ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/287 ޤަޟިއްޔާގެ ޙުކުމް
އާއި
1
2009/HC-A/287
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
[
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 287/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުﷲ ޙުސައިން
އައިޑީ ކާޑު ނަންބަރ: A053998
އޒް. ޢަބްދުﷲ އަޙްމަދު
* ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 1779
* މިހާރުގެ އެޑްރެސް: ގ. އިޚްލި| މާލެ
ވަކީލުޑް
* ނަން: ބޭންކް
އިސްތިއުނާފު ރައްދުވި ފަރާތް:
އޮފް މޯލްޑިވްސް ޕލކ. ދާއިމީ އެޑްރެސް: 11 ބޮޑުތަކުރުފާނު މަގު/ ކ. މާލެ
ރެޖިސްޓްރީ ނަންބަރ: 22
/
1982-C މިހާރުގެ އެޑްރެސް:11 ބޮޑުތަކުރުފާނު މަގު/ ކ. މާލެ
ވަކީލު: އގ. އަޙްމަދު މުރާދު، އޖ. މަޒުވާން ރަޝީދު
ހުށަހެޅުނު ތާރީޚް: 24 ސެޕްޓެމްބަރ 2009 * ނިމުނު ތާރީޚް: 26 އޭޕްރީލް 2012
• މައްސަލައިގެ ބާވަތް: ފައިސާ ހޯދުން (ޙުކުމް ތަންފީޒު ކުރުން)
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އާއި
2
2009/HC-A/287
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1148 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ދަފްތަރު ނަންބަރު 1779 ޢަބްދުﷲ ޙުސައިންގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
ޢަބްދުﷲ ޙުސައިންކުރި މި އިސްތިއުނާޕީ ދަޢުވާ ރައްދުވާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސް
ޕީލިކޭ.އެވެ.
yއ.
ފާހަގަކުރެވުނު ނުކުތާތައް:
01- މަދަނީކޯޓުގެ
ނަންބަރު 2009/MC/1148 ޤަޟިއްޔާ
އަކީ، އެކޯޓުގެ ނަންބަރު
2006/MC/1006 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ޢަމަލުކޮށްފައިނުވާތީ، އެޙުކުމް ތަންފީޒުކުރުމަށް އެދި ބޭންކް
އޮފް މޯލްޑިވްސް ޕލކ. އިން ދާންދޫ ކަރަންކާގެ ޢަބްދުﷲ ޙުސައިންގެ މައްޗަށް ދަޢުވާކުރުމުން
ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި؛
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، 10 އޯގަސްޓް 2009 ގެ ނިޔަލަށް ޢަބްދުﷲ ޙުސައިންގެ
ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް 150,700
/
56ރ. (އެއްލައްކަ ފަންސާސްހާސް ހަތްސަތޭކަރުފިޔާ
ފަންސާސް ހަލާރި) ދައްކަންޖެހި ނުދައްކާވާކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، މަދަނީކޯޓުގެ
ނަންބަރު 2006/MC/1006 ޤަޟިއްޔާގައި ދައްކަންޖެހޭ ކަމުގައި ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން ޢަބްދު
ޙުސައިންގެ ފަރާތުން ދައްކަންޖެހި ނުދައްކާވާ ފައިސާއަކީ ޢަބްދުﷲ ޙުސައިންގެ ފަރާތުން ދައްކަންޖެހޭ ފައިސާ
ކަމުގައި ކަނޑައަޅުއްވައި،
ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާއިދުގެ 02 ވަނަ
މާއްދާގެ (ނ) ގެ ދަށުން ޢަބްދުﷲ ޙުސައިން 11 އޯގަސްޓް 2009 ދުވަހުން ފެށިގެން 02 (ދޭއް) މަސް
ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި، މަދަނީކޯޓުގެ ނަންބަރު 2006/MC/1006 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް
ޢަމަލުކުރުމަށް ޢަބްދުﷲ ޙުސައިނަށް އަންގަވައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެނގެންއޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2009}HC-A/287
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން މަދަނީ ކޯޓުގެ ނަންބަރު 2009/MC/1148 ޤަޟިއްޔާގައި
ޙުކުމް
ރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް
ކަމަށްބުނެ، ޢަބްދުﷲ ޙުސައިންގެ ފަރާތުން އިސްތިއުނާފު ކުރުމަށް ތިން ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
03- މަދަނީ ކޯޓުގެ ނަންބަރު 2009/MC/1148 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަބްދުﷲ ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ
ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ބޭންކް އޮފް މޯލްޑިވްސް މކ. އިން 21 މެއި 2001 ގައި ޢަބްދުﷲ ޙުސައިނަށް ދޫކޮށްފައިވާ
-/
175,000ރ. (އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) ގެ ޑިމާންޑް ލޯނުގެ ފައިސާ އެއްބަސްވެފައިވާ ގޮތަށް
ދެއްކިފައިނުވާކަން ޢަބްދުﷲ ޙުސައިންގެ ބަހުން ޝަރީޢަތަށް ސާބިތުވާތީ، 2004 ފެބުރުއަރީ 24 ވަނަ ދުވަހުން
ފެށިގެން މަސް ހަމަކޮށް ކޮންމެ މަހަކު އެމަހަކަށް ޖެހޭވަރު ދައްކަމުންގޮސް 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި
ލޯނުގެ ފައިސާ އާއި ސާރވިސް ޗާރޖާއި ޖޫރިމަނާގެ ފައިސާ އެކުގައި ދައްކާ ލޯނު ޚަލާޞްކުރުމަށާއި، އެގޮތުގެ
މަތީން ފައިސާ ދެއްކެން ނެތްނަމަ ދެފަރާތުގެ މެދުގައި ވެވިފައިވާ އެގްރީމެންޓްގެ ދަށުން ބޭންކުގައި
ރަހުނުކުރެވިފައިވާ ”ރަހުމަތު“ އެމުއްދަތުގަ ބޭންކާއި ޙަވާލުކުރުމަށް ޢަބްދުﷲ ޙުސައިނަށް އަންގަވައި،
މަދަނީކޯޓުގެ ނަންބަރު 2003/MC/1117 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން އެނގެން އޮވެއެވެ.
cod
32
2 ހއ
ކރކޮށް
(ނ) މަދަނީކޯޓުގެ ނަންބަރު 2003/MC/1117 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރު އެދި ފުރަތަމަ
ފަހަރަށް ބޭންކް އޮފް މޯލްޑިވްސް ޕލކ.ގެ ފަރާތުން ހުށަހެޅުމުން، ޢަބްދުﷲ ޙުސައިނަށް ދޫކޮށްފައިވާ ޑިމާންޑް
ލޯނަށް ރަހުނު ކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު P-03-2479-5 [ރަހުމަތު“ މަސްދޯނި ވިއްކައިގެން ނަމަވެސް
އެހިރާއްa
ހައި%
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2009/HC-A/287
2 ކމ އ ހވ
އަކއނށް
ލޯނުގެ ފައިސާ ބޭންކަށް ލިބިދިނުމަށްޓަކައި، އެ ދޯނި ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް
ދެއްވާ މަދަނީ ކޯޓުގެ 2004/MC/749 ޤަޟިއްޔާއިން ޙުކުމް ކުރައްވާފައިވާކަން އެނގެން އޮތްއިރުގެ
މަދަނީކޯޓުގެ ނަންބަރު 2003/MC/1117 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް މަދަނީކޯޓުގެ
ނަންބަރު 2006/MC/1006 ޤަޟިއްޔާގެ ދަށުން ބޭންކް އޮފް މޯލްޑިވްސް ޕލކ.ގެ ފަރާތުން ހުށަހެޅި ދެވަނަ
ފަހަރުގައި، ޢަބްދުﷲ ޙުސައިނަށް ދޫކުރި ލޯނަށް ރަހުނު ކުރެވިފައިވާ ”ރަހުމަތު، ދޯނި ވިއްކާލުމަށް 2005
ސެޕްޓެމްބަރ 05 ގައި މަދަނީކޯޓުގެ ނަންބަރު 2004/MC/749 ޤަޟިއްޔާއިން ބޭންކް އޮފް މޯލްޑިވްސް ޕލކ
އަށް ހުއްދަދެއްވުމާއި ގުޅިގެން، އެދޯނި ވިއްކާލުމަށް ބޭންކުން މަސައްކަތްކޮށްގެންވެސް
ވެސް އެދޯނި ވިއްކާލެވޭގޮތް
ވެފައިނުވާތީ، އެދޯނީގެ މައްޗަށް އޮތް ރަހުނު ބޭންކުން ދޫކޮށްލައި 2005 ސެޕްޓެމްބަރު 15 އިން ފެށިގެން ލޯން
އިންޓްރެސްޓް ޗާޖުކުރުން ހުއްޓާލުމަށްފަހު، ލޯނު އެކައުންޓުގެ ބެލެންސްގައި އޭރުއޮތް މިންވަރު
ލިބިދިނުމަށް ބޭންކުގެ ފަރާތުން އެދިފައިވާކަމާއި؛
މަދަނީކޯޓުގެ ނަންބަރު 2006/MC/1006 ޤަޟިއްޔާ ނިންމަވާފައިވަނީ ބޭންކް އޮފް މޯލްޑިވްސް
ޕީލކ. އިން 21 މެއި 2001 ގައި ދާންދޫ ކަރަންކާގެ (މާލެ މުނިސިލްޕަލްޓީގެ ޚާއްޞަ ދަފްތަރު)
ޢަބްދުﷲ ޙުސައިނަށް ދޫކޮށްފައިވާ -/
175,000ރ. (އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) ގެ ޑިމާންޑް ލޯނުގެ
ބެލެންސްގައި، އޭރު އޮތް ކަމަށް ދެފަރާތުގެ ބަހުންނާއި ލޯނު އެކައުންޓުގެ ސްޓޭޓްމަންޓުން އެނގެން
އޮންނަ 207,760
/
56ރ. (ދެލައްކަ ހަތްހާސް ހަތްސަތޭކަ ފަސްދޮޅަސްރުފިޔާ ފަންސާސް ހަލާރި) އަކީ އިތުރަށް
އިންޓްރެސްޓް ޗާޖް ނުހިނގާ ގޮތަށް، ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ޢަބްދުﷲ ޙުސައިން ދައްކަންޖެހޭ
ފައިސާއެއް ކަމަށް ކަނޑައަޅުއްވައި، އެފައިސާ އަދާކުރުމުގެ ގޮތުން 2006 ޖޫން 28 ވަނަ ދުވަހުން ފެށިގެން
ކޮންމެ މަހަކު -/3,500ރ. (ތިންހާސް ފަސްސަތޭކަ ރުފިޔާ) އަށްވުރެ މަދުނޫން ޢަދަދަކަށް ބޭންކް އޮފް މޯލްޑިވްސް
ލ.. އަށް ފައިސާ ދައްކަމުން ގޮސް އެފައިސާ އެކީގައި ދައްކާ ޚަލާޞްކުރުމަށް ޢަބްދުﷲ ޙުސައިން އަންގަވައި
އއން.38
ޙުކުމް ކުރައްވާކަމާއިގެ
އިޝާރާތްކުރެވުނު ޑިމާންޑް ލޯނުގައި ރަހުނު ކުރެވުނު "ރަހުމަތު، ދޯނީގެ ރަޖިސްޓްރީގެ އަޞްލު
2006 ޖޫން ވަނަ ދުވަހު މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުﷲ ޙުސައިނާއި
ވާލުކުރެވިފައިވާކަމާއި، ޢަބްދުﷲ ޙުސައިނަށް ދޫކުރެވުނު ޑިމާންޑް ލޯނަށްޓަކައި ކުރެވިފައިވާ ރަހުނުގެ މައްޗަށް
28
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2009}HC-A/287
އޮތް ޙައްޤު ބޭންކުގެ ފަރާތުން ދޫކޮށްލުމާއިގުޅިގެން 2005 ސެޕްޓެމްބަރު 15 އިން ފެށިގެން އެދުވަހާ ހަމަޔަށް
ލޯނު އެކައުންޓުގެ ބެލެންސްގައި އޮތް ފައިސާގެ ޢަދަދަކީ އިތުރުނުވާ ގޮތަށް އޮތް، އެފައިސާ ލިބިދެވޭނެކަމުގެ
ޔަގީންކަމެއްގެ ގޮތުގައި އެއްވެސް މުދަލެއް ސެކިއުޓީގެ ގޮތުގައި ބެހެއްޓިފައި ނުވަތަ ރަހުނުކުރެވިފައިނުވާ، ސާބިތު
އަދަދެއްގެ ގޮތުގައިވާ ދަރަންޏެއްކަމުގައި ކަނޑައެޅިފައިވާކަން، މަދަނީކޯޓުގެ ނަންބަރު 2006/MC/1006
ޤަޟިއްޔާގެ ރިޕޯޓުން އެނގެން އޮވެއެވެ.
(ނ) މަދަނީކޯޓުގެ ނަންބަރު 2006/MC/1006 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ޢަބްދު
ޙުސައިން ޢަމަލުކޮށްފައިނުވާތީ، އެ ޙުކުމް ތަންފީޒު ކުރުމަށް އެދި މަދަނީކޯޓުގެ ނަންބަރު 2009/MC/1148
ގައި ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުން ހުށަހެޅުމުގެ ކުރިން، އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޙުކުމް
ތަންފީޒުކުރުމަށް 02 (ދޭއް) ފަހަރު ހުށަހަޅާފައިވާކަމާއި،
އެގޮތުން އެޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް ބޭންކުގެ ފަރާތުން ހުށަހެޅި ފުރަތަމަ ފަހަރު
އެމައްސަލަ މަދަނީކޯޓުން ބެއްލެވުމަށްފަހު އެކޯޓުގެ ނަންބަރު 2007/MC/821 ޤަޟިއްޔާގައި ނިންމަވާފައިވަނީ،
ބޭންކް އޮފް މޯލްޑިވްސް މކ. އަށް ޢަބްދުﷲ ޙުސައިނަށް ދައްކަންޖެހޭ ލޯނުގެ ފައިސާގެ ތެރެއިން ނުދެއްކިވާ
193,760
/
56ރ. (އެއްލައްކަ ނުވަދިހަތިންހާސް ހަތްސަތޭކަ ފަސްދޮޅަސްރުފިޔާ ފަންސާސްހަލާރި) ދެފަރާތް
އެއްބަސްވެފައިވާ ގޮތުގެ މަތީން 2007 ޖޫން 06 ވަނަ ދުވަހުން ފެށިގެން ކޮންމެ މަހަކު -/3,500ރ. (ތިންހާސް
ފަސްސަތޭކަ ރުފިޔާ) އަށް ވުރެ މަދުނޫން ޢަދަދަކަށް ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ފައިސާ ދައްކަމުންގޮސް
ލޯނުގެ ފައިސާ އެކީ ދައްކާ ޚަލާޞްކުރުމަށް ޢަބްދުﷲ ޙުސައިނަށް އަންގަވާކަން މަދަނީ ކޯޓު ނަންބަރު
2007/MC/821 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއިގެ
މަދަނީކޯޓުގެ ނަންބަރު 2006/MC/1006 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް ބޭންކުގެ ފަރާތުން
ހުށަހެޅި 02 (ދޭއް) ވަނަ ފަހަރު އެމައްސަލަ މަދަނީކޯޓުން ބެއްލެވުމަށްފަހު އެކޯޓުގެ ނަންބަރު 2008/MC/280
ޤަޟިއްޔާގައި ނިންމަވާފައިވަނީ، މަދަނީކޯޓުގެ ނަންބަރު 2006/MC/1006 ޤަޟިއްޔާގެ ޙުކުމާ
ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ޢަބްދުﷲ ޙުސައިން ދައްކަންޖެހޭ ފައިސާ ނުދައްކާވާތީ، 2008 ޑިސެމްބަރ
ވަނަ ދުވަހާއި ހަމައަށް 165,700156ރ. (އެއްލައްކަ ފަސްދޮޅަސްފަސްހާސް ހަތްސަތޭކަރުފިޔާ
ou
އެއްގޮތަށް
17
ހައިކަ%
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2009/HC-A/27
ފަންސާސްހަލާރި) ދައްކަން އޮތްކަން ޢަބްދުﷲ ޙުސައިންގެ އިޢްތިރާފުންނާއި، ހުށަހެޅުނު ލިޔުންތަކުން ޝަރީޢަތަށް
ސާބިތުވެއްޖެކަމަށް ކަނޑައަޅުއްވާ އެފައިސާ އަދާކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ ގޮތުގެ މަތީން 2008
ޑިސެމްބަރ 17 ވަނަ ދުވަހުން ފެށިގެން ކޮންމެ މަހަކު -/7,000ރ. (ހަތްހާސް ރުފިޔާ) ގެ ރޭޓުން ބޭންކް އޮފް
މޯލްޑިވްސް ޕލކ. އަށް ދައްކާ ޚަލާޞްކުރުމަށް ޢަބްދުﷲ ޙުސައިނަށް އަންގަވާކަން މަދަނީ ކޯޓު ނަންބަރު
2008/MC/280 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
(ށ) މަދަނީކޯޓުގެ ނަންބަރު 2006/MC/1006 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ޢަބްދު
ޙުސައިން ޢަމަލުކޮށްފައިނުވާތީ، އެ ޙުކުމް ތަންފީޒު ކުރުމަށް އެދި ބޭންކް އޮފް މޯލްޑިވްސް ޕލކ.ގެ ފަރާތުން
ހުށަހެޅި 03 (ތިނެއް) ވަނަ ފަހަރު، މިހާރު މިއިސްތިއުނާފު ކުރެވޭ މަދަނީކޯޓުގެ ނަންބަރު 2009/MC/1148
ޤަޟިއްޔާ ނިންމަވާފައިވަނީ؛
މަދަނީކޯޓުގެ ނަންބަރު 2006/MC/1006 ޤަޟިއްޔާއިން ޢަބްދުﷲ ޙުސައިންގެ ފަރާތުން ބޭންކް
އޮފް މޯލްޑިވްސް ޕލކ.އަށް 207,760
/
56ރ. (ދެލައްކަ ހަތްހާސް ހަތްސަތޭކަ ފަސްދޮޅަސްރުފިޔާ ފަންސާސް
ހަލާރި) ދައްކަންޖެހޭކަން ސާބިތުވެފައިވާކަމާއި، އެޤަޟިއްޔާގައި މިދަރަނި ޚަލާޞްކުރުމުގެ ގޮތުން 28 ޖޫން
2006 ދުވަހުން ފެށިގެން މަހަކު -/3,500ރ. (ތިންހާސް ފަސްސަތޭކަރުފިޔާ) ގެ މަގުން ބޭންކް އޮފް
މޯލްޑިވްސް ޕލކ. އަށް ފައިސާ ދައްކާ ޚަލާޞްކުރުމަށް ޢަބްދުﷲ ޙުސައިނަށް އަންގަވާ ޙުކުމްކޮށްފައިވާކަމާއި،
މަދަނީކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ޢަބްދުﷲ ޙުސައިން
ޢަމަލުކޮށްފައިނުވާތީ، މަދަނީކޯޓުގެ ނަންބަރު 2007/MC/821 ޤަޟިއްޔާއިންނާއި، މަދަނީކޯޓުގެ ނަންބަރު
2008/MC/280 ޤަޟިއްޔާއިން ޢަބްދުﷲ ޙުސައިނަށް މަދަނީކޯޓުގެ ނަންބަރު 2006/MC/1006 ޤަޟިއްޔާގެ
ޙުކުމާއި ޢަމަލުކުރުމަށް އަންގާ ޙުކުމްކޮށްފައިވާކަމާއި، މިހިނގާ ޤަޟިއްޔާއަކީ މަދަނީކޯޓުގެ ނަންބަރު
2006/MC/1006 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ޢަބްދުﷲ ޙުސައިން ޢަމަލުކޮށްފައިނުވާތީ،
މޯލްޑިވްސް ޕލކ.ގެ ފަރާތުން ޙުކުމް ތަންފީޒުކުރުމަށް ހުށަހަޅާފައިވާ 03 (ތިނެއް) ވަނަ ފަހަރުކަން އެނގޭކަމާއި،
މަހަކު -/3,500ރ. (ތިންހާސް ފަސްސަތޭކަ ރުފިޔާ) ގެ މަގުން ބޭންކް އޮފް މޯލްޑިވްސް ޕލކ.
އަށް ފައިސާ ދެއްކުމަށް ޢަބްދުﷲ ޙުސައިނަށް އަންގައި ޙުކުމްކުރި ދުވަހު (28 ޖޫން 2006) ގެ ފަހުން 2009
1006/MC/2006
2
28 ހއ
އެއެގޮތަށް ޢަމަ
ޓ ޓ
ހައި%
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2009}HC-A/287
ބަކީ
4
އޯގަސްޓް 11 ވަނަ ދުވަހުގެ ނިޔަލަށް 37 (ތިރީސްހަތެއް) މަސް ދުވަސް ފާއިތުވެފައިވާއިރު، މިމުއްދަތުގެ
ތެރޭގައި ޢަބްދުﷲ ޙުސައިންގެ ފަރާތުން ޙުކުމުގައިވާ ފަދައިން ޤަވާޢިދުން ފައިސާ ދައްކަމުން ދިޔަނަމަ، ދަރަނި
ފައިސާގެ ޖުމްލަ ޢަދަދުގެ ތެރެއިން 2009 އޯގަސްޓް 11 ވަނަ ދުވަހު ޢަބްދުﷲ ޙުސައިންގެ ފަރާތުން
ދައްކަންޖެހޭ ޢަދަދުގެ ތެރެއިން އޮންނާނީ 78,260
/
56ރ. (ހަތްދިހައަށްހާސް ދުއިސައްތަ ފަސްދޮޅަސްރުފިޔާ
ފަންސާސްހަލާރި) ކަމުގައިވާއިރު،
10 އޯގަސްޓް 2009 ގެ ނިޔަލަށް ޢަބްދުﷲ ޙުސައިންގެ ފަރާތުން ބޭންކް އޮފް
މޯލްޑިވްސް ޕލކ. އަށް 150,700
/
56ރ. (އެއްލައްކަ ފަންސާސްހާސް ހަތްސަތޭކަރުފިޔާ ފަންސާސްހަލާރި)
ދައްކަންޖެހި ނުދައްކާވާކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، މަދަނީކޯޓުގެ ނަންބަރު
2006/MC/1006 ޤަޟިއްޔާގައި ދައްކަންޖެހޭ ކަމުގައި ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން ޢަބްދު
ޙުސައިންގެ ފަރާތުން ދައްކަންޖެހި ނުދައްކާވާ ފައިސާއަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ.އަށް ޢަބްދު
ޙުސައިންގެ ފަރާތުން ދައްކަންޖެހޭ ފައިސާ ކަމުގައި ކަނޑައަޅައި،
ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ 02 (ދޭއް)
ވަނަ މާއްދާގެ (ނ) ގެ ދަށުން ޢަބްދުﷲ ޙުސައިން 11 އޯގަސްޓް 2009 ދުވަހުން ފެށިގެން 02 (ދޭއް) މަސް
ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި، މަދަނީކޯޓުގެ ނަންބަރު 2006/MC/1006 ޤަޟިއްޔާގެ ޙުކުމާއި
ޢަމަލުކުރުމަށް ޢަބްދުﷲ ޙުސައިނަށް އަންގަވާކަން މަދަނީކޯޓުގެ ނަންބަރު 2009/MC/1148 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2
28 ހއ
އއޤީށް
(02
ބި) [ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ
ވަނަ މާއްދާއަށް ބަލާއިރު އެމާއްދާގައި ބުނެފައިވަނީ، ޝަރީޢަތަށް ސާބިތުވެފައިވާ ފައިސާއެއް
ކަނޑައެޅިގެންވާ ޢަދަދަށް ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކައިގެން ޝަރީޢަތަށް ހުށަހެޅުމުން އެކަން ބަލާއިރު
ޙުކުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވާނަމަ، ޙުކުމަށް ނުކިޔަމަންތެރިވީ ކަމުގައި ބަލައި އެމާއްދާގެ (ހ)، (ކ) އަދި
(ނ) ގައިވާ ގޮތުގެ މަތީން ޢަމަލު ކުރެވޭނެ ކަމަށާއި؛
މިމާއްދާގެ (ނ) އަށް ބަލާއިރު އެއަކުރުގައި ބުނެފައިވަނީ، [ސާބިތު ދަރަންޏަށް ފައިސާ
ނުދައްކައިގެން ހުށަހެޅޭ 3 (ތިނެއް) ވަނަ ފަހަރު ޙުކުމާ އެއްގޮތަށް ޢަމަލު ކުރަން އެންގުމާއެކު ސާބިތު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އާއި
8
2009/HC-A/287
CCC
ދަރަންޏަށް ފައިސާ ނުދެއްކި ފަރާތް 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް
އަރުވާލުން ނުވަތަ 2 (ދޭއް) މަސްދުވަހާއި 4 (ހަތަރެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން“
މިފަދައިން ކަމާއި؛
އިޝާ ޝާރާތްކުރެވުނު ޤަވާއިދުގެ 02 ވަނަ މާއްދާއި އެމާއްދާގެ ދަށުގައިވާ އަކުރުތަކަށް ނަޒަރުކުރާއިރު،
މިފަދަ މައްސަލަތުގައި، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށާއި، ޙުކުމާ އެއްގޮތަށް ޢަމަލުނުކޮށްގެން
މީގެ ކުރިން ހުށަހެޅިފައިވޭތޯ އާއި، އަދި ހުށަހެޅުނީ ކިތަށްފަހަރު ކަމާއި މިފަދަ ކަންކަން ޝަރީޢަތުން
ބެއްލެވުމަށްފަހު، ޙުކުމް ތަންފީޒު ކުރުމަށް ހުށަހެޅުނު ނިސްބަތަށް ރިޢާޔަތްކޮށް އިޝާރާތްކުރެވުނު އަދަބުތަކުން ކުރެ
އަދަބެއް ކަނޑައެޅުއްވުމަކީ އެމައްސަލައެއް ބައްލަވާ ފަނޑިޔާރެއްގެ ތަޤްދީރު (discretion)
ދޫކޮށްލެވިފައިވާ ކަމެއްކަމާއި؛
މިހާރު މިއިސްތިއުނާފުކުރެވޭ މަދަނީކޯޓުގެ ނަންބަރު 2009/MC/1148 ޤަޟިއްޔާއަކީ މަދަނީކޯޓުގެ
ނަންބަރު 2006/MC/1006 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ޢަބްދުﷲ ޙުސައިންގެ ފަރާތުން ޢަމަލުކޮށްފައިނުވާތީ
އެޙުކުމް ތަންފީޒުކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި 03 (ތިނެއް)
ވަނަ ފަހަރުކަން ޢަބްދުﷲ ޙުސައިން އާއި 5 އޮފް މޯލްޑިވްސް ޕލކ. ގެ ބަހުން ޝަރީޢަތަށް ސާބިތުވެފައި،
ބޭންކުގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާ ލިބިދެވޭނެ ކަމުގެ ޔަގީންކަމެއްގެ ގޮތުގައި ބެހެއްޓިފައިވާ ރަހުނުގެ
އޮތް ޙައްޤު އިސްވެ އިޝާރާތްކުރެވުނު ގޮތުގެ މަތީން ބޭންކުގެ ފަރާތުން ދޫކޮށްލާފައިވާކަން އެނގެން
އިތުރުން، ޢަބްދުﷲ ޙުސައިނަށް ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ދޫކުރި ލޯނުގެ ފައިސާއަކީ މިހާރު
ސާބިތު ދަރަންޏެއްގެ ސިފަނޫން އެހެން ސިފައެއް ދެވެންނެތް ފައިސާއަކަށް ވުމާއެކު، [ރަހުނެއް ނުހިމެނޭ ސާބިތު
ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު“ ގެ 02 ވަނަ މާއްދާގެ (ނ) ގެ ދަށުން ކުރައްވާފައިވާ
ޙުކުމަކީ ޤާނޫނީ އިންތަކުން ބޭރުން ކުރައްވާފައިވާ ޙުކުމެއް ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މަދަނީކޯޓުގެ
ނަންބަރު 2009/MC/1148 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަކަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ޑ 8
4
ތން ކ އ
ހ8ށ4
840ނ
523
3004
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އާއި
9
2009/HC-A/27
އެކު.
ދެންފަހެ، އިސްވެފާހަގަ ކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެ
ގޮތަށް ހުރުމުން، މަދަނީކޯޓުގެ ނަންބަރު 2009/MC/1148 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބެލެވެން ނެތަތީ، އެޤަޟިއްޔާގައި މަދަނީކޯޓުން ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެނެވެން ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއް.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv