ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/247 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 247/HC-A/2012
އިސްތިއުނާފުކުރި ފަރާތް:
ނަން: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ
ރަޖިސްޓަރީ ނަންބަރ: 245
/
2001-C
*
ދާއިމީ އެޑްރެސް: ހ.އާގެ (ކ.މާލެ
މިހާރުގެ އެޑްރެސް: ހ.އާގެ (ކ.މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* 1- ނަން: އަލީ ރަޝީދު
* އައިޑީ ކާޑުނަންބަރު: A042655
ދާއިމީ އެޑްރެސް: މއ.ބިންމަތީގެ/ށ.މާލެ
މިހާރުގެ އެޑްރެސް: ހުޅުމާލެ ފްލެޓް 308-3
* 2- ނަން: މުޙައްމަދު މުޙާޒު ޙަމީދު
އައިޑީ ކާޑުނަންބަރު: A046888
ދާއިމީ އެޑްރެސް: މއ.ފްލޫނިޔާ ކ.މާލެ
މިހާރުގެ އެޑްރެސް: މއ.ފްލޫނިޔާ ކ.މާލެ
27 ރަމަޟާން 1433
ޖިސްޓްރީކުރެވުނު ތާރީޚް: 15 އޮގަސްޓް 2012 * ނިމުނު ތާރީޚް: 10 ރަޖަބު 1433
20 މެއި 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv
-
C/133
ނިންމެވިކޯޓު: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 2011-01-13 ނިމުނު ތާރީޚް: 2012-04-02
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: އަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު: ޔޫސުފް ޙުސައިން
335/
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2012/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/133 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ
ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތްތަކަކީ
މއ.ބިންމަތީގެ ޢަލީ ރަޝީދު އާއި މއ.ފްލޫނިޔާ މުޙައްމަދު މުޙާޒު ޙަމީދު އެވެ.
ގަކުރެވުނު ނުކުތާތައް:
01 މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/133 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ
ގޮތާމެދު ހިތްހަމަ ނުޖެހިގެން، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
CCC.
02- އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު: 2011/Cv
-
C/133 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާގައި މޯލްޑިވްސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، އެކުންފުންޏާއި މއ.ބިންމަތީގެ މާލެ ޢަލީ ރަޝީދު
(ދ. ރ.ކާޑް: A042655) އާއި ދެމެދު 30 އޯގަސްޓް 2007 ގައި ނަންބަރު:07080547 ފައިނޭންސް
ލީޒް އެގްރިމަންޓެއް ކުރެވި، މިއެގްރިމަންޓްގެ ދަށުން ރަޖިސްޓްރީ ނަންބަރު: 101
01-C8993A އާލިމް-11
އެވެ ކިޔާ އުޅަނދު އެމް.އެފް.އެލް.ސީ އިން ފައިސާ ދެއްކުމަށްފަހު ޢަލީ ރަޝީދަށް ލީޒް ކޮށްދެވިފައިވާއިރު
އެއްބަސްވުމާއި ޢަލީ ރަޝީދު ޚިލާފުވެ ޢަލީ ރަޝީދު އެމް.އެފް.އެން.ސީ އަށް ދައްކަންޖެހޭ ފައިސާ ދައްކާފައި
ނުވާކަމަށާއި،
ގެރެންޓަރުގެ ޙައިޘިއްޔަތުން މއ.ފްލޫނިޔާ/މާލެ މުޙައްމަދު މުޙާޒު
(ދ. ރ.ކާޑް: A046888) ގެރެންޓަރުގެ އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ ޒިންމާ އުފުލާފައި
ނުވާކަމަށްބުނެ، 09 ޖެނުއަރީ 2011 ގެ ނިޔަލަށް ލީޒް އެގްރިމަންޓުގެ ދަށުން ޢަލީ ރަޝީދު ދައްކަންޖެހި
ނުދައްކައިވާ ލީސްޕޭމަންޓާއި، ޖޫރިމަނާއާއި، ލިކުއިޑޭޓެޑް ޑެމޭޖަސްއާއި، ޤާނޫނީ ވަކީލުންގެ ފީއާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2012/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މައްޗަށް
ކޯޓު ފީއާއެކު، އެމް.އެފް.އެން.ސީ އަށް ލިބެންޖެހޭ 1,191,953
/
53 (އެއްމިލިއަން އެއްލައްކަ ނުވަދިހަ އެއްހާސް
ނުވަސަތޭކަ ފަންސާސް ތިންރުފިޔާ ފަންސާސް ތިންލާރި) ހޯދުމަށް ޢަލީ ރަޝީދުއާއި މުޙައްމަދު މުއާޒް ޙަމީދުގެ
ކޮށްފައިވާ ދަޢުވާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، ދެންފަހެ، މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން (މީގެފަހުން އެމް.އެފް.އެން.ސީ" ކަމަށް ބުނެފައިވާ
ފަރާތުން މއ.ބިންމަތީގެ މާލެ ޢަލީ ރަޝީދު (ދ.ރ.ކާޑް: A042655) އާއި، މއ.ފުލޫނިޔާ/މާލެ މުޙައްމަދު
މުޙާޒު ޙަމީދު (ދ.ރ.ކާޑް: A046888) ގެ މައްޗަށް ކޮށްފައިވާ މިދަޢުވާ ޝަރީޢަތުން ބެލިއިރު،
އެމް.އެފް.އެލް.ސީ އާއި ޢަލީ ރަޝީދު އާއި ދެމެދު 30 އޮގަސްޓް 2007 ގައި ނަންބަރު:
07080547 ފައިނޭންސް ލީޒް އެގްރީމަންޓެއް ކުރެވި، މިއެގްރީމަންޓްގެ ދަށުން ރަޖިސްޓްރީ ނަންބަރު:
C8993A
-
01 10T އާދިމް-l' އެވެ ކިޔާ އުޅަނދު އެމް.އެފް.އެފްސީ އިން ފައިސާ ދެއްކުމަށްފަހު އަލީ
ރަޝީދަށް ލީޒްކޮށްދެއްވުނުކަމާއި، އެއްބަސްވުމުގައި ޢަލީ ރަޝީދު ވަކި އިލްތިޒާމުތަކެއް އުފުލުމަށް
އެއްބަސްވެފައިވާކަމާއި، އެއްބަސްވުމުގެ ބައިވެރިއެއްގެ ޙައިޘިއްޔަތުން ޢަލީ ރަޝީދު އުފުލަން ޢަޤުދުކޮށްފައިވާ
އިލްތިޒާމުތައް ޢަލީ ރަޝީދު ނުއުފުލައިފިނަމަ، އެ އިލްތިޒާމުތައް އުފުލުމަށް ގެރެންޓަރުގެ އެއްބަސްވުމުގެ
ދަށުން މުޙައްމަދު މުއާޒް އަމީދު އެއްބަސްވެފައިވާކަން އެގެން އޮތުމާއި،
މިމުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތުގެ މަތިން
ދައްކާފައިނުވާކަން ދެފަރާތުގެ ބަހުންނާއި، ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާކަމާއި، ލީޒް އެގްރިމަންޓާއި
މަތިން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން ލީޒް ކުރި ކުރުން ބާޠިލްކޮށް، ލީސް
އެގްރިމަންޓްގެ 17.2 ވަނަ މާއްދާގެ ދަށުން އެމް.އެފް.އެލްސީ އަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން
ލީސްކުރެވުނު "އާވިމް-11 އެވެ ކިޔާ އުޅަނދު އެމް.އެފް.އެފްސީ އާއިޙަވާލުކުރުމަށް އެމް.އެފް.އެފް.ސީ އިން ޢަލީ
ރަޝީދަށް އަންގާފައިވާކަމާއި، އަލީ ރަޝީދު މިއުޅަނދު އެމް.އެފް.އެފްސީ އާއި ޙަވާލުކުރަން އުޅުމުން،
އެމް.އެފް.އެފްސީ އިން ޙަވާލުވެފައި ނުވަނީ ލީޒްކުރެވިފައިވާ އުޅަނދު އަނބުރާ ޙަވާލުކުރުމަށް އެއްބަސްވުމުގެ
22 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެ މަތިން އުޅަނދު ލީޒް ކުރެވުނުއިރު އޮތް ކޮންޑިޝަންގައި
ޙަވާލުކޮށްފައިނުވާތީ ކަމަށް އެމް.އެފް.އެފް.ސީ އިން ބުނެފައިވުމާއި، އުޅަނދު ލީޒް ކުރެވުނުއިރު އޮތް
ކޮންޑިޝަންގައި އެމް.އެފްއެލްސީ އަންގާ ތަނަކަށް އުޅަނދު ގެންގޮސް ޙަވާލުކުރާނަމަ ޙަވާލުކުރާނެ ކަމަތްހެއްޖޭގެ ހައި
އެއްގޮތްވާގޮތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/247
އެމް.އެފް.އެފް.ސީ އިން ބުނެފައިވުމާއި، ޢަލީ ރަޝީދު އެމް.އެފް.އެފްސީ އާއި އުޅަނދު ޙަވާލުކުރަން އުޅުނީ
އެއްބަސްވުމުގެ 22 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތަށްކަން ޢަލީ ރަޝީދު ސާބިތުކޮށްދީފައި ނުވާތީ،
އުޅަނދާއި ޙަވާލުވާން އެމް.އެފް.އެފް.ސީ އަށް ޝަރީޢަތުން އަންގާނެ ތަނެއްނެތުމާއި،
އެއްބަސްވުމުގައިވާގޮތުން، އެއްބަސްވުމުގެ 17.2 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެގެންވާ
އާލަތެއް ދިމާވެއްޖެނަމަ، ނުވަތަ އެއްބަސްވުމާއި "ލޮސީ" (ނުވަތަ މުދާ ގެންދިޔަ ފަރާތް) ޚިލާފުވެފައިވާނަމަ
އެއްބަސްވުން ބާޠިލުކުރަން ބޭނުންވާކަން "ސީ" އަށް ލިޔުމުން އަންގައި، އޭގެފަހުންވެސް އެއްބަސްވުމުގައިވާ
ފަދައިން ފައިސާ ދެއްކުމަށް ނުވަތަ އެއްބަސްވުމާއި ޚިލާފަށް ކޮށްފައިވާ އެހެންވެސް ކަމެއް ރަނގަޅުކުރުމަށް
"ލެސީ" ނުކުޅެދިއްޖެނަމަ؟ ނުވަތަ "ލެސީ” ގެ ފަރާތުން އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާއި
ޚިލާފުވެއްޖެނަމަ، އެއްބަސްވުމުގެ 17.2 ވަނަ މާއްދާގެ ދަށުން އެއްވެސް އިތުރު ނޯޓިސްއަކާއި ނުލައި ލެސީ"
އެއްބަސްވުމާއި ޚިލާފުވީކަމުގައި ބަލައި، އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤު އެމް.އެފް.އެން.ސީ އަށް
ލިބިގެންވާކަމަށް އެއްބަސްވުމުގައި ބަޔާން ވެގެންވުމާއި،
އެއްބަސްވުމުގެ 17.2 ވަނަ މާއްދާގެ (އޭ) ގެ ދަށުން، ވެސީ ގެ ފަރާތުން އެހާތަނަށް
ދައްކަންޖެހި ނުދެއްވާ ފައިސާއާއި، އެފައިސާ އެއްބަސްވެފައިވާ ގޮތަށް އަދާ ނުކުރުމުގެ ސަބަބުން
ދައްކަންޖެހޭ ޖޫރިމަނާ ފައިސާއާއި، އެފައިސާ ހޯދުމަށް ޚަރަދުކުރަންޖެހުނު އެންމެހާ ފައިސާ ހޯދުމުގެ ޙައްޤު
ލެސޯ އަށް ލިބިގެންވާކަން އެނގެން އޮތުމާއި، އެއްބަސްވުމުގެ 17.4 ވަނަ މާއްދާގެ ދަށުން،
އެއްބަސްވުމާއި، "ލެސީ" ޚިލާފުވާ ޙާލަތުގައި، އެފަދަ ޚިލާފުވުމެއްގެ ސަބަބުން ޤާނޫނީ ފިޔަވަޅު އަޅަންޖެހިއްޖެ
ޙާލަތެއްގައި އެކަމަށްދާ ޚަރަދާއި ދޫކުރެވުނު މުދާ ލިބިގަތުމަށްޓަކައި އަދި އެހެނިހެން ގޮތްގޮތުން "ވެސާ" ގެ
ޙައްޤުތައް ލިބިގަތުމަށްޓަކައި ކުރެވޭ އެހެން ޚަރަދުތަކަށްވާ ފައިސާ "ލެސީ" ގެ ފަރާތުން ދެއްކުމަށް
އެއްބަސްވެފައިވާކަން އެނގޭކަމާއި، އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވެފައިވާ ފަދައިން "ލެސީ"
ފައިސާ ނުދެއްކުމުގެ ސަބަބުންކަން ހުށަހެޅިފައިވާ
ލިޔުންތަކުން އެނގެން އޮތުމުން،
އެއްބަސްވުން 21 ޖޫން 2010 ދުވަހު ބާޠިލް ކުރުމާއި ހަމައަށް ލީސް ރެންޓަލްސްގެ
ގޮތުގައި ޢަލީ ރަޝީދުގެ ފަރާތުން އެމް.އެފް.އެފްސީ އަށް ދައްކަންޖެހި ނުދައްކައިއޮތް -/
1,060,051ރ.
(އެއްމިލިއަން ފަސްދޮޅަސްހާސް ފަންސާސް އެއްރުފިޔާ) އާއި، އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދެއްކުމުގެ
ސަބަބުން އެއްބަސްވުމުގެ ޝެޑިއުލް 14 ގެ ދަށުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެމް.އެފް.އެލްސީ
އަށް
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2012/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ރަޝީދުގެ ފަރާތުން ދައްކަންޖެހޭ 13,764
/
73ރ. (ތޭރަހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރުރުފިޔާ ހަތްދިހަ
ތިންވާރީ) އާއި، އެމް.އެފް.އެފް.ސީ އިން ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް ޚަރަދުވި -/26,000ރ.
ސައްބީސްހާސް ރުފިޔާ) އާއި ކޯޓުފީއެއްގެ ގޮތުގައި ދެއްކީ -/25ރ. (ފަންސަވީސް ރުފިޔާ) އާއި، އެކުޖުމްލަ
1,059,840
/
73ރ. (އެއްމިލިއަން ނުވަދިހަ ނުވަހާސް އަށްސަތޭކަ ސާޅީސް ރުފިޔާ ހަތްދިހަ ތިންލާރި) އަކީ
ޢަލީ ރަޝީދުއާއި މުޙައްމަދު މުއާޒު ޙަމީދު އެމް.އެފް.އެން.ސީ އަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި،
މިބުނެވިދިޔަ 1,099,840
/
73ރ. (އެއްމިލިއަން ނުވަދިހަ ނުވަހާސް އަށްސަތޭކަ ސާޅީސް
ރުފިޔާ ހަތްދިހަ ތިންލާރި) އެމް.އެފް.އެލްސީ އަށް ލިބިދިނުމަށްޓަކައި މިއަދު (02 އެޕްރީލް 2012) އިން
ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް އެމީހަކަށްޖެހޭ މިންވަރަށް ވުރެ މަދުނޫން
އަދަދެއް، ސިވިލްކޯޓަށް ދައްކައި ޚަލާޞްކުރުމަށް ހއ.ބިންމަތީގެ/މާލެ ޢަލީ ރަޝީދުއާއި މއ.ފުލޫނިޔާ/މާލެ
މުޙައްމަދު މުއާޒު ޙަމީދު އަށް އަންގައި، ޙުކުމްކޮށްފީމެވެ" މިފަދައިން ބަޔާން ކޮށްފައިވާކަން ޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
އެޤަޟިއް
CCCX
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/133
ޤަޟިއްޔާގެ ޙުކުމްކުރުމާއި ގުޅިގެން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* އެ ނުކުތާއަކީ:
ސިވިލް ކޯޓުގެ ނަންބަރު: 2011/Cv
-
C/133 ޤަޟިއްޔާ އެކޯޓުން
ނިންމެވުމުގައި ދަޢުވާގައި ހިމަނާފައިވާ ލިކުއިޑޭޓެޑް ޑެމޭޖަރސް ގެ ފައިސާ 92,112.80ރ.
(ނުވަދިހަ ދެހާސް ސަތޭކަ ބާރާ ރުފިޔާ އައްޑިހަލާރި) ސިވިލް ކޯޓުގެ ޙުކުމުގައި ހިމެނިފައިނުވާތީ މިފައިސާ
މިކުންފުންޏަށް ލިބެންޖެހޭ ފައިސާއެކެވެ. މިމައްސަލަ ނިންމެވުމުގައި މިފައިސާއާމެދު ޙުކުމުގައި އެއްވެސް
ކަނޑައަޅާފައި ނުވާތީ މިއީ ޝަރީޢަތުން ކަނޑައަޅާދެއްވަންޖެހޭ މައްސަލައެއްކަމަށް ބުނެ
ހުށަހަޅާފައިވާ ނުކުތާ އެވެ.
8 e a
3
eއ
aޑ 8
eyއ
ދިޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/247
04- މިމައްސަލައާއި ގުޅިގެން ސިވިލްކޯޓްގެ ގެ ނަންބަރު 2011/Cv-C/133 ޤަޟިއްޔާ
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ އިން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި އެނުކުތާއާ ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު: 2011/Cv-C/133
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެރިޕޯޓުގައި ހިމެނިފައިވާ އެންމެހައި ލިޔެކިޔުންތަކަށް
ބަލާއިރު، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ ގެ ފަރާތުން ޢަލީ ރަޝީދުގެ މައްޗަށާއި
މުޙައްމަދު މުޙާޒު ޙަމީދު ގެ މައްޗަށް ދަޢުވާކޮށްފައިވަނީ، އެކުންފުންޏާއި ޢަލީ ރަޝީދާއި ދެމެދު
30 އޯގަސްޓް 2007 ގައި ކުރެވިފައިވާ ނަންބަރު:07080547 ފައިނޭންސް ލީޒް އެގްރިމަންޓްގެ ދަށުން
ރަޖިސްޓްރީ ނަންބަރު: 101
01-C8993A އާލިމް-11 އެވެ ކިޔާ އުޅަނދު އެމް.އެފް.އެލް.ސީ އިން ފައިސާ
ދެއްކުމަށްފަހު ޢަލީ ރަޝީދަށް ލީޒް ކޮށްދެވިފައިވާއިރު އެއްބަސްވުމާއި ޢަލީ ރަޝީދު ޚިލާފުވެ ޢަލީ ރަޝީދު
އެކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީއާއި، ގެރެންޓީ ދީން ފަރާތުގެ ޙައިޘިއްޔަތުން
މއ.ފްލޫނިޔާ/މާލެ މުޙައްމަދު މުޙާޒު ޙަމީދު އުފުލަންޖެހޭ ޒިންމާ އުފުލާފައި ނުވާކަމަށްބުނެ
09 ޖެނުއަރީ 2011 ގެ ނިޔަލަށް ލީޒް އެގްރިމަންޓުގެ ދަށުން ޢަލީ ރަޝީދު ދައްކަންޖެހި ނުދައްކައިވާ ލީސް
ޕޭމަންޓާއި، ޖޫރިމަނާއާއި، ލިކުއިޑޭޓެޑް ޑެމޭޖަސްއާއި، ޤާނޫނީ ވަކީލުންގެ ފީއާއި، ކޯޓުފީއާއެކު،
އެމް.އެފް.އެން.ސީ އަށް އެކު ޖުމްލަ 1,191,953
/
53 (އެއްމިލިއަން އެއްލައްކަ ނުވަދިހަ އެއްހާސް ނުވަސަތޭކަ
ފަންސާސް ތިންރުފިޔާ ފަންސާސް ތިންލާރި) ލިބެންޖެހޭކަމަށްބުނެ އެފައިސާ ހޯދުމަށްކަމާއި،
މިފައިސާގެ ތަފްޞީލު ދެމުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ
ފަރާތުން ހުށަހަޅާފައިވާ ދަޢުވާ މަށާއި އެހެނިހެން ލިޔެކިޔުންތަކަށް ބަލާއިރު، އެއީ، 21 ޖޫން 2010 ދުވަހު
ލީޒް އެގްރީމެންޓް ބާޠިލް ކުރުމާއި ހަމައަށް ލީޒް ރެންޓްގެ ގޮތުގައި ޢަލީ ރަޝީދުގެ ފަރާތުން އެކުންފުންޏަކީއްޖޭގެ
ގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/247
Oce
ޑެމޭޖާސް
ގެ
ދައްކަންޖެހި ނުދައްކާވާ 110609051 ރ.(އެއްމިލިޔަން ފަސްދޮޅަސްހާސް ފަންސާސް އެކެއް) ރުފިޔާ އާއި،
އެގްރީމެންޓާއި އެއްގޮތަށް ފައިސާ ދައްކަމުން ނުގެންދިޔުމުގެ ސަބަބުން ޝެޑިޔުލް 14 ގެ ދަށުން އެގްރީމެންޓް
ބާޠިލް ކުރި ތާރީޚާއި ހަމައަށް
ގެއްލުމުގެ ބަދަލުގެ ގޮތުގައި އަރާފައިވާ
131764
/
73ރ.
(ތޭރަހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ، ހަތްދިހަ ތިންލާރި) އާއި، ޤާނޫނީ ވަކީލަށް ޚަރަދުކުރަން
ޖެހިފައިވާ -/000'26ރ.(ސައްބީސްހާސް ރުފިޔާ) އާއި، އަދި ކޯޓު ފީގެ ގޮތުގައި ޚަރަދުކުރަންޖެހިފައިވާ
-251ރ.(ފަންސަވީސް ރުފިޔާ) އާއި އަދި އެގްރީމެންޓް ބާޠިލްކުރެވުނު ތާރީޚު ކަމުގައިވާ 21 ޖޫން 2010
އިން ފެށިންގެން 09 ޖެނުއަރީ 2011 އާއި ހަމައަށް ލިކުއިޑޭޓެޑް ޑެމޭޖްސް ގޮތުގައި އަރާފައިވާ
92112780ރ.(ނުވަދިހަ ދެ ހާސް އެއްސަތޭކަ ބާރަ ރުފިޔާ އަށްޑިހަ ލާރި) ކަމަށް މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ ގެ ފަރާތުން ބުނެފައިވާކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، އިސްވެ މިބަޔާންކުރެނު އެންމެހައި
ފައިސާގެ ތެރެއިން ލިކުއިޑޭޓެޑް
ގޮތުގައި ހޯދުމަށް ހުށަހަޅާފައިވާ
921112
/
80ރ.(ނުވަދިހަ ދެ ހާސް އެއްސަތޭކަ ބާރަ ރުފިޔާ އަށްޑިހަ ލާރި) ފިޔަވައި އެހެން ހުރިހާ
ފައިސާއަކީ ޢަލީ ރަޝީދު އާއި މުޙައްމަދު މުޙާޒު ޙަމީދު ގެ ފަރާތުން މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕވޓ އަށް ދައްކަންޖެހޭ ފައިސާ ކަމުގައި ކަނޑައަޅުއްވައި އެފައިސާ ދެއްކުމަށް
އަންގަވާފައިވާކަމާއި، އަދި ލިކުއިޑޭޓެޑް ޑެމޭބާސް ގެ ގޮތުގައި ހޯދުމަށް ދަޢުވާކުރި ފައިސާއަކީ ލީޒް
އެގްރީމެންޓް ބާޠިލްކުރި ތާރީޚުން ފެށިގެން ފަހުގެ ތާރީޚުތަކަކަށް ހިސާބުކޮށްފައިވާ ޢަދަދުތަކެއް ކަމުގައިވާތީ،
އެފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް އެޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ އެންމެ ފަހު ނުކުތާގައި
ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ ގެ ފަރާތުން
ސިވިލް ކޯޓުގެ ނަންބަރު:2011/Cv
-
C/133 ޤަޟިއްޔާ އިސްތިއުނާފް ކުރާ ހަމައެކަނި ސަބަބަކީ ވެސް
އެއީކަން ފާހަގަކުރެވެއެވެ.
(ނ) ދެވަނަ ކަމަކީ: ސިވިލްކޯޓުގެ ނަންބަރު: 2011/Cv-C/133 ޤަޟިއްޔާގައި މި
ނުކުތާއަށް އިޝާރާތްކުރައްވާ، ލިކުއިޑޭޓެޑް ޑެމޭޖާސް ގެ ގޮތުގައި ހޯދުމަށް ދަޢުވާކުރި ފައިސާއަކީ ލީޒް
އެގްރީމެންޓް ބާޠިލްކުރި ތާރީޚުން ފެށިގެން ފަހުގެ ތާރީޚުތަކަކަށް ހިސާބުކޮށްފައިވާ ޢަދަދުތަކެއް ކަމުގައިވާތީއެއްޖޭގެ އިg
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2012/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެފައިސާ ނަގައިދެވެން ނެތްކަމަށް ނިންމަވާފައިވާތީ، އެނުކުތާއަށް އަމާޒުކޮށް ހައިކޯޓުގެ މިޤަޟިއްޔާގައި
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ އާއި ކުރިމަތިކުރެވުނު ސުވާލުތަކުގެ ޖަވާބުގައި
ލިކުއިޑޭޓެޑް ޑެމޭޖްސް ނެގުމަށް އެގްރީމެންޓުން ތަންދޭ މާއްދާއަކާއި
ހަކާއި، އަދި ރޭޓް އެގްރީމެންޓުން
ސާފުކޮށްދިނުމަށް އެކުންފުނީގެ ފަރާތުން ނުކުޅެދިފައިވިޔަސް، ސިވިލް ކޯޓުގެ ނަންބަރު: 2011/Cv-C/133
ޤަޟިއްޔާ ގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ހައިކޯޓުން ރިޢާޔަތްކޮށް ބަލާއިރު، މިދެފަރާތުގެ ދެމެދުގައި
ކުރެވިފައިވާ ލީޒް އެގްރީމެންޓުގެ 18 ވަނަ މާއްދާގައި، އެ އެއްބަސްވުމުގެ ދަށުން ލެސީ ލެސޯއަށް
ދައްކަންޖެހޭ އެއްވެސް ފައިސާއެއް، ނުވަތަ ލެސީގެ ފަރާތުން ލެސޯ ދައްކާފައިވާ އެއްވެސް އަގެއް ނުވަތަ
ކޮށްފައިވާ ޚަރަދެއް ލެސީގެ ފަރާތުން އަނބުރާ ލެސޯއަށް ދެއްކުމަށް ނުކުޅެދިއްޖެނަމަ، އެފައިސާ ދެއްކެއްދެން،
ޝެޑިއުލްގައި ބަޔާންކޮށްފައިވާ ޢަދަދަކުން ކޮންމެ ދުވަހަކަށް ޖޫރިމަނާ ކުރެވޭނެކަމަށާއި، އަދި އެފައިސާއާއި
ޖޫރިމަނާއަކީ ވެސް ދައްކަންޖެހޭނެ ފައިސާއެއްކަމަށް ދޭހަވާގޮތަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭއިރު،
އެމާއްދާގައި ޙަވާލާދީފައިވާ ޝެޑިޔުލްގެ އައިޓަމް (14) ގައި، އެޗާރޖް ނެގޭނީ އޭރަކު ނުދައްކާ އޮންނަ ކޮންމެ
-/1000 ރ. އަކުން ކޮންމެ ދުވަހަކަށް 43/ލ. ގެ ރޭޓުންކަމަށް ބަޔާންކޮށްފައިވާކަން ސާފުކޮށް އެނގެން
ހުންނަކަމަށްޓަކައި، ލިކުޑޭޓެޑް ޑެމޭޖްސް އަކީ އެގްރީމެންޓުގެ ދަށުން ނަގައިދެވޭނެ ފައިސާއެއްކަން
އޮޅުމެއްނެތި ޝަރީޢަތަށް ސާބިތުވެގެން ދާކަމާއި، އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ
ފަރާތުން ލިކުއިޑޭޓެޑް
ޑެމޭޓާސް
ގެ
ގޮތުގައި ހޯދުމަށް ދަޢުވާކޮށްފައިވާ
921112
/
80ރ.(ނުވަދިހަ ދެ ހާސް އެއްސަތޭކަ ބާރަ ރުފިޔާ އަށްޑިހަ ލާރި) އަކީ ލީޒް އެގްރިމެންޓް
ބާޠިލްކުރެވުނު ތާރީޚު ކަމުގައިވާ 21 ޖޫން 2010 އިން ފެށިގެން 09 ޖެނުއަރީ 2011 އާއި ހަމައަށް
ކަލްކިޔުލޭޓް ކޮށްފައިވާ އަދަދެއްކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނާތީ، އެފައިސާ ޝަރީޢަތުން
ނަގައި ދިނުމުގައި އެއްވެސް ހުރަހެއް އޮތްކަމަކަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަކަށް ނުފެނެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތިން
ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު: 2011/Cv
-
C/133 ޤަޟިއްޔާގައި މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕވޓ ލޓޑ ގެ ފަރާތުން ހޯދުމަށް ދަޢުވާކުރި ފައިސާގެ ތެރެއިން ލިކުއިޑޭޓެޑް ޑެމޭބާސް ގެ ގޮތުގައި
ހޯދުމަށް ދަޢުވާކޮށްފައިވާ 921112
/
80ރ.(ނުވަދިހަ ދެ ހާސް އެއްސަތޭކަ ބާރަ ރުފިޔާ އަށްޑިހަ ލާރި)
5ޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2012/HC-A/247
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަގައިދެވޭނެ ތަނެތް ނެތްކަމަށް ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެންނަންޖެހޭނެކަމަށް މިމައްސަލަ ބެލި
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައި ވެއެވެ.
ޙުކުމް:
1c4
ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތިން
ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު: 2011/Cv-C/133 ޤަޟިއްޔާގައި މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕވޓ ލޓޑ ގެ ފަރާތުން ހޯދުމަށް ދަޢުވާކުރި ފައިސާގެ ތެރެއިން ލިކުއިޑޭޓެޑް ޑެމޭބާސް ގެ ގޮތުގައި
ހޯދުމަށް ދަޢުވާކޮށްފައިވާ 921112
/
80ރ.(ނުވަދިހަ ދެ ހާސް އެއްސަތޭކަ ބާރަ ރުފިޔާ އަށްޑިހަ ލާރި)
ނަގައިދެވޭނެ ތަނެތް ނެތްކަމަށް ނިންމަވާފައިވާ ނިންމެވުން ބާޠިލްކޮށް، މިދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ
ލީޒް އެގްރީމެންޓުގެ 18 ވަނަ މާއްދާއާއި، އެމާއްދާގައި ޙަވާލާދީފައިވާ ޝެޑިއުލްގެ އައިޓަމް (14) ގައި
ކަނޑައެޅިފައިވާ ގޮތުގެމަތީން ލިކުއިޑޭޓެޑް ޑެމޭޖްސް އަކީ އެގްރީމެންޓުގެ ދަށުން ނަގައިދެވޭނެ ފައިސާއެއްކަން
ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު: 2011/Cv-C/133 ޤަޟިއްޔާގައި
ލިކުއިޑޭޓެޑް ޑެމޭބާސް ގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ ފަރާތުން
ހޯދުމަށް ދަޢުވާކުރި 921112
/
80ރ.(ނުވަދިހަ ދެ ހާސް އެއްސަތޭކަ ބާރަ ރުފިޔާ އަށްޑިހަ ލާރި) އަކީ
މއ.ބިންމަތީގެ/މާލެ ޢަލީ ރަޝީދުއާއި މއ.ފުލޫނިޔާ/މާލެ މުޙައްމަދު މުޙާޒު ޙަމީދު މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ އަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، މިފައިސާ
(20 މެއި 2013) ން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދައްކާ ޚަލާޞްކުރުމަށް
މއ.ބިންމަތީގެ މާލެ ޢަލީ ރަޝީދުއާއި މއ.ފުލޫނިޔާ/މާލެ މުޙައްމަދު މުޙާޒު ޙަމީދަށް އަންގާ ޙުކުމް ކޮށްފީމެވެ.
Oce
ހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv