ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/195 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/195
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 195/HC-A/2012
. އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
*
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަޙްމަދު ނާޝިމް
* އައިޑީ ކާޑު ނަންބަރު: A046840
ދާއިމީ އެޑްރެސް: މ. ނިޔަދުރު މާލެ
މިހާރުގެ އެޑްރެސް:
އާބިން/ މާލެ
14
*
• ހުށަހެޅުނު ތާރީޚް: 05 ޖުލައި 2012
ނިމުނު ތާރީޚް: 13 ފެބުރުއަރީ 2014
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2010/JC
/
2010
)
882
/
Cr
-
C/694)
ނިންމެވިކްޓް: ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: މަކަރާއި ޙީލަތް ހެދުން
ހުށަހެޅުނުތާރީޚް: 31 މާރޗް 2010
، ނިމުނު ތާރީޚް: 22 ފެބްރުއަރީ 2012
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢައްބާސް ޝަރީފް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{012/HC-A/195
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
882
/
Cr
-
C/694) ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ދައުލަތުގެ ފަރާތުން އެޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ނިޔަދުރު އަޙްމަދު ނާޝިމްއެވެ.
CCCO
0
OOCX.
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
882
/
Cr
-
C/694) ޤަޟިއްޔާގައި އަޙްމަދު
ނާޘިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ، 2003 ވަނަ އަހަރު އަޙްމަދު ނާޝިމްގެ ޙިއްސާ އޮންނަ
ނޭޒާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ޙިއްސާދާރެއްގެ ގޮތުގައި ހުރެ، ކުރީގެ މިނިސްޓްރީ އޮފް
އެޓޯލްސް ޑިވެލޮޕްމަންޓުން އިޢްލާން ނުކުރަނީސް އެމިނިސްޓްރީއަށް 2003 ވަނަ އަހަރު އަތޮޅުތަކުގެ
މިސްކިތްތަކަށް ބޭނުންވާ ސައުންޑް ސިސްޓަމް ގަތުމަށް އެޕްރޮޖެކްޓް އިޢުލާންކުރި ކަމަށް ދޭހަވާގޮތަށް އަޙްމަދު
ނާޘިމްގެ ޙިއްސާ އޮންނަ ތިން ކުންފުނި ކަމަށްވާ ނޭޒާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ޕަވަރ
ޕާރޓްސް ޕްރައިވެޓް ލިމިޓެޑާއި ސަހުމް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެސްޓިމޭޓްތައް ހަދާ
އެތަންތަނުގެ ނަމުގައި ޕްރޮޖެކްޓަށް އެސްޓިމޭޓް ހުށަހަޅާ މިޕްރޮޖެކްޓް ކާމިޔާބުކޮށް އަޙްމަދު ނާޝިމް
މިޕްރޮޖެކްޓްގެ ޖުމްލަ އަގަށްވާ -/1785000ރ. (އެއްމިލިއަން ހަތްސަތޭކަ އަށްޑިހަފަސްހާސް ރުފިޔާ) މަކަރާއި
ޙީލަތުން ހޯދާފައިވާތީ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާއާއި 143 ވަނަ
މާއްދާގެ ދަށުން އަޙްމަދު ނާޝިމްގެ މައްޗަށް ސަރުކާރުގެ ދިހަހާސް ރުފިޔާއިން މަތީ ޢަދަދެއްގެ ފައިސާއިން
މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދަޢުވާއާއި އަޙްމަދު ނާޝިމް މަކަރާހީލަތުން ހޯދި -/1785000 ރ.
(އެއްމިލިއަން ހަތްސަތޭކަ އަށްޑިހަފަސްހާސް ރުފިޔާ) ސަރުކާރަށް ލިބިދިނުމުގެ ދަޢުވާކަމާއި
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ މާލެ/ މ.ނިޔަދުރު، އަޙްމަދު ނާޝިމްގެ މައްޗަށް
ދައުލަތުން ކުޅަ މަކަރާ ހީލަތް ހެދުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، މިދަޢުވާއަކީ، މ.ނިޔަދުރު،
އަޙްމަދު ނާޝިމް 2003 ވަނަ އަހަރު މީނާގެ ޙިއްސާ އޮންނަ ނޭޒާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ
ޙިއްޞާ ދާރެއްގެ ގޮތުގައި ހުރެ ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުން އިއްލާން ނުކުރަނީސް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/195
8
ربع ملاع
އެމިނިސްޓްރީއަށް 2003 ވަނަ އަހަރު އަތޮޅުތަކުގެ މިސްކިތްތަކަށް ބޭނުންވާ ސައުންޑް ސިސްޓަމް ގަތުމަށް
އިޢްލާންކުރި ކަމަށް ދޭހަވާގޮތަށް މީނާގެ ޙިއްސާ އޮންނަ ތިން ކުންފުނި ކަމަށްވާ ނޭޒާ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ޕަވަރޕާރޓްސް ޕްރައިވެޓް ލިމިޓެޑާއި، ސަހުމް އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެސްޓިމޭޓްތައް ހަދާ އެތަންތަނުގެ ނަމުގައި ޕްރޮޖެކްޓަށް އެސްޓިމޭޓް ހުށަހަޅާ
މަކަރާޙީލަތުން މިޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާތީ ކަމަށްބުނެ ދައުލަތުން އަޙްމަދު ނާޝިމްގެ މައްޗަށް މިދަޢުވާ
ކުރާއިރު، މިދަޢުވާގެ އަޞްލު ބިނާވެފައިވާ ކަންތައްތައް ކޮށްފައިވަނީ ކުންފުނީގެ މުވައްޒަފުންކަން ތަޙްޤީޤް
ބަޔާންތަކުން އެނގެން އޮންނަ ހިނދު، އެފަރާތްތަކުގެ މައްޗަށް ދަޢުވާ ކުރުމެއްނެތި، އަދި ކުންފުނީގެ
މުވައްޒަފުންނަށް ތިބެ ޢަމަލީގޮތުން މިދަޢުވާގައި ބުނާ ކަންތައްތައް ސީދާގޮތުން ކޮށްފައިވާ ފަރާތްތަކަކީ ހެކިންގެ
ގޮތުގައި ބަލައިގަނެ، މިކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މ.ނިޔަދުރު، އަޙްމަދު ނާޝިމްގެ މައްޗަށް ފަރުދީގޮތުން
މިދަޢުވާ ކޮށްފައިވީނަމަވެސް، މިމައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ޝަރީޢަތުން
ރިޢާޔަތްކުރާއިރު، މިމައްސަލައާއި ގުޅިގެން މ.ނިޔަދުރު، އަޙްމަދު ނާޖިމް ކޮށްފައިވާ ކަންތައްތަކަކީ
ޤާނޫނީގޮތުންނާއި ޝަރުޢީ ގޮތުން ތަޖުރީމުކުރެވޭ ވަރުގެ ކަންތައްތަކެއް ނޫންކަމަށް ޝަރީއަތުން ކަނޑައަޅައި،
މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.” މިފަދައިންކަން އެޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯރޓުން އެގެން އޮވެއެވެ.
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/882 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ،
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލާއި ޚިލާފަށް ކަމަށްބުނެ ދައުލަތުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
04 (ހަތަރެއް) ނުކުތާ ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
އެއިގެ ތެރެއިން:
ފުރަތަމަ ނުކުތާއަކީ: ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ
އުސޫލާ ޚިލާފަށް މައްސަލަ ހިންގަވައި ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތް
ކުރެއްވުމަކާނުލައި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
0
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/195
0
:3322
ތިންވަނަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާގައިވާ ތަފާތު ނުކުރުމާއި
ނައްޞާއި ޚިލާފަށް މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ: ދައުލަތުން އަޙްމަދު ނާޝިމްގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ބުނާ ޢަމަލަކީ
ތަޖުރީމުކުރެވޭނެ ކަމެއް ނޫންކަމަށް ކަނޑައަޅުއްވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
882
/
Cr
-
C/694) ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުތާތަކާއި ގުޅިގެން ދައުލަތުގެ ފަރާތުންނާއި އަޙްމަދު ނާޝިމްގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
682
/
Cr
-
C/694) ޤަޟިއްޔާގައި ޤާނޫނުލް
ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ ދަށުން ދައުލަތުގެ
ފަރާތުން އަޙްމަދު ނާޝިމްގެ މައްޗަށް ކޮށްފައިވާ ސަރުކާރުގެ ދިހަހާސް ރުފިޔާއިން މަތީ އަދަދެއްގެ ފައިސާއިން
މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާއާއި އަޙްމަދު ނާޝިމް މަކަރާޙީލަތުން ހޯދި -/1785000ރ.
(އެއްމިލިއަން ހަތްސަތޭކަ އަށްޑިހަފަސްހާސް ރުފިޔާ) ސަރުކާރަށް ލިބިދިނުމުގެ ދަޢުވާއަށް އަޙްމަދު ނާޝިމް
އިންކާރުކޮށްފައިވާކަން މިއިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 25 އޯގަސްޓް 2011 ގައި އަޙްމަދު ނާޝިމް ދީފައިވާ ބަޔާނުން އެނގެން
882/Cr-C}2010
އޮވެއެވެ.
(ނ) ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ޤަވާޢިދުގެ 1.2 ގެ (ށ) އާ ޚިލާފަށް މައްސަލަ
ހިންގަވައި ނިންމަވާފައިވާ ކަމަށް ބުނެ ދައުލަތުން ފާހަގަ ކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރާއިރުގައި؟
ދަޢުވާ ލިބޭ މީހާ ދަޢުވާއަށް އިންކާރުކޮށްފިނަމަ، ދަޢުވާ ލިބޭ މީހާގެ މައްޗަށް ދައުލަތުން ކުރާ ދަޢުވާގެ
ތަފްސީލާއި، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކިތައް ބަޔާންކުރުމަށް ޤާޟީ ދައުލަތުގެ ވަކީލަށް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އދ އެ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/195
އަންގަން
ގަންވާނެކަމާއި، މިގޮތަށް އެންގުމުން، ދައުލަތުގެ ވަކީލު ދަޢުވާގެ ތަފްސީލާއި، އެދަޢުވާ ސާބިތުކުރުމަށް
ދައުލަތުގެ ފަރާތުން ހުށަހަޅާނޭ ހެކިތައް ބަޔާންކުރާނީކަމާއި، ދައުލަތުގެ ފަރާތުން ދަޢުވާ ހުށަހަޅައި، ހުށަހަޅާނޭ
ހެކިތައް ބަޔާންކުރުމުން އެއަށް ޖަވާބުދިނުމަށް ދަޢުވާލިބޭ މީހާއަށް އަންގާނީކަމާއި، މިގޮތަށް އެންގުމުން
ދަޢުވާއަށް ޖަވާބުދީ ދަޢުވާލިބޭ މީހާ ހުށަހަޅާނޭ ހެކިތައް ބަޔާންކުރާނީކަން ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް
ހިންގުމާބެހޭ ޤަވާޢިދުގެ 1.2 ގެ (ހ) އިން އެނގެން އޮންނަކަމާއި؛
ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
882
/
Cr
-
C/694)
ޤަޟިއްޔާގެ ދަށުން އަޙްމަދު ނާޝިމްގެ މައްޗަށް އުފުލި ދައުވާއަށް އަޙުމަދު ނާޝިމް އިންކާރުކޮށްފައިވާތީ،
ދައުލަތުގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށްޓަކައި ހެކި ހުށަހެޅުމުގެ ފުރުޞަތު ޝަރީޢަތުގެ ފަރާތުން
ދީފައިވާކަމާއި، އެފުރުޞަތުގައި ދަޢުވާ ސާބިތުކުރުމަށްޓަކައި ހެންގޮތުގައި، ގޮމަށިގެ އަޙްމަދު އަސީތު
އއ. މާޅޮސް ލަކީސްޓާރ އަޙްމަދު އިރުޝާދު (މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤު ބަޔާނުން
އެނގެން އޮންނަ ގޮތުގައި މުޙައްމަދު އިރުޝާދު) އާއި، ފޭދޫ ފޫޅުމާގެ މުޙައްމަދު ނަސީރު އާއި،
މާފަންނުއާގެ އަޝްރަފް ވަޙީދު އާއި، މި 04 (ހަތަރެއް) ހެކިންގެ އިތުރުން، ޑިޖިޓަލް އެވިޑެންސް ރިޕޯޓަކާއި،
ދަޢުވާގައި ބަޔާންކުރެވިފައިވާ ކުންފުނިތަކުން ހުށަހަޅާފައިވާ އެސްޓިމޭޓްތަކާއި، އެ އެސްޓިމޭޓްތަކުގެ ދިވެހި
ތަރުޖަމާ އާއި އެޓޯލްސް މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން ތަކެއްވެސް ހެކި ޤަރީނާގެ ގޮތުގައި ހުށަހަޅާކަމަށް
2011 އޯގަސްޓް 25 ވަނަ ދުވަހު ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަން
އޮންނަކަމާއި،
ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ހެކިންގެ ފަރާތުން ސާބިތުކޮށްދޭން ބޭނުންވާ
ކަންކަމާއި އެކަންކަމާގުޅޭ ތަފްސީލުތައް ބަޔާންކޮށްދިނުމުގެ ފުރުސަތު 22 ފެބުރުއަރީ 2012 ގައި ކްރިމިނަލް
ކޯޓުން ދައުލަތަށް ދީފައިވާކަން އެނގެން އޮންނަކަމާއި، ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކާ ގުޅިގެން އަޙްމަދު
ނާޘިމްގެ ފަރާތުން އެހެކިތަކާމެދު ދެކޭގޮތް ހާމަކުރުމުގެ ފުރުސަތު ޝަރީޢަތުގެ ފަރާތުން އަޙްމަދު ނާޝިމަށް
ދެއްވުމުން، ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންނަކީ މިމައްސަލައިގައި ހިނގާފައިވާ
ކަންތައްތައް ކުރިފަރާތްތައް ކަމަށް ވުމުން، އެހެކިން ޤަބޫލެއް ނުކުރެވޭނެކަމަށް ބުނެ އެހެކިން
ތަޢުނުކޮށްފައިވާކަން އަޙްމަދު ނާޝިމްގެ ފަރާތުން އޭނާގެ ވަކީލު 2012 ފެބުރުއަރީ 22 ވަނަ ދުވަހު ކްރިމިނަލް
33
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/195
ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން، ޖިނާއީ މައްސަލަތަކުގައި
ޝަރީޢަތް ހިންގުމާބެހޭ ޤަވާޢިދުގެ 1.2 ގެ (ކ) ޚިލާފަށް މައްސަލަ ހިންގަވައި ނިންމަވާފައިވާކަމަށް
ބެލެވެން ނެތްކަން އެނގެއެވެ.
(ނ) މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތް ކުރެއްވުމަކާނުލައި
މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރުގައި؛
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ މުސްތަނަދުތަކާއި ދަލީލުތައް
މާނަކުރުމާއި، ވަޒަންކުރުމާއި، ތަރުޖީޙުކުރުމާއި، މައްސަލަ ސާބިތުކުރުމަށްޓަކައި އެމުސްތަނަދުތަކާއި ދަލީލުތައް
ފުދޭތޯއާއި، މިފަދަ އެންމެހައި ކަންކަމަކީ މައްސަލާގެ ”ފެކްޓްސް ގެ ތެރޭގައި ހިމެނޭ އެހެކިތައް ވަޒަންކުރާ
ކޯޓެއްގެ ތަޤްދީރީ ބާރުގެ ދަށުން ކަނޑައެޅޭ ކަމެއްކަމަށް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ނަންބަރު
30/SC
-
A/2009 ޤަޟިއްޔާގައި ފާހަގަކުރައްވާ ބަޔާންކުރައްވާފައިވާކަން އެނގެން އޮވެފައި؟
ޖިނާއީ މައްސަލަތައް ނިންމުމުގައި، ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން، ޤާނޫނީ ޤަރީނާ
ފިޔަވައި، ވަކި ހެކިތަކަކަށް ނުވަތަ ދަލީލުތަކަކަށް ބުރަވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމްވެގެން ނުވާކަމަށާއި،
ހުށަހެޅޭ ދަލީލުތައް ތަޤްލީމް (evaluate) ކޮށް ވަޒަންކުރުމަށްފަހު ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލުތަކާއި، އެ
ދަލީލުތަކުން ކުރެވޭ އިސްތިންތާޖުތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިޞާޢު ވެގެން
މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމެއް ކޮށްގެން ނުވާނެކަމީ އިސްތިޤްރާރުވެފައިވާ
ޖިނާއީ މައްދައެއްކަން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 23/SC-A/2011
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާކަން އެނގެން އޮތުމުގެ އިތުރުންގެ
ޖިނާއީ މައްސަލައެއްގައި ޝަރީޢަތަށް ހުށައެޅޭ ހެކިތަކާއި ޤަރީނާތަކުގެ ތެރެއިން މައްސަލައާއި
ގުޅުންހުރީ ކޮން ހެކިތަކެއްކަމާއި، ހެކި ހުށަހެޅެނީ ކޮންކަމެއް ސާބިތުކުރުމުގެ ބޭނުމުގައިކަން މައްސަލަ ބައްލަވާ
ފަނޑިޔާރަކު ވަޒަންކުރުމަށްފަހު ޝަރީޢަތުން ބަލައިގަނެވިދާނެ ހެކިތަކާއި ބަލައި ނުގަނެވޭނެ ހެކިތައް އަދި
ޝަރީޢަތަށް ޙާޟިރުކުރެވޭނެ ހެކިންނާއި ޙާޟިރުނުކުރެވޭނެ ދެކިން ފަނޑިޔާރުގެ ތަޤްދިރި ބާރުގެ ތެރެއިން
ކަނޑައެޅިދާނެކަމަށާއި، ނަމަވެސް ޝަރީޢަތަށް ހުށައަޅާ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން ބަލައިގަނެވެން ނެތް
COX
ce O
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އްވަވާ ހދ. Sގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/195
etc.
3 4 3 2 /
ނުވަތަ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވެން ނެތް ހެކި ހުރިނަމަ އެކަން އެގޮތަށް ނިންމަންޖެހުނު ސަބަބެއް
މައްސަލަ ބައްލަވާ ފަނޑިޔާރު،
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވަންޖެހޭނެކަމަށާއި، އަދި ޝަރީޢަތަށް ހުށަހެޅުނު ހެކިތަކުގެ ތެރެއިން ބަލައިނުގަނެވޭނެ ހެކިތަކާއި
ކޯޓަށް ހެކިން ޙާޟިރުނުކުރުމަށް ފަނޑިޔާރު ނިންމަވާފައިވާ ސަބަބަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން،
އެކަށީގެންވާ ސަބަބެއްކަމުގައިވެސް ވާންޖެހޭނެކަމަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
192/HC-A/2011 ޤަޟިއްޔާގައި ހެކި ބަލައިގަތުމާއި އެހެކިތައް ވަޒަންކުރުމާއި ގުޅޭ ގޮތުން އުސޫލެއް
ޤާއިމުކުރައްވާފައިވާކަން އެނގޭކަމާއިގެ
އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ޤަޟިއްޔާތަކުގައި ފާހަގަކުރައްވާފައިވާ
ކަންކަމަށާއި ޝަރީޢަތަށް ހުށަހެޅޭ ހެކިބަސްތައް ބަލައިގަތުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން
ޤާއިމުކޮށްފައިވާ އުސޫލުތަކަށް ބެލުމުން، ދަޢުވާއެއް ސާބިތުކުރުމަށްޓަކައި ޝަރީޢަތަށް ހުށަހެޅޭ ހެކިތަކުގެ
ތެރެއިން ބަލައިގަނެވޭނެ ހެކިންނާއި ބަލައިނުގަނެވޭނެ ހެކިން ކަނޑައަޅައި، އެހެކިންގެ ހެކިބަސް ޝަރީޢަތުން
ޤަބޫލުކުރުމާއި ނުކުރުން އަދި ހެކިންގެ ތެރެއިން ޝަރީޢަތަށް ޙާޟިރުކުރަންޖެހޭ ހެކިންނާއި ޙާޟިރުކުރަން
ނުޖެހޭ ހެކިންނާމެދު ގޮތެއް ކަނޑައަޅައި ނިންމުމަކީ މައްސަލަ ބަލާ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރެއިން
ކަނޑައެޅޭކަންކަން ކަމަށްވެފައި، އެނިންމުން ބިނާކުރި ސަބަބުތަކުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
އެކަށީގެންވާ ސަބަބެއް ބަޔާންކުރެވިފައިވާނަމަ އެކަމަކީ ޝަރުޢީ އަދި ޤާނޫނީ އަސްލަކާއި ޚިލާފުވުންކަމުގައި
ނުބެލެވޭނެކަމާއިގެ
އަޙްމަދު ނާޝިމްގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލި ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ ހެކި
ހުށަހެޅުމުގެ ފުރުސަތު އަދި ހެކިން ހުށަހަޅަނީ ކޮންކަމެއް ސާބިތުކުރުމުގެ ގޮތުންކަން ތަފްސީލްކޮށް
ބަޔާންކޮށްދިނުމުގެ ފުރުސަތު ކްރިމިނަލްކޯޓުން ދައުލަތަށް ދީފައިވާކަން މިމައްސަލައިގައި ދައުލަތުގެ ފަރާތުން
ކްރިމިނަލްކޯޓަށް ދީފައިވާ ބަޔާންތަކުން އެނގެން އޮތްނައިރު، މިމައްސަލައާއެކު ހުށަހެޅުނު ހެކިތައް
ފަނޑިޔާރަށް ލިބިފައިވާ ތަޤްދީރީ ބާރުގެ ތެރެއިން ވަޒަންކުރައްވާ އެހެކިތަކަކީ މިމައްސަލައިގައި ބަލައިގަނެވެން
ނެތް ހެކިތަކެއްކަމަށް ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާ އެހެކިތަކާއި ގުޅޭ ގޮތުން
CUCC>
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/195
ފަނޑިޔާރަށް ފާހަގަކުރެވުނު ކަންކަން އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމާއި،
އެގޮތުން ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
882
/
Cr
-
C/694) ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 6، 7 އަދި 8 ވަނަ ނުކުތާގައި މިމައްސަލައިގައި ދައުލަތުގެ ފަރާތުން
ހުށަހެޅި ހެކިންނާބެހޭ ގޮތުން މައްސަލަ ބެއްލެވި ޤާޟީއަށް ފާހަގަކުރެވުނު ކަންކަން ބަޔާންކުރައްވާފައިވާކަމާއި؛
ދައުލަތުގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށްޓަކައި ހެކިންގޮތުގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ
ގޮމަށިގެ އަޙްމަދު އަސީތު އާއި، އއ. މާޅޮސް ލަކީސްޓާރ އަޙްމަދު އިރުޝާދު (މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ތަޙްޤީޤު ބަޔާނުން އެނގެން އޮންނަ ގޮތުގައި މުޙައްމަދު އިރުޝާދު) އާއި ފޭދޫ ފޫޅުމާގެ
މުޙައްމަދު ނަސީރު އާއި، މ. މާފަންނުއާގެ އަޝްރަފް ވަޙީދު އާއި މި 04 (ހަތަރެއް) ހެކިންނަކީ، އަޙްމަދު
ނާޝިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއާ ގުޅިގެން ޝަރީޢަތުގެ މަޖިލިހަށް އެހެކިން ޙާޟިރުކޮށް
ހެކިބަސް ނަގަންޖެހޭ ބައެއްތޯ ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުން ބެލިއިރުގެ
ގޮމަށިގެ އަޙްމަދު އަސީތު މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަޙްޤީޤަށް 2009 ޖޫން 25 ވަނަ
ދުވަހު ދީފައިވާ ބަޔާނުގައި، ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް 150 ބަނދަރު ބައްތި
ގަތުމަށްޓަކައި އެމިނިސްޓްރީގެ ފަރާތުން 2002 ޑިސެމްބަރު 31 ވަނަ ދުވަހު އިޢްލާންކޮށްފައިވާ ޕްރޮޖެކްޓާގުޅޭ
ލިޔުންތަކާއި، އަދި 2003 ވަނަ އަހަރު އެޓޯލްސް މިނިސްޓްރީއަށް ސައުންޑް ސިސްޓަމްތަކެއް ގަތުމުގެ
ލިޔުންތަކެއް ފުލުހުންގެ ތަޙްޤީޤުގައި އަޙްމަދު އަސީތުއަށް ދައްކާފައިވާކަމަށާއި، މި ދެ
ޕްރޮޖެކްޓަކީ އަޙްމަދު އަސީތު ނަމިރާގެ ވަޒީފާއަށް ވަނުމުގެ ކުރިން އިޢްލާންކޮށްފައިވާ ދެ ޕްރޮޖެކްޓް
ޕްރޮޖެކްޓްކަމަށާއި
ނަމީރާ ކުންފުނީގެ ވަޒީފާއަށް އަޙްމަދު އަސީތު ވަނީ 2003 ވަނަ އަހަރުގެ ޖޫން މަސްތެރޭގައި ކަމަށް
ބުނެފައިވާކަމާއި؛
އއ. މާޅޮސް ލަކީސްޓާރ އަޙްމަދު އިރުޝާދު (މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤު ބަޔާނުން
އެނގެން އޮންނަ ގޮތުގައި މުޙައްމަދު އިރުޝާދު) މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަޙްޤީޤަށް 2009
އޮގަސްޓް 06 ވަނަ ދުވަހު ދީފައިވާ ބަޔާނުގައި، އެކަމަކާއި ގުޅިގެން އަޙްމަދު ނާޝިމްގެ މައްޗަށް
ޕްރޮޖެކްޓަކާގުޅޭ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/195
ދަޢުވާކުރެވިފައިވާ 2003 ވަނަ އަހަރު އަތޮޅުތަކުގެ މިސްކިތްތަކަށް ބޭނުންވާ ސައުންޑް ސިސްޓަމް ގަތުމުގެ
ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައިނުވާކަމާއި؛
ސ. ފޭދޫ ފޫޅުމާގެ މުޙައްމަދު ނަސީރު އާއި، މ. މާފަންނުއާގެ އަޝްރަފް ވަޙީދު އާއި، މިދެމީހުން
ހެކިންގެ ގޮތުގައި ކްރިމިނަލް ކޯޓަށް އެމީހުންގެ ނަން ހުށަހަޅާފައިވީނަމަވެސް އެ ދެމީހުންގެ ތަޙްޤީޤު ބަޔާން
ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް ހުށަހަޅާފައިނުވާކަން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމިއްލަ
އިސްނެގުމުން މުޙައްމަދު ނަސީރު އާއި، އަޝްރަފް ވަޙީދު ތަޙްޤީޤަށް ދީފައިވާ ބަޔާންތައް ގެނެސް ބެލިއިރު،
މުޙައްމަދު ނަސީރު މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަޙްޤީޤަށް 2009 ޖޫން 14 ވަނަ ދުވަހާއި، 2009
ޖުލައި 07 ވަނަ ދުވަހު ބަޔާންދީފައިވާކަމާއި، އަދި އަޝްރަފް ވަޙީދު 2009 ޖޫން 08 ވަނަ ދުވަހު
މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަޙްޤީޤަށް ބަޔާނެއް ދީފައިވާއިރު، މިދެ މީހުން ދީފައިވާ ބަޔާންތަކުގެ
ތެރެއިން އެއްވެސް ބަޔާނެއްގައި މިއިސްތިއުނާފުކުރެވޭ މައްސަލައިގައި ހިމެނޭ ސައުންޑް ސިސްޓަމްތަކާއި ގުޅޭ
އެއްވެސް ވާހަކައެއް ޒިކުރުކޮށްފައި ނުވާކަން އެ ބަޔާންތަކަށް ބެލުމުން އެނގެން އޮންނައިރު،
ހެކިބަހެއް ދެވޭނީ އެމީހެއްގެ އެނގުމާއި ފެނުމުގެ ތެރެއިން ހިނގާފައިވާ ކަމެއްގެ މައްޗަށް
އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
882
/
Cr
-
C/694)
ޤަޟިއްޔާގެ ދަށުން އަޙްމަދު ނާޝިމްގެ މައްޗަށް ހުށަހެޅުނު ދަޢުވާ ސާބިތުކުރުމަށްޓަކައި، ހެކިންގެ ގޮތުގައި
ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އަޙްމަދު އަސީތު އާއި، މުޙައްމަދު އިރުޝާދު އާއި މުޙައްމަދު ނަސީރު އާއި،
އަޝްރަފް ވަޙީދު އާއި މި
04 (ހަތަރެއް) މީހުންނަކީ، އެދަޢުވާގެ މައުޟޫޢުގައި ހެއްކެއްގެ ގޮތުގައި ބަލައި
ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް ހެކިބަސް ނަގަންޖެހޭ ފަރާތްތަކެއް ކަމަށް ބެލެވެންނެތްކަން އެނގެއެވެ.
އ ހޓ 3 / 4
3
6422
(ރ) މިއިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
882
/
Cr
-
C/694)
ޤަޟިއްޔާއާ ގުޅިގެން ދައުލަތުގެ ފަރާތުން ކްރިމިނަލްކޯޓަށް ހުށަހަޅާފައިވާ ހެކިން ޝަރީޢަތަށް ބަލައި ނުގަންނަ
ކަމަށް ވިދާޅުވެ އެހެކިން ޙާޟިރުކުރެއްވުމެ ނެތި، އަދި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ކިތާބީ
ހެކިތަކަށް ބުރަދަނެއް ދިނުމެއްނެތި މައްސަލަ ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނު އަސާސީގެ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/195
¢¢ ¢ ¢
17 ވަނަ މާއްދާ އާއި، 20 ވަނަ މާއްދާގައި ބަޔާންކުރާ ހަމަހަމަކަމުގެ މަޞްދައުއާ ޚިލާފު ކަމެއްކަމަށް
ދެކޭކަމަށް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ:
”މިބާބު (އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބު) ގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން،
މިބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށްމެ
ލިބިގެންވެއެވެ. މިޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް،
ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ
ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ
ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި
ތަފާތުކޮށްގެން ނުވާނެއެވެ.” މިފަދައިންކަމާއި، އަދި
ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައިވަނީ: ”ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު
ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެކެވެ. އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ
މަންފާތައް ހަމަހަމަކަމާއިއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެވެސް ޙައްޤެކެވެ.” މިފަދައިން ކަމާއި،
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި ރިޢާޔަތްކޮށް ބެލޭނީ ކޮންމެ މައްސަލައެއްގެ ވެސް
ވަށައިގެންވާ އެންމެހައި ކަންކަމާއި، މައްސަލަ ބައްލަވައި ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ހެކި
ޤަރީނާތަކުގައި ހުރި ބުރަދަނެއްގެ މައްޗަށް ކަމާއި،
އަޙްމަދު ނާޝިމްގެ މައްޗަށް އުފުލުން ދަޢުވާގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް
ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މައްސަލައާއެކު ހުށަހެޅޭ ހެކި ޤަރީނާތައް ވަޒަންކުރުމަށް މައްސަލަ ބައްލަވާ
ފަނޑިޔާރަށް ލިބިގެންވާ ތަޤްދީނީ ބާރުގެ ތެރެއިން، (ދައުލަތުގެ ފަރާތުން ހުށަހެޅި) އެންމެހާ ހެކިތަކާއި
ޤަރީނާތައް ވަޒަންކޮށް، އެހެކިތަކާއި ޤަރީނާތައް ބަލައިނުގަތުމަށް ނިންމި ނިންމުން ބިނާކުރި ސަބަބު
މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައި ކަމާއިގެ
އެހެކިތަކާއި ޤަރީނާތައް ބަލައިނުގަތުމަށް ނިންމުމަށް ކްރިމިނަލް ކޯޓުން މިމައްސަލަ ބެއްލެވި
ފަނޑިޔާރު ވެފައިވާ ސަބަބުތަކަށް ބެލިއިރު އެސަބަބުތަކުގައި ޝަރުޢީ ނުވަތަ ޤާނޫނީ އަޞްލަކާ
Aއ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/195
މިފުވުމެއް ނުވާއިރު، އެއީ ޖިނާއީ މައްސަލަތައް ބެލުމުގައި ފަނޑިޔާރުން ޢަމަލުކުރަންޖެހޭ އުޞޫލަކާއި
ޚިލާފުވުމެއްކަމުގައި ބެލެވެންނެތްކަމާއި،
އަދި އަޙްމަދު ނާޝިމްގެ މައްޗަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކަށް ބުރަދަނެއް ދެވެން ނެތްކަމަށް
އެކޯޓުން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނާ ފަދަ
ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ
މީހެއްކަމަށް ބުނާ މައްދައުއާ ފުށުއަރާ ކަމެއްކަމުގައި ނުބެލެވޭއިރު، އެއީ ޤާނޫނުއަރ
17 ވަނަ މާއްދާގައި
ބަޔާންކުރާ ފަދަ ތަފާތުކުރުމެއް ކަމުގައިވެސް ބެލެވެން ނެތްކަން އެނގެއެވެ.
80*8
(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ
ޖެނެރަލްއަށް ކަނޑައެޅިފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި، ތަޙްޤީޤުކުރާ އެކިއެކި އިދާރާތަކުން
ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، ކުށެއް
ކުރިކަމަށް ތުހުމަތު ކުރެވިފައިވާ މީހަކާމެދު ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމައިފައިވާ
ނިންމުމެއް
އެ ނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދަޢުވާއެއް އަނބުރާ ގެނައުން
ހިމެނިފައިވީނަމަވެސް މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރެވެންވާނީ އެމީހަކު ކުރި ޢަމަލަކީ
ތަޖުރީމްކުރެވިފައިވާ ޢަމަލަކަށްވެފައި، އެކުރި ޢަމަލެއް ދަޢުވާ އުފުލޭ ފަރާތަށް ނިސްބަތްކުރެވޭނަމަ ކަމާއި،
ހަމައެއާއެކު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ލިބިގެންވާ ބާރުގެ
ތެރެއިން އެފަރާތުން މީހެއްގެ މައްޗަށް ޝަރުޢީ ކޯޓެއްގައި ދަޢުވާއެއް އުފުލައިފިނަމަ، އެފަރާތުން ހުށަހަޅައި
ހެއްކާއި ޤަރީނާ ވަޒަންކޮށް ބަލާ ބެލުމުގައި، އެދަޢުވާގައި ސާބިތުކުރެވެން އޮތް ކުށުގެ ޢަމަލެއް އޮތްތޯ ބަލައި،
ސާބިތުކުރެވެން އޮތީ ކުށުގެ ކޮން ޢަމަލެއްކަމާއި، އަދި ދަޢުވާކޮށްފައިވަނީ ދަޢުވާކުރުމުގެ ސިފަ އޮތް ފަރާތެއްގެ
މައްޗަށްތޯ އާއި މައްސަލައިގާ ދަޢުވާލިބޭ ފަރާތުން ޖަވާބުދާރީވާންޖެހޭ ފަދަ ދަޢުވާއެއް އޮތްކަން ނުވަތަ
ނެތްކަމާއި، އެދަޢުވާއަކީ އެމައްސަލާގައި ތުހުމަތުކުރެވޭ ފަރާތްކަމަށް ދައުލަތުން ދެކިގެން، ދަޢުވާކޮށްފައިވާ
ފަރާތުގެ މައްޗަށް އުފުލިދާނެ ދަޢުވާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ ޝަރުޢީކޯޓުތަކަށް ލިބިގެންވާ
ބާރެއްކަން އެނގޭކަމާއިގެ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/195
8 26
އެގޮތުން މިއިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/882 ޤަޟިއްޔާގައި
އަޙްމަދު ނާޝިމްގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޞިޔާއަށާއި، އެދައުވާ ސާބިތުކުރުމުގެ ގޮތުން އެޤަޟިއްޔާގެ
ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ކިތާބީ ހެކިތަކަށާއި، ދައުލަތުގެ ފަރާތުން ދަށުކޯޓާއި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ އެންމެހައި ވާހަކަތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ނަޒަރުކުރާއިރުގައި
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
882
/
Cr
-
C/694) ޤަޟިއްޔާގައި ”އަޙްމަދު ނާޝިމް
2003 ވަނަ އަހަރު މީނާގެ ޙިއްސާ އޮންނަ ނޭޒާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ޙިއްސާދާރެއްގެ
ގޮތުގައި ހުރެ، ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުން އިޢްލާން ނުކުރަނީސް، އެމިނިސްޓްރީއަށް
2003 ވަނަ އަހަރު އަތޮޅުތަކުގެ މިސްކިތްތަކަށް ބޭނުންވާ ސައުންޑް ސިސްޓަމް ގަތުމަށް އެޕްރޮޖެކްޓް
އިޢްލާންކުރި ކަމަށް ދޭހަވާގޮތަށް މީނާގެ ޙިއްސާ އޮންނަ ތިން ކުންފުނި ކަމަށްވާ ނޭޒާ އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑާއި ޕަވަރޕާރޓްސް ޕްރައިވެޓް ލިމިޓެޑާއި ޝަހުމް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ
ނަމުގައި އެސްޓިމޭޓްތައް ހަދާ އެތަންތަނުގެ ނަމުގައި މިޕްރޮޖެކްޓަށް އެސްޓިމޭޓް ހުށަހަޅައި މިޕްރޮޖެކްޓް
ކާމިޔާބުކޮށް، މީނާ މިޕްރޮޖެކްޓްގެ ޖުމްލަ އަގަށްވާ -/
1785000ރ. (އެއްމިލިއަން ހަތްސަތޭކަ
އަށްޑިހަފަސްހާސް ރުފިޔާ) މަކަރާއި ޙީލަތުން ހޯދާފައިވާތީ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި
132 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ ދަށުން އަޙްމަދު ނާޝިމްގެ މައްޗަށް ސަރުކާރުގެ ދިހަހާސް
ރުފިޔާއިން މަތީ ޢަދަދެއްގެ ފައިސާއިން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާއާއި މީނާ މަކަރާޙީލަތުން ހޯދި
-/
1785000ރ. (އެއްމިލިއަން ހަތްސަތޭކަ އަށްޑިހަފަސްހާސް ރުފިޔާ) ސަރުކާރަށް ލިބިދިނުމުގެ ކުށުގެ
ދަޢުވާ“ މިޞީޣާއިން އަޙްމަދު ނާޝިމްގެ މައްޗަށް ދަޢުވާކޮށްފައިވާއިރު؟
އަދި މ.ނިޔަދުރު އަޙްމަދު ނާޝިމްގެ މައްސަލައިގައި އަޙްމަދު ނާޝިމްގެ ހިއްޞާ އޮންނަ ނޭޒާ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންގެ މައްޗަށް އަޙްމަދު ނާޝިމްގެ އަމުރު ހިނގާނެ
މިންވަރަށާއި އެމުވައްޒަފުންގެ ބާރުވެރިކަންހުރި މިންވަރަށާއި މިމައްސަލައިގައި އަޙްމަދު ނާޝިމްގެ މަޞްލަޙަތު
ހިމެނޭ މިންވަރަށާއި މިކުށުގެ މަންފާ އަޙްމަދު ނާޝިމަށް ލިބިފައިވަނީ ކިހާ މިންވަރަކަށްކަން ޕްރޮސިކިއުޓަރ
OOCXO
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/195
ޖެނެރަލް ބަލާފައިވާކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި
ބުނެފައިވާއިރު;
މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުން 2003 ވަނަ އަހަރު އަތޮޅުތަކުގެ މިސްކިތްތަކަށް
ބޭނުންވާ ސައުންޑް ސިސްޓަމް ގަތުމުގެ ޕްރޮޖެކްޓް، ނޭޒާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް އެވޯޑް
ކުރުމަށް މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުން 2003 އޭޕްރީލް 08 ވަނަ ދުވަހު ނިންމާފައިވާކަން
އެނގެން އޮންނައިރު، އެޕްރޮޖެކްޓްގެ މަސައްކަތް ޙަވާލު ކުރުމުގެ އެއްބަސްވުމުގައި ނޭޒާ އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކޮށްފައިވަނީ 2003 އޭޕްރީލް 09 ވަނަ ދުވަހުކަމާއި، އަދި އެޕްރޮޖެކްޓްގެ
އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި މަސައްކަތުގެ އަގުގެ %50 ފައިސާ، 2003 އޭޕްރީލް
10 ވަނަ ދުވަހު ދޫކޮށްފައިވާއިރު، އެޕްރޮޖެކްޓުގެ މަސައްކަތް ނިންމާ މަސައްކަތުގެ އަގުގެ ބާކީ %50 ފައިސާ
ހޯދުމަށް ނޭޒާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ އޮފް އެޓޯލްސް
ޑިވެލޮޕްމަންޓަށް އިންވޮއިސް ހުށަހަޅާފައިވަނީ 2003 އޯގަސްޓް 24 ވަނަ ދުވަހުކަން ދައުލަތުގެ ފަރާތުން
މިމައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔުން އެނގެން އޮންނަކަމާއިގެ
1997 މާރޗް 23 ވަނަ ދުވަހު ނޭޒާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ރެޖިސްޓްރީ
ކުރެވުނުއިރު ޙިއްޞާ ދާރުންގެ ގޮތުގައި ތިބީ ޢަބްދުﷲ ނާޝިތު މ. ނިޔަދުރުގެ އާއި، ސަޢީދު ޢީސާ
ސައްލިގެ ކަމާއި، 2003 ސެޕްޓެމްބަރު 03 ވަނަ ދުވަހު އެކުންފުނީގެ ޙިއްޞާ ދާރުންނަށް ބަދަލު
ގެނެވިފައިވާކަން އެނގެން އޮންނައިރު، އެތާރީޚު (2003 ސެޕްޓެމްބަރު 03 ވަނަ ދުވަހު) ން ފެށިގެން 2008
އޮކްޓޯބަރު 07 ވަނަ ދުވަހާ ހަމަޔަށް ޙިއްޞާދާރުންގެ ގޮތުގައި ތިބީ މ. ނިޔަދުރުގެ ޢަބްދުﷲ ނާޝިތު އާއި،
ނިޔަދުރު އަޙްމަދު ނާޝިމް އާއި ދެމީހުންކަން ދައުލަތުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނަންބަރު 171
/
2009
/
19/C-101 (31 މެއި 2009)
ސިޓީން އެނގެން އޮތުމުން، މިމައްސަލައިގައި އެކަމަކާ ގުޅިގެން އަޙްމަދު ނާޝިމްގެ މައްޗަށް ދަޢުވާ އުފުލިފައިވާ
މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުން 2003 ވަނަ އަހަރު އަތޮޅުތަކުގެ މިސްކިތްތަކަށް ބޭނުންވާ
ސައުންޑް ސިސްޓަމް ގަތުމުގެ ޕްރޮޖެކްޓް އެވޯޑް ކުރެވުނުއިރު، އަދި އެޕްރޮޖެކްޓްގެ މަސައްކަތް ޙަވާލު ކުރުމުގެ
މިބަސްވުމުގައި ނޭޒާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކޮށް އެއްބަސްވުމުގެ ދަށުން
*2
COOOXC
އެއެބއ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ގެން
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/195
އޮތަ 9
0
އެޑްވާންސް ޕޭމަންޓްގެ ގޮތުގައި މަސައްކަތުގެ އަގުގެ %50 އަށްވާ ފައިސާ ދޫކުރިއިރު އަދި މަސައްކަތް
ނިންމުމުން މަސައްކަތުގެ އަގުގެ ބާކީ %50 ފައިސާ ދޫކުރިއިރުވެސް އަޙްމަދު ނާޝިމް އަކީ ނޭޒާ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާ ދާރެއް ނޫންކަން ޝަރީޢަތަށް ސާބިތުވާކަމާއި،
ޝަހުމް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގައި އެކުންފުނި ރެޖިސްޓްރީ ކުރެވުނު ތާރީޚު (2000
އޭޕްރީލް 12 ވަނަ ދުވަހު) ން ފެށިގެން 2008 އޮކްޓޯބަރު 26 ވަނަ ދުވަހު އެކުންފުނި އުވާލުމާ ހަމަޔަށް
ޙިއް ޞާދާރުންގެ ގޮތުގައި އަޙްމަދު ނާޝިމްގެ އިތުރުން، ޢަބްދުލްމަތީން މުޙައްމަދު ހިކިފިނިފެންމާގެ އާއި،
ސަޢުދުﷲ އަޙްމަދު މއ. މީރާގެ އާއި، މިތިން މީހުން ތިބިއިރު މިތިން މީހުން ކުރެ ކޮންމެ މީހަކަށްމެ
ލިބިފައިވަނީ 2400 (ދުއިސައްތަ) ޙިއްޞާކަން އިސްވެ އިޝާރާތްކުރެވުނު މިނިސްޓްރީ އޮފް އިކޮނޮމިކް
ޑިވެލޮޕްމަންޓްގެ ސިޓީން އެނގެން އޮންނައިރު، ސަހުމް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާ
ދާރުންގެ ތެރެއިން އަޙްމަދު ނާޝިމް ފިޔަވައި އެހެން އެއްވެސް ޙިއްޞާދާރެއްގެ މައްޗަށް މިމައްސަލައާ ގުޅިގެން
ދަޢުވާކޮށްފައިވާކަން އެނގެން ނެތްއިރު، އެކަމާގުޅިގެން އަޙްމަދު ނާޝިމްގެ މައްޗަށް ދަޢުވާކުރެވިފައިވާ ވާޤިޢާ
ހިނގިއިރު ނޭޒާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާދާރުންގެ ގޮތުގައި ތިބި މީހުންގެ
މައްޗަށްވެސް ދައުލަތުގެ ފަރާތުން ދަޢުވާކޮށްފައިވާކަން އެނގެން ނެތްކަމާއި
އަޙްމަދު ނާޝިމްގެ މައްޗަށް ހުށަހެޅުނު ދަޢުވާގެ ޞިޔާގައި އަޙްމަދު ނާޖިމް އަކީ ޕަވަރ ޕާރޓްސް
ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާދާރެއް ކަމަށް ބަޔާންކުރެވިފައިވީނަމަވެސް އެކުންފުނި ރެޖިސްޓްރީކުރެވުނު ތާރީޚު
(1996 އޭޕްރީލް 24 ވަނަ ދުވަހު) ން ފެށިގެން، އިސްވެ އިޝާރާތްކުރެވުނު މިނިސްޓްރީ އޮފް އިކޮނޮމިކް
ޑިވެލޮޕްމަންޓްގެ ނަންބަރު 171
/
2009
/
19/C-101 (31 މެއި 2009) ސިޓީގެ ތާރީޚާ ހަމަޔަށް
ފާއިތުވެފައިވާ ދުވަސްތަކުގައި އަޙްމަދު ނާޝިމްއަކީ ޕަވަރ ޕާރޓްސް ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާދާރެއްކަން
ނެތްކަމާއި؛
މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް 2003 ވަނަ އަހަރު އަތޮޅުތަކުގެ މިސްކިތްތަކަށް
ބޭނުންވާ ސައުންޑް ސިސްޓަމް ގަތުމުގެ ޕްރޮޖެކްޓަށް ނޭޒާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާ
ދާރެއްގެ ގޮތުގައި އަޙްމަދު ނާޝިމް ހުރެ އަޙްމަދު ނާޝިމްގެ ޙިއްޞާ އޮންނަ އެކުންފުނީގެ އިތުރުން އަޙްމަދު
ނާޘިމްގެ ޙިއްޞާ އޮންނަ ޕަވަރ ޕާރޓްސް ޕްރައިވެޓް ލިމިޓެޑާއި، ސަހުމް އިންވެސްޓްމަންޓް ޕްރައިވެޓް
COOOX
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/195
ލިމިޓެޑުގެ ފަރާތުން އެސްޓިމޭޓްތައް ހަދާ އެތަންތަނުގެ ނަމުގައި އެޕްރޮޖެކްޓަށް އެސްޓިމޭޓް ހުށަހަޅައި އަޙުމަދު
ނާޝިމް މަކަރާއި ޙީލަތުން ފައިސާ ހޯދި ކަމަށް ތުހުމަތުކޮށް ދަޢުވާކޮށްފައިވާއިރު،
މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރެވޭއިރު، އެމީހަކު ކުރި ކުށުގެ ޢަމަލަކީ ކޮބައިކަން
ބަޔާންކުރެވެންވާނެ ކަމާއި، އަދި އެފަދަ ދަޢުވާއެއް ކުރެވެންވާނީ އެފަރާތަކުން ކޮށްފައިވާ ޢަމަލަކީ
ތަޖުރީމްކުރެވިފައިވާ ޢަމަލަކަށް ވެފައި، އެޢަމަލު އެމީހަކަށް ނިސްބަތްކުރެވޭވަރަށް ހެއްކާއި ޤަރީނާ ހުރެގެން
ކަމާއިގެ
ބިނާކޮށް
COOOXC
އަޙުމަދު ނާޝިމްގެ މައްޗަށް ދަޢުވާ އުފުލަންޖެހުނީ މިމައްސަލައިގައި ޙަވާލާދޭ އެސްޓިމޭޓްތައް ހެދީ
އަޙުމަދު ނާޝިމް ބުނެގެންކަމަށް އެމަސައްކަތް ޢަމަލީ ގޮތުން ކުރި ފަރާތްތަކުން ބުނެފައިވާތީ އެކަމުގެ މައްޗަށް
ރިޢާޔަތްކޮށްގެންކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތްއިރު، އަޙްމަދު ނާޝިމްއަކީ
މިމައްސަލައިގައި ޙަވާލާދޭ އެސްޓިމޭޓްތައް ހުށަހެޅިއިރު އަދި އެއެސްޓިމޭޓްތަކުގެ މައްޗަށް ބިނާކޮ މަސައްކަތް
ޙަވާލުކުރެވި، ފައިސާ ދޫކުރިއިރުވެސް ނޭޒާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާދާރެއް ނޫންކަން
އެނގެން އޮތުމުގެ އިތުރުން، އަޙްމަދު ނާޝިމް އަކީ ޕަވަރ ޕާރޓްސް ޕްރައިވެޓް ލިމިޓެޑުގެ ޙިއްޞާދާރެއް
ކަމަށް ދައުލަތުން ކޮށްފައިވާ ދަޢުވާގައި ބަޔާންކުރެވިފައިވީނަމަވެސް އެކުންފުނި ރެޖިސްޓްރީކުރެވުނު
ދުވަސްކަމަށްވާ 1996 އޭޕްރީލް 24 ވަނަ ދުވަހުން ފެށިގެން، އިސްވެ އިޝާރާތްކުރެވުނު މިނިސްޓްރީ އޮފް
އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނަންބަރު 171
/
2009
/
19/C-101 (31 މެއި 2009) ސިޓީގެ ތާރީޚާ ހަމަޔަށް
ފާއިތުވެފައިވާ ދުވަސްތަކުގައިވެސް އަޙްމަދު ނާޝިމްއަކީ ޕަވަރ ޕާރޓްސް ޕްރައިވެޓް ލިމިޓެޑުގެ
ޙިއްޞާދާރެއްކަން އެނގެން ނެތްއިރު، އަދި ސަހުމް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަކީ މިމައްސަލައިގައި
އިޝާރާތްކުރެވޭ އެސްޓިމޭޓް ހުށަހެޅި ދުވަސްވަރު ހަމަ އެކަނި އަޙްމަދު ނާޝިމްގެ ޙިއްސާ އޮތް ކުންފުންޏެއް
ކަމަށްނުވާއިރު، ކުންފުންޏަކީ ކުންފުނީގެ ޙިއްސާދާރުންނާ ވަކިން އުފެދިފައި އޮންނަ ޤާނޫނީގޮތުން މުސްތަޤިއްލު
ޝަޚް ޞަކަށްވާއިރު ކުންފުންޏެއްގެ ޙިއްޞާދާރަކަށްވުމަކީ ކުންފުނީގެ މުވައްޒަފުންކުރާ އެންމެހާ ޖިނާއީ އަދި
މަދަނީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލާންޖެހޭ ފަދަ ސަބަބެއް ނޫންކަމާއިގެ
އަޙްމަދު ނާޝިމް ބުނެގެން ކަމަށްބުނެ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް މުވައްޒަފުންތަކެއް ކަންތައްތަކެއް
ކުރުމަށްފަހު އެކަންކަން ޢަމަލީގޮތުން ކުރި ފަރާތްތަކުގެ މައްޗަށް ދަޢުވާ ނުއުފުލި އަދި އަޙްމަދު ނާޝިމް އެކޭ
8 0 4 6 8
etc
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/195
އެއްފަދައިން އެއް މިންވަރަކަށް ކުންފުނީގައި ޙިއްޞާވާ އެހެން ޙިއްޞާދާރުންގެ މައްޗަށް ދަޢުވާކުރުމަކާ ނުލައި،
އަދި މިމައްސަލައިގައި ދަޢުވާކުރެވޭ ޕްރޮޖެކްޓުގެ މަސައްކަތަށް އެސްޓިމޭޓް ހުށަހަޅާ އެޕްރޮޖެކްޓް މަސައްކަތުގެ
ފައިސާއާ ޙަވާލުވީއިރު ކުންފުނީގެ ޙިއް ޞާދާރުންގެ ގޮތުގައި ތިބި މީހުންގެ މައްޗަށް ދަޢުވާނުކޮށް އަދި
މިމައްސަލައިގެ ވާޤިޢާގައި ހިމެނޭ ޕްރޮޖެކްޓަށް އަޙްމަދު ނާޝިމްގެ ޙިއްޞާ އޮންނަ ކުންފުންޏަކުން އެސްޓިމޭޓް
ހުށަހަޅާފައިވުމަކީ އަދި އެސްޓިމޭޓްތައް ތައްޔާރުކޮށް އެކަންކަން އަމަލީގޮތުން ކުރިފަރާތްތަކަކީ އަޙުމަދު ނާޝިމްގެ
ޙިއްސާ އޮންނަ ކުންފުންޏެއްގެ މުވައްޒަފުން ކަމުގައިވުމަކީ، ދައުލަތުގެ ފަރާތުން ދަޢުވާކުރާ މަކަރާ
ޙީލަތްހެދުމުގެ ޢަމަލު އަޙުމަދު ނާޝިމަށް ނިސްބަތްކޮށް އެދަޢުވާ އަޙުމަދު ނާޝިމްގެ މައްޗަށް ކުރެވިދާނެ ސަބަބެއް
ކަމަކަށް ނުބެލެވެއެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު
(2010/JC/694) ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތް ކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން
ބެލި ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
882/Cr-C/2010
cu o
0
އެކެވެ
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު
2010/JC
/
2010
)
882
/
Cr
-
C/694) ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ
ނުވަތަ ޤާނޫނީ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ
މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިކާ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv