ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/30 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
2012/HC-A/30
بمانمان می رسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ގެން
ރައްޖޭގެ“
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 30/HC
-
A/2012
އިސްތިއުނާފް ކުރިފަރާތް:
ނަން: މުޙައްމަދު މުޞްޠަފާ
އައިޑީ ކާޑު ނަންބަރު: A059729
*
ދާއިމީ އެޑްރެސް: ވިވިޑް ކ. މާފުށި
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
އައިޑީ ކާޑު ނަންބަރު:
، ދާއިމީ އެޑްރެސް: ކ. މާފުށި | ދިވެހިރާއްޖެ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 06 ރަބީޢުލްއައްވަލް 1433
29 ޖެނުއަރީ 2012
ނިމުނު ތާރީޚް: 09 ޖުމާދަލްއާޚިރާ 1433
30 އޭޕްރީލް 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/H-12-MC/51
• ޤަޟިއްޔާގެ ބާވަތް: ޞައްޙަ ވޯޓެއްތޯ ބެލުން
ނިންމެވި ކޯޓް: މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު
* ހުށަހެޅުނު ތާރީޚް: 29 ޖޫން 2011
* ނިމުނު ތާރީޚް: 21 ޖުލައި 11(24
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓު، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 331647/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު "
کی عمری
2012/HC-A/30
ou oo
"ދިވެހިން324 ހައިކް
ޤަވާގެ ޚުލާޞާ
ޤުލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H-12-MC/51
ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ،
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މާފުށީ ވިވިޑް މުޙައްމަދު މުޞްޠަފާ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A059729) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ކެވެ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ، މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ފާހަގަކުރެވުނު ނުކުތާތައް:
1. މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H
-
12
-
MC/51
ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ،
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ކ. މާފުށީ ވިވިޑް މުޙައްމަދު މުޞްޠަފާގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H
-
12
-
MC/51
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، 22 ޖޫން 2011 ގައި
ބޭއްވުނު ކ. މާފުށީ ކައުންސިލްގެ ޖަލްސާގައި، އެކައުންސިލުގެ ރައީސްކަމުގެ މަޤާމުގައި މުޙައްމަދު
.ޞްޠަފާ ހުންނަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނެގުނު ވޯޓުގައި ކައުންސިލުގެ ރައީސްކަމުގެ
މަޤާމުގައި މުޙައްމަދު މުޞްޠަފާ ހުންނަން ނުފެންނަކަމަށް ފާސްކޮށްފައިވާ ނިންމުމަކީ، ޤާނޫނު ނަންބަރު
7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 121 ވަނަ
މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށްއެދި ކ. މާފުށީ ކައުންސިލުގެ
އިދާރާގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓަށް، ކ. މާފުށީ ވިވިޑް
މުޙައްމަދު މުޞްޠަފާ ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
02 0 0
ދިވެހިރާއްޖޭގެ ހައިކޯޓު، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3/16471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު "
کی عمری
ދެވެ
2012/HC-A/30
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، 22 ޖޫން 2011 ދުވަހުގެ 10:00
ގައި، ކ. މާފުށީ ކައުންސިލުގެ އިދާރާގައި ބޭއްވުނު ޖަލްސާގައި އެކައުންސިލުގެ ރައީސްކަމުގެ މަޤާމުގައި
މުޙައްމަދު މުޞްތަފާ ހުންނަން ފެނޭތޯ ނުވަތަ ނުފެނޭތޯ ނެގުނު ވޯޓުގައި، ކައުންސިލުގެ ރައީސްކަމުގައި
މުޙައްމަދު މުޞްޠަފާ ހުންނަން ނުފެންނަކަމަށް ފާސްކޮށްފައިވާ ނިންމުމަކީ، ޤާނޫނުނަންބަރު 7/2011
(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 121 ވަނަ މާއްދާއާ
ކަނޑައެޅިގެން ޚިލާފަށް މާފުށީ ކައުންސިލުން ނިންމާފައިވާ ނިންމުމެއްކަމަށް ޝަރީޢަތުން
ކަނޑައަޅާނެ ތަނެއްނެތް ޞައްޙަ ނިންމުމެއްކަމަށް ޙުކުމް ކުރައްވައިކަން، އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
3. މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H-12-MC/51
ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ
އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، ކ. މާފުށީ ވިވިޑް މުޙައްމަދު މުޞްޠަފާގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް 2 (ދޭއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
.
މުޞްޠަފާ
ހުންނަން
(ހ) ފުރަތަމަ ނުކުތާއަކީ: 22 ޖޫން 2011 ދުވަހުގެ 10:00 ގައި، ކ. މާފުށީ
ކައުންސިލުގެ އިދާރާގައި ބޭއްވުނު ޖަލްސާގައި، ކައުންސިލުގެ ރައީސްކަމުގެ މަޤާމުގައި މުޙައްމަދު
ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ވޯޓު ނެގި ޖަލްސާއަށް ހާޒިރުވެފައިވަނީ
ކައުންސިލުގައި ހިމެނޭ ފަސް މެންބަރުންގެ ތެރެއިން މުޙައްމަދު މުޞްޠަފާ ފިޔަވައި، ދެން ހަތަރު
މެންބަރުންކަމަށްވެފައި، ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކައުންސިލުގެ ނާއިބު ރައީސް އަޙްމަދު ނަޝީދު
ކަމަށްވެފައި، ރިޔާސަތުން ވޯޓަށް އެއްސެވުމުން މުޙައްމަދު މުޞްޠަފާ ކައުންސިލުގެ ރައީސްކަމުގެ
މަޤާމުގައި ހުންނަން ނުފެންނަކަމަށް ޢަބްދުﷲ މުފީދު އާއި އިބްރާހީމް މުޞްޠަފާ ވޯޓު ދީފައިވާއިރު،
މުޙައްމަދު މުޞްޠަފާ ރައީސްކަމުގައި ހުންނަން ފެންނަކަމަށް މަޖުދާ އިބްރާހީމް ވޯޓު ދީފައިވާއިރު،
ކައުންސިލުގެ ރައީސްކަމުގެ މަޤާމުގައި މުޙައްމަދު މުޞްޠަފާ ހުންނަން ނުފެންނަކަމަށް ޖަލްސާގެ
ރިޔާސަތުން ވޯޓު ދީފައިވަނީ، ޤާނޫނުނަންބަރު 7/2011 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ އަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 329
3325 ފެކްސް: 816471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު
دي في فيس مسي کمری
=32
2012/HC-A/30
އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 121 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް ކަމަށްވާއިރު، އެކަމުގެ
މައްޗަށް ބައްލަވާފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ޤާނޫނުނަންބަރު 7/2011 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 121 ވަނަ މާއްދާ ޝަރީޢަތުން މާނަކޮށްފައިވަނީ
ރަނގަޅަށްނޫ
ށްނޫންކަމަށްބުނެ ހުށަހެޅި ނުކުތާ.
4- މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H
-
12
-
MC/51 ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް މާފުށީ ވިވިޑް މުޙައްމަދު މުޞްޠަފާގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި،
އެނުކުތާތަކާގުޅޭ ގޮތުން މުޙައްމަދު މުޞްޠަފާގެ ފަރާތުންނާއި، މިއިސްތިއުނާފް ދަޢުވާ ރައްދުވާ މާލެއަތޮޅު
މާފުށީ ކައުންސިލުގެ އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
5&
IH-12-MC/2011
ޤަޟިއްޔާގެ
2&2 22 22
(ހ) ފުރަތަމަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު
7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާ އެއްގޮތްވާ
ގޮތުގެމަތިން ކައުންސިލްތައް ހިންގައި، ކައުންސިލްތަކުގެ ޖަލްސާތައް ބޭއްވުމާބެހޭ އިޖުރާއީ ޤަވާޢިދުތައް
ހެދުމުގެ ބާރު، އިސްވެދެންނެވުނު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ
ޤާނޫނުގެ 111 ވަނަ މާއްދާއިން ކައުންސިލްތަކަށް ލިބިދީފައިވާކަމާއި، އެމާއްދާއިން ކައުންސިލްތަކަށް
ލިބިދީފައިވާ ބާރުގެ ދަށުން "މާލެއަތޮޅު މާފުށީ ކައުންސިލްގެ ހިންގާ ޤަވާޢިދު 2011"، 31 މާޗް 2011
ގައި ބޭއްވުނު އެކައުންސިލްގެ 17 (ސަތާރަ) ވަނަ ޢާންމު ބައްދަލުވުމުން ފާސްކޮށްފައިވާކަން، މާލެއަތޮޅު
މާފުށީ ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 1 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެން އޮންނަކަމާއި،
މާލެއަތޮޅު މާފުށީ ކައުންސިލުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި ކައުންސިލުން ބާއްވަންޖެ
ބޭއްވޭނީ، އަދި އެބައްދަލުވުންތައް ހިންގޭނީ، އަދި އެބައްދަލުވުންތަކު
99
އީ ދިވެކީ
,23 ތ ދވ
ދިއް
ދިވެހިރާއްޖޭގެ ހައިކޯޓު، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ ފޯން: 33256329 ފެކްސް: 31641
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
کی مرکی
2012/HC-A/30
5 ޤަޟިއްޔާ ނިމުނު ގޮ
ނިންމޭނީ މާލެއަތޮޅު މާފުށީ ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ
ގޮތުގެމަތިންކަން އެޤަވާޢިދުގެ 2 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، އެޤަވާޢިދަކީ 31 މާޗް 2011
އިން ފެށިގެން އޭގެމައްޗަށް
އެގެމައްޗަށް ޢަމަލުކުރަންފަށާފައިވާ ޤަވާޢިދެއްކަން އެޤަވާޢިދުގެ 3 ވަނަ މާއްދާއަށް ބެލުމުން
އެނގެން އޮންނަކަމެވެ.
OX
(ނ) ދެވަނަ ކަމަކީ: މާލެއަތޮޅު މާފުށީ ކައުންސިލުން ކަމެއް ނިންމޭނީ، ކައުންސިލްގެ
ޢާންމު ބައްދަލުވުމަކަށް އެކަމެއް ހުށަހެޅި، ނުވަތަ މާފުށީ ކައުންސިލުގެ ހިންގާ ޤަވާޢިދުގެ 17 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބޭއްވޭ ކުއްލި ބައްދަލުވުމަކަށް އެކަމެއް ހުށަހެޅި،
ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންކަމަށް މާލެއަތޮޅު މާފުށީ
ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 32 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި
ޤާނޫނުނަންބަރު 7/2011 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ
121 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ، ކައުންސިލްގެ ރައީސާއި ނައިބުރައީސް މަޤާމުން
ދުރުކުރުމުގެ ބާރު ތަންފީޒުކުރުމުގެ ގޮތުން ނިންމާ ނިންމުންތައް ފާސްކުރެވޭނީ މުޅި ކައުންސިލްގެ ޖުމްލަ
މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށް މާލެއަތޮޅު މާފުށީ ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 32 ވަނަ
މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައި އޮންނައިރު، ކައުންސިލްގެ ރައީސް ނުވަތަ
ނައިބުރައީސްގެ މައްޗަށް އިތުބާރުނެތްކަމަށް ކައުންސިލްގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފިނަމަ،
އެމީހަކު މަޤާމުން އިސްތިއުފާ ދޭންވާނެކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން
ހިންގުމުގެ ޤާނޫނުގެ 121 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އަދި މާލެއަތޮޅު މާފުށީ ކައުންސިލްގެ
ރައީސް ނުވަތަ ނައިބުރައީސްގެ މައްޗަށް އިތުބާރުނެތްކަމަށް ކައުންސިލްގެ ރަސްމީ ބައްދަލުވުމެއްގައި،
ކައުންސިލްގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފިނަމަ، އެ މެންބަރަކު ވަގުތުން އެމަޤާމުން
ވަކިވާނެކަމަށް މާލެއަތޮޅު މާފުށީ ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައި އޮންނަކަ
ނަކަމެވެ.
0
<< O
(ނ) ތިންވަނަ ކަމަކީ: މާލެއަތޮޅު މާފުށީ ކައުންސިލުން ކަމެއް ނިންމުމުގައި،
އެނިންމުން ނިންމާ ރިޔާސަތު ބަލަހައްޓާ މީހަކަށް ވޯޓުގައި ބައިވެރިވެވޭނެ ދެހާލަތެއް މާލެއަތޮޅު
ކައުންސިލުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ކަމާއި، އެތަނުން އެއްހާލަތަކީ، ފެންނަ ނުފެންނަ
2A
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ޕޯން: 329
3325 ފެކްސް: 816471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު "
کی عمری
83
=32
2012/HC-A/30
ޢަދަދު ހަމަހަމަވެއްޖެ ޙާލަތުކަމާއި، އަނެއް ހާލަތަކީ، ކައުންސިލުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން
ކަމެއް ފާސްކުރަންޖެހޭ ހާލަތުކަން މާލެއަތޮޅު މާފުށީ ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 38 ވަނަ
މާއްދާއަށް ބެލުމުން އެނގެން އޮންނައިރު، މާލެއަތޮޅު މާފުށީ ކައުންސިލްގެ ރައީސް މަޤާމުގައި ހުންނަ
މީހަކު، އެމަޤާމުގައި ހުންނަން ފެނޭތޯ ނުވަތަ ނުފެނޭތޯ ނަގާ ވޯޓަކީ، މާލެއަތޮޅު މާފުށީ ކައުންސިލްގެ
ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރަންޖެހޭ
އިސްކަންޖެހޭ ކަމެއްކަން އެނގޭކަމެވެ.
Pucc
2011HC-A/198
e ou
ނިންމުމު
(ށ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލުގެ ރައީސްކަމުގެ މަޤާމުގައި ހުރި،
ފިއްލަދޫ ރަންބުސްތާނުގޭ މުޙައްމަދު ވިދާނުގެ އިތުބާރު ނެތްކަމަށް އެކައުންސިލުން ނިންމާފައިވާ
ނިންމުން ބާޠިލްކަމަށް ކަނޑައަޅުއްވާފައިވަނީ، ކައުންސިލުން ކަމެއް ނިންމުމުގައި، އެކަމެއް
މިމުމަށްޓަކައި ބޭއްވޭ ކައުންސިލްގެ ބައްދަލުވުމަށް ހާޒިރުނުވާ މެންބަރަކު ވޯޓެއް ގުނޭނެ އެއް
އެއްވެސް
ޙާލަތެއް ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ބަޔާންކޮށްފައިނުވާތީއާއި،
20 ޖޫން 2011 ގައި ބޭއްވުނު ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ 10 (ދިހައެއް) ވަނަ
ކުއްލި ބައްދަލުވުމުގައި ބައިވެރިވެފައިނުވާ މެންބަރަކު ވޯޓު ދޭނީ މިވެނި ގޮތަކަށްކަމަށް ކަނޑައަޅައި،
ހާޒިރުނުވާ މެންބަރެއްގެ ވޯޓު ގުނުމުގެ އިޚްތިޔާރު ބައްދަލުވުމުގެ ރިޔާސަތަށް ލިބިގެން ނުވާއިރު،
20 ޖޫން 2011 ގައި ބޭއްވުނު ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ 10 (ދިހައެއް) ވަނަ
ކުއްލި ބައްދަލުވުމުގައި، އޭރު ކައުންސިލްގެ ރައީސްކަމުގެ މަޤާމުގައި ހުރި ފިއްލަދޫ،
ރަންބުސްތާނުގެ މުޙައްމަދު ވިދާންއަށް އިތުބާރު ނެތްކަމަށް 2 (ދޭއް) ވޯޓު އަދި އިތުބާރު އޮތްކަމަށް 1
(އެކެއް) ވޯޓު ލިބުމުން، އެދުވަހުގެ ޖަލްސާއަށް ހާޒިރުނުވާ މުޙައްމަދު ވިދާން، އޭނާއާ އެއްކޮޅަށް ވޯޓު
ދޭނެކަމަށް ބަލައި އެވޯޓު ގުނުމުން އިތުބާރު ނެތްކަމަށް 2 (ދޭއް) ވޯޓު އިތުބާރު އޮތްކަމަށް 2 (ދޭއް)
ވޯޓު ލިބުނީކަމަށާއި އެހެންކަމުން ވޯޓު ހަމަހަމަވީކަމަށް އެޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތުން
ކަނޑައަޅައި، "ކާސްޓިންގ" ވޯޓެއްގެ ގޮތުގައި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓި ފަރާތުން ތިލަދުންމަތީ
އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ހިންގާ ޤަވާޢިދާ ޚިލާފަށް ވޯޓުލާފައިވާތީއާއި، އަދި އެވޯޓު ހިމަނައިގެން
ހަދާފައިވާ ނަތީޖާއެއްގެ މައްޗަށް ބިނާކޮށް ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ރައީސްކަމުގެ
މަޤާމުގައި ހުރި ފިއްލަދޫ، ރަންބުސްތާނުގެ މުޙައްމަދު ވިދާން ރައީސްކަމުގެ މަޤާމުން ދުރުކުރި
ދުރުކުރުމަކީ ޤާނޫނީ ހަމަތަކާއި ޚިލާފަށް ކުރެވިފައިވާ ކަމެއް ކަމަށްވާތީކަން އެޤަޟިއްޔާގެ
ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ޅ)
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް: !A3ioh
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮ
کی مری من
2012/HC-A/30
uc
އޮންނައިރު، މާލެއަތޮޅު މާފުށީ ކައުންސިލުގެ ރައީސްކަމުގެ މަޤާމުގައި ހުރި، ކ. މާފުށީ ވިވިޑް
މުޙައްމަދު މުޞްޠަފާ، އެކައުންސިލުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަން ފެނޭތޯ ނުވަތަ ނުފެނޭތޯ
ނެގުނު ވޯޓުގައި، އެބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓި ފަރާތުން ވޯޓު ލާފައިވަނީ، ކައުންސިލުގެ
ރައީސްގެ އިތުބާރު އޮތްތޯ ނުވަތަ ނެތްތޯ ބެލުމަށް ނަގާވޯޓަކީ އެކައުންސިލުގެ ޖުމްލަ މެންބަރުންގެ
އަޣުލަބިއްޔަތުން ފާސްކުރަންޖެހޭކަމެއްކަމަށް މާލެއަތޮޅު މާފުށީ ކައުންސިލުގެ ހިންގާ ޤަވާޢިދުގެ 38 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާތީ، މާލެއަތޮޅު މާފުށީ ކައުންސިލުގެ ރައީސް އިތުބާރު އޮތްތޯ ނުވަތަ ނެތްތޯ
ބެލުމަށް ނަގާ ވޯޓުގައި، ރިޔާސަތުގައި އިންނަ މީހަކަށް ވޯޓުގައި ބައިވެރިވުމުގެ ޙައްޤު އެކައުންސިލުގެ
ހިންގާ ޤަވާޢިދުން ލިބިދީފައިވާތީކަން އެނގެން އޮންނާތީ، މިދެމައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި
ހާލަތު ތަފާތުކަމަށް ޤަބޫލުކުރެވޭކަމެވެ.
0
0
0 ތތ
ނިންމުނ#
2
(ބ) ފަސްވަނަ ކަމަކީ: މާލެއަތޮޅު މާފުށީ ކައުންސިލުން ނިންމަންޖެހޭ
ފެމުމުގައި އެކައުންސިލުން ޢަމަލުކުރަންޖެހޭނީ، 31 މާޗް 2011 ގައި އެކައުންސިލުން ފާސްކޮށްފައިވާ
މާލެއަތޮޅު މާފުށީ ކައުންސިލްގެ ހިންގާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ކަމާއި، ދިވެހިރާއްޖޭގެ އިދާރީ
ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ އެހެން ކައުންސިލަކުން،
އެކައުންސިލްގެ ޖަލްސާތައް ބޭއްވުމުގައާއި ނިންމުންތައް ނިންމުމުގައި ޢަމަލުކުރުމަށް ފާސްކޮށްފައިވާ
ޤަވާޢިދަކީ، ޤާނޫނާ އެއްގޮތަށް ހެދިފައިވާ ޤަވާޢިދެއްކަމަށްވީނަމަވެސް، މާލެއަތޮޅު މާފުށީ ކައުންސިލްގެ
ހިންގާ ޤަވާޢިދުގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް، އެހެން ކައުންސިލަކުން ޢަމަލުކުރުމަށް
ފާސްކޮށްފައިވާ ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރުމުގެ އިޚްތިޔާރު މާލެއަތޮޅު މާފުށީ ކައުންސިލަށް ލިބިގެން
02
2 / މ 24
ނުވާކަމެވެ
(ޅ) ހަވަނަ ކަމަކީ: މާލެއަތޮޅު މާފުށީ ކައުންސިލް އެކުލެވިގެންވަނީ ޖުމްލަ 5
(ފަހެއް) މެންބަރުންގެ މައްޗަށްކަމަށްވުމާއެކު، މާލެއަތޮޅު މާފުށީ ކައުންސިލްގެ ރައީސް ނުވަތަ
ނައިބުރައީސް މަޤާމުން ވަކިކުރުމަށް، އޭނާއަށް އިތުބާރުނެތްކަމަށް މަދުވެގެން 3 (ތިނެއް) ވޯޓު
ބޭނުންވާނެކަމާއި، 22 ޖޫން 2011 ގައި ބޭއްވުނު މާލެއަތޮޅު މާފުށީ ކައުންސިލްގެ ބައްދަލުވުމުގައި
ބައިވެރިވެފައިވަނީ 4 (ހަތަރެއް) މެންބަރުންކަމާއި، އެ ޖަލްސާއަށް މާލެއަތޮޅު މާފުށީ ކައުން
ރާއްޖޭގެ
ރައީސް ކަމުގެ މަޤާމުގައި ހުރި، ކ. މާފުށީ ވިވިޑް މުޙައްމަދު މުޞްޠަފާ، އެކައުންސިލުގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ޕޯން: 329
3325 ފެކްސް: 31647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
کی عمری
3,2
2012/HC-A/30
8 ޤަޟިއްޔާ ނިމުނު "
މަޤާމުގައި ހުންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ހުށަހެޅުނުކަމާއި، މުޙައްމަދު މުޞްޠަފާ، މާލެއަތޮޅު
މާފުށީ ކައުންސިލްގެ ރައީސްކަމުގެ މަޤާމުގައި ހުންނަން ފެންނަކަމަށް 1 (އެކެއް) ވޯޓު އަދި މުޙައްމަދު
މުޞްތަފާ ރައީސްކަމުގެ މަޤާމުގައި ހުންނަން ނުފެންނަކަމަށް 3 (ތިނެއް) ވޯޓު (ރިޔާސަތުގެ ވޯޓު
ހިމަނައިގެން) ލިބިފައިވާތީ، މާލެއަތޮޅު މާފުށީ ކައުންސިލްގެ ރައީސްކަމުގެ މަޤާމުގައި، ކ. މާފުށީ ވިވިޑް
މުޙައްމަދު މުޞްޠަފާ ހުންނަން ނުފެންނަކަމަށް އެކައުންސިލުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން
ފާސްކޮށް، ނިންމާފައިވާ ނިންމުމަކީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ
ނިންމުމެއްކަމަށް ޤަބޫލުނުކުރެވޭކަމެވެ.
ޏ 7
2
0 ދ ތތ
O
ޙުކުމް
8ތ 4
ދެންފަހެ، އިސްވެބަޔާންކުރެވުނު ކަންތައްތައް ބަޔާންކުރެވުނު ގޮތުގެ މަތިން ހުރުމުން،
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H-12-MC/51 ޤަޟިއްޔާގައި، ކުރައްވާފައިވާ
ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކުރައްވާފައިވާ
މިމެއްކަމަށް ކަނޑައަޅާނެ ތަނެއް
ނެތްކަމަށް، މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް
www.highcourt.gov.my emine;