ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/277 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
--
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 277/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތް:
* ނަން: އަލްފާ އެމް.ޑީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް * ރަޖިސްޓްރޭޝަން ނަންބަރު: 265
/
2002-C
ގާދޫ ބިލްޑިންގ | މާލެ *
ގާދޫ ބިލްޑިންގ މާލެ
ޤާނޫނީ ވަކީލް:އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު (A026999) މ. އާސްތާނާ | މާލެ
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
.
z ނަންބަރު: 0490
/
2010-C
• އިސްތިއުނާފް ރައްދުވި ފަރާތް:
ނަން:ޖީ.އެމް.އާރު. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: ޖީ.އެމް.އާރު.އެޑްމިނިސްޓްރޭޝަން ބިލްޑިންގ * މިހާރުގެ އެޑްރެސް: ޖީ.އެމް.އާރު.އެޑްމިން.ބިލްޑިންގ
ޤާނޫނީ ވަކީލް އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ޢަފީފް | އެކީޓާސް ލީގަލް ކޮންސަލްޓަންޓްސް
*
* ހުށަހެޅުނު ތާރީޚް:07 ޑިސެމްބަރު 2011 * ނިމުނު ތާރީޚް:
13 ޑިސެމްބަރު 2011
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ:
* ނަންބަރު: 2011/Cv-C/2157
ނިންމެވި ކޯޓް: ސިވިލް ކޯޓު
ނިންމެވި ތާރީޚް: 29 ނޮވެމްބަރ 2011
• މައްސަލަބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޢަލީ ސަމީރު
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
2
2{11/HC-A/271
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު
C
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2157 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އަލްފާ އެމް.ޑީ.ކޭ.ބީ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (265
/
2001-C) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
)22
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ، ޖީ.އެމް.އާރު. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް
ލިމިޓެޑް (0490/2010-C) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
2157/Cv-C/2011
01 - ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އަލްފާ އެމް.ވީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (265
/
2001-C) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
02
02 -ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2157 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު އެޤަޟިއްޔާއަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި އަލްފާ ރީޓެއިލް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް (މިހާރު އަލްފާ އެމް.ވީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) އާ ދެމެދު 31 ޑިސެމްބަރ
2001 ގައި އެއްބަސްވެ ސޮއި ކުރެވުނު ލީސް އެގްރީމަންޓް ޚިލާފަށް ޖީ.އެމް.އާރު. މާލޭ އިންޓަރނޭޝަނަލް
އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށް ދޫކޮށްފައިވާ ޖާގަ
ހުސްކުރުމަށް
ކަރަންޓް ކަނޑާލާފައިވާތީ، މިކަންކަން އެހެން ނުކުރެވޭނެކަމަށާއި އަދި
އެއްބަސްވުމުގައިވާ ފަދައިން 31 ޑިސެމްބަރ 2011 އާ ހަމައަށް އެޖާގަ ލިބުމުގެ ޙައްޤު އަލްފާ އެމް.ވީ.ކޭ.ބީ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށް އެދިގެން އަލްފާ އެމް.ވީ.ކޭ.ބީ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާކުރުމުން ބެލެވުނު ޤާޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި
ޙުކުމް ކުރައްވާފައިވަނީ، ...ދަޢުވާކުރާފަރާތުން މިހާރު ބޭނުންކުރަމުން ދާ 07-DF ފިހާރަ 31 ޑިސެމްބަރ
2011 ގެ ނިޔަލަށް
ބޭނުންކުރުމުގެ ޙައްޤު ދަޢުވާކުރާ ފަރާތަށް ލިބިގެންވޭތޯ މިނުކުތާއަށް ނަޒަރުކުރާތިއްޖޭގެ
އަންގައި،
0)
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2{11/HC-A/271
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު
6 24
ދަޢުވާކުރާ ފަރާތަށް 07-DF ބޭނުންކުރުމުގެ ޙައްޤު 31 ޑިސެމްބަރ 2011 ގެ ނިޔަލަށް ލިބިގެންވާކަމަށް
ދަޢުވާކުރާ ފަރާތުން ބުނާހިނދު، އެޙައްޤު ލިބިދެނީ ކިހިނަކުންކަން ސާފުކޮށްދެވިފައިނުވާކަމާއި، ދަޢުވާކުރާ
ފަރާތަށް އެޙައްޤު ލިބިދެނީ 31 ޑިސެމްބަރ 2001 ގައި ދެފަރާތުގެ ދެމެދު ކުރެވުނު އެގްރީމަންޓުގެ
ދަށުންކަމުގައި ދަޢުވާކުރާ ފަރާތުން ބަލާނަމަ، 31 ޑިސެމްބަރ 2003 ގައި ދެފަރާތުގެ ދެމެދު ކުރެވުނު ލީސް
އެގްރީމަންޓް ވަނީ 31 މާޗް 2011 ގައި ބާޠިލްކުރެވިފައިކަމުން، އެގްރީމަންޓް ބާޠިލްވުމަށްފަހު،
އެގްރީމަންޓްގެ މާއްދާއެއް ދެމިއޮތުމަކީ ޤާނޫނީ ގޮތުން ޤަބޫލުކުރެވޭކަމެއްނޫންކަމާއި، މިގޮތުން 07-DF
31
ޑިސެމްބަރ 2011 ގެ ނިޔަލަށް ބޭނުންކުރުމުގެ ޙައްޤު ދަޢުވާކުރާ ފަރާތަށް ލިބިގެންވާކަމަށް ބަލަންޖެހޭ ޤާނޫނީ
ސަބަބެއްނެތްކަމަށް ކަނޑައަޅުއްވައި، ކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެންގެން
2
xތ ހ މ 4
2
އެނމޭ.
03 - ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2157 ޤަޟިއްޔާ އިސްތިއުނާފު
ތިއުނާފުކުރުމަށް އަލްފާ
އެމް.ޑީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 2 (ދޭއް) ނުކުތާއެއް ހުށަހަޅައި އެނުކުތާ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
22 ހ2
1ތތަކ
24 2
(ހ) ފުރަތަމަ ނުކުތާއަކީ، އަލްފާ ރީޓެއިލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މިހާރު އަލްފާ
އެމް.ވީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ދެމެދު
ޑިސެމްބަރ 2001 ވީ ދުވަހު "އެގްރީމެންޓް ޓު ލީސް ސްޕޭސް ފޮރ ބަލްކް ޕާރޗޭސް އޮފް ލިކަރ އެންޑް
ޓޮބާކޯ އެޓް ޑިޕާޗާ ޓާރމިނަލް ބިލްޑިންގ (ގްރައުންޑް ފްލޯ) އޮފް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް" ގައި
ސޮއިކުރެވިފައިވާކަމަށާއި، އެއެއްބަސްވުމުގެ މުއްދަތު ހަމަވަނީ 31 ޑިސެމްބަރ 2011 ކަމަށްވާ ހިނދު،
އެއްބަސްވުން ޓާރމިނޭޓްވެފައިވާކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއްނެތްކަމަށްބުނެ ހުށަހެޅި ނުކުތާ
(ނ) ދެވަނަ ނުކުތާއަކީ: އިސްވެ ދެންނެވުނު އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކުރެވިފައިވާ
23-DTG ގެ ބަދަލުގައި 07-DF ކުއްޔަށް ދޫކުރެވިފައިވާކަމާއި، 07-DF ކުއްޔަށް ދޫކުރެވުނީ އިތުރު
މާއްދާތަކާއި ޝަރުޠުތަކެއްގެ މައްޗަށް ނޫންކަން އެނގެން އޮންނަކަމަށްބުނެ ހުށަހެޅި ނުކުތާ.
04- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2157 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަލްފާ
އެމް.ވީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާގުޅޭ ގޮތުން
އަލްފާ އެމް.ވީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްޖުވާގެ
ކައްޖާގެ ފައިg
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިން
4
2{11/HC-A/271
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު
04 0 0
ޖީ.އެމް.އާރު. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2157
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެ ކިޔުންތަކަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލި
އިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނަންބަރު 23-DTG ފިހާރަ، އަލްފާ
ރީޓެއިލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމާ
ގޮތުން އަލްފާ ރީޓެއިލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ދެމެދު
31 ޑިސެމްބަރ 2001 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމާއި، އެއެއްބަސްވުމުގެ ދަށުން މާލޭ
އިންޓަރނޭޝަނަލް އެއަރޕޯޓުގެ 23-DTG ފިހާރަ އަލްފާ ރީޓެއިލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މިހާރު
އަލްފާ އެމް.ވީ.ކޭ.ބީ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް) އަށް ކުއްޔަށްދީފައި އޮންނަކަމެވެ.
04
(ނ) ދެވަނަ ކަމަކީ: މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނަންބަރު 23-DTG ފިހާރަ،
ކުއްޔަށްދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެއެއްބަސްވުން ނިމުމަކަށް ގެންނައުމަށް އެއެއްބަސްވުމުގެ
ބައިވެރިޔަކު ބޭނުންވެއްޖެނަމަ، އަނެއް ބައިވެރިޔާއަށް 1 (އެކެއް) މަސްދުވަހުގެ ނޯޓިސް ދޭންވާނެކަމަށާއި،
މިގޮތުން ދޭ ނޯޓިހުގެ މުއްދަތު ހަމަވުމުން އެއެއްބަސްވުން ނިމުމަކަށް އަންނާނެކަމަށާއި، އެއްބަސްވުން
ނިމުމަކަށް އަންނަތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކުއްޔަށްދީފައިވާތަން ކުއްޔަށްދޫކުރި ފަރާތާ ހަވާލު
ކުރަންވާނެކަމަށް އެއެއްބަސްވުމުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، އަލްފާ
އެމް.ޑީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން 23-DTG ފިހާރަ
ކުއްޔަށްދިނުމާބެހޭ ގޮތުން ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެއްބަސްވުމުގެ 13.4 ގެ ދަށުން
ޖީ.އެމް.އާރު. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން، އަލްފާ އެމް.ވީ.ކޭ.ބީ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް 01 މާޗް 2011 ގައި ނޯޓިސްދީފައިވާކަމާއި، އެނޯޓިހުގެ މުއްދަތު ހަމަވާ ދުވަސް
ކަމުގައިވާ 31 މާޗް 2011 ގައި، އެއެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމާއި، މިގޮތުން ދެވޭ ނޯޓިހެއްގެ
މުއްދަތު އިތުރުކުރުމުގެ ނުވަތަ އިތުރު ޝަރުތެއް ކުރިމަތި ކުރުމުގެ ޙައްޤު އެއެއްބަސްވުމުގެ ދަށުން އަލްފާ
އެމް.ވީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް
ބެލުމުން އެނގެން ނެތް ކަމާއި، އަދި 23-DTG ފިހާރަ ޖީ.އެމް.އާރު. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް
ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ޝަރުތަކާ އެކުގައިކަން އެނގެން ނެތްކަމެވެ.
34
2
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު
2011/HC-A/27
(2 ހއ
ކު1ނ
(ނ) ތިންވަނަ ކަމަކީ: ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 13.4 ގެ ދަށުން
އެއްބަސްވުން ނިމުމަކަށް ގެނައުމަށް ޖީ.އެމް.އާރު. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން
އަލްފާ އެމް.ޑީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިން ނޯޓިހާ ގުޅިގެން، 02 މާޗް 2011 ގައި އަލްފާ
އެމް.ވީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ސިޓީގައި، ޓާމިނަލް ތަރައްޤީކުރުމުގެ މުހިއްމުކަން
އެނގޭކަމަށާއި، ޓާމިނަލް އިމާރާތުގެ ގްރައުންޑް ފްލޯއިން ކުއްޔަށް ދޫކޮށްފައިވާ 23-DTG ތަން ދޫކޮށްލުމަށް
އެއްވެސް އިއުތިރާޒެއް ނުކުރާކަމަށާއި، ނަމަވެސް އެތަން ދޫކޮށްލުމުން އެކުންފުނިން ކުރަމުން ދިޔަ ވިޔަފާރިއަށް
ދަތިތަކެއް ކުރިމަތިވާނެތީ އެތަނުގެ ބަދަލުގައި، ޖީ.އެމް.އާރުން މިހާރު ބަންދުކޮށްފައިހުރި ޑިއުޓީ ފުރީ
ފިހާރަތަކުގެ ތެރެއިން ފިހާރައެއް ކުއްޔަށް ދިނުމަށް އަލްފާ އެމް.ވީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
އެދިފައިވާކަމާއި، އެއެދުމުގެ މައްޗަށް ރިއާޔަތްކޮށް، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޓަރނޭޝަނަލް
ސެކިއުރިޓީ ހޯލް އޭރިޔާއިން ޑިއުޓީ ފްރީ ޝޮޕް 07-DF ދިނުމަށް 27 މާޗް 2011 ގައި
ޖީ.އެމް.އާރު. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން އަލްފާ އެމް.ވީ.ކޭ.ބީ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް ހުށަހެޅުމެއް ހުށަހަޅާފައިވާކަމާއި، އަދި އޭގެ ފަހުން 17 މެއި 2011 ގައި ދެފަރާތުގެ
ދެމެދުގައި ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކަށާއި، 27 މާޗް 2011 ގައި ޖީ.އެމް.އާރު.
މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ހުށަހެޅުމަށާއި، 02 މާޗް 2011 ގައި
އަލްފާ އެމް.ވީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ސިޓީގައިވާ ކަންތައްތަކުގެ މައްޗަށް
ރިއާޔަތްކޮށް 07-DF ސޮޕް ކުއްޔަށް ދިނުމަށް ޖީ.އެމް.އާރު. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް
ލިމިޓެޑުން އަލްފާ އެމް.ވީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 24 މެއި 2011 ގައި އަލުން ހުށަހެޅުމެއް
ހުށަހަޅާފައިވާކަމާއި، އެހުށަހެޅުމުގައިވާ ގޮތުން 07-DF ޝޮޕް ކުއްޔަށް ދޭ މުއްދަތަކީ، 25 މެއި 2011 އިން
25 އޯގަސްޓް 2011 އަށް 3 (ތިނެއް) މަސްދުވަހަށްކަމާއި، އެމުއްދަތު މަހަކުން މަހަކުން އިތުރުކުރުމުގެ
އިޚްތިޔާރު ޖީ.އެމް.އާރަށް ލިބިގެންވާކަމާއި، އެތަނުގެ ކުއްޔަކީ މަހަކު 35,000.00
USD (ތިރީސްފަސްހާސް
ޔޫއެސް ޑޮލަރ) ކަން އެހުށަހެޅުމަށް ބެލުމުން އެނގެން އޮންނައިރު، އެހުށަހެޅުމާ ގުޅިގެން އަލްފާ އެމް.ވީ.ކޭ.ބީ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެކަމަށް ޝުކުރު އަދާކުރުމަށްފަހު، 07-DF ޝޮޕްގައި ރަލާއި ދުންފަތުގެ
ބާވަތްތަކާއި، ހުރިހާ ވައްތަރެއްގެ ކެމެރާއާއި ލައިޓަރާއި ހުރިހާ ވައްތަރެއްގެ ގަޑި، ޑައިވް ގަޑި ހިމެނޭގޮތަށް
ވިއްކިދާނެތޯއާއި، ކުއްޔަށްދޭ ތަނާ ހަވާލުވާ ތާރީޚަކީ 02 ޖޫން 2011 ގައި ކަމަށް އެއްބަސްވެވިދާނެތޯ އަހައި،
އެކަން ސާފުކޮށް ދިނުމަށް އަލްފާ އެމް.ވީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޖީ.އެމް.އާރު. މާލޭ
އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށް 24 މެއި 2011 ގައި ފޮނުވާފައިވާ ސީޓިންޖްގެ ފައި
2
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
2{11/HC-A/271
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު
0
.3322
60 ދު
ޤަބޫލުކުރަންވަނީ
72
އ ހޅވ ތ
އަމަލުކު
Puc
އެދިފައިވާކަން އެނގޭއިރު، އެސިޓީގައި އެދިފައިވާ ގޮތަށް އަމަލުކުރުމަށް ޖީއެމްއާރުން އެއްބަސްވެފައިވާކަން 29
މެއި 2011 ގައި ޖީ.އެމް.އާރު. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން އަލްފާ އެމް.ޑީ.ކޭ.ބީ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީން އެންގެން އޮންނާތީއާއި، ހުށަހެޅުމެއް ޤަބޫލުކުރާކަން
ހާމަކުރުމަށް ވަކިގޮތަކަށް ކަނޑައަޅާފައިވާނަމަ، އެހުށަހެޅުމެއް ޤަބޫލު އެގޮތަށް ކަމުގައިވުމީ،
ކޮންޓްރެކްޓެއްގައި ހުށަހެޅުމާއި ޤަބޫލުކުރުން ފުރިހަމަވެފައިވޭތޯ
އުޞޫލެއްކަމުގައިވީނަމަވެސް އަދި ހުށަހެޅުން ޤަބޫލުކުރާކަން އެގޮތަށް އަންގާފައިނުވިނަމަވެސް، ދެފަރާތުން
ޢަމަލުކުރާ ގޮތަކުންވެސް އެއްބަސްވުމެއް އުފެދުމަކީވެސް ކޮންޓްރެކްޓެއް ވެވިފައިވޭތޯ ބެލުމުގައި އަމަލުކުރާ
އުޞޫލަކަށްވާތީ، ޑިއުޓީ ފްރީ ޝޮޕް 07-DF ކުއްޔަށް ދޫކުރުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވަނީ
ޖީ.އެމް.އާރު. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން 22 މެއި 2011 އާއި 29 މެއި
2011 ގެ ސިޓީގައި ބަޔާންކޮށްފައިވާ މާއްދާތަކާއި ޝަރުޠުތަކުގައިވާ ގޮތުގެ މަތިންކަން އެ ސޮޕް ކުއްޔަށް
ދޫކުރުމާބެހޭ ގޮތުން ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ލިޔުންތަކާއި ޢަމަލުކޮށްފައިވާ ގޮތުން އެނގޭކަމާއި،
އަދި ޑިއުޓީ ފްރީ ޝޮޕް 07-DF ކުއްޔަށްދޫކޮށްފައިވަނީ 31 ޑިސެމްބަރ 2001 ގައި ވެފައިވާ
އެއްބަސްވުމުގައިވާ މުއްދަތަށްކަން ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ލިޔުންތަކުންނާއި ޢަމަލުކޮށްފައިވާ
ގޮތުން އެނގެން ނެތްކަމެވެ.
މާއްދީކެ1
(ރ) ހަތަރުވަނަ ކަމަކީ: ޑިއުޓީ ފްރީ ޝޮޕް 07-DF ކުއްޔަށްދޫކުރުމަށް ކަނޑަޅާފައިވާ
ޝަރުޠުތަކަށް ބެލުމުން ކުއްޔަށްދީފައިވާ 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ހަމަވުމުން މަހަކުން
މަހަކުން މުއްދަތު އިތުރު ކުރުމުގެ އިޚްތިޔާރު ކުއްޔަށްދޭ ފަރާތަށް ލިބިދީފައިވާކަން އެނގެން އޮންނައިރު،
އެތަނުގެ ކުލީގެ މުއްދަތު 30 ސެޕްޓެމްބަރު 2011 ގެ ނިޔަލަށް އިތުރުކޮށްދީފައިވާކަން 22 އޯގަސްޓް 2011
ގައި ޖީ.އެމް.އާރު. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ސިޓީން އެނގެން
އޮންނަކަމާއި، އަދި އެމުއްދަތު ހަމަވުމުން ތަން ކުއްޔަށްދޫކުރުމަށް ވެފައިވާ އެއްބަސްވުން ނިމުމަކަށް
އަންނާނެކަމަށާއި ތަން ހަވާލުކުރުމަށް އަންގާފައިވާކަން 28 ސެޕްޓެމްބަރ 2011 ގައި ޖީ.އެމް.އާރު. މާލޭ
އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ސިޓީން އެނގެން އޮތްނަމަވެސް އެމުއްދަތު
ހަމަވުމުން، ޑިއުޓީ ފްރީ ޝޮޕް 07-DF ޖީ.އެމް.އާރު. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑާ
ހަވާލުކޮށްފައިނުވާކަން ދެފަރާތުގެ ބަހުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: އަލްފާ އެމް.ވީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވާ
ޑިއުޓީ ފްރީ ޝޮޕް DF07 ގެ ބޭނުން ހިފުމުގެ ޙައްޤު އަލްފާ އެމް.ޑީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހައި
2 /
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
7
2{11/HC-A/271
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓު
ލިބިފައިވަނީ، އަލްފާ އެމް.ޑީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ޖީ.އެމް.އާރު. މާލޭ އިންޓަރނޭޝަނަލް
އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށްވެފައި، އެއެއްބަސްވުމުގެ ދަށުން
ޑިއުޓީ ފްރީ ޝޮޕް 07-DF ކުއްޔަށް ދޫކޮށްފައިވަނީ 01 ޖޫން 2011 އިން ފެށިގެން 3 (ތިނެއް)
މަސްދުވަހަށްކަމަށް ވީނަމަވެސް، އެމުއްދަތު އިތުރު ކުރުމަށް ކުއްޔަށްދޭ ފަރާތަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން
1 (އެކެއް) މަސްދުވަސް އިތުރުކޮށް ދީފައިވާކަން އެނގެން އޮތުމުން އެއެއްބަސްވުން ނިމުމަކަށް އަންނަ
ތާރީޚަކީ 30 ސެޕްޓެމްބަރ 2011 ގައި ކަމަށް ބަލަންޖެހޭކަމާ މުއްދަތު ކަނޑަޅައި ކުއްޔަށް ދޫކޮށްފައިވާ
މުއްދަތު އިތުރު ކޮށްދިނުމަށް ކުއްޔަށްދޭ ފަރާތުން ބޭނުންނުވާނަމަ، އެއެއް
ކަނޑައެޅިފައިވާ މުއްދަތު އިތުރަށް ދެމިގެންގޮސް އޭގެ މަންފާ އެއެއްބަސްވުމުގެ އެއްބައިވެރިޔަކަށް ލިބިދެވޭނެ
ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތްކަން އެނގޭއިރު، ޖީ.އެމް.އާރު. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް
ލިމިޓެޑުން ކުއްޔަށްދޫކޮށްފައިވާ، ޑިއުޓީ ފްރީ ޝޮޕް 07-DF އަނބުރާ ލިބުމަށް ޖީ.އެމް.އާރު.މާލޭ
އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން އެދޭ ހިނދު، އެފަރާތުގެ ރުހުމާނުލައި، އެތަން ބޭނުން
ކުރުމުގެ ޙައްޤު އަލްފާ އެމް.ވީ.ކޭ.ބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދޭފަދަ ޝަރުޢީ އަދި ޤާނޫނީ
ހަމައެއް އޮތްކަމަށް ޤަބޫލުނުކުރެވޭ ކަމެވެ.
މ 04
4
میری کی
##
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން ސިވިލް ކޯޓުގެ
ނަންބަރު 2011/Cv-C/2157 ޤަޟިއްޔާ، އެކޯޓުން ބައްލަވައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއްނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2157 ޤަޟިއްޔާގެ އުކުމަށް
ތާއީދުކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމްކުރީ:
ޢަބްދުއްރައޫފު އިބްރާހީމް
ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު
ޢަލީ ސަމީރު
ފަނޑިޔާރު
ފަނޑިޔާރު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv