ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/370 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/370
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
!ރާޕްޖީ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 370/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ލަޠީފު
އައިޑީ ކާޑު ނަންބަރ: A102662
މާލެ
ދާއިމީ އެޑްރެސް: ހއ. އުލިގަން ހަވީރީނާޒު
މިހާރުގެ އެޑްރެސް: މ. ކެޕްރިކޯން
• އިސްތިއުނާފު ރައްދުވި ފަރާތް:
(1) ނަން: ތަހުމީނާ ރަޝީދު
* އައި ޑީ ކާޑު ނަންބަރ: A132914
*
ދާއިމީ އެޑްރެސް: ގދ. ރަތަފަންދޫ ކާނިގަސްދޮށުގެ
، މިހާރުގެ އެޑްރެސް
ކުޑަހެންވޭރުގެ| ކ. މާލެ
17
ހުށަހެޅުނު ތާރީޚް: 28 ޑިސެމްބަރު 2009
ނިމުނު ތާރީޚް: 17 މާޗް 2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/AC/1656
ނިންމެވިކޯޓް: ޢާއިލާއާބެހޭ ކޯޓް
ޤަޟިއްޔާގެ ބާވަތް: ވަރި ސާބިތު ކުރުން
ހުށަހެޅުނުތާރީޚް: 04-10-2009
ނިމުނު ތާރީޚް: 07-10-2009
*
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމު ގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2009/HC-A/370
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
.
ދަޢުވާގެ ޚުލާޞާ
މިއީ، ޢާއިލާއާބެހޭ ކޯޓް ނަންބަރު 2009/AC/1656 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހއ. އުލިގަން
ހަވީރީނާޒު މުޙައްމަދު ލަޠީފު (މ. ކެޕްރިކޯން) ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާ ދަޢުވާ ރައްދުވަނީ ގދ. ރަތަފަންދޫ ކާނިގަސްދޮށުގެ ތަހުމީނާ
ރަޝީދު (ހ. ކުޑަހެންވޭރުގެ) އަށެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ޢާއިލާއާބެހޭ ކޯޓްގެ ނަންބަރު 2009/AC/1656 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މުޙައްމަދު ލަޠީފު ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައް
ންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޢާއިލާއާބެހޭ ކޯޓްގެ ނަންބަރު 2009/AC/1656 ޤަޟިއްޔާގައި ތަހުމީނާ ރަޝީދު އޭނާގެ
ފިރި މުޙައްމަދު ލަޠީފުގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވަނީ ވަރި ސާބިތު ކުރުމުގެ މައްސަލައެއްކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
(ށ) 2009 އޮކްޓޯބަރ 05 ވަނަ ދުވަހު މުޙައްމަދު ލަޠީފު ޢާއިލާއާބެހޭ ކޯޓްގެ ޝަރީޢަތުގެ
މަޖިލީހަށް ދީފައިވާ ބަޔާންނަށް ބަލާއިރު، އެބަޔާނުގައި 2009 އޯގަސްޓް 06 ވަނަ ދުވަހު "ކަލޭ ތިޔައިނީ
ވަރިކޮށްފައި މިޢިބާރާތުން ތަހުމީނާ ރަޝީދު ވަރިކޮށްފައިވާ ކަމަށް މުޙައްމަދު ލަޠީފު ސާފު ބަހުން
އިޢްތިރާފު ވެފައިވާކަން އެނގެން އޮވެއެވެ.
(ނ) ޢާއިލާއާބެހޭ ކޯޓްގެ ނަންބަރު 2009/AC/1656 ޤަޟިއްޔާގެ ދަށުން ހުށަހަޅާފައިވާ
މައްސަލައަކީ ވަރި ސާބިތު ކުރުމުގެ މައްސަލައެއް ކަމަށް ވާއިރު، އަދި އެމައްސަލައަކީ ޢާއިލާއާބެހޭ ކޯޓަށް
ތަހުމީނާ ރަޝީދު ހުށަހެޅި މައްސަލައަކަށް ވުމުގެ އިތުރުން، ކައިވެނި ރުޖޫޢަ ކުރިކަމަށް މުޙައްމަދު
ލަޠީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނާ ބުނުމަކީ ވަރިކޮށްފައިވާ ކަން
ސާބިތުވާ ކަމެއްކަމާއި، ކައިވެނީގެ ޢަޤުދުގެ މަތީގައި ދެމިތިބި ބަޔަކު އެކައިވެނި އަލުން ރުޖޫޢު ކުރަން
ނުޖެހޭނެކަން ޝަރުޢީ ހަމަތަކުން އެގެން އޮތުމާއިއެކު;
22 / / /
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމު ގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
މިސް
3
2009/HC-A/370
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
262
3x
0 2
<< O
މި މައްސަލައިގެ ރިޕޯޓްގައި ހިމެނިފައިވާ ބަޔާން ތަކަށް ބަލާއިރު، އެއިން އެއްވެސް ބަޔާނެއްގައި
ކާވެނި ރުޖޫޢަ ކުރުމާއި ގޮތުން އެއްވެސް ވަރަކަށް ދަށުކޯޓުގެ މަރުޙަލާގައި ވާހަކަ ދެކެވިފައި
ނުވާއިރު، އިސްތިއުނާފުގެ އުޞޫލުތައް ނިޔާކުރަނީ، ދަށުކޯޓުގެ މަރުޙަލާގައި އެކަމަކާ ބެހޭގޮތުން ވާހަކަ
ދެކެވިފައިނުވާކަމެއް އިސްތިއުނާފުގެ މަރުޙަލާގައި ނުބެލުން ކަމަށްވާތީ، މިމައްސަލައާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ލަޠީފު ކާވެނި ރުޖޫޢަކޮށްފައިވާނެ ކަމަށްބުނެ
ދައްކާފައިވާ ވާހަކަ ތަކަކީ އެމައްޗަށް މިމައްސަލައިގެ އިސްތިއުނާފުގައި ރިޢާޔަތް ކުރެވެންނެތް ވާހަކަ ތަކެއް
ކަމާއި، މުޙައްމަދު ލަޠީފު ބުނެފައިވާ ފަދައިން ކާވެނި ރުޖޫޢަކޮށްފައިވާނަމަ އެއީ ވަކި މައްސަލައެއްކަން
އެނގެއެވެ.
ވީމާ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތީން
ހުންނާތީ، ޢާއިލާއާބެހޭ ކޯޓްގެ ނަންބަރު 2009/AC/1656 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލެއް ގެންނަންޖެހޭ
އޮތް ކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް
ހހ04
2 4 22
4ތ ބޑތ
އެއްބަހެއް ނުވެވުނެވެ
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން، މުޙައްމަދު ލަޠީފުގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި، ޢާއިލާއާބެހޭ ކޯޓްގެ
ނަންބަރު 2009/AC/1656 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި
ޤާނޫނީ ހަމައެއް ނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް
އިއްތިފާޤު ވެވުނުހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
Cuid
އައް
ޢަލީ ޙަމީދު މުޙައްމަރ
ޙަމީދު
(ފަނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްa
މިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމު ގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes