ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/36 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/36
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އެއް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 36/HC
-
A/2011
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙައިދަރު
ކާޑު ނަންބަރ: A355076
އައިޑީ
ދާއިމީ އެޑްރެސް: ފުނާޑު، ނޫޑަލްހީ/ ޏ. ފުވައްމުލައް
މީހާރުގެ އެޑްރެސް: މޫރިތި ޏ.
ފުވައްމުލައް
• އިސްތިއުނާފް ރައްދުވި ފަރާތް:
* ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)
0
ހުށަހެޅުނު ތާރީޚް: 02 ފެބުރުއަރީ 2011
* ނިމުނު ތާރީޚް: 03 ފެބުރުއަރީ 2011
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ ފަނޑިޔާރު ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރުދީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2011/HC-A/36
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
02 0 0
މިއީ، އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: MD
-
63
/
2011
/
S2C ކޯޓު
އަމުރާއިމެދު ހިތްހަމަ ނުޖެހިގެން، ޏ. ފުވައްމުލައް، ފުނާޑު، ނޫޑަލްހީ ޙައިދަރު އެއަމުރު ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
ޙައިދަރު ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތެވެ.
ފާހަގަކުރެވުނު ނުކުތާތައް:
އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު MD
-
63
/
2011
/
S2C ކޯޓު
އަމުރަށާއި، ޙައިދަރުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި
ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރެވިފައިވާ
އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތީން ކޮންމެ
މީހަކަށް ލިބިގެންވާކަން ޤާނޫނުއަސާސީ ކަށަވަރުކޮށްދޭ ކަމަށާއި އެއިން އެއްވެސް ޙައްޤެއްގެ ނުވަތަ
މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ތަޢާރުޟު ނުވާ ގޮތެއްގެ މަތީން
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށާއި، ޤާނޫނަކުންވެސް އެއިން ޙައްޤެއްގެ ނުވަތަ ނުވަތަ
މިނިވަން ކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް
ނުވަތަ މިނިވަން ކަމެއް ހިފެހެއްޓިދާނެ ކަމަށް ޤަބޫލު ކުރެވޭ މިންވަރަކަށް ކަމަށް ޤާނޫނު އަސާސީގެ 16
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.
(ނ) ޤާނޫނު ނަންބަރު 6/2008 (ޢާންމު ޤަވާޢިދުތަކާއި ބެހޭ ޤާނޫނު)ގެ ދަށުން ޤާނޫނީ ބާރު
ލިބިފައިވާ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ސަބަބުން ކުރެ
ސަބަބަކަށްޓަކައި، މީހަކު ބަންދުގައި ނުވަތަ ހައްޔަރުގައި ބެހެއްޓުމުގެ އަމުރު ފަނޑިޔާރަށް ނެރެވޭނީ،
ގިނަވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށްކަން އިޝާރާތްކުރެވުނު ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ށ) ގެ
ސާފު ޢިބާރާތުން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2011/HC-A/36
ހއ 2
0
<< O
ޤަޟިއްޔާ ނިމުނު ގޮތު
(ޏ) އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު MD
-
63
/
2011
/
S2C ކޯޓު
އަމުރުގެ ދަށުން 2011 ޖެނުއަރީ 20 ވަނަ ދުވަހުގެ 10:00 އިން ފެށިގެން ޝަރީޢަތް ނިމެންދެން
ހައިދަރު ބަންދުގައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރުގައި ވަކި މުއްދަތެއް ކަނޑައެޅުއްވާ ބަޔާން
ކުރައްވާފައި ނުވާތީ، ޙައިދަރު ބަންދުގައި ނުވަތަ ހައްޔަރުގައި ބަހައްޓާނެތޯ ނުވަތަ ނޫންތޯ އާއި ބަންދުގައި
ބަހައްޓާނަމަ ބަހައްޓާނީ ކިހާ މުއްދަތެއްގައިތޯ ކަނޑައެޅުމާއިމެދު ނަޒަރުކުރާއިރު، ބަންދު ނުވަތަ ހައްޔަރުގެ
މުއްދަތާއިމެދު އިސްތިއުނާފުގެ މަރުޙަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައެޅުމަކީ، ދެފަރާތުން
ކުރެ ފަރާތަކަށް ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ މަރުޙަލާ ތަކުގެ ތެރެއިން އެއް މަރުޙަލާ ގެއްލޭނެ
ކަމަކަށް ވުމުގެ އިތުރުން، އެކަމަކީ ދަށުކޯޓުގެ އަޞްލީ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއްކަން
އެނގެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަމަށް ބެލުމުން އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު MD
-
63
/
2011
/
S2C ކޯޓު އަމުރަކީ ޤާނޫނީ ހަމަތަކާއި އެއްގޮތް އަމުރެއް ކަމަށް ބެލެވެން
ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށް
02 0
އެއްބަސްވެވެއެވެ.
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު އެންމެހައި ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން، އައްޑު
އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު MD
-
63
/
2011
/
S2C ކޯޓު އަމުރުގެ ދަށުން 2011
ޖެނުއަރީ 20 ވަނަ ދުވަހުގެ 10:00 އިން ފެށިގެން ވަކި މުއްދަތެއް ކަނޑައެޅުއްވުމެއް ނެތި، ޝަރީޢަތް
ނިމެންދެން ޏ. ފުވައްމުލައް، ފުނާޑު. ނޫޑަލްހީ، ޙައިދަރު ބަންދުގައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރަކީ
ޤާނޫނާ ޚިލާފު އަމުރެއްކަން ޝަރީޢަތަށް ސާބިތުވާތީ، އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
MD
-
63
/
2011
/
S2C ކޯޓު އަމުރު މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ބާތިލުކޮށްފީމެވެ.
އީމެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv