ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-SH/20 ޤަޟިއްޔާގެ ޙުކުމް
2009/HC-I-SH/20
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
سامنا مریم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ: 20/HC
-
I
-
SH/2009
• އިންތިޚާބީ ޝަކުވާކުރާ ފަރާތް: މުޙައްމަދު އަސްލަމް
1- (ނަމާއި ޢާންމުނަން)މުޙައްމަދު އަސްލަމް (އަސްލަމް) *ދާއިމީ އެޑްރެސް: ނ.ހޮޅުދޫ ( ރޯޒީބެންކް
* އައިޑީ ކާޑު ނަންބަރ: A073209
، މިހާރުގެ އެޑްރެސް: މއ. ވައްފަރު
0
*
0
އިންތިޚާބީ ޝަކުވާރައްދުވާ ފަރާތް: އިބްރާހީމް ވަރުދީ * މިހާރުގެ އެޑްރެސް: ނ.ހޮޅުދޫގެ ނަރުގިސްވިލާ
ހުށަހެޅުނު ތާރީޚް: 7 ރަބީޢުލްއާޚިރް 1430
* ނިމުނު ތާރީޚް: 11 ރަބީޢުލްއާޚިރް 1430
1
ޖޫން
2009
4
2009
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2009/HC-I-SH/20
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ފިހުރިސްތު
-01
ޞަފްހާ ނަންބަރ: 04-04
ދަޢުވާގެ ޚުލާޞާ
ފާހަގަކުރެވުނު ނުކުތާތައް
Il
-02
:
03-05
-03
ޙުކުމް:
:
06-06
-04
މަޙްޝަރު ބަޔާންތައް:
04.1 އިންތިޚާބީ ޝަކުވާކުރާ ފަރާތުގެ މަޙްޝަރު ބަޔާންތައް:
މުޙައްމަދު އަސްލަމްގެ ފަރާތުން ދެއްކި ވާހަކަތައް:
މަޙްޝަރު 03-01 :HC
-
I
-
SH
/
20Mpg/2009
04.2 އިންތިޚާބީ ޝަކުވާރައްދުވާ ފަރާތުގެ މަޙްޝަރު ބަޔާންތައް:
އިބްރާހީމް ވަރުދީގެ ފަރާތުން ދެއްކި ވާހަކަތައް:
މަޙްޝަރު 04-04 :HC
-
I
-
SH
/
2 Mpg/2009
-05
މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
.1
ރެންޓަލްސްގެ ނަންބަރު 2B104
/
2009
މައްސަލަ އާއި ގުޅިގެން ހުށަހެޅުނު އެމް.ބީ
ލިޔުން (1 ޞަފްޙާ) ގެ ކޮޕީ.
ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު:14
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2009/HC-I-SH/20
ދައުވާގެ ޚުލާޞާ
މިއީ، މުޙައްމަދު އަސްލަމް ރޯޒީބޭންކް / ނ. ހޮޅުދޫ - ވެލިދޫ ދާއިރާ 3-D، ކެނޑިޑޭޓް ނަންބަރ 3، ގެ
އިންތިޚާބީ ދާއިރާގައި ހިމެނޭ ހޮޅުދޫގައި، ކެމްޕޭން ޙަރަކާތް ހިންގުން މަނާ ވަގުތުގައި (8 މޭ 2009
ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި) މުޙައްމަދު އަސްލަމްގެ އަބުރާއި އިއްޒަތާއި ކަރާމާތް ނަގާލާ،
ލިބިފައިވާ ތާޢީދާއި މެދު ނަފްރަތުވެ، މުޙައްމަދު އަސްލަމްގެ އިންތިޚާބީ ޙައްޤަށް ހުރަސް އެޅުމުގެ ގޮތުން
ޙަޤީޤަތާއި ޚިލާފް ލިޔުންތަކެއް ލިޔެ އޭގެ ފޮޓޯކޮޕީ ހަދާ، ގޭގޭގެ ދޮރުދަށުން އެގޭގެ ތެރެއަށާއި، ރަށުގެ
މަގުތައް މައްޗަށްއަޅާފައިވަނީ، މުޙައްމަދު އަސްލަމްއަށް ތާއީދުކުރި މީހުންގެ ހިތުގައި ނަފްރަތު އުފައްދާ
މުޙައްމަދު އަސްލަމްއަށް އޮތް ތާޢީދު ގެއްލުވާލުމަށް ކެންޑިޑޭޓް ނަންބަރު 1 ޢަލީ މުޙައްމަދަށް ކެމްޕޭން
ކުރުމުގައި އިސްވެ އުޅުނު ހޮޅުދޫ ނަރުގިސްވިލާ އިބްރާޙީމް ވަރުދީކަން ސާބިތުވާތީކަމަށާ އެއީ، ވަގުތީ
ނަތީޖާ އިއުލާން ކުރުމުން 10 މޭ 2009 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިބްރާހީމް ވަރުދީ އިސްވެހުރެ
ޕިކަޕެއްގައި، އެލިޔުންތައް މުޙައްމަދު އަސްލަމްގެ ގޭގެދޮށަށާއި، ރަށުގެ މަގުތައް މައްޗަށް އަޅާފައިވާތީކަމަށް
ބުނެ، އިބްރާހީމް ވަރުދީގެ މައްޗަށް މުޙައްމަދު އަސްލަމް ދަޢުވާކުރުމުން ބެލުނު މައްސަލައެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
8
1- މުޙައްމަދު އަސްލަމްގެ ދަޢުވާއަކީ 8 މެއި 2009 ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި މުޙައްމަދު
އަސްލަމްގެ އަބުރާއި ޢިއްޒަތާއި ކަރާމާތް ނަގާލާ މުޙައްމަދު އަސްލަމަށް ލިބިފައިވާ ތާއީދާއިމެދު
ނަފުރަތުވެ، މުޙައްމަދު އަސްލަމްގެ އިންތިޚާބީ ޙައްޤަށް ހުރަސް އެޅުމުގެ ގޮތުން ޙަޤީޤަތާއި ޚިލާފު
ލިޔުންތަކެއް ލިޔެ އޭގެ ފޮޓޯކޮޕީ ހަދާ އެލިޔުންތައް ގޭގޭގެ ދޮރު ދަށުންނާއި ގޭގޭ ތެރެއަށާއި މަގުމައްޗަށް
އަޅާފައިވަނީ 1 ނަންބަރު ކެންޑިޑޭޓް ޢަލީ މުޙައްމަދަށް ކެމްޕޭން ކުރަން އިސްކޮށް އުޅުނު ނ. ހޮޅުދޫ
ނަރުގިސްވިލާ އިބްރާހީމް ވަރުދީ ކަމަށް ބުނެ ކޮށްފައިވާ ދަޢުވާއެއްކަމާއި މިދަޢުވާއަށް ދަޢުވާލިބޭ
އިބްރާހީމް ވަރުދީ އިންކާރުކުރާކަން އެގެއެވެ.
02
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިރޯޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH/20
2- މުޙައްމަދު އަސްލަމްގެ ދަޢުވާ ހުށަހަޅާ ސަބަބާއި އޭގެ ތަފްޞީލަށް ބަލާއިރު މުޙައްމަދު އަސްލަމްގެ
ފަރާތުން 3 ސަބަބެއް ބަޔާން ކޮށްފައިވެއެވެ. އޭގެ ތެރެއިން މުޙައްމަދު އަސްލަމް މައްސަލަ ހުށަހަޅާ
ފުރަތަމަ ސަބަބަކީ މުޙައްމަދު އަސްލަމްގެ އިންތިޚާބީ ޙައްޤަށް ޤަޞްދުގައި އަރައިގަނެ
ޑިމޮކްރަސީގެ އުޞޫލުތަކާއި ޚިލާފަށް މުޙައްމަދު އަސްލަމްގެ ތާޢީދު ގެއްލުވާލާ މުޙައްމަދު އަސްލަމްގެ
މައްޗަށް ކެންޑިޑޭޓް ނަންބަރު 1 ޢަލީ މުޙައްމަދު ހޯދާފައިވާ ކާމިޔާބު އެއީ އިންތިޚާބާއި ބެހޭ ޤާނޫނާއި
ޤަވާޢިދުތަކާއި އެއްގޮތަށް ހޯދާފައިވާ ކާމިޔާބެއްތޯ ބެލުމަށް ކަމަށް ބުނެފައިވާ ސަބަބުކަމާއި،
މައްސަލަ ހުށަހަޅާ ދެވަނަ ސަބަބަކީ، މިބާވަތުގެ ޢަމަލުތައް އެކިއެކި އިންތިޚާބު ތަކުގައި
ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުން ހިންގާ ނަތީޖާތަކަށް
ފޯރުވާފައިވާ ނުފޫޒަކީ އޭގައި ޤާނޫނީ ހުދޫދެއް އޮތް ޢަމަލުތަކެއްތޯ ބަލާ ކަނޑައެޅުމަށްކަމަށް ބުނެފައިވާ
ސަބަބުކަމާއި
ތިންވަނަ ސަބަބެއްގެ ގޮތުގައި ހުށަހަޅާފައިވަނީ މިމައްސަލާގައި ކުށްވެރިވާ އެންމެހައި
ފަރާތްތަކާއިމެދު ޤާނޫނުގައި ކަނޑައެޅިފައިވާ ޙައްޤު އަދަބު ލިބިދިނުންކަން އެނގެއެވެ.
3- މުޙައްމަދު އަސްލަމްގެ ފަރާތުން ހުށަހަޅާފައިވާ މިދަޢުވާގައި އެދިފައިވަނީ ކެންޑިޑޭޓް ނަންބަރު 1 ޢަލީ
މުޙައްމަދު ހޯދާފައިވާ ނަތީޖާ ބާޠިލްކޮށް އެނަތީޖާއަކީ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ހޯދަފައިވާ
ނަތީޖާއެއްކަމަށް ކަނޑައެޅުމަށާއި،
މިމައްސަލާގައި ކުށްވެރިވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި
އަދަބުދީ މިމައްސަލާގައި އުނިކަން ލިބިފައިވާ ފަރާތްތަކުގެ މަސްލަޙަތުތައް ރައްކާތެރިކޮށްދިނުމަށްކަން
އެނގެއެވެ.
4- މުޙައްމަދު އަސްލަމްގެ ދަޢުވާއަކީ، އިބްރާޙީމް ވަރުދީ ޙަޤީޤަތާއި ޚިލާފް ލިޔުންތަކެއް މުޙައްމަދު
އަސްލަމް އާއި ބެހޭގޮތުން ލިޔެ، އެލިޔުންތައް ތަންތަނަށް އަޅާ މުޙައްމަދު އަސްލަމަށް ތާއީދުކުރި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2009/HC-I-SH/20
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މީހުންގެ ހިތުގައި ނަފްރަތު އުފައްދާ، މުޙައްމަދު އަސްލަމަށް އޮތް ތާއީދު ގެއްލުވާ މިގޮތަށް އިބްރާހީމް
ވަރުދީ ކުޅަ މިޢަމަލާއި މެދުގައި މުޙައްމަދު އަސްލަމް ކުރާ ދަޢުވާއަކަށް ވާއިރު،
މިދަޢުވާގައި މުޙައްމަދު އަސްލަމް އެދިފައިވަނީ 1 ނަންބަރު ކެންޑިޑޭޓް ޢަލީ މުޙައްމަދު
ހޯދާފައިވާ ނަތީޖާ ބާތިލްކުރުމާއި މިކަމުގައި ކުށްވެރިވާ ފަރާތަށް އަދަބު ދިނުންކަން އެނގެން އޮތުމުން،
އިބްރާހީމް ވަރުދީ ކުޑަ ކަމަށް ބުނާ ޢަމަލެއްގެ ސަބަބުން ވަކި ކެންޑިޑޭޓެއްގެ ނަތީޖާ ބާތިލް ކުރުމަށް
އެދުމަކީ އިންތިޚާބާއި ބެހޭ ޢާންމު ޤާނޫނުގެ ދަށުން ތަންދޭ ކަމެއް ނޫންކަމާއި، އަދި މީހަކު
އިންތިޚާބުގައިކުރާ ކުށެއްގެ އަދަބު ދިނުމަށް ކުށުގެ މައްސަލަ ހުށަހެޅުމަށް އަމިއްލަ ފަރާތްތަކަށް އެ
ޤާނޫނުގައި ފުރުޞަތު ދެވިފައި ނުވާކަމާއި،
މީގެ އިތުރުން މުޙައްމަދު އަސްލަމް ދަޢުވާ ހުށަހަޅާ ސަބަބު
ތަކުގެ ތެރޭގައި
ބަޔާންކޮށްފައިވަނީ ދަޢުވާގައި އެދިފައިވާ ގޮތްކަމަށްވުމުން މުޙައްމަދު އަސްލަމްގެ އިންތިޚާބީ ޝަކުވާއަކީ
މިމައްސަލަ މުޙައްމަދު އަސްލަމް ހުށަހެޅި ސަބަބާއި މުޙައްމަދު އަސްލަމް މިދަޢުވާގައި އެދިފައިވާ ގޮތުގެ
މައްޗަށް ހިންގިދާނެ މައްސަލައެއް ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
ނުފެނުނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
2009}HC-i-SH/20
ޙުކުމް:
ވީމާ، ނ. ހޮޅުދޫ ނަރުގިސްވިލް އިބްރާހީމް ވަރުދީގެ މައްޗަށް ދަޢުވާލިބޭގޮތަށް ނ.
ހޮޅުދޫ ރޯޒީބޭންކް މުޙައްމަދު އަސްލަމްގެ ފަރާތުން ހުށަހަޅާފައިވާ މިދަޢުވާ ބިނާކުރާ ސަބަބާއި
ދަޢުވާގައި އެދިފައިވާގޮތުގެ މައްޗަށް ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާއި ބެހޭ ޢާންމު
ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުގެ ދަށުން މުޙައްމަދު އަސްލަމް ހުށަހަޅާފައިވާ
ދަޢުވާ މަޢުޟޫޢީ ގޮތުން ކުރިޔަށް ގެންދާނެ ތަނެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ހު
އަޙްމަދު ޝަރީފް ޢަލީ
،ފަނޑިޔާރު)
ޙަމީދު
(ފަނޑިޔާރު)
އާދަމް! މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
ޓައިޕްކުރީ: އާމިނަތު ރިޝާ
ޗެކްކުރީ: މަރިޔަމް ރަޝީދާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332502، ފެކްސް: 3316471
އިމްއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv