ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/210 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
•ޤަޟިއްޔާ ނަންބަރ: 210/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ރެއިންބޯ އެންޓަރޕްރައިސަސް ޕވޓ ލޓޑ
ރަޖިސްޓްރީ ނަންބަރ: 53190-C
* ކުންފުނީގެ ފަރާތުން : އޒް. ޢަބްދުﷲ ސަޢީދު
*
ދާއިމީ އެޑްރެސް: ގ.މާރަނަ
ބައިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ފާތިމަތު ޞަބާޙް
އައިޑީ ކާޑުނަންބަރު: A000904
ދާއިމީ އެޑްރެސް: މ.ވުޑުންޕާކް
މިހާރުގެ އެޑްރެސް: މ.ވުޑުންޕާކް
ޖިސްޓްރީކުރެވުނު ތާރީޚް: 7 އޮކްޓޯބަރ 2010
ނިމުނު ތާރީޚް: 22 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/59
ހުށަހެޅި ތާރީޚް: 17 ފެބްރުއަރީ 2010 ނިމުނު ތާރީޚް: 20 ޖުލައި 2010
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، އިސްފަނޑިޔާރު އަޙްމަދު ޝަރީފް ،ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ދިވެހިރާއެވެ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
2{10/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ:
2
މިއީ،ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު2010/VTR/59 މައްސަލަ ނިންމަވާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލަ އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގެ އިސްތިއުނާފް ރައްދުވާ ފަރާތަކީ މ.ވުޑުންޕާކް ފާތިމަތު ޞަބާއް (އައި.ޑީ.ކާޑް ނަންބަރު:
A000904) އެވެ.
ފާހަގަކުރެވުނު ނުކުތާތައް
59/VTR/2010
01- މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ރެއިންބޯ އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލަ އިސްތިއުނާފު ކުރުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފް ރައްދުވާ ފަރާތަކީ މ.ވުޑުންޕާކް ފާތިމަތު ޞަބާޙް (އައި.ޑީ.ކާޑް
ނަންބަރު: A000904) އެވެ.
24 2
02- ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު 2010/VTR/59 މައްސަލައަކީ، ފާތިމަތު
ޞަބާޙް ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ބަލިވެ އިނުމާ
ގުޅިގެން ބަލި ބޮޑުވެ މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވާތީ، ސަލާމުގައި ހުންނަންޖެހުމުގެ ސަބަބުން ލުޔެއް
ދިނުމަށް އެދުމުން ލުޔެއް ދެވެންނެތްކަމަށް ބުނެ ސަލާމުގައި ހުއްޓާ އެއްވެސް ނޯޓިސް އެއް ދިނުމަކާއި ނުލާ
ވަޒީފާއިން ވަކިކުރުމުން ނަފްސާނީ ގޮތުންނާއި، މާލީގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށާއި ވަޒީފާ
އަލުން އަނބުރާ ހޯދުމަށް އެދި ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ފާތިމަތު
ޞަބާޙުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލުނު މައްސަލައެއްކަމާއި،
434
ދިވެހިރާއްa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2{10/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2c ދ
އެމައްސަލަ ނިންމަވާފައި ވަނީ ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވި ފަރާތުން
ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، މައްސަލަ ރައްދުވާފަރާތުން
މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ހާޟިރީއަށް ފަރުވާކުޑަކުރާތީ އެކަން އިސްލާހު ކުރުމަށް
ފުރުޞަތު ދިނުމަށްފަހުގައިވެސް އެކަން އިސްލާހުވެފައި ނުވުމުންކަމަށް މައްސަލަ ރައްދުވާ ފަރާތުން ބުނާއިރު،
މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ މައްސަލަ ހުށަހެޅި ފަރާތުގެ ޙާޟިރީއާއި، އެކަމާގުޅޭ ލިޔުންތަކުގައި
ފުށުއަރާ ކަންކަން ހުރުމުން މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން
އެކަށީގެންވާ މިންވަރަށް ބެލިފައި ނެތްކަން އެނގޭތީ، ޤާނޫނު ނަންބަރު: 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ
27 ވަނަ މާއްދާގައި ބުނާ މިންވަރަށް ކަންކަން މައްސަލަ ރައްދުވި ފަރާތަށް ސާބިތުކޮށްދެވިފައި ނުވުމުން
މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު: 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ
21 ވަނަ މާއްދާއާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލިހުގެ އަޣްލަބިއްޔަތުން ކަނޑައިޅައި، ޤާނޫނު ނަންބަރު
02/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ ޙިލާފަށް މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވާތީ
ބަދަލުގެ ގޮތުގައި 03 މަސްދުވަހުގެ މުސާރައަށްވާ މިންވަރުކަމުގައިވާ 12000 (ބާރަހާސް) ރުފިޔާއާއި، 25
ޑިސެމްބަރ 2009 ން 7 ޖެނުއަރީ 2010 ގެ ނިޔަލަށް މައްސަލަ ހުށަހެޅި ފަރާތް ވަޒީފާގައި ހުރި
މުއްދަތަށްވާ 1866.66 (އެއްހާސް އަށްސަތޭކަ ފަސްދޮޅަސް ހައެއް ޕޮއިންޓް ހައެއް ހައެއް) ރުފިޔާއާއި، އެ
މުއްދަތަށް އެކޮމޮޑޭޝަން އެލަވެންސްގެ ގޮތުގައި ޖެހޭމިންވަރުކަމަށްވާ 466.66 (ހަތަރު ސަތޭކަ ފަސްދޮޅަސް
ހައެއް ޕޮއިންޓް ހައެއް ހައެއް) ރުފިޔާއާއި، އެ މުއްދަތަށް ޓެލެފޯން އެލަވެންސްގެ ގޮތުގައި ޖެހޭމިންވަރުކަމަށްވާ
70 (ހަތްދިހަ) ރުފިޔާއާއި، އޭނާ ވަޒީފާއިން ވަކިކުރިއިރު ނޯޓިހުގެ މުއްދަތަށް ދިން ފައިސާއިން
އުނިކުރެވިފައިވާ 1150 (އެއްހާސް އެއްސަތޭކަ ފަންސާސް) ރުފިޔާއާއެކު ޖުމްލަ 15553.32 (ފަނަރަހާސް
ފައްސަތޭކަ ފަންސާސް ތިނެއް ޕޮއިންޓް ތިނެއް ދޭއް) ރުފިޔާއިން އެޑްވާންސްއަށް ދެވިފައިވާ ކޮއްތު ފައިސާގެ
ތެރެއިން ވަޒީފާގައި ހުރި މުއްދަތު ކެނޑުމަށް ފަހު އުނިކުރަންޖެހޭ 533.33 (ފައްސަތޭކަ ތިރީސް ތިނެއް
ޕޮއިންޓް ތިނެއް ތިނެއް) އުނިކުރުމުން ޖެހޭ މިންވަރުކަމަށްވާ 15019.99 (ފަނަރަ ހާސް ނަވާރަ ޕޮއިންޓް
0 0 2 0.
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2{10/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2
0
2 ތތ
އނގ
-03
ހ 2
0
3
22
2
ބަޔާންކުރެވުން
OXO
ނުވައެއް ނުވައެއް) ރުފިޔާ، މައްސަލަ ހުށަހެޅިފަރާތަށް މައްސަލަ ރައްދުވާ ފަރާތުން ދޭންޖެހޭކަމަށް
ކަނޑައަޅައި، އެފައިސާ މިއަދު 20 ޖުލައި 2010 ން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކީ
އެއްފަހަރާ އޭނާއަށް ދެއްކުމަށްފަހު އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން ފެގުމަށް މައްސަލަ
ރައްދުވާ ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއަށް އަންގާ އަމުރުކުރަމެވެ. މިފަދައިންކަން
އެރިޕޯޓުން އެނގެއެވެ.
ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2010/VTR/59 މައްސަލަނިންމެވުމުން އެ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތްވާ ގޮތުގެ މަތީން ނިންމަވާފައިވާ ނިންމެވުމެއް ނޫންކަމަށްބުނެ ރެއިންބޯ އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް
އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/59
މައްސަލަ ނިންމެވުމުގައި ކަނޑައަޅުއްވާފައިވަނީ ފާޠިމަތު ސަބާހް ވަޒީފާއިން ވަކި ކޮށްފައިވަނީ
ވަޒީފާއާއި ބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި ޚިލާފަށް ކަމާއި ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރުމުގެ
ކުރިން އޭނާގެ މައްސަލަތައް އިސްލާޙް ކުރުމަށް އެކަށީގެންވާ ގޮތުގެ މަތިން ފިޔަވަޅު އެޅިފައިވާކަން
ލިޔެކިޔުންތަކުން ސާބިތުވާ ކަމަށާއި ލިޔެކިޔުން ތަކުން ސާބިތުވާން ހުރުމުން ވަޒީފާއާބެހޭ ޤާނޫނުގެ 21
ވަނަ މާއްދާގައި ބަޔާންކުރާފަދައިން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ މަސައްކަތުގެ ޤާބިލުކަން
ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށްފަހުގައި އޭނާ މަސައްކަތުގައި އަޚްލާޤް
ރަނގަޅުކޮށްފައިނުވާތީ ކަމަށާއި ފާޠިމަތު ސަބާހް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 21
ވަނަ މާއްދާއާ ޚިލާފަކަށްނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2{10/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
* ދެވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/59 މައްސަލައިގައި
ބަދަލުގެގޮތުގައި ތިންމަސްދުވަހުގެ މުސާރަ ދިނުމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނުގެ ކޮންމާއްދާއެއްގެ
ދަށުންކަން ޙުކުމުގައި އެނގޭކަށްނެތް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
04- ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު 2010/VTR/59 މައްސަލަ، ނިންމެވުމުން އެ
ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތީން ނިންމަވާފައިވާ ނިންމެވުމެއް
ނޫންކަމަށްބުނެ ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމައްސަލަ އިސްތިއުނާފު
ކުރަމުން،ހުށަހަޅާފައިވާ ނުކުތާތަކަށާއި އަދި އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/59 މައްސަލަ ނިންމެވުމުގައި
ކަނޑައަޅުއްވާފައިވަނީ ފާޠިމަތު ސަބާހް ވަޒީފާއިން ވަކި ކޮށްފައިވަނީ ވަޒީފާއާއި ބެހޭ ޤާނޫނުގެ 21
ވަނަ މާއްދާއާއި ޚިލާފަށް ކަމާއި ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާގެ މައްސަލަތައް
އިސްލާޙް ކުރުމަށް އެކަށީގެންވާ ގޮތުގެ މަތިން ފިޔަވަޅު އެޅިފައިވާކަން ލިޔެކިޔުންތަކުން ސާބިތުވާ
ކަމަށާއި ލިޔެކިޔުން ތަކުން ސާބިތުވާން ހުރުމުން ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައި
ބަޔާންކުރާފަދައިން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ
މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށްފަހުގައި އޭނާ މަސައްކަތުގައި އަޚްލާޤް
ރަނގަޅުކޮށްފައިނުވާތީ ކަމަށާއި ފާޠިމަތު ސަބާހް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 21
ވަނަ މާއްދާއާ ޚިލާފަށްނޫން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއަށް ބެލުމުން،
ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 2010
/
007/RE
/
ADMIN (7 ޖެނުއަރީ
2010) ސިޓީގައި ފާޠިމަތު ސަބާޙް ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގައި އަދާކުރަމުން
ދިވެހިރާއް
އައިކާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2{10/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2 22
ވަޒީފާއިން ވަކިކުރަން ޖެހުނު ސަބަބެއް ކަމަށް ބަޔާންކުރައްވާފައިވަނީ ކުރިން އަނގަބަހުންނާއި، ލިޔުމުން
ނަސޭހަތް ތެރިވުމަށްފަހުވެސް ހާޟިރީއަށް ފަރުވާކުޑަކުރާތީއާއި ގަޑިޖެހޭތީ އާއި، ވަޒީފާގެ މަސައްކަތްތަކާއި
ޒިންމާތައް އެކަށީގެންވާ މިންވަރަށް، އަދާނުކުރެވުން ކަން އެނގެން އޮންނަކަމާއި
ފާޠިމަތު ސަބާޙު 607 ޖެނުއަރީ 2010 ގައި ވަޒީފާއިން ވަކިކުރުމުގެ ކުރިން ހާޟިރީއަށް ފަރުވާ
ކުޑަކޮށް ހާޟިރުނުވެވޭ ދުވަސްތަކުގައި ސްޕަވައިޒަރަށް އެކަންނޭންގޭތީއާއި މެޑިކަލް ސެޓިފިކޭޓް ހުށަހަޅަންވާ
ގޮތަށް ހުށަނޭޅޭތީ އެކަން އިސްލާޙު ނުކުރެވޭނަމަ އިތުރު އިންޒާރަކާނުލާ ވަޒީފާއިން ވަކިކުރެވޭނެކަން އަންގާ
02 ޑިސެމްބަރު 2009 ގައި އިންޒާރު ދެވިފައިވާކަމާ އެއީ ހާޟިރީގެ ކަންތައް އިސްލާޙުކުރުމުގެ ގޮތުން
ދެވިފައިވާ ނޯޓިސްއެއް ކަމަށްވާއިރު މުވައްޒަފު ހާޝިރީ ކަންތައްތައް އެކަށީގެންވާ ގޮތެއްގައި ރަގަޅު ކުރޭތޯ
ބަލާ އެކަންކަމާމެދު މުވައްޒަފު ޖަވާބުދާރީ ކުރުވުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާ އެއްކަން އެނގޭއިރު، ފާތިމަތު
ޞަބާހަށް 02 ޑިސެމްބަރ 2009 ވަނަ ދުވަހު ދެވުނު އިންޒާރަށްފަހު އޭނާގެ ޙާޟިރީގެ ކަންކަން ރަގަޅު
ކުރަމުން އައިސްވޭތޯ އެކަށީގެންވާ ގޮތެއްގައި ވަޒީފާދިން ފަރާތަށް ބެލިފައިނުވާކަން، އެކަމާބެހޭ ގޮތުން
އެފަރާތުން ޓްރައިބިއުނަލްއަށް ހުށަހެޅި ލިޔުންތަކުގައި ފުށުއަރާކަންކަން ހުރުމުން އެނގޭކަމާއި ވަޒީފާއާބެހޭ
ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚުލާޤީ މިންގަޑު
ރަގަޅުކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚުލާޤާއި ނުވަތަ އޭނާ ވަޒީފާ އަދާކުރާތަން
ރަނގަޅުގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާނުކުރާ ކަމުގެ އެކަށީގެންވާ ސަބަބަކާ ލައިގެން މެނުވީ
ވަޒީފާ އަދާ ކުރަމުންދާ މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާއިރު ފާތިމަތު
ޞަބާހު ވަޒީފާއިން ވަކިކުރެވިފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ވަޒީފާދޭފަރާތުން ނިންމުމުގައި ޝަކްލީ ގޮތުންނާއި އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން
ފުރިހަމަ ކުރެވިގެން ނޫންކަން އެނގެއެވެ.
ދިވެހިރާއްa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
2{010/HC-A/210
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
fi
22
(ށ) ޤާނޫނު ނަންބަރު: 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ށ) ގައި
މަސައްކަތުގެ އަޚުލާޤީ މިންގަޑަށް މުވައްޒަފަކު ތަބާނުވާކަމަށް ބެލުމުގައި ނުވަތަ މުވައްޒަފަކު އޭނާގެ ވަޒީފާއިން
ވަކިކުރުމުގައި ތިރީގައި އެވާ ކަންތައްތައްއެއީ އެކަށީގެންވާ ސަބަބުތަކެއް ކަމަށް ނުބެލެވޭނެއެވެ.'
މިގޮތަށް ބަޔާންކުރުމަށްފަހު (ހ) ގެ 2 ވަނަ ނަންބަރުގައިވަނީ " ބަލިވެއިނުން ނުވަތަ ބަލިވެ
އިނުމާ ގުޅިފައިވާ ސަބަބެއް" މިފަދައިން ބަޔާންކޮށްފައި ވާއިރު ފާޠިމަތު ޞަބާހު ވަޒީފާއިން ވަކިކޮށްފައިވަނީ
ހާޟިރީ އަށް ފަރުވާ ކުޑަކުރުގެ ސަބަބުން ކަމާއި އަދި ނޭނގެ ޙާޟިރީގެ މައްސަލަތައް ދިމާވެފައިވަނީ އޭނާ
ބަލިވެ އިނުމަށްފަހުގައި ކަންވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދެފަރާތުން ދީފައިވާ ބަޔާންތަކުންނާއި
ހުށަހެޅިފައިވާ ލިޔުންތަކުން އެގޭއިރު އެފަދަ ހާލަތުގައި މުވައްޒަފާމެދު އިސްލާހީ ފިޔަވަޅު އަޅާ ވަޒީފާއިން
ވަކިކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފުކަމެއްކަން އެނގެއެވެ.
(ނ) ޓްރައިބިއުނަލުން މައްސަލަ ނިންމެވިއިރު، ބަދަލުގެގޮތުގައި ތިންމަސްދުވަހުގެ މުސާރަ ދިނުމަށް
ކަނޑައަޅުއްވާފައިވަނީ ޤާނޫނުގެ ކޮންމާއްދާއެއްގެ ދަށުންކަން ޓްރައިބިއުނަލްގެ ޙުކުމުގައި އެނގޭކަށްނެތްކަމަށާއި
ފާޠިމަތު ޞަބާޙްއާއި ދޭތެރޭގައިވާ އެއްބަސްވުމުގައިވަނީ އޭނާ ޚިދުމަތްކޮށްފައިވާ މުއްދަތަށް ބަލާއިރު، އެއް
މަސްދުވަހުގެ ނޯޓިސް ދީފައި ވަޒީފާއިން ވަކިކުރެވިދާނެކަމަށް ކަމަށާއި އޭނާ ޚިދުމަތްކޮށްފައިވަނީ 13 އަހަރާ
06 މަހާއި 19 ދުވަހުކަމަށާއި ތިންމަސްދުވަހުގެ ނޯޓިސްދޭން އެންގެވީ މާއްދާއެއްގެ ދަށުން
ސާފެއްނުވާކަމަށްބުނެ ހުށަހެޅިފައިވާ ނުކުތާއަށް ބެލިބެލުމުން
ޓްރައިބިއުނަލުން މައްސަލަ ނިންމެވިއިރު 3 މަސް ދުވަހުގެ ނޯޓިސް ދިނުމަށް އަންގަވާފައި
ނުވާކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް
ނިންމަވާ ނިންމުންތަކުގައި މަޢޫޟޫއީ އަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައިނުވާ ކޮންމެ
ނިންމުމަކީ އޭގެ ސަބަބުން ވަޒީފާއިން ވަކިކުރެވުނު މުވައްޒަފަށް ޤާނޫނީ ޙައްލެއް ޙައްޤުވާނެ ނިންމުމެއްކަމާއި
ޤާނޫނު ނަންބަރު 2/2008 ( ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާގައި ވާގޮތުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެމުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި އޭނާ ވަޒީފާއިން
3
4 ވ 82
ކޮން
ދުންނުކުމެއެ
30 22
ދިވެހިރާއްa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
2{10/HC-A/210
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާ އެއްކަމާއި،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަމުގައި ވަޒީފާދޭފަރާތަށް ސާބިތުކޮށް
ނުދެވިއްޖެނަމަ އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ބެލެވޭނޭ ކަމަށް އެމާއްދާގައި
ބަޔާންކޮށްފައިވާކަމާއި
އަދި ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު މުވައްޒަފަކު
ވަޒީފާއިންވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއްނެތިކަމަށް ޓްރައިބިއުނަލަށް ފެނިއްޖެ ހިނދެއްގައި އެމާއްދާގައި
ބަޔާންކުރާ ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ޓްރައިބިއުނަލުން އަމުރު ނެރެން
ވާނެކަމަށް ބަޔާންކޮށް އެމާއްދާގެ 3 ވަނަ ނަންބަރުގައި، އެމާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ބަދަލު ދިނުމަށް
އަމުރު ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާއިރު އެމާއްދާގެ (ރ)
ގައި ބަދަލު ދިނުމުގެ އަމުރެއް
ޓްރައިބިއުނަލުން ނެރުމުގައި ބަދަލު ދޭންޖެހޭ މިންވަރު ކަނޑަޅާނީ އެކަށީގެންވާކަމަށް އަދި ޢަދުލުވެރިކަމަށް
ޓްރައިބިއުނަލަށް ފެންނަ އަދަދަކަށް ކަމަށް ބަޔާން ކޮށްފައިވާ އިރު ރެއިންބޯ އެންޓަރ ޕްރައިސަސް ލިމިޓެޑްއިން
ފާޠިމަތު ޞަބާހު ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ އޭނާއަށް ބަދަލުގެ ގޮތުގައި 3
މަސްދުވަހުގެ މުސާރައަށްވާ ފައިސާ ނަގައިދިނުމަށް ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޤާނޫނީ ހަމަތަކާ
އެއްގޮތަށް ކަމަށް ޤަބޫލު ކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ސަބަބުތައް އެގޮތުގެ
މަތީން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2010/VTR/59 މައްސަލަ އިސްތިއުނާފު ކުރުމަށް
ރެއިންބޯ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް
އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ
ސަބަބެއް އޮތްކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ދިވެހިރާއްa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
2010/HC-A/210
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
5-
ދެންފަހެ، އިސްވެ ފާހަގަކުރެނު ނުކުތާތަކުގައި
22
ބަޔާންކުރެވުން
އެންމެހައި ސަބަބުތައް އެގޮތުގެ
މަތީން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2010/VTR/59 މައްސަލާގައި ނިންމާފައިވާ
ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބެލެވޭނެ އެއްވެސް
ސަބަބެއް އޮތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ނުފެންނާތީ،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:VTR22010:59 މައްސަލާގައި ނިންމާފައިވާ ނިންމުމަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް، އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv