ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/152 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/152
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 152/HC
-
A/2011
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކާޑު ނަންބަރު:
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:.
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު މާޢިޝް
ދާއިމީ އެޑްރެސް: މ.މާކޮޅު/މާލެ
އައިޑީ ކާޑު ނަންބަރު: A123080
04 04
* މިހާރުގެ
• ރަޖިސްޓްރީ ތާރީޚް: 19 ރަޖަބު 1432
21 ޖޫން 2011
ނިމުނު ތާރީޚް: 29 ރަބީޢުލްއައްވަލު 1433
21 ފެބްރުއަރީ 2012
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު: 2010/Cr-C/1084
ނިންމެވި ފަރާތް: ކްރިމިނަލް ކޯޓް
މައްސަލައިގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމާއި، ބޭނުންކުރުމަށްޓަކައި އަތުގައި
822
2 ބ
ހުށަހެޅި ތާރީޚް: 09.06.2010
* ނިމުނު ތާރީޚް: 22.03.2011
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކުރިއްޔާ
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2011/HC-A/152
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ދައުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/1084 ޤަޟިއްޔާ، އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ލ.މާކޮޅު މާލެ މުޙައްމަދު މާޢިޝްއެވެ.
0
(1
1084/Cr-C/2010
ފާހަގަކުރެވުނު ނުކުތާތައް:
އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި މުޙައްމަދު މާޢިޝް، 29 މެއި 2009 ދުވަހު 12:12 އެހައިކަންހާއިރު، ލ.މާކޮޅުގޭގެ ފާޚާނާ
ތެރޭގައި މަސްތުވާތަކެތި ބޭނުންކުރަން ހުރިކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުންގެ ބޭކަލުން އެގެއަށް
ދުރުވިއިރު، މީނާ އެގޭ ކޮޓަރި ތެރޭގައި ހުއްޓާ ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަވައި މީނާގެ
ހަށިގަނޑާއި، މީނާ ހުރިތަން ބަލާފާސްކުރެއްވިއިރު، މީނާ ހުރި ކޮޓަރި ތެރޭގައިހުރި މީނާ ނިދާ އެނދުމަތިން
ފެނުނު 1 (އެކެއް) ރަބަރު ޕެކެޓްގައި އިނގޭ މިންވަރަށްވުރެ ލުއި މިންވަރަކަށް އޯޕީއޭޓްސް ހުރިކަމަށް އޭގެ
ތަޙުލީލު ރިޕޯޓުން ދައްކާތީއާއި، މީނާގެ ކުޑަކަމުދާތަކެތި ނަގައި ތަޙުލީލު ކުރެއްވިއިރު އޯޕީއޭޓްސްއަށް ޕޮޒިޓިވް
ވެފައިވާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ
ނަންބަރާ ޙަވާލާދީ އެމާއްދާގެ (ބ) ގެ ދަށުން، މުޙައްމަދު މާޢިޝްގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ރުންކުރުމާއި ބޭނުންކުރުމަށްޓަކައި އަތުގައި
ދަޢުވާ ދަޢުލަތުން ކުރައްވާފައިވާތީ، ކްރިމިނަލް
ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ކ.މާކޮޅު މާލެ މުޙައްމަދު މާޢިޝްގެ މައްޗަށް
ދައުލަތުން ކުޅަ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ
ކުށުގެ މިދެދަޢުވާ ޝަރީޢަތުން ބެލިބެލުމުން، މުޙައްމަދު މާޢިޝް، 29 މެއި 2009 ދުވަހުގެ 12:12 ހާއިރު،
މ.މާކޮޅުގޭ ފާޚާނާ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރަން ހުރިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން
ފުލުހުން އެގެއަށްގޮސް އެގޭ ކޮޓަރި ތެރޭގައި މުޙައްމަދު މާޢިޝް ހުއްޓާ ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެސް މީނާގެ ހަށިގަނޑު ބަލާފާސްކުރެއްވިއިރު މީނާހުރި ކޮޓަރި ތެރޭގައި ހުރި މީނާ ނިދާ އެނދުމަތިން ރަބަރު
ޕެކެޓެއް ފެނިގެން ނަގާފައިވާކަން ހެކިންގެ ހެކިބަހުން އެނގެން އޮތުމާއި، މިރަބަރު ޕެކެޓާއި މީނާގެ ކުޑަކަމުދާތަކެތި
ނަގާ ތަޙުލީލު ކުރިއިރު އިސްވެ ދެންނެވުނު ރަބަރު ޕެކެޓުގައި އެނގޭވަރަށްވުރެ ލުއި އޯޕީއޭޓްސް ހުރިކަން
4 3 2 433 44 4
ބަނ
و نیو یارک
o ou ?
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2011/HC-A/152
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެތަކެތީގެ ތަޙުލީލު ރިޕޯޓުން އެނގެން އޮތުމާއި، މީނާގެ ކުޑަކަމުދާތަކެތި އޯޕީއޭޓްސްއަށް ޕޮޒިޓިވްވެފައި އޮތުމުން،
އޯޕީއޭޓްސްއަކީ ކަނޑައެޅިގެން މަނާކުރެވިފައިވާ މަސްތުވާއެއްޗެއްކަން ޝަރީޢަތަށް ސާބިތުނުވާތީ، މަނާކުރެވިފައިވާ
ބޭނުންކުރުމަށްޓަކައި އަތުގައި ކުށުގެ ދަޢުވާ ސާބިތުނުވާކަން" އެ ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
984(ހ
އެއެޗްއެ ބޭންކެރެމައ،
.
, ,8
3 ·
ހއ398
(2
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/1084 ޤަޟިއްޔާ، އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، މުޙައްމަދު މާޢިޝްގެ ނިދާ އެނދުމަތިން
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި ރަބަރު ޕެކެޓެއް ފެނުނުކަމަށް މިމައްސަލައިގައި
ދައުލަތުން ހުށަހެޅި ހެކިން ޝަރީޢަތުގެ މަޖިލިހުގައި ހެކިބަސް އަދާކުރައްވާފައިވާއިރު، މިހެކިންގެ
ހެކިބަހަށް ރިޢާޔަތްކުރެއްވުމަކާ
ވުމަކާއިނުލާ މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، މުޙައްމަދު މާޢިޝްގެ ނިދާ އެނދުމަތިން ފެނުނު ރަބަރު
ޕެކެޓު ތަޙުލީލުކުރެއްވިއިރު، ލެބޯޓްރީ ތަޙުލީލު ރިޕޯޓުގައި އެޖެކެޓްގައި ހުރި ތަކެތި އޯޕީއޭޓްސްއަށް
ޕޮޒިޓިވްވެފައިވާކަމަށާއި، އެރިޕޯޓުގެ އިތުރު ބަޔާނުގައި އެރަބަރު ޕެކެޓުގައި ހުރީ ޑައިއެސިޓައިލްމޯފިން
(ހެރޮއިން) އާއި ސިކްސްއެސިޓައިލްމޯފިންކަމަށް ބަޔާންކޮށްފައިވާއިރު، އަދި އެރިޕޯޓާއި އެކު ހުށަހެޅި
ގްރާފްޝީޓުގައިވެސް ޕޮޒިޓިވް ވެފައިވަނީ އޯޕީއޭޓްސްގެ ކޮންބާވަތަކަށްކަން ސާފުކޮށް އެނގެން
އޮތްނަމަވެސް، އޯޕީއޭޓްސްއަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއްކަން ޝަރީޢަތަށް ސާބިތުނުވާކަމަށް
ވިދާޅުވެ، ތަޙުލީލު ރިޕޯޓަށް ރިޢާޔަތްކުރެއްވުމަކީ
އިއްވުމަކާއިނުލާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/152
ތިންވަނަ ނުކުތާއަކީ، މުޙައްމަދު މާޢިޝްގެ ކުޑަކަމުދާތަކެތި ތަޙުލީލުކުރިއިރު،
އޯޕީއޭޓްސްއަށް ޕޮޒިޓިވްވެފައިވާކަމަށް ތަޙުލީލު ރިޕޯޓުގައި ބަޔާންކޮށްފައި އޮންނާތީއާއި، މުޙައްމަދު
މާޢިޝްގެ އެނދުމަތިން ފެނުނު ރަބަރު ޕެކެޓުގައި ހުރީ އޯޕީއޭޓްސްކަމަށާއި އަދި އޭގައި ހުރީ އޯޕީއޭޓްސްގެ
ބާވަތްތަކެއްކަމަށްވާ ޑައިއެސިޓައިލްމޯފިނާއި (ހެރޮއިން) އަދި ސިކްސްއެސިޓައިލްމޯފިންކަން ތަޙުލީލު
ރިޕޯޓުންނާއި ތަޙުލީލު ރިޕޯޓާއެކު ހިމެނޭ ގްރާފްޝީޓުން އެނގެން އޮންނާތީ، މިބާވަތްތަކަކީ
މަނާކުރެވިފައިވާ މަސްތުވާތަކެތިކަން މަސްތުވާތަކެއްޗާބެހޭ ޤާނޫނުންނާއި ތަޙުލީލުކުރައްވާ ފަރާތްތަކުގެ
ބަހުން އެނގެން އޮންނާތީ، މުޙައްމަދު މާޢިޝްގެ ކުޑަކަމުދާތަކެތި އޯޕީއޭޓްސްއަށް ޕޮޒިޓިވްވެފައިވަނީ
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކޮށްގެންކަމާއި، ޕޮޒިޓިވްވެފައިވަނީ ބޭހުގެ ބާވަތެއް ބޭނުންކޮށްގެން
ނޫންކަމަށް ދައުލަތުން ދެކޭތީ، ދައުލަތުން މުޙައްމަދު މާޢިޝްގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ނުންކުރުމުގެ ކުށުގެ ދަޢުވާ ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ ދަށުން
އުފުލުމުން، މުޙައްމަދު މާޢިޝްގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރު
ކުށުގެ ދަޢުވާ
ސާބިތުނުވާކަމަށް ކަނޑައަޅުއްވައި، ކްރިމިނަލް ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
to X
8
edc
ބެބ
(3
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/1084 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައާ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
28 3
زمرد
2
6
3
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1084 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ރިޕޯޓުގައި މުޙައްމަދު މާޢިޝްގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމާއި،
ންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުނުވާކަމަށް ބަޔާންކުރައްވާފައިވާ ސަބަބަކީ މުޙައްމަދު
މާޢިޝްގެ ކޮޓަރިތެރެއިން ފެނުނު ރަބަރު ޕެކެޓާއި މުޙައްމަދު މާޢިޝްގެ ކުޑަކަމުދާތަކެތި ނަގާ
ތަޙުލީލުކުރިއިރު އިސްވެ ދެންނެވުނު ރަބަރު ޕެކެޓުގައި އެނގޭވަރަށްވުރެ ލުއި އޯޕީއޭޓްސް ހުރިކަން
އެތަކެތީގެ ތަޙުލީލު ރިޕޯޓުން އެނގެން އޮތްނަމަވެސް، އަދި މުޙައްމަދު މާޢިޝްގެ ކުޑަކަމުދާތަކެތި
occ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/152
އޯޕީއޭޓްސްއަށް ޕޮޒިޓިވްވެފައިވީނަމަވެސް، އޯޕީއޭޓްސްއަކީ ކަނޑައެޅިގެން މަނާކުރެވިފައިވާ
މަސްތުވާއެއްޗެއްކަން ޝަރީޢަތަށް ސާބިތުނުވާތީކަމަށް ބަޔާންކުރައްވާފައިވާކަން ފާހަގަކުރެވޭކަމާއި،
އެހެންނަމަވެސް، ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު)
ގެ ތާވަލު 1 ގައި މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ލިސްޓުގެ ތިރީގައި، އެ ތާވަލުގައިހުރި ތަކެތީގެ
ނަންތައް ލިޔެފައިވަނީ 1961 ގެ ސިންގަލް ކޮންވެންޝަން އޮން ނާކޮޓިކް ޑްރަގްސްއާއި 1971 ގެ
ކޮންވެންޝަން އޮން ސައިކޯޓްރޮޕިކް ސަބްސްޓަންސަސްގެ ޝެޑިޔުލްތަކުގައިވާ ގޮތަށްކަމަށާއި، އަދި އެ
ތާވަލުގައިވާ އެއްޗަކަށް އެ ތާވަލުގައިވާ ނަންނޫން އެހެންނަމެއް ބޭނުންކުރުމަކުން އެ އެއްޗަކީ އެ ތާވަލުގައި
ބުނެފައިވާ އެތިނޫންކަމަކަށް ނުބެލެވޭނެކަމަށް ބަޔާންކޮށްފައި އޮތުމުން،
މި މައްސަލައިގައި ހިމެނޭ އޯޕީއޭޓްސްގެ ބާވަތްތަކަކީ ޤާނޫނު ނަންބަރު 17/7
ގެ ތާވަލު 1 ގައި ބުނާ މަނާކުރެވިފައިވާ މަސްތުވާއެއްޗަކަށް ކިޔާ އެހެން ނަންތަކެއްނޫންކަން ކަށަވަރު
ކުރެއްވުމަށްޓަކައި ކްރިމިނަލް ކޯޓުން މަސްތުވާތަކެތި ތަޙުލީލުކުރާ ޚަބަރެއްގެ ލަފާ ހޯއްދަވާފައިވާކަން
އެނގެން ނެތުމުން، މި މައްސަލާގައި ހިމެނޭ އޯޕީއޭޓްސްއަކީ ޤާނޫނު ނަންބަރު 17/77 ގެ ދަށުން
މަނާކުރެވިފައިވާ މަސްތުވާ އެއްޗެއްނޫންކަން ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވަނީ އެކަށީގެންވާ ވަރަށް
ފަހުގައި ނޫންކަން މައްސަލަބެލި ފަނޑިޔާރުންނަށް ފާހަގަކުރެވެއެވެ.
3 2 2 3 4 5 6
ބައެ10
/
39
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/1084 ޤަޟިއްޔާގައި ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން މުޙައްމަދު މާޢިޝްގެ މައްޗަށްކޮށްފައިވާ ދަޢުވާއަކީ ޤާނޫނު ނަންބަރު 17/77
(މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ އެމާއްދާގެ
(ބ) ގެ ދަށުން، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމާއި، އަތުގައި ބެހެއްޓުން، ދެ ކުށުގެ
ދަޢުވާކަމާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/1084 ޤަޟިއްޔާގައި އިސްވެ ބުނެވުނު ދެ ކުށަށް
މުޙައްމަދު މާޢިޝް އިންކާރުކޮށްފައިވީނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އެ ދެ
އިޢުތިރާފުވެފައިވާކަމާއި، އަދި ދަށު ކޯޓުގައި އެއިރު އިންކާރުކުރީ މުޙައްމަދު މާޢިޝްގެ މައްޗަށް
ދަޢުވާކޮށްފައިވަނީ ކޮން މައްސަލައެއްގައިކަން މުޙައްމަދު މާޢިޝްއަށް ސާފުނުވާތީކަމަށާއި، އަދި މިހާރު އެ
ދަޢުވާ ސާފުވާކަމަށާއި، ކުށަށް އިޢުތިރާފުވުމުގެ ނަތީޖާ އެނގިހުރެ އެކަން ޤަބޫލުކޮށް އިޢުތިރާފުވާކަމަށް
މުޙައްމަދު މާޢިޝް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވެއެވެ.
PP
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް:www.highcourt.gov.mv
6
2011/HC-A/152
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2&
ގެ
މުޙައްމަދު މާޢިޝްގެ މައްޗަށް އިސްތިއުނާފު ކުރެވިފައި މިއޮތް މައްސަލައާއި
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުގެ ކުރިން، ޤާނޫނު ނަންބަރު 17/77 (މަސްތުވާ
ތަކެއްޗާއިބެހޭ ޤާނޫނު) އުވާލައި، ޤާނޫނު ނަންބަރު 17/2011 (މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު) އަށް
ޢަމަލުކުރަންފަށާފައިވާކަމާއި، ޤާނޫނު ނަންބަރު 17/2011 ދަށުން މަސްތުވާތަކެއްޗާއި ބެހޭ
މައްސަލައެއްގައި ކުށަށް އިޢުތިރާފުވާނަމަ، އަދި އެ ޤާނޫނުގެ ދަށުން ބަޔާންކުރެވިފައިވާ ޝަރުޠުތައް އެފަދަ
މީހެއްގެ ކިބައިގައި ހުރިނަމަ، އެފަދަ މީހަކަށް ދެވޭ އުގޫބާތަށް ލުއިލިބޭކަމާއި، މިގޮތުން، އެ ޤާނޫނުގެ 174
ވަނަ މާއްދާގެ (ށ) ގައި މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން ދިޔަ ޤާނޫނެއްގެ ދަށުން
ހިނގަމުންދާ ކުށެއްގެ ތަޙުޤީޤް މަރުޙަލާގައިވާ މީހާއަށް ނުވަތަ އެފަދަ ކުށެއްގެ ޝަރީޢަތުގެ މަރުޙަލާގައިވާ
މީހާއަށް މި ޤާނޫނުގެ ދަށުން އެ ކުށްކުރިނަމަ ލިބޭނެ ލުޔެއް ނުވަތަ މަންފާއެއްވާނަމަ، އެ ލުޔެއް ނުވަތަ
މަންފާއެއް އޭނާއަށް ލިބިގެންވާކަމާއި، އަދި އޭނާ އެކުރި ކުށަކީ މި ޤާނޫނުގެ ދަށުން ކުރި ކުށެއްކަމަށް
ވެފައި އޭނާއާ މެދު ޢަމަލުކުރަންޖެހޭ ވަކި އިޖުރާއަތެއް މި ޤާނޫނުގައި އޮވެ، އެ އިޖުރާއަތުން އޭނާއަށް
ލުޔެއް ނުވަތަ މަންފާއެއް ލިބިދޭނަމަ، އެ ލުޔެއް ނުވަތަ މަންފާއެއް އޭނާއަށް ލިބިގެންވާކަމަށް ބަޔާންކޮށްފައި
އޮތުމުން،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މުޙައްމަދު މާޢިޝްގެ މައްޗަށް
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/1084 ޤަޟިއްޔާގައި ކުޅަ ދަޢުވާއަށް މުޙައްމަދު މާޢިޝް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އިޢުތިރާފުވެފައިވާތީ، އަދި ޤާނޫނު ނަންބަރު 17/2011
ގެ ދަށުން މުޙައްމަދު މާޢިޝް ކުޅަ ކުށުގެ ޢުޤޫބާތަށް ލުޔެއް ލިބުން އެކަށީގެންވާތީ، އަދި މިކަމަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އިންވެސް ކޮންމެ ފަރުދަކަށްމެ
ކަށަވަރުކޮށްދޭ އަސާސީ ހައްޤެއްކަމަށްވީހިނދު، ޤާނޫނު ނަންބަރު 17/2011 ގެ ދަށުން ފުރިހަމަ ކުރަންޖެހޭ
ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، ކަމާއިބެހޭ ދަށު ކޯޓަށް އަލުން މިމައްސަލަ ހުށަހަޅައިފިނަމަ، ކަމާބެހޭ
ދަށު ކޯޓުން މި މައްސަލައާމެދު ގޮތެއް ނިންމަންޖެހޭކަމަށް މިމައްސަލަބެލި ހުރިހާ ފަނޑިޔާރުންނަށް
ފާހަގަކުރެވުނެވެ.
oc
24
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2011/HC-A/152
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެންފަހެ އިސްވެ ފާހަގަ ކުރެވުނު އެންމެހައި ނުކުތާތައް އެގޮތުގެ މަތިން
ހުރުމާއެކު ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1084 ޤަޟިއްޔާ އެކޯޓުން ބައްލަވައި ދ.މާކޮޅު|މާލެ
މުޙައްމަދު މާޢިޝްގެ މައްޗަށް ކުރައްވާފައިވާ ޙުކުމަކީ ބާތިލު ޙުކުމެއްކަމަށް ކަނޑައަޅައި، ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން އަލުން މިމައްސަލަ ކަމާއިބެހޭ ދަށު ކޯޓަށް ހުށަހަޅައިފިނަމަ، ބަޔާންކުރެވިދިޔަ
ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ އަލީގައި މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ގޮތުގެ މަތިން ދަށު ކޯޓުން އަލުން
ބައްލަވައި ފައިޞަފާ ކުރަނިވި ޙުކުމެއް ކުރައްވަންޖެހޭ މައްސަލައެއްކަމަށް މި މައްސަލަބެލި ދިވެހިރާއްޖޭ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
سر تے کد
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;