ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/46 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/46
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 46/HC-A/2010
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ސަންފާ ޢަލީ
* ދާއިމީ އެޑްރެސް: ރަތްވިލާ ކ. ގުޅި
* އައި.ޑީ.ކާޑު ނަންބަރު: A141922
މިހާރުގެ އެޑްރެސް: ވެސްޓްލައިޓް ކ. ގުޅި
* ވަކީލް އިޒް. އަޙްމަދު ތައުފީޤު، ޑޭޒީމާގެ ދިއްދޫ
ބަދަލުގައި: އަޙްމަދު ޝާކިރު، މީނާޒް/ މ. ނާލާފުށި
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢަލީ ޝަމީމް
އައި.ޑީ.ކާޑު ނަންބަރު: A046163
ވަކީލް މޒ. ޢަލީ ޢަބްދުﷲ/ ގ. ފަރިދޫ
ދާއިމީ އެޑްރެސް: ރޯޒްމީޑް / ކ. ގުޅި
މިހާރުގެ އެޑްރެސް: ނޫވިލް/ ކ. ގުޅި
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 ރަބީޢުލްއައްވަލު 1431 * ނިމުނު ތާރީޚް: 11 ރަބީޢުލްއައްވަލު 1434
02 މާރޗް 2010
22 ޖެނުއަރީ 2013
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/H13C/14
ނިންމި ކޯޓު: މާލެއަތޮޅު ގުޅީ ކޯޓު
• ޤަޟިއްޔާގެ ބާވަތް: ތަރިކަ
ތާރީޚް: 21 ޖޫން 2009 ، ނިމުނު ތާރީޚް: 19 ޖެނުއަރީ 2010
.ޑ.7
0
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ އިސްފަނޑިޔާރު: އަޙްމަދު ޝަރީފު ފަނޑިޔާރު: އަބްދުއްރައޫފު އިބްރާހީމް ވެހިރާއްޖޭގެ 1
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/46
ދަޢުވާގެ ޚުލާޞާ
މިއީ، މާލެއަތޮޅު ގުޅީ ކޯޓުގެ ނަންބަރު 2009/H11C/14 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ،
ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
ރަތްވިލް، ސަންފާ ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ކ. ގުޅީ ރޯޒްމީޑް ޢަލީ ޝަމީމެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. މާލެއަތޮޅު ގުޅީ ކޯޓުގެ ނަންބަރު 2009/H11C/14 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
ރަތްވިލާ، ސަންފާ ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
#
2. މާލެއަތޮޅު ގުޅީ ކޯޓުގެ ނަންބަރު H11
/
2009/14 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، ގުޅީ| ރަތްވިލާ ސަންފާ ޢަލީގެ ފިރި
ކ. ގުޅީ ވެސްޓްލައިޓް އަޙްމަދު ޙުސައިން ނިޔާވެފައިވާތީ، އޭނާގެ ތަރިކަ ވާރިސުންގެ މެދުގައި ބަހާދިނުންއެދި
ސަންފާ ޢަލީ ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
3. މިޤަޟިއްޔާއާ ގުޅިގެން މާލެއަތޮޅު ގުޅީ ކޯޓުގެ ނަންބަރު 2009/H11C/14 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. "އިސްވެދިޔަ
ބަޔާންތަކުގަ ފާހަގަކުރެވުނު ނުކުތާތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމައިން ވިސްނުމުން ސަންފާ ޢަލީ ހުށަހެޅި
a:
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/46
މިތަރިކައިގެ މައްސަލާގައި މަތީގައި ބަޔާންވެދިޔަ ގޮތުގެމަތީން މިތަރިކަ ބަހާދެވި ވާރިސުންނާ
ޙަވާލުކުރެވިފައިވާތީ އާއި، ސަންފާ ޢަލީ ޢަލީ ޝަމީމަށް ދޭންޖެހޭ 18654/37 ރ. ޢަލީ ޝަމީމަށް ދިނުމުން
ސަންފާ ޢަލީއާއި، ޙަވާލުކުރެވުނު މުދާވެސް ސަންފާ ޢަލީއަށް މިލްކުވާނެކަމަށް ޙުކުމްކޮށް މިމައްސަލަ
ނިންމީއެވެ." މިހެންނެވެ.
4. މާލެއަތޮޅު ގުޅީ ކޯޓުގެ ނަންބަރު 2009/H11C/14 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ގުޅީ| ރަތްވިލާ ސަންފާ ޢަލީގެ ފަރާތުން 06 (ހައެއް)
ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
1 2
(ހ) ފުރަތަމަ ނުކުތާއަކީ: މާލެއަތޮޅު ގުޅީ ކޯޓުގެ ނަންބަރު 2006/H11C/01 ހިބައިގެ
ޤަޟިއްޔާއިން ކ. ގުޅީ ވެސްޓްލައިޓް ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި، ފަޅުފަދަ ތަންތަނާއި، ތަކެތީގެ 1/2
ކ. ގުޅީ ރަތްވިލާ ސަންފާ ޢަލީ އަށް ޞައްޙަ ކިބައަކުން މުދާ ލިބިއްޖެކަމަށް ޙުކުމްކުރެވި، ކ. ގުޅީ
ވެސްޓްލައިޓް އަޙްމަދު ޙުސައިންއާއި އަޙްމަދު ޙުސައިންގެ އަނބި ކ. ގުޅީ ރަތްވިލާ ސަންފާ ޢަލީ އާއި
ދެމީހުންގެ ނަމުގައި ގުޅީ ވެސްޓްލައިޓް ގެ ޢިމާރާތާއި ގޯތި މާލެއަތޮޅު ގުޅީ އޮފީހުގެ ނަންބަރު
H11
/
2009
/
01 ރަޖިސްޓްރީއިން ރަޖިސްޓްރީ ކޮށްދެއްވާފައިވާއިރު އެކަމަށް ރިޢާޔަތްނުކުރައްވައި މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
(ނ) ދެވަނަ ނުކުތާއަކީ: ކ. ގުޅީ ވެސްޓްލައިޓް އަޙްމަދު ޙުސައިންގެ ތަރިކަ ވާރިސުންގެ މެދުގައި
ބަހަންވާނީ . ގުޅީ ރަތްވިލާ ސަންފާ ޢަލީ އަށް ކ. ގުޅީ ކޯޓުގެ ނަންބަރު 2006/H11C/01 ހިބައިގެ
ޤަޟިއްޔާއިން ލިބި މާލެއަތޮޅު ގުޅީ އޮފީހުގެ ނަންބަރު H11
/
2009
/
01 ރަޖިސްޓްރީއިން ރަޖިސްޓްރީއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/46
17
#
#
ކޮށްދެއްވާފައިވާ ގުޅީ ވެސްޓްލައިޓް ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަނާއި، ތަކެތީގެ
1/2 ވަކިކޮށް
ގުޅީ ވެސްޓްލައިޓް ބައިކުރުމުން ދެން ބާކީ އޮންނަ ގުޅީ ވެސްޓްލައިޓް ގޯތީގައިވާ
އެންމެހާ ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަނާއި، ތަކެތީން ކަމަށްވާއިރު އެއާ ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ: މާލެއަތޮޅު ގުޅީ ކޯޓުގެ ނަންބަރު 2006/H11C/01 ހިބައިގެ
ޤަޟިއްޔާއިން ކ. ގުޅީ ވެސްޓްލައިޓް ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަނާއި، ތަކެތީގެ 1/2
ކ. ގުޅީ ރަތްވިލާ ސަންފާ ޢަލީ އަށް ޞައްޙަ ހިބައަކުން މުދާ ލިބިއްޖެ ކަމަށް ޙުކުމްކުރެވިފައި ވީނަމަވެސް
އެބައި ވަކިކުރެވިފައި ނުވާތީ އެބައި ވަކިކުރުމުގެ މައްސަލަ ކޯޓަށް ހުށަހަޅަން ދިއުމުން އެމައްސަލަ ހުށަހަޅާ
ފޯމު ކޯޓުން ބަލައިނުގަނެ، މާލެއަތޮޅު ގުޅީ ކޯޓުގެ މެޖިސްޓްރޭޓް އަމިއްލަފުޅަށް ފުރުއްވި ފޯމަކުން
މައްސަލަ ކުރިއަށްގެންދަވައި މައްސަލަ ނިންމަވާފައިވާކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.
ކެރެއެވުމަޤީ
ކުރިން މިތަރިކަ ވާރިސުންނާ
(ދ) ހަތަރުވަނަ ނުކުތާއަކީ: މައްސަލައިގެ ޙުކުމް
ޙަވާލުކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ބ) ފަސްވަނަ ނުކުތާއަކީ: މާލެއަތޮޅު ގުޅީ ކޯޓުގެ ނަންބަރު 2006/H11C/01 ހިބައިގެ
ޤަޟިއްޔާއިން ކ. ގުޅި ވެސްޓްލައިޓް ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަނާއި، ތަކެތީގެ 1/2
ކ. ގުޅީ ރަތްވިލާ ސަންފާ ޢަލީ އަށް ޞައްޙަ ހިބައަކުން މުދާ ލިބިއްޖެ ކަމަށް ޙުކުމްކުރެވިފައިވާއިރު ހިބަ
ދިނުމާ ހަމައަށް ހުރި ގުޅީ ވެސްޓްލައިޓް އަޙްމަދު ޙުސައިންގެ މުޅި މުދަލުގެ 1/2 ކ. ގުޅީ ރަތްވިލާ
ސަންފް ޢަލީ އަށް މިލްކުވާކަން އެނގެންއޮތްއިރު އަޙްމަދު ޙުސައިންގެ މިލްކުގައި ހިމެނޭ ގޯތިން ބޭރުގައި ހުރި
4
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2010/HC-A/46
01 ދިވެހިރުކާއި ފައިސާއިން ޞައްޙަ ހިބައަކުން މުދާ ލިބިއްޖެކަމަށް ޙުކުމްކުރުމާ ހަމައަށް ސަންފާ ޢަލީއަށް
އެއްވެސް މިންވަރެއް މިލްކުވޭތޯ ނުބައްލަވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
ދެކެ ބައެ.
(ޅ) ހަވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ
ހުށަހެޅި ނުކުތާއެވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިއުންތަކަށާއި، މާލެއަތޮޅު ގުޅީ ކޯޓުގެ ނަންބަރު 2009/H11C/14 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަ
ންކަމަށްބުނެ، ގުޅީ ރަތްވިލާ ސަންފާ ޢަލީގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
.
CU O
މާލެއަތޮޅު
.
(ހ) ފުރަތަމަ ކަމަކީ، އިސްތިޢުނާފްކުރެވިފައިމިވާ
ނަންބަރު
2009/H11C/14 ޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، ކ. ގުޅީ ވެސްޓްލައިޓް އަޙްމަދު ޙުސައިން
ނިޔާވެފައިވާތީ، އަޙްމަދު ޙުސައިނުގެ ތަރިކަ ވާރިސުންގެ މެދުގައި ބަހައިދިނުން އެދި އަޙްމަދު ޙުސައިނުގެ
އަނބި ގުޅީ ރަތްވިލާ ސަންފާ ޢަލީ ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަމާއި، އެމައްސަލަ ހުށަހެޅި
ފަރާތަކީ ސަންފާ ޢަލީ ކަމާއި، އެކަން ސަންފާ ޢަލީ ގުޅީ ކޯޓަށް ދީފައިވާ ބަޔާންތަކާއި ލިއުންތަކުންވެސް
ސާފުކޮށް އެނގޭކަމާއި،
އަޙްމަދު ޙުސައިން ނިޔާވިއިރު 3 ވާރިސުންކަމާއި، އެއީ އަނބި ސަންފާ ޢަލީ އާއި، ފ. ދަރި
ޢަލީ ޝަމީމުގެ އިތުރުން މަންމަ މަރިޔަމް މުޙައްމަދުކަމާއި، އަޙްމަދު ޙުސައިނުގެ ދަރަންޏެއް،
ވަޞިއްޔަތެއްފަދަކަމެއް ނެތްކަމާއި، އަޙްމަދު ޙުސައިނުގެ ތަރިކައިގެ ގޮތުގައި ހުރީ، ގުޅީ ވެސްޓްލައިޓް
ދިވެހިރާއްa.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/46
34
ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ތަކެތީގެ 1/2 އާއި، ގޯތިން ބޭރުގައި، ޕެރިސްހޮލިޑޭ
ގޯތި ކައިރީގައި ހުރި ފޯދުނު 1 ދިވެހި ރުކާއި، ސަރުކާރުން މުސާރައާއި ޕެންޝަނާއި އިނާޔަތުގެ ގޮތުގައި 3
އޮކްޓޯބަރ 2008 ގެ ނިޔަލަށް ދޭންޖެހޭ 240
/
50ރ. އާއި، ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އަޙްމަދު
ޙުސައިނުގެ ނަންބަރު 770425484101 އެކައުންޓުގައި ހުރި 60319
/
69ރ. އާއި، ނަންބަރު
77042544841102 ގައި ހުރި 43/38 ޔޫ.އެސް ޑޮލަރު (12
/
85ރ. ގެ ރޭޓުން ދިވެހި ފައިސާ
595798ރ.) އާއި، މާލެ އަތޮޅު ގުޅީ ކޯޓުގެ ނަންބަރު 2008/H11C/10 ޤަޟިއްޔާއާ ގުޅިގެން އަޙްމަދު
ޙުސެއިނާ ހަވާލުކުރުމަށް ކ.ގުޅީ ތީސްރީމަންޒިލް އަޙްމަދު އިބްރާހީމް މާލެއަތޮޅު ގުޅީ ކޯޓަށް ދައްކާފައިވާ
-/
10,000ރ. އާއި އެކު ޖުމްލަ 71156
/
17ރ. ކަމާއި،
ބަޔާންކުރެވިދިޔަ ފައިސާއާއި ވެސްޓްލައިޓް ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަތަންތަނުގެ
އަގުގެ 1/2 ގެ އަގުކަމުގައިވާ 41988
/
72ރ. އާއި ގޯތިން ބޭރުގައިވާ 01 ރުކުގެ އަގުކަމުގައިވާ -/300ރ.
އާއި އެކު އަޙްމަދު ޙުސައިނުގެ ތަރިކައިގެ ޖުމްލަ އަގަކީ 113444
/
89ރ. ކަމާއި،
އަޙްމަދު ޙުސައިނުގެ ތަރިކައިގެ ޖުމްލަ އަގުކަމުގައިވާ 113444
/
89ރ. އާއި، ސަންފާ ޢަލީއަށް
މިލްކުވެފައިވާ، ވެސްޓްލައިޓް ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަތަންތަނުގެ 1/2 ގެ އަގުކަމުގައިވާ
41988
/
72ރ. އާއެކު މާލެއަތޮޅު ގުޅީ ކޯޓުގެ ނަންބަރު 2009/14
/
11C ޤަޟިއްޔާގައި ބަހައިދެވުނު
މުދަލުގެ ޖުމްލަ އަގަކީ 155133/61 ރ. ކަން އެނގެންއޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ގުޅީ ވެސްޓްލައިޓް ގޯއްޗަކީ ބަންޑާރަ ގޯއްޗެއްކަމާއި، ގޯތީގެ ބޮޑުމިނަކީ
3800 އަކަފޫޓްކަމާއި، ވެސްޓްލައިޓް އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ
ތަންތަނާއި ތަކެތީގެ 1/2 ސަންފާ ޢަލީއަށް، މާލެއަތޮޅު ގުޅީ ކޯޓުގެ ނަންބަރު 2006/H11C/01
ޤަޟިއްޔާއިން ހިބައިން ދީފައިވާކަމާއި، ހިބައިގެ މިޤަޟިއްޔާއާއި ގުޅިގެން އެގޯތީގެ ރަޖިސްޓަރީ އަޙްމަދު
ޙުސައިނާއި ސަންފާ ޢަލީގެ ނަމުގައި ހަދާދީފައިވާކަމާއި، އެއީ ވެސްޓްލައިޓްގެ ޢިމާރާތާއި ގޯތީގެ ދެވަނައެގޭގެ ސެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/46
ރަޖިސްޓަރީކަމާއި، ގޯތި ޙަވާލުކުރެވުނު ފަރާތަކީ އަޙްމަދު ޙުސައިން ކަމާއި، ޢިމާރާތުގެ ވެރިފަރާތަކީ އަޙްމަދު
ޙުސައިނާއި ސަންފާ ޢަލީ ކަން އިސްތިއުނާފްކުރެވިފައި މިވާ، މާލެއަތޮޅު ގުޅީ ކޯޓުގެ ނަންބަރު
2009/H11C/14 ޤަޟިއްޔާގެ ރިޕޯޓަށާއި، މާލެއަތޮޅު ގުޅީ ކޯޓުގެ ނަންބަރު 2006/H11C/01
ޤަޟިއްޔާގެ ރިޕޯޓަށާއި، އަދި ވެސްޓްލައިޓް ގޯތީގެ ނަންބަރު 11
/
2009
/
01-H "ޢިމާރާތާއި ގޯތީގެ
ރަޖިސްޓަރީ" އަށް ބެލުމުން އެނގެންއޮންނަކަމެވެ.
8
(ނ) ތިންވަނަ ކަމަކީ، އަޙްމަދު ޙުސައިން ނިޔާވިއިރު ތިބީ 3 ވާރިސުންކަމާއި، އެއީ އަނބި
ސަންފާ ޢަލީ އާއި، ފ. ދަރި ޢަލީ ޝަމީމުގެ އިތުރުން މަންމަ މަރިޔަމް މުޙައްމަދުކަމާއި، އަނބި ސަންފާ ޢަލީ
އަށް ލިބޭނީ ތަރިކައިގެ 1/8 ކަމާއި، މަންމަ މަރިޔަމް މުޙައްމަދަށް ލިބޭނީ ތަރިކައިގެ 1/6 ކަމާއި، ބާކީ ހުރި
އެއްޗެއް ލިބޭނީ ފިރިހެން ދަރި ޢަލީ ޝަމީމުއަށް ކަމާއި، މި އުޞޫލުން ތަރިކަ ބައިކުރުމުން އަނބި ސަންފާ
ޢަލީ އަށް 3/24، މަންމަ މަރިޔަމް މުޙައްމަދަށް 4/24، ފިރިހެން ދަރި ޢަލީ ޝަމީމަށް 17/24 ލިބޭކަމާއި،
ނަމަވެސް މަންމަ މަރިޔަމް މުޙައްމަދަށް ލިބޭ 4/24، ދެންތިބި ވާރިސުންނަށް ދޫކޮށްލުމުން ބަކީ
ތިބި ދެވަރިސުންކުރެ އަނބި ސަންފާ ޢަލީ އަށް ލިބެނީ މުޅި ތަރިކައިގެ 5/24 ކަމާއި، ފިރިހެން ދަރި ޢަލީ
ޝަމީމަށް މުޅި ތަރިކައިގެ 19/24 ކަމާއި،
މިގޮތުން ތަރިކައިގެ 5/24 އަށް އަނބި ސަންފާ ޢަލީ އަށް ލިބޭ މުދަލުގެ އަގުގެ ޖުމްލައަކީ
23634
/
35ރ. ކަމާއި، ވެސްޓްލައިޓް ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ތަކެތީގެ 1/2
އަށްވާ 41988
/
72ރ. އާއެކު އަނބި ސަންފާ ޢަލީ އަށް ލިބޭ މުދަލާއި ފައިސާގެ ޖުމްލަ އަކީ 65623
/
07ރ.
ކަން އެނގޭކަމާއި،
ތަރިކައިގެ 19/24 އަށް ޢަލީ ޝަމީމަށް ލިބޭ މުދަލުގެ އަގުގެ ޖުމްލައަކީ 89810
/
54ރ
އެނގޭކަމާއި،
ކަން
ވީހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/46
8427744ރ.
ތަރިކާގައި ހިމެނޭ މުދަލާއި ރުއް ސަންފާ ޢަލީއަށް ދީ އޭގެ އަގުން ޢަލީ ޝަމީމަށް ލިބޭގޮތަށް ޢަލީ
ޝަމީމުއާއި ސަންފާ ޢަލީ އެއްބަސްވެ، ވެސްޓްލައިޓް ގޯތީގެ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި
ތަކެއްޗާއި، ގޯތިން ބޭރުގައިވާ ރުއް ސަންފާ ޢަލީ ނަގާފައިވާކަމާއި، މިގޮތުން ސަންފާ ޢަލީ އާ ޙަވާލުކުރެވުނު
ތަރިކަމުދަލުގެ އަގަކީ 42288
/
72ރ. ކަމާއި، ވެސްޓްލައިޓް އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި
ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި ތަކެތީގެ 1/2 ގެ އަގު ކަމުގައިވާ 41988
/
72ރ. އާއެކު ސަންފާ ޢަލީ އާ
ޙަވާލުކުރެވުނު މުދަލުގެ އަގަކީ
ކަމާއި، މިތަކެއްޗާ ސަންފާ ޢަލީ ޙަވާލުވެ
ސޮއިކޮށްފައިވާކަމާއި،
ޢަލީ ޝަމީމު ތަރިކަމުދާ އޭގެ ޒާތުން ނަގާފައިނުވާއިރު، ތަރިކައިން ޢަލީ ޝަމީމަށް ލިބޭ މުދަލުގެ
އަގުގެ ޖުމްލައަކީ 89810/54 ރ. ކަން އެނގޭކަމާއި، އެހެންކަމުން އެފައިސާ ޢަލީ ޝަމީމަށް
ލިބިދިނުމުގެގޮތުން، ފައިސާގެ ގޮތުގައި ތަރިކާގައި ހުރި 71156
/
17ރ. ޢަލީ ޝަމީމާ ޙަވާލުކު
ކަނޑައެޅިފައިވާކަމާއި، އަދި 18654
/
37ރ. އަކީ ސަންފާ ޢަލީގެ ފަރާތުން ޢަލީ ޝަމީމަށް ދޭންޖެހޭ
ފައިސާއެއްކަމުގައި ކަނޑައެޅިފައިވާކަމާއި،
އެހެންކަމުން، މިމުދާ ބެހިފައިވާ ގޮތަށް ބަލާއިރު، ސަންފާ ޢަލީއަށް ތަރިކަ މުދަލުން ޙައްޤުވާ ބައި
ލިބިދީފައިވާކަމާއި، އަދި މާލެއަތޮޅު ގުޅީ ކޯޓުގެ ނަންބަރު 2006/H11C/01 ޤަޟިއްޔާއިން ސަންފާ ޢަލީއަށް
ގުޅީ ވެސްޓްލައިޓް އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި ތަކެތީގެ
1/2 ލިބިފައިވާއިރު އެބައިވެސް ސަންފާ ޢަލީއަށް ލިބިދީފައިވާކަން ސާފުކޮށް އެނގެންއޮތްކަމެވެ.
44 22
.
(ށ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފްކުރެވިފައިމިވާ، މާލެއަތޮޅު ގުޅީ ކޯޓުގެ ނަންބަރު
2009/H11C/14 ޤަޟިއްޔާގައި ވެސްޓްލައިޓް ގޯތީގެ ބިން ބަހާފައިވަނީ ގޯތި ހަމައަށް ދެބައިކޮށް، ސަންފާ
ޢަލީއާއި ޢަލީ ޝަމީމާ ދެމީހުންނަށް ހަމަހަމަކޮށް ކަމާއި، އެގޮތަށް އެގޯތި ބަހާފައިވަނީ 13 ޖުލައި 2009
ގައި ގުޅީ ކޯޓަށް ހުށަހެޅި ޗާޓުގެ މައްޗަށް ބިނާކޮށްގެން ކަމާއި، އަދި އެގޯތި އެގޮތަށް ގުޅީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2010/HC-A/46
ބަހާދީފައިވަނީ ސަންފާ ޢަލީއާއި ޢަލީ ޝަމީމު އެއްބަސްވެފައިވާ ގޮތުގެ މަތިން، އަދި ސަންފާ ޢަލީގެވެސް
ރުހުމުގައިކަން އެނގެންއޮންނަކަމާއި،
ވެސްޓްލައިޓް ގޯތި ބައިކޮށްދެވިފައިވަނީ ވާރިސުންގެ ފަރާތުން ހުށަހެޅި ޗާޓުގެ މައްޗަށް ބިނާކޮށް ގުޅީ
އޮފީހުން ފޮނުވި ކުރެހުމާ އެއްގޮތަށް، ވާރިސުން އަމިއްލައަށް ބައި ނަގައި އެގޮތުގެމަތިންކަމަށް އިސްތިއުނާފް
ކުރެވިފައި މިވާ ގުޅީ ކޯޓުގެ ނަންބަރު 2009/H11C/14 ޤަޟިއްޔާގެ ރިޕޯޓުގައި ބަޔާންކޮށްފައިވާއިރު އެ
ޗާޓު ރިޕޯޓުގައި ހިމެނިފައިނުވާތީ މިކޯޓުގެ ނަންބަރު 2012
/
4/MSG
)
95
-
B1
/
H11C) މެސެޖް ގުޅީ
މެޖިސްޓްރޭޓް ކޯޓަށް ފޮނުވުމުން، އެކޯޓުގެ ނަންބަރު 2012
/
298/H11C މެސެޖުން ޖަވާބު ދެއްވައި،
އެމެސެޖާއެކު ބަޔާންކުރެވިދިޔަ ޗާޓާއި އަދި އެކަމާ ގުޅޭގޮތުން ގުޅީ ކޯޓާއި ގުޅޭ އޮފީހާއި ދެމެދު ބަދަލު
ކުރެވިފައިވާ، ދެ ސިޓީގެ ކޮޕީވެސް ފޮނުއްވާފައިވާކަމާއި،
ގޯތި ބައިކުރަން އެދޭގޮތް
އެދޭގޮތް ބަޔާންކޮށް ހުށަހެޅި ޗާޓުގައި އެއީ އެގޯތި ބައިކުރުމަށް އެދޭގޮތުގެ ކުރެހުން
ކަމުގައި ލިޔެ 8 ސެޕްޓެންބަރު 2009 ގައި ސަންފާ ޢަލީ އެޗާޓުގައި ސޮއިކޮށްފައިވާކަމާއި، އަދި އެގޯތި
ބައިކުރު
އިކުރުމަށް އެދި ސަންފާ ޢަލީ ހުށަހެޅި ކުރެހުމާ އެއްގޮތަށް
ގޮތަށް އެގޯތި ބައިކުރުމަކީ ޢަލީ ޝަމީމު
ރުހޭގޮތްކަމަށްބުނެ 8 ސެޕްޓެންބަރު 2009 ދުވަހު ޢަލީ ޝަމީމުވެސް ގުޅީ ކޯޓަށް ބަޔާން ދީފައިވާކަމާއި، އަދި
ގޯތި ބައިކުރުމަށް އެދި ހުށަހެޅިފައިވާ އެޗާޓު، ގުޅީ ކޯޓުގެ ނަންބަރު
(8 ސެޕްޓެމްބަރު 2009) ސިޓީއާއެކު މާލެއަތޮޅު ގުޅީ އޮފީހަށް ފޮނުއްވުމުން، ގުޅީ އޮފީހުގެ ނަންބަރު
11
/
2009
/
107-H (29 ސެޕްޓެމްބަރު 2009) ސިޓީ ގުޅީ ކޯޓަށް ފޮނުވައި އެސިޓީއާއެކު އެގޯތި
ބައިކުރެވޭއިރު ހުންނަންޖެހޭ ޞައްހަ މިންތަކާއި އެގޯއްޗާ އިންވެގެންހުރި މަގުތަކާއި ގޯތިތައް އެނގޭގޮތަށް ގުޅީ
ކޯޓަށް ފޮނުވާފައިވާކަމާއި، އެގޮތާ ރުހި ސަންފާ ޢަލީ އާއި ޢަލީ ޝަމީމް ބަޔާންދީފައިވާކަމާއި، އަދި އެގޮތާ
ރުހި ޤަބޫލުވެ، އެސިޓީއާއެކު ފޮނުވާފައިވާ ކުރެހުމުގައިވާ އުތުރު ފަރާތުގައި 37 ފޫޓް 1 އިންޗި، ހުޅަނގު
ފަރާތުގައި 47.07 ފޫޓު، ދެކުނު ފަރާތުގައި 40 ފޫޓު 2 އިންޗި، އިރުމަތީ ފަރާތުގައި 52 ފޫޓު ހިމެނޭގޮތުން
ސަންފާ ޢަލީ ގޯތީގެ ދެކުނުބައި ނަގައި 19 ނޮވެންބަރު 2009 ގައި ސަންފާ ޢަލީ ސޮއިކޮށްފައިވާކަމާއި
H11C/H11/2009/16
3 2 2 4 8
::އޭގެ
،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
2013/HC-A/46
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
އެކަން "ނަމްބަރު: 2009/H11C/14 ތަރިކައިގެ ޤަޟިއްޔާއާއި ގުޅިގެން ގުޅީ ވެސްޓްލައިޓް ގޯތީގެ
އެންމެހައި އިމާރާތްތަކާއި ފަޅުފަދަ ތަންތަނާއި ތަކެތީގެ ތެރެއިން މިތަރިކައިގެ ވާރިސެއްކަމުގައިވާ ކ. ގުޅީ
ރަތްވިލާގޭ ސަންފާ ޢަލީއާއި ޙަވާލުކުރެވުނު ތަކެތި" މިލިއުމުން ސް އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ގުޅީ ކޯޓުގެ ނަންބަރު 2009/H11C/14 ޤަޟިއްޔާގައި ހުށަހެޅިފައިވާ
މައްސަލައަކީ ތަރިކަ މައްސަލައެއްކަމާއި، އެމައްސަލާގައި ހިމެނޭ މުދާ ބަހައިދިނުމަށް ވާރިސުން
އެދިފައިވާކަމާއި، އެ ތަރިކަ މުދާ ބަހައިދެވިފައިވަނީ ސަންފާ ޢަލީ އެމުދާ ބަހައިދިނުމަށް އެދި ހުށަހެޅި
ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ދެން ތިބި ވާރިސުންގެވެސް ރުހުމާއެކުގައިކަމާއި، ތަރިކަ މުދާ ބެހުމަށް އެދި
ވާރިސުން ހުށަހަޅާ މައްސަލައެއްގައި އެމުދާ ބަހައިދީ މައްސަލަ ނިންމުމަކީ ތަރިކައިގެ އެފަދަ މައްސަލަތަކުގައި
ޢަމަލުކުރެވޭ ގޮތްކަމާއި، ތަރިކަ މުދާ ބަހައި އެ ވާރިސަކު އެވާރިސެއްގެ ބައި ޙަވާލުކޮށް މައްސަލަ ނިންމުމަކީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ ވިޔަސް ޚިލާފުކަމެއްކަން އެނގެން ނެތްކަމެވެ.
(ލ) ހަވަނަ ކަމަކީ، ގުޅީ ކޯޓުގެ ނަންބަރު 2009/H11C/14 ޤަޟިއްޔާގައި ހުށަހެޅިފައިވާ ތަރިކަ
މައްސަލާގައި ހިމެނުނު މުދަލާއި ވެސްޓްލައިޓް ގޯތީގެ ބިން ގުޅީ ކޯޓުން ބައްސަވައިދެއްވާފައިވަނީ ވާރިސުންގެ
ރުހުމާއެކު އަދި ވާރިސުން އެދުނު ގޮތުގެ މަތިންކަން އެނގޭކަމާއި، އަދި ތަރިކައިން ކޮންމެ ވާރިސަކަށް ލިބޭ
މިންވަރު ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އުޞޫލުތަކާ އެއްގޮތަށްކަމާއި، އެހެންކަމުން، ގުޅީ ކޯޓުގެ ނަންބަރު
2009/H11C/14 ޤަޟިއްޔާ ނިމިފައިވަނީ ރަނގަޅަށްކަން އެނގޭކަމެވެ.
(ށ) ހަތްވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ގުޅީ ކޯޓުގެ ނަންބަރު 2009/H11C/14 ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ވިޔަސް ޚިލާފަށްކަމަށް ބަލާނެތަނެއް އޮތްކަމަށް ނުފެންނަކަމުގައެވެ.
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވެވެ. ދިވެހިން
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/46
0
އެކުވެ:-
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ގުޅީ ކޯޓުގެ ނަންބަރު
2009/H11C/14 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް
ޚިލާފަށްކަމަށް ބަލާނެތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި
8 03
ޑީރާއްޖޭގެ ސަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv