުކުރަމުންދާ އުސޫލަކަށް ނުވާތީއާއި، ދައުލަތުން ހުށަހަޅާފައިނުވާ ހެއްކަކީ
ސުވާލުކުރުމަށް ދައުލަތަށް ފުރުޞަތު ދިނުމަކީ އިސްލާމީ ޝަރީޢަތާ، ދިވެހިރާއްޖޭގެ ޤާނޫނު
ނިޔާކުރާކަމަކަށް ނުވާއިރު، އެކަންކަން ޝަރީޢަތުން ކުރައްވާ މައްސަލައިގެ ނަތީޖާ ވަކިގޮތަކަށް
ނެރުމަށް މަސައްކަތް ކުރައްވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ނަވާރަވަނަ ނުކުތާއަކީ: ޖިނާއީ މައްސަލަތަކަކީ ކުށުގެ މާއްދީ ރުކުނާ، މަޢުނަވީ ރުކުން ފުރިހަމަވެގެން
މެނުވީ ޢުޤޫބާތް ދެވޭނެ މައްސަލަތަކަކަށް ނުވާއިރު، މިމައްސަލައިގައި ކުށުގެ ރުކުންތައް
ފުރިހަމަވެފައިނުވާއިރު، ކުށުގެ ރުކުންތައް ފުރިހަމަވެފައިވާކަމަށް ޝަރީޢަތުން ބައްލަވާފައިވާ
ceco
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
18 ޤަޟިއްޔާ ނިމުނު
މުނު ގޮތުގެ ޚުލާޞާ
2011/HC-A/49
މިންގަނޑަކީ އެކަށީގެންނުވާ އަދި ބުއްދިއަށް ޤަބޫލުނުކުރެވޭ މިންގަނޑަކަށްވާކަމަށް ބުނެ ފާހަގަކުރި
ނުކުތާއެވެ.
• ވިހިވަނަ ނުކުތާއަކީ: ހުށަހަޅާފައިވާ މައްސަލައަކީ މަރުގެ މައްސަލައަކަށްވެފައި، ޤިޞާސް ހިފަންޖެހޭ
ޙާލަތުގައި ނިޔާވި ފަރާތުގެ އެންމެހާ ވާރުތަވެރީން ޝަރީޢަތުގެ މަޖިލީހުގައި ޤިޞާސް ހިފުން
ބޭނުންކަން ޞަރީޙަ ޢިބާރާތުން ނުބުނާހާހިނދަކު، މެރުމަށް ޙުކުމްކުރުމަކީ އިސްލާމީ ޝަރީޢަތް
ހުއްދަކުރާކަމަކަށްނުވާއިރު، މައްސަލައިގައި ނިޔާވެފައިވާ ސ.ހުޅުދޫ ލިލީމާގޭ ޢަބްދުﷲ ފަރުހާދުގެ
ވާރުތަވެރިޔާ އަދި ބައްޕަ ސ.ހުޅުދޫ ލިލީމާގޭ މުޙައްމަދު ފާކިރުގެ ބަހެއް ޝަރީޢަތަށް
ލިބިފައިނެތްއިރު، ޢަބްދުﷲ ފަރުހާދުގެ މަރާ ގުޅޭގޮތުން ޤިޞާސް ހިފަން ބޭނުންކަން ނުވަތަ ނޫންކަން
ޝަރީޢަތުގައި ބުނެފައިނެތަސް،
އުފެދިފައިވާއިރު، މެރުމަށް
ޙުކުމްކުރައްވާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• އެކާވީސްވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް
ބުނެ ފާހަގަކުރި ނުކުތާއެވެ.
ޝައްކު
_03
މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2009
)
585
/
Cr
-
C/2447)
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ މުޙައްމަދު ނަބީލުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެ ނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބެލިހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2009
)
585
/
Cr
-
C/2447) ޤަޟިއްޔާގައި މުޙައްމަދު
ނަބީލުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ކަމާއި؛
އެދަޢުވާ މުޙައްމަދު ނަބީލުގެ މައްޗަށް ކޮށްފައިވަނީ، މުޙައްމަދު ނަބީލް 2009 މާރޗް 08 ވަނަ
ދުވަހުގެ 23:00 އެހައިކަށްހައިއިރު، ހުޅުދޫ ލިލީމާގެ ޢަބްދުﷲ ފަރުހާދުގެ ގައިގައި ޖަހައި މާރާމާރީ
94
ބޮއީކައި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
މާއްޖާ
19 ޤަޟިއްޔާ ނިމުނު'
ހަމުނު ގޮތުގެ ޚުލާސާ
2011/HC-A/49
24 2
ހިންގުމަށް ރާވައި، ދިގުމިނުގައި 06 އިންޗި ހުންނަ ވަރުގެ ކަޓަރެއް ހިފައިގެން ބަޔަކު ގޮވައިގެން ގޮސް،
މުޙައްމަދު ނަބީލުއާއި އޭނާއާއި އެކުގައި ދިޔަ މީހުން ޢަބްދުﷲ ފަރުހާދުގެ ގައިގައި ތަޅައި މާރާމާރީ ހިންގަން
ފެށުމުން، އެމީހުންގެ ކިބައިން ސަލާމަތްވާން ވެގެން ޢަބްދުﷲ ފަރުހާދު ދުއްވައިގަތުމުން، މުޙައްމަދު ނަބީލްގެ
ޖީބުގައި އޮތް ކަޓަރު ނަގައި ޢަބްދުﷲ ފަރުހާދުގެ ގަޔާ ދިމާއަށް އެއްލައި، ޢަބްދުﷲ ފަރުހާދުގެ ބުރަކައްޓަށް
އެކަޓަރު ހަރާލާފައިވާކަމަށް ތުހުމަތު ކުރެވޭތީއާއި، އެޙަމަލާގެ ސަބަބުން ޢަބްދުﷲ ފަރުހާދަށް ލިބުނު އަނިޔާއަށް
ބޭސްފަރުވާ ކުރަމުން ދަނިކޮށް 2009 މާރޗް 09 ވަނަ ދުވަހު ޢަބްދުﷲ ފަރުހާދު ނިޔާވެފައިވާތީކަން އެނގެން
އޮންނައިރު، އެދަޢުވާއަށް މުޙައްމަދު ނަބީލް އިންކާރު ކޮށްފައިވާކަން އެނގެން އޮވެއެވެ.
(.) މިމައްސަލައާ ގުޅިގެން މުޙައްމަދު ނަބީލް ހައްޔަރު ކުރިއިރު އެވަގުތު އޭނާގެ މައްޗަށް
ތުހުމަތުކުރެވޭ މައްސަލައަކީ ކޮބައިކަމާއި، ގެންދެވޭ ތަނާއި، ހަނުހުރުމުގެ ޙައްޤުލިބިގެންވާ ކަމާއި، ޤާނޫނީ
ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު އޮތްކަން އެންގިފައިވާކަމާއި، ހައްޔަރު ކުރިތާ 24 ގަޑިއިރު ތެރޭގައި
ލިޔުމުން އެކަންކަން އަންގާފައިވާކަން މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު TD015114 [ހައްޔަރު ކުރެވޭ މީހާގެ މަޢުލޫމާތު ފޯމް“ އިން އެގެން އޮންނަކަމާއި؟
މުޙައްމަދު ނަބީލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކޮށް ބަންދާމެދު ގޮތް
ނިންމާފައިވާއިރު، މުޙައްމަދު ނަބީލް ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމަވާފައިވާ ސަބަބަކީ، މުޙައްމަދު
ނަބީލް މިމައްސަލައިގާ ހިމެނޭ މާރާމާރީ ހިންގިކަމަށް އިޢްތިރާފުވެފައި ވާތީކަން ޖިނާއީ ކޯޓުގެ ނަންބަރު-MD
2755 ,2343 ,2009
/
1923 ކޯޓު އަމުރުތަކުން އެނގެން އޮންނަކަމާއި؟
ޤާނޫނީ ވަކީލެއްގެ އެހީތެރިކަން މުޙައްމަދު ނަބީލް ބޭނުން ކަމަށް ބުނި ނަމަވެސް، 2009 އޭޕްރީލް
08 ވަނަ ދުވަހު ވަކީލުގެ ޣައިރު ޙާޟިރުގައި ތަޙްޤީޤު ކުރިއަށް ގެންދިޔުމުގައި މުޙައްމަދު ނަބީލްގެ
އިޢްތިރާޅެއް ނެތްކަން މުޙައްމަދު ނަބީލް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް 2009 އޭޕްރީލް 08
ވަނަ ދުވަހު ދީފައިވާ ބަޔާނުން އެނގެން އޮވެއެވެ.
(ނ) މުޙައްމަދު ނަބީލްގެ މައްޗަށް ދައުލަތުގެ ފަރާތުން ހުށަހެޅި ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ
ދަޢުވާއަށް ކްރިމިނަލް ކޯޓުގައި އިންކާރުކުރުމުން، އެ ދަޢުވާ ސާބިތުކުރުމަށްޓަކައި ގ.ރީފްމާލެ އާމިނަތު ނިޢުމާ
އާއި، ރ.އަނގޮޅިތީމް ފިޔާތޮށިގެ ފާތިމަތު ޔަސްފާއާއި، މ. ފެންވަމާލެ، އިބްރާހީމް ސާމިން އާއި، އދ.
02
aކައި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
20 ޤަޟިއްޔާ ނިމުނު'
ހިމުނު ގޮތުގެ ޚުލާޞާ
2011/HC-A/49
މާމިގިލި: ލިވަޕޫލް، އަޙްމަދު ނަބީހްއާއި، ތ.މުނިޔާމަންޒިލް:މާލެ، ޙަސަން ޝާމިލް އާއި، މ. މޫންބީންސް
ނާއިލް މުޙައްމަދު އާއި، މާލޭމުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 6099 ޑރ. ޢަބްދުﷲ ޢުބައިދު އާއި މިމީސް
މީހުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާކަމާއި؛
މީގެ އިތުރުން މުޙައްމަދު ނަބީލްގެ ތަޙްޤީޤު ބަޔާނާއި މުޙައްމަދު ނަބީލާ ތަޙްޤީޤުގައި
ސުވާލުކުރެވުނުއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންގއާއި، މުޙައްމަދު ނަބީލްގެ ކޮއްކޮ އާމިނަތު ނިޢުމާ ތަޙްޤީޤުގައި
ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިން އާއި، ޢަބްދުﷲ ފަރުހާދުގެ މެޑިކޯލީގަލް ރިކޯޑާއި، މިމައްސަލައާ
ގުޅުންހުރި ފަރާތްތަކެއްގެ ފޯނު ކޯލްތަކެއްގެ ތަފްޞީލާއި، ޢަބްދުﷲ ފަރުހާދު މަރުވެފައިވާކަން އަންގައިދޭ
"މަރުވާމީހުންގެ މަޢުލޫމާތު ފޯރމު“ ހުށައަޅާފައިވާކަމާއި؛
ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތައް ޙާޒިރުކޮށް އޯޑިއޯ ކޮންފަރެންސް
މެދުވެރިކޮށް ބަޔާން ނަގައިދިނުމަށް އެދިފައިވާކަން ދައުލަތުގެ ފަރާތުން 2010 މާރޗް 08 ވަނަ ދުވަހު
މިމައްސަލައާ ގުޅިގެން ދީފައިވާ ބަޔާނުން އެނގެން އޮންނައިރު އެގޮތުގެ މަތީން ހެކިބަސް ނެގުމަށް ދަޢުވާލިބޭ
ފަރާތުން އިޙްތިރާޝްކޮށްފައިނުވާކަން އެނގެން އޮވެއެވެ.
(ރ) މި މައްސަލައާ ގުޅިގެން ދައުލަތުގެ ދަޢުވާ ސާބިތުކުރުމުގެ ގޮތުން ހުށަހަޅާފައިވާ ހެކިންކުރެ،
ފާތިމަތު ޔަސްފާ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގައި ހެކިބަސް ދެމުން ދައުލަތުގެ ފަރާތުން ކުރި ސުވާލުތަކާ
ގުޅިގެން، ފާތިމަތު ޔަސްފާ މިމައްސަލައިގެ ތަޙްޤީޤަށް ބަޔާން ދީފައިވާނެ ކަމަށާއި، އެބަޔާނަކީ ކަން
ހިގާދިޔަގޮތަށް ދީފައިވާ ތެދު ބަޔާނެއް ކަމަށް ބުނެފައިވާކަމާއި،
ފާތިމަތު ޔަސްފާ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު، އެބަޔާނުގައި ޢަބްދުﷲ ފަރުހާދުގެ ގައިގާ ތަޅާ
މާރާމާރީ ހިންގި މީހުންގެ ތެރެއިން ފާތިމަތު ނަސްފާ އަށް ފާހަގަކުރެވެނީ މުޙައްމަދު ނަބީލްއާއި ޢަލީ ރަޒީންއާއި
އިސްމާޢީލް ޝުޢާއުއާ ތިންމީހުން ކަމަށާއި، ޢަބްދުﷲ ފަރުހާދުގެ ގައިގާ އެމީހުން ތަޅާ މާރާމާރީ ހިންގަން
ފެށުމުން ޢަބްދުﷲ ފަރުހާދު ދުވެފައި ޕާކުގެ އިރުމަތީ މަގުން މަޖީދީމަގާ ދިމާއަށް ދުވެފައި ދަނިކޮށް ޢަބްދު
ފަރުހާދު އާ ދިމާއަށް އެޕާކުތެރޭގައި ތިބި މީހުންގެ ތެރެއިން ކޮންމެވެސް މީހަކު ވަޅިއެއް ފާޑުގެ އެއްޗެއް
އެއްލިކަމަށާއި، މިބުނެވުނު ވަކިފާޑުގެ އެއްޗަކީ ސިލްވަރ ކުލައިގެ ދިގުމިނުގައި ގާތްގަނޑަކަށް 06 އިންޗި
OX
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
21 ޤަޟިއްޔާ ނިމުނު'
މުނު ގޮތުގެ ޚުލާޞާ
2011/HC-A/49
ހުންނަވަރުގެ އެއްޗެއް ކަމަށާއި، މިބުނެވުނު ވަޅިފާޑުގެ އެތިން ޢަބްދުﷲ ފަރުހާދުގެ ގައިގާ ޖެހުނުކަމެއް
އޭނާއަށް ޔަގީން ނުވާކަމަށް ފާތިމަތު ޔަސްފާ ބުނެފައިވާކަމާއި؛
ދައުލަތުން ހުށަހަޅާފައިވާ ހެކިންކުރެ، އަޙްމަދު ނަބީރް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގައި ހެކިބަސް
ދެމުން ދައުލަތުގެ ފަރާތުންކޮށްފައިވާ ސުވާލުތަކާ ގުޅިގެން، އަޙްމަދު ނަބީހް މިމައްސަލައިގެ ތަޙްޤީޤަށް ބަޔާން
ދީފައިވާނެ ކަމަށާއި، އެބަޔާނަކީ ކަން ހިގާދިޔަގޮތަށް ދީފައިވާ ތެދު ބަޔާނެއް ކަމަށް ބުނެފައިވާއިރު،
އަޙްމަދު ނަބީރް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ”...ޢަބްދު
ފަރުހާދު ވަށާލައިގެން ތިބި މީހުން ވެގެން ޢަބްދުﷲ ފަރުހާދުގެ ގައިގާ އެކިތަންތަނުގައި އެމީހުންގެ އަތުންނާއި
ފައިން ތަޅާ މާރާމާރީ ހިންގަން ފެށި ކަމަށާއި، ޢަބްދުﷲ ފަރުހާދުގެ ގައިގާ ތަޅާ މާރާމާރީ ހިންގި މީހުންގެ
ތެރޭގައި އިބްރާހިމް ނަވާފަލްއާއި، މުޙައްމަދު ނަބީލްއާއި، ޢަލީ ރަޒީންއާއި، އިސްމާޢީލް ޝުޢާއު ހިމެނޭ
ކަމަށާއި، ދެން ޢަބްދުﷲ ފަރުހާދު ދުވެފައި ގޮސް ޕާކުގެ އިރުމަތީ ފަރާތުގައި އޮންނަ ގޯޅިތެރެއަށް ނުކުމެ،
އެތަނުގައި އޮތް ޕިކަޕެއް (ރ. ނަމްބަރު ނޭނގޭ) ކައިރިއަށް ދިއުމުން އިސްވެދެންނެވުނު ދިހަވަރަކަށް މީހުން
ދުވެފައި އެތަނަށް ގޮސް ޢަބްދުﷲ ފަރުހާދުގެ ގައިގާ އެމީހުންގެ އަތުންނާއި ފައިން އަނެއްކާވެސް ތަޅައި
މާރާމާރީ ހިންގަން ފެށުމުން އެމީހުންގެ ކިބައިން ސަލާމަތްވެގެން ޢަބްދުﷲ ފަރުހާދު ދުވެފައިގޮސް މަޖީދީމަގަށް
ނުކުތް ކަމަށާއި، އަދި ޢަބްދުﷲ ފަރުހާދު މަޖީދީމަގަށް ނުކުތުމަށްފަހު އެމަގުގެ އިރަށް ދުއްވައިގަތް ވަގުތު
އެމީހުންގެ ތެރެއިން މީހަކު (ކާކުކަމެއް ފާހަގައެއް ނުކުރެވޭ) ޢަބްދުﷲ ފަރުހާދުއާއި ދިމާއަށް ވަޅިއެއް ފާޑަށް
އޮތް އެއްޗެއް އެއްލުމުން، ޢަބްދުﷲ ފަރުހާދުގެ ގައިގާ އެ އެތިން ޖެހުނުކަމަށާއި، ދެން އިސްވެ ދެންނެވުނު
އެ އެއްލިމީހާ ދުވެފައިގޮސް ޢަބްދުﷲ ފަރުހާދުގެ ބުރަކައްޓާ ދިމާލުން އެއްޗެއް ދަމައިގަންނަނިކޮށް އޭނާ ދުށް
ކަމަށާއި، އެވަގުތު ޢަބްދުﷲ ފަރުހާދުގެ ބުރަކައްޓާ ދިމާއިން އޭނާ ލައިގެންހުރި ޓީޝާޓުން ފޭދިގެން ލޭ
އައިސްފައިހުއްޓާ އޭނާ ދުށްކަމަށް އަޙްމަދު ނަބީރް ބުނެފައިވާކަމާއި؟
ދައުލަތުން ހުށަހަޅާފައިވާ ހެކިންކުރެ، ޙަސަން ޝާމިލް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގައި ހެކިބަސް
ދެމުން ދައުލަތުގެ ފަރާތުން ކުރި ސުވާލުތަކާ ގުޅިގެން ހަސަން ޝާމިލް މިމައްސަލައިގެ ތަޙްޤީޤަށް ބަޔާން
ދީފައިވާނެ ކަމަށާއި، އެބަޔާނަކީ ކަން ހިގާދިޔަގޮތަށް ދީފައިވާ ތެދު ބަޔާނެއް ކަމަށް ބުނެފައިވާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
22 ޤަޟިއްޔާ ނިމުނު'
2011/HC-A/49
ޙަސަން ޝާމިލް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، "..ޢަބްދު
ފަރުހާދު ވަށާލައިގެން ތިބި މީހުން ވެގެން ޢަބްދުﷲ ފަރުހާދުގެ ގައިގެ އެކިތަންތަނުގައި ތަޅާ މާރާމާރީ
ހިންގިކަމަށާއި، ދެން ޢަބްދުﷲ ފަރުހާދު ދުވެފައިގޮސް ޕާކުގެ އިރުމަތީ ފަރާތުގައި އޮންނަ ގޯޅިތެރެއަށް ނުކުމެ،
އެތަނުގައި އޮތް ޕިކަޕެއް (ރ.ނަމްބަރު ނޭނގޭ) ކައިރިއަށް އޭނާއަށް ދެވުނުތަނާހެން އިސްވެދެންނެވުނު ދިހަ
ވަރަކަށް މީހުން ދުވެފައި އެތަނަށް ގޮސް ޢަބްދުﷲ ފަރުހާދުގެ ގައިގާ އެމީހުންގެ އަތުންނާއި ފައިން
އަނެއްކާވެސް ތަޅައި މާރާމާރީ ހިންގަން ފެށުމުން އެމީހުންގެ ކިބައިން ސަލާމަތްވެގެން ޢަބްދުﷲ ފަރުހާދު
ދުވެފައިގޮސް މަޖީދީމަގަށް ނުކުތްކަމަށާއި، ޢަބްދުﷲ ފަރުހާދު މަޖީދީމަގަށް ނުކުތުމަށްފަހު އެމަގުގެ އިރަށް
ދުއްވައިގަތް ވަގުތު އެމީހުންގެ ތެރެއިން މީހަކު (ކާކުކަމެއް ފާހަގައެއް ނުކުރެވޭ، ޢަބްދުﷲ ފަރުހާދުއާއި
ދިމާއަށް ވަޅިއެއް ފާޑަށް އޮތް އެއްޗެއް އެއްލުމުން، ޢަބްދުﷲ ފަރުހާދުގެ ގައިގާ އެއްލި އެތިން ޖެހުނު
ކަމަށާއި، ދެން އިސްވެ ދެންނެވުނު އެތި އެއްލިމީހާ ދުވެފައިގޮސް ޢަބްދުﷲ ފަރުހާދުގެ ބުރަކައްޓާ ދިމާލުން
އެއްޗެއް ދަމައިގަންނަނިކޮށް އޭނާ ދުށް ކަމަށާއި، އެވަގުތު ޢަބްދުﷲ ފަރުހާދުގެ ބުރަކައްޓާ ދިމާއިން އޭނާ
ލައިގެންހުރި ޓީޝާޓުން ފޭދިގެން ލޭއައިސްފައިހުއްޓާ ދުށް ކަމަށް ޙަސަން ޝާމިލް ބުނެފައިވާކަމާއިގެ
ފާތިމަތު ޔަސްފާއާއި ސުވާލުކުރުމަށް ދަޢުވާލިބޭ ފަރާތުގެ ވަކީލަށް ފުރުސަތު ދިނުމުން ފާތިމަތު ޔަސްފާ
ތަޙްޤީޤަށް ދިންބަޔާނަކީ ކަންހިނގާދިޔަގޮތަށް ދީފައިވާ ތެދު ބަޔާނެއްކަމަށް ފާތިމަތު ޔަސްފާ ބުނާތީ، ފާތިމަތު
ޔަސްފާއާ ކުރާނެ ސުވާލެއް ނެތްކަމަށް ދަޢުވާލިބޭ ފަރާތުގެ ވަކީލު ބުނެފައިވާކަން އެނގެން އޮންނައިރު، ހަމަ
އެފަދައިން އަޙްމަދު ނަބީރް އާއި ސުވާލުކުރުމަށް ދަޢުވާލިބޭ ފަރާތުގެ ވަކީލަށް ފުރުސަތު ދިނުމުން އަޙްމަދު
ނަބީޙު ތަޙްޤީޤަށް ދިންބަޔާނަކީ ކަންހިނގާދިޔަގޮތަށް ދީފައިވާ ތެދު ބަޔާނެއްކަމަށް އަޙްމަދު ނަބީހް ބުނާތީ
އަޙްމަދު ނަބީހްއާ ކުރާނެ ސުވާލެއް ނެތްކަމަށް ދަޢުވާލިބޭ ފަރާތުގެ ވަކީލު ބުނެފައިވުމުގެ އިތުރަށް، ޙަސަން
ޝާމިލްއާއި ސުވާލުކުރުމަށް ދަޢުވާލިބޭ ފަރާތުގެ ވަކީލަށް ފުރުސަތު ދިނުމުން ޙަސަން ޝާމިލްއާ ކުރާނެ
ނެތްކަމަށް ދަޢުވާލިބޭ ފަރާތުގެ ވަކީލު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން
އެނގެން އޮންނަކަމާއި
އިސްވެ ބަޔާންކުރެވުނު ފާތިމަތު ޔަސްފާ އާއި، އަޙްމަދު ނަބީހްއާއި، ޙަސަން ޝާމިލްއާއި، މިތިން
މީހުންގެ ހެކިބަހަށް ބަލާއިރު، މުޙައްމަދު ނަބީލްއާއި މުޙައްމަދު ނަބީލާއެކުގައި ތިބި މީހުން ޢަބްދުﷲ ފަރުހާދުގެ
ސުވާލެއް
ދިވެހިރާއްa
6:
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
23 ޤަޟިއްޔާ ނިމުނު'
ނިމުނު ގޮތުގެ ޚުލާސާ
ޞާ
2011/HC-A/49
0402
އެއަ&އެ
2ސ
ގައިގައި ތަޅައި މާރާމާރީ ހިންގިކަމާއި، މުޙައްމަދު ނަބީލާއެކުގައި ތިބި މީހުންގެ ތެރެއިން އެކަކު ވަޅިއެއް
ފާޑަށް އޮތް އެއްޗެއް ޢަބްދުﷲ ފަރުހާދު އާ ދިމާލަށް އެއްލުމުން ޢަބްދުﷲ ފަރުހާދުގެ ބުރަކަށީގައި ޖެހުނުކަމާއި،
އެވަގުތު ޢަބްދުﷲ ފަރުހާދުގެ ބުރަކައްޓާ ދިމާއިން ޢަބްދުﷲ ފަރުހާދު ލައިގެންހުރި ޓީޝާޓުން ފޭދިގެން ލޭ
އައިސްފައިހުއްޓާ ފެނިފައިވާކަން އަޙްމަދު ނަބީހްއާއި ޙަސަން ޝާމިލްގެ ބަހުން ޝަރީޢަތަށް ސާބިތުވާއިރު،
ޢަބްދުﷲ ފަރުހާދު އާއި ދިމާއަށް އެޕާކުތެރޭގައި ތިބި މީހުންގެ ތެރެއިން ކޮންމެވެސް މީހަކު ވަޅިއެއް ފާޑުގެ
އެއްލިކަން ފާތިމަތު ޔަސްފާގެ ބަހުން އެގެން އޮވެއެވެ.
(ބ) ދައުލަތުގެ ފަރާތުން މުޙައްމަދު ނަބީލުގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުކުރުމުގެ ގޮތުން
ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ހެކިން ކުރެ، ޑރ. ޢަބްދުﷲ ޢުބައިދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައުލަތުގެ ފަރާތުން ކޮށްފައިވާ ސުވާލުތަކުގެ ޖަވާބުގައި، ޢަބްދުﷲ ފަރުހާދު
އައި.ޖީ.އެމް.އެޗަށް ގެނެވުނުއިރު ޢަބްދުﷲ ފަރުހާދުގެ ލޭގެ ޕްރެޝަރވަނީ ވަރަށް ދަށަށް ގޮސްފައި ކަމަށާއި،
ޢަބްދުﷲ ޢުބައިދަކީ އެރޭ އޮންކޯލްގައި ހުރި އޮޕަރޭޝަންކުރާ ޑޮކްޓަރަށްވެފައި ޢަބްދުﷲ ފަރުހާދުއަށް
ލިބިފައިވާ އަނިޔާގެ ސަބަބުން ހާލަތު ސީރިއަސްވަމުންދާތީވެ ޢަބްދުﷲ ފަރުހާދު ބަލަން އެންގި ކަމަށާއި، އޭރު
ޢަބްދުﷲ ފަރުހާދުގެ ހާލަތު އޮތީ ވަރަށް ސީރިއަސްވެފައި ކަމަށާއި، ސަބަބަކީ ޢަބްދުﷲ ފަރުހާދުގެ ބްލަޑް
ޕްރެޝަރ އޮތީ ވަރަށް ދަށުގައިކަމަށާއި، އަދި އޮކްސިޖަން ސެޓުރޭޝަން ޕަސެންޓޭޖްވެސް އޮތީ ވަރަށް
ދަށްވެފައިކަމަށާއި، ޢަބްދުﷲ ޢުބައިދު ފުރަތަމަ ޢަބްދުﷲ ފަރުހާދު ބެލީ އިމަރޖެންސީ ރޫމްގައިކަމަށާއި،
އިމަރޖެންސީ ރޫމްގައި ޢަބްދުﷲ ފަރުހާދު ބެލިބެލުމުން އެނގުނީ ޢަބްދުﷲ ފަރުހާދުގެ ފުއްޕާމޭ، ޚާއްޞަކޮށް
ވާތްފަރާތުން ފަތްޖެހި، އޭގެ ސަބަބުން ނޭވާލާން ވަރަށްބޮޑަށް އުނދަގޫވަމުންދާކަމަށާއި، ޢަބްދުﷲ ފަރުހާދަށް
އެމައްސަލަ ދިމާވެފައިވަނީ ޢަބްދުﷲ ފަރުހާދަށް ތޫނުއެއްޗަކުން ދެވިފައިވާ ހަމަލާއެއްގެ ސަބަބުންކަމަށާއި،
ޢަބްދުﷲ ޢުބައިދު ނިންމީ ވީހާވެސް އަވަހަކަށް ޢަބްދުﷲ ފަރުހާދު އޮޕަރޭޝަން ތިއޭޓަރަށް
ގެންދަންކަމަށާއި، ސަބަބަކީ ފުއްޕާމެއާ އަރިކައްޓާއި އެދޭތެރެއަށް އެޅިފައިހުރި ލޭތައް ނުނެގިއްޖެ ކަމަށްވާނަމަ
ޢަބްދުﷲ ފަރުހާދުގެ ފުއްޕާމޭ ފަތްޖެހި ނޭވާލުމަށް ދަތިވާނެތީކަމަށާއި، ޢަބްދުﷲ ފަރުހާދަށް ތޫނުއެއްޗަކުން
ވެފައިވާ އެއަނިޔާގެ ސަބަބުން ޢަބްދުﷲ ފަރުހާދުގެ ފުއްޕާމެއަށް ސަޕްލައިކުރާ ބޮޑެތި ލޭހޮޅިތައް ވަނީ
ބުރިވެފައި ކަމަށާއި، ޢަބްދުﷲ ފަރުހާދު މަރުވީ އެއަނިޔާގެ ސަބަބުންކަމަށް
ޢަބްދުﷲ ޢުބައިދު
2 02 0 2
32 22
123
Xec
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
24 ޤަޟިއްޔާ ނިމުނު'
2011/HC-A/49
ބުނެފައިވާކަން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް 2010 ޖޫން 17 ވަނަ ދުވަހު ދީފައިވާ ބަޔާނުން
އެނގެން އޮންނައިރު، ތޫނުއެއްޗެއް ހެދިފައި ހުރީ ޢަބްދުﷲ ފަރުހާދުގެ ބުރަކަށީގެ އެންމެ ތަނަކަށްކަމާއި،
ޢަބްދުﷲ ފަރުހާދުގެ ވާތްފަރާތު ބޮނބިފަޅީގެ ފަސްވަނަ މޭކަށްޓާއި ހަވަނަ މޭކަށްޓާއި ދެމެދު ތިން ސެންޓި
މީޓަރުގެ ޒަޚަމެއް ހުރިކަމާއި، ޒަޚަމް ހުރީ މަތިން ތިރިއަށް ކަތިކޮށް ފުންމިނުގައި ތިން ސެންޓިމީޓަރަށްވުރެ
ބޮޑުކޮންކަން ޢަބްދުﷲ ފަރުހާދުގެ މެޑިކޯލީގަލް ރެކޯޑުން އެގެން އޮންނައިރު،
ޑރ. ޢަބްދުﷲ ޢުބައިދުއާ ސުވާލުކުރުމުގެ ފުރުސަތު ދަޢުވާލިބޭ ފަރާތަށް ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދިނުމުން، ޑރ. ޢަބްދުﷲ ޢުބައިދުއާ ކުރާނެ ސުވާލެއް ނެތްކަމަށް ދަޢުވާލިބޭ
ފަރާތުގެ ވަކީލު ބުނެފައިވާކަން އެނގެން އޮވެއެވެ.
(ޅ) ތަޙްޤީޤު މަރުޙަލާގައި ކުށަށް އިޢުތިރާފުވުމަށްފަހު ޝަރީޢަތުގެ މަޖިލީހުގައި އެއިޢުތިރާފުން
ރުޖޫޢަވެއްޖެނަމަ ނުވަތަ އެކުށުގެ ޢަމަލަށް އިންކާރުކުރާ ޙާލަތްތަކުގައި އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ
އެހެނިހެން ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބަލާ، އެމީހާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށް
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންގަނޑުތަކުން އެމީހެއްގެ މައްޗަށް ސާބިތުވާފަދަ އަދި
އެމީހަކު ތަޙުޤީގުގައި ދީފައިވާ ބަޔާނުގެ މައްޗަށް ބާރުލިއްބައިދޭ ފަދަ ހަރުދަނާ ހެއްކާއި، ޤާރީނާ ލިބިފައިވާނަމަ
އެހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބިނާކޮށް އެމީހެއްގެ މައްޗަށް ޝަރީޢަތުން ކުށްސާބިތުކުރެވިދާނެކަމާއި، އަދި
ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުން ރުޖޫޢަވެއްޖެނަމަ އެއިޢުތިރާފުން ރުޖޫޢަވުމާއި، އެރުޖޫޢަވުން ބިނާކުރި
ސަބަބުތައް ވަޒަންކޮށް ތަޤްއީމު ކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ބާރެއް ކަމަށްވާއިރު،
ތަޙްޤީޤުގެ މަރުޙަލާގައި މުއްތަހަމް މަޖްބޫރު ކަމެއްނެތި ދޭ ބަޔާނެއްގައި ކުށަކާމެދުވާ އިޢުތިރާފު ނުވަތަ
އެކުށެއްގެ ޢަމަލު ހިންގިގޮތް ބަޔާންކޮށްދީފައިވާ ގޮތާއި، އެކަމުގެ މައްޗަށް ބާރު ލިއްބައިދޭ ގުޅިފައިވާ އިތުރު
އެހެނިހެން ހެކިތަކާއި ޤަރީނާތަކެއް ހުރެއްޖެނަމަ ތަޙުޤީގު މަރުޙަލާގައި ކުށްކުރިކަމުގެ މައްޗަށް ވެވޭ އިޢުތިރާފަކީ
މައްސަލަ ސާބިތުކުރުމަށް ލިބޭ ހަރުދަނާ ޤަރީނާއެއްގެ ގޮތުގައި ބަލައިގަނެވިދާނެކަން ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 18/SC
-
A/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާއިން އެނގެން އޮންނަކަމާއި،
އިސްތިއުނާފު މިކުރެވޭ މައްސަލައިގައި މުޙައްމަދު ނަބީލްގެ މައްޗަށް ހުށަހެޅުނު ދަޢުވާއަށް ކްރިމިނަލް
ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވާއިރު މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ
OX
4 22
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
25 ޤަޟިއްޔާ ނިމުނު'
މުނު ގޮތުގެ ޚުލާޞާ
2011/HC-A/49
ފަރާތުން ކުރި ތަޙްޤީޤުގައި މުޙައްމަދު ނަބީލް ދީފައިވާ ބަޔާނުގައި އިޢުތިރާފުވެފައިވާކަން އެނގެން
އޮންނަކަމާއިގެ
މުޙައްމަދު ނަބީލް ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު އެބަޔާނުގައި، ”ގ.ރީފް އާމިނަތު ނިޢުމާއަކީ
މުޙައްމަދު ނަބީލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމަށާއި، އާމިނަތު ނިޢުމާއަކީ މަޖީދީމަގުގައި ހުންނަ "ބޮންޑް
ސްޓްރީޓް" ފިހާރައިގައި ވަޒީފާ އަދާކުރި ކުއްޖެއް ކަމަށާއި، އާމިނަތު ނިޢުމާ އެފިހާރައިގާ އުޅުނުއިރު، އާމިނަތު
ނިޢުމާ ފިހާރައިން ނިމެނީ ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 23:00 ގައި ކަމަށާއި، އާމިނަތު ނިޢުމާ
ފިހާރައިން ނިމޭ ގަޑިއަށް، އާމިނަތު ނިޢުމާ ބަލައި އެފިހާރައަށް ކޮންމެ ދުވަހަކު ރޭގަނޑު 23:00 ހާއިރު
މުޙައްމަދު ނަބީލް ދާކަމަށާއި، އެގޮތުން 2009 މާރޗް 05 ވަނަ ދުވަހުގެރޭ 23:00 ހާއިރު މުޙައްމަދު
ނަބީލްއާއި، މުޙައްމަދު ނަބީލްގެ ރައްޓެއްސެއްކަމަށްވާ މ.ސީނުކަރަންކާގޭގައި އުޅޭ މ.ބްލޫލޭކްލޮޖް ޢަލީ ރަޒީން
(ވަނަމަކަށް "ޕޮއްޑި") އާއި ދެމީހުން އާމިނަތު ނިޢުމާ ބަލައި ބޮންޑް ސްޓްރީޓް ފިހާރައަށް ދިޔުމުން،
ފިހާރައިން އާމިނަތު ނިޢުމާ ނިކުމެފައި ފިހާރަކުރިމަތީގައި ހުރި ފިރިހެން ކުއްޖެއް މުޙައްމަދު ނަބީލަށް
ދައްކާފައި، އެކުއްޖާއަކީ "ފަރޭ" (ފުލުހުންގެ ތަޙްޤީޤުން އެނގުނުގޮތުގައި ސ.ހުޅުދޫ! ލިލީމާގެ ޢަބްދު
ފަރުހާދު) ނަމަކަށް ކިޔާ ކުއްޖެއްކަމަށާއި، އާމިނަތު ނިޢުމާ ފިހާރައިގާ އިންނަ ވަގުތު އެކުއްޖާ ފިހާރައަށް ވަދެ،
އާމިނަތު ނިޢުމާއަށް ޖެއްސުންކޮށް މަގު މަތިން ހިނގާފައި ދާއިރުވެސް ފޮށި ހަދާކަމަށް މުޙައްމަދު ނަބީލް
ގާތުގައި އާމިނަތު ނިޢުމާ ބުނި ކަމަށާއި، ނަމަވެސް އާމިނަތު ނިޢުމާ އެބުނި ކުއްޖާއާ ދިމާއަށް އެއްވެސް
އެއްޗެއް މުޙައްމަދު ނަބީލް ނުބުނާކަމަށާއި، އަދި އޭގެ އިރުކޮޅެއް ފަހުން އާމިނަތު ނިޢުމާއާއެކީ އެފިހާރައިގާ
މަސައްކަތްކުރި ޔަސްފާ (ފުލުހުންގެ ތަޙްޤީޤުން އެނގުނު ގޮތުގައި ރ.އަނގޮޅިތީމް ފިނިފެންމާގެ ފާތިމަތު
އަސްފާ) ފިހާރައިން ނިކުތުމުން މުޙައްމަދު ނަބީލްއާއި، ޢަލީ ރަޒީންއާ އާމިނަތު ނިޢުމާއާއި ފާޠިމަތު ޔަސްފާއާއި
04 މީހުން ހިނގާފައި ދިޔައީ މާފަންނުގައި ހުންނަ ލެކިއުޓް ފިހާރަ ކައިރިން ފާޠިމަތު އަސްފާ ގެއަށްލާން
ވެގެންކަމަށާއި، އެހިސާބަށް ފާޠިމަތު ޔަސްފާ ގެންގޮސްފައި މުޙައްމަދު ނަބީލް އާއި ޢަލީ ރަޒީންއާއި އާމިނަތު
ނިޢުމާ އާއި 03 މީހުން މަޖީދީމަގުން އިރަށް ހިނގާފައި ދިޔައީ މުޙައްމަދު ނަބީލްމެން ދިރިއުޅޭ
އަސަރީގެއަށް ކަމަށާއި، 2009 މާރޗް 08 ވަނަ ދުވަހުގެރޭ 19:30 ހާއިރު މުޙައްމަދު ނަބީލް
ގޭގައި އުޅެނިކޮށް، އާމިނަތު ނިޢުމާ ގެއަށް އައިސް، އޭނާގެ އުރަމަތީގައި މިއަދު ފަރޭ ހިފައިފިކަމަށާއި،
9
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
26 ޤަޟިއްޔާ ނިމުނު'
ހިމުނު ގޮތުގެ ޚުލާޞާ
2011/HC-A/49
19
އަތުގައި ހިފާވެސް ދެމިކަމަށް، މުޙައްމަދު ނަބީލްގެ ގާތުގައި އާމިނަތު ނިޢުމާ ބުނިކަމަށާއި، އެހެންކަމުން ޢަލީ
ރަޒީން އުޅޭގެއަށް މުޙައްމަދު ނަބީލް ގޮސް، ޢަލީ ރަޒީންގެ ގާތުގައި ”އާމިނަތު ނިޢުމާގެ ގަޔަށް އެއްކަލަ ފަރޭ
އަތްފޯރުވައިފި ކަމަށާއި، މިރޭ 23:00 ގައި ގޮސް ފަރޭއާ ދިމާކޮށް އޭނާއަށް ހަމަލާ ދޭން“ މުޙައްމަދު ނަބީލް
ބުނިކަމަށާއި، އަދި އެއަށްފަހު މުޙައްމަދު ނަބީލްގެ ރައްޓެހިންކަމުގައިވާ ވަނަމަކަށް "ޖިންނި” (ފުލުހުންގެ
ތަޙްޤީޤުން އެނގުނު ގޮތުގައި ވިނަގަނޑު އަޙްމަދު މައިޝް އަހްމީމް) އަށާއި، ވަނަމަކަށް "ފިސްޓް"
(ފުލުހުންގެ ތަޙްޤީޤުން އެނގުނު ގޮތުގައި ގ.ޝޭޑީގްރައުންޑް އިސްމާޢީލް ޝޫޢާއު) އަށް މުޙައްމަދު ނަބީލްގެ
ނަމްބަރު 7593009 މޯބައިލް ފޯނުން ގުޅާފައި ”މިރޭ 23:00 އަށް ޢަލީ ރަޒީން އުޅޭ މ.ސީނުކަރަންކާއާގެ
ކައިރިއަށް އަންނައްޗޭ މުޙައްމަދު ނަބީލް ބުނިކަމަށާއި، އިސްމާޢީލް ޝުޖާއު ގާތުގައި ވެގެން އުޅޭ ގޮތް
މުޙައްމަދު ނަބީލް ކިޔައިދިން ކަމަށާއި، ނަމަވެސް އަޙްމަދު މައީޝް އަހްމީމްގެ ގާތުގައި އެވާހަކަ މުޙައްމަދު
ނަބީލް ނުބުނާކަމަށާއި، މިދެންނެވި ދެމީހުންނަށް ގުޅުމަށްފަހު އެރޭގެ 21:30 އާއި 22:15 އާއި ދެމެދުގެ
ވަގުތެއްގައި ޢަލީ ރަޒީންއާއި މުޙައްމަދު ނަބީލް އާއި ދެމީހުން "ބޮންޑް ސްޓްރީޓް" ފިހާރައަށް ގޮސް ”މިރޭ
އާމިނަތު ނިޢުމާ ބަލައި އަންނާނީ ޢަލީ ރަޒީންކަމަށް، މުޙައްމަދު ނަބީލް ބުނެފައި މުޙައްމަދު ނަބީލްއާއި ޢަލީ
ރަޒީންއާއި ދެމީހުން ދިޔަކަމަށާއި، ދެން އެރޭގެ 23:00 ހާއިރު ޢަލީ ރަޒީން އުޅޭ މ. . ސީނުކަރަންކާގެއާގެ
ކައިރިއަށް މުޙައްމަދު ނަބީލް ދިޔައިރު އެތަނުގައި ޢަލީ ރަޒީން އާއި އިސްމާޢީލް ޝުޖާއު އާއި އަޙްމަދު
މައީޝް އަހްމީމްއާއި، މުޙައްމަދު ނަބީލްގެ ރައްޓެހިންކަމުގައިވާ ވަނަމަކަށް "ފައްލޫ" (ފުލުހުންގެ ތަޙްޤީޤުން
އެނގުނު ގޮތުގައި މ. ރޭއަލިވާގެ އިބްރާހީމް ނަވްފަލް)އާއި، ވަނަމަކަށް "ޖީ.އެކްސް" (ފުލުހުންގެ ތަޙްޤީޤުން
އެނގުނު ގޮތުގައި ޏ. ފުވައްމުލައް ދިގުވާނޑު، ވައިލެޓްމާގެ ޙުސައިން އާލިމް) އާއި، ވަނަމަކަށް "އަފޫ"
(ފުލުހުންގެ ތަޙްޤީޤުން އެނގުނު ގޮތުގައި މއ.ޕާރސިވްވިލާ އަފްޒަލް ރަޝީދު) އާއި ޝާމް އާއި 07 މީހުން
ތިބިކަމަށާއި، މ.ސީނުކަރަންކާއާގެ ކައިރިއަށް މުޙައްމަދު ނަބީލް ދިޔައީ ތިލައިގެ ފުޅާމިނުގައި 1 އިންޗި އަދި
ދިގުމިނުގައި 06 އިންޗި ހުންނަވަރުގެ ކަޓަރެއް (ސިލްވަރ ކުލައިގެ) ހިފައިގެންކަމަށާއި، ކަޓަރު ގެންދިޔައީ
ޢަބްދުﷲ ފަރުހާދު ގައިގާ އަޅަން ޖެހިއްޖެނަމަ އެޅުމުގެ ބޭނުމުގައި ކަމަށާއި، މ.ސީނުކަރަންކާއާގެ ކައިރިއަށް
މުޙައްމަދު ނަބީލް ދިޔުމުން، އާމިނަތު ނިޢުމާ ބަލައި "ބޮންޑް ސްޓްރީޓް" ފިހާރަ ކައިރިއަށް ޢަލީ ރަޒީން
ދިޔަކަމަށާއި، ޢަލީ ރަޒީން ދިޔަތާ ކުޑައިރުކޮޅެއް ފަހުން މުޙައްމަދު ނަބީލް އާއި އިސްމާޢީލް ޝުޖާއު އާއި
.
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
*
27 ޤަޟިއްޔާ ނިމުނު'
و مرگ
2011/HC-A/49
I
އަޙްމަދު މައިޝް އަހްލީމްއާއި، އިބްރާހީމް ނަވާފަލްއާއި، ޙުސައިން އާލިމްއާއި އަފްޒަލް ރަޝީދު އާއި
ޝާމްއާއި 07 މީހުން އެކުގައި، ބޮންޑް ސްޓްރީޓް ފިހާރަ ކައިރިއަށް ޢަބްދުﷲ ފަރުހާދު ހޯދުމަށް
ހިނގާފައިގޮސް "ނަލަހިޔާ ހޮޓަލުގެ ކަންމަތީގައި މަޑުކޮށްލައިގެން ތިއްބާ ނަލަހިޔާ ހޮޓަލު ކައިރިންލާފައި
މަޖީދީމަގުން ހުޅަނގުން އިރަށް ޢަބްދުﷲ ފަރުހާދު ހިނގާފައި ދަނިކޮށް ފެނިގެން މުޙައްމަދު ނަބީލްމެން ގޮސް
ޢަބްދުﷲ ފަރުހާދުގެ ގާތުގައި "މުޙައްމަދު ނަބީލްމެންނާއެކު އަންނާށޭ“ ބުނުމަށްފަހު، ޢަބްދުﷲ ފަރުހާދު
ގޮވައިގެން އާމިނަތު ނިޢުމާ މަސައްކަތްކުރި "ބޮންޑް ސްޓްރީޓް ފިހާރަ ކައިރިއަށް ދިޔަކަމަށާއި، އެފިހާރަ
ކައިރިއަށް ދިޔައިރު އެތަނުގައި އާމިނަތު ނިޢުމާ ނެތުމުން، ޢަބްދުﷲ ފަރުހާދު ގޮވައިގެން މުޙައްމަދު ނަބީލްމެން
ދިޔައީ މަޖީދީމަގު "ސޯސަން ސްޓޯރ" ކުރިމަތީގައި އޮންނަ ޕާރކު (ޔޫ.އެން ޕާރކް) އަށް ކަމަށާއި،
އެޕާރކަށްގޮސް އެތަނުގައި ހުރި އަށްޓެއްގައި ޢަބްދުﷲ ފަރުހާދު ބޭންދުމަށްފަހު، ”އާމިނަތު ނިޢުމާއާ ބެހޭ
ބެހެންތޯ،
ޢަބްދުﷲ ފަރުހާދު ގާތުގައި މުޙައްމަދު ނަބީލް އެހިކަމަށާއި، މުޙައްމަދު ނަބީލް އެހެން އެހުމުން ”އާމިނަތު
ނިޢުމާ ނުދަންނަ ކަމަށާއި، އޭނާއާ ނުބެހޭކަމަށް، މުޙައްމަދު ނަބީލް ގާތުގައި ޢަބްދުﷲ ފަރުހާދު ބުނި ކަމަށާއި،
އެހެންކަމުން ޢަލީ ރަޒީންގެ މޯބައިލް ފޯނަށް މުޙައްމަދު ނަބީލް ފޯނުކޮށް އާމިނަތު ނިޢުމާ ގޮވައިގެން ޔޫ.އެން.
ޕާރކަށް އައުމަށް މުޙައްމަދު ނަބީލް ބުނިކަމަށާއި، ޢަލީ ރަޒީންއަށް މުޙައްމަދު ނަބީލް ގުޅިތާ
ކުޑައިރުކޮޅެއްގެ ފަހުން އާމިނަތު ނިޢުމާ ގޮވައިގެން ޕާރކަށް ޢަލީ ރަޒީން އައިކަމަށާއި، އެއިރު އެމީހުންނާއެކު
ފާޠިމަތު ޔަސްފާވެސް އެތަނަށް އައިކަމަށާއި،
ޢަލީ ރަޒީންއާއި އާމިނަތު ނިޢުމާއާއި ފާތުމަތު
ޔަސްފާއާއި ތިން މީހުން އެކުގައި ޕާކުތެރެއަށް ވަދެގެން މުޙައްމަދު ނަބީލްމެންގެ ކައިރިއަށް އައުމުން ޢަބްދު
ފަރުހާދު ދައްކާފައި "މީނާ ބެހޭތޯ" އާމިނަތު ނިޢުމާ ގާތުގައި މުޙައްމަދު ނަބީލް އެހުމުން،
އާމިނަތު ނިޢުމާ ބުނިކަމަށާއި، އާމިނަތު ނިޢުމާ މިހެން ބުނުމުން "ނުބެހެމޭ" ކިޔާފައި ތެދުވެގެން
ދުއްވައިގަންނަން ވެގެން ޢަބްދުﷲ ފަރުހާދު މަސައްކަތްކުރުމުން، ޢަބްދުﷲ ފަރުހާދުގެ ވައަތްފަރާތު
ކަންފަތްމަތީގައި މުޙައްމަދު ނަބީލްގެ ކަނާތުން ޖެހިކަމަށާއި، އަދި ޢަބްދުﷲ ފަރުހާދުގެ މޭމަތީގައި މުޙައްމަދު
ނަބީލްގެ ކަނާތު ފައިން ޖެހިކަމަށާއި، ދެން ޢަލީ ރަޒީންއާއި އިސްމާޢީލް ޝުޢާއުއާއި ޙުސައިން ޢާލިމްއާއި
04 މީހުން އެމީހުންގެ އަތުންނާއި ފައިން ޢަބްދުﷲ ފަރުހާދުގެ ގައިގާ ތަޅާ މާރާމާރީ ހިންގަން
ފެށިކަމަށާއި،
ދެން ޢަބްދުﷲ ފަރުހާދު ދުވެފައިގޮސް ޕާރކުގެ އިރުމަތީ މަގުން ނިކުމެގެން
އާނއެކޭ،،
ޝަ2އއ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
28 ޤަޟިއްޔާ ނިމުނު
ގޮތުގެ ޚުލާޞާ
2011/HC-A/49
7
009 ﷲ2
ދުއްވައިގަތުމުން، މުޙައްމަދު ނަބީލްގެ ޖީބުގައި އޮތް (ތިލައިގެ ފުޅާމިނުގައި 11 އިންޗި އަދި ދިގުމިނުގައި 06
އިންޗި ހުންނަވަރުގެ، ސިލްވަރ ކުލައިގެ) ކަޓަރު ނެގުމަށްފަހު ކަޓަރުގެ ތިލަ ހުޅުވާފައި (ތިލަ ހުޅުވުނު ވަރެއް
ނޭނގޭ) ޢަބްދުﷲ ފަރުހާދުއާ ދިމާއަށް މުޙައްމަދު ނަބީލް އެކަޓަރު އެއްލިކަމަށާއި، އެވަގުތު ކަޓަރުގޮސް، އޭގެ
ތިލަ ޢަބްދުﷲ ފަރުހާދުގެ ބުރަކަށްޓަށް ވަދެ، ޢަބްދުﷲ ފަރުހާދުގެ ބުރަކަށީގައި ކަޓަރު ހަރުލާފައި ހުއްޓާ
މުޙައްމަދު ނަބީލް ދުށް ކަމަށާއި، ދެން ޢަބްދުﷲ ފަރުހާދު މުޙައްމަދު ނަބީލްއާ ދިމާއަށް އެނބުރުމަށް
ފަހަތަށް ދިޔަވަގުތު އެތަނުގައި އޮތް ވޭނުގައި ޢަބްދުﷲ ފަރުހާދުގެ ބުރަކަށި ކަޓަރާއެކު ޖެހި ކުރިއަށްވުރެވެސް
ބޮޑަށް (ފުންކޮށް) ކަޓަރުގެ ތިލަ ޢަބްދުﷲ ފަރުހާދުގެ ބުރަކަށްޓަށް ވަންކަމަށާއި، އެވަގުތު ޢަބްދުﷲ ފަރުހާދު
ތެޅިގަތުމުން ޢަބްދުﷲ ފަރުހާދުގެ ބުރަކަށިން ކަޓަރު ނެއްޓިގެން ބިންމައްޗަށް ވެއްޓުނުކަމަށާއި، އަދި އެވަގުތު
ޢަބްދުﷲ ފަރުހާދުގެ ބުރަކަށިން ލޭއަންނަމުން ދިޔަކަމަށާއި، މިލޭތައް އެވަގުތު ޢަބްދުﷲ ފަރުހާދު ލައިގެންހުރި
ހުދާއި ގަދަ މުށިކުލައިގެ ހުރަހަށް ރޮނގުދަމާފައިވާ ޓީޝާޓްގެ މަތިން ފޭދިގެން މަތިން ފެންނަންހުރި ކަމަށާއި،
އެރޭ ޢަބްދުﷲ ފަރުހާދު ތިރިން ލައިގެން ހުރީ ކަޅުކުލަ ފާޑުގެ ޖިންސެއް ކަމަށާއި، ދެން މަޖީދީމަގުން އިރަށް
ޢަބްދުﷲ ފަރުހާދު ދުވެފައި ދާންފެށުމުން ޢަބްދުﷲ ފަރުހާދުގެ ފަހަތުން ޢަލީ ރަޒީންވެސް ދުއްވައިގަތް
ކަމަށާއި، މުޙައްމަދު ނަބީލްވެސް ޢަބްދުﷲ ފަރުހާދުގެ ފަހަތުން ދުވެފައި މަޖީދީމަކާ ހަމައަށް ނުކުތްކަމަށާއި،
އަދި މުޙައްމަދު ނަބީލް ދުވެފައިދަމުން އަފްޒަލް ރަޝީދު ނުވަތަ އަޙްމަދު މައީޝް އަޙްމީމްއާއި ދެމީހުންގެ
ތެރެއިން މީހަކަށް ގޮވާފައި ”ކަޓަރު ނަގައްޗޭ“ މުޙައްމަދު ނަބީލް ބުނިކަމަށާއި، ޢަބްދުﷲ ފަރުހާދުގެ ފަހަތުން
މުޙައްމަދު ނަބީލް ދުއްވައިގަތުމުން، އިބްރާހީމް ނައުފަލް އޭނާއާއި އަރާހަމަކޮށް، ހަމަޖެހިގެން ނުދުވެ ހިނގާފައި
އަވަހަށް ގެއަށް ދާށޭ ބުނުމުން، މަޖީދީމަގުން އިރަށް ހިނގާފައި މުޙައްމަދު ނަބީލް ގެއަށް ދިޔައީ ކަމަށާއި،
އިބްރާހީމް ނަޢުފަލްވެސް މުޙައްމަދު ނަބީލް އާއެކު މަޖީދީމަގާއި ޖަންބުމަގާއި ގުޅުނު ހިސާބަށް ދިޔަ ކަމަށް...
ބުނެފައިވާކަން އެނގެން އޮންނަކަމާއި؛
އެހެންކަމުން، ޢަބްދުﷲ ފަރުހާދުއާ ދިމާއަށް މުޙައްމަދު ނަބީލް ކަޓަރު އެއްލިކަމަށާއި، އެވަގުތު
ކަޓަރުގޮސް، އޭގެ ތިލަ ޢަބްދުﷲ ފަރުހާދުގެ ބުރަކަށްޓަށް ވަދެ، ޢަބްދުﷲ ފަރުހާދުގެ ބުރަކަށީގައި ކަޓަރު
ހަރުލާފައި ހުއްޓާ މުޙައްމަދު ނަބީލް ދުށް ކަމަށާއި، ޢަބްދުﷲ ފަރުހާދު، މުޙައްމަދު ނަބީލްއާ ދިމާއަށް
އެނބުރުމަށްފަހު ފަހަތަށް ދިޔަވަގުތު އެތަނުގައި އޮތް ވޭނުގައި ޢަބްދުﷲ ފަރުހާދުގެ ބުރަކަށި ކަޓަރާއެކު ޖެހި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
29 ޤަޟިއްޔާ ނިމުނު
ގޮތުގެ ޚުލާޞާ
2011/HC-A/49
OLC
ކުރިއަށްވުރެވެސް ބޮޑަށް (ފުންކޮށް) ކަޓަރުގެ ތިލަ ޢަބްދުﷲ ފަރުހާދުގެ ބުރަކަށްޓަށް ވަން ކަމަށް މުޙައްމަދު
ނަބީލް މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް 2009 އޭޕްރީލް 08 ވަނަ ދުވަހު
ދީފައިވާ ބަޔާނުގައި ބުނެ އެކަންކަމުގެ މައްޗަށް މުޙައްމަދު ނަބީލް ސާފު ޢިބާރާތުން އިޢްތިރާފުވެފައިވާކަން
އެނގެން އޮންނައިރު،
މުޙައްމަދު ނަބީލްގެ މައްޗަށް ދައުލަތުގެ ފަރާތުން ހުށަހެޅި ދަޢުވާއަށް އިންކާރު ކުރުމުން އެދަޢުވާ
ސާބިތުކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާއި
ޤަރީނާތަކުގެ ތެރެއިން، މުޙައްމަދު ނަބީލް ތަޙްޤީޤަށް ބަޔާންދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންއާއި،
މުޙައްމަދު ނަބީލް ތަޙްޤީޤުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނާބެހޭ ގޮތުން މުޙައްމަދު ނަބީލުއާ
ކްރިމިނަލް ކޯޓުގެ ޝަރީޢަތުގައި ސުވާލު ކުރުމުން، މުޙައްމަދު ނަބީލް ތަޙްޤީޤަށް ބަޔާން ދިންކަމަށާއި،
ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާންޖެހިކަމަށާއި، އެބަޔާނުގެ ތިރީގައި އެވަނީ މުޙައްމަދު ނަބީލްގެ
ސޮއިކަމަށާއި، ބަޔާން ވަކިގޮތަކަށް ދިނުމަށް މުޙައްމަދު ނަބީލަށް މަޖުބޫރުކޮށްފައި ނުވާކަމަށާއި، ތަޙްޤީޤުގައި
ބަޔާންދީފައިވަނީ އަމިއްލަ އިޚްތިޔާރުގައިކަމަށް ޝަރީޢަތުގެ މަޖިލީހުގައި ސާފުކޮށް ބުނެފައިވީނަމަވެސް، އެ
ބަޔާނުގައި ސޮއިކުރީ މުޙައްމަދު ނަބީލް ބިރުގެންފައި ހުރި ވަރުން ބަޔާން ނުކިޔާކަމަށާއި، އެބަޔާނަށް
އިންކާރުކުރާކަމަށް މުޙައްމަދު ނަބީލް ބުނެފައިވާކަން އެނގެން އޮންނަކަމާއި؛
މުޙައްމަދު ނަބީލް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ތަޙްޤީޤު ބަޔާނާބެހޭ ގޮތުން ދައްކާފައިވާ
ވާހަކަތަކާއި، ތަޙްޤީޤުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނާއި، މުޙައްމަދު ނަބީލު ތަޙްޤީޤަށް
ބަޔާންދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންގއަށް ބަލާއިރު،
މުޙައްމަދު ނަބީލް ތަޙްޤީޤަށް ބަޔާން ދީފައިވަނީ އެއްވެސް މަޖުބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި
ކަމަށް މުޙައްމަދު ނަބީލް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، އަދި މުޙައްމަދު ނަބީލް
ތަޙްޤީޤު ބަޔާނުގައި ސޮއި ކުރީ މުޙައްމަދު ނަބީލް ބިރުގެންފައި ހުރި ވަރުން ބަޔާން ނުކިޔާ ކަމަށް
ބުނެފައިވާއިރު، މުޙައްމަދު ނަބީލް އެއްލި ކަޓަރު ފަރުހާދުގެ ބުރަކަށްޓަށް ހެރުނު ވާހަކަ މުޙައްމަދު ނަބީލް
ތަޙްޤީޤުގައި ކިޔައިދިން މަންޒަރު، މުޙައްމަދު ނަބީލް ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންގއިން
ފެންނަކަމާއި؛
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
30 ޤަޟިއްޔާ ނިމުނު
کر مرگ
2011/HC-A/49
.ގޮތުން މުޙައްމަދު ނަބީލްގެ ޖީބުގައި އޮތް ކަޓަރެއް ނަގައި ޢަބްދުﷲ ފަރުހާދާއި ދިމާއަށް
އެއްލިކަމަށާއި ޢަބްދުﷲ ފަރުހާދުގެ ބުރަކަށްޓަށް އެކަޓަރު ހެރުނުކަމަށާއި، ޢަބްދުﷲ ފަރުހާދު ތެޅިގަތުމުން
އެކަޓަރު ވެއްޓުނުކަމަށް މުޙައްމަދު ނަބީލް ބުނެފައިވާކަމާއި، މުޙައްމަދު ނަބީލް ޖީބުން ކަޓަރު ނެގިގޮތާއި ކަޓަރު
ހުޅުވާފައި ޢަބްދުﷲ ފަރުހާދުއާއި ދިމާއަށް އެއްލިގޮތާއި، އެކަޓަރުގޮސް ހެރުނު ގޮތާއި، ޢަބްދުﷲ ފަރުހާދަށް
ވީގޮތާއި، ކަޓަރަށް ވީގޮތް އަތުން ހަރަކާތް ދައްކަމުން މުޙައްމަދު ނަބީލް ކިޔައިދޭތަނާއި މުޙައްމަދު ނަބީލް
ބަޔާން ކިޔާތަނާއި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާތައް އިޝާރާތްކުރެވުނު ވީޑިއޯ ރެކޯޑިންގއިން ފެންނަން
އޮތުމުގެ އިތުރުން؛
މުޙައްމަދު ނަބީލް، ޢަބްދުﷲ ފަރުހާދުގެ ގައިގައި ތަޅައިގަތުމަށް ރާވައިގެން ބަޔަކު ގޮވައިގެން ގޮސް
މުޙައްމަދު ނަބީލްއާއި މުޙައްމަދު ނަބީލްއާއެކުގައި ދިޔަ މީހުން ޢަބްދުﷲ ފަރުހާދުގެ ގައިގައި ތަޅައި
އަނިޔާކުރަން ފެށުމުން ޢަބްދުﷲ ފަރުހާދު ދުއްވައިގަތުމުން މުޙައްމަދު ނަބީލްގެ ޖީބުގައި އޮތް ތިލައިގެ
ފުޅާމިނުގައި 11 އިންޗި އަދި ދިގުމިނުގައި 06 އިންޗި ހުންނަވަރުގެ ކަޓަރެއް ނަގައި ޢަބްދުﷲ ފަރުހާދުއާ
ދިމާއަށް އެއްލިކަމަށާއި، ޢަބްދުﷲ ފަރުހާދުގެ ބުރަކަށްޓަށް އެކަޓަރު ހެރުނު ކަމަށް މުޙައްމަދު ނަބީލް
ތަޙްޤީޤުގައި ބުނާތަނާއި ބަޔާން ވަރަށް ގިނައިރު ވަންދެން ކިޔާތަން ވީޑިއޯއިން ފެންނަކަމާއި؛
މުޙައްމަދު ނަބީލް ތަޙްޤީޤަށް ބަޔާންދިންއިރު، ޢަބްދުﷲ ފަރުހާދު މަރުވެފައިވާކަން މުޙައްމަދު ނަބީލަށް
އެނގިފައިވާކަމާއި، އެއްވެސް މަޖުބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި ބަޔާންދިންއިރު، އަމިއްލަ ނަފްސް
ކުށްވެރިކޮށް އެފަދަ ބަސްތަކެއް ހަޤީޤަތާ ޚިލާފަށް ބުނުމަކީ ސަލާމަތް ބުއްދި ޤަބޫލުކުރާ ކަމެއްކަމަށް ނުވުމުގެ
އިތުރަށް، މުޙައްމަދު ނަބީލް އަމިއްލަ ނަފްސް ކުށްވެރިކޮށް ތަޙްޤީޤުގައި އެފަދަ ވާހަކަތަކެއް ދައްކަންޖެހުނު
އެކަށީގެން މަޤްބޫލު ސަބަބެއް މުޙައްމަދު ނަބީލް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ހާމަކޮށްދީފައިވާކަން އެނގެން ނެތުމާއެކު، މުޙައްމަދު ނަބީލް އެއްވެސް މަޖުބޫރު ކަމެއްނެތި އަމިއްލަ
އިޚްތިޔާރުގައި ތަޙްޤީޤުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނާއި، މުޙައްމަދު ނަބީލް ތަޙްޤީޤަށް
ބަޔާންދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންގއަކީ، މިމައްސަލައިގައި ހެކިބަސްދިން ތިން ހެކިންގެ ހެކިބަހާއި
ގުޅިފައިވާ، އެހެކިންގެ ހެކިބަހަށް ބާރުދޭ ޤަރީނާއެއް ކަމަށްވާއިރު، އެއީ ދައުލަތުން މުޙައްމަދު ނަބީލްގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
31 ޤަޟިއްޔާ ނިމުނު'
މުނު ގޮތުގެ ޚުލާޞާ
2011/HC-A/49
މައްޗަށް ހުށަހަޅާފައިވާ ދަޢުވާ ސާބިތުކުރުމަށް ލިބިފައިވާ ހަރުދަނާ ޤަރީނާއެއްގެ ގޮތުގައި ޝަރީޢަތުން
ބެލުމުގައި ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަހެއް އޮތްކަމަކަށް ނުބެލެވެއެވެ.
(ކ) ދައުލަތުގެ ފަރާތުން މުޙައްމަދު ނަބީލުގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ
އިސްވެ ބަޔާންކުރެވުނު ހެކިންގެ އިތުރުން، ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ މުޙައްމަދު ނަބީލްގެ
ކޮއްކޮ އާމިނަތު ނިއުމާއާ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ކޮށްފައިވާ
ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ދައްކާފައިވާ ވާހަކަތަކަށް ޖުމްލަ ގޮތެއްގައި ބަލާއިރު، އާމިނަތު ނިޢުމާއާ
ތަޙްޤީޤުގައި ސުވާލު ކުރެވުނުއިރު އޭނާގެ ބައްޕަ އެތާގައި ޙާޟިރުވެ ނެތް ކަމަށާއި، ނަމަވެސް އެ ބަޔާނުގައި
ސޮއިކުރިއިރު އާމިނަތު ނިޢުމާގެ ބައްޕަ ޙާޟިރުވެ އިންކަމަށާއި، ބަޔާން ދިނީ ހާސްވެފައި ހުރެގެންކަމަށާއި،
ބަޔާނުގައި ވަނީ ދޮގު ވާހަކަތަކެއްކަމަށާއި އެހާދިސާއާ އާމިނަތު ނިޢުމާއާ އެއްވެސް ގުޅުމެއް ނެތްކަމަށާއި،
ހާދިސާ ހިނގި ތާގައި އާމިނަތު ނިޢުމާ ނުހުންނާނެކަމަށް އާމިނަތު ނިޢުމާގެ ބައްޕަގެ ޙާޒިރުގައި ކްރިމިނަލް
ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 2010 ޖޫން 02 ވަނަ ދުވަހު އާމިނަތު ނިޢުމާ ދީފައިވާ ބަޔާނުގައި
ބުނެފައިވާކަމާއި،
އާމިނަތު ނިޢުމާއަކީ 18 އަހަރު ފުރިފައިވާ ކުއްޖަކަށް ނުވާތީ އާމިނަތު ނިޢުމާ ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވިފައިވަނީ އާމިނަތު ނިޢުމާގެ ބައްޕަ ހ.ރީފްމާލެ އިބްރާހީމް
ރަޝީދުއާއެކުގައި ކަމާއި، އާމިނަތު ނިޢުމާ ޝަރީޢަތުގެ މަޖިލީހުގައި ދިން ހެކިބަހާ ގުޅިގެން އާމިނަތު ނިޢުމާގެ
ބައްޕައާ ސުވާލު ކުރުމުގެ ފުރުސަތެއް ދިނުމަށް ދައުލަތުން އެދުމާ ގުޅިގެން، އިބްރާހީމް ރަޝީދުއާ ދައުލަތުގެ
ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކޮށްފައިވާ ސުވާލުތަކުގެ ޖަވާބުގައި، އިބްރާހީމް ރަޝީދު
(މޯލްޑިވްސް ޕޮލިސް ސަރވިސްއަށް) ޙާޟިރުވުމުގެ ކުރިން އާމިނަތު ނިޢުމާއާ ސުވާލު ކުރިކަން އިބްރާހީމް
ރަޝީދަށް އެގިފައިވާ ކަމަށާއި، އިބްރާހީމް ރަޝީދުގެ ޙާޟިރުގައިވެސް ސުވާލުކުރި ކަމަށާއި، އާމިނަތު ނިޢުމާ
ބަޔާން ކިޔާފައި އޭގައި ސޮއިކުރުމުން އިބްރާހީމް ރަޝީދުވެސް އެބަޔާނުގައި ސޮއިކުރިކަމަށާއި، އިބްރާހީމް
ރަޝީދު ސޮއިކުރުމުގެ ކުރިން އެބަޔާން އިބްރާހީމް ރަޝީދު ބެލިކަމަށާއި، އެހެން ނަމަވެސް ރަނގަޅަށް
ނުކިޔާތީ އޭގައިވާ އެއްޗެއް ނޭނގޭ ކަމަށް އިބްރާހީމް ރަޝީދު ބުނެފައިވާކަމާއި؛
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
32 ޤަޟިއްޔާ ނިމުނު'
زمر
2011/HC-A/49
4 · ދ 9
0
އެހެންކަމުން
.....
44
08
އާމިނަތު ނިޢުމާ ތަޙްޤީޤަށް ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންގ ބެލިއިރު،
އާމިނަތު ނިޢުމާއާ ތަޙްޤީޤުގައި ސުވާލުކުރި ތަނާއި، އާމިނަތު ނިޢުމާ ބަޔާން ކިޔާތަނާއި، ސޮއިކުރި ތަނާއި،
އާމިނަތު ނިޢުމާގެ ބައްޕަ އިބްރާހީމް ރަޝީދު ބަޔާނުގެ ގަނޑަކަށްފަހު ގަނޑެއް ކިޔުމަށްފަހު ސޮއިކުރާތަން
އެވީޑިއޯއިން ފެންނަކަމާއި؛
އާމިނަތު ނިޢުމާ ތަޙްޤީޤުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނަށް ބެލިއިރު އެބަޔާނުގައި
ޢަބްދުﷲ ފަރުހާދު ވަށާލައިގެން ތިބި މީހުން ޢަބްދުﷲ ފަރުހާދުގެ ގަޔަށް އަރައިގަނެ ތަޅައި މާރާމާރީ
ހިންގަން ފެށުމުން ޢަބްދުﷲ ފަރުހާދު އެތަނުން ދުއްވައިގަތް ކަމަށާއި، ޢަބްދުﷲ ފަރުހާދު ދުއްވައިގަތީ ޕާކުގެ
އިރުން އޮންނަ މަގާ ދިމާލަށް ކަމަށާއި، ޢަބްދުﷲ ފަރުހާދު ދުއްވައިގަތުމުން، އާމިނަތު ނިޢުމާގެ ބޭބެ މުޙައްމަދު
ނަބީލް އާމިނަތު ނިޢުމާއާ ވަރަށް ކައިރީގައި (އަތް ދަމާލީމާ ޖެހޭހާ ހިސާބުގައި ހުރެފައި ބޭބެގެ ޖީބުން (ކޮން
ޖީބަކުން ކަމެއް ބުނެދޭކަށް ނޭނގޭ) ވަޅިއެއް ފާޑަށް އޮތް ތޫނު އެއްޗެއް (ގާތްގަނޑަކަށް ދިގުމިނުގައި 10
ވަރަކަށް އިންޗި ހުންނަވަރުގެ، ލަފާކުރެވޭ ގޮތުން ސިލްވަރކުލައިގެ ކަޓަރެއް) ނެގި ކަމަށާއި، އޭތި އޮތީ
(މުޙައްމަދު ނަބީލު) ގެ ކަނާތުގައި ކަމަށާއި، ބޭބެ އެ އެތި ނެގި ވަގުތު ބޭބެގެ އަތުގައި އޭނާ
ހިފަހައްޓަންވެގެން އުޅުމުން، ބޭބެ (މުޙައްމަދު ނަބީލް) އާމިނަތު ނިޢުމާއަށް ވުރެ ކުރިއަށް ޖެހިލާފައި،
ތް އެތި ޢަބްދުﷲ ފަރުހާދުއާއި ދިމާލަށް އެއްލި ކަމަށާއި، އާމިނަތު ނިޢުމާގެ
ހެރުނީ ޢަބްދުﷲ ފަރުހާދު ބުރަކަށީގެ ކަނާތް ފަރާތު ކޮނޑުހުޅާ ދިމާލަށް ކަމަށާއި، ޢަބްދުﷲ ފަރުހާދުގެ
ބުރަކަށްޓަށް އެއެތި ހެރުމުން ޢަބްދުﷲ ފަރުހާދުގެ ޓީޝާޓުގެ އެއްބައިގައި ލޭ ހުއްޓާ އާމިނަތު ނިޢުމާ ދުށް
ކަމަށާއި، އެއިރު ޢަބްދުﷲ ފަހުރާދު ހުރީ ޕާކުގެ އިރުން އޮންނަ މަގުގައި، ޕާކުކޮށްފައި އޮތް ވޭނެއްގެ
ކައިރީގައި ކަމަށާއި، ޢަބްދުﷲ ފަރުހާދުގެ ބުރަކަށްޓަށް އިސްވެދެންނެވުނު އެތި ހެރުމުން ޢަބްދުﷲ ފަރުހާދު
ދުވެފައި މަޖީދީމަގުން އިރަށް ދިޔަކަމަށާއި، އަދި ޢަބްދުﷲ ފަރުހާދުގެ ފަހަތުން އިސްވެދެންނެވުނު ޢަބްދު
ފަރުހާދު ވަށާލައިގެން ތިބި މީހުންތައް ދުއްވައިގަތް ކަމަށާއި، އަދި އެވަގުތު އާމިނަތު ނިޢުމާގެ ބޭބެ (މުޙައްމަދު
ނަބީލް، އެތާކައިރީގައި ހުރި މީހަކާއި ދިމާލަށް އަތުން އިޝާރާތުން އެތަނުގައި އޮތް ވޭނުގެ ދަށަށް
އިޝާރާތްކޮށް ކޮންމެވެސް އެއްޗެކޭ ބުނި ކަމަށާއި، ދެން އެމީހާ ވޭނުގެ ދަށް ބަލާފައި ވޭނުގެ ދަށުން
ކޮންމެވެސް އެއްޗެއް ހީވާގޮތުން ވަޅިއެއް) ނެގި ކަމަށާއި، އެއަށްފަހު އާމިނަތު ނިޢުމާގެ ބޭބެ (މުޙައްމަދު
4 22
5 0
22
22
އަތުلއ 64
އޮތް
އެއްލި އެތި ގޮސް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
33 ޤަޟިއްޔާ ނިމުނު'
2011/HC-A/49
ބަޔާނިށް
2 22 22
ނަބީލް) ވެސް ޢަބްދުﷲ ފަރުހާދުގެ ފަހަތުން މަޖީދީމަގުން އިރަށް ދުވެފައި ދިޔަ ކަމަށާއި، ދެން އާމިނަތު
ނިޢުމާވެސް މަޖީދީމަގުން އިރަށް ހިނގާފައި ދިޔައީ ކަމަށް ބުނެފައިވާކަން އެނގެން އޮންނައިރު،
ޢާންމު އުޞޫލެއްގެ ގޮތުން ޝަރީޢަތުން ރިޢާޔަތްކުރަންވާނީ ހެކިވެރިން ޝަރީޢަތުގައި ދޭ ހެކިބަހާއި
ދައްކާ ވާހަކަތަކުގެ މައްޗަށްކަމާއި، ތަޙްޤީޤުގައި ދީފައިވާ ބަޔާނުގައި ބުނެފައިވާ ވާހަކަތަކާ ޚިލާފުގޮތަކަށް
ޝަރީޢަތުގެ މަޖިލީހުގައި ހެކިވެރިއަކު ވާހަކަ ދައްކައިފިނަމަ ޝަރީޢަތުން ހެކި ބަހެއްގެ ގޮތުގައި ބެލޭނީ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ބަހަށް ކަމަށް ވުމާއެކު، އާމިނަތު ނިޢުމާ ތަޙްޤީޤުގައި ދީފައިވާ
އިންކާރު ކުރުމުން، އާމިނަތު ނިޢުމާ ތަޙްޤީޤުގައި ބުނެފައިވާ ބަސް ނުވަތަ ދައްކާފައިވާ ވާހަކަތައް ހެއްކެއްގެ
ގޮތުގައި ނުބެލެވޭނެކަމާއި
އާމިނަތު ނިޢުމާ ތަޙްޤީޤުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނުގައި ދައްކާފައިވާ
ވާހަކަތަކުގެ މައްޗަށް ޝަރީޢަތުން އިޙްތިބާރެއްދީ އެމައްޗަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކުރެވިދާނެތޯ
ބެލުމުގެ ގޮތުން، ޝަރީޢަތުން ނަޒަރުކުރާއިރުގެ
އާމިނަތު ނިޢުމާ ތަޙްޤީޤަށް ބަޔާން ދިނީ އޭނާގެ ބައްޕަ އިބްރާހީމް ރަޝީދުގެ ހާޟިރުގައިކަމާއި،
އާމިނަތު ނިޢުމާ ބަޔާން ކިޔައި ނިމުމުން، އާމިނަތު ނިޢުމާގެ ބައްޕަ އިބްރާހީމް ރަޝީދު ބަޔާނުގެ ގަނޑުތައް
ގަނޑަކަށްފަހު ގަނޑެއް ކިޔާކަމާއި، އާމިނަތު ނިޢުމާ ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖެހީ، އާމިނަތު
ނިޢުމާގެ ބައްޕަ ބަޔާން ކިޔައި ނިމުމުން ކަމާއި، އާމިނަތު ނިޢުމާ ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން
ޖެހުމުން، އާމިނަތު ނިޢުމާގެ ބައްޕަ އިބްރާހީމް ރަޝީދު ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން
ޖަހާފައިވާކަން އާމިނަތު ނިޢުމާ ތަޙްޤީޤަށް ބަޔާންދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންގ އަށް ބެލުމުން އެނގެން
އޮވެފައި، މިކަންކަން މިގޮތަށް ހިނގިކަން އާމިނަތު ނިޢުމާގެ ބައްޕަ އިބްރާހީމް ރަޝީދު ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި:
އާމިނަތު ނިޢުމާ ތަޙްޤީޤަށް ބަޔާންދިންއިރު ނަގާފައިވާ ވީޑިއޯގައި އާމިނަތު ނިޢުމާ ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު، އާމިނަތު ނިޢުމާ ބުނެފައިވަނީ ޢަބްދުﷲ ފަރުހާދު ދުއްވައިގަތުމުން ދޮންބެ (މުޙައްމަދު
ނަބީލް) ވަޅި (ކަޓަރު) ޖީބުން ނަގާފައި އެއްލަން އުޅެނިކޮށް އާމިނަތު ނިޢުމާ ދޮންބެ ހިފަހައްޓަން އުޅުނު
ކަމަށާއި، ނަމަވެސް ދޮންބެ ތަންކޮޅެއް ކުރިއަށް ޖެހިލާފައި ވަޅި އެއްލި ކަމަށާއި، (މުޙައްމަދު ނަބީލް އެއްލި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
34 ޤަޟިއްޔާ ނިމުނު'
މުނު ގޮތުގެ ޚުލާޞާ
2011/HC-A/49
24 2
0 0 /
ވަޅީގެ (ކަޓަރުގެ) ތިލަޔާއި މުއްގަނޑާއެކު ދިގުމިން ހުރިވަރު އަތުގެ އިޝާރާތުން އާމިނަތު ނިޢުމާ ދައްކާތަން
ވީޑިއޯއިން ފެންނަކަމާއި، އެވަޅި އޮތީ ދޮންބެގެ ކަނާއަތުގައި ކަމަށާއި، ދޮންބެ އެވަޅި އެއްލުމުން އެވަޅިގޮސް
ހެނީ ޢަބްދުﷲ ފަރުހާދުގެ ބުރަކަށްޓަށް ކަމަށް އާމިނަތު ނިޢުމާ ބުނާ މަންޒަރު ވީޑިއޯއިން ފެންނަކަމާއި، އަދި
އަތުން އިޝާރާތްކޮށް ވަޅިހެރުނީ ޢަބްދުﷲ ފަރުހާދުގެ ބުރަކަށީގެ ކަނާތް ފަރާތު ކޮނޑުހުޅާއި ދިމާލަށްކަމަށް
އާމިނަތު ނިޢުމާ ބުނާ މަންޒަރު ވީޑިއޯއިން ފެންނަކަމާއި:
މުޙައްމަދު ނަބީލް، ޢަބްދުﷲ ފަރުހާދާ ދިމާއަށް ކަޓަރު އެއްލުމުގެ ކުރިން އެހާދިސާގައި ކަންތައް
ހިނގައިދިޔަ ގޮތްކަމަށް އާމިނަތު ނިޢުމާ ތަޙްޤީޤުގައި ކިޔައިދިން ގޮތާއި، ހެކިބަސް ދިން ހެކިންގެ ހެކިބަހުގައި
ޖަވާހަރީ ނުވަތަ އުޞޫލީ އެއްވެސް ފުށުއެރުމެއް ނެތްކަމާއި،
ހާދިސާ ހިނގިތާ މާގިނައިރެއް ނުވަނީސް އާމިނަތު ނިޢުމާ ތަޙްޤީޤަށް ބަޔާންދީފައިވާ ކަމާއި، ޢަބްދު
ފަރުހާދު މަރުވެފައިވާކަން ބަޔާންދިންއިރު އާމިނަތު ނިޢުމާއަށް އެނގިފައިވާކަމާއި، އާމިނަތު ނިޢުމާ ދީފައިވާ
ބަޔާނުގައި އާމިނަތު ނިޢުމާގެ އެއްބަނޑު އެއްބަފާ ބޭބެ މުޙައްމަދު ނަބީލް، ޢަބްދުﷲ ފަރުހާދުގެ ގަޔަށް ކަޓަރު
ހެރިކަމަށް، ޙަޤީޤަތާއި ޚިލާފަށް އާމިނަތު ނިޢުމާ ބުނުމަކީ ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭ ކަމެއްކަމަށް
ނުވާއިރު، އާމިނަތު ނިޢުމާ ބަޔާންދިންއިރު އާމިނަތު ނިޢުމާ އާއި، މުޙައްމަދު ނަބީލްގެވެސް ބައްޕަ އިބްރާހީމް
ރަޝީދު އެތަނުގައި އާމިނަތު ނިޢުމާގެ އެވާހަކަ އަޑުއަހަން އިނދެ، ބަޔާން ރަނގަޅަށް ކިޔައި ބަޔާނުގައި
ސޮއިކުރިއިރު، އިބްރާހީމް ރަޝީދުގެ އުފަން ދަރިފުޅު މުޙައްމަދު ނަބީލް، ޢަބްދުﷲ ފަރުހާދުގެ ގަޔަށް ކަޓަރު
ހެރިކަމަށް އާމިނަތު ނިޢުމާ ނުބުނަނީސް، އެވާހަކަ ލިޔެފައި އޮތް ބަޔާނުގައި އިބްރާހީމް ރަޝީދު
ސޮއިކުރުމަކީވެސް ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭ ކަމެއް ކަމަށް ނުވުމުގެ އިތުރުން؛
އާމިނަތު ނިޢުމާ ތަޙްޤީޤުގައި ދައްކާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި އާމިނަތު ނިޢުމާ ބުނެފައިވާއިރު، އެފަދަ ދޮގު ވާހަކަތަކެއް އާމިނަތު ނިޢުމާގެ އެއްބަނޑު އެއްބަފާ
މުޙައްމަދު ނަބީލްއާ ބެހޭގޮތުން ތަޙްޤީޤުގައި، އާމިނަތު ނިޢުމާއާއި މުޙައްމަދު ނަބީލުގެ ބައްޕަގެ
ޙާޟިރުގައި ދައްކަންޖެހޭ ފަދަ އެކަށީގެން މަޤްބޫލު ސަބަބެއް އާމިނަތު ނިޢުމާގެ ފަރާތުން ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައި ނުވުމުން، އާމިނަތު ނިޢުމާ ތަޙްޤީޤުގައި ސޮއިކޮށް އިނގިލީގެ ނިޝާން
ޖަހާފައިވާ ބަޔާނާއި، އާމިނަތު ނިޢުމާ ތަޙްޤީޤަށް ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންއަކީ،
4 22
22
09
ބޮއީކައި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
35 ޤަޟިއްޔާ ނިމުނު'
2011/HC-A/49
މިމައްސަލައިގައި ހެކިބަސްދިން ތިން ހެކިންގެ ހެކިބަހާއި ގުޅިފައިވާ، އެހެކިންގެ ހެކިބަހަށް ބާރުދޭ
ތަކެއްޗަށްވާއިރު، އެއީ ދައުލަތުން މުޙައްމަދު ނަބީލްގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާ ސާބިތުކުރުމަށް ލިބިފައިވާ
ގޮތުގައި ޝަރީޢަތުން ބެލުމުގައި ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަހެއް އޮތްކަމަކަށް
404
ޤަރީނާއެއްގެ
4 2 4 2 2
"19/
40422
(އ) އިސްވެ އިޝާރާތްކުރެވުނު އެންމެހައި ހެކި ޤަރީނާތަކާއި އެހެކިތަކުން ޙާސިލުވާ ނަތީޖާއަށް
ބެލުމުން، ޢަބްދުﷲ ފަރުހާދުގެ ގައިގައި ތަޅައިގަތުމަށް މުޙައްމަދު ނަބީލް ރާވައިގެން ބަޔަކު ގޮވައިގެން ގޮސް
މުޙައްމަދު ނަބީލްއާއި މުޙައްމަދު ނަބީލްއާއެކުގައި ދިޔަ މީހުން ޢަބްދުﷲ ފަރުހާދުގެ ގައިގައި ތަޅައި
އަނިޔާކުރަން ފެށުމުން ޢަބްދުﷲ ފަރުހާދު ދުއްވައިގަތުމުން މުޙައްމަދު ނަބީލްގެ ޖީބުން ނެގި ތިލައިގެ
ފުޅާމިނުގައި 01 އިންޗި އަދި ދިގުމިނުގައި 06 އިންޗި ހުންނަވަރުގެ ކަޓަރެއް ޢަބްދުﷲ ފަރުހާދުއާ ދިމާއަށް
މުޙައްމަދު ނަބީލް އެއްލި ކަމާއި، ޢަބްދުﷲ ފަރުހާދުގެ ބުރަކަށްޓަށް ހެރިފައިވަނީ މުޙައްމަދު ނަބީލް އެއްލި
ކަޓަރުކަމާއި، ތޫނުއެއްޗެއް ހެދިފައި ހުރީ ޢަބްދުﷲ ފަރުހާދުގެ ބުރަކަށީގެ އެންމެ ތަނަކަށްކަމާއި، ޢަބްދު
ފަރުހާދުގެ ވާތްފަރާތު ބޮނބިފަޅީގެ ފަސްވަނަ މޭކަށްޓާއި ހަވަނަ މޭކަށްޓާއި ދެމެދު ތިން ސެންޓި މީޓަރުގެ
ޒަޚަމެއް ހުރިކަމާއި، ޒަޚަމް ހުރީ މަތިން ތިރިއަށް ކަތިކޮށް ފުންމިނުގައި ތިން ސެންޓިމީޓަރަށްވުރެ
،ކޮންކަމާއި، އެޙަމަލާގެ ސަބަބުން ޢަބްދުﷲ ފަރުހާދުގެ ފުއްޕާމެއަށް ލޭ ސަޕްލައިކުރާ ބޮޑެތި ލޭހޮޅިތައް
ބުރިވެ ފުއްޕާމޭގެ ތެރެއަށް ލޭ އެޅި ނޭވާ ނުލެވުމުގެ ސަބަބުން ޢަބްދުﷲ ފަރުހާދު މަރުވެފައިވާކަން،
ޝަރީޢަތަށް ސާބިތުވުމަށް ފުދޭ ހެކި ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާކަން އެނގޭކަމާއި؛
މުޙައްމަދު ނަބީލްގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލި ދަޢުވާއަކީ ޤަސްދުގައި މީހަކު މަގާ
މަރާލުމުގެ
ކުށުގެ ދަޢުވާކަމަށްވާއިރު، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ)
އަށް ރިޢާޔަތްކުރުމު
މަރުގެ ކުށަށް ކަނޑައަޅަންޖެހޭނީ އިސްލާމީ ޝަރީޢަތުގައި މަރުގެ ކުށަށް
ކަނޑައެޅިފައިވާ އަދަބުކަން އެނގޭކަމާއި؛
0x32 ހއ
2 ތތ 222
V/0ނ،
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
36 ޤަޟިއްޔާ ނިމުނު'
ހިމުނު ގޮތުގެ ޚުލާޞާ
2011/HC-A/49
އިސްލާމީ ޝަރީޢަތްކަމަށް ޤާނޫނުއަސާސީގައި ބުނެފައިވަނީ، ކީރިތި ޤުރުއާނާއި، ސުންނަތުގައިވާ
ޖިނާއީ، މަދަނީ، އަލްއަޙްވާލުއް ޝަޚްޞިއްޔާ އާއި، މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަޙްލުއްސުއްނަތި
ވަލްޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށްކަން ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) އިން
އެނގޭކަމާއި؛
ޝަރުޢީ އިޞްޠިލާޙުގައި لا هلا ނުވަތަ ގަސްތު މަރަކީ، ޢާންމުކޮށް މީހަކު މަރުވެދާފަދަ ހަތިޔާރަކުން
ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗަކުން މީހެއްގެ ހަށިގަނޑަށް ނުވަތަ ގުނަވަނަކަށް ޙަމަލާ
ދިނުމުގެ ސަބަބުން ނުވަތަ ކުޑަ ކައްޓެއްފަދަ ވަސީލަތެއް ބޭނުން ކޮށްގެން މީހެއްގެ މަރުވަޅަކަށް ޙަމަލާ
ދިނުމުގެ ސަބަބުން އެމީހާ މަރުވުން! ކަމާއި،
قلا هلا (ގަސްތު މަރު) ގައި 03 ރުކުނެއް ފުރިހަމަވުން އިސްލާމީ ޝަރީޢަތް ލާޒިމްކުރާކަމާއި،
އެއީ
(1) މަރާލެވުނު މީހާއަކީ، ދިރިހުރި އަދި ލޭ އޮހޮރުވުން މަނާކުރެވިފައިވާ މިލޭ ހުއްދަކުރެވިފައިވާ ނުވާ)
މީހެއްކަމުގައިވުމާއި؛
(2) އެމީހާ މަރުވީ ޤާތިލް ކުރި ޢަމަލުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވުމާއި،
(3) ޤާތިލް ކުޅަ ޢަމަލަކީ އެމީހާ މަރާލުމުގެ ނިޔަތުގައި ކުޅު ޢަމަލެއްކަމުގައިވުމާއި، މިތިން ރުކުން2
ކަމާއި؛
ބަލާއިރު، މުޙައްމަދު ނަބީލްގެ ޙަމަލާގެ ސަބަބުން މަރުވި ޢަބްދުﷲ ފަރުހާދަކީ މުޙައްމަދު
ނަބީލް އޭނާއަށް ޙަމަލާ ދިނުމާ ހަމައަށް ދިރި ދުނިޔޭގައި ހުރި އިންސާނެއްކަމާމެދަކު އެއްވެސް ޝައްކެތް
ނެތްކަމާއި، އަދި ޢަބްދުﷲ ފަރުހާދަކީ އެހާތަނަށް ލޭގެ ޙުރުމަތް ކެނޑިފައިވާ މީހަކަށްނުވާތީ، ޖޫل هلا
(ގަސްތު މަރު) ގައި ފުރިހަމަ ވާންޖެހޭ ފުރަތަމަ ރުކުން ފުރިހަމަވެފައިވާކަމާއި،
02x2
ہی گرمی
1 |لޤާ2 | هلل هلللله، للاÉÉهފ هلللا للاهل (221/6)
2 |لލޮهلا للاދ هللل• للللޕީ هللا للاهل (22416). للهلޓ للهلاللا هلهل ههللا للهلهلاهلللل. 1لللޕީ هللللهلފ ههلا ޤާ (12/2)
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް: WWW.highcourt.gov.mv
[email protected] emba
37 ޤަޟިއްޔާ ނިމުނު'
މުނު ގޮތުގެ ޚުލާޞާ
2011/HC-A/49
xec
426 207
(24
3|
އަދި ޢަބްދުﷲ ފަރުހާދު މަރުވެފައިވަނީ ފުއްޕާމެއަށް ލޭ ސަޕްލައިކުރާ ބޮޑެތި ލޭހޮޅިތައް ބުރިވެ
ތެރެއަށް ލޭ އެޅި ނޭވާ ނުލެވުމުގެ ސަބަބުންކަން އެނގެން އޮންނާތީ، ޢަބްދުﷲ ފަރުހާދު
މަރުވެފައިވަނީ މުޙައްމަދު ނަބީލް އޭނާގެ ބުރަކަށްޓަށް ތޫނުއެއްޗަކުން ޙަމަލާ ދިނުމުގެ ނަތީޖާއެއްގެ
ގޮތުންކަމާމެދަކު ޝައްކެތް ނެތްކަމާއި، އެހެންކަމުން تلا هلا (ގަސްތު މަރު) ގައި ފުރިހަމަވާންޖެހޭ ދެވަނަ
ރުކުންވެސް ފުރިހަމަވެފައިވާކަމާއި:
ލޮل هلا (ގަސްތު މަރު) ގައި ފުރިހަމަވާންޖެހޭ ތިންވަނަ ރުކުން ކަމުގައިވާ، ޤާތިލް ކުޅަ ޢަމަލަކީ
އެމީހާ މަރާލުމުގެ ނިޔަތުގައި ކުޅަ ޢަމަލެއްކަން ދެނެގަތުމަށް އިސްލާމީ ޝަރީޢަތުގައި އަދި ޖިނާއީ
ޤާނޫނުތަކުގައިވެސް ކަނޑައެޅިފައިވާގޮތަކީ އެމީހާ މަރާލުމަށް ބޭނުންކުރި ވަސީލަތާއި އެޢަމަލު ހިންގުމަށް ރޭވި
ރޭވުމާއި، ޙަމަލާ އަމާޒުކޮށްފައިވާ ތަނާއި، ޙަމަލާދީފައިވާ ގޮތަށް ބެލުން ކަމާއި؛
ގޮތުން ބަލާއިރު، މުޙައްމަދު ނަބީލް މުޅި ދަޢުވާއަށް އިންކާރުކޮށް، އެހާދިސާއާ ގުޅުމެއް އޮތްކަމާމެދު
ވެސް އިންކާރުކޮށްފައިވުމާއެކު، މުޙައްމަދު ނަބީލްގެ ނިޔަތާއި ބެހޭގޮތުން މުޙައްމަދު ނަބީލްގެ ފަރާތުން
ޝަރީޢަތުގެ މަޖިލީހުގައި އެއްވެސް ވާހަކައެއް ދައްކާފައިވާކަން އެނގެން ނެތްކަމާއި، ގަސްތު ނުވަތަ ނިޔަތަކީ
ފޮރުވިފައިވާ އެއްޗަކަށްވެފައި، ނިޔަތް ދެނެގަނެވޭނީ ބޭރުފުށުން ފެންނަ ކަންތައްތަކުން ކަމަށްވާއިރު، ޢަބްދު
ފަރުހާދަށް މުޙައްމަދު ނަބީލް ޙަމަލާ ދިނީ ރުޅިވެރިކަމެއް އޮވެގެން، ޙަމަލާދިނުމަށް ރާވައިގެންކަމާއި، ޢަބްދު
ފަރުހާދަށް މުޙައްމަދު ނަބީލް ޙަމަލާ ދިނީ މީހަކު މަރާލެވިދާފަދަ ތޫނު ހަތިޔާރަކުން ކަމާއި، އެހަތިޔާރަކީ
ކުށްކުރި މީހާގެ ނިޔަތުގެ ބޭރުފުށުގެ ސިފަކަމަށް ވުމާއެކު، އެޙާލަތުގައި އެހެން ގޮތަކަށް ސާބިތު ނުވާހާ
ހިނދަކު، މަރާލުމުގެ ގަސްތު އޮތްކަމަށް ބަލަން ޖެހޭތީ، ގަސްތު މަރުގައި ފުރިހަމަވާންޖެހޭ ތިންވަނަ ރުކުން
ފުރިހަމަ ވެފައިވާކަން އެނގެއެވެ.
3 للލޮلللދهވاللللا للللވޕފهللا ۈهل (6{259). للލޮل=e للهلاهلا هلهގ ههلللا لاللهلاهللل. |للهلهل هلا |لقللފ ~هلا ޤާ (2{79)
4للهللاޤ 91للل. z: 2 ، ސ: ()8
4
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް: WWW.highcourt.gov.mv
[email protected] emba
38 ޤަޟިއްޔާ ނިމުނު
2011/HC-A/49
(ވ) އިސްލާމީ ޝަރީޢަތުގެ ޢުޤޫބާތުގެ ފަލްސަފާއަށް ބަލާއިރު، އިސްލާމީ ޝަރީޢަތުގައި
ކަނޑައެޅިފައިވާ ޢުޤޫބާތްތަކަކީ، އިންސާނުންގެ ތަބީޢަތާ އެއްގޮތްވާގޮތުގެ މަތީން، އެތަބީޢަތް އެންމެ
ފުރިހަމައަށް އެނގިވޮޑިގެންވާ މާތް ރަސްކަލާނގެ ކަނޑައެޅުއްވި އެއްޗެއްކަމާއި، އިސްލާމީ ޝަރީޢަތުގައި
ބައެއްކަހަލަ ކުށްތަކަށް ބޮޑެތި އަދަބު ކަނޑައެޅުއްވުމުގެ ޙިކުމަތަކީ، އެކުށުގެ ނުރައްކާތެރިކަން ބޮޑުކަމުން،
މުޖުތަމަޢުގެ އަޚުލާޤު ފުނޑުފުޑުވެ ފަސާދައާއި ހަމަނުޖެހުން ފެތުރުން ހުއްޓުވުންކަން އެނގޭކަމާއި
އެގޮތުން، މާތްﷲ ހުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާނުލައި މެރުމާއި، ތޫނު ހަތިޔާރުން
މީހުންނަށް ބިރުދައްކާ ޙަމަލަދިނުން ފަދަ ބޮޑެތި ލާއިންސާނީ ޖަރީމާތަކަކީ އިސްލާމީ ޝަރީޢަތުގައި ޖިނާޔަތުގެ
އެންމެ މަތީ ދަރަޖައިގެ ކުށްތައްކަމާއި، ގަސްތުގައި މީހުން މެރުމަކީ މީސްތަކުންގެ މެދުގައި ޢަދާވަތްތެރިކަމާއި
ރުޅިވެރިކަމާއި ލޭއޮހޮރުވުން ފެތުރި، މުޖުތަމަޢުގައި ބިރުވެރިކަން ފެތުރިގެން ހިނގައިދާނެކަމެއްކަމާއި،
އެންމެ މީހަކު މެރުމަކީވެސް އެންމެހައި މީސްތަކުން މަރާލުމާ އެއްފަދަކަމެއްކަމަށާއި، އަދި އެނަފްސެއް
ނުމަރާ ދޫކޮށް
ދޫކޮށްލުމަކީ ނުވަތަ ބެހެއްޓުމަކީ އެންމެހައި މީސްތަކުން ދިރުވުމާ އެއްފަދަ ކަމެއްކަމަށް ކީރިތި
ޤުރުއާނުގައި ބަޔާންކުރައްވާ، މާތް ﷲ ވަޙީކުރައްވާފައިވަނީ 8 ޤާޤަه، ޤާސަ ﷲ ޝަފީ ﷲ ޤާ ޤަސަޣި ޤ 1ޓެ،
ޤަޘުޤާ ifلل ޝަޑފަނ:15
:
1ޑ ޤަ=&G :ގ لނޝަޑ 3 މާނައަކީ: "ނަފްސެއް މަރައިގެން،
ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް، ނަފްސެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން
މެރިފަދައެވެ. އަދި އެ ނަފްސެއް ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ
މީސްތަކުން ދިރުވިފަދައެވެ.] މިފަދައިންކަމާއި:
ކޮންމެ މީހަކަށްމެ ދިރިހުރުމުގެ ޙައްޤާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރި ކުރުމުގެ ޙައްޤު
ލިބިގެންވާކަމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު،
5ސޅ ފީޤާ 1لالل3
32
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
39 ޤަޟިއްޔާ ނިމުނު'
މުނު ގޮތުގެ ޚުލާޞާ
2011/HC-A/49
4 074
އފ
ޙައްޤުތަކާއި މިނިވަން ކަމަށް ހަމަ ކޮންމެ މީހަކުވެސް ރައްކާތެރިވެ އެޙައްޤުތަކާއި މިނިވަންކަމަށް
އިޙްތިރާމްކުރަން ޖެހޭނެކަމަށް ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި
ތޫނު ހަތިޔާރުން މީހުންނަށް ޙަމަލާ ދިނުމަކީ އިސްލާމީ ޝަރީޢަތުގައި މަނާ ކުރައްވާފައިވާ ކަމެއްކަން
ބަޔާންކުރައްވާ މާތް ނަބިއްޔާގެ އަރިހުން ﷲ ޤެގ ދަ ރިވާކުރެއްވި ކަމަށް ބުޚާރީގައި ވާރިދު ވެގެން
ޙަދީސެއްގައިވަނީ (ޖް للا هلޓާا هلللاނަ للا ޢިޑް) 6 މާނައަކީ ”އަހަރުމެންގެ މައްޗަށް ހަތިޔާރު އުފުލައިފި
މީހަކީ އަހަރުމެންގެ ތެރެއިންވާ މީހެއް ނޫނެވެ.” މިފަދައިން ކަމާއި، މިޙަދީސްގައި ހަތިޔާރު އުފުލުން ކަމަށް
ބަޔާންކުރައްވާފައި އެވަނީ މުސްލިމުންނަށް ޙަމަލާދިނުމަށާއި ބިރުދެއްކުމަށް ހަތިޔާރު އުފުލުން ކަމަށާއި، ޙިމާޔަތް
ދިނުމުގެ ގޮތުން ހަތިޔާރު އުފުލުން ނޫންކަމަށް ފަތްޙުލްބާރީ (ޞަޙީޙުލް ބުޚާރީގެ ޝަރަޙަ) ގައި
ބަޔާންވެގެންވާކަމާއި،7
އިސްލާމީ ޝަރީޢަތުގައި ގަސްތުގައި މީހަކު މެރުމުގެ ކުށުގެ އަދަބަކީ މަރުގެ އަދަބުކަމާއި އަދި
އާޚިރަތުގައި ވެސް އޭނާއަށް ބޮޑު ވެގެންވާ ޢަޛާބު ދެއްވާނެ ކަމަށް މާތްﷲ އަންގަވައި، އާޚިރަތުގައި އެމީހަކަށް
ހުރި ޢަޛާބު ބަޔާން ކުރައްވައި މާތްﷲ ވަޙީކުރައްވާފައިވަނީވެ ފަނ ޤަهللا ސޯއިބޯޅައިޤެޤަލަފުޤު ޤަޤަކެވެ
لا ޤަ4 ޤާ2 ޖަގައި ފަޅު ފަޅަޝާ ﷲ ނަޝާ ކަلا 84 މާނައަކީ ”އަދި، ގަސްތުގައި މުއުމިނަކު
މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކައެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، ﷲ،
އެމީހާގެ މައްޗަށް ކޯފާލައްވައި ލަޢުނަތްލެއްވިއެވެ. އަދި، ބޮޑުވެގެންވާ ޢަޛާބު އެމީހާއަށް ތައްޔާރު ކުރެއްވިއެވެ.“
މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާނުލައި މަރައިފި މީހެއްގެ މައްޗަށް ދުނިޔެމަތީގައި
ކަނޑައެޅިފައިވާ ޢުޤޫބާތަކީ ކޮބައިކަން ބަޔާންކުރައްވަމުން ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވަނީ: 1
يا الين امنوا گیت علیکم القصاه في ألن ا باكر والعبد بالعبد وانی با من في ه من أخيه شئ فيا
16للاގޓ لههل، هل c ههللا هلا ، ه 1 لل، 3874)، هله: للهلللهلا، ئاهފޤު، ސީ:4،هل:267
7 ތ هللللا ޓޓޓ لهلللا، لا ނާ”ފ 1لލههلا ގ، 1له: 15هللا ޘަޤާ، ޕީ
هل، z:12 #: 197"
& ههللا للاs
93
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
40 ޤަޟިއްޔާ ނިމުނު'
ހިމުނު ގޮތުގެ ޚުލާޞާ
2011/HC-A/49
2&s
ޤާދޫޑީ، ވަޘަޑޭޑް ސެޓާއި ޕެޝޯސަ ޤަﷲ ޤާއި، އި، ޤަޢުޝާ މަޑުޖަﷲ 5لﷲ ﷲ ތަޣަގ ޤާފީ4
5 މާނައަކީ: "
އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞްހިފުން ތިޔަބައިމީހުންގެ މައްޗަށް
ފަރުޟުކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅަކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ،
އެމީހާގެ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞްގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ
ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުއްޓެވެ. އަދި އިޙްސާންތެރިކަމާއެކު މާފުކުރި
ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުއްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން
(ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަޙްމަތެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ ޢަދާވާތްތެރިވެއްޖެ މީހާ
(ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ. މިފަދައިންކަމާއި؛
ޤުރުއާނުގެ އެހެން އާޔަތެއްގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ 3 ވަلA ﷲ ، ޓާ
އަދި ކީރިތި
ޤަޤާޤީ cjj هل ޤަޛު 104 މާނައަކީ: ”އަދި ޤިޞާޞްހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު)
ދިރުމެއްވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.“
މިފަދައިންކަމާއި؛
އަދި އަނިޔާވެރިގޮތުގައި މަރާލެވިފައިވާ މީހާގެ ވާރުތަވެރިންނަށް ބާރުވެރިކަމެއް ދެއްވާފައިވާކަން
ބަޔާންކުރައްވާ ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވަނީ، { ފަލޯ ޤަޤްބޫލު ޤ ވާ ޤާ ޤާ 3 ވަރު،
l
ޖެ އަلޤަޖާޛު ه، لل ޤާ ޣައް ޤަޤު ޤަޝަލޤީ 114 މާނައަކީ: ”އަދި ތިޔަބައިމީހުން
މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާވެރިގޮތުގައި
މަރާލެވޭ މީހާގެ ވަލީވެރިޔާއަށް، ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ބާރުވެރިކަމެއް ދެއްވީމެވެ. ފަހެ،
9 هلލ ޘާ |للޘުޤާ ގެ 178 ވަނަ އާޔަތް
10 هلލ ޘާ |لهފޤާ ގެ 179 ވަނަ އާޔަތް
11 ههޕީ31 هފޓް ގެ 33 ވަނަ އާޔަތް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
41 ޤަޟިއްޔާ ނިމުނު
2011/HC-A/49
04
0
00
2 ދު، 4
އެހެންކަމަށްވުމާއެކު،
9e
ޤަތުލުކުރުމުގައި އޭނާ އިސްރާފު ނުކުރާ ހުށިކަމެވެ. ހަމަކަށަވަރުން އެ ވަލީވެރިޔަކީ، ނަޞްރު ލިބިގެންވާ
މީހެއް ކަމުގައިވިއެވެ.] މިފަދައިންކަމާއި؛
މި އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބާރުވެރިކަމަކީ، ޤާތިލުގެ ކިބައިން ޤިޞާޞްހިފުމާއި، ނުވަތަ
ޤާތިލުގެ ކިބައިން ދިޔަ އަތުލުމަށް ފަހު ޞުލްޙަވެރިވުމާއި، ނުވަތަ ޤާތިލަށް ޢަފޫކުރުމުގެ ބާރު މަރާލެވުނު
މީހާގެ ވާރުތަވެރިންނަށް ލިބިދީފައިވުންކަމާއި؛
ބުނެވިދިޔަ ގޮތްތަކުގެ ތެރެއިން ވާރިޘުން އެދޭގޮތަކަށް މަރާލި މީހާއާމެދު
ޢަމަލުކުރަންޖެހޭނެތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2009
)
585
/
Cr
-
C/2447) ޤަޟިއްޔާގައި
ޢަބްދުﷲ ފަރުހާދުގެ ވާރިޘުންނަކީ ކޮބައިކަން ދެ ހެކިންގެ ހެކިބަހުން ސާބިތު ކުރެވިފައިވާ ކަމާއި، އެގޮތުން
ޢަބްދުﷲ ފަރުހާދު މަރާލިއިރު ވާރުތަވެރިންނަށް އޭނާގެ ބައްޕަ ސ.ހުޅުދޫ/ ލިލީމާގެ މުޙައްމަދު ފާސިރުއާއި
ޢަބްދުﷲ ފަރުހާދުގެ މަންމަ ސ.ހުޅުދޫ! އަބްލަޑީގެ މަރީނާކަމާއި، ޢަބްދުﷲ ފަރުހާދު މަރާލިފަހުން، ޢަބްދު
ފަރުހާދުގެ ބައްޕަ މުޙައްމަދު ފާކިރު މަރުވެފައިވާކަމާއި، މުޙައްމަދު ފާކިރު މަރުވުމުގެ ކުރިން މިމައްސަލައާ
ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ދަޢުވާލިބޭ މީހުންގެ މައްޗަށް ކުށް
ސާބިތުވެގެން މަރަށް މަރު (ޤިޞާޞް) ހިފަންޖެހޭ ޙާލަތު އަތުވެއްޖެ ނަމަ ބޭނުންވަނީ މަރަށް މަރު ހިފަށް
ކަމަށާއި، މަރުގެ ދިޔަ ނަގަން ޖެހޭ ޙާލަތެއް އަޔަސް މަރުގެ ދިޔަ ނަގަން ބޭނުން ނުވާ ކަމަށް ބުނެފައިވާކަން
އެނގެން އޮތުމުގެ އިތުރުން، މުޙައްމަދު ފާކިރު ނިޔާވުމުން މުޙައްމަދު ފާކިރުގެ ޙައްޤު (ޢަބްދުﷲ ފަރުހާދު
ނުލައި) މުޙައްމަދު ފާކިރުގެ ތިބި ތިން ދަރިން ކަމުގައިވާ ސ.ހުޅުދޫ ލިލީމާ، ފިލްޒާ ފާސިރުއާއި، ފުރޫޝާ
ފާސިރުއާއި، އިބްރާހިމް މުސާޢިދުއަށް ލިބިދެވޭނެ ކަމާއި، އެގޮތުން ޢަބްދުﷲ ފަރުހާދުގެ ވާރުތަވެރިންނަށް ތިބީ
މަރީނާއާއި ފިލްޒާ ފާސިރުއާއި ޕުރޫޝާ ޕާކިރުއާއި އިބްރާހިމް މުސާޢިދާއި މިހަތަރު މީހުންކަމާއި، ޢަބްދު
ފަރުހާދުގެ ވާރިސުންކުރެ ހަމަ ހުރިހާ އެންމެންވެސް ބޭނުންވަނީ މަރަށް މަރު (ޤިޞާޞް) ހިފަންޖެހޭ ޙާލަތު
އަތުވެއްޖެ ނަމަ މަރަށް މަރު (ޤިޞާޞް) ހިފުން ކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
42 ޤަޟިއްޔާ ނިމުނު
2011/HC-A/49
އޭނާއާ އެކު
ވީމާ، މަތީގައި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ކަންތައްތަކަށް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، މުޙައްމަދު ނަބީލްގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު
2010/JC
/
2009
)
585
/
Cr
-
C/2447) ޤަޟިއްޔާގައި ދައުލަތުން ކުޅަ ގަސްތުގައި މީހަކު މަރާލުމުގެ
ކުށުގެ ދަޢުވާ ބައްލަވައި، ޢަބްދުﷲ ފަރުހާދުގެ ގައިގައި މުޙައްމަދު ނަބީލްއާއި އޭނާއާ އެކު ތިބި މީހުން ތަޅައި
އަނިޔާ ކުރަން ފެށުމުން ޢަބްދުﷲ ފަރުހާދު ދުއްވައިގަތުމުން ޢަބްދުﷲ ފަރުހާދުގެ ފަހަތުން މުޙައްމަދު
ނަބީލްއާއި ތިބި މީހުން ދުވަމުން ގޮސް މުޙައްމަދު ނަބީލްގެ ޖީބުން ނެގި ތިލައިގެ ފުޅާމިނުގައި
1 އިންޗި އަދި ދިގުމިނުގައި 06 އިންޗި ހުންނަވަރުގެ ކަޓަރެއް ޢަބްދުﷲ ފަރުހާދުއާ ދިމާއަށް މުޙައްމަދު
ނަބީލް އެއްލައި، އެކަޓަރު ޢަބްދުﷲ ފަރުހާދުގެ ގަޔަށް ހަރާލާފައިވާކަމާއި، ޢަބްދުﷲ ފަރުހާދު މަރުވެފައިވަނީ
ބުރަކަށްޓަށް ތޫނުއެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން ޢަބްދުﷲ ފަރުހާދުގެ ފުއްޕާމެއަށް ލޭ ސަޕްލައިކުރާ ބޮޑެތި
ލޭހޮޅިތައް ބުރިވެ، ފުއްޕާމޭ ތެރެއަށް ލޭ އެޅިގެން ނޭވާ ނުލެވިގެންކަމާއި، ޢަބްދުﷲ ފަރުހާދު މަރުވީ މުޙައްމަދު
ނަބީލް ކަޓަރުން ދިން ހަމަލާގެ ސަބަބުންކަން ޝަރީޢަތަށް ސާބިތުވާތީ، ގަސްތުގައި މީހަކު މަރާލުމުގެ ކުށުން
މުޙައްމަދު ނަބީލް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅުއްވައި، ޢަބްދުﷲ ފަރުހާދުގެ ވާރުތަވެރިން ބޭނުންވަނީ މަރަށް
މަރު ހިފުންކަމަށްވާތީ، އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތީން މުޙައްމަދު ނަބީލަށް ދޭންޖެހޭ އަދަބަކީ މަރުގެ
އަދަބު ކަމަށްވުމުން، މުޙައްމަދު ނަބީލް މެރުމަށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާއި އެއްގޮތްވާގޮތުގެމަތިން ކުރައްވާފައިވާ ޙުކުމެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާބެލި
ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށް އެއްވެސްޚިލާފެއްނެތި އިއްތިފާޤު ވެވިފައިވެއެވެ.
ޙުކުމް:
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ގ.ރީފް/މާލެ، މުޙައްމަދު
ނަބީލްގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2009
)
585
/
Cr
-
C/2447) ޤަޟިއްޔާގައި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
43 ޤަޟިއްޔާ ނިމުނު'
ފިމުނު ގޮތުގެ ޚުލާޞާ
2011/HC-A/49
ދައުލަތުން ކުޅަ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ބައްލަވައި، ޢަބްދުﷲ ފަރުހާދުގެ ގައިގައި
މުޙައްމަދު ނަބީލްއާއި މުޙައްމަދު ނަބީލްއާއެކު ތިބި މީހުން ތަޅައި، އަނިޔާކުރަން ފެށުމުން ޢަބްދުﷲ ފަރުހާދު
ދުއްވައިގަތުމުން، ޢަބްދުﷲ ފަރުހާދުގެ ފަހަތުން މުޙައްމަދު ނަބީލްއާއި މުޙައްމަދު ނަބީލްއާއެކު ތިބި މީހުން
ދުވަމުން ގޮސް، މުޙައްމަދު ނަބީލްގެ ޖީބުން ނެގި ތިލައިގެ ފުޅާމިނުގައި 1 އިންޗި އަދި ދިގުމިނުގައި 06
އިންޗި ހުންނަވަރުގެ ކަޓަރެއް ޢަބްދުﷲ ފަރުހާދުއާ ދިމާއަށް މުޙައްމަދު ނަބީލް އެއްލައި، އެކަޓަރު ޢަބްދު
ފަރުހާދުގެ ގަޔަށް ހަރާލާފައިވާކަމާއި، ޢަބްދުﷲ ފަރުހާދު މަރުވެފައިވަނީ ބުރަކަށްޓަށް ނުއެއްޗަކުން
ޙަމަލާދިނުމުގެ ސަބަބުން ޢަބްދުﷲ ފަރުހާދުގެ ފުއްޕާމެއަށް ލޭ ސަޕްލައިކުރާ ބޮޑެތި ލޭހޮޅިތައް ބުރިވެ، ފުއްޕާމޭ
ތެރެއަށް ލޭ އެޅި، ނޭވާ ނުލެވިގެންކަމާއި، ޢަބްދުﷲ ފަރުހާދު މަރުވީ މުޙައްމަދު ނަބީލް ކަޓަރުން ދިން ޙަމަލާގެ
ސަބަބުންކަން ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއިން ޝަރީޢަތަށް ސާބިތުވާތީ، ގަސްތުގައި މީހަކު މަރާލުމުގެ
ކުށުން މުޙައްމަދު ނަބީލް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅުއްވައި، ޢަބްދުﷲ ފަރުހާދުގެ ވާރުތަވެރިން ބޭނުންވަނީ
މަރަށް މަރު ހިފުންކަމަށްވާތީ، އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތީން މުޙައްމަދު ނަބީލަށް ދޭންޖެހޭ އަދަބަކީ
މަރުގެ އަދަބު ކަމަށްވުމުން، މުޙައްމަދު ނަބީލް މެރުމަށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ކުރައްވާފައިވާ ޙުކުމެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި
މިޤަޟިއްޔާބެލި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށް އެއްވެސް ޚިލާފެއްނެތި އިއްތިފާޤު
ވެވިފައިވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2009
)
585
/
Cr
-
C/2447) ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލުގެނެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
2 2x 22 22
ދިވެހި4
$i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
44 ޤަޟިއްޔާ ނިމުނު
ހިމުނު ގޮތުގެ ޚުލާޞާ
2011/HC-A/49
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv