ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/282 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/22
4
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
0)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރު: 282/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޤްސާމް މުޙައްމަދު
އައިޑީ ކާޑު ނަންބަރު: A033912
ދާއިމީ އެޑްރެސް: މާދަނޑު.މަތަން ޏ.
.މަތަން ޏ.ފުވައްމުލައް
* މިހާރުގެ އެޑްރެސް:ހުޅުމާލެ ފްލެޓް 117
02-02
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑުނަންބަރު.
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް: -
ރަޖިސްޓްރީ
20 ޝައްވާލް 1436
05 އޯގަސްޓް 2015
ނިމުނު ތާރީޚް: 23 ޛުލްޤަޢިދާ 1436
07 ސެޕްޓެމްބަރު 2015
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 131
/
2015/RIC
-
CA ހައްޔަރުކުރުމުގެ އަމުރު
ނިންމެވި ކޯޓު: ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
• ހުށަހެޅި ތާރީޚް: 20.03.2015 ނިމުނު ތާރީޚް: 20.03.2015
ދިވެހިރާއްޖޭގެ
*
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޝުޖާޢު ޢުޘްމާން ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު ޢަބްދުﷲ ދީދީ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2
2015/HC-A/282
ދައުވާގެ
މިއީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 131
/
2015/RIC
-
CA ހައްޔަރުކުރުމުގެ
އަމުރު އެ ކޯޓުން ނެރެފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ކޯޓު އަމުރު
އިސްތިއުނާފުކުރުމަށް އެދި، ޏ.ފުވައްމުލައް | މާދަނޑު. މަތީން، އަޤްސާމް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
CCC.
0
ފާހަގަކުރެވުނު
ވަނަތައް
ހދ ހ 33
33 ޑ
ހައްޔަރުކުރުމުގެ
1) އިސްތިއުނާފުކުރެވޭ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 131
/
2015/RIC
-
CA
އަމުރަށް ބަލާއިރު، އެ އަމުރަކީ ޏ.ފުވައްމުލައް | މާދަނޑު. މަޠަން، އަޤްސާމް މުޙައްމަދުގެ
މައްޗަށް ތުހުމަތުކުރެވިފައިވާ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކޮށްފައިވާ
މައްސަލާގައި މައްސަލަ ތަޙްޤީޤުކުރުމަށާއި އަދި މައްސަލައާ ގުޅިގެން ހޯދަންޖެހޭ
ހެކި ހޯދުމަށް
ހުރަސްއެޅިދާނެކަމަށް ފެންނާތީ، އަޤްސާމް މުޙައްމަދު ހައްޔަރު ކުރުމުގެ އަމުރަކަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން އެދުމުން އެ ކޯޓުން ނެރެދީފައިވާ އަމުރެއްކަން އެނގެންއޮވެއެވެ.
2) ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 131
/
2015/RIC
-
CA ހައްޔަރުކުރުމުގެ
އަމުރު، އެ ކޯޓުން ނެރެފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ އަމުރު
އިސްތިއުނާފުކުރަމުން، ޏ.ފުވައްމުލައް | މާދަނޑު. މަޠަން، އަޤްސާމް މުޙައްމަދުގެ ފަރާތުން 04 (ހަތަރެއް)
ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
މާއްދާއާއި
ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަސްގެ 7
49 ވަނަ މާއްދާ އާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރރެއްގެ ކުރިމައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/282
ޙާޟިރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް އަޤްސާމް
މުޙައްމަދު ހައްޔަރުކުރުމަށް
އިކުރުމަށް ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ
އާއި 45 ވަނަ މާއްދާ އާ ޚިލާފަށް އަޤްސާމް މުޙައްމަދު ހައްޔަރުކުރުމަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 55/HC-A/2013 ޤަޟިއްޔާގެ
3 ވަނަ ނުކުތާއާ ޚިލާފަށް އަޤްސާމް މުޙައްމަދު : ހައްޔަރުކުރުމަ ނިންމާފައިވުން.
ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010
ނަންބަރު ޤަޟިއްޔާގެ 2 ވަނަ ނުކުތާ އާއި 7 ވަނަ ނުކުތާ އާއި 8 ވަނަ ނުކުތާ އަދި ޤާނޫނުއަސާސީގެ 143
ވަނަ މާއްދާގެ (ރ) އާ ޚިލާފަށް އަޤްސާމް މުޙައްމަދު ހައްޔަރުކުރުމަށް ނިންމާފައިވުން.
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެ ފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވޭ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
131
/
2015/RIC
-
CA ހައްޔަރުކުރުމުގެ އަމުރުން ޏ.ފުވައްމުލައް | މާދަނޑު. މަން، އަޤްސާމް މުޙައްމަދު،
20 މާރޗް 2015 ގެ 15:00 ން ފެށިގެން 24 ގަޑިއިރުތެރޭގައި ހައްޔަރުކުރުމަށް އަމުރުކޮށްފައިވާކަމާއި،
ބުނެވުނު އަމުރުގައި ޙަވާލާދީފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
2015
/
21/G7
(
R
)
/
AW-171 "ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް ފަނޑިޔާރަށް ހުށަހަޅާ ފޯމް" ގައި އަޤްސާމް
މުޙައްމަދު ހައްޔަރުކުރަން ބޭނުންވާ ސަބަބުކަމަށް ބަޔާންކޮށްފައިވަނީ، އަޤްސާމް މުޙައްމަދު ކުޑަކުއްޖަކާމެދު
ނަންބަރު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2015/HC-A/282
ދުވަސް މަތިން ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަޙްޤީޤުކުރުމަށާއި، މައްސަލައާ ގުޅިގެން
ހޯދަންޖެހޭ ހެކި ހޯދުމަށް ހުރަސްއެޅިދާނެކަމަށް ފެންނާތީކަމަށް އިސްވެ ޙަވާލާދެވުނު ފޯމުގައި ބަޔާންކޮށްފައިވާކަން
އެނގޭކަމާއި،
މިހާރު އިސްތިއުނާފު ކުރެވޭ ފުވައްމުލަކު
މެޖިސްޓްރޭޓް ކޯޓުގެ
131
/
2015/RIC
-
CA ހައްޔަރުކުރުމުގެ އަމުރުގައި އިސްވެ ބުނެވުނު ފޯމުގައި ހައްޔަރުކުރުމަށް އެދިފައިވާ
ސަބަބަށްޓަކައި، އެ އަމުރު 24 ގަޑިއިރު ތެރޭގައި އަޤްސާމް މުޙައްމަދު ހައްޔަރުކުރުމަށް
އަމުރުކޮށްފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
ﷲ 4 ވ
ނަންބަރު
24
ނޭރޭތަ
ކުށެއްގެ
ކުށެއްގެ
(ނ) ދެވަނަ ކަމަކީ، ހައްޔަރުކުރާ މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ
މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ
އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓު އަމުރަކުން ހުއްދަ ލިބިގެން މެނުވީ،
އެއްވެސް
މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެނެއް ޚިވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
ތުހުމަތުކުރެވިފައިވާ މީހާ ހައްޔަރުކުރުމުގެ އަމުރު ކޯޓުން ނެރެދޭންވާނީ،
ތުހުމަތުގައިވާ މީހާއަކީ ހައްޔަރުކުރަންޖެހޭ މީހެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފެނިގެން،
އެސަރވިސްގެ އެދުމުގެ މަތީން، އެ ސަރވިސްގެ ފަރާތުން ކޯޓަށް ހުށަހަޅާ މަޢުލޫމާތާއި ހެކި ޤަރީނާތަކުގެ
އަލީގައިކަމާއި، ނުވަތަ އެ މީހަކު ހައްޔަރުކުރަންވާނީ ނުވަތަ ބަންދުކުރަންވާނީ ޟަރޫރަތަކަށްވާ ޙާލަތުގައި
އެކަނިކަމާއި، އަދި ކޯޓުން އެފަދަ އަމުރެއް ނެރެންވާނީ އެ މީހާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ
ބާވަތަށާއި، އެ މީހާއާ އިދިކޮޅަށް އެހާތަނަށް ލިބިފައިވާ ހެކި ޤަރީނާތަކަށާއި، ކަމާގުޅުންހުރި ވަށައިގެންވާ
ޙާލަތަށް ބަލާއިރު އެމީހަކު ހައްޔަރުކުރުމުގެ ޝަރޫރަތެއް އޮތްކަމަށް ކަމާބެހޭ ކޯޓަށް ފެންނަ ޙާލަތުގައި
އެކަނިކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޤަޟިއްޔާގައި
cu.
ހއ ހ2
ނިބރ
2013/HC-A/177
ބަޔާންކުރައްވާފައިވާކަން އެނގެންއޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
2015/HC-A/22
4 e
ކށް އެގެ
ފ
12
4 |
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާއިމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
19/SC
-
A/2010 ނަންބަރު ޤަޟިއްޔާގެ 8 ވަނަ ނުކުތާއާ ޚިލާފަށް އަޤްސާމް މުޙައްމަދު ހައްޔަރުކުރުމަށް
ނިންމާފައިވާކަމަށް ބުނެ އަޤްސާމް މުޙައްމަދުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
އިސްތިނާފުކުރެވޭ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 131
/
2015/RIC
-
CA ކޯޓު
އަމުރަކީ ބަންދުގެ މުއްދަތު އިތުރު ކުރުމުގެގޮތުން ނެރެފައިވާ އަމުރެއްނޫންކަން އެ އަމުރަށް ބެލުމުން
އެނގޭކަމާއި، އެއާއި ޚިލާފަށް އިސްތިއުނާފުކުރެވޭ މި އަމުރަކީ ހައްޔަރު
އެޔަރުކުރުމުގެ އަމުރެއްކަމަށް ވީހިނދު،
ޤާނޫނުއަސާސީގެ ގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓުގެ 8 ވަނަ ނުކުތާގައި
ބަޔާންކޮށްފައިވާ އުޞޫލުތައް އިސްތިއުނާފުކުރެވޭ ހައްޔަރު ކުރުމުގެ މި އަމުރަށް ތަޠްބީޤްކުރެވޭނޭގޮތް
އިސްތިއުނާފުކުރާ އަޤްސާމް މުޙައްމަދުއަށް ސާފުކޮށް ބުނެދެވިފައިނުވާކަމާއި،
ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، އަޤްސާމް މުޙައްމަދު ހައްޔަރު ކުރުމުގެ އަމުރެއް ހޯދުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެދިފައިވަނީ އަޤްޞާމް މުޙައްމަދުގެ މައްޗަށް ކުޑަކުއްޖަކާމެދު އެކި
ދުވަސް މަތިން ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމާއި، ހައްޔަރު ކުރުމަށް
ބޭނުންވާ ސަބަބު ކަމުގައި ބަޔާންކޮށްފައިވަނީ މައްސަލަ ތަޙްޤީޤުކުރުމަށާއި އަދި މައްސަލައާ ގުޅިގެން ހޯދަންޖެހޭ
ހެކި ހޯދުމަށް ހުރަސް އެޅިދާނެތީކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު
2015
/
21/G7
(
R
)
/
AW-171 "ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް ފަނޑިޔާރަށް ހުށަހަޅާ ފޯމް" އަށް
ބެލުމުން އެނގޭކަމާއި، ބުނެވުނު ފޯމުގައި އަޤްސާމް މުޙައްމަދުގެ މައްޗަށް ލިބިފައިވާ ހެކި ޤަރީނާކަމުގައި
ބަޔާންކޮށްފައިވަނީ ހަމައެކަނި "ފުލުހުންނަށް ލިބިފައިވާ މަޢުލޫމާތު؟
ލިބިފައިވާ
މަޞްދަރަކީ ކޮބައިކަން ބަޔާންކޮށްދީފައިނުވާކަން ފާހަގަކުރެވޭކަމާއި،
Oxu uc
UCO
ކަމާއި، އެ
މަޢުލޫމާތު
.ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: irif [email protected] ވެބްސައިޓް www.highcourt.gov.mv
6
2015/HC-A/282
ހ ށ4 5 ދ ތ ގދ
ރިޢާޔަންކުރަންވާނޭކަ
އަޤްސާމް މުޙައްމަދުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ކުޑަކުއްޖަކާމެދު އެކި ދުވަސް މަތިން
ޖިންސީ ގޯނާކޮށްފައިވާކަމަށް ބެލެވޭ މައްސަލައެއްކަން އެނގެންއޮންނައިރު، މި ކުށަކީ ކުށުގެ ބާވަތުން
ނުރައްކާތެރި ކުށެއްކަމުގައި ބެލެވުނު ނަމަވެސް، ބުނެވުނު ކުށް އަސާމް މުޙައްމަދު ކުރިކަމުގެ ތުހުމަތު އުފެދޭ
މިންވަރުގެ ހެކި ޤަރީނާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާކަން މި
މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު ލިޔެކިޔުންތަކުން އެނގެންނެތްކަމާއި، ކުށެއްގެ
ތުހުމަތުގައި މީހަކު ހިފައި ހައްޔަރުކުރުމުގެ އަމުރު ނެރުމުގައި، އެ މީހާއާ އިދިކޮޅަށް އެހާތަނަށް ލިބިފައިވާ
ހެކި ޤަރީނާތަކަށް ކޯޓުން ރިޢާޔަތް ފެވާނެކަން އެނގޭއިރު، ހުށަހެޅިފައިމިވާ މައްސަލާގައި އަޤްޞާމް މުޙައްމަދު
ހައްޔަރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ފަދައިން ކޯޓު އަމުރެއްގެ ދަށުންކަން އެނގެންއޮތް ނަމަވެސް، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އެ އަމުރު
ނެރެދިނުމުގައި އަޤްޞާމް މުޙައްމަދުގެ މައްޗަށް ތުހުމަތު އުފެދޭ މިންވަރުގެ ހެކި ޤަރީނާ ހުރިތޯއާއި،
ހުށަހެޅިފައިވާ ހެކި ޤަރީނާ އަކީ ކޮބައިތޯ ބަލައި، އެކަންކަމަށް ރިޢާޔަތްކޮށްފައިނުވާކަން ފާހަގަކުރެވޭކަމާއި،
އަޤްސާމް މުޙައްމަދުގެ މައްޗަށް ތުހުމަތެއް އުފެދޭ ނުވަތަ ތުހުމަތެއް އުފެދިދާނެކަމަށް ބެލެވޭ އެއްވެސް
މިންވަރެއްގެ ހެކި ޤަރީނާއެއް މި މައްސަލާގައި ހުށަހަޅާފައިނުވާއިރު، ލިބިފައިވާ ހެކި ޤަރީނާއަކީ 'ފުލުހުންނަށް
ލިބިފައިވާ މަޢުލޫމާތު" ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބުނުމަކުން ނުވަތަ، ހަމައެކަނި، އެ
ފަދައިން ބުނެލާ ބުނެލުމެއްގެ މައްޗަށް ބިނާކޮށް، އަޤްސާމް މުޙައްމަދު ހައްޔަރުކުރަންޖެހޭ ފަދަ ޝަރޫރަތެއް
އޮތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެނުނުކަމެވެ.
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއިއެކު، އިސްތިއުނާފުކުރެވޭ ފުވައްމުލަކު
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 131
/
2015/RIC
-
CA ހައްޔަރުކުރުމުގެ އަމުރަށް ބަދަލު ގެންނަންޖެހޭކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އެއްބަސްވެވުނެވެ.
ޑްރިއްއްޖޭގެ އިޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/282
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއިއެކު، އިސްތިއުނާފު ކުރެވޭ
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 131
/
2015/RIC
-
CA ހައްޔަރުކުރުމުގެ
ފިކުރުމުގެ އަމުރު ނެރެފައިވަނީ
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްވާތީ، އެ އަމުރަކީ ބާޠިލު އަމުރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި
މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv