ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/260 ޤަޟިއްޔާގެ ޙުކުމް
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/260
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 260/HC-A/2009
އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީ ނަންބަރ
* ދާއިމީ އެޑްރެސް:-
* މިހާރުގެ އެޑްރެސް:.
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޒުހުދާ ޢަބްދުލްމުހުސިން
އައިޑީ ކާޑު ނަންބަރ : A066790
ދާއިމީ އެޑްރެސް: ހެޕީސައިޑް | ގއ.ދާންދޫ
މިހާރުގެ އެޑްރެސް: ހެޕީސައިޑް ގއ.ދާންދޫ
ޓްރީކުރެވުނު ތާރީޚް: 06 ރަމަޟާން 1430
27 އޯގަސްޓް 2009
' ނިމުނު ތާރީޚް: 15 މުޙައްރަމް 1434
29 ނޮވެމްބަރ 2012
0
ه3
32
23
و سربسر میرس
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ޖިނާއީކޯޓުގެ ނަންބަރު 2008/JC/463
• ޤަޟިއްޔާގެ ބާވަތް: މަސްތުވާތަކެތި
• ނިންމެވިކޯޓް: ޖިނާއީ ކޯޓު (ކްރިމިނަލް ކޯޓު)
• ހުށަހެޅި ތާރީޚް: 04 މާރޗް 2008
*ނިމުނު ތާރީޚް: 30 ޖޫން 2009
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު އަޙްމަދު ޝަރީފު ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޢަބްދުﷲ ޙަމީދު ވީހިރާއްޖޭގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، ބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/260
ދަޢުވާގެ ޚުލާޞާ
މިއީ، ޒުހުދާ ޢަބްދުލްމުޙުސިންގެ މައްޗަށް ދައުލަތުންކުރި މަސްތުވާތަކެތި ބޭނުން ކުރުމުގެ
ކުށުގެ ދައުވާ ޝަރީޢަތުން ބެލިބެލުމުން، ޒުހުދާ ޢަބްދުލްމުޙުސިންގެ މައްޗަށް މަސްތުވާތަކެތި ބޭނުން
ކުރުމުގެ ކުށް ސާބިތުނުވާ ކަމަށްބުނެ ޖިނާއީ ކޯޓުގެ ނަންބަރު: 200/JC/463 އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާފަރާތަކީ ގއ.ދާންދޫ (ހެޕީސައިޑް ޒުހުދާ ޢަބްދުލްމުޙުސިންއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ޖިނާއީކޯޓުގެ ނަންބަރު: 2008/JC/463 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލާއި ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުއްވާފައިވެއެވެ.
cc
2. ޖިނާއީ ކޯޓުގެ ނަންބަރު: 2008/JC/463 ޤަޟިއްޔާއަށް ބެލިއިރު އެޤަޟިއްޔާއަކީ ޒުހުދާ
ޢަބްދުލްމުޙުސިން 2001 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ބޭނުން ކުރަމުން އައިސްފައިވާތީއާއި،
މިގޮތުން 28 ޖެނުއަރީ 2008 ދުވަހުގެ ރޭގެ ވަގުތެއްގައި މަސްތުވުމަށްޓަކައި ހެރޮއިން ބޭނުން ކޮށްފައިވާތީ
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 17/77) 04 ވަނަ މާއްދާގެ (ހ) ގެ ދަށުން ޒުހުދާ
ޢަބްދުލްމުޙުސިންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ފަރާތުން ކުރުމުން
ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ "ގއ.ދާންދޫ / ހެޕީސައިޑް ޒުހުދާ ޢަބްދުލްމުޙުސިންގެ މައްޗަށް
ދައުލަތުން ދައުވާކޮށްފައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން،
ޒުހުދާ ޢަބްދުލްމުޙުސިން 2001ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ބޭނުންކުރަމުން އައިސްފައިވާކަމާއި،
މިގޮތުން 28 ޖެނުއަރީ 2008 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މަސްތުވުމަށްޓަކައި ހެރޮއިން
ބޭނުންކޮށްފައިވާކަމަށް މީނާ އިންކާރުކޮށްފައިވުމާއި، މިދަޢުވާ މީނާގެ މައްޗަށް ސާބިތުވާވަރަށް ހެއްކާއީއްއްޖޭގެ ފައި
ޤަރީނާ ލިބިފައިނުވާތީ، ޒުހުދާ ޢަބްދުލްމުހުސިންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް
32
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
3
او در پی
2009/HC-A/260
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
3 ހ އދ
eފާސ2ނ 204ކށްފަ12
05
I ¢ ¢
މިފަދައިންކަން އެޤަޟިއްޔާ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު
CCCXOC
3. ޖިނާއީކޯޓުގެ ނަންބަރު: 2008/JC/463 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް
ހުށައަޅާ އެނުކުތާތަކާއި ބެހޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
4 22
مرسي
(ހ) ފުރަތަމަ ނުކުތާއަކީ: ޒުހުދާ ޢަބްދުލްމުޙްސިން 2001 ވަނަ އަހަރުން ފެށިގެން
މަސްތުވާތަކެތި ބޭނުން ކުރަމުން އައިސްފައިވާ ކަމަށާއި މިގޮތުން 2008 ޖެނުއަރީ 28 ވަނަ ދުވަހުގެ ރޭގެ
ވަގުތެއްގައި މަސްތުވުމަށްޓަކާ ހެރޮއިން ބޭނުން ކުރިކަމަށް ޒުހުދާ ޢަބްދުލްމުޙްސިން ތަޙްޤީޤުގައި
އިޢުތިރާފުވެފައިވާއިރުގައި މިއިޢުތިރާފަކީ ޤާނޫނުއަސާސީ ތަސްދީޤުވުމުގެ ކުރިންވެފައިވާ އިޢުތިރާފެއް
ކަމަށްވީއިރު މިކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4. ޖިނާއީކޯޓުގެ ނަންބަރު: 2008/JC/463 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ
ނުޖެހޭ ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ، ޖިނާއީކޯޓުގެ ޤަޟިއްޔާއަކީ މިހާރު
ޢަމަލުކުރެވެމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 07 އޯގަސްޓް 2008 ގައި
ޢަމަލުކުރަން ފެށުމުގެ ކުރިން، ތަޙްޤީޤުކެރެވި ޝަރީޢަތަށް ހުށަހެޅުނު މައްސަލައެއްކަމުގައި ވީނަމަވެސް،
މިމައްސަލާގައި ޙުކުމް ކުރައްވާފައިވަނީ މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން
ފެށުނުފަހުން، 30 ޖޫން 2009 ގައިކަން ޖިނާއީ ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓު، ބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
، ހައިކް
4
2009/HC-A/26)
404
ޢަމަލުކުރަން ފެށުމާއެކު ބާޠިލުވާނެކަމަށް ޤާނޫނުއަސާސީގެ 66 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އައްޖާގެ ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިމައްސަލަ ސާބިތުކުރުމަށްޓަކައި ޖިނާއީ ކޯޓަށް
ހުށަހަޅާފައިވާ ހަމައެކަނި ހެއްކަކީ، މިމައްސަލައިގެ ތަޙްޤީޤަށް، 9 ޖެނުއަރީ 2008 ގައި ޒުހުދާ
ޢަބްދުލްމުޙްސިން ދީފައިވާ ބަޔާންކަން އެނގޭކަމާއި،
މިމައްސަލައިގެ ތަޙްޤީޤަށް، 29 ޖެނުއަރީ 2008 ގައި ޒުހުދާ ޢަބްދުލްމުޙްސިން ދީފައިވާ
ބަޔާނުގައި، 2001 ވަނަ އަހަރުން ފެށިގެން އޭނާ މަސްތުވާތަކެތި ބޭނުންކުރަމުން އައިސްފައިވާކަމަށް
އިޢުތިރާފުވެފައިވާކަމާއި، އެހެންނަމަވެސް 30 ޖޫން 2009 ގައި ޖިނާއީ ކޯޓުގައި ބޭއްވުނު މިމައްސަލައިގެ
ޝަރީޢަތުގެ މަޖިލީހުގައި، ދައުލަތުގެ ވަކީލާ އިސްވެ ދެންނެވުނު ބަޔާން ޝަރީޢަތުގެ މަޖިލީހުގައި
އިއްވެވުމުން، އެބަޔާނަކީ ޒުހުދާ ޢަބްދުލްމުޙްސިން މައްސަލައިގެ ތަޙްޤީޤަށް ދީފައިވާ ބަޔާންނޫންކަމަށް ބުނެ
އިންކާރުކޮށްފައިވާކަން އެނގޭކަމާއި، މިބަޔާން ނޫން އެހެން އެއްވެސް ހެއްކެއް ޒުހުދާ ޢަބްދުލްމުޙްސިންގެ
މައްޗަށް ދަޢުވާކުރެވިފައިވާ ކުށް ސާބިތުކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ޝަރީޢަތަށް ހުށަހެޅިފައިނުވާކަން އެނގޭކަމެވެ.
(ށ) ދެވަނަ ކަމަކީ، ތަޙްޤީޤުގައިވެފައިވާ އިޢުތިރާފަށް، އެމައްސަލައިގައި ދަޢުވާލިބޭފަރާތް
ޝަރީޢަތުގެ މަރުޙަލާގައި އިންކާރުކޮށްފިނަމަ، ތަޙްޤީޤުކުރިފަރާތާއި ތަޙްޤީޤުކުރިއިރު އަޑުއަހަންތިބި މީހުންގެ
ގޮތުގައި ތަޙްޤީޤު ބަޔާނުގައި ސޮއިކޮށްފައިވާ ފަރާތްތައް ޙާޟިރުކޮށް، އެބަޔާނަކީ ދަޢުވާލިބުނު ފަރާތުން
ވެސް މަޖުބޫރުކަމެއްނެތި ދީފައިވާ، އަދި އެފަރާތުން ކިޔައިދިންގޮތަށް ލިޔެފައިވާ ބަޔާނެއްކަމަށް ހެކިބަސް
ދީފިނަމަ، ދަޢުވާލިބުނު ފަރާތުން ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފުގެ މައްޗަށް ބަލައި ކުށް ސާބިތުވާކަމަށް
ކޯޓުތަކުން މައްސަލަތައް ނިންމަވަމުން ގެންދަވާފައިވާކަން އެނގޭކަމާއި،
އެހެންނަމަވެސް، 7 އޯގަސްޓް 2008 ގައި ދިވެހިރާއްޖޭގައި ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ހިނގަމުން އައިސްފައިވާ
އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޤަރާރުތަކާއި އިޢުލާނުތަކުގައި ބަޔާންވެފައިވާ
ތެރެއިން، އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކުރާ، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި
ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަމާ ތަޢާރުޟްވާ އެންމެހާ ކަންތައްތައް، އެޤާނޫނުއަސާސީއަށް
ޚަ2 (0އވެ
ކަންއެތަކުގ
ތުހުމަތުކުރެވޭ
މިހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފު ފިޔަވައި،
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤާ2 2.2
او در پی
2009/HC-A/260
ޤަސިވިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ގތ ކ އ ވ މ ފ
¢
3 ¢ ¢ ¢ ހދ8
ދުފާކެކީ
ހެއްކެއެކު39އި
ނަލަފުނކޮށް
ވަނަ
އަށް
އިޢުތިރާފު
ނަ މާއްދާގައި) ބާޔާންކޮށްފައިވާކަމާއި،
އެހެންކަމުން، ޤާނޫނުއަސާސީ ޢަމަލުކުރަން ފެށުމުގެ ކުރިން، ތަޙްޤީޤުގައި
އިޢުތިރާފުމުވަށްފަހު، މައްސަލައިގައި ދަޢުވާލިބޭ ފަރާތުން ޝަރީޢަތުގެ މަރުޙަލާގައި އެއިޢުތިރާފުން ރުޖޫޢަވާ
ޙާލަތުގައި ކޯޓުތަކުން ޢަމަލުކުރަމުން ގެންގޮސްފައިވާ، އިސްވެދެންނެވިފައިވާ އުޞޫލަކީ މިހާރު
ޢަމަލުކުރަމުންދާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު ބާޠިލުވެފައިވާ އުޞޫލެއްކަމެވެ.
8 24 2 48 2
އެކަހޤީeނ
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރެވޭ މިމައްސަލައަކީ މިހާރު ޢަމަލުކުރެވެމުންދާ
ޤާނޫނުއަސާސީއަށް ޢަމަލުރަން ފެށުމުގެ ކުރިން، ތަޙްޤީޤުކުރެވިފައިވާ މައްސަލައެއްކަމަށާއި، އެހެން
މިހެންކަމުން
މިމައްސައިގެ ތަޙްޤީޤުގައި ޒުހުދާ ޢަބްދުލްމުޙްސިންވެފައިވާ އިޢުތިރާފާމެދު ޝަރީޢަތުން ޢަމަލުކުރަންޖެހޭނީ
މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިބާވަތުގެ މައްސަލަތަކުގައި
ކޯޓުތަކުން ޢަމަލުކުރަމުން އައިސްފައިވާ ގޮތަށްކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ނަޒަރުކުރާއިރު،
7 އޯގަސްޓް 2008 ގައި ދިވެހިރާއްޖޭގައި ޢަމަލުކުރަން ފެށުނު އައު ޤާނޫނުއަސާސީއަށް
ޢަމަލުކުރަން ފެށުމާއެކު، މައްސަލަތައް ތަޙްޤީޤުކުރުމާއި، ދަޢުވާކުރުމާއި، ޝަރީޢަތްކުރުމުގެ ނިޒާމަށާއި،
މައްސަލަ ސާބިތުކުރަންޖެހޭ މިންގަނޑަށާއި، މައްސަލަ ސާބިތުކުރުމުގައި ބޭނުންކުރެވޭނެ
އަލަށް ތަޢާރަފުކުރެވުނު އުޞޫލުތައް، ތަޙްޤީޤުގެ މަރުޙަލާގައިވެސް އަދި ޝަރީޢަތުގެ މަރުޙަލާގައިވެސް،
ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށި ވަގުތުން ފެށިގެން ތަޠުބީޤުކުރަން ފަށާފައިވާކަން އެނގޭކަމާއި، މިގޮތުން
ބަލާއިރު ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނުއިރު ކޯޓުތަކުގައި ނުނިމިހުރި ހުރިހާ މައްސަލަތަކެއްވެސް،
އެހިނދުން ފެށިގެން ޤާނޫނުއަސާސީން ތަޢާރަފުކުރި އައު އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ހިންގަން
ފަށާފައިވާކަން އެނގޭކަމާއި،
މީގެއިތުރުން، އިސްވެދެންނެވިފައިވާ ފަދައިން، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި
ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަމާ ތަޢާރުޝްވާ އެންމެހާ ކަންތައްތައް، އެ ޤާނޫނުއަސާސީއަށް
ޢަމަލުކުރަން ފެށުމާއެކު ބާޠިލުވާނެކަމަށް ޤާނޫނުއަސާސީގެ 66 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ
އޮތުމަށާއި، ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފު ފިޔަޅައިހެއްޖޭގެ
އިޢުތިރާފުތަކަކީ ހެއްކެއްކަމުގައި ނުބެލެވޭނެކަމަށް ޤާނޫނުއަސާސީގެ ދެވަނަ
އައިކޯޓް
4
ހން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބު ދުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރޯށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޖީ
2009/HC-A/26)
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބާޔާންކޮށްފައި އޮންނަ އޮތުމަށާއި، ޤާނޫނުއަސާސީގެ ދެވަނަ
ބާބުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތަކާއި މިނިވަންކަން، އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ
ގޮތުގެމަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށާއި، އަދި އެއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ
އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތިން، ރައްޔިތުންގެ މަޖިލީހުން
ފާސްކުރާ ޤާނޫނަކުންކަމަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮފައި އޮންނަ އޮތުމަށާއި،
ޤާނޫނުއަސާސީގެ
މީގެ 52 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤު، އިސްވެދެންނެވުނު ގޮތުގެމަތިން ހަނިކޮށްފައިވާ
ޤާނޫނެއް މިހާތަނަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ނެތުމާއި، ދިވެހިރާއްޖޭގައި މިހާރު
ޢަމަލުކުރެވެމުންދާ އައު ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލު ކަމެއްކަމަށް ޤާނޫނުއަސާސީގެ
268 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، މިކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، ޖިނާއީ
މައްސަލަ ސާބިތުކުރުމުގައި ޝަރީޢަތުން ބަލައިގަންނަ ހެކީގެ ތެރޭގައި ހިމެނޭ، ދަޢުވާލިބޭ މީހާގެ
އިޢުތިރާފާބެހޭ ގޮތުން ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ތަޢާރަފްކޮށްފައިވާ އުޞޫލަކީވެސް،
ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށިއިރު ޝަރީޢަތަށް ހުށަހެޅި ނުނިމިހުރި މައްސަލަތަކުގައާއި،
ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ފަހުން ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައިވެސް، އެ އުޞޫލުން
ލިބިދޭ ޙައްޤަށް އެއްވެސް މިންވަރެއްގެ އުނިކަމެއް ނާންނާނެ ގޮތުގެމަތިން، ޝަރީޢަތުން ތަޠުބީޤުކުރަންޖެހޭ
އުޞޫލެއްކަން އެނގޭކަމާއި،
އިސްތިއުނާފުކުރެވޭ މިމައްސަލައަކީ މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން
ފެށުމުގެ ކުރިން، އެމައްސަލައިގެ ތަޙްޤީޤުކުރެވިފައިވާ މައްސަލައެއްކަމުގައި ވީނަމަވެސް، މިމައްސަލަ
ޝަރީޢަތަށް ހުށަހެޅި ޝަރީޢަތުން ނިންމަވާފައިވަނީ އައު ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ
ފަހުންކަމަށްވުމާއެކު، މިމައްސަލަ ސާބިތުކުރުމުގައި ތަޠުބީޤުކުރަންޖެހޭނީ އާޤާނޫނުއަސާސީން ކަނޑައަޅާފައިވާ
އުޞޫލުތައްކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހާ ކަންތައްތައް
އެގޮތުގެމަތިން ހުރުމާއެކު، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/463 ޤަޟިއްޔާގައި އިސްތިއުނާފުކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގެ
ޙުކުމަށް ބަދަލުގެންނަން
އެނަންޖެހޭފަދަ ޝަރުޢީ ނުވަތަ ޤާނޫނީ އެއްވެސް ސަބަބެއް އޮތްކަމަކަށް މިމައް
ދިވެހިރާއްޖޭ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-A/260
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އެހެން ނަމަވެސް ޖިނާއީކޯޓުގެ ޙުކުމް ބިނާކުރި ޙަޤީޤަތް މިހާރު ބަދަލުވެފައިވާކަމާއި، އެއީ
ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ތަޙްޤީޤްގައިވެފައިވާ އިޢުތިރާފް ބަޔާނަށް އިންކާރު ކުރިކުރުމުގެ
މައްޗަށް އެކޯޓުން ޙުކުމްކުރެއްވުމުން އެމައްސަލަ އިސްތިއުނާފުކުރެވި ބެލެމުންމިދާ ޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލީހުގައި ތަޙްޤީޤަށް ޒުހުދާ ޢަބްދުލްމުޙްސިން ދީފައިވާ ބަޔާނަކީ އޭނާ ކަންހިނގާދިޔަގޮތަށް ދީފައިވާ
ބަޔާނެއްކަމުގައި ބުނެފައިވުމުން އިސްތިއުނާފުކުރެވޭ ޤަޟިއްޔާގެ ޙުކުމް ބިނާކުރެވުނު ސަބަބު އަދި ޙަޤީޤަތް
ބަދަލުވެފައިވާކަން އެނގެން އޮތުމުން ޒުހުދާ ޢަބްދުލްމުޙްސިންގެ އެކުށުގެ މައްސަލަ ކަމާއިބެހޭ ދަށުކޯޓުން
އަލުން ބަލަންޖެހޭކަން ފާހަގަކުރެވެއެވެ.
#
CCCC
ޙުކުމް:
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/463 ޤަޟިއްޔާގައި އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ
ޖެނެރަލް އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގެ ޙުކުމަކީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ކަނޑައަޅާނެ ތަނެއް އޮތްކަމަށް
ނުފެންނަކަމަށް، މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
ހައިކޯއާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv