ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/223 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/223
سامنا مریم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
-/
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 223/HC
-
A/2008
• ދަޢުވާކުރާ ފަރާތް:
• ނަން: އަހްމަދު އިބްރާހީމް
އައި.ޑީ.ކާޑް ނަންބަރ: A010301
އެޑްރެސް: ޏ. ފުވައްމުލަކު ބްލޫވިލާ
މިހާރުގެ
އެޑްރެސް: ޏ. ފުވައްމުލަކު
320
ދަޢުވާލިބުނު ފަރާތް:
• ނަން: އިބްރާހީމް ތައްޚާ
އައި.ޑީ.ކާޑް ނަންބަރ: A004944
ދާއިމީ އެޑްރެސް: ޏ. ފުވައްމުލަކު ކާސިންޖީގެ
މިހާރުގެ އެޑްރެސް: ޏ. ފުވައްމުލަކު ކާސިންޖީގެ
• ހުށަހެޅުނު ތާރީޚް: 4 ޝަޢުބާން 1429
5 އޮގަސްޓް 2008
، ނިމުނު ތާރީޚް: 25 ރަބީޢުލްއައްވަލް 1431
11 މާރޗް
2010
އިސްތި ކުރެވުނު ޤާޟިއްޔާ ނަންބަރު: 1
/
2008-RIC/171
ނިންމެވިކޯޓް: ޏ. ފުވައްމުލަކު ކޯޓު
ޤަޟިއްޔާގެ ބާވަތް: ހިބައިން ދިނުން
ހުށަހެޅުނުތާރީޚް: 16.04.2008
ނިމުނު ތާރީޚް: 15.05.2008
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/223
ޚުލާޞާ
މިއީ ފުވައްމުލަކު ކޯޓުގެ ނަންބަރު 1
/
2008-RIC/171 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ޏ. ފުވައްމުލަކު ބްލޫވިލާ އަޙްމަދު އިބްރާހީމްގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ.
އަޙްމަދު އިބްރާހީމް ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ޏ. ފުވައްމުލަކު
ކާސިންޖީގެ އިބްރާހީމް ތައްޚާނު އެވެ.
444..
ފުވައްމުލައިކު ކޯޓުގެ ނަނަބްރު 12008-RIC/171 ޤަޟިއްޔާ ނިމުނުގޮތުގެ
އިސްތިއުނާފު ކުރުމަށް އަޙްމަދު އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި
ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކައަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، އަޙްމަދު ތައްޚާނު، އޭނާގެ ފ. ދަރި މުޙައްމަދު އިބްރާހީމަށް
އިބްރާހީމް ތައްޚާނުގެ ގެ ކާސިންޖީގެ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ 1/2
ހިބަކޮށްފައިވަނީ އިބްރާހީމް ތައްޚާނުގެ ބުއްދި ސަލާމަތުން ނެތިކަމަށް އަޙްމަދު އިބްރާހީމް ބުނާ
ވާހަކައިގެ އެއްވެސް ދަލީލެއް ދެއްކިފައިނުވާކަމާއި އަޙްމަދު އިބްރާހީމްގެ އެވާހަކަ ސާބިތުކުރެވޭނެ
ޝަރުޢީ އެއްވެސް ހެއްކެތް ނެތްކަން،
0
(ށ) އަޙްމަދު އިބްރާހީމްގެ އިސްތިއުނާފް ނުކުތާތަކުގައި ވާރިސުން އިންކާރުކޮށްކޮށްތިއްބާ
އަދި ވާރިސުންނަށް ހަމަހަމަޔަށް ދިނުމަށްއެދިއެދިތިއްބާ އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ
ނިންމަވާފައިވާކަމަށްބުނާ ވާހަކައަކީ ޤާނޫނީ ވާހަކައެއްނޫންކަމާއި، އިބްރާހީމް ތައްޚާނު ދިރިދުނިޔޭގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/223
ހުރިއިރު އޭނާގެ ވާރިސުންތިބިކަމަށް ނުބުނެވޭނެކަމާއި، އެހިބަދިނުމާއިމެދު ހަމައެކަނި އިންކާރުކުރި
ފަރާތަކީ އަހްމަދު އިބްރާހީމްކަމާއި އަހްމަދު އިބްރާހީމް އިންކާރުކުރިއަސް އަހްމަދު އިބްރާހީމްގެ
ގޯތިގެދޮރުގެ ތަނަވަސްކަން ހުރިކަން އެނގެން އޮތުމުން ހިބަ ހިންގުމުގައި ޤަނޫނީ ގޮތުން އެއްވެސް
ހުރަހެއް ނެތްކަމާއި އަޙްމަދު އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓެ ޝަރީޢަތުގެ
މަޖިލީހުގައިވެސް މި ހިބަ ދިނުމާއިމެދު ޤާނޫނީގޮތުން
މައްސަލައެއް
ނެތްކަމަށްބުނެފައިވުމުން އުސްތިއުނާފު ކުރުމަށް އަޙްމަދު އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ
އެއްވެސް ނުކުތާއެއްގައި ޤަނޫނީ އަސާސެއް ނެތްކަން އެނގެން އޮންނަކަން.
އެއްވެސް
04
05
ހުކުމް:
ޏ. ފުވައްމުލަކު ކޯޓުގެ ނަންބަރު 1
/
2008-RIC/171 ޤަޟިއްޔާ އެކޯޓުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބަލާނެތަނެއް
ނެތްކަމަށްޓަކައި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށްފީމެވެ.
, ޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ
Amfi
(
އަޙްމަޛު ޝަރީފު ޢަލީ
ޢަބްދުލްޣަނީ މުޙައްމަދު
އަމީދު
ފަނޑިޔާރު
ފަނޑިޔާރު
އިސްފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv