ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/273 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/273
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 273/HC-A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އިބްރާހީމް ރަފީޤް
އައިޑީ ކާޑު ނަންބަރ: A028135
ދާއިމީ އެޑްރެސް: ޏ. ފުވައްމުލައް އާބާދުގެ
މިހާރުގެ އެޑްރެސް: މއ. ހުރެވި މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އިބްރާހީމް މުޙައްމަދު ދީދީ
ކާޑު ނަންބަރ: A032912
، ދާއިމީ އެޑްރެސް: މއ. ޖަބުރޯލްގެ
މިހާރުގެ އެޑްރެސް: މއ. ގުރުންފުލު/ މާލެ
• ހުށަހެޅުނު ތާރީޚް: 29 ނޮވެމްބަރ 2011
ނިމުނު ތާރީޚް: 17 އޮކްޓޯބަރ 2012
0
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2010/Cv-C/320
• ނިންމެވިކޯޓް ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: އެއްމެދު ޢިމާރާތުގެ ފުލެޓް ވިއްކުން
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/273
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/320 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޏ. ފުވައްމުލައް
އާބާދުގެ އިބްރާހީމް ރަފީޤްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އިބްރާހީމް މުޙައްމަދު ދީދީ މއ. ޖަބުރޯލްގެ
42
ހު
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/320 ޤަޟިއްޔާއަކީ
ޖަބުރޯލުގެ (މއ.
ގުރުން ފުލު) އިބްރާހީމް މުޙައްމަދު ދީދީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގ. މާލިންސްޕައިކް ބިލްޑިންގ
ކިޔާ ބަންޑާރަ ގޯތީގައިވާ އެއްމެދު ޢިމާރާތުގެ 06 ފުލެޓުން ޏ. ފުވައްމުލައް، އާބާދުގެ އިބްރާހީމް ރަފީޤަށް
ވިއްކުމަށް ޖަބުރޯލުގެ (މއ. ގުރުން ފުލު) އިބްރާހީމް މުޙައްމަދު ދީދީ އާއި ދެމެދު އެއްބަސްވެ
އެއްމެދު ޢިމާރާތާއި ބެހޭ ޤަވާޢިދުގެ 07 ވަނަ މާއްދާގެ ދަށުން މާލޭ މުނިސިޕަލްޓީއަށް ހުށަހަޅާފައިވާތީވެ،
03 ފުލެޓްގެ މިލްކުވެރިކަން އިބްރާހީމް ރަފީޤަށް ބަދަލުކުރުމަށާއި، އިބްރާހީމް މުޙައްމަދު ދީދީގެ
ނަމުގައި ރަޖިސްޓްރީކޮށްފައިވާ މާލިންސްޕައިކް ބިލްޑިންގ އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެއްމެދު
ޢިމާރާތުގެ 06 ފުލެޓުން 3 ފުލެޓް -/9,000,000 (ނުވަމިލިޔަން) ރުފިޔާގެ އަގަށް ގަތުމަށް ޏ.
ފުވައްމުލައް، އާބާދުގެ (މއ. ހުރެވި) އިބްރާހީމް ރަފީޤު ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި، ފާހަގަކުރި
ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، މއ. ޖަބުރޯލުގެ (މއ. ގުރުންފުލު) އިބްރާހީމް މުޙައްމަދު ދީދީގެ
ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގ. މާލިންސްޕައިކް ބިލްޑިންގ އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެއްމެދު
ޢިމާރާތުގެ 06 ފުލެޓުން 3 ފުލެޓް ޏ. ފުވައްމުލައް، އާބާދުގެ (މއ. ހުރެވި) އިބްރާހީމް ރަފީޤާއަށް
ވިއްކުމުގެ މުޢާމަލާތުގައި ހިމެނޭ ގ. މާލިންސްޕައިކް ބިލްޑިންގ ކިޔާ ގޯއްޗަކީ ބަންޑާރަ ގޯއްޗަކަށްވާތީ،
މިބައިގެ ބިން ބަންޑާރަ ބިމެއްގެ ގޮތުގައި ވަނިކޮށް މިގޯތީގައިވާ އެއްމެދު ޢިމާރާތުގެ ފުލެޓުން 3 ފުލެޓް
ވިއްކުމުގެ މުޢާމަލާތް ޝަރީޢަތުގެ ފަރާތުން ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަން ޤާނޫނު ނަންބަރު
1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 31 ވަނަ މާއްދާއާއި 32 ވަނަ މާއްދާއަށް ރިޢާޔަތް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/273
¢¢ ¢ ¢
¢ ¢ ¢
ކުރުމުން މިޤާނޫނުގެ 16 ވަނަ މާއްދާއާއި 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާގައިވާ ގޮތުން އެނގެން
އޮންނާތީ، ގ. މާލިންސްޕައިކް ބިލްޑިންގ ކިޔާ ބަންޑާރަ ގޯތީގެ ބިން ބަންޑާރަކޮށް އޮއްވައި މިގޯތީގައިވާ
އެއްމެދު ޢިމާރާތުގެ 6 ފުލެޓުން 3 ފުލެޓް ވިއްކުމުގެ މިމުޢާމަލާތް ޝަރީޢަތުން ކުރިއަށް ގެންދެވެން
ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފިމެވެ. މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/320
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އިބްރާހީމް ރަފީޤާގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން،
ތިން ނުކުތާއެއް ފާހަގަކޮށް އެނުކުތާތަ
ކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ސިވިލް ކޯޓުން މައްސަލަ ނިންމެވި ހިނދު މައްސަލައާ ސީދާ ގޮތުން ގުޅުން
ހުރި ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 33 ވަނަ މާއްދާއަށް ރިޢާޔަތް
ނުކުރައްވައި އެޤާނޫނުގެ 16 ,17 އަދި 18 ވަނަ މާއްދާއަށް ޙަވާލާދެއްވައި މައްސަލަ ނިންމެވުމުގެ
ސަބަބުން އެޤާނޫނުގެ 33 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލުގެ އިތުރުން އެޤާނޫނުގެ ޤަޠަޢީ ނައްޞާ
ޚިލާފުވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ބިމާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގައި އެއްމެދު ޢިމާރާތެއް ބިނާކޮށްފައިވާ
ބިމަކީ ބަންޑާރަ ބިމެއްނަމަ، އެފަދަ ޢިމާރާތެއްގައިވާ ފުލެޓެއްގެ މިލްކުވެރިޔަކު ކަމުގައި ހިމެނޭ ކޮންމެ
މީހަކު، އެބަންޑާރަ ބިމެއް ދޫކޮށްފައިވާ މީހެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެވޭނެ ކަމަށް ބަޔާންވެފައިވާއިރު،
މިކަމުން ބަންޑާރަ ބިމެއްގައި ބިނާކޮށްފައިވާ އެއްމެދު ޢިމާރާތެއް ވިއްކިދާނެކަން މިޤާނޫނުން މަފްހޫމްވާއިރު،
އިބްރާހީމް ރަފީޤަށް ގ. މާލިންސްޕައިކްގައިވާ އެއްމެދު ޢިމާރާތުގެ މިލްކްވެރިކަން، ގ. މާލިންސްޕައިކް
ބިލްޑިންގ އޭ ކިޔާ ބިލްޑިންގ ހުރި ބަންޑާރަ ބިން އަމިއްލަ ނުކޮށް އަދި ޓެކްސް ނުދައްކާ އެ މުޢާމަލާތް
ކުރިއަށް ނުގެންދެވޭނެ ކަމަށް ދަށުކޯޓުން ނިންމަވާފައިވާ ނިންމުމަކީ މިޤާނޫނާ ތަޢާރު
ތަޢާރުޞުވާ ނިންމުމެ
ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ބިމާބެހޭ ޤާނޫނުގެ މުޠުލަޤު ނައްޞަށާއި، އެޤާނޫނުގެ 33 ވަނަ މާއްދާއަށް
ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވުމުގެ ސަބަބުން ދަޢުވާކުޅަ ފަރާތަށް ޤާނޫނު އަސާސީއިން
ލިބިދީފައިވާ އަސާސީ ޙައްޤަކުން އެފަރާތް މަޙްރޫމުވެފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
3 4
OC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/273
04
03- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/320 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ
އިބްރާހީމް ރަފީޤުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން
މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
މާލިންސްޕައިކް ބިލްޑިންގ ކިޔާ ގޯއްޗާއި އެގޯތީގައިވާ އެއްމެދު ޢިމާރާތް
ރަޖިސްޓްރީކޮށްފައިވަނީ އިބްރާހީމް މުޙައްމަދު ދީދީގެ ނަމުގައިކަން ނަންބަރު އއ އެއްމެދު
ޢިމާރާތުގެ ރަޖިސްޓްރީން އެނގެން އޮތްއިރު، އިޝާރާތްކުރެވުނު ޢިމާރާތުގެ 6 ފުލެޓުގެ ތެރެއިން 3 ފުލެޓް
9,000,000.00ރ. (ނުވަ މިލިއަން ރުފިޔާ) ގެ އަގަށް ޏ. ފުވައްމުލަކު، އާބާދު (މއ. ހުރެވި)
އިބްރާހީމް ރަފީޤު ގަތުމަށް ހުށަހަޅާފައިވާކަން ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/320 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
(ހ) ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި
ދިވެހިރާއްޖޭގެ ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ،
ގެންގުޅެ، ބިމާއި
އެންމެހައި މުޢާމަލާތު ކުރަންވާނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް
ކަނޑައެޅި ބަޔާންވެފައިވާކަން އެނގެން
(ނ) ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 31 ވަނަ މާއްދާގައި
ބަޔާންކުރެވިފައިވަނީ އެއްވެސް ބިމެއްގައި ނުވަތަ ގޯއްޗެއްގައި ހަދާފައިވާ ޢިމާރާތެއް އެއްމެދު ޢިމާރާތެއްގެ
ގޮތުގައި ބަދަލުކުރަން ބޭނުންނަމަ މިޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެޢިމާރާތަކީ
އެއްމެދު ޢިމާރާތެއްގެ ގޮތުގައި ކަމާއި ބެހޭ ފަރާތަށް ހުށަހަޅައިގެން ރަޖިސްޓްރީ ކުރަންޖެހޭނެކަމާއިގެ
އަދި 33 ވަނަ މާއްދާގައި، 31 ވަނަ މާއްދާގެ ދަށުން އެއްމެދު ޢިމާރާތެއްގެ ގޮތުގައި
ރަޖިސްޓްރީވުމުން އެޢިމާރާތެއްގައި ހަދާފައިވާ ފުލެޓުތައް އެޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ
ގޮތުގެ މަތީން ވިއްކައި، ހިބައިން ނުވަތަ ވަޞިއްޔަތުން ނުވަތަ އެނޫންވެސް ގޮތަކުން ދީ، ކުއްޔަށްދި
ހެދުމުގެ އިޚްތިޔާރު އެފުލެޓެއްގެ މިލްކުވެރިފަރާތަށް ލިބިގެންވާކަމާއި، އަދި ބަންޑާރަ ގޯއްޗެއްގައި ހަދާފައިވާ
އެއްމެދު ޢިމާރާތެއްގެ ފުލެޓެއް، އެގޯއްޗެއް ސަރުކާރުން ދޫކޮށްފައިވާ މީހުންނޫން އެހެން މީހަކަށް ވިއްކޭނީ
ބޭނުންކޮށް،
8ތރި ޑ 4
އދ
44
3 ¢ ¢ ¢
40
[
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/273
CUO
44
ނުވަތަ ދެވޭނީ ސަރުކާރުގެ ކަމާބެހޭ ފަރާތުގެ ހުއްދަ ހޯދުމަށްފަހު އެޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ
ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
(ރ) 2004 މެއި 03 ވަނަ ދުވަހުން ފެށިގެން ޢަމަލު ކުރަމުން އައިސްފައިވަނީ،
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާ ހިމެނިގެން އެޤާނޫނަށް އެއްވަނަ އިޞްލާޙް ގެނައުމުގެ
ޤާނޫނު ކަމުގައިވާ، ޤާނޫނު ނަންބަރު 01/2004 (ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނު) އަށް 1 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނު) ގެ 1 ވަނަ ނަންބަރުގައި އެމާއްދާ އިޞްލާޙް
ކުރެވިފައިވާގޮތުގެ މަތިންކަން އެނގެން އޮވެފައި، އެމާއްދާއަށް ބަލާއިރު،
ބަންޑާރަގޯތި ދޫކުރެވިފައިވާ ފަރާތަކަށް، އެއްފަހަރާ އަގުދެއްކުމަށްފަހު، ނުވަތަ އެކިފަހަރު
މަތީން ފައިސާ ދައްކާ އަގުއަދާކުރާ އުޞޫލުން، މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ގޮތުގެ
މަތީން އަގުދައްކާ ނިންމުމަށްފަހު އެގޯއްޗެއް ގަނެވިދާނެ ކަމަށާއި، އެގޮތުން ގަނެވޭ ގޯތީގެ އަގު
ކަނޑައަޅާނީ އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތީންކަމަށް ކަނޑައަޅައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި؛
ޤާނޫނު ނަންބަރު 01/2004 (ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)
އަށް 1 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނު) ގެ 4 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގެ ބިމާބެހޭ
19 ވަނަ މާއްދާއަށް އިޞްލާޙްގެނެވިފައިވާއިރު އެމާއްދާގަ
ވެސް
ބިމެއްގައިވާ ޢިމާރާތެއް އެ ބިމާ ވަތްކަކުން ނުވިއްކޭ
ވިއްކޭނެ ކަމަށް ބުނެފައިވާކަމާއި،
އެހެންކަމުން ގޯއްޗެއްގައި ހަދާފައިވާ ޢިމާރާތެއް ވިއްކާނަމަ ވިއްކޭނީ އެޢިމާރާތަކާއި ގުޅިފައިވާ
ބިމާއެކުގައިކަން އެނގޭކަމާއި، ބިމެއްގައި ނުވަތަ ގޯއްޗެއްގައި ކުރެވިފައިވާ ޢިމާރާތެއް ވިއްކާނަމަ ވިއްކޭނީ
އެބިން އަމިއްލަ ކުރުމަށްފަހު، އެބިމާ އެކުގައިކަން އެނގޭކަމާއި،
އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ފުލެޓް ވިއްކާ
ޙާލަތުގައި 16 ވަނަ މާއްދާއާއި 18 ވަނަ މާއްދާ އާއި 19 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ޙުކުމްތައް
ނުހިގާނެކަމަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ އެއްވެސް މާއްދާއެއްގައިވެސް އަދި އެޤާނޫނަށް ގެނެވިފައިވާ
އެއްވެސް އިޞްލާޙެއްގައިވެސް އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ އެއްވެސް ޤަވާޢިދެއްގައިވެސް
ބަޔާންކުރެވިފައި ނުވުމުން، އެއްމެދު ޢިމާރާތެއްގެ ފުލެޓެއް ވިއްކާ ޙާލަތުގައި ބިން އަމިއްލަ ކުރުމާއި
ސަރުކާރަށް ޓެކްސް ދެއްކުން އިސްތިސްނާ ކުރެވޭނެ ހަމައެއް އޮތްކަމަށް ނުބެލެވޭކަމާއިގެ
ޤާނޫނުގެ
sތ 2
އދއ
84 ޑިތ
yއ
ނުވަތަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.ވެ
6
2011/HC-A/273
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އިސްވެ ފާހަގަކުރެވުނު މާއްދާތަކަށް ބަލާއިރު އެފަދަ ވިޔަފާރިއެއްކުރުމުގައި ބިން އަމިއްލަ
ކުރުމާއި ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމަކީ އެފިޔަފާރި ޤާނޫނީ ގޮތުން ސައްޙަ ވިޔަފާރިއެއްގެ
ގޮތުގައި ކަނޑައެޅުމަށްޓަކައި
ޤާނޫނުން
ލާޒިމްކުރާކަމެއްކަން އެނގެއެވެ.
ވީމާ، ބަޔާންކުރެވުނު ކަންކަން ބުނެވުނު ގޮތަށް ހުރުމާއެކު ސިވިލް ކޯޓުގެ ނަންބަރު-Cv/320
2010/C ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެނެވެން ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުން އިއްތިފާޤުވެއެވެ.
ޙުކުމް:
ސިވިލް ކޯޓުގެ
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން ބުނެވުނު ގޮތަށް ހުރުމާއެކު
ނަންބަރު 2010/Cv-C/320 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެނެވެން ނެތްކަމަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް
ކޮށްފީމެވެ.
cu o
cc
ދިވެހި
.އީ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv