ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/138 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
213/HC-A/138
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
.1
.2
4
ޤަޟިއްޔާ ނަންބަރު: 138/HC-A/2013
އިސްތިއުނާފު ކުރި ފަރާތް:
* ނަން: އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: ބީޗް ޓަވަރ/ މާލެ
ރަޖިސްޓްރީ ނަންބަރު: 65198-C
މިހާރުގެ އެޑްރެސް: ތުނިޔަ ބިލްޑިންގ| މާލެ
* ކުންފުނީގެ ފަރާތުން މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ޖަހާމުގުރިގެ/ ގދ. ގައްދޫ
* ނަން: އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
، ދާއިމީ އެޑްރެސް:ގ. ދޮންއަތަ 2/ މާލެ ، މިހާރުގެ އެޑްރެސް: ތުނިޔަ ބިލްޑިންގ| މާލެ
* ރަޖިސްޓްރީ ނަންބަރު: 221
/
97-C
* ކުންފުނީގެ ފަރާތުން: މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ޖަހާމުގުރިގެ/ ގދ. ގައްދޫ
3. * ނަން: ޢާޞިމާ ޙަސަން
ދާއިމީ އެޑްރެސް: މ. ކްރޯޓްން މާލެ
އައި.ޑީކާޑު ނަންބަރު: A032664 މިހާރުގެ އެޑްރެސް: މ. ކްރޯޓްން/ މާލެ
ބަދަލުގައި: މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ޖަހާމުގުރިގެ/ ގދ. ގައްދޫ
4. * ނަން: އިބްރާހީމް ޢަބްދުއްލަޠީފް ދާއިމީ އެޑްރެސް: މއ. އަތަމާގެ/ މާލެ
* އައި.ޑީކާޑު ނަންބަރު: A032754 މިހާރުގެ އެޑްރެސް: މއ. އަތަމާގެ/ މާލެ
ބަދަލުގައި: މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ޖަހާމުގުރިގެ/ ގދ. ގައްދޫ
* ނަން: ޢަލީ އަހްރޫޝް އިބްރާހީމް
* ދާއިމީ އެޑްރެސް:
މެޑޯޒް/ މާލެ
* އައި.ޑީކާޑު ނަންބަރު: A042603 މީހާރުގެ އެޑްރެސް:
އަތަގަސްދޮށުގެ{ މާލެ
ބަދަލުގައި: މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ޖަހާމުގުރިގެ/ ގދ. ގައްދޫ
.5
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ސްޓޭޓް ބޭންކް އޮފް އިންޑިޔާ މާލެ ބްރާންޗް)
.1
ދާއިމީ އެޑްރެސް:
ސަންލައިޓް/ މާލެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/138
14
.2
*
* މިހާރުގެ އެޑްރެސް:
ސަންލައިޓް/ މާލެ
ވަކީލް އދ. މަޒްލާން ރަޝީދު، ގ. ރަތްވިލާގެ/ މާލެ
* ނަން: ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑް
ދާއިމީ އެޑްރެސް: ހާބަރ ފްރޮންޓް ބޮލްޑިންގ، ޕްރެސިޑެންޓް ޖޯމް ކެނެޑީ ސްޓްރީޓް، ޕޯޓް
ލުއިސް، ރިޕަބްލިކް އޮފް މޮރިޝަސް
މިހާރުގެ އެޑްރެސް: ހާބަރ ފްރޮންޓް ބޮލްޑިންގ، ޕްރެސިޑެންޓް ޖޯމް ކެނެޑީ ސްޓްރީޓް، ޕޯޓް
ލުއިސް، ރިޕަބްލިކް އޮފް މޮރިޝަސް
ވަކީލް އދ. މަޒްލާން ރަޝީދު، ރަތްވިލާގެ/ މާލެ
* ނަން: ކޮމާޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑް
ދާއިމީ އެޑްރެސް: ކޮމާޝަލް ހައުސް، 21، ބްރިސްޓަލް ސްޓްރީޓް ކޮލަމްބޯ 1، ސްރީލަންކާ
މިހާރުގެ އެޑްރެސް: ކޮމާޝަލް ހައުސް، 21، ބްރިސްޓަލް ސްޓްރީޓް ކޮލަމްބޯ 1، ސްރީލަންކާ
ވަކީލް: އދ. މަޒްލާން ރަޝީދު، ރަތްވިލާގެ/ މާލެ
.3
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 11 ޖުމާދަލްއާޚިރާ 1434
21 އޭޕްރީލް 2013
ނިމުނު ތާރީޚް: 19 ޝަޢުބާން 1435
17 ޖޫން 2014
. އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/2384
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 11 ޑިސެމްބަރ 2011
• ޤަޟިއްޔާ ނިމުނު ތާރީޚް: 30 ސެޕްޓެމްބަރ 2012
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ، ދިވެހިންގެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/138
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ
2384/Cv-C/2011
އެއްގޮތަށް
އެޤަޟިއްޔާ
އަތަމާ މެރިން
ނަންބަރު
ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ނޫންކަމަށްބުނެ،
އިސްތިއުނާފުކޮށްދިނުމަށް އެދި، އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި،
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، މ. ކްރޯޓްން ޢާޞިމާ ޙަސަންއާއި، މއ. އަތަމާގެ އިބްރާހީމް
ޢަބްދުއްލަޠީފުއާއި މ. މެޑޯޒް ޢަލީ އަހްރޫޝް އިބްރާހީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތްތަކަކީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ
ބްރާންޗް، ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑް އަދި
އޮފް ސިލޯން ލިމިޓެޑެވެ.
888
8 0 4
ކޮމާޝަލް
15:
1. ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2384 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި، އަތަމާ
މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، ކްރޯޓްން ޢާޞިމާ ޙަސަންއާއި،
އިބްރާހީމް ޢަބްދުއްލަޠީފުއާއި މ. މެޑޯޒް ޢަލީ އަހްރޫޝް އިބްރާހީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
މއ.
އަތަމާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
213/HC-A/138
2. ހައިކޯޓުގެ ނަންބަރު 138/HC-A/2013 ޤަޟިއްޔާއިން ބެލެވެމުންމިދާ މައްސަލައަކީ، ސިވިލް
ކޯޓުގެ ނަންބަރު 2011/Cv
-
C/2384 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އަތަމާ އިންވެސްޓްމަންޓްސް
ޕްރައިވެޓް ލިމިޓެޑާއި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، މ. ކްރޯޓްން ޢާޞިމާ
ޙަސަންއާއި، މއ. އަތަމާގެ އިބްރާހީމް ޢަބްދުއްލަޠީފުއާއި މ. މެޑޯޒް ޢަލީ އަހްރޫޝް އިބްރާހީމުގެ ފަރާތުން
ހުށަހެޅި މިކޯޓުގެ ނަންބަރު 61/HC
-
A/2013 ޤަޟިއްޔާ ހައިކޯޓުގެ ޤަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގެ
ދަށުން ބާޠިލްކުރުމާ ގުޅިގެން، އެޤަވާއިދުގެ 48 ވަނަ މާއްދާގެ (ނ) ގެ ދަށުން ދެވަނަ ފަހަރަށް ހުށަހެޅުމުން
ބެލެވެމުންދާ ޤަޟިއްޔާއެކެވެ.
3. ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2384 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތިން 01 މާރޗް
2007 ގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް
ލިމިޓެޑަށް ޓަރމް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ 15,000,000.00$US (ފަނަރަ މިލިއަން ޔޫ.އެސް ޑޮލަރު)
އާއި، އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 22 ނޮވެމްބަރ 2007 ގައި ސްޓޭޓް
ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން ޓަރމް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ 5,000,000.00$US
(ފަސް މިލިއަން ޔޫ.އެސް ޑޮލަރު) އާއި، އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 24
އޭޕްރީލް 2007 ގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑުން އަތަމާ
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ޓަރމް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ 6,000,000.00$US (ހަ
މިލިއަން ޔޫ.އެސް ޑޮލަރު) އާއި، 16 ޖެނުއަރީ 2008 ގައި ޓަރމް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ
US
$
4,000,000.00 (ހަތަރު މިލިއަން ޔޫ.އެސް ޑޮލަރު) އާއި، އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް
ލިމިޓެޑުގެ އެދުމަކަށް 29 އޭޕްރީލް 2010 ގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް
(މޮރިޝަސް) ލިމިޑެޓުން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ޓަރމް ލޯނުގެ ގޮތުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/138
މ. ކެތި
ދޫކޮށްފައިވާ 2,000,000.00$US (ދެ މިލިއަން ޔޫ.އެސް ޑޮލަރު) އާއި، އަދި އަތަމާ އިންވެސްޓްމަންޓްސް
ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 29 އޭޕްރީލް 2010 ގައި ކޮމާޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑުން އަތަމާ
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ޓަރމް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ 6,000,000.00$US (ހަ
މިލިއަން ޔޫ.އެސް ޑޮލަރު) އެއްބަސްވެފައިވާ ގޮތަށް އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާ
އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑާއި، ކޮމާޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑަށް އަދާކޮށްފައިނުވާކަމަށް
ބުނެ، މިލޯނުތަކަށް ދައްކަންޖެހޭ ފައިސާ އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު އަތަމާ އިންވެސްޓްމަންޓްސް
ޕްރައިވެޓް ލިމިޓެޑާއި، މިލޯނުތަކަށް ގެރެންޓީދީފައިވާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި،
ކްރޯޓްން ޢާޞިމާ ޙަސަނާއި، މއ. އަތަމާގެ އިބްރާހީމް ޢަބްދުއްލަޠީފާއި، މެޑޯޒް ޢަލީ އަހްރޫޝް
އިބްރާހީމުގެ އަތުން އެއްފަހަރާ ލިބިގަތުމަށާއި، އަދި މި ލޯނުތަކުގެ ފައިސާ ނުދެއްކޭނަމަ، މިލޯނުތަކާ ގުޅިގެން
ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް
(މޮރިޝަސް) ލިމިޓެޑާއި، ކޮމާޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑަށް ރަހުނުކޮށްފައިވާ މުދާތައް ވިއްކާލައިގެން
މި ލޯނުތަކުގެ ފައިސާ (އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު) ލިބިގަތުމަށް އެދި، އަތަމާ އިންވެސްޓްމަންޓްސް
ޕްރައިވެޓް ލިމިޓެޑާއި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، . ކްރޯޓްން ޢާޞިމާ
ޙަސަނާއި، މއ. އަތަމާގެ އިބްރާހީމް ޢަބްދުއްލަޠީފާއި، . މެޑޯޒް ޢަލީ އަހްރޫޝް އިބްރާހީމުގެ މައްޗަށް
ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އާއި، ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް
(މޮރިޝަސް) ލިމިޓެޑާއި، ކޮމާޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑުގެ ފަރާތުން ދަޢުވާކުރުމުން ބެލެވިފައިވާ
މައްސަލައެއްކަން އެނގެންއޮވެއެވެ.
8 0 4
6 24
CCCXOC
4. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2384 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
213/HC-A/138
ޑ 8
ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 01
މާރޗް 2007 ގައި 15,000,000.00$US (ފަނަރަ މިލިއަން ޔޫ.އެސް ޑޮލަރ) ގެ ޓަރމް ލޯނެއް ސްޓޭޓް
އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް
ދޫކޮށްފައިވާހިނދު، އެއްބަސްވެފައިވާގޮތަށް މިލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މިލޯނުގެ
ބެލެންސްގައި
އޯގަސްޓް
ނިޔަލަށް އިންޓްރެސްޓާއި ޖޫރިމަނާއާއެކު
US
$
18,487,219.66 (އަށާރަ މިލިއަން ހަތަރުލައްކަ އަށްޑިހަ ހަތްހާސް ދުއިސައްތަ ނަވާރަ ޕޮއިންޓް
ހައެއް ހައެއް ޔޫ.އެސް ޑޮލަރު) ދައްކަންޖެހި ނުދެއްކިވާކަމާއި،
31
2012
ގެ
އޭގެ
އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 22 ނޮވެމްބަރ 2007 ގައި
US
$
5,000,000.00 (ފަސް މިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓަރމް ލޯނެއް ސްޓޭޓް ބޭންކް އޮފް އިންޑިޔާ
(މާލެ ބްރާންޗް) އިން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާހިނދު،
އެއްބަސްވެފައިވާގޮތަށް މިލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މިލޯނުގެ ބެލެންސްގައި 31 އޯގަސްޓް
2012 ގެ ނިޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު 6,526,628.95$US (ހަ މިލިއަން ފަސްލައްކަ
ސައްބީސް ހާސް ހަސަތޭކަ އަށާވީސް ޕޮއިންޓް ނުވައެއް ފަހެއް ޔޫ.އެސް ޑޮލަރު) ދައްކަންޖެހި ނުދެއްކިވާކަމާއި،
04
އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 24 އޭޕްރީލް 2007 ގައި
US
$
6,000,000.00 (ހަ މިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓަރމް ލޯނަކާއި، 16 ޖެނުއަރީ 2008 ގައި
US
$
4,000,000.00 (ހަތަރު މިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓަރމް ލޯނެއް (އެކު ޖުމްލަ
10,000,000.00 $US (ދިހަ މިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓަރމް ލޯނެއް) ސްޓޭޓް އޮފް އިންޑިޔާ
އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑުން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް
ދޫކޮށްފައިވާހިނދު، އެއްބަސްވެފައިވާގޮތަށް މިލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މިލޯނުގެ
284
ﷲ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ލޯވެ، ދިވެހިން
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/138
7
ބެލެންސްގައި 31 އޯގަސްޓް
2012
ގެ ނިޔަލަށް
އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު
US
$
11,414,174.70 (އެގާރަ މިލިއަން ހަތަރުލައްކަ ސާދަހާސް އެއްސަތޭކަ ހަތްދިހަ ހަތަރެއް ޕޮއިންޓް
އަތެއް ސުމެއް ޔޫ.އެސް ޑޮލަރު) ދައްކަންޖެހި ނުދެއްކިވާކަމާއި،
އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 29 އޭޕްރީލް 2010 ގައި
US
$
2,000,000.00 (ދެ މިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓަރމް ލޯނެއް ސްޓޭޓް ބޭންކް އޮފް އިންޑިޔާ
އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑުން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް
ދޫކޮށްފައިވާހިނދު، އެއްބަސްވެފައިވާގޮތަށް މިލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މިލޯނުގެ
ބެލެންސްގައި 31 އޯގަސްޓް ގެ ނިޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު
cu
2012
US
$
2,283,842.92 (ދެ މިލިއަން ދެ ލައްކަ އަށްޑިހަ ތިންހާސް އަށްސަތޭކަ ސާޅީސް ދޭއް ޕޮއިންޓް
ދޭއް ޔޫ.އެސް ޑޮލަރު) ދައްކަންޖެހި ނުދެއްކިވާކަމާއި،
ނެފައއި ދއ
އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް 29 އޭޕްރީލް 2010 ގައި
US
$
6,000,000.00 (ހަ މިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓަރމް ލޯނެއް ކޮމާޝަލް ބޭންކް އޮފް ސިލޯން
ލިމިޓެޑުން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާހިނދު، އެއްބަސްވެފައިވާގޮތަށް
މިލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މިލޯނުގެ ބެލެންސްގައި 23 ސެޕްޓެމްބަރ 2012 ގެ ނިޔަލަށް
އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު 6,666,231.17$US ( ހަ މިލިއަން ހަ ލައްކަ ފަސްދޮޅަސް ހަހާސް
ދުއިސައްތަ ތިރީސް އެކެއް ޕޮއިންޓް
ހަތެއް ޔޫ.އެސް ޑޮލަރު) ދައްކަންޖެހި ނުދެއްކިވާކަމާއި،
2 ޑ ވ ލ ތތ
އެކިއެ ހeއ
ބަޔާންކުރެވިދިޔަ ބޭންކްތަކުން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައި މިވާ
އެންމެހާ ލޯނުތަކުގައި "ކިހާދުއްފަރު" ރިޒޯޓާއި، "މާވެލާވަރު އައިލެންޑް ރިޒޯޓް" (އެތަންތަނުގައިވާ އެންމެހާ
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/138
ޢިމާރާތްތަކާއި، ބިނާތަކާއި، ޚިދުމަތްދޭ ވަސީލަތްތަކާއި، މެޝިނަރީއާއި، އިކުއިޕްމަންޓްތަކާއި، މަސައްކަތު
ސާމާނާއި، ފަރުނީޗަރާއި، ހަރުކުރެވިފައިވާ ތަކެއްޗާއި، ތަށި، ތެލި، ސަމްސާފަދަ ތަކެއްޗާއި، ފޮތީގެ
ސާމާނާއި، ސްޓޮކްގައި ހުރި ތަކެއްޗާއި، މީގެ އިތުރުންވެސް އެތަންތަނުގައި
އެތަންތަނާ
ގުޅިފައިވާ އެންމެހާ ތަކެތި ހިމެނޭގޮތަށް) ރަހުނުކުރެވިފައިވާކަމާއި، އައި މި އެންމެހާ ލޯނުތަކަށް އަތަމާ މެރިން
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، މއ. އަތަމާގޭ އިބްރާހީމް ޢަބްދުއްލަޠީފް (އައި.ޑީ ކާޑު ނަންބަރު:
A032754) އާއި، މ. ކްރޯޓްން ޢާޞިމާ ޙަސަން (އައި.ޑީ ކާޑު ނަންބަރު: A032664) ގެރެންޓީ
ދީފައިވާކަން މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ބަހުންނާއި، ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައަޅައި،
މި ލޯނުތަކުގެ ފައިސާ އެ ލޯނެއް ދޫކޮށްފައިވާ ބޭންކަކަށް އަދާ
އަދާކޮށްދިނުމުގެ ގޮތުން، މިއަދު (30
ސެޕްޓެމްބަރ 2012)ން ފެށިގެން 07 (ހަތެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭވަރު
އެ ލޯނެއް ދޫކުރި ބޭންކަށް އަދާކުރަމުންގޮސް އެ މުއްދަތުގެ ތެރޭގައި މިއެންމެހާ ލޯނުތައް އޭގެ އިންޓްރެސްޓާއި
ޖޫރިމަނާއާއެކު ދައްކައި ޚަލާޞްކުރުމަށް އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި، އަތަމާ މެރިން
އިންޓަރނޭގ
ރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، މއ. އަތަމާގޭ އިބްރާހީމް ޢަބްދުއްލަޠީފް (އައި.ޑީ ކާޑު ނަންބަރު:
A032754) އާއި، މ. ކްރޯޓްން ޢާޞިމާ ޙަސަން (އައި.ޑީ ކާޑު ނަންބަރު: A032664) އަށް އަންގައި،
މި ލޯނުތައް މި ދެވުނު 07 (ހަތެއް) މަސްދުވަހުގެ މުއްދަތު ހަމަވާއިރު، މި ލޯނުތައް އޭގެ
އިންޓްރެސްޓައި ޖޫރިމަނާއާއެކު އެއްކޮށް ދައްކައި ޚަލާޞްކުރެވިފައިނުވާނަމަ، މި ފޯނުތަކުގައި ރަހުނު
ކުރެވިފައިވާ "ކިހާދުއްފަރު" ރިޒޯޓާއި، "މާލެވާވަރު އައިލެންޑް ރިޒޯޓް" (އެތަންތަނުގައިވާ އެންމެހާ
ޢިމާރާތްތަކާއި، ބިނާތަކާއި، ޚިދުމަތްދޭ ވަސީލަތްތަކާއި، މެޝިނަރީއާއި، އިކުއިޕްމަންޓްތަކާއި، މަސައްކަތު
ސާމާނާއި، ފަރުނީޗަރާއި، ހަރުކުރެވިފައިވާ ތަކެއްޗާއި، ތަށި، ތެލި، ސަމްސާފަދަ ތަކެއްޗާއި، ފޮތީގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
މާތަކ
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
213/HC-A/138
ސާމާނާއި، ސްޓޮކްގައި ހުރި ތަކެއްޗާއި، މީގެ އިތުރުންވެސް އެތަންތަނުގައި ބޭނުންކުރެވޭ އަދި އެތަންތަނާ
ގުޅިފައިވާ އެންމެހާ ތަކެތި ހިމެނޭގޮތަށް) ވިއްކާލުމުގެ ހުއްދަ މިލޯނުތައް ދޫކުރި ލިބިގެންވާކަން
އަންގައި،
އދވ
ން ކެނކުށް
އެ
824ށ2
ބ ނކތކށ
މެޑޯޒް ޢަލީ
އަދި މި ފޯނުތަކަށް ގެރެންޓީދީފައިވާ ފަރާތެއްކަމަށް ދަޢުވާކުރާ ބޭންކްތަކުން ބުނާ މ.
އަހްރޫޝް އިބްރާހީމްގެ ބައި މި ޤަޟިއްޔާގެ ތެރޭގައި ބަލައިދެވިފައިނުވާކަމާއި، އޭނާގެ ބައި ވަކިން ކުރިއަށް
ގެންދިއުމަށްޓަކައި މައްސަލަ ހުށަހަޅައިފިނަމަ، އޭނާއާބެހޭ ބައި ވަކިން ބަލައިދެވޭނެކަން ދަޢުވާކުރާ ބޭންކްތަކަށް
އަންގައި މިގޮތުގެމަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ" މިފަދައިންނެވެ.
ޑ 8 *ދ8 7
2 ހދޓ 3 ޑ
އއޤީޓހ2ށ6
5. ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2384 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އަތަމަ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި، އަތަމާ މެރިން
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، ކްރޯޓްން ޢާޞިމާ ޙަސަންއާއި، އަތަމާގެ އިބްރާހީމް
ޢަބްދުއްލަޠީފުއާއި މެޑޯޒް ޢަލީ އަހްރޫޝް އިބްރާހީމުގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅައި
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
18
ccc
2 439ހ4
އނކުPee
ފުރަތަމަ ނުކުތާއަކީ: ޤާނޫނު ނަންބަރު 4/91 ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން
އަދާކުރަންޖެހޭ އިލްތިޒާމްތައް އިސްތިއުނާފު ރައްދުވާ ފަރާތުން އަދާކޮށްފައި ނުވާއިރު ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/2384 ޤަޟިއްޔާގައި މިކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2384 ޤަޟިއްޔާގައި، މައްސަލާގައިވާ
ލޯން އެއްބަސްވުމަށް ކޯޕަރޭޓް ގެރެންޓީ ދީފައިވާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕވޓ ލޓޑ އަށް ޙުކުމް
ޖެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
2013/HC-A/138
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ރައްދުކޮށްފައިވާއިރު ހަމަ އެހައިސިއްޔަތުގައިވާ ބިގް އައިލެންޑް ރިޒޯޓް ޕިވޓ
އަށް
ޙުކުމް
ރައްދުކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި
33ތ * *
ންކުeއވެ
ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2384 ޤަޟިއްޔާއިން އިސްތިއުނާފު
ރައްދުވާ ފަރާތަށް "ރައިޓް ޓު ފޯރކްލޯޒަރ" ލިބިދީފައިވާއިރު، އިސްތިއުނާފުކުރާ ފަރާތަށް އެއާ ގުޅިފައިވާ
"އިކުއިޓީ އޮފް ރިޑެމްޝަން" ލިބިދީފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، މުދާ ހޯދުމާއި، މުދާ ގެންގުޅުމުގެ ޙައްޤަކީ ދިވެހި ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ ޙައްޤަކަށްވާއިރު، އެޙައްޤު އަދުލު ގެ
ހަމަތަކާއި ޚިލާފަށް ނިގުޅައިގަނެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
6. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2384 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށްބުނެ، އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި،
އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، މ. ކްރޯޓްން ޢާޞިމާ ޙަސަންއާއި،
އިބްރާހީމް ޢަބްދުއްލަޠީފާއި މ. މެޑޯޒް ޢަލީ އަހްރޫޝް އިބްރާހީމުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
މއ. އަތަމާގެ
(ހ) ފުރަތަމަ ކަމަކީ، ޤާނޫނު ނަންބަރު 4/91 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ
އިލްތިޒާމްތައް އިސްތިއުނާފު ރައްދުވާ ފަރާތުން އަދާކޮށްފައި ނުވާއިރު ސިވިލް ކޯޓުގެ ނަންބަރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
213/HC-A/138
Ocu
2011/Cv-C/2384 ޤަޟިއްޔާގައި މިކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާއަށާއި، އަދި
މިނުކުތާގެ ތަފްސީލުގައި މިމައްސަލަ އިސްތިއުނާފުކުރި ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުގައި، ސްޓޭޓް ބޭންކް
އޮފް އިންޑިޔާ (މާލެ ބްރާންޗް، ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑާއި،
ކޮމާޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑުން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި، އަތަމާ މެރިން
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، އިބްރާހީމް ޢަބްދުއްލަޠީފާއި، ޢާޞިމާ ޙަސަންއަށް ދޫކޮށްފައިވާ
ކަމަށްބުނެ ހުށަހަޅާ ސިންޑިކޭޓެޑް ލޯން އެއްބަސްވުމަކީ، ޤާނޫނު ނަންބަރު 4/1 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5
ވަނަ މާއްދާގައިވާ ފަދަ ކޮންޓްރެކްޓަކަށް ވާއިރު، މިކޮންޓްރެކްޓް ވެވުނު މަޤްޞަދުކަމުގައިވާ،
މާވެލާވަރު" ރިޒޯޓެއްގެގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫއު އެއްކޮށް ފުރިހަމަކުރެވިފައި ނުވަނީސް މިދެންނެވުނު
ބޭންކްތަކުން ކްރެޑިޓް ފެސިލިޓީސް ދިނުން ހުއްޓާލުމަކީ ޤާނޫނު ނަންބަރު 4/91 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ
26 ވަނަ މާއްދާއާއި އެއްގޮތަށް
މަޤްޞަދު ޙާޞިލްކުރުމަށް، އިސްތިއުނާފުރައްދުވާ ފަރާތުން
ބުނެ، ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު،
OOCOOX
ނ. އަތޮޅު
6=ހ8
اسرع مما ع د
228
92
8 އދ
މަސްއެރެންފަތެކެވެ
22
8
6
84 ދ
ما مع مم ا ع و به
ޤާނޫނު ނަންބަރު 4/91 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގައިވަނީ
ނުވަތަ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، ކޮންޓްރެކްޓެއްގެ ބައިވެރިން ދަރަންޏަމެ ނުވަތަ
ކުރަންޖެހޭ ކޮންމެ ކަމަކާމެދު ހުރިހާ ބައިވެރިން އެކުގައިވެސް، އަދި އެކި ބައިވެރިން ވަކިވަކިންވެސް
މަސްއޫލުވާން ޖެހޭނެއެވެ" މިފަދައިންކަމުން، މިމާއްދާގައި ބުނެފައިވާ ވާހަކަތަކާއި، އިސްތިއުނާފް
44
މިނުކުތާގައިވާ ވާހަކަތަކުގައި ގުޅުމެއް ނެތްކަމާއި،
މިމައްސަލާގައި ބަޔާންކޮށްފައިވާ ކްރެޑިޓް ފެސިލިޓީތައް ހޯދާފައިވަނީ ނ. އަތޮޅު މާވެލާވަރުގައި
ރިޒޯޓެއް ތަރައްޤީކުރުމަށްކަމަށާއި، އެޕްރޮޖެކްޓް ނުނިމިވަނީ ތަކުން ކްރެޑިޓް ފެސިލިޓީ ދިނުން
މުންކަމުގައި އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި، އަތަމާ މެރިން އިންޓަރނޭޝަނަލް
ه88ތކުން
ބޭންކް ތަކެ
مربع نه
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިޔާ
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/138
ޕްރައިވެޓް ލިމިޓެޑްއާއި، އިބްރާހީމް ޢަބްދުއްލަޠީފުގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވާކަން އެފަރާތްތަކުން
ސިވިލް ކޯޓަށް ހުށަހެޅި ޖަވާބު ފޯމުން އެނގެން އޮތްނަމަވެސް، ނ. އަތޮޅު މާވެލާވަރު، ރިޒޯޓެއްގެގޮތުގައި
ތަރައްޤީކޮށް ފުރިހަމަކޮށް ނިމެންދެން، އިސްތިއުނާފު ރައްދުވާ ބޭންކުތަކުން ކްރެޑިޓް ފެސިލިޓީސް ދިނުން
ހުއްޓާލައިގެން ނުވާނެކަން އެނގޭ އެއްވެސް ޤާނޫނީ ސަބަބެއް، އަދި އެއްބަސްވުމުގެ މާއްދާއެއްވިޔަސް
އިސްތިއުނާފުކުރި ފަރާތްތަކުން ސިވިލް ކޯޓުގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ވިޔަސް
ބަޔާންކޮށްދީފައިނުވާކަމެވެ.
(ނ) ދެވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2384 ޤަޟިއްޔާގައި، ލޯން
އެއްބަސްވުމަށް ކޯޕަރޭޓް ގެރެންޓީ ދީފައިވާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ޙުކުމް
ދުކޮށްފައިވާއިރު ހަމަ އެހައިސިއްޔަތުގައިވާ ބިގް އައިލެންޑް ރިޒޯޓް ޕްރައިވެޓް ލިމިޓެޑަށް ޙުކުމް
ރައްދުކޮށްފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާއަށާއި،
އަދި މިނުކުތާގެ ތަފްސީލުގައި މިމައްސަލަ އިސްތިއުނާފުކުރި ފަރާތްތަކުން
ދައްކާފައިވާ
ވާހަކަތަކުގައި، އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ ލޯނު ނަގާފައިވާ
ފަރާތް ކަމަށްވާތީކަމާއި، އިބްރާހީމް ޢަބްދުއްލަޠީފުއާއި ޢާޞިމާ ޙަސަން އަދި ޢަލީ އަހްރޫޝް އިބްރާހީމްގެ
މައްޗަށް ދަޢުވާ ކޮށްފައިވަނީ، ލޯނަށް ޖާމިނުވި ފަރާތްތައް ކަމަށްވާތީކަމާއި، އަތަމާ މެރިން އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާ ކުރެވުނީ ކޯޕަރޭޓް ގެރެންޓީ ދީފައިވާކަމަށް ބުނެ ކަމަށްވާއިރު، ހަމަ
މިލޯނު އެއްބަސްވުމަށް ކޯޕަރޭޓް ގެރެންޓީ ދީފައިވާ ކުންފުންޏެއްކަމަށްވާ ބިގް އައިލެންޑް ރިޒޯޓް ޕްރައިވެޓް
ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށްފައި ނުވުމަކީ، އަދި މިކަމަށް ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2384
ޤަޟިއްޔާގައި ރިޢާޔަތްކުރައްވާފައި ނުވުމަކީ، ޤާނޫނު ނަންބަރު 10/96 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ
15 ވަނަ މައްދާގެ ދަށުން އުފެދިފައިވާ ދެ ޤާނޫނީ ޝައްސެއްގެ މެދުގައި ކަނޑައެޅިގެން ތަފާތުކުރުމެއްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/138
އިސްތިއުނާފު ކުރާ ފަރާތުން ދެކޭކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، އަދި އިސްތިއުނާފް ރައްދުވާ
ފަރާތްތަކުން މިނުކުތާއާ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
8 349
و کد ملی و مینس
8 0 4 6 8
ބިގް އައިލެންޑް ރިޒޯޓް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާ މިމައްސަލާގައި އިސްތިއުނާފްކުރާ
ފަރާތްތަކުގެތެރޭގައި ހިމެނޭ އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށާއި، އިބްރާހީމް ޢަބްދުއްލަޠީފަށް
ބަދަލުކޮށްފައިވާކަމާއި، އަދި އޭގެ އިތުރަށް ސަރުކާރާއި ބިގް އައިލެންޑް ރިޒޯޓް ޕްރައިވެޓް ލިމިޓެޑާއި ދެމެދު
މާވެލާވަރު ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް
އެސައިންކުރެވިފައިވާކަމާއި، އެހެންކަމުން ސިވިލް ކޯޓަށް ހުށަހެޅުނު މިމައްސަލައިގެ ދަޢުވާ ފޯމުގައި، ބިގް
އައިލެންޑް ރިޒޯޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކޮށްފައިވާކަމަށް ބަޔާން ކޮށްފައިވާ ލިޔުންތަކަކީ އަތަމާ
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ސޮއިކޮށްފައިވާ ލިޔުންތަކެއް ކަމުގައި ބެލެވޭނެކަމަށް އިސްތިއުނާފު
ރައްދުވާ ފަރާތްތަކުން ބުނެ ދަށުކޯޓުގައި ވާހަކަ ދައްކާފައިވާއިރު، އެވާހަކަތަކަށް މިމައްސަލަ އިސްތިއުނާފުކުރި
ފަރާތްތަކުން ސިވިލް ކޯޓުގައި އިންކާރުކޮށްފައިވާކަން އެނގެންނެތްކަމާއި،
ވުމާއެކު، އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ބިގް އައިލެންޑް ރިޒޯޓް
ޕްރައިވެޓް ލިމިޓެޑަށް ޙުކުމް ރައްދުކުރަންޖެހޭ ސަބަބެއް އޮތްކަން ސިވިލް ކޯޓުގައި ބަޔާންކޮށްދީފައިނުވާކަމާއި،
އަދި ބިގް އައިލެންޑް ރިޒޯޓް ޕްރައިވެޓް ލިމިޓެޑަށް މައްސަލަ ރައްދުވާންޖެހޭކަމަށް ބުނެ އިސްތިއުނާފުކުރާ
ފަރާތްތަކުން ސިވިލް ކޯޓުގައި ވާހަކަ ދައްކާފައިވާކަން އެނގެންނެތްކަމާ
މިންeކމާއި،
އެހެންކަމުން، ބިގް އައިލެންޑް ރިޒޯޓް ޕްރައިވެޓް ލިމިޓެޑަށް އިސްތިއުނާފުކުރެވިފައި މިވާ ސިވިލް
ކޯޓުގެ ޤަޟިއްޔާގައި ޙުކުމް ރައްދުކޮށްފައި ނުވުމަކީ ޤާނޫނީ ދެ ޝަޚް ޞައްގެ މެދުގައި ތަފާތުކުރުމެއްކަމަށް
ބެލެވެން ނެތްކަމާއި، އަދި މިވާހަކަތަކަކީ އިސްތިއުނާފުކުރާ ފަރާތްތަކުން ދަށު ކޯޓުގައި ދައްކައި، ނަގާފައިވާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
، ދިވެހިބޭޑްގެ
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/138
ނުކުތާއެއްނޫންކަމުން، މިނުކުތާއަކީ ރަނގަޅު ހަރުދަނާ އަސާސެއްގެ މައްޗަށް ބިނާކުރެވިފައިވާ އަދި
އިސްތިއުނާފުކުރުމަށް ޤަބޫލުކުރެވޭނެ ޤާނޫނީ ސަބަބެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ
32
2
8
9 ހ
ނަބއއ
އެއްގޮތުގައި
ބެލެވެން ނެތްކަމެވެ.
މައްޗަށްވާ
(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2384 ޤަޟިއްޔާއިން
އިސްތިއުނާފު ރައްދުވާ ފަރާތަށް، ރައިޓް އޮފް ވޯރކްލޯޒަރ ލިބިދީފައިވާއިރު، އިސްތިއުނާފުކުރާ ފަރާތަށް އެއާ
ގުޅިފައިވާ، އިކުއިޓީ އޮފް ރިޑެމްޝަން ލިބިދީފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށާއި، އަދި މިނުކުތާގެ
ތަފްސީލުގައި މިމައްސަލަ އިސްތިއުނާފުކުރި ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުގައި، އެއްބަސްވެފައިވާ ގޮތަށް
ލޯނު ނުދައްކާނަމަ މުދާ ނެގުމުގެ ޙައްޤު ނުވަތަ ރައިޓް އޮފް ވޯރކްލޯޒަރއާއި އެޙައްޤާއި ގުޅިފައިވާ ލޯނު
ދައްކާ މުދަލުގެ
ރަހުނު ކެނޑުމުގެ ނުވަތަ އިކުއިޓީ އޮފް ރިޑެމްޝަންއަށް
ރިޢާޔަތްކުރެވެންޖެހޭއިރު، އިސްތިއުނާފުކުރެވިފައިމިވާ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2384
ޤަޟިއްޔާގައި، ލޯނުގެ ފައިސާ 7 މަސްދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ، ރަހުނު ކޮށްފައިވާ މުދާ ނެގޭނެ
ކަމަށް އަމުރުކުރައްވާފައިވަނީ އެމައްސަލައިގެ ދަޢުވާ ލިބޭ ފަރާތްތަކުގެ އިކުއިޓީ އޮފް ރިޑެމްޝަންއަށް އެންމެ
އެކަށޭނެ މުއްދަތެއް ނުދީކަމަށާއި، ލޯނުގެ ޖުމްލަ އިންޓްރެސްޓާއި އެކު 38,000,000.00$US (ތިރީސް
އަށްމިލިއަން ޔޫ.އެސް ޑޮލަރު) އަށް އަރާއިރު، 07 (ހަތެއް) މަސް ދުވަހަކީ މިފައިސާ އަނބުރާ ދައްކަން
އެކަށީގެންވާ މިންވަރަށްވުރެ މާ ކުޑަ މުއްދަތެއްކަމުގައި ބަޔާންކުރުމުގެ ގޮތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް
ބަލާއިރު،
8
މިފައިސާ ދެއްކުމަށް، ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާ މުއްދަތަކީ މިފައިސާ އަނބުރާ ދައްކަން
އެކަށީގެންވާ މިންވަރަށްވުރެ ކުޑަ މުއްދަތެއްކަމުގައި ބުނެފައިވުން ފިޔަވައި، އެމުއްދަތަކީ ޤާނޫނީ ހަމައަކާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/138
ޚިލާފަށް ނުވަތަ އެއްބަސްވެފައިވާ ގޮތާވިޔަސް ޚިލާފަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާ މުއްދަތެއްކަމުގައި
ބަޔާންކޮށްދެވިފައި ނުވާކަމާއި،
އިސްތިއުނާފުކުރެވިފައި މިވާ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިފައިވަނީ، 11 ޑިސެންބަރު 2011
ގައި ކަމަށްވާއިރު، އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި، އަތަމާ މެރިން
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި، އަދި އިބްރާހީމް ޢަބްދުއްލަޠީފުގެ ފަރާތުން ސިވިލް
ކޯޓަށް ހުށަހެޅި، ދަޢުވާގެ ޖަވާބުގައި، މިމައްސަލާގައި ބަޔާންކޮށްފައިވާ ޕްރޮޖެކްޓް ނިންމުމަށް މިހާރު
ވާހަކަތަކެއް ދެކެވެމުންދާ ޕާޓްނަރުގެ ފަރާތުން ފައިސާ ދިނުމުގެ ކުރިން ބަލަންޖެހޭ ބެލުންތައް ބަލައި
ނިންމާލުމަށްޓަކައި 6 މަސްދުވަހުގެ މުއްދަތެއް ބޭނުންވާކަމަށްބުނެ އެފުރުސަތު ހޯދުމަށް އެދިފައިވާކަން
އެނގޭއިރު، އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓުގައި އެދި، ހުށަހަޅާފައިވާ އެމުއްދަތުތަކަށް ސިވިލް
ކޯޓުން ރިޢާޔަތްކުރައްވާފައިވާކަމާއި، އެގޮތުން 11 ޑިސެންބަރު 2011 ގައި ހުށަހެޅުނު މިމައްސަލަ 30
ސެޕްޓެންބަރު 2012 ގައި ނިމިފައިވާއިރު، މައްސަލަ ނިންމެވި ތާރީޚުން ފެށިގެން އިތުރު 07 (ހަތެއް)
މަސްދުވަސް، މިމައްސަލާގައި ދެކޮށްފައިވާ ފައިސާ ދެއްކުމަށް ދެއްވާފައިވާކަމާއި،
ބަނކެނއި
އެހެންކަމުން،
އިސްތިއުނާފުކުރެވިފައި މިވާ މައްސަލާގައި ބަޔާންކޮށްފައިވާ ލޯނުތަކުގެ ފައިސާ
ދެއްކުމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާ މުއްދަތަކީ، މިމައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް
ކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކުރައްވައި، ލޯނުތަކުގެ ފައިސާ ދެއްކުމަށް އެފަރާތްތަކަށް
ފުރުޞަތު ދެއްވުމުގެ ގޮތުން ކަނޑައަޅުއްވާފައިވާ މުއްދަތެއްކަމާއި، އެމުއްދަތު އެގޮތަށް ކަނޑައެޅުއްވުމުގައި
ޤާނޫނީ އަދި ޝަރުޢީ ވިޔަސް ހަމައަކާ ސިވިލް ކޯޓުން ޚިލާފުވެފައިވާކަމަށް ބެލެވެން ނެތްކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ، މުދާ ހޯދުމާއި، މުދާ ގެންގުޅުމުގެ ޙައްޤަކީ ދިވެހި ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ ޙައްޤަކަށްވާއިރު، އެޙައްޤު އަދުލުގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/138
ހަމަތަކާއި ޚިލާފަށް ނިގުޅައިގަނެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށާއި، އަދި މިނުކުތާގެ ތަފްސީލުގައި
މިމައްސަލަ އިސްތިއުނާފުކުރި ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުގައި، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/2384 ޤަޟިއްޔާގައި، ލޯނު އަދާކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް ކޯޓުން ދެއްވާފައިވަނީ
އެކަށީގެންވާ މިންވަރަށްވުރެ މާކުޑަ މުއްދަތެއްކަމަށާއި، އަދި އެމުއްދަތުގެ ތެރޭގައި ލޯނު އަދާނުކޮށްފިނަމަ،
އިސްތިއުނާފުކުރެވިފައި މިވާ މައްސަލާގައި ބަޔާންކޮށްފައިވާ ތަންތަނާއި ތަކެތި ވިއްކާލުމުގެ ހުއްދަ
ދެއްވާފައިވަނީ މީހެއްގެ މުދާ ނެގުމުގެ ކުރިން ޝަރީޢަތުން ޔަޤީން ކުރައްވަންޖެހޭ ކަންކަން އެންމެ ފުރިހަމައަށް
ޔަޤީން ނުކުރައްވައި، މުދަލުގެ ކަރާމާތަށާއި، ޢަދާލަތުގެ ހަމަ (އިކުވިޓީ) ގެ އުޞޫލުތަކަށް ރިޢާޔަތްނުކުރައްވައި
ކަމަށް ދެކޭކަމަށް ބުނެފައިވާ ބުނުމުގެ މައްޗަށް ބަލާއިރު،
2
ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައި ވަނީ "މުދާ ހޯދުމާއި، މިލްކުކުރުމާއި،
ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ"
މިފަދައިންކަމަށްވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2384 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ،
މިމައްސަލަ އިސްތިއުނާފުކުރި ފަރާތްތަކުން މުދާ ހޯދުމަށް، މުދާ މިލްކުކުރުމަށް، އަދި ވާރުތަކުރުމާއި ދިނުމުގެ
އިތުރުން
ލާތުކުރުމު
ޙައްޤު ނިގުޅައިގަނެ
ފައިގަނެވޭގޮތަށް ނިންމަވާފައިވާ
ބަޔާންކޮށްދެވިފައި ނުވާކަމާއި،
ހ43
8 $$$
ނނ04230ނ
ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2384 ޤަޟިއްޔާގައި، ހުށަހެޅުނު ދަޢުވާއަށާއި އަދި
އެދަޢުވާގައި ބަޔާންކޮށްފައިވާ ލޯނުތަކާގުޅޭ ފައިސާ އެއްބަސްވެފައިވާ ގޮތުގެ މަތީން ދެއްކިފައި ނުވާކަން ސިވިލް
ކޯޓަށް ހުށަހެޅުނު ލިއުންތަކުންނާއި، މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ބަހުން އެނގެން އޮންނަކަމާއި، އަދި އެ
ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަމާމެދު އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓުގައި އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް އިންކާރުކޮށްފައިނުވާކަމާއި، އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓުގައި
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
213/HC-A/138
ފާހަގަކޮށްފައިވާ މައިގަނޑު މައްސަލައަކީ، އެލޯނުތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާގެ އަދަދަކީ ބޮޑު
އަދަދެއްކަމުން، އެލޯނުތައް ނަގައިގެން ނިންމަން ގަސްދުކުރި ޕްރޮޖެކްޓު ނުނިމިވަނިކޮށް އެފައިސާ ދެއްކުމަށް
ދަތިވާތީ އިތުރު ވަގުތު އެކަމަށް ލިބުންކަމާއި، އަދި އެފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ފާހަގަކުރި
މައިގަނޑު އިޝޫ ނުވަތަ މައިގަނޑު މައްސަލައަކީ އެ ލޯނުތަކުގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން
ކަނޑައެޅުއްވި މުއްދަތުގެ މައްސަލަކަން އެނގެންއޮތްއިރު،
މިފަދަ ފައިސާ ދެއްކުމަށް ކޯޓުން ކަނޑައެޅުއްވާ މުއްދަތަކީ ޤާޟީގެ އިޚްތިޔާރުގައި އޮންނަ
ރެއްކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަމާއި، އަދި ސިވިލް ކޯޓުން
އެލޯނުތަކުގެ ފައިސާ ދެއްކުމަށް އިސްތިއުނާފުކުރާ ފަރާތްތަކަށް އަންގަވައި، އެކަމަށް މުއްދަތެއް ކަނޑައަޅުއްވައި
ނިންމަވާފައިވާ ނިންމެވުމަކީ، ހުށަހެޅިފައިވާ ލިއުންތަކަށާއި، ޝަރީޢަތުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް
ރިޢާޔަތްކުރައްވައި ނިންމަވާފައިވާ ނިންމެވުމެއްކަމާއި، އަދި އެނިންމެވުމުގައި، ލޯނުތަކުގެ ފައިސާ ދެއްކުމަށް
ކަނޑައަޅުއްވާފައިވާ މުއްދަތަކީވެސް އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓުގައި ދެއްކި ވާހަކަތަކުގެ
މައްޗަށް ރިޢާޔަތްކުރައްވައި ކަނޑައަޅުއްވާފައިވާ މުއްދަތެއްކަމާއި، އެހެންކަމުން، ސިވިލް ކޯޓުގެ އެނިންމެވުމަކީ
މުދަލުގެ ކަރާމާތަށާއި، ޢަދާލަތުގެ ހަމަ (އިކުވިޓީ) ގެ އުޞޫލުތަކަށް ރިޢާޔަތްނުކުރައްވައި ނިންމަވާފައިވާ
ންމެވުމެއްކަމުގައި ބަލާނެ
844/s
0
82 ދޑ 2
ނއeހ2
() ފަސްވަނަ ކަމަކީ، އިސްވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުން ދެކެނީ، އިސްތިއުނާފުކުރެވިފައި މިވާ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2384
ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފައިސާ ދެއްކުމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ 07 (ހަތެއް)
މަސްދުވަހުގެ މުއްދަތަކީ،
ޝަރީޢަތުން ބައްލަވަންޖެހޭ މިންވަރަށް ނުބައްލަވައި ކަނޑައަޅުއްވާފައިވާ
OXC
މުއްދަތެއްކަމަށް ބެލެވެން ނެތްކަމަށާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
213/HC-A/138
އަދި އެ ލޯނުތަކުގެ ފައިސާ ދެއްކުމަށް ކަނޑައެޅުނު މުއްދަތު ހަމަވާއިރު، އެފައިސާ އެއްކޮށް
ދައްކައި ޚަލާޞްކުރެވިފައިނުވާނަމަ، މި ލޯނުތަކުގައި ރަހުނުކުރެވިފައިވާ ތަންތަނާއި ތަކެތި ވިއްކާލުމުގެ ހުއްދަ
އެ ލޯނުތައް ދޫކުރި ބޭންކްތަކަށް ލިބިގެންވާކަމަށް ކަނޑައަޅުއްވާފައިވަނީވެސް ޝަރުޢީ ނުވަތަ ޤާނޫނީވިޔަސް
ހަމައަކާ ޚިލާފަށް ކަމަށް ބަލާނެތަނެއްނެތްކަމުގައެވެ.
O
033
-4
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/2384 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް، މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ތާއީދުކޮށް ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv