ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/294 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/294
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 294/HC-A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުﷲ ނަޞީރު މުޙައްމަދު
އައިޑީ ކާޑު ނަންބަރ: A011543
* ދާއިމީ އެޑްރެސް: ބޯޅަދަނޑުގެ/ ގދ. ގައްދޫ
މިހާރުގެ އެޑްރެސް: މއ. ޕީޓްރަލް މާލެ
:
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 23 އޮކްޓޯބަރ 2014
ފެމުނު ތާރީޚް: 30 ޑިސެންބަރު 2015
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cr
-
C/480
• ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ވައްކަން
ހެޅުނުތާރީޚް: 24 އޮކްޓޯބަރ 2010
0
*
ނިމުނު ތާރީޚް: 16 އޮގަސްޓް 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
އްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/294
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/480 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ގދ. ގައްދޫ ބޯޅަދަނޑުގެ ޢަބްދުﷲ ނަޞީރު މުޙައްމަދުގެ
ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އެވެ.
CCCO
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/480 ޤަޟިއްޔާއަކީ، ގދ. ގައްދޫ ބޯޅަދަނޑުގެ
ޢަބްދުﷲ ނަޞީރު މުޙައްމަދު 2008 ވަނަ އަހަރު އޮކްޓޯބަރ މަސްތެރޭގައި ރިޔާސީ އިންތިޚާބުގައި ޢަބްދު
ނަޞީރު މުޙައްމަދު މަސައްކަތްކުރި ނަސަންދުރަ ޕެލަސްހޮޓަލުގެ ޢިމާރާތުގައި އިލެކްޝަންސް ކޮމިޝަނުގެ
މެމްބަރު މުޙައްމަދު މާހިރު މަސައްކަތްކުރި އޮފީސްތެރޭގައި ޗާޖަށް ޖަހާފައިއޮތް -/14،000 ރ.
(ސާދަހާސްރުފިޔާ) ގެ އަގުހުރި 03 ޖީ އައި، މޯބައިލް ފޯނު ޗާޖަރާއި ހެޑްސެޓާއެކު ވަގަށްނެގިކަމަށް ޢަބްދު
ނަޞީރު މުޙައްމަދު އިންކާރުކުރި ނަމަވެސް، މިފޯނު ހ.ފަތިސްހަނދުވަރުގެ ޢަބްދުﷲ ސަޢީދު އަތުން ފެނިގެން
މިފޯނާބެހޭ ގޮތުން ސުވާލުކުރުމުން، އެއީ، ޢަބްދުﷲ ނަޞީރު މުޙައްމަދު އަތުން -/10000ރ.
(ދިހަހާސްރުފިޔާ) އަށް ގަތް ފޯނަކާއި، ހެޑްސެޓަކާއި، ޗާޖަރެއް ކަމަށްބުނުމުން، އެކަމާބެހޭ ގޮތުން ޢަބްދު
ނަސީރު އާއި ސުވާލުކުރުމުން އެއީ، ޢަބްދުﷲ ނަޞީރު މުޙައްމަދުގެ ރައްޓެއްސެއްކަމަށްވާ މުޙައްމަދު (ފުރިހަމަ
ނަމާއި އެޑްރެސްނޭނގޭ) އަތުން -/
10,000ރ. (ދިހަހާސްރުފިޔާ) އަށް ގަތް ފޯނަކާއި، ހެޑްސެޓަކާއި، ޗާޖަރެއް
ކަމަށް ބުނިނަމަވެސް އެކަން ޢަބްދުﷲ ނަޞީރު މުހައްމަދަށް ސާބިތުކޮށް ދެވިފައިނުވާތީ، މިވައްކަންކޮށްފައިވަނީ
ޢަބްދުﷲ ނަޞީރު މުޙައްމަދުކަން އެނގޭތީ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން
ޢަބްދުﷲ ނަޞީރު މުޙައްމަދުގެ މައްޗަށް ދައުލަތުން ދަޢުވާކުރުމުން ބައްލަވާފައިވާ ވައްކަން ކުރުމުގެ ކުށުގެ
ދަޢުވާއެއްކަމާއި؛
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ގދ. ގައްދޫ ބޯޅަދަނޑުގެ ޢަބްދުﷲ ނަޞީރު މުޙައްމަދު
މައްޗަށް ދައުލަތުން ދަޢުވާކުރެއްވި ވައްކަމުގެ މައްސަލަ ޝަރީޢަތުން ބެލިއިރު، 2008 އޮކްޓޯބަރު
ބޭއްވި ރިޔާސީ އިންތިޚާބްގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު މުޙައްމަދު މާހިރުގެ
ތްރީޖީއައިފޯނު، މުޙައްމަދު މާހިރު މަސައްކަތްކުރި ނަސަންދުރަރ ޕެލަސްހޮޓެލްގެ ސެމިނާ ރޫމްގައި ޗާރޖަރަށް
ޖަހާފައި އޮއްވާ ވަގަށް ނަގާފައިވަނިކޮށް ފަތިސްހަނދުވަރުގެ ޢަބްދުﷲ ސަޢީދުގެ އަތުން އެފޯނު
ހ( ސ ޑ ޓ ހދ
ގެ
04
2
8
6 4ދ
=ރ13
R
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/294
Oce
ފުލުހުންނަށް ފެނިގެން ޢަބްދުﷲ ސަޢީދާ ފުލުހުން ސުވާލުކުރުމުން، އެފޯނަކީ ޢަބްދުﷲ ސަޢީދަށް ޢަބްދު
ނަޞީރު މުޙައްމަދު ވިއްކި ފޯނެއްކަމަށް އަބްދުﷲ ސަޢީދު ބުނުމުން، ފުލުހުން ޢަބްދުﷲ ނަޞީރު މުޙައްމަދާއި
އެފޯނާއި ބެހޭގޮތުން ސުވާލުކުރުމުން، ޢަބްދުﷲ ނަޞީރު މުޙައްމަދު، ޢަބްދުﷲ ސަޢީދަށް ފޯނެއް ވިއްކި
ކަމަށާއި އެފޯނަކީ ފުރިހަމަނަމާއި މަޢުލޫމާތު ނޭނގޭ (މޯޑް) މުޙައްމަދު ކިޔާމީހެއްގެ އަތުން ޢަބްދުﷲ ނަޞީރު
މުޙައްމަދު ގަތް ފޯނެއްކަމަށް ޢަބްދުﷲ ނަޞީރު މުޙައްމަދު ބުނެފައިވީނަމަވެސް، އެމީހެއް ޢަބްދުﷲ ނަޞީރު
މުޙައްމަދަށް ދެއްކިފައި ނުވުމާއި، ޢަބްދުﷲ ނަޞީރު މުޙައްމަދުގެ އަތުން ފުލުހުން ހޯދި ފޯނަކީ ޢަބްދު
ސަޢީދަށް ޢަބްދުﷲ ނަޞީރު މުޙައްމަދު ވިއްކި ފޯނެއް ނޫންކަމަށް ޢަބްދުﷲ ނަޞީރު މުޙައްމަދުގެ ވަކީލު
ބުނެފައިވީނަމަވެސް ޢަބްދުﷲ ސަޢީދުގެ އަތުން ފެނުނު ފޯނަކީ ޢަބްދުﷲ ސަޢީދަށް ޢަބްދުﷲ ނަޞީރު
މުޙައްމަދު ވިއްކާ ފޯނު ނޫންކަމަށް، ޢަބްދުﷲ ނަޞީރު މުޙައްމަދަށް ކަޑައެޅިގެން ބުނަން ނޭގޭކަމާއި، ޢަބްދު
ނަޞީރު މުޙައްމަދުގެ އަތުން ފުލުހުން ގެންދިޔަފޯނަކީ އަބްދުﷲ ސަޢީދަށް، ޢަބްދުﷲ ނަޞީރު މުޙައްމަދު
ވިއްކި ފޯނުކަމަށް ތަޙްޤީޤުގަޔާއި ޝަރީޢަތުގެ މަޖިލީހުގައިވެސް ޢަބްދުﷲ ސަޢީދު ބުނެފައިވުމާއި، ފޯނު ވަގަށް
ނަގާފައިވަނީ ފޯނުގެ ވެރިފަރާތް (މުޙައްމަދު މާހިރު) 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި
މުޙައްމަދު މާހިރު ނަސަންދުރަ ޕެލަސް ހޮޓަލްގައި މަސައްކަތްކުރި ސެމިނަރރޫމްގައި ފޯނު ޗާޖަރަށް ޖަހާފައި
މުޙައްމަދު މާހިރުގެ ބަހުންއެގޭއިރު، ޢަބްދުﷲ ނަޞީރު މުޙައްމަދު އަކީ އޭރު އެތަނުގައި
މަސައްކަތްކުރަން އުޅުނު މީހެއްކަން ޢަބްދުﷲ ނަޞީރު މުޙައްމަދުގެ ބަހުން އެގެންއޮތުމާއި، ފޯނު ވަގަށް
ނަގާފައިވަނީ ޗާރޖަރާއި ހެޑްސެޓާއި އެކުގައި ކަމަށް މުޙައްމަދު މާހިރު ބުނެފައިވާއިރު، ޢަބްދުﷲ ނަޞީރު
މުޙައްމަދު، ޢަބްދުﷲ ސަޢީދަށް ފޯނު ވިއްކާފައިވަނީ، ޗާރޖަރާއި ހެޑްސެޓާއި އެކުގައިކަން ޢަބްދުﷲ ނަޞީރު
މުޙައްމަދުގެ ބަހުން އެގެންއޮތުމާއި، ފޯނަކީ ތުރީޖީ.އައި ފޯނެއްކަމަށް ފޯނުގެ ވެރިފަރާތުން ބުނެފައިވާއިރު،
ޢަބްދުﷲ ސަޢީދަށް ޢަބްދުﷲ ނަޞީރު މުޙައްމަދު ވިއްކި ފޯނަކީ ތުރީޖީ.އައި ފޯނެއްކަން ޢަބްދުﷲ ނަޞީރު
މުޙައްމަދުގެ ބަހުން އެގެން އޮތުމާއި، ވަގަށް ނަގައިގެން މައްސަލަ ހުށަހަޅާފައިވާ ފޯނުގެ އައި.އެމް.އީ.އައި
ނަންބަރާއި ޢަބްދުﷲ ސަޢީދުގެ އަތުން ފެނުނު ފޯނުގެ އައި.އެމް.އީ.އައި ނަންބަރާއި ދިމާވާކަމަށް މައްސަލަ
ތަހްޤީޤްކުރި ފަރާތުން ބުނެފައިވުމާއި، ފޯނުގެ މައްސަލާގައި ފުލުހުން އައިސް ޢަބްދުﷲ ސަޢީދާ ސުވާލުކުރުމުން
ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ނަޞީރު މުޙައްމަދަށް ގުޅާފައި، ފޯނުގެ މައްސަލަ ޖެހިގެން ފުލުހުން އައިސްގެން
އެބައުޅެއޭ، ޢަބްދުﷲ ނަސީރު އައިސްބަލާށޭ ބުނުމުން، ޢަބްދުﷲ ނަޞީރު މުޙައްމަދު އައިސް ފޯނު ގަތުމަށް
ޢަބްދުﷲ ސަޢީދު ދީފައިވާ ފައިސާ (ދިހަހާސްރުފިޔާ) އަނބުރާ ޢަބްދުﷲ ސަޢީދަށްދީ، މިކަންމިގޮތަށް
ނިންމާފައިވާކަން ޢަބްދުﷲ ނަޞީރު މުހައްމަދުގެ ބަހުން އެގެންއޮތުމާއި، މިހެން މިކަންކަން ހުރުމާއެކު،
ހ
އއކނ
z
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/294
ޢަބްދުﷲ ސަޢީދުގެ އަތުން ފެނިފައިވާ ފޯނަކީ ޢަބްދުﷲ ސަޢީދަށް ޢަބްދުﷲ ނަޞީރު މުޙައްމަދު ވިއްކި
ފޯނެއްނޫންކަން، އަދި ޢަބްދުﷲ ނަޞީރު މުޙައްމަދު މިބުނާ މޯޑޭ (މުޙައްމަދު) ގެ އަތުން ޢަބްދުﷲ ނަޞީރު
މުޙައްމަދު ގަތް ފޯނެއްކަން ޢަބްދުﷲ ނަޞީރު މުޙައްމަދަށް ސާބިތުކޮށް ދެވިފައިނުވާތީ، ޝަރީޢަތަށް
މިލިބިފައިވާ ހެއްކާއި ޤަރީނާ ތަކަށް ބަލާއިރު، ޢަބްދުﷲ ސަޢީދުގެ އަތުން ފެނިފައިވާ ފޯނަކީ ޢަބްދު
ސަޢީދަށް ޢަބްދުﷲ ނަޞީރު މުޙައްމަދު ވިއްކާ ފޯނުކަމަށާއި، އެފޯނަކީ ޢަބްދުﷲ ނަޞީރު މުޙައްމަދު ވަގަށް
ނަގާފައިވާ ފޯނެއްކަމަށް ބަލަންޖެހޭތީ، ޢަބްދުﷲ ނަޞީރު މުޙައްމަދުގެ މައްޗަށް ވައްކަމުގެކުށް
ސާބިތުވެއްޖެކަމަށް ކަޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ
ދަށުން 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޢަބްދުﷲ ނަޞީރު މުޙައްމަދު އަރުވާލުމަށް ޙުކުމްކޮށް މައްސަލަ
ނިންމީއެވެ. މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ
ބަޔާންކުރެވުނު ގޮތުގެ މަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/480
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަބްދުﷲ ނަޞީރު މުޙައްމަދުގެ
ފަރާތުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެނުކުތާތަކަކީ
:
ފުރަތަމަ ނުކުތާއަކީ: މިމައްސަލައިގައި ޙަވާލާދެވޭ ފޯނު ފެނިފައިވަނީ ދަފްތަރު ނަންބަރު 17310
ޢަބްދުﷲ ސަޢީދު (އައިޑީކާޑު ނަންބަރު A050156) ގެ އަތުންކަން މިމައްސަލާގައި ކަން
ހިނގާފައިވާ ގޮތަށް ބަލާއިރު އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާފުވާން އޮތްއިރު، އެ ފޯނަކީ
ޢަބްދުﷲ ނަޞީރު މުޙައްމަދު ވަގަށް ނަގާފައިވާ ފޯނެއްކަމަށް ކޯޓުން ޙުކުމްކޮށްފައި ވަނީ، ޢަބްދު
ސަޢީދު އަތުން ފެނުނު ފޯނަކީ ޢަބްދުﷲ ނަޞީރު މުޙައްމަދު އޭނަ އަށް ވިއްކި ފޯނުކަން
ސާބިތުކުރުމަށް ޢަބްދުﷲ ސަޢީދުގެ ފަރާތުން ނުވަތަ ދައުލަތުން އެއްވެސް ބުރައެއް އުފުލު
ފުލުމަކާނުލާ،
އަދި އެކަން ސާބިތުވާ ވަރުގެ އެއްވެސް މިންވަރެއްގެ ހެކި ގަރީނާ ނެތި، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 255/HC-A/2013 ޤަޟިއްޔާގައި ފަނޑިޔާރުންނަށް ފާހަގަކުރެއްވުނު ނުކުތާތަކުގެ
4ވަނަ ޕެރެގްރާފުގައާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 34/SC-A/2011 ޤަޟިއްޔާގެ
ފަނޑިޔާރުންނަށް ފާހަގަކުރެއްވުނު ނުކުތާތަކުގެ 5ވަނަ ނަންބަރުގެ (ނ) ގައި ފާހަގަކޮށްފައި ހުރި
ހަމަތަކާ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/294
. ދެވަނަ ނުކުތާއަކީ: އެއްވެސް ސަބަބަކާހުރެ، ޢަބްދުﷲ ސަޢީދު އަތުން ފެނުނު ފޯނަކީ ޢަބްދު
ނަޞީރު މުޙައްމަދު އޭނާއަށް ވިއްކި ފޯނެއްކަމަށް ކޯޓުން ބެލި ކަމުގައިވިޔަސް، ޢަބްދުﷲ ނަޞީރު
މުޙައްމަދު ގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވާ ކަމަށް ޙުކުމްކޮށްފައިވަނީ، ޢަބްދުﷲ ސަޢީދު އަތުން
ފެނުނު ފޯނަކީ ޢަބްދުﷲ ނަޞީރު މުޙައްމަދު އޭނާއަށް ވިއްކި ފޯނެއް ކަމަށް ކޯޓަށް ފެންނަ ފެނުން
ފިޔަވައި، ޢަބްދުﷲ ނަޞީރު މުޙައްމަދު ވައްކަންކުރި ކަމަށް ދަލީލު ކުރާ އެހެން އެއްވެސް ހެއްކެއް
ޤަރީނާ އެއް ނެތި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 18/SC-A/2009 ޤަޟިއްޔާގައި
ފަނޑިޔާރުންނަށް ފާހަގަ ކުރެއްވުނު ނުކުތާތަކުގެ (ނ) އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 34/SC-A/2009 ޤަޟިއްޔާގައި ފަނޑިޔާރުންނަށް ފާހަގަކުރެއްވުނު ނުކުތާތަކުގައި 6
ވަނަ ނަންބަރު ގައާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 235/
-HCA/2010 ޤަޟިއްޔާގެ
ޑިޔާރުންނަށް ފާހަގަ ކުރެއްވުނު ނުކުތާތަކުގެ (ހ)ގައި، ފާހަގަކޮށްފައި ހުރި ހަމަތަކާއި އަދި
ވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ޚިލާފަށްކަމަށް
· 3
ފާހަގަ ކުރި
ނުކުތާއެވެ.
-03
ހު
ފާހަގަކުރެވެ
މައްސަލައާއި
އާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/480 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޢަބްދުﷲ ނަޞީރު މުޙައްމަދު
ގެފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދައުލަތުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ރެވެއެވެ.
(ހ) ގދ. ގައްދޫ ބޯޅަދަނޑުގެ ޢަބްދުﷲ ނަޞީރު މުޙައްމަދު 2008 ވަނަ އަހަރު އޮކްޓޯބަރ
މަސްތެރޭގައި ރިޔާސީ އިންތިޚާބުގައި ޢަބްދުﷲ ނަޞީރު މުޙައްމަދު މަސައްކަތްކުރި ނަސަންދުރަ ޕެލަސްހޮޓަލުގެ
ޢިމާރާތުގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު މުޙައްމަދު މާހިރު މަސައްކަތްކުރި އޮފީސްތެރޭގައި ޗާޖަށް
ޖަހާފައިއޮތް -/
14,000ރ. (ސާދަހާސްރުފިޔާ)
އައި، މޯބައިލް ފޯނު ޗާޖަރާއި
ހެޑްސެޓާއެކު ވަގަށްނެގިކަމަށް ޢަބްދުﷲ ނަޞީރު މުޙައްމަދު އިންކާރުކުރި ނަމަވެސް،
ހ.ފަތިސްހަނދުވަރުގެ ޢަބްދުﷲ ސަޢީދު އަތުން ފެނިގެން މިފޯނާބެހޭ ގޮތުން ސުވާލުކުރުމުން، އެއީ، ޢަބްދު
ނަޞީރު މުޙައްމަދު އަތުން -/10000ރ. (ދިހަހާސްރުފިޔާ) އަށް ގަތް ފޯނަކާއި، ހެޑްސެޓަކާއި، ޗާޖަރެއް
އެކަމާބެހޭ ގޮތުން ޢަބްދުﷲ ނަބީރު އާއި ސުވާލުކުރުމުން އެއީ، ޢަބްދުﷲ ނަޞީރު
ގެ
އަގުހުރި 03
ޖެ
މިފޯނު
14 2
ހ4 3
2
3
4
ކަމަށްބުނުމުން،
R
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/294
-/10000ރ.
މުޙައްމަދުގެ
ރައްޓެއްސެއްކަމަށްވާ މުޙައްމަދު (ފުރިހަމަ ނަމާއި އެޑްރެސްނޭނގޭ)
އަތުން
(ދިހަހާސްރުފިޔާ) އަށް ގަތް ފޯނަކާއި، ހެޑްސެޓަކާއި، ޗާޖަރެއް ކަމަށް ބުނިނަމަވެސް އެކަން
ޢަބްދުﷲ ނަޞީރު މުޙައްމަދަށް ސާބިތުކޮށް ދެވިފައިނުވާތީ، މިވައްކަންކޮށްފައިވަނީ ޢަބްދުﷲ ނަޞީރު
މުޙައްމަދުކަން އެނގޭކަމަށް ބުނެ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ކްރިމިނަލް ކޯޓުގެ
ނަންބަރު 2010/Cr-C/480 ޤަޟިއްޔާގައި ޢަބްދުﷲ ނަޞީރު މުޙައްމަދުގެ މައްޗަށް ދައުލަތުގެ ފަރާތުން
ކޮށްފައިވާ ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއަށް ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުﷲ ނަޞީރު މުޙައްމަދު
އިންކާރު ކޮށްފައިވާކަން އެނގެން އޮންނައިރު؛
ޢަބްދުﷲ ނަޞީރު މުޙައްމަދުގެ
ހުށަހެޅުނު ކުށުގެ އެދަޢުވާ ޝަރީޢަތަށް
ބިތުވާކަމަ ކަނޑައަޅުއްވައި އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ
ދަށުން 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޢަބްދުﷲ ނަޞީރު މުޙައްމަދު އަރުވާލުމަށް ޙުކުމްކުރައްވާއިވާކަން
މައްޗަށް
ވައްކަމުގެ
އެނގެން އޮވެއެވެ.
3
COOX
(ދ) ޢަބްދުﷲ ނަޞީރު މުޙައްމަދު ވަގަށް ނެގިކަމަށް މި މައްސަލައިގައި ޙަވާލާދޭ އައި ފޯނަކީ،
އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއް ބޭނުން ކުރަމުން ގެންދިޔަ ފޯނެއްކަމާއި، އެފޯނު ގެއްލިފައިވަނީ
2008 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ނަސަންދުރަ ޕެލަސް ހޮޓަލުގައި ކުރިއަށް ދިޔަ ކޮމްޕްލެއިންސް
ބިއުރޯގެ މަސައްކަތުގައި، އެފޯނު ބޭނުން ކުރަމުންގެންދިޔަ ފަރާތުން އެފޯނު ޗާޖަށް ޖަހާފައިވަނިކޮށް ކަމާއި،
ފޯނު ގެއްލުނުކަން 8 އޮކްޓޯބަރ 2008 ގައި ފުލުސް އޮފީހަށް ރިޕޯޓްކޮށްފައިވާކަން އެނގެން އޮންނައިރު،
އެ ފޯނަށް 27 ޖޫން 2009 ގައި އެހެން ސިމް ކާޑެއް ލައްވައި ބޭނުން ކުރަން ފެށުމާ ގުޅިގެން،
ފުލުހުންނަށް އެފޯނު ޓްރެސް ކުރެވި އެފޯނާބެހޭ މައުލޫމާތުލިބި، 29 ޖޫން 2009 ގައި، މާލޭ މުނިސިޕަލްޓީގެ
ޚާއްޞަ ދަފްތަރު ނަންބަރު 7310 ޢަބްދުﷲ ސަޢީދުގެ އަތުން އެފޯނު ފެނިފައިވާކަމާއި، 8 އޮކްޓޯބަރ 2008
އިން 27 ޖޫން 2009 ދުވަހުގެ ނިޔަލަށް އެފޯނު ބޭނުންކޮށްފައި ނުވާކަމަށް، މިމައްސަލައާ ގުޅިގެން 25
ފެބްރުއަރީ 2015 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
هل
3
CCCX
3
(ނ) މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ދެބަރު 7310 ޢަބްދުﷲ ސަޢީދަށް 3 ޖީ އައި ފޯނެއް
ޢަބްދުﷲ ނަޞީރު މުޙައްމަދު ވިއްކިކަން، ޢަބްދުﷲ ނަޞީރު މުޙައްމަދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
R
ހައިކް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/294
މަޖިލީހާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު،
ޢަބްދުﷲ ނަޞީރު މުޙައްމަދުގެ އަތުން 3 ޖީ އައި ފޯނެއް 2008 ނޮވެމްބަރު މަހުގެ ތެރޭގައި ގަނެފައިވާކަން،
31 ޑިސެމްބަރ 2009 ގައި ޖިނާއީ ކޯޓު (ކްރިމިނަލް ކޯޓު) ގެ ޝަރީޢަތުގެ މަޖިލީހަށް ޢަބްދުﷲ ސަޢީދު
ދީފައިވާ ބަޔާނުން އެނގެން އޮންނަކަމާއިގެ
ޢަބްދުﷲ ނަޞީރު މުޙައްމަދުގެ އަތުން އިޝާރާތްކުރެވުނު ފޯނު، ޢަބްދުﷲ ސަޢީދު ގަތްއިރު، އެފޯނު
ޢަބްދުﷲ ނަޞީރު މުޙައްމަދު ބޭނުން ކުރަމުން ދިޔަކަމާއި، ޢަބްދުﷲ ސަޢީދު ފޯނު ގަތުމަށްފަހު އެފޯނު
ވަގުތުން ބޭނުން ކުރަން ފަށާފައިވާކަމާއި، 2009 ގެ ޖޫން މަހުގެ ތެރޭގައި ފޯނުގެ ސޮފްޓްވެއަރ
ސްޓަކްވެގެން ”އެލް މޮބައިލް" ފިހާރައަށް ގޮސް އެކަން ރަނގަޅު ކޮށް، ފޯނުގަތް އިރު އޭގައި އިން ”ސިމް
ޓްރޭ“ ބަދަލު ކޮށްފައިވާކަމާއި، އެތާރީޚާ ހަމައަށް އެފޯނާމެދު އެއްވެސް ފަރާތަކުން އެއްވެސް
ޝަކުވާއެއް
އައިސްފައިނުވާކަމަށް ބުނެފައިވާކަން، އިސްވެ އިޝާރާތް ކުރެވުނު 31 ޑިސެމްބަރ 2009 ގައި ޖިނާއީ ކޯޓު
(ކްރިމިނަލް ކޯޓު) ގެ ޝަރީޢަތުގެ މަޖިލީހަށް ޢަބްދުﷲ ސަޢީދު ދީފައިވާ ބަޔާނުން އެނގެންއޮވެއެވެ.
OCCO
2
s4ގ
CCCXOC
OXOC>
COCO
(ލ) ޖިނާއީ މައްސަލައެއް ޝަރީޢަތުން ސާބިތުވާކަމަށް ކަނޑައެޅުމުގައި ފަނޑިޔާރު ބަލަންޖެހޭ
މިންގަނޑަކީ، އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވުންކަން،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) އިން އެނގެން އޮވެފައި، ޖިނާއީ
މައްސަލަތައް ސާބިތުކުރުމަށްޓަ
ބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބައްލަވާ ފަނޑިޔާރު ތަޤްވީމުކޮށް
ވަޒަންކުރުމަށްފަހު، އެފަނޑިޔާރަކަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް
ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިނާޢު ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ
މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ ޤަރީނަތުލްބަރާއާގެ ޢާއްމު ޤާނޫނީ މަބްދަޢުގެ އެންމެ މުހިއްމު
.އްޞިއްޔަތުކަން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 01/SC-A/2012
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓްގެ ފާހަގަކުރެވުނު ނުކުތާތަކަށް ބެލުމުން އެނގެން އޮންނައިރު؛
ޢަބްދުﷲ ސަޢީދުގެ އަތުން ފެނުނު ފޯނާއި، 2008 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ނަސަންދުރަ
ޕެލަސް ހޮޓަލުން ވަގަށް ނެގިކަމަށް ބުނާ، އިލެޝަންސް ކޮމިޝަންގެ މެންބަރެއް ބޭނުން ކުރަމުން ގެންދިޔަ
ފޯނުގެ އައި.އެމް.އީ.އައި (IME) ނަންބަރު ދިމާވާކަން ފުލުހުންގެ ތަޙްޤީޤް ރިޕޯޓުން އެނގެން އޮންނައިރުގެ
މޯބައިލް ފޯނު އުފައްދާ ކުންފުނިތަކުން އެއް މޮޑެލްއެއްގެ ނުވަތަ އެއް ބްރޭންޑެއްގެ އެތައް ބައިވަރު
މޯބައިލް ފޯނެއް ބާޒާރަށްނެރޭ ކަމާއި، އެއްބުރޭންޑެއްގެ ފޯނުތައް ވަކިކޮށް ދެނެގަތުމަށްޓަކައި، ފޯނުގައި
z
ހައިކޯ"
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/294
ތެރޭގައި ފޯނުގެ
ބޭނުންކުރާ، އައި.އެމް.އީ.އައި ނަންބަރަކީ، ބަދަލު ކުރެވިދާނެ ނަންބަރެއްކަމާއި، މިމައްސަލައިގައި ޙަވާލޭދޭ
މޯބައިލް ފޯނު، އެ ފޯނު ގެއްލުނު ތާރީޚުން ފެށިގެން 2009 ޖޫން 27 ވަނަ ދުވަހުގެ ތާރީޚާ ދެމެދު
ބޭނުންކޮށްފައި ނުވާކަން ދައުލަތުގެ ބަހުން އެނގެން އޮވެފައި، ޢަބްދުﷲ ނަޞީރު މުޙައްމަދުގެ އަތުން ޢަބްދު
ސަޢީދު މޯބައިލް ފޯނެއް ގަތްއިރު، އެފޯނު ޢަބްދުﷲ ނަޞީރު މުޙައްމަދު ބޭނުން ކުރަމުން ދިޔަކަމާއި، އަދި
ޢަބްދުﷲ ސަޢީދު ފޯނު ގަތުމަށްފަހު އެފޯނު ވަގުތުން ބޭނުން ކުރަން ފަށާފައިވާކަމާއި، 2009 ގެ ޖޫން މަހުގެ
ސޮފްޓްވެއަރ ސްޓަކްވެގެން ”އެލް މޮބައިލް" ފިހާރައަށް ގޮސް އެކަން ރަނގަޅު ކޮށް،
ފޯނުގަތް އިރު އޭގައި އިން ”ސިމް ޓްރޭ“ ބަދަލު ކޮށްފައިވާކަމާއި، އެތާރީޚާ ހަމައަށް އެފޯނާއިމެދު އެއްވެސް
ފަރާތަކުން އެއްވެސް ޝަކުވާއެއް އައިސްފައިނުވާކަމަށް ބުނެފައިވާތީ، ޢަބްދުﷲ ސަޢީދު އަތުން ފެނުނު
ފެނުނު މޯބައިލް
ފޯނަކީ ހަމަ ހަޤީގަތުގައިވެސް ނަސަންދުރަ ޕެލަސް ހޮޓަލުން ވަގަށް ނެގިކަމަށް މިމައްސަލައިގައި ޙަވާލާދޭ
ފޯނުކަމާމެދު އެކަށީގެންވާ ޝައްކު އުފެދުމުގެ އިޚްތިމާލު އޮތްކަމަށް ބެލެވެއެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/480 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިޤަޟިއްޔާ ބެލި މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށް އެއްބަސްވެވެއެވެ.
O COC
CCCCOOC
ޙުކުމް:
ދ ތފތ ދވ
ކަންތައްތައް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2010/Cr-C/480 ޤަޟިއްޔާގައި، ޢަބްދުﷲ ނަޞީރު މުޙައްމަދުގެ މައްޗަށް ވައްކަމުގެ ކުށް
ސާބިތުވެއްޖެކަމަށް ކަޑައަޅުއްވައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)
ގެ ދަށުން 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޢަބްދުﷲ ނަޞީރު މުޙައްމަދު އަރުވާލުމަށް ކުރައްވާފައިވާ
ޙުކުމް، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
ދިވެހި
މާވެ.
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ